އަދިވެސް އެއްފަހަރު އީޝަލްއަށް މާޒްމެންނާއި ދިމާ ބަލާލެވުނެވެ. ހިލައިގެ ބުދެއްހެން ހުއްޓުންއަރާފައި އޭނާއަށް ހުރެވުނެވެ. މޫނުމައްޗަށް އަނދިރިވާހެން ހީވިއެވެ. ދެވަނަ ސިކުންތުގައި އީޝަލް އެތަނަށް ވެއްޓުނެވެ. ގިނަ ބައެއްގެ ނަޒަރު އެވަގުތު ހުއްޓުނީ ވެއްޓިފައި އޮތް އީޝަލްއަށެވެ. މާޒްގެ ހިތަށް އެވަގުތު ކެތެއް ނުވިއެވެ. އެއްވެސް އިޚްތިޔާރަކާނުލާ ކުރިޔަށް ފިޔަވަޅު ނެގީ ވެއްޓިފައިވާ އީޝަލް ނަގަން ދާށެވެ. ނަމަވެސް މާޒްގެ ފިޔަވަޅަށް ހުއްޓުމެއްއައީ އަޔާން ދުވެފައި އީޝަލްއާއި ދިމާއަށް އަންނަތަން ފެނިފައެވެ.
އަޔާން އޭނާގެ އަތްދަނޑިމައްޗަށް އީޝަލް ނެގިއެވެ. އެންމެން ގާތު ޕާޓީ ކުރިޔަށް ގެންދާށޭ ބުނުމަށްފަހު އަޔާން އީޝަލް ގޮވައިގެން ގޭތެރެއަށް ދިޔައެވެ. އަޔާންގެ ކޮޓަރީގައިވާ ކިންގް ސައިޒްގެ އެނދުގައި އީޝަލް ބޭއްވުމަށްފަހު އަވަހަށް ޑޮކްޓަރަށް ގުޅިއެވެ. 15 ވަރަކަށް މިނެޓް ތެރޭގައި ޑޮކްޓަރު އައިސް އީޝަލް ޗެކް ކުރިއެވެ. ޑޮކްޓަރު ބުނި ގޮތުގައި އީޝަލް ވެއްޓުނީ ރަނގަޅަށް ނުކެވުމުގެ ސަބަބުންނާއި މާބޮޑަށް ވިސްނާތީއެވެ.
ޑޮކްޓަރު ދިޔަތާ އިރުކޮޅެއްފަހުން އީޝަލް ހޭއެރިއެވެ. އޭރު ގާތުގައި އަޔާން އިނެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއިރު އެއީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އީޝަލް ފުންމައި ގަތީ އެތަނުން ދާށެވެ. ނަމަވެސް އެއަށްވުރެ އަވަހަށް އަޔާން އީޝަލް ހިފެއްޓިއެވެ. “އީޝަލް ޕާޓީންވެސް ނުކަނީތަ؟ މަޑުކުރޭ ކައިގެން ދާން.” އަޔާންގެ އަޑުގައި އެވަގުތުވަނީ އޯގާތެރިކަމެވެ. “އަހަރެން ގެޔަށް ގޮސްފަ ކާނަން” މިހެން ކިޔާ އީޝަލް އަނެއްކާވެސް ދާން މަސައްކަތްކުރިއެވެ. ނަމަވެސް މިފަހަރުވެސްވީ ނާކާމިޔާބެވެ. “އެއޮތް ގެނައީ ކާއެއްޗެހި. އޭތި ހުސްކޮށްލީމަ އޯކޭ ގެއަށް ދިޔަޔަސް.” ކޮޓަރިއަށް އައި ނޯކަރުގެ އަތުގައިވާ ޓްރޭއަށް އިޝާރާތްކޮށްލަމުން އަޔާން ބުންޏެވެ. ޓްރޭގައިވާ އޮރެންޖު ޖޫސްތައްޓާއި، ފްރައިޑްރައިސްތަށި ބެހެއްޓުމަށްފަހު ނޯކަރު އެތަނުން ނިކުމެގެން ދިޔައެވެ. ސަމްސަލަކުން ފްރައިޑް ރައިސް ކޮޅެއް ނަގަމުން އަޔާން އީޝަލް ގާތު ސަމްސަލުގައި ހިފުމަށް ބުންޏެވެ. އީޝަލް އޭގައި ހިފާ ކާންފެށީ ބަނޑުހައިވެފައިވާލެއް ބޮޑުކަމުންނެވެ.
އީޝަލް ކައިނިމުމުން ޑޮކްޓަރ ލިޔުން ބޭހާއި ފެންތަށްޓެއް އީޝަލްއަށް ދިނެވެ. އަޔާން އިނީ ކަޅިޖަހާނުލާ އީޝަލްއަށް ބަލާށެވެ.. ” ދެން މިދަނީ ގެއަށް” އީޝަލް ބޭސްކައި ނިމުމުން އަވަހަށް އެތަނުން ނިކުންނަން ދިޔައެވެ. “އަހަރެން އީޝަލް ގެއަށް ގެންގޮސްދޭނަން. މިހާރު މާލަސްވެއްޖެ .” އީޝަލްއާއި އެއްވަރަށް ހިނގަމުން އަޔާން ވާހަކަދެއްކިއެވެ. ޕާޓީވެސް އޭރު ނިމުމަކަށް ގާތްވަނީއެވެ. ޒޯޔާއަށް ގުޅުމުން ޒޯޔާވެސް ބުނީ މިހާރު ގޭގައިކަމަށެވެ. ގްރީންވިލާ ކުރިމަތީގައި ހުއްޓިލައިގެން އީޝަލް ހުރީ ޓެކްސީއެއްގެ އިންތިޒާރު ގައެވެ. ނަމަވެސް ލަސްކަމުން ޓެކްސީއެއް ލިބޭ ގޮތެއް ނުވިއެވެ. ކުރިމަތީގައި އެވަގުތު މަޑުކޮށްލީ އަޔާންގެ ކާރެވެ. އަވަހަށް ގެއަށްދާން ބޭނުންވެފައިވުމުން އަޔާންގެ ކާރަށް އަރަންވީބާއޭ އީޝަލްގެ ހިތަށްއެރިއެވެ. ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު އަޔާންގެ ކާރަށް އީޝަލް އެރީ، އެވަގުތު ޓެކްސީއެއް ހޯދުމަކީ ދަތިކަމެއްކަން އެނގޭތީއެވެ.
އީޝަލްގެ ގޭގެ ކުރިމަތީގައި ކާރު މަޑުކޮށްލިއެވެ. “ގުޑްނައިޓް އީޝަލް” ކާރަށް އެރީސުރެ ދެމީހުންގެ މެދުގައިވާ ހަމަހިމޭކަން ފޫދުއްވާލީ އަޔާނެވެ. އީޝަލް އަޔާނަށް މާ ބޮޑު ސަމާލުކަމެއް ނުދީ އަވަހަށް ގެއަށް ވަންނަންދިޔަވެ. ގެއަށްވަންއިރު ގޭ އެންމެންވެސް ވަނީ ނިދާފައެވެ. އީޝަލް ކޮޓަރިއަށް ގޮސް އެނދުގައި އިށީނދެލިއެވެ. އެވަގުތު އެއްވެސް އިޚްތިޔާރަކާއިނުލާ އެދެލޮލުން ކަރުނަތައް އޮހޮރިގެން ދިޔައެވެ. އީޝަލްއަށް މާޒްދެކެ ލޯބި ނުވެވުނު ނަމައޭ ހިތަށް އެރިއެވެ. އޭނާގެ ހަޔާތަށް އައިސްފައިވާ އަޑިގަނޑަށް އޭނާ ކެތްކުރަން އެބަޖެހެއެވެ. ރުއިމުގެ ތެރޭގައި އޭނާއަށް ނިދުން އިރެއްވެސް ނޭނގެއެވެ.
ކާރު ޕާކްކުރުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި އަޔާން މިސްރާބުހުރީ ކޮޓަރިއާއި ދިމާއަށެވެ. ސިޑިންމައްޗަށްއަރަން ދިޔަތަން ބަލަން އަޔާންގެ މަންމަ ނަހުލާ ތިރީގައި ހުއްޓެވެ. އަޔާނަށް ކޮންމެވެސްކަމެއް ވެއްޖެކަން އޭނާގެ ހިތް ބުނަމުންދިޔައެވެ. އޭރު ކައިވެނީގެ ހަފްލާވެސް ވަނީ ނިމިފައެވެ.” މިތާ ތިޔަހުރީ ކިހިނެއްވެފަ؟ ” ފޮތެއް ހިފައިގެން ކޮޓަރިން ނިކުތް ނޫރާއަށް އޭނާގެ މަންމަ ފެނިގެން ސުވާލުކުރިއެވެ. ” އަޔާން މާބާރަށް ކޮޓަރިއާއި ދިމާއަށް ދިޔަތަން ބަލަންހުރެވުނީ. ހީވަނީ ކަމަކާއި ހިތްހަމަނުޖެހިފަހުރިހެން.” ނޫރާ މޫނަށް ބަލާލާފައި ނަހުލާ ޖަވާބުދިނެވެ. ” އަޔާނަށް ކޮންމެވެސް ބަދަލުތަކެއް އަންނަކަން މަންމައަށް ފާހަގަކުރެވޭތަ.؟ ” ނޫރާ އެބުނިއެއްޗަކުން ނަހުލާއަށް ވިސްނާލެވުނެވެ. އޭނާގެ ހިތްވެސް އެކަމާއި އެއްބަސްވިއެވެ. ” އާނ! މިހާރަކަށް އައިސް އަޔާނަށް ވަރަށް ބޮޑުބަދަލުތަކެއް އެބައާދޭ. ” ވާހަކަދައްކަމުން ނަހުލާ ދިޔައީ ޑައިނިންރޫމާއި ދިމާއަށެވެ. ނޫރާވެސް އޭނާގެ ފަސްފަހަތުން ދިޔައެވެ.
” ހީވަނީ އޭނާއަށް ކޮންމެވެސްކަމެއް ދިމާވެއްޖެހެން. ވާހަކަދައްކާލަންވީ .” އައިސްއަލަމާރިން ފެން ފުޅިއެއް ނަގަން ހުރި ނަހުލާއާއި އޭނާވެސް ބައިވެރިވެލިއެވެ. ” ދެން އެކަމަކު މިރޭ ތިޔަކަމާއި އުޅޭނެކަމެއްނެތް. މާދަން ވާހަކަދައްކާނީ. ދެންދޭ ނިދަން” ނަހުލާ ކޮޓަރިއާއި ދިމާއަށް ހިނގައި ގަންނަމުން ވާހަކަދެއްކިއެވެ.
ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ލައިޓްވެސް ނުޖައްސާ އަޔާންގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. ދެލޯމަރާ ލުމަށްފަހު ބާލީހެއްނަގާ މޫނުމަތީގައި އަޅާބާރުކޮށްލައިގެން ކުޑައިރުކޮޅެއްވާންދެން އޮތެވެ. ދެން ފެނުނީ އެބާލީސް މާދުރަށް ހޫރާލާފައި ފުންމައިގެން ތެދުވިތަނެވެ. އަޔާން ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. އެއްކޮށްނުލެއްޕިހުރި ކޮޓަރީގެ ދޮރުދާރައިން އެތެރެއަށް ފޭދިފައިވާ ފަނޑުއަލީގައި އޭނާ ފެންނަނީ ކަޅުހިޔަންޏެއްފަދައިންނެވެ. މޫނުމައްޗަށް ފައިބާފައިވާ ފަންއިސްތަށިތަކުން ލޮލުގެ ބޮޑުބައެއްވަނީ ފޮރުވިފައެވެ.
އޭނާގެ ސިކުނޑީގައި އެވަގުތު ދައުރުވަމުން އެދަނީ އީޝަލްގެ ޚިޔާލުތަކެވެ. އީޝަލްގެ ހިތާމަކުރުމުގެ ސަބަބަކީ އޭނާބާއޭ ހިތަށްއެރިއެވެ. އަޔާނާއި މެދު އީޝަލް ދެކެނީ ކުށްވެރިއެއްގެ ގޮތުގައިކަން ޔަޤީނެވެ. މިފަދަ އެކި ޚިޔާލުތަކުން އޭނާގެ ސިކުނޑި ފުރާލާފިއެވެ. އަނެއްކާ އީޝަލްދެކެ ލޯބިވެވުނީ ބާއޭ އަޔާންގެ ހިތަށްއެރިއެވެ. އެހިތް އެހާ ފަސޭހައިން އީޝަލްގެ ހައްޤަކަށް ވާންވީ ކީއްވެބާއޭ އަޔާން ހިތަށްއެރިއެވެ.
“މާޒް. މާޒް ތިތާތަ ނިދަނީ؟ ” މަލަކްގެ ބޮޑު ކޮޓަރީގައިވާ ސޯފާގައި މާޒް އޮންނަން އުޅުމުން މަލަކް ސުވާލުކޮށްލިއެވެ. ” އަހަރެން އެހާ ކޮމްފޮޓެމްބަލް އެއް ނޫން، އެއް އެނދެއްގާ، އެހެން މީހަކާއި އެކީ ނިދާކަށް. މަލަކްވެސް ދެން ނިދާލާ.” ސޯފާގައި އޮށޯންނަމުން މާޒް ޖަވާބު ދިނެވެ. ” ޕެކްކޮށްފަތަ ތި ނިދަނީ؟” މަލަކް އަނެއްކާވެސް ސުވާލުކޮށްލިއެވެ. ” މާޒް ހޫމް ލައްވާލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. ދެމީހުންގެ ހަނީމޫންއަށް ދާން ހަމަޖެހިފައިވަނީ ރިސޯޓްއަކަށެވެ. އެހެންކަމުން މަލަކް އޮތީ ވަރަށް އުފަލުންނެވެ
ލޯ ހުޅުވާލުމާއި އެކު ވަށައިގެން ނަޒަރު ހިނގާލެވުނެވެ. ފުއްމައިގެން ތެދުވެވުނީ ޑްރެސިން ޓޭބަލް ކައިރި ހުރި މާޒް ފެނިފައެވެ. މަލަކްގެ މޫނުމައްޗަށް އެވަގުތު ވެރިވެގެން ދިޔައީ ލަދުވެތިކަމެކެވެ. އެވަގުތު ދެކޯތާފަތް ރަތްވެގެން ދިޔައެވެ. ހޭލާއިރު އެންމެ ފުރަތަމަވެސް މާޒްގެ ސޫރަ ދުށުމަކީ އޭނާ ދެކެމުންއައި ހުވަފެނެކެވެ. މިއަދު އެހުވަފެންވެސް ހަޤީގަތަކަށް ބަދަލުވީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Mi part ves v rythi..Masha Allah..Dhen eashal libeyni kaakah??..Waitinging for next part..Lym
Ayaange mamma hureytha…ekam kurin kee iru heevy mamma nuhureyhen?
Yeah hurey… ihnarne kurin bunefa?
Next part avas kohlahchey Dhn vaagoi balaalaa hiyy Vehje…. ?
Varah interesting❤️
Next part kobaaaaaaaaaaaaaa
……………..?????? ??????
Mi vaahaka furihama kohdheythi ingey ba eh liyun therin buney vakihisaabakah liyefa mi nimuny eyyyy……hope you’ll never do a thing like that ???