*ކުއްލިއަކަށް ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލުފެނި ޔައިޝާ އަނގަހުޅުވާލަން އުޅެނިކޮށް ދެން އިވުނު ބާރުގަދަ އަޑު ފައްގަނޑުން ޔައިޝާއަށް އަޑުގެ ނެތް ތަަނަަށް އަޑުގަދަ ކޮއްލެވުނެވެ.*
“އާ..ނި..ޝް” ޔައިޝާގެ އަޑު ދިޔައީ ބުރިބުރި ވަމުންނެވެ. އާނއެކެވެ. ސައިކަލުޖެހި އެކްސިޑެންޓުވެފައި އެއޮތީ އާނިޝްއެވެ. ކުއްލިއަކަށް މީހުން ތަށް އެތަނަށް ޖަމާވާން ފެށިއެވެ. މީހުންތަށް އާނިޝް ގޮވައިގެން ހޮސްޕިޓަލަށް ދިޔައިރުވެސް ޔައިޝާ ހުރީ ޝޮކެއްޖެހިފައެވެ.
“ހަ..ހަނާ” ޔައިޝާ އެހެން ކިޔާ އަނެއްކާވެސް ހަނާމެން ގޯއްޗާ ދިމާއަށް ދުއްވައިގަތެވެ.
“ހަ…ހަނާ…އާ..އާނި.އާނިޝް އެ..އެކްސިޑެންޓް..” ޔައިޝާ ގެއަށް ވަން ގޮތަށް ހަނާ ކައިރީ އަވަސްއަވަހަށް ބުނެލިއެވެ.
“އާނިޝް ކިހިނެތްވީ؟” ހަނާ ހީކުރީ ޔައިޝާ ސަމާސާ ކުރަނީ ކަމައްށެވެ.
“އެކްސިޑެންޓު ” ޔައިޝާ ބުނެލިއެވެ.
“އޭނ… އާނިޝް އެކްސިޑޭންޓު ވީއޭ… ކީކޭ ޔައީ…” ހަނާ މޫނު މަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.
“އާނއެކޭ… ބޭރުގައި.” ޔައިޝާ އެހެން ބުނެ ނުނިމެނީސް ހަނާ ދުވެފައި ބޭރަށް ނުކުތެވެެ، ނަމަވެސް ހަނާއަށް ފެނުނީ އެންބިއުލާންސް އެކަންޏެވެ.
………….
“މަންމާ… އާނިޝްބެ… ހޮސްޕިޓަލުގައި އެކްސިޑޭންޓް ވެގެން” ލާރާ ދުވެފައި ކޮޓަރިއަށް އިރު އޭނަހުރީ ރޮއެވޭވަރު ވެފައެވެ. ލާރާ ކުޑައިރުއްސުރެ އާނިޝް ދެކެ އެއްބަނޑު އެއްބަފާ ކުއްޖަކުދެކެ ލޯބިވާވަރަށް ލޯބިވެއެވެ. އޭރު ލަތީފާ އަސުރުނަމާދަށް ހުރިއިރު ފިލާވަޅު ދަސްކުރަން ލާމިއުއިނެވެ.
“އާއެކޭ.. ދެންވެސް ލާމިއު ތިހެން އިންނަންވީތަ؟ އަވަސް ކޮއްބަލަ” ލާރާ ބާރުބާރަށް ބުނެލިއެވެ. އެވަގުތު ލާމިއުވެސް ކިޔަންއިން ފޮތް އެއްލައިލާފާ ލާރާއާއެކު ހޮސްޕިޓަލަށް ދުއްވައިގަތެވ
“މިހާުރު ކިހިނެތްތަ ބޭބެ” ހަނާ ލާރާއަށް ގުޅައިގެން ހުރެ ބުނެލިއެވެ.
“އަދިވެސް އީ އާރްގަ އޮތީ… އެހެންވެ އެތެރެއަކަށް ނުވަދެވެ…. ހޭއެރީމަޔޯ ވާގޮތެއް އިގޭނީ” ލާރާ އޭނައަސް އިނގިފައިވާ މިންވަރު ކިޔައިދިނެވެ.
ނަމަވެސް ހަނާއަށް ހަމަ ޖެހިގެންނެއް ނުހުރެވެއެވެ. ދެކޮޅަށް ދެެކޮޅަށް ހިނގާލަހިނގާލާ ހުރި އިރު ހަނާ ހުރީ ވަރަށް ހާސް ވެފައެވެ. އެހެން ހުއްޓާ ހަނާއަސް އިވުނީ މަޢްރިބް ނަމާދަށް ގޮވިއަޑެވެ. އަވަހަށް ވުޟޫ ކޮއްލައިގެން ނަމާދުކޮށް އާނިޝްއަށް ދެރަ ގޮތެއް ނުވުމަށް އެދި ދުއާ ކުރެވުނީ ކިތައްފަހަރު ކަމެއް ހުދު ހަނާއަކަށްވެސް ނޭނގެއެވެ.
“ބައްޕާ ކޮންތާކަށް؟” އަކުރަމު ބޭރަށް ދާން އުޅޭހެން ހީވެގެން ޔައިޝާ އަހާލިއެވެ.
“މިދަނީ ހޮސްޕިޓަލަށްް… މަންމަ ކުރިން ދުވަހުހެދި ޓޭސްޓުގެ ނަތީޖާ ބަލާ” އަކުރަމު ޔައިޝާއަށް ބަލައިލަމުން ބުނެލިއެވެ.
“ބައްޕާ.. އަޅުގަނޑު ދިޔަސް އޯކޭތަ؟ އާނިޝްވެސް ކިހިނެއްތޯ ބަލައިލަން” ޔައިޝާ ބުނެލިއެވެ.
“ހުމމ. އާނިޝް އެކްސިޑޭންޓުުވި ވާހަކަ އަޑުއެހިން ބައްޕަވެސް.. ދަރިފުޅު ބޭނުމިއްޔާ ހިނގާދާން” އަކުރަމު ސައިކަލު ނެރެމުން ބުންޏެވެ.
“ހަނާ ގޮވައިގެން” ޔައިޝާ ބުނެލިއެވެ. އަކުރަމުވެސް އާއެކޭ ބުންނެވެ. ހަނާއާ އާނިޝްގެ ވާހަކަ އަކުރަމަށްވެސް އިނގޭނެއެވެ.
“ހަލޯ ހަނާ… ވަރަށް އަވަހަށް ބޭރަށް ނުކުމެބަ.. ވަރަށް އަވަހަށް އިނގޭ. އާނިޝް ކައިރިއަށް ދާން” ޔައިޝާ ވާހަކަދެއްކި އަކުރަމުގެ ސައިކަލު ފަހަތުގައި އިނދެގެންނެވެ.
ހަނާ އަވަސް އަވަހަށް ގެއިން ނުކުތެވެ. އެހެންޏާ ގޭގެ ކުރިމަތީހުރި ފިހާރަޔަށްދާން ތައްޔަރުވަން ދެގަޑިއިރު ލޯގަނޑު ކުރިމަތީ ހުންނަ ހަނާ މިއަދު ލޯގަނޑާ ދިމާ ބަލާލާކަށް ހަނދާންވެސް ނެެތެވެ. އެއަށް ވުރެ އޭނަ ހުރީ އާނިޝްގެ ހާލެއްދެކިލާ ހިތުން ކެއްމަދުވެފައެވެ.
ޔައިޝާ ހަނާގެއަށް ދިޔައިރު ހަނާ ހުރީ ބޭރުގައެވެ. ޔައިޝާއާ ހަނާއާ ދެމީހުން ހޮސްޕިޓަލާ ދިމާއަށް ހިނގައިގަތް އިރުވެސް ހަނާގެ ހިތްްްްްްް ނެގިނެގިފައި ޖެހެއެވެ. ކުރިއަށް ވާން އުޅޭގޮތެއް ނޭނޭތީ އޭނަގެ ހިތް ބިރުގަންނަނީއެވެ.
ހޮސްޕިޓަލަށްވަތް އިރު ހޮސްޕިޓަލުގައި އެވަގުތު އުޅެނީ ލާރާއާ އޭނަގެ މަންމައެވެ. “ކޮބާ އާނިޝް..” ހަނާ ހިތްއަވަސްވެފައި ލާރާއާ ސުވާލުކުރިއެވެ.
“އެތެރޭގަ… ހީވަނީ ނިދިފަހެން.” ހަނާ ކައިރީގައި ހުރި ކޮޓަރިއާ ދިމާއަށް އަތްދިއްކޮއްލަމުން ބުނެލިއެވެ. އެގަޑީގައި ލާރާގެ މަންމަ އެތާހުރި ނަރުހަކާ ވާހަލަ ދައްކަން ހުރުމުން ހަނާ އެތެރެއަށް ވަނެވެ. އަކުރަމުވެސް އެތާއުޅޭ ޑަކުޓަރަކާއެކު ކޮންމެވެސް ތާކަށް ގޮއްސައެވެ.
“އާނިޝް…” ހަނާއަށް އާނިޝްފެނުމުން އަނގަމަތީގައި އަތް އެޅުނެވެ. އެފަކީރު އޮތް ހާލުފެނިފައެވެ. ދެފައިގައި ޕްލާސްޓަރު އަޅާފައި އޮތް އިރު އަތުގައިވެސް ފުދޭ ވަރަކަށް ޒަހަމް ވެފައިހުއްޓެވެ. ބޮލުން ކަޅު އިސްތައްޓެއް ނުފެންނަ ވަރަށް އެބޮލުގައި ވަނީ ބެންޑޭޖު އަޅާފައެވެ. ނިތްކުރި މަތިގައި ފަހާފައި އިންތަންފެނިފައި ހަނާގެ ނިތްކުރީގައިވެސް އަތް އެޅުނެވެ. އަނގަ ކައިރިވެސް ފަޅައިގެންގޮސްފައި ހުރިއިރު ކޮންމެވެސް ކަހަލަ ބޭހެއްް ވަނީ އެތާ އުނގުޅާފައެވެ. ކުއްލިއަކަށްް ހަނާއަށް ރޮވެން ފެށުނެވެ. ކަންދިމާކުރިގޮތުން އެއީ އާނިޝްގެ މަންމަމެންވެސް އެތަނަށް އައި ވަގުތެވެ. ހަނާ އަވަހަށް އަތުގެ ނުފުށުން ކަރުނަތަށް ފޮހެލުމަށް ފަހު އެތަނުން ދިޔައީ އެމީހުން ހިތަށް އަރާނެ އެއްޗަކަސް ވިސްނާފައެވެ. ހަނާ ނިކުމެގެން ދިއުމުންވެސް ޔައިޝާއެެތާ ހުރީ އަކުރަމު އަދިވެސް ނާންނާއްޗެވެ. އާނިޝްގެ މަންމަ އާނިޝްގެ ކައިރިގައި އިނދެއިނދެފައި ދިޔައީ އާނިޝް ނުހޭލުމުންނެވެ. އާނިޝް މަންމަ ދިޔަތާ މާ ގިނަ އިރުތަކެއް ނުވެ އާނިޝް މަޑުމަޑުން ލޯ ހުޅުވާލިއެވެ.
“އާނިޝްބޭ.. އާނިޝްބޭ” ލާރާ އާނިޝްއަށް ގޮވަމުން އައިސް އާނިޝްގެ ގާތުގައި އިށީނެވެ.
“މަށަކަށް ނުހިނގޭނެދޯ” އާނިޝް ހިތާމައިން ފުރިގެން ވާ ގޮތަކަށް ބުނެލިއެވެ.
“ނޫން ބޭބޭ.. ތިހެން ނުބުނޭ.. އިރާދަ ކުރެއްވިއްޔާ ބޭބެއަށް ހިނގޭނޭ” ލަރާ އާނިޝްއަށް ހިިތްވަރުދެމުން ބުނެލިއެވެ.
“ލާރާ ކީއްވެތި ދޮގު ހަދަނީ.. މަށަށް އަޑު އިވުނޭ ޑަކުޓަރުކީ އެއްޗެހި..” އާނިޝް ބުނެލިއެވެ.
“ޑޮކްޓަރު ނުބުނޭ ބޭބެއަށް ނުހިނގޭނެއެކޭ… ޑަކުޓަރު ބުނީ ޖެހޭނީ އޮޕްރޭޝަނެއްކުރަންށޭ. އޮޕަރޭޝަން ކުރެވެނީ ބޭރު ގައުމަކަށް ގޮސްގެން.. އެހެންވެ ބޭބެ ގެންދެވޭ ވަރުވީހާ އަވަހަކަށް ފުރަންވެސް ހަމަޖައްސައިފި” ލާރާ ބުނެލިއެވެ.
“އާނިޝްއަށް އިނގޭތަ.. ދެންމެ ހަނާވެސް އައޭ…” ޔައިޝާ ބުނެލިއެވެ.
“ހަނާއޭ… އޭނަ އަންނާނެތަ؟؟ ޔައީ އަޔަސް އޭނައެއް ނާންނާނެ.. އަހަރެނ މަރު ވިޔަސ” އާނިޝް އެހެން ބުނީި ޔައިޝާ ބުނަނީ ކީކޭތޯ ބަލާލަށެވެ.
“ނޫނެކޭ އާނިޝް.. ހަަމަ އަސްލުވެސްއޭ.. ވަރަށް ރޮއެފަ ދިޔައީ.. އާނިޝްއަށް އިނގޭތަ؟ ހަނާ އަދިވެސް އާނިޝްދެކެ ވަރަށް ލޯބިވޭ.. ” ޔައިޝާ އާނިޝް ހިތްހަމަ ޖައްސައިދެވޭތޯބެލިއެވެ. ނަމަވެސް އެއީދުވަހަކުވެސް ބަދަލު ނުވާނޭ ތެދު ހަޤީގަތެކެވެ.
ޔައިޝާ ބުނެލި ޖުމުލަ އާނިޝްްގެ ހިތުގެ އެންމެ ފުއްމިނައްވެސް ދިޔައެވެ. އުފާވީ ވަރުން އޭނަގެ ގައިގައި އަޅަމުން ދިޔަ ވޭން މަތިންވެސް ހަނދާން ނެތުުނެވެ.
އާދައިގެ މަތިން ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް ތިން ދުވަސް ފާއިތުވެއްޖެއެވެ. މިއަދަކީ އާނިޝް ބޭރަށް ދާން ފުރަން އޮތް ދުވަހެވެ. އެހެންކަމުން އެ އާއިލާގެ މީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ކުރިއަށް އޮތް ބޮޑު އޮޕަރޭޝަން ވާނެގޮތެއް ނޭނެގޭތީއެވެ.
ހަނާގެ މޫނުމަތިވަނީ މިލާ މޯޅިވެފަ އެވެ. މާބޮޑަށް އާނިޝްއާ ދޭތެރޭ ފިކުރު ބޮޑު ވަނީއެވެ. އޭނައަށް އަބަދުވެސް ހުރެވެނީ އާނިޝްއަށް ދެރަ ގޮތެއް ނުވުމަށް އަބަދުވެސް ހިތާހިތުން ދުއާ ކޮއްލައެވެ.
“އާނިޝްބޭ… މިހާރު ދާން ރެޑީ ވެގެންތަ ތިހުރީ؟” ލާރާ އާނިޝްގެ ކޮޓަރިއަށް ވަންނަމުން އަހާލިއެވެ.
“ހުމމ.. ލާރާއަށް ހީވޭތަ ބޭބެއަށް އަލުން ހިނގޭނެހެން.. މި އޮޕަރޭޝަން ކާމިޔާބުވާނެހެން.. ބޭބެއަށް ނުހިނގިއްޖެއްޔާ ހަނާވެސް…” އާނިޝް ކިތަންމެ ހިތްވަރު ކުރިއަސް ހަނާ މަތިން ހިތަށްއަރާއިރަށް އޭނާގެ ހިތުގައި ޖެހެނީއެވެ. އިޙްތިޔާރަކާ ނުލާ އާނިޝްގެ ލޮލުން ކަރުނަތަށް ފައިބައިގަތެވެ. ނަމަވެސް ލާރާގެ ކުރިމަތީގައި ނުރޯން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ.
“ނޫން ބޭބޭ… ހަނާއްތަ ބޭބެދޫކޮށެއް ނުލާނޭ… ލޯބިވާ މީހަކަށް ކޮންމެ ގޮތެއްވިޔަސް އެމީހަކުދެކެ ހަގީގީ ލޯބިވާނަމަ އެމީހަކު ދޫކޮށެއް ނުލާނެ..” އާނިޝްއަށް ރޮވެން ފެށުމުން ލާރާ އާނިޝްގެ ކައިރީ އިށީނުމަށް ފަހު ނަސޭހަތުގެ ރާގެއްގައި އެހެން ބުނެލިއިރު ހީވީ މާމަ އެއް ކުޑަ ކުއްޖަކަށް ނަސޭހަތް ދޭން އުޅުނު ހެންނެވެ.
“ހެހެ… ލާރާ ކައިރީ ތިހެން ބުނިކާކު؟؟” އާނިޝް ކުޑަކޮށް ހީލަމުން ބުނެލިއެވެ.
“އަޅެ… ބޭބެ ހީކުރީ އަދިވެސް އަހަރެން މީ އާނިޝްބެމެންނާއެކު ފުޓުބޯޅަ ކުޅެންދާ ލާރާ ކަމައްތަ” ލާރާ މަޖާވެލާފައި ބުނެލިއެވެ. އާނިޝްގެ މޫނަށް އުފާވެރިކަމެއްެ ގެނައުމުގެ ބޭނުމުގައެވެ.
“އާނިޝްބޭ… ލާރާ ވާހަކައެއް ބުނަންތަ؟” ލާރާ އަހާލިއެވެ. އޭރު ދެއަތްދެއަތާ މޮޑެމޮޑެ އިން ލާރާ ބުނަން އެއުޅެނީ ސީރިއަސް ާހަކައެއްކަން އާނިޝްއަށް ނަައިގަނެވުނީ އޭނާގެ މޫނުމަތީގެ ކުލަވަރުންނެވެ.
“ހުމމ. އެހެޏާވެސް އަހާފަތަ ބުނަނީ” އާނިޝް އާދައިގެ ރާގަކަށް ސުާލު ކުރިއެވެ.
“މްމްމް… އައިއޭމް އިން ލަވް..” ލާރާ ކުއްލިއަކަށް ބުނެލި ޖުމްލައިން އާނިޝް ދިޔައީ ސިއްސައިގެންނެވެ.
“ވަޓްް؟؟؟؟؟ ކާކު؟؟” އާނިޝް ހައިރާން ވެފައި އަހާލިއެވެ. އޭރު އާނިޝްގެ ދެލޯ ވެސް ވަނީ ހުޅުވޭނެ ވަރަކަށް ހުޅުވިފައެވެ.
“ހި..ހިލްޔާާން..” ލާރާ ބުނެލިއެވެ. އާނިޝްގެ ހައިރާންކަން ދެ ގުނައަށް އިތުރުވި ކަހަލައެވެ. ވާނީވެސް އެހެން ތައެވެ. އާނިޝއަށް މިކަހަލަ ކަމެއްެގެ ހިލަމެއްވެސް ނުވޭ ވިއްޔާއެވެ. “ކީ..ކީކޭ.. ހިލްޔާންއޭ” އާނިޝްއަށް އަހާލެވުނެވެ.
“ހުމމ. ކިހިނެތްވީ ލާރާއާ ނުުގުޅެނީތަ؟؟؟ ނޫނީ ހަނާއްތަ ކޮއްކޮއަށް ވީމަ އޯކޭ ނުނީތަ” ލާރާ އެހެން ބުނެލުމާއެކު އާނިޝް ވަގުތުން ހޭން ފަށާފައި ނޫނެކޭ ބުނެލިއެވެ.
“އޯހް.. އެންމެފަހުން އަހަރެމެންގެ ފުޓްބޯލްގާލް ވެސް ބޮޑުވީިދޯ” ލާރާގެ ކޮނޑުގައި ޖަހަލަމުން އާނިޝް ބުނެލިއެވެ.
“ދެން.. އާނިޝްބޭ.. ތިހެން ނުކިޔަބަ… ” އާނިޝްގެ ފުޓްބޯލްގާލްއޭ ކިޔުމުން ލާރާ ބުނެލިއެވެ.
“ހުމމ. ދެން ކޮއްކޮގެ މަންމައަށް އިނގޭތަ” އާނިޝް ލާރާއަށް ޖެއްސުމައް އަނެއްކާވެެސް ބުނެލިއެވެ.
“ނޭނގޭނެެ.. މި ފެމިލީއިން އިނގޭނީ ބޭބެއަށް އެކަނި.. ދެން ހަނާއްތައައްށާ، ޔައީދައްތައަށާ، ޒިވްޔަންބެއަށް،، ދޮޮންތިއަށްވެސް ނެނގޭނެ… ދެން ނުބުނައްޗޭ” ލާރާ ކިޔައިދިނެވެ.
” ހުމމ. އެކަމު ގޮތެއްގެ މަތިން… ދޮންބެކިޔާ މަތިން” އާނިޝް ބުނެލިއެވެ.
“ހުމމ.. ސާބަހޭ.. ދެން އަހަރެމެން މީ އެއް އޭޖެކެއްނު… ދެން ކޮން ދޮންބެއެއް..” ލާރާ ބުނެލިއެވެ.
“އެއް އޭޖެއްނޫން.. ލާރާ އަދި ކިޔަވާވެސް ނުނިމެ.. އޭ ލާރާ.. މްމްމް..މީ ޔައީއާ ޒިވްޔަންއާތަ؟؟” އާނިޝް އަހާލިއެވެ
“މްމްމް… ލާރާއަށްވެސް ވަރަށް ހީިވޭ.. ދެން ނޭނގެދޯ..އަސްލު ވަރަށް ގުޅޭދޯ އެބޭބެއާ ޔައިދައްތައާ” ލާރާ ބުނެލިއެވެ.
“ހުމމ. ލާރާއާ ހިލްޔާންއަށް ވުރެގުޅޭ” އާނިޝް އެހެން ބުނުުމުން ލާރާ އާނިޝްގެ ގައިގާ ބޮނޑިއެއް އެޅިއެވެ. އެވަގުތު ދެމީހުންގެ ހުނުމުގެ އަޑ މުުޅި ކޮޓަރިތެރެ ގުގުމައިގެން ދިޔައެވެ.
…………..
ނަމާދުކޮއް ނިމިގެން ދުއާއަށް އަތްްނެގި ހަނާ ދެލޮލުން ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އާނިޝްގެ އޮޕަރޭޝަން ކާމިޔާބުވެ، އަލުން އާނިޝް އޭނަގެ ހަޔާތަށް އާދެތޯ އެތަކެއް ދުއާއެއް ކުރެވުނެވެ.
“ހަލޯ..” ބޭރައް ނުކުތުމަށް ފަހު ޒިވްޔަން ޔައިޝާއަށް ގުޅާލިއެވެ.
“ކޮބާ ހަނާ… ދޭއް ޖަހައިރުއޯ މިކޮޅުން ފުރަނީ. އެހެންވީމަ އެގަޑިއަށް ނުކުންނައްޗޭ” ޔައިޝާ ވާހަކަ ދައްކަމުން ދިޔައެވެ.
“ހުމމ.. ޔައީދެން މިގެއަށް އަންނަނީ ކޮންއިރަކުން” ޒިވްޔަން ހުރީ މިއަދު ޔައިޝާ ނާންނާތީ އޭނަ ދެކިލާ ހިތުން ކެތްމަދުވެފައެވެ. “ވަރަށސް އަވަހަށް އެބަދަން… މިހާރު ރެޑީ ވަނީ” ޔައިޝާ ބުނެލިއެވެ.
“ލާރާ… އަހަރެން މިދަނީ ފުރަން… ހަނާއަށް އަހަރެންގެ ސަލާމް ބުނެދޭތި..އަދި އެއްވާހަަކަ.. އަހަރެން ލޯބިވާ ވާހަކަވެސް” އާނިޝް ފުރަން ދަމުން ލާރާ ކައިރީ ބުނެލިއެވެ. ލާރަ ވަގުތުން ބޯ ޖަހާލީ އޭނާ ނުބުންޏަސް ހަނާކައިރީ ބުނާނަމޭ ބުނާ ބީދައަކުންނެވެ. އެވަގުތު ލާމިއުވެސް އާނިޝްގެ ބުރަކަށީގައި ޖަހާލުމަށް ފަހު ހިތްހެޔޮ ކުރާށޭ ބުނެލިއެވެ. ހީވީ ބޮޑުމީހެއް ބުނެލިހެންނެވެ. ލާމިއުގެ މިހަރަކާތުން އާނިޝްގެ ގާތަށްވެސް ހިނި އަންނަ ގޮތްވިއެވެ. އެކަމަކު ހަނާ އެތަނުން ނުފެނުމުން އޭނާ ހިތްދަތި ވާގޮތްވިއެވެ. އެހެނީ އޭނައަށް ހަނާ އޭނަ ފުރުވަން އަންނާނެ ކަމަށް މާ ބޮޑަށް އުއްމީދު ކުރެވުނީއެވެ،
ނަމަވެސް އާނިޝްއަށް ނޭނގުނީ އެދައްކާ ވާހަކަ އަޑު ނީވުނަސް ހަނާ އެތާ ހުރިކަމެވެ. ހަނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އާނިޝް ލާންޗައް އެރިތަން ބަލަން ހުރި ހަނާގެ މޫނުމަތިން ހިތާމައިގެ އަސަރު ނޫނީ ނުފެނެއެވެ. އެވަގުތު ހަނާއާ ދިމާ ބަލަހައްޓައިގެން ހުރި ހަނާގެ މޫނަށް ބަލައިލި ކޮންމެ މީހަކުގެ ހިތްވެސް އެ މައުސޫމް ކުއްޖާއައްޓަކައި ހަމްދަރުދީވާނެއެވެ. ރަށުގެ ބޮޑު ފަޅުންނުކުމެގެން ދިޔަ ލާންޗު ލޮލު ކޮޅައް ގެއްލެންދެން ހަނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Omg u aslu vx haadha molhey maasha allah….Vrh rythi mi part vx….Hama rovijje…..Waiting for the next part
thnk u soooo much dear..vrh ufaa vejje vhk reethi kn ingunyma..n sorry kury part ge comment ah ryp nudhevunyma ..maa fahun fenuny..
btw nxt part vx in sha allah balaanan avas kolleveythww