ނުހާމެންގޭ ދޮރާށިހުޅުވާލާފައި ވައިން ޒެވިއަންގެ ފިޔަވަޅުތައް މަޑުޖެހުނީ މީހަކު ވާޙަކަދައްކާ އަޑަށެވެ. ނަމަވެސް ޒެވިއަން ކުރިއަށް ޖެހިލިއެވެ. އެއާއި އެކު ޒެވިއަންގެ ހިތް ހުއްޓުނު ފަދަ އިހްސާސްއެއް ކުރެވުނީ ކައިވެނީގެ ހެދުމުގައި އިން ނުހާ ފެނިފައެވެ. ޒެވިއަން އަކަށް ނުހާ ގާތުގައި އިނީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް އެމީހުން ފަހަތުގައި ޖަހާފައި އިން ބޯޑުން ޒެވިއަންއަށް ހުރިހާއެއްޗެއް ސާފުވެގެން ދިޔައެވެ. “ޔަޝްއަލް…؟” ޒެވިއަންގެ އަޑު ނިކުތީ ވޭނުން ފުރިގެން ވާރާގެއްގައެވެ. “އަނބި ގަބޫލު ކޮއްފިންތަ؟” ގާޒީގެ ސުވާލާއި […]
’އޯކޭ… ވެއިޓިން…‘ޝާއީ ހީލަމުން ބުނެލިއެވެ.އިތުރު ވާހަކައެއް ނުދައްކާ އަހަރެމެން ކެއުމައިގެން ކުރިއަށް ދާން ފެށި ވަގުތު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ.ލަޔާލީގެ މެސެޖެކެވެ.ޝާއީގެ ޖަވާބަކަށް އޭނާވެސް ކެތްމަދުވެފައި ހުރި ވާހަކައާއި ސެޓަޕާއި މެދު ހިތްހަމަ ޖެހޭނެކަމަށް އުންމީދު ކުރާ ވާހަކަ ބުނެފައެވެ.އަހަރެން ރިޕްލައި ދޭން ނުހަދައި އަހަރެންގެ ހުރިހާ ސަމާލުކަމެއް ޝާއީއަށް ހުސްކޮށް ލީމެވެ. އޭރު އޭނާ ދައްކަނީ ކާ އެއްޗެހި މީރު ވާހަކައެވެ. **** ކައި ނިމުމުން ތަށިތައް ނަގައި މޭޒުމަތި ހުސްވުމުން ދެން ބުނެބަލާށޭ […]
“ބައްޕަގެ… ފޮޓޮއެއް ލިބިދާނެތަ؟” ލިލިއާ އެއްސެވެ. ލިލިއަން ހީލާފައި ލިލިއާއަށް އަލޫކްއާއި އެކު އޭނާ ނަގާފައިވީ ފޮޓޯއެއް ދިނެވެ. “ބައްޕާ… އައި ލަވް ޔޫ ސޯ މަޗް.. އަދި ކިރިޔާ ލިއާއަށް ބައްޕަ މިފެނުނީވެސް” ލިލިއާގެ ދޮންކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދެމިލީ ބަސްބުނާހާ އަވަހަށެވެ. ***2 ހަފްތާ ފަސް*** ހަވީރުގެ ވަގުތެވެ. ކްލާސް ނިންމާފައި މާވީ ހިނގައިގަތީ ޔަޝާ ބަލައި ނިމްރާމެން ގެއަށެވެ. އެގެއަށް ދިޔަ މަގުމަތީގައި މާވީއަށް ޔަޝްއަލް ފެނުނެވެ. ޔަޝްއަލް އަށް ވެސް މާވީ […]
މެންދުރުގެ އަވިބާރު ވަގުތެވެ. މާލޭގެ މަގުތަކުން އިވެމުން ދިޔައީ އެކިއެކި އުޅަނދުފަހަރުގެ އަޑުތަކެވެ. ދުންޔާ ބޭރަށް ދާން ތައްޔާރުވެގެން ހުއްޓާ ޔާދިން މީޓިން ނިންމާފައި ގެއަށް އައިސް ވަދުނެވެ. އޭރު ދުންޔާ އިނީ ޔާދިންގެ އިންތިޒާރުގައި ސޯފާގައި އިށީނދެގެންނެވެ. “އަހަރެން އެބަ އަންނަން ކުޑަކޮށް ފެންވަރައިލާގެން.. އަހަރެންގެ ގަމީހެއް އިސްތިރިކޮށްދެވިދާނެތަ؟..” ޔާދިން މަޑުމައިތިރިކަމާއިއެކު އަހައިލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ދޫނިގެ ބަނޑަށް އަދިވެސް ތަދުވޭތަ؟ ތަދުވަންޏާ އޯކޭ ނުކޮށްދިނަސް.” ޔާދިން ބުންޏެވެ. “މިހާރު އޯކޭ..” ދުންޔާ އަވަސް […]
ނުހާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ފިޔަވަޅުތައް ހަލުވިކޮއްލީ އަވަހަށް ގެއަށް ދިޔުމަށެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނުތަނާހެން މީހަކު އަހިސް ނުހާ އަނގަމަތީގައި ފޮތިކޮޅެއް ޖެއްސިއެވެ. ދެންވީނުވީއެއް ނޭނގި ނުހާ ހުރިތަނަށް ދެމުނެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ނިދިފައި އޮތް ޒެވިއަންއަށް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑަށެވެ. މޯޅިއަކަށް ދެމިލާފައި ޒެވިއަން ތެދުވެ އިށީނެވެ. އާދައިގެ މަތިން މިއަދުވެސް ފޯނު ނެގީ ނުހާއަށް މެސެޖެއް ކޮއްލުމަށެވެ. ނަމަވެސް މިއަދު އެފެނުނީ ޒެވިއަން ދުވަހަކުވެސް ފެންނަން […]
އައު ދުވަހެއްގެ ހެނދުނެވެ. އުމުރުން 17 އަހަރު އަންހެން ކުއްޖެއް ގަދަ ނިދީގައި އޮތެވެ. އެ ޒުވާނާ ނިދީގައި ކުޑަ ކުޑަކޮށް ގިސްލަމުން ދިޔައެވެ. އިރުގަނޑެއް ފަހުން މީހަކު ކޮޓަރީގައި ޓަކި ޖަހާ އަޑު އިވުނެވެ. ”ދަރިފުޅާ އާރާ…….. އަވަހަށް ތެދުވޭ.“އައިސާ ނިކަން ލޯބިން ބުނެލިއެވެ.”ލައްބަ ދޮންތާ… މި ތެދުވަނީ.“ އާރާ ދެލޯ އުގުޅަމުން ބުންޏެވެ. އާރާ އެނދުން ތެދުވެފައި ފަހާނަ އަށް ވަދުނެވެ. މޫނު ދޮވެލައިގެން އައިސާ އަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެން އެހީތެރިވިއެވެ. ހެނދުނުގެ […]
ޖީބުގައި އޮތް އިންޖެކްޝަންއާއި ބޭސްފުޅި ނަގާ އިންޖެކްޝަން ފުރާ އޭގައި ހުރި އެއްޗެއް އޭނާ އިންޖެކްޝަނުން ފުރާލިއެވެ. އަދި ގާތުގައި ހުރި މާޝާގެ އައިވީ ފުޅިއަށް އޭތީގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. “ފެނިގެން ނުވާނެ އެއްޗެހި ބަލަން އުޅެންޔާ ވާނީ މިހެން. ހަހަ” އޭނާ މާޝާގެ ދޮން މޫނަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއި އެކު ބުންޏެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތުގައި މާޝާ ވޯޑްއަށް ބަދަލު ކުރެވުނެވެ. މެންދުރުވާން އުޅެނިކޮއް ދެލޯ ތަޅުވާލާފައި މާޝާ ދެލޯ […]
މައިރީން އިސްޖަހައިގެން އިނުމުން ޝިހާމާއަށް މައިރީން އިނީ އެވާހަކަތައް ކިޔައިދިނުމަށް އުނދަގޫވެފައިކަން އެނގުނެވެ. “އިޓްސް އޯކޭ. ޓޭކް ޔުއާރ ޓައިމް” މައިރީންއަށް ވާހަކަ ދައްކަން ފަސޭހަވާނެ ފަދައިން ޝިހާމާ ބުންޏެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. “މައި މިހާރު މިއުޅެނީ ކިޔާގެ ކޭސް ނަގައިގެން.. އެކަމަކު ކިޔާގެ ދޮންބެ މައިއަށް އެކަމަށް ވަރަށް ބޮޑަށް ހުރަސް އަޅާ.. ރޭގަ އޭނަ ބުނީ.. އެއީ މައިގެ ސަބަބުންވީ ކަމެކޭ.. މައި އެރޭ އެތަނަށް ނުދިޔަ ނަމަ ކިޔާ ހުންނާނީ ދުނިޔޭގައޭ.. […]
ވީރާނާވެފައިވާ އެ އިމާރާތުގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ކަޅުއަނދިރިކަމެވެ. އިމާރާތުގެ އެކި ތަންތަން ހިރަފުސްވެފައިވާއިރު ކުޑަދޮރުތައްވެސްވަނީ ބިމާހަމަވެފައެވެ. ހާމައަށް ހުރި އެ އިމާރާތުގެ އެންމެމަތީބައިގައި، ޒުވާނުންތަކެއްތިއްބެވެ. އޭގެން ކޮންމެ މީހެއްވެސްހުރީ ކަޅު ހޫޑީއަކާއި، ހަމައެކުލައިގެ ޖިންސެއްލައި މޫނު ނިވާކޮށްގެންނެވެ. “އަހަރެން ކަލޭމެން މިތަނަށް ގެނައި ވަރަށްބޮޑު ކަމަކު ކިޔަންވެގެން، އެއްވެސް މީހަކު މިކަމުގައި ބައިވެރިވާން ބޭނުންނުވާނަމަ އަނބުރާ ދިޔުމަށް ފުރުސަތުދެން”. އެތަނުން އެކަކު، މޫނުގައި އަޅާފައިވާ މާސްކު ނިގާލަމުން ބުނެލިއެވެ. “ބައްލަވާ ބޮސް، އަޅުގަނޑުމެންނަށް ތި ކުރަންއުޅޭކަމުގެ […]