” އެއީ އެމީހުންގެ އާދައެއް ނޫ.. މިއަދު އެކަމަކު މާ ފޯރި ގަދަވެގެން އުޅޭ ދުވަހެއް.. ހިނގާ އެފަރާތުގައި ހުންނާނެ ވަރަށް މީރު އާފަލު އަޅާ ގަހެއް .. އެފަރާތަށް ދާން ހިނގާ.. އަހަރެންނަށް ހީވަނީ އަދިވެސް އެމީހުން އަންނާނެހެން..” ޖޭސިސްގެ ރަހުމަތެރިޔާ ބުންޏެވެ. މުޅި އެރަށުގެތެރޭގައި އެނބުރިފައި އެމީހުނަށް އެނބުރި އާދެވުނު އިރު ހަވީރުވެއްޖެއެވެ. ރަށަށް އާދެވުމުންވެސް ގެއަށް ދާކަށް އެކަކުވެސް ނޫޅެއެވެ. ” ހަރޫ އަންހެންކުއްޖަކަށް ވާއިރު ބޭރު ތެރޭގައި ތިހާގިނަ ވަގުތު ހޭދަކުރުމުން […]
“އަޅުގަނޑަކީ އައިހަމް! އަޅުގަނޑުގެ ބައްޕަ މިތަނަށް އަންނަން އުޅެފަ ކުއްލި ގޮތަކަށް އޮފީހަށް ދާން ޖެހުނީމަ އަޅުގަނޑު މިއައީ!” އައިހަމް ފޮށިތައް ވައްދައިދޭން އެހީތެރިވަމުން ބުންޏެވެ. ޒާރާމެން ގެއަށް ވަންއިރު ހުރީ ސައި ތައްޔާރު ކޮށްފައެވެ. ތަޅުދަނޑި އައިންތުއަށް ހަވާލު ކޮށްލުމަށްފަހު އައިހަމް ނިކުމެގެން ދިޔައެވެ. ޒާރާ މުޅި ގޭތެރެއަށް ލޯހިންގާލިއެވެ. ތިން ކޮޓަރީގެ މި އެޕާޓްމެންޓު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ފަރުމާ ކުރެވިފައެވެ. ހެޔޮވަރު ވަރެއްގެ ކަޅު ސޯފާގެ ކުރިމަތީގައި ސާޅީސްދެ އިންޗީގެ ޓިވީއެއް […]
ަ(އަޅުގަނޑަކީ އުމުރުން އަދި 13 އަހަރުގެ ކުއްޖެއް ކަމާއި މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން، ކުށް ހުރުން އެކަށީގެން ވެއެވެ.) އަހަރެންނަކީ 25 އޮކްޓޫބަރު 2006 ގައި މާލޭގެ އާދައިގެ އާއިލާއަކަށް އުފަންވީ އަންހެން ކުއްޖެކެވެ. އަހަރެންނަކީ އަހަރެންގެ މަންމަގެ ހުރި ހަމައެކަނި ދަރިއެއް ކަމަކު، ބައްޕަގެ އެންމެ ހަގު އަންހެން ދަރި އެވެ. އަހަރެންގެ ދޮއްޓަށް ދެ ދައްތަ ހުރެއެވެ. އެއީ އިނގެރޭސި އިން ބުނާނަމަ ‘ސްޓެޕްސިސްޓާސް’ އެވެ. އަހަރެން މިއީ މަންމަ ގެ ހުރި ހމައެކަނި ދަރިފުޅު ކަމުން، މަންމަ ވެސް ބައްޕަ ވެސް އަހަރެން ގެންގުޅުނީ އަހަރެންނަކީ ޖަވާހިރއްގެ ގޮތުގައެވެ. އެހެންކަމުން އަހަރެން ބޮޑު ވަމުން އައީ ވަރަށް ވެސް އުފަލުންނެވެ. އަހަރެންގެ އުމުރުން އެއް އަހަރުވީ ތަނާހެން އަހަރެން ބަލިވާން ފެށިއެވެ. މަންމަ އެކަމާ ކަަންބޮޑު ވާން ފެށިއެވެ. އެދުވަހު މަންމަ އަތުގަ ހުރި ލާރި ކޮޅު ތަށް ވަނީ ހުސްވެފައި ކަމުން އަހަރެން ހޮސްޕިޓަލަށް ގެންދާނެ […]
ކުއްލިއަކަށް އަތުގައި އޮތް ބެލްޓުން އަމްޖަދު އެލީން ގައިގައި ޖެހުނި ތަނެއްގައި ޖަހަމުން ދިޔައިރު މުޅި ގޭތެރޭގައި ގުގުމާލާފައިވީ އެލީންގެ ވޭނުން ފުރިގެންވި އަޑެވެ. ނަމަވެސް، އެކަމަށް އަޅައިލުމެއްނެތި އަމްޖަދު އޭނާ ގައިހުރި ބާރެއް ލާފައި ބެލްޓުން އެލީންގެ ގައިގައި ޖަހަމުން ދިޔައެވެ. ހިނދުކޮޅެއްފަހުން އަޑު މަޑުވަމުން ގޮސް އެއްކޮށް އެލީންގެ އަޑު ހިނދިގެން ދިޔައިރު މަޑުމަޑުން އެ ނިކަމެތި އަންހެންކުއްޖާގެ ދެލޯ މެރިގެން ދިޔައެވެ. ނަމަވެސް އަމްޖަދު ހުއްޓައިނުލައި އެލީން ގައިގައި، ބެލްޓުގެ އެހީގައި ޖަހަމުންދިޔައެވެ. […]
ނޯޓް: އައިނާ ސީޒަން ދޭއްގައި ހާނިމްގެ ނަން ވާނީ ހިޝާންގެ ނަމަށް ބަދަލުކޮށްގެން ގެނެސް ދީފައެވެ. ކްރިސްޓަލްގެ ބޮކިފަތި ތަކަކުން ދިއްލާލެވިފައިވާއިރު ހީވަނީ ސަހަރެއްގެ މެދުތެރޭގައި އިން ގަނޑުވަރެއް ހެންނެވެ. މީޑިއާ ތަކުންނާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް މިޕާރޓީ އަށް އައިސް ތިއްބެވެ. ޚަދީޖާ އާއި މަރިއަމް ތިބީ ޕްލެއިން ކަޅު ދިގުހެދުމެއް ލައިފައި ލައިމް ކުލައިގެ ބުރުގަލެއް އަޅައިގެންނެވެ. މަރިއަމްގެ ހެދުމުގައި އެކުލައިގެ މިނާ ކޮންމެވެސް ވަރަކަށް ހަރުކުރެވިފައި ހުއްޓެވެ. އައިނާ، އަޝްހާ، އަދި ހައިފާ ތިބީ ލައިމް ކުލައިގެ ވަށްތިރިކޮށް ހުންނަ ހެދުމެއްލައިފައި އެވެ. ހީވަނީ ޑިސްނީ ޕްރިންސެސް ‘ސިންދަރެއްލާ’ […]
ޖެހިގެން އައި ދުވަހަށް އިރުއެރިއެވެ. މިއަދަކީ އަހަރެމެންގެ ޕްލޭންގެ ފުރަތަމަ ފިޔަވަޅު އަޅާ ދުވަހެވެ. ކާމިޔާބު ވެއްޖެ ނަމަ ދެން އޮންނަ ފިޔަވަޅު އަޅާން ނިކަން ހިތްވަރު ލިބި ފަސޭހަ ވާނެއެވެ. *** ފަތިސް ނަމާދު ކުރަން ތެދުވިގޮތައް އަހަރެންނެއް ނުނިދަމެވެ. ހޮނިހިރު ދުވަސްކަމުން މިއަދުމީ ސްކޫލުތައްވެސް ބަންދު ދުވަހެކެވެ. އާންމުކޮށް އަހަރެން ނިދާނީ އެވެ. ނަމަވެސް މިއަދު އަހަރެން ނުނިދީ ވަރަށް މުހިންމު ކަމަކު އެވެ. ނުނިދާ އަހަރެން އިނީ ބެލްކަނީގައެވެ. ސައިގަޑި ޖެހެންދެން ބެލްކަނީގައި […]
” އަޑުއަހާ” މިހެންބުނުމަށްފަހު އައިޒަން ނާޔާއަށްް އެވާހަކަތަށް ކިޔައިދިނުމަށްޓަކައި ނާޔާ އާ ތަންކޮޅެއް ގާތަށްޖެހިލިއެވެ. ********************************************************************* އެއާއެކު ނާޔާ ފަހަތަށް އެއްފިޔަވަޅު އަޅާލީ އައިޒަންގެ މޫނުމަތިން ފެނުނު އަސަރުތަކުން ޖެހިލުންވީވަރުންނެވެ. ” ހަނދާންވޭތަ މަށާ ބައްދަލު ކުރަން އަހަރުންގެ އެޕާޓްމެންޓް އަށް އައި ރޭ؟” އައިޒަން އަހާލުމާއެކު ނާޔާ މަޑުމަޑުން ބޯޖަހާލީ އެކަމަށް އެއްބަސް ވަމޭ ބުނާ ފަދައަކުންނެވެ. އެއީ ދުވަހަކު ވެސް ނާޔާގެ ނިކަމެތި ހިތުން ފިލުވާލެވޭނެ ހަނދާނެއް ނޫނެވެ. އެއަށްވުރެ އެ ހަނދާންތަކުން ހިތަށް […]
އަޔާން އެއްޗެކޭ ބުނަންވާއިރަށް އީޝަލް ހަލުއި ފިޔަވަޅުތަކެއްގައި ދާން ހިނގައިގަތެވެ. އަޔާން ހުރީ ކަޅިޖަހާނުލާ އީޝަލްއާ ދިމާއަށް ބަލާށެވެ. މަލަކް ގާތު ގެއަށް ދާ ވާހަކަ ބުނުމަށްފަހު އީޝަލް އެތަނުން ދިޔުމަށް އަވަސް ވެގަތެވެ. މާޒް ފިޔަވަޅުތައް ސިޓިންރޫމްއާއި މިސްރާބުޖަހާފައިވާއިރު، އީޝަލްވެސް ގެއަށްދާން ވެގެން ދޮރާއި ދިމާއަށް އަންނަނީއެވެ. ދެފަރާތަށް ބަލަމުން ކުރިޔަށްދިޔަ މާޒް ހުރީ ފޯނާއި ކުޅޭށެވެ. މާޒްއަށް ހުއްޓުމެއްއައީ ކުއްލިއަކަށް ކުރިމަތިން އީޝަލް ފެނިފައެވެ. އިސްޖަހާލައިގެން އައި އީޝަލްއަށް އެވަގުތު ލިބުނީސިހުމެކެވެ. ލިބުނު ސިހުމާއެކު […]
ޔައިޝް ޕަބްޖީ ކުޅެން އިންދާ ފޯނަށް ނޯޓިފިކޭޝަންއެއް އައެވެ.”ލަވްލީ ހޫދާއްކޮ” ރީސެންޓްލީ އެޑެޑް ހާ ސޮޓޯރީ”މިހެންނެވެ.ވަގުތުން ގޭމުން މަރުވާނެކަމަށްވެސް ވިސްނާލުމެއްނެތި ހުދާގެ ސްޓޯރީ ވިއުކޮށްލިއެވެ.އެވަގުތު ޔައިޝްގެ މުޅި ދުވަސް އެއްކޮށް ހަރާބު ވިކަހަލައެވެ.ހުދާ 3 ވަރަކަށް ސްޓޯރީސް ލިއެއްކަމަކު އެންމެ ފުރަތަމަ ވިއުވި ސްޓޯރިގައި އިނީ ހުދާ ސާމިހުގެ ކޮލުގައި ހިފައިގެންނެވެ.ސާމިހުވެސް އިނީ ހުދާގެ ކޮލުގައި ހިފައިގެންނެވެ. ހުދާ އިނީ އޭގައި ސާމިހު ޓެގްކޮށްފައި “ވެލްކަމް ބެކް ހޭންޑްސަމް ސޭމް” ޖަހާފައިއެވެ.އޭގެ ކައިރީ ރަތްކުލައިގެ ހިތެއްވެސް ޖަހާފައި […]