ޖައިޝް 2
ޖައިޝްގެ ވާހަކަތަކުން ރީޝްގެ ސިކުނޑި ސުމަކަށް ދާ ވަރުވިއެވެ. އެގޮތުގައި ހުރެ ރީޝް ގޮސް އެނދުގައި އޮށޯވެލައި ޝިޒާގެ ބޮލުގައި ފިރުމާލިއެވެ. އަދި ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައި ދެލޯ މަރާލިއެވެ.
***
”ދަރިފުޅާ އިނގޭތަ؟ ރޭގަ ހަބަރުން ކީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކޮރޯނާ ފެތުރެމުން ދާ ވާހަކަ. ވަރަށް ނުރައްކާތެރި ވައިރަހެކޯ އެއީ. މީހާގެ ފުއްޕާ މޭ ރީއްޗަށް ހަލާކު ކޮށްލާ ވައިހެއްކޯ އެއީ. އެ ބަލި ޖެހުނީމަ ހުން އައިސް ކާ އެއްޗެހީގަ ރަހައެއް ވެސް ނުލާނޯ.” ފުށް މޮޑެމުން ނިޔާޝާ އެވާހަކަ ދެއްކިއިރު ރީޝްގެ ދެލޯ ވަނީ ބޮޑުވެފައިއެވެ. އެހައި ނުރައްކާތެރި ބައްޔެއް ދުނިޔޭގައި ފެތުރެމުން ދިޔައީ ކީއްވެ، ކިހިނެއް ކަމާމެދު އޭނާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. އޭނާއަކީ ފޯނެއް ގެން ގުޅޭ މީހަކަށް ނުވުމުން އެއްވެސް ހަބަރެއް ނުލިބެއެވެ. ގެންގުޅެނީ ނޮކިއާ ބައްތިއެކެވެ. ނޫސްތަކަށް ވަދެ ހަބަރު އެއްޗެހި ކިޔާލެވޭ ވަރުގެ ފޯނެއް ނޫނެވެ.
ޓީވީއިން ހަބަރު ބަލަން ބަލާއިރު ހަބަރު އަންނަ ގަޑިއަކީ ޝިޒާއަށް ފޮތް ކިޔާ ދީފައި ނިންދަވާ ގަޑިއެވެ. އެހެންކަމުން ރީޝް ދެން ނިންމީ ޝިޒާ އަވަހަށް ނިންދަވާލުމަށްފަހު އަށެއް ޖަހަން ވާއިރަށް އޭނާ އެއްކޮށް ހުސްވުމަށެވެ. ހަބަރު އަޑު އަހައިލުމަށެވެ.
***
ހެނދުނުގެ ނާސްތާ ނެގުމަށް ޓަކައި ޖައިޝް އާއި އޭނާގެ އޮފީހުގެ ބައިވެރިން ރެސްޓޯރެންޓަކަށް ކާން ދިޔައީ ކޮންމެ ދުވަހެއްގެ ވެސް އާދައިގެ މަތިންނެވެ. ”މި ޖައިޝް މިއީ ފައްކާ އަންބެއް ގެންގުޅޭ މީހެއް. ކާން ނައިސްގެން ގުޅާ ވެސް ނުލާ. ދުވާލު ހަތަރު ދަމު ގެޔަށް ނުދާއިރު ވެސް އެކަމާ ޝަކުވާ ކުރާ ހެންނެއް ހިޔެއް ނުވޭ.” ޝިޔާން ޖައިޝްގެ ބުރަކަށީގައި ޖަހައިލަމުން ޖީނާއަށް ހުރިހާ އެއްޗެއް ކިޔައިދެމުން ދިޔައެވެ.
”ކޮންތާކު. ރޭގަ ވެސް ތި ވާހަކައެއް ދެއްކި. މިތާ އުޅޭ އިރުވެސް ގުޅާނެ. ދަރިފުޅު ސުކޫލަށް ބަލައި ދާން.” ޖައިޝް އެހެން ބުނުމާއިއެކު ރީޝް ގުޅަން ފެށިއެވެ. ނަމަވެސް އެކަކަށް ވެސް ނޭނގޭނެ ހެން ފޯނު ކަނޑާލާ މިއުޓަށް ލުމަށްފަހު ޖީބަށް ލީ އިތުރަށް އެމީހުން ދިމާކޮށްދާނެ ކަމުގެ ބިރު ހީވުމުންނެވެ.
ކޮފީން ކޯވަރެއް ބޯލުމަށްފަހު އެމީހުންގެ ވާހަކަތަކުގައި ޖައިޝް ބައިވެރިވެލީ ދުނިޔޭގައި ފެތުރެމުންދާ ވައިރަހަކާ ގުޅޭ ގޮތުން ވާހަކަ ދައްކާތީއެވެ. ”ހެހެ. ތިޔަށް ފިލަން ގޭގެ އޮތަސް ތި ބައްޔެއް ޖެހޭނެ ހެން ހީވަނީ. ބައްޔެއް ފެތުރުނެކޭ ކިޔާފަ އަހަރެމެން އަހަރެމެންގެ މިނިވަންކަން ބަދުލު ކުރާކަށް ނުޖެހެއެއްނު. ކީކޭ ބުނާނީ؟” ނިކަން ފޯރީގައި ޖައިޝް އެހެން ބުނުމާއިއެކު އެންމެންވެސް އެކަމާ އެއްބަސް ވެލިއެވެ.
ކައި ނިންމާލުމަށް ފަހު ތިން މީހުންވެސް އެމީހުންގެ އޮފީހަށް ދިޔުމަށް މިސްރާބު ޖެހީ އެގާރަ ޖަހަން ގާތް ވީމައެވެ. އެވެސް ތަނުގެ ބޮޑު މީހާ ގުޅާ ވަރުން ކެތް ނުވެގެންނެވެ. އޮފިހަށޭ ކިޔާ އަނބިންނަށް ، މައިންބަފައިންނަށް އޮޅުވާލާފައި މިތިން މީހުން ގިނައިން އުޅެމުން ދިޔައީ ކޮފީތަކުގައެވެ. ދުވާލުގެ ގިނަ ވަގުތު ހޭދަ ކުރަމުން ދިޔައީ އޮފީހުގެ މަސައްކަތަކު ނޫނެވެ. ކޯފީގައިއެވެ. ފޫހިވީމަ ފިނިބުރު ޖެހުމުގައިއެވެ.
***
ޒާން އާއި ނިޔާޝާ އެނދުމަތީގައި އިށީންދެލައިގެން ދެމީހުންގެ އަތަށް ނޫހެއް ލައިގެން ކިޔަމުން ދިޔައިރު އެކި އެކި ވާހަކަތަކުން ދެމީހުންގެ މޫނަށްވެސް އަރަމުން ދިޔައީ އެކި އަސަރުތަކެވެ. ”ނިޔާޝާ. އަހަރެން އެހައި ހިތްހަމައެއް ނުޖެހޭ ޖައިޝް އެއުޅޭ ގޮތަކުން. ދެމީހުންގެ ދަރިފުޅެއް ހުންނައިރު ރީޝް އެ ދަރިފުޅު އެކަނިމާ އެކަނި ބަލާއިރު ހީވަނީ އެއީ ހަމައެކަނި ރީޝްގެ ދަރިއެއް ހެން. ރޭގަނޑު ގެޔަށް އެއަންނަނި އެހައި ލަހުން. އެހައި ހެނދުނާ ގެއިން ދޭ. އެދަރިފުޅަށް ޖައިޝް ފެންނަހެން ވެސް ހީނުވޭ.” ޒާން އެނދުން ތެދުވެލައި އޭނާ ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އައިސް އެނދުގައި އޮށޯވެލިއެވެ. ނިޔާޝާވެސް ކިޔަން އިން ނޫސް ބާއްވާލުމަށް ފަހު ޒާންގެ ވާހަކައިގައި ބައިވެރި ވެލިއެވެ.
”ތިކަމާ ދެން ކީކޭ ބުނާނި. އަހަރެމެން ދެމީހުން މިކަމާ ބަހުސް ކޮށްފަ ވާހަކަދެއްކިޔަސް ޖައިޝްގެ އުޅުމަކަށް ބަދަލެއް ނާންނާނެ. އޭނާއަށް ކިޔައިދޭންވީ ކަންތައްތައް. އެކަމު އޭނަ އެދަނީ ވެސް އޮފީހަށްނު. އޮފީސް ނިމޭ އިރަށް ދޯ ގެޔަށް އެއަންނަނީ.” ޒާންގެ އެދުމާއިއެކު ނިޔާޝާ ބެޑްޝީޓެއް އަލަމާރި ތެރެއިން ނަގައިގެން ގެނައެވެ.
”އަހަރެންގެ ހިތެއް ނުބުނޭ ޖައިޝް އޮފީހުގައޭ އޮތް ހާއިރު އުޅެނީ. އެއީ ބާރަ ގަޑިއިރު އުޅެން ޖެހޭ އޮފީހެއް އަހަރެން ނުދެކެން. ދެން ނަމާދަށް ދާއިރު ވަރަށް ގިނައިން ޖެހިގެން ހުރި ގޭގަ އުޅޭ ހައިޝަމް ބުނާނެ ޖައިޝް ފެނެއޭ ދެ ކުދިންނާއިއެކު އެކި އެކި ހޮޓާ ތަންތަނަށް ވަންނަ ތަން.”
ޒާން އެހެން ބުނުމާއިއެކު ނިޔާޝާގެ ހިތުގައިވެސް ސުވާލު އުފެދެން ފެށިއެވެ. ޖައިޝްއަށް ޝައްކު ކުރެވެން ފެށިއެވެ. ނަމަވެސް ކުޑަކޮށްވެސް އޭނާގެ ދަރިއަކަށް ޝައްކުކޮށް ނުބައި ނަޒަރަކުން ދެކޭކަށް ނިޔާޝާ ބޭނުމެއް ނޫނެވެ. ޖައިޝް އެފަދަ ގޮތަކަށް އަނބިމީހާއަށް އަދި މައިންބަފައިންނަށް އޮޅުވާލާގެން އުޅޭނެ ކަމަކަށް ނިޔާޝާ ގަބޫލެއް ނުކުރެއެވެ.
އަސުރު ނަމާދުކޮށްލައިގެން ނިޔާޝާ ރީތި ވެލައިގެން ކޮޓަރިން ނުކުމެލީ ޝިޒާ ގޮވައިގެން ހިނގާލަން ދިޔުމަށެވެ. ރީޝްވެސް ދިޔައީ ތައްޔާރު ވަމުންނެވެ. ޝިޒާ ގޮވައިގެން ކޮންމެ ދުވަހަކު ހަވީރު ހިނގާލަން ދިޔުމަކީ އެދެމައިން އަބަދުވެސް ކުރާކަމެކެވެ. އެއީ ޝިޒާގެ ސިކުނޑި ތާޒާ ކޮށްލުމަށާއި އޭނާއަށް ހިތްހަމަޖެހުން ލިއްބައި ދިނުމަށެވެ.
ރަސްފަންނުގެ ހިތްގައިމު މާހައުލުގައި ތިން މީހުން ހިނގަމުން ދިޔައިރު ޝިޒާގެ ލޯ އަމާޒުވެފައި ހުންނަނީ ކުދިން އެކުދިންގެ ބައްޕަ އުރާގެން ތިބޭ މަންޒަރަށެވެ. އަދި އެމަންޒަރު ބަލައިލާ އިސްޖަހާލާ ގޮތުން އެހިތުގައި ކޫރުން އެޅެމުން ދާ ކަން ޔަގީން ވަމުން ދިޔައެވެ. އެހެން ދިޔައިރު ޝިޒާއަށް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސައިލެވުނެވެ. ކުއްޖަކު އޭނާގެ ބައްޕައާއި އެކު ކުޅޭތަން ބަލަމުން ދިޔަތަން ޝިޒާ ބަލަން ހުރީ ފެންކަޅި ވެފައިއެވެ. އެމަންޒަރު ފެނިފައި ނިޔާޝާ ގޮސް ޝިޒާ އުރާލިއެވެ. ”ހިނގާ ދޯ ތިން ކުދިން ސޮސެޖެއް ކާލަން.” އެހެން ބުނެފައި ރީޝްގެ އަތުގައި ހުރި ސޮސެޖުން ސޮސެޖެއް ނަގައި ޝިޒާ އަށް ދިއްކޮށްލިއެވެ. ވަގުތުން ޝިޒާ އެ ނަގައި ކާން ފެށިއެވެ. އެހެން އެއްވެސް ކަމަކަށް ވިސްނާ ނުލައި ކަމުން ދިޔައިރު ޝިޒާ ވަރަށް ލޯތްބެވެ. އިރުއިރުކޮޅާ ކުޑަ އެއަތުން މޫނު މައްޗަށް ވެއްޓޭ އިސްތަށިކޮޅު ކަންފަތަށް ލައްވާލައެވެ.
ރީޝްއަށް ދުރުބަލައިލެވުނީ މީހަކު އެހިތުގައި ހުއްޓާ ނުލައި ވިކަމުން ދިޔަ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައީތީއެވެ. ޝިޒާގެ އެފަދަ މައުސޫމް ކޮންމެ އަމަލަކުން ރީޝްގެ ދެލޯ ފެންކަޅި ކޮށްލައެވެ. ނިޔާޝާވެސް އިނީ އެފަދަ ހާލެއްގައިއެވެ. އެނާގެ މާމަ ދަރިފުޅު އޭނާގެ ދަރިފުޅުގެ ފަރާތުން ބައްޕަގެ ލޯބި ނުލިބިގެން ރޯތަން ބަލާކަށް ނިޔާޝާ ބޭނުމެއް ނޫނެވެ. ކުޑަކޮށްވެސް އެކަހަލަ ކަމެއް ވާތަން ދެކޭކަށް ނިޔާޝާ ބޭނުމެއް ނޫނެވެ.
***
މީޝާވެސް އޭނާގެ ދަރިފުޅު ގޮވައިގެން ހިނގާލަން ދިޔައީ އެކަމަށް ކުރުނުކޮށް އެދަރިފުޅު ކިޔަން ފެށުމުންނެވެ. ހިނގާލަން ދާ ހިތުން މޮޔަވެފައި ހުންނަ އެކުއްޖާއަކީ އަބަދުވެސް ގުދުރަތީ ރީތި މަންޒަރުތަކަށް ލޯބި ކުރާ ކުއްޖެކެވެ. އިރުއޮއްސޭ މަންޒަރާއި އިރުއަރާ މަންޒަރަކީ ކޮންމެހެން ވެސް ބަލަން ޖެހޭ ދެ މަންޒަރެވެ. ގިނަ ފަހަރަށް ދާނީ ކުރުހާ ފޮތަކާއި ކުލަ ފޮއްޓެއް ހިފައިގެންނެވެ. އެ މަންޒަރުތައް އޭނާއަށް އިނގޭ ރީތި ގޮތަކަށް ކުރުހާލާށެވެ.
ރަސްފަންނަށް ދިޔަ މަގުމަތީގައި މީޝާއަށް ހުއްޓެން މަޖުބޫރު ވީ އޭނާގެ ކުރިމަތިން ގުރޫޕު ހަދައިލައިގެން ހިނގާފައި ދިޔަ ޖައިޝް ފެނިފައިއެވެ. ނިކުމެގެން އެދިޔައީވެސް ރެސްޓޯރެންޓަކުންނެވެ. އެދިޔައީ ރީޝްގެ ބިޒީ ފިރިމީހައޭ މީޝާގެ ހިތަށް އަރަމުން ދިޔައެވެ. އެއްޗެއް ބުނެލަން ވީ އޭ ވެސް ހިތަށް އަރައި ނުބުނީ ޖައިޝް ގޮސް ރީޝްއަށް އެއްޗެކޭ ބުނެދާނެ ތީއެވެ. އޭނާގެ ފަރާތުން ރީޝްއަށް ހިތާމައެއް ލިބެން ނޭދޭތީއެވެ.
***
ސޯފާގައި އިށީންދެލައިގެން ހަބަރު ބަލަން އިން ރީޝް އަދި ނިޔާޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ހަބަރުތަކުން ހުއްޓާނުލައި ކޮރޯނާ ވައިރަހެއްގެ ވާހަކަ ދައްކަމުން ދިޔައިރު އެކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތަކުގެ ވާހަކަ ވެސް ދިޔައީ ދައްކަމުންނެވެ. ނަމަވެސް އެ ދެ މީހުންގެ ބޮލުގައި ވެސް ދިޔައީ ބިރުވެރިކަމުގެ ޓަކި ޖަހަމުންނެވެ.
މާލެއަށް ބަލި ފެތުރިއްޖެ ނަމަ ވާނެ ގޮތަކާމެދު ދެމީހުންވެސް ދިޔައީ ހިޔާލީ މަންޒަރުތައް ބަލަމުންނެވެ. އަދި އެމީހުންނަށް ބަލި ޖެހިއްޖެ ނަމަ ވާނެ ގޮތަކާމެދު ހިތަށް އަރުވާލިޔަސް ދެމީހުންގެ ލޯ ތެއްމާލައެވެ.
”ދަރިފުޅާ. ޖައިޝްއަކަށް ހިޔެއް ނުވޭ ދޯ އަދި އިނގޭ ހެންނެއް މި ބައްޔެއްގެ ވާހަކައެއް.” ނިޔާޝާ ހަށަން ބަދެލައި ފުން ނޭވާއެއް ދޫކޮށްލިއެވެ. ރީޝްވެސް ފުން ނޭވާއެއް ދޫކޮށްލައި ދެފަރާތަށް ބޯ ހަލުވާލީ ހަމައަކަށް އެޅިލުމަށެވެ. ”އެއްޗެއް އިނގޭނީ ވެސް ގޭގައި ހުރެވިގެންތާ. ދުވާލު އެއްކޮށް އޮފީހުގަ. ގެޔަށް އެއަންނަނީ އެގާރަ ޖަހައި ފަހުން. އެހައި ބިޒީ މީހެއް އަދި އަހަރެން ނުދެކެން.”
”ރީޝް ކައިރީ އަހަރެން ބުނިން ދޯ ހަމަ އޮފީހުގަ ބިޒީ ވީ މަ އޭ ގެޔަށް ނާދެވެނީ. ދެން ކޮން ވާހަކައެއްތަ ތި ދައްކަނީ. ގެޔަށް ނައިސް ކުރާ ބުރަ މަސައްކަތަށޭ ބޮޑު މުސާރައެއް ލިބެނީ.” ގެޔަށް އައިސް ވަން ޖައިޝް ފެނިފައި ނިޔާޝާ އާއި ރީޝް ދިޔައީ ސިއްސައިގެންނެވެ. އަދި ރުންކުރުވެފައި ދެއްކި ވާހަކަތަކުން ދެމީހުންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މީން ދުވަހަކުވެސް ޖައިޝް ރުޅިއައިސް ރީޝްއަކާ ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް ރީޝް ވެސް ބޭނުންވީ ޖައިޝް ވާހަކަ ދެއްކި ރާގަށް ވާހަކަ ދައްކާލާ ކަމުގެ ހަގީގަތް އަންގާލާށެވެ.
”އެހެންވެ ދޯ އޮފީސް މީހުންނާއިއެކު ދުވާލަކު ހަތަރު ފަހަރު ކޮފީއަށް އެރެނީ. އެ ޖައިޝް ބިޒީ ވާ ކަމަކީ. ގެޔަށް އެންމެ ފަހަރަކުވެސް ކާލަން ސައިބޯލަން ނައިސް ކޮފީއަށް. ތީގެ ބަދަލުގައި ގެޔަށް ކާލަން އައިސް އަހަރެމެންގެ ދަރިފުޅާއެކު ވަގުތެއް ހޭދަކޮށްލިއްޔާ ކީއްތަ ވާނީ. ބުނާނެ ބޭނުންވެޔޭ ދަރިފުޅާއެކު ވަގުތު ހޭދަ ކުރަން. އަހަރެންނާއިއެކު ވަގުތު ހޭދަ ކުރަން. އެކަމަކު ލިބޭ ހުސްވަގުތުތަކުގަ ވެސް މިދަނީ ތިމާގެ ދަރިފުޅު ދެކިލަން ނައިސް ކޮފީއެއްޗެހީގަ ރަހަ ބަލައިލަން. ތީ ބިޒީ މީހަ. ބިޒީ މީހަ ހަވީރު ފިނި ބުރު ޖަހަން ދުއްވަނީވެސް.”
ރީޝްގެ ވާހަކަ ނިމުނު އިރު ޖައިޝްގެ އަނގަ ވަނީ ބަންދުވެފައިއެވެ. ހީވީ ރީޝް ބުނި ކޮންމެ ބަހަކުން ޖައިޝްގެ އަނގައިގައި އިން ޒިބު އިތުރަށް ވަރުގަދަ ވަމުން ދިޔަހެންނެވެ. ޖައިޝް އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަދުމާއިއެކު ރީޝްއަށް އަޑުން އަޑު ނަގައި ރޯން ފެށުނީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެންނެވެ.
ޒާންވެސް ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނުކުމެފައި ހުއްޓެވެ. އަދި ޖައިޝް ކޮޓަރިއަށް ވަދުމުން އެނާވެސް ގޮސް އެކޮޓަރިއަށް ވަދެލިއެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.







Mi part ves Varah Varah Varah reethi ❣️❣️ maa sha Allah ?? curiously waiting waiting waiting for the next part ?✨? ly
thank u soo much livy.. keep waiting for the nxt.. stay safe.. lym.. once again thank u soo much..
RYTHI
thank u soo much someone..
Shizaa tha nooni shiyzaa thr…olhen fashaifi…
dear shizaa.. not shiyzaa.. alhugandah shiyzaa ey liyevifa iniyyaa eyyi mistakeh ingey..
Vr vr reethi… can’t wait to know what will happen nxt… vr reethi stry masha allah.. curiously waiting for the nxt part
..stay safe siss .. take care
thank u soo much riff. keep waiting for the nxt.. u too saty safe and take care. ly.. once again thanks a lot..
Maasha Allah ????
V v reethi….
Waiting for the next part.
Lyssm
Love the story sis
thank u soo much aashko.. keep waiting.. stay safe. lym.. once again thanks a lot..
Mithaa comment kuraa meehun ehaa kanthah bodee keevegen tha
V dramatic
Over vefa thibeny
zeek kyhve gen thr thihen thibuny?? alhugandu beynun thihen thibuni sababeh ingen.
Any problem…
why did you say that MR or MRS or whatever???????????????
sorry nafu not to you to
uhhhhhhhhhhhhh
zeek
i understand dear.. but dhn alhaanulamaa zeek ebuni ehchakah..
This is my first time commenting on your story…nd vrh vrh reethi mi part vc…??☺️…
When nxt part??
Curiously waiting 4 the nxtt…ly????
vr ufaavehjje lamko nafuge vaahaka akah comment kohlyma. adhi vaahaka kamudhiya kan engunyma vs. thank u soo much.. it means a lot.. next part kiyaalan libeyne vaahakathah upload vaa irakun.. keep waiting. stay safe.. lym
Maashaa Allah V v reethi..??????….. It’s awesome…☺️☺️☺️☺️☺️☺️☺️I like it….. ???????I think they relationship will get stronger by staying at home due to corona virus……. Keep it up……. But mi part v kuru…… Lyssssssssssssssm Nafu sissssyyyyy ? ? ? ? ? ? ? ? ???????????????
alheyy thank u soo much bluebird.. vr vr ufaavhjje bluebirdge colorful comment kiyaalaafa. thanks a lot dear.. lets see dhw what will happen to their relationship.. oh next part dhigu kohlaanan inge ehnveema. abadhu vs thigothah nafu ah support dheyn hunnahchey ingey. stay safe.. lym dear..
Varah varah reethi mi bai vx❤️❤️??
Speechless ??
Masha allah?
Curiously waiting for the nxt part??
Sis negative cmnts vx kuraane?
eyaa ehaa varah alhaalaa ehcheh noon ingey sis??
Kairaa abadhu vx sis ah support kuraanan?☺️
LYSMMM?❤️❤️
STAY SAFE SISS??❤️❤️
Varah varah reethi mi bai vx?
Speechless??
Masha allah❤️❤️
Curiously waiting for the nxt part???❤️
LYSSSSMMM❤️❤️❤️❤️
STAY SAFE SISSS??❤️?
alheyy vr vr ufaavehjje kairaage colorful comment kiyaalaafa. and pending ah dhiya comment kiyaalaafa vs. thank u sooo much dear.. it means a lot.. ya nafu ah vs ingey negative comments vs libeyne kan. and negative comments are always welcomed to my story. but not to the readers. nafu ehn buny readers ah nisbaiikoh ehgothah bunefa inyma.. and always keep supporting me dear. thank u thank u soo much.. u too stay safe and lymmmm dear