ލަސްނުކޮށް 2 ކުދިން ހިނގައިގަތީ މިސްކިތާ ދިމާއަށެވެ. ******************** ނަމާދުކޮށް ނިމިގެން ޒިންޔާ އެނދުގައި އޮށޯވެލިއެވެ. ކުއްލިއަކަށް ހިޔާލަށް ވެރިވީ އެ ފަޅުރަށުގެ ކަންކަމެވެ. އެކަމާ މެދު ނުވިސްނަން ނިންމައިގެން ހުއްޓަސް ވިސްނެނީއެވެ. މިސްކިތުން ފައިބައިގެން އިދާންއާ ރަޔާން ހިނގައިގަތީ ގެއާ ދިމާއަށެވެ. އޭރު ކުޑަކޮށް ވާރޭ ވެހެއެވެ. މަގުގެ ވަކި ހިސާބަކަށް ދެވުނު ތަނާ ވާރޭ ބޯކޮށްލިއެވެ. ރަޔާންއާއި އިދާން ގެއެއްގެ އަސްކަނި ދަށަށް ވަދުނީ ނުތެމިވޭތޯއެވެ. އިދާންމެން އައުން ލަސްވެގެން އިމްޝާ މެން އުޅުނެވެ. […]
އެހެން އެކި އެކި ވާހަކަތައް ދައްކަން ތިއްބައި މަތިން އެއްޗެއް ވެއްޓުނެވެ. ****************** އެންމެން ހަޅޭއްލަވައި ގަނެފައި ފުންމައިގެން ތެދުވިއެވެ. އޭރު އެމީހުން ފަހަތުގައި ކުއްޖެއް ހުއްޓެވެ. އެއީ އެމީހުން އާއިލާ ކުއްޖެކެވެ. ” ކޮން ތަޅުދަނޑިއެއްގެ ވާހަކަ ތި ދައްކަނީ… ” އެކުއްޖާ އައި ގޮތަށް އައިސް އެތާ ކައިރީގައި ހުއްޓުނެވެ. މާޔާ އެހެން އެހުމުން އެމީހުންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެހެން އިރު ކޮޅަކު ހުރުމަށް ފަހު މާޔާ އަނެއްކާވެސް އެ ސުވާލު ތަކުރާރު […]
އޭރު ތަންކޮޅެއް ދުރުން އެއްޗެއް ފެނަހެން ހީވެގެން ޒަހާ ކޮޅަށް ތެދުވެ ބަލާލިއެވެ. ******************** ޒަހާ އުފަލުން ހަޅޭއްލަވައި ގަތެވެ. ދުރުން އެ އަންނަނީ ކުޑަ ބޯޓެކެވެ. އިދާން މެން ކިހިނެއްތޯވީ އެހުމުން އެ ބޯޓު ދައްކާލިއެވެ. ޒިންޔާ ވީ އުފަލެއް ބުނެދޭން ވެސް ނޭނގުނެވެ. ޒިންޔާ އާއި ޒާޔާ ފުންމަމުން އެ ބޯޓާ ދިމާއަށް އަތް ހޫރަން ފެށިއެވެ. އެހެން އެމީހުން އަތްހޫރުވަން ހުއްޓައި އެ ބޯޓު އެމީހުން ތިބި ރަށާ ކައިރި ކޮށްލިއެވެ. އެބޯޓުން […]
ނަމަވެސް އެއަށްވުރެ ބޮޑަށް އިދާން ސަމާލުކަން ދިނީ ޒާޔާމެންނަށެވެ. ******************* އެވަރަށް ވިސްނިއިރުވެސް ބޯ ހަމައެއްގޮތެއް ނުވިސްނުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެގޮތަށް އިދާންމެން އެކަކު އަނެކަކާ ވާހަކަ ނުދައްކަން ފެށިއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެވެ. އެއީ ރަނގަޅުގޮތް ނޫންކަން ޒާޔާއަށް އިނގުނެވެ.ނަމަވެސް އޭގައި ޒާޔާއަށް ކުރެވޭނެ ކަމެއް ނެތުމުން މަޑުން އިނީއެވެ. އެގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދައިގެ މަތިން ދުވަހެކެވެ. އިދާން އިނީ އެ ތަޅުދަނޑި ހިފައިގެން ވިސްނަންށެވެ. ހޫނު […]
ޒަހާއާއި ޒާޔާ ވެސް އެމީހުން ހިފަހައްޓަން އުޅުމުން އޭގެ ތެރެއަށް ދަމައިގަތެވެ. ******************** ޒިންޔާ ސިހުނީ ކުއްލިއަކަށް ބަޔަކު ހަޅޭއްލަވާ އަޑަށެވެ. އޭރު އެތާ މީހުންތަކެއް ވެއްޓިފައި އޮތެވެ. ޒިންޔާ ކުޑަކޮށް ކައިރިވެލާފައި އެތަނުން މީހެއްގެ ކޮނޑުގައި ޖަހާލިއެވެ. އެއާއެކު އޭނަ ދެލޯ ބޮޑުވީ ކުރިމަތިން އިމްޝާ ފެންނަން އިނުމުންނެވެ. ހައިރާންވި ވަރަށް އުފާވެސް ވިއެވެ. އެންމެން ހަމަ ވުމުން އިދާންއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އިދާން ވިސްނަމުން ދިޔައީ އެ ކުޑަ ކޮޓަރިއެއްކަހަލަ ތަނާމެދުއެވެ. […]
8 ވަނަ ބައި ކުއްލިއަކަށް އިދާންގެ ނޭވައި ހާސްވާން ފެށިއެވެ. ******************** އިމްޝާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެވަގުތު އޭތި ހޭންފެށިއެވެ. އަދި ބުންޏެވެ.” އަހަރެން ކަލޭމެން މިތަނަށް ގެނައީ ކަލޭމެން އަހަރެމެން ދެމީހުންނަށް ވަރަށް ބޮޑު ކަމެއް ކޮށްގެން.. ” އޭތި ކައިރީގައި ހުރި ކުޑަ އެއްޗަށް އިޝާރާތް ކުރަމުން ބުނެލިއެވެ. އޭރު އިދާންގެ ނޭވާވެސް ކުޑަކޮށް ރަނގަޅެވެ. ޒިންޔާ ހުރީ ބިރުންގޮސް ހަދާނެގޮތް ނޭނގިފައެވެ. އިދާންވެސް ކެއްސަމުން ވިސްނަން ފެށިއެވެ.” އަހަރެމެން ނުކުރަން […]
ކުއްލިއަކަށް ޒާޔާ ސިއްސައިގެން ދިޔައީ ޒާޔާގެ ކަންފަތްދޮށުގައި މީހަކު ސިއްރު ސިއްރުން ޒާޔާގެ ނަން ގޮވާލީމައެވެ. ******************** ޒާޔާ ފުންމައިގެން ތެދުވީ ގަތްބިރުންނެވެ. ކައިރީގައި އިން ޒިންޔާ ވެސް ދިޔައީ ސިއްސައިގެންނެވެ. ޒިންޔާ ސުވާލުކުރަންފެށިއެވެ.” ޒާޔާ.. ކިހިނެއްވީ.. ބުނެބަލަ.. ” ޒާޔާ އޭރު ވެސް ހުރީ ދެލޯ ބޮޑުވެފައެވެ. ” ކަމެއް ނުވޭ މީ.. މީ ސިއްސައިގެން ދިޔައީ އޭ… ” ޒާޔާ އެންމެ ފަހުން ހިތަށް އެރިއެތި ބުންޏެވެ. ” ޒާޔާ..ދޮގު ނުހަދަ ބުނެބަލަ.. ކިހިނެއްތަވީ.. […]
ހެނދުނު ތެދުވެ ޒިންޔާ އާއި ޒާޔާ ރޯންފެށުމުން ނިދައިފައި ތިބި މީހުންނަށް ހޭލެވުނެވެ. ******************** އިދާން ތެދުވެގެން ގޮސް އެމީހުން ކައިރީގައި އިށީނެވެ. އަދި އެހިއެވެ.” ކިހިނެއްވީ.. ” އިދާން އެހުމުން ދެމީހުން ވެސް ދައްކައިލީ ތަޅައިގެން ގޮއްސަ އޮތް ދެ ފޯނެވެ. އިދާން ހާސްވިއެވެ. ދެން ބަލައި އަންނާކަށް ވެސް ނުގުޅޭނެއެވެ. އަނެއްކާ މިތަނުގައި ގިނަދުވަހު މަޑުކުރަން ޖެހުނީއެވެ. އިދާން ހާސްވި ޒާޔާމެން މާ ބިރުން އުޅޭތީއެވެ. އިމްޝާ ހޭ އެރިއިރު އޮވެވުނީ ހަމަ ކުރިން […]
ނަމަވެސް އޭތި އިމްޝާއާ އެއްކޮށް އެތަނުން ގެއްލުނެވެ. ******************** ޒާޔާއަށް ހޭލެވުނީ ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ. ޒާޔާ ތެދުވެ އިށީނދެލައިފައި ވަށައިގެން ބަލައިލިއެވެ. ޒާޔާއަށް އިމްޝާ ނެތްކަން ފާހަގަކުރެވުނެވެ. ބޭރުގަ ހުރެދާނެކަމަށް ޒާޔާ ނިކުތީ ބޭރަށެވެ. ނަމަވެސް އެއިން ހިސާބަކުވެސް އިމްޝާއެއް ނެތެވެ. ޒާޔާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ. އެއަޑަށް ނިދައިފައި އޮއް އިދާންވެސް ހޭލައިގެން އައެވެ. އިދާން ްއައުމާއެކު ޒާޔާ ރޯންފެށިއެވެ.” އިދާންބޭ.. ކޮބާތަ އިމް.. އޭނައެއް ނެތް މިތާކު.. ” […]