އިރުއަރާ މަންޒަރު ބެލުމަށްފަހު ނިކްހާތު ގެއަށް އައީ އަތިރި މަގުންލާފައެވެ. ހަޤީޤަތުގައި އަތިރިމަށްޗަށް ދިޔުމަށްފަހު ނިކްހާތު އަނބުރާ އަންނަ ހިތެއް ނުވެއެވެ. ނަމަވެސް އަބަދަކު އަތިރިމަތީގައެއްވެސް ނުހުރެވޭނެތީ ހިތާ ދެކޮޅަށްވެސް އޭނާ ނިންމީ ގެއަށް އައުމަށެވެ. އޭރު ރަށުތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ހެލިފެލިވެ އުޅޭތީ އާއި ވެސް އެކުގައެވެ. ނިކްހާތަކީވެސް އޭނާގެ މަންމަ ޝައުފާ ފަދައިން ބުރުސޫރަ ރީތި ކުއްޖެކެވެ. އިސްކޮޅުންް އެހާދިގު ނޫނަސް ބަލާލަން ރީއްޗެވެ. ހިތިފަތު ބުމަ އާއި ވަސްކޮޅު ތޫނު ނޭފަތުގެ […]
ފުރަތަމަ އެފިސޯޑުވީމަ ކުރުކޮއްލީ…ވާހަކަ ކަމުދާނެ ކަމަށް އުއްމީދުކުރަން. ************** ދުވަހުގެ އިރު ފެނުން ތޮޅިލީ އުޖާލާކަން ރަށުތެރެއަށް ގެނުވަމުންނެވެ. އިރުގެ ދަޅަތައް އުޑު މައްޗަށް ގެނުވާފައި އެވާ ކުލަތަކުން ދަައްކައިދިން އަޖައިބުކުރުވަނިވި މަންޒަރަކީ ޝާޢިރެއްގެ ގަލަމުން ބަޔާން ކުރެވޭވަރަށް ވުރެ މާފުރިހަމަ މަންޒަރެކެވެ.މި ހިތްފަސޭހަވަގުތުގެ ޖާދޫގައި ޖެހި ނިދީގެ އަރާމު ތަންމަތިދޫކޮއްލި މިހުންގެ ލިސްޓުގެ ކުރީކޮޅުގައި ނިކްހާތުގެ ނަން ހިމެނޭނެކަން ގައިމެވެ. ނިކްހާތުގެ އާއިލާ އަކީ އެހާ ތަނަވަސް އާއިލާ އަކަށް ނުވިނަމަވެސް އެއީ ނުހަނު އުފާވެރި ކުޑަކުޑަ އާއިލާ އެކެވެ.ނިކްހާތުގެ ބައްޕަ،ނައުފަލް އަށް ލިބޭ 5000 ރުފިޔާ އާއި މަންމަ، ޝައުފާ އަށް ހެދިކާ ވިއްކައިގެން ލިބޭ 500 ރުފިޔާ އިން ނިކްހާތާއި އޭނާގެ ކޮއްކޮ ނަވާލްގެ ކިޔެވުމަށާއި ދެން ވެސް ކުރަންޖެހޭ ޚަރަދުތައް ކިރިޔާ ކުރެވެެނީއެވެ.ބައެއްފަހަރު ނިކްހާތުމެންނަށް ބައެއް އެއްޗެހި ނުގަނެވޭ ފަހަރުވެސް އާދެެއެވެ. ނަމަވެސް ނިކްހާތުގެ ދެބެއިން ދުވަހަކުވެސް އެދަތިކަމަކަށް މައިންބަފައިން ގާތު ޝަކުވާއެއްނުކުރެއެވެ. އެފަހަރަކު އެ ލިބުނު މިންވަރަކުން ފުއްދާލައިގެން ހެއްދެވި ފަރާތަށް ޙަމްދުކުރުމުގައި ދެމިތިބެނީއެވެ. އާދައިގެމަތިން މިއަދުވެސް ފަތިސް ނަމާދުކޮއްލައިގެން ގޯތިތެރޭގައި ހުރި ގަސްތަކުން ބިންމަތީގައި ދޫލައެއްހެން ވެރިފައިހުރި ފަތްތައް ނަގާ ސާފުކޮއްލީ ޝައުފާއަށް އެހީތެރިވުމުގެ ނިޔަތުގައެވެ. އޭލެވެލް ހަދާ ނިމިފައިވުމާއެކު އޭނާކުރާނެ މާބޮޑު މަސައްކަތެއްވެސް ނެތެވެ.ވުމާއެކު އޭނާގެ ހުރިހާ ވަގުތެއްވެސް މިހާރު ހުސްކޮއްލެވިފައި ވަނީ ލޯބިވާ އާއިލާއަށެވެ. ރަށަކީ ވަޒީފާގެ ފުރުސަތު މަދު ތަނެއްކަމުން ވަޒީފާއެއް ހޯދަން ނިކްހާތު ކުރިމަސައްކަތަށް އަލިމަގެއް ފެނޭގޮތް ވަނީނުވެފައެވެ. މެދުގޯތީގެ ކުނިކަހާ ނިންމާލުމައްފަހު ނިކްހާތު އަވަސްވެގަތީ އިރުއެރުމުގެ ކުރިން ކުނި އުކަން އަތިރިމައްޗަށް ދެވޭތޯއެވެ. އަބަދުވެސް އިރުއަރާ މަންޒަރު ބެލުމަށް އަތިރިމައްޗަށް ދިޔުމަކީ ނިކްހާތު ލޯބި ކުރާކަމެކެވެ. ޤުދުރަތީ ރީތި މަންޒަރުތައްފެނި މާތްﷲގެ ރަޙްމަތްފުޅާމެދު އާމެދު އޮންނަ އިތުބާރު ބޮޑުވެ، ދިރިއުޅުމާމެދު ކުރެވޭ އުއްމީދުތަކަށް ދިރުން ލިބުންވެސް ސަބަބަކަށް އެކަށީގެންވެއެވެ.
އިރު އެރުމާއިއެކު އައިމިނަ ފުންމައިގެން ތެދުވެ ދުއްވައިގަތީ އިއްޔެ ކެއްކުމަށް ބޭނުން ކުރި ތާހާއި ތެލިތައް ދޮންނަން އަތިރިމައްޗަށެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ބައިގަނޑާއި ވަކިވެ އަތްމަތި އަވަސް ކޮއްލައިގެން އައިމިނަ ބެލީ ދުވަހުގެ މެހުމާނުން އަންނަން ވާ އިރަށް ކެއްކުމާއި އަދި އެނޫންވެސް ކުރަންޖެހޭ މުހިންމު އާލާތްތައް ކުރުމަށް އަވަސްކޮއްލައިގެން ގެއަށް ދެވޭތޯއެވެ. އަރިރިމަތިން ގެ އަށް އައިއިރު ހުރީ 7 ޖަހާ ބޮޑުވެފައެވެ.ބޭކާރުގޮތުގައި ދުއްވާލާކަށް މިއަދަކު އައިމިނަ އަކަށް އެންމެ މިނިޓެއްވެސް ނެތެވެ. އައިމިނަގެ ފިރިހެނުން ބަކުރުގެ ދަޢުވަތަކަށްރަށުގެ އިސްބޭފުޅުންމިއަދު އެގެއަށް މެންދުރުގެ ކޭން ބެއްލެވުމަށްވަޑައިގަންނަވާނެ އެވެ. އެއީ ބަކުރުގެ އާ މަސްދޯނިން ހައްސަ ބޭނުމުގެ މުނާސަބަތުގައިއެވެ.ނަމަވެސްު އައިމިނަ ކުރަންޖެހޭ މަސައްކަތާއި ނުކަތާ ވަރަށް ވަގުތުވެސް ވަނީ ކުޑަތަން ވެފައެވެ.ވުމާއެކު މިފަދަ ދުވަސްތަކުގައި އާދައިގެމަތިން ވަމުންދާގޮތް ކުރިއަށް ދިޔައީ އެދުވަހުގައިވެސް ވަރަށް ފުރިހަމަ ކޮށެވެ. ދުވަހުގެ ބުރަކަމުން އައިމިނަ ދިޔައީ އެއްފަހަރާ އެތަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންނެވެ. ކެއްކުމަށް ބޭނުންވާ ވަރަށް މަސްކަނޑާ ސާފުކޮއްގެން ބަދިގެ ތެރެއަށް ބޯ ދިއްކޮއްްލިހިނދު އައިމިނަގެ ހިތް ހީވީ ހުއްޓުނުހެންނެވެ. މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ސަބަބެއް ނެތީސް އެއްނޫނެވެ.އޭނާ ކައްކަން އުދާފައި ހުރި ބަތް ތަވާއެކޭ އެންދެރި ކޮޅެކޭ ވަކި ތަފާތެއް ނެތެވެ. އައި ރުޅީގައި އައިމިނައަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ނަމަވެސް ހިއްވަރު ކޮއްލައިގެން އައިމިނައަވަސްވެގަތީ މަސްކޮޅުހަލާކު ނުވަނީސް އަވަހަށް ގަރުދިޔަފޮދު ކެއްކޭތޯއެވެ. އަދި ގަރުދިޔަފޮދާއި އެކީ ބޮނޑިބަތްކޮޅުވެސް ކައްކަން އުދައިފިއެވެ. ގަރުދިޔަ ކެއްކެން ވާއިރަށް ބަނބުކޭލާއި، ފަޅޮލާއި އަދި މާޅެސް ކެޔޮކޮޅެއް ކަައްކަން އައިމިނަ ނިންމީ ބާވަތްތައް އިތުރުކޮއްލުމުގެ ބޭނުމުގައެވެ. އަނެއްކާވެސް ކައްކަން އުދާފައި ހުރި އެއްޗެހި އަނދާފާނެކަމުގެ ބިރު ހިތުތެރޭގައި އޮތުމާއެކު އައިމިނަ އުޅުނީ ވަރަށް އަތްމަތި ހަލުވިކޮށެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އަތުގެ އެތައް ތަނެއް މަށައިގެން ވެސް ދިޔައެވެ.ނަމަވެސް ތަދަކާއި ތަދެއް އެއްފަރާތް ކޮއްލުމައްފަހު މަސައްކަތާއިގެން އޭނާ ކުރިއަށް ދިޔައީ އެއްވެސް ކަަހަލަ ލަދެއްގައި ބެދެން ބޭނުން ނުވާތީ އެވެ. ކާމިޔާބު ކަމާއިއެކު ބޮނޑިބަތްކޮޅު، ގަރުދިޔަ އަދި ފަލަމަޑީގެ ބާވަތްތަކާއި ކުރިން އެނދި ބަތްކޮޅުވެސް ކައްކާ ނިމިއްޖެއެވެ.އޭރު މެހުމާނުން އަންނަން ހުރީ ކުޑަ އިރުކޮޅެކެވެ […]