ޖެހެމުން ދިޔަ ފިނި ވައިރޯޅި ތައް ރީޝާގެ އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. ވިލާ ބޯ ވެފައި ވާ އުދަރެހުން އިރުގެ އަލިކަން ފަނޑުވެފައި ވާ އިރު ގަދަ ވަޔާއި އެކު ކަނޑުގެ ބިޔަ ރާޅުތައް ފަޅު ތެރޭން އައިސް ގޮނޑުދޮށަށް ބިންދަމުން ދިޔައެވެ. ހޭޅިފަށުގައި ހެދިފައި ހުރި ރުއް ގަސް ތައް ހެލެމުން ދިޔަ އިރު ހީވަނީ ދެންމެ ދެންމެ ބިމާއި ހަމަ ވެދާނެ ހެންނެވެ. ވައިގެ ތެރޭގައި އުދުހެމުން ދިޔަ ދޫނި ތައް ވެސް ކަރު ބުޑުން ހަޅޭއް ލަވަމުން މަތީގައި އުދުހި އުދުހި ތިއްބެވެ. ޖަހާލި ބާރު ގުގުރިއާއި އެކު ވާރޭގެ ކަނި ތައް ބިމަށް ހަމަލާދޭން ފެށިއެވެ. ރީޝާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް އޭނާގެ މޫނުގައި ބޮސް ދިނުމަށްފަހު ވާރެއާއި އެކުވެގެން ފައިބަމުން ދިޔައެވެ.
ދާދި ދެންމެއަކު ހެން ފެނުނު މަންޒަރު އަނެއްކާވެސް ރީޝާގެ ހަނދާނަށް އައެވެ. އެއާއެކު މަޑު ނަމަވެސް ރިހުން އެކުލެވިގެންވާ ގިސްލުމެއް އޭނާގެ އަނގައިން ނުކުތެވެ. ގޮނޑުދޮށުގައި އޮތް ގަލެއްގައި އަޅައިގަނެފައި އޭނާ ވެލިގަނޑު މައްޗަށް ވެއްޓުނެވެ. އެ އިން ގޮތަށް އިނދެ އުޑާއި ދިމާއަށް އިސް އުފުލާފައި ކަރު ބުޑުން އޭނާ ހަޅޭއް ލަވައިގަތެވެ. އެ ވޭނީ ހަޅޭކުގެ އަޑަށް އުދުހެމުން ދިޔަ ކާޅު ތައް ވެސް ހިމޭންވެ ގަސް ގަހުގެ ކުރި އަށް ޖަމާވިއެވެ.
އެނދުމަތީގައި އޮތް އަންހެން ކުއްޖާއަށް ބަލައިލުމަށް ފަހު ޒުވާނާ އޭނާގެ ގަމީހުގެ ގޮށް ތައް އަޅުވަން ފެށިއެވެ. އެ ކޮޓަރި ތެރޭގައި އެއްވެސް އަލި ކަމެއް ނުވާއިރު ދިރުމެއް ވެސް ނުވާ ކަހަލައެވެ. ބިންމަތީގައިވާ ކަރުދާސް ތައް ހޮވާ ފައިލަކަށް އެޅުމަށްފަހު އެ ޒުވާނާ ފުން ނޭވާއެއް ދޫކޮށްލި އެވެ. އޭރު އެ މޫނު މަތީގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ނިދާބޮކި ދިއްލާލުމަށް ފަހު އެ ޒުވާނާ ކޮޓަރިން ނުކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި އެހެން ދެ ޒުވާނަކު ބޭރުގައި މަޑުކޮށްގެން ތިއްބެވެ.
ނަޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. އިރު އިރު ކޮޅާ އޭނާ ގަޑިއަށް ބަލައިލާ ގޮތުން ކޮންމެވެސް މީހަކަށް އިންތިޒާރު ކުރަނީ ކަން އެނގެއެވެ. އެންމެ ފަހުން ނުހުރެވިގެން އޭނާ ގެއިން ނުކުތެވެ. ކޮޓަރީގެ ދޮރު ބޭރުން ތަޅުލުމަށްފަހު ތިން ޒުވާނުން އެ ގެއިން ނުކުތެވެ. ވެހެމުން ދިޔަ ބޯ ވާރެއިން ސަލާމަތް ވާނޭ އެއްވެސް ގޮތެއް ނެތުމުން ޖެހިގެން ހުރި ގޭގެ އަސްކަނި ދޮށުގައި މަޑު ކޮށްލިއެވެ. ކުޑަ އެއް އަޅައިގެން ނަޔާ މަގުގައި ހިނގަމުން ދިޔައެވެ. ވިއްސާރަ ބޯ ކަމުން ތަނެއް ދޮރެއް ފެންނަނީ ވެސް ކިރިޔާ އެވެ. މާ ދުރުން ނަޔާ އަންނަ ތަން ފެނުމުން ތިން ޒުވާނުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަޔާގެ ކުޑަ ދޮށަށް ވަންނަން ތިން ޒުވާނުން ދުއްވައިގަތީ ބިންމަތީގައި ހެދިފައި އޮތް ފެން ގަނޑަށް ވެސް ބެލުމެއްނެތި އެވެ. ދުވަމުން ދުވަމުން އައިސް އޭނާގެ ކުޑަ އަތުލި ތިން ޒުވަނުންނާ ދިމާއަށް ނަޔާ ބަލައިލީ ސިހިފައި ހުރެއެވެ. އިސް އުފުލާލުމާއި އެކު ފެނުނު ތިން ސޫރައިން އޭނާއަށް ކުޑަ ނަމަވެސް ހަމަ ޖެހުމެއް ތަސައްވުރު ކުރެވުނެވެ.
“އޭ… ރީޝް ހަބިއްތަ މެން ގެއަށް ދިޔަ ގޮތަށް ނައިސް ގެނޭ މިއުޅެނީ… ” އެ ތިން ޒުވާނުންނަށް ނަޔާ އޭނާގެ ނުތަނަވަސްކަން ހާމަކުރިއެވެ. އެއާއެކު އެތަނުން އެންމެ ދޮއްޓަށް ހުރި ޒުވާނާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ހަގަށް ތިބި ދެ ޒުވާނުން ވެސް ކަންބޮޑުވެ ރީޝާ ދާނެ ތަނަކާއި މެދު ވިސްނަން ފެށިއެވެ. އެ ތިން ކުދިން އެންމެ ހާސް ވީ ރީޝާ ދިޔައީ ‘ހަބިއްތަ’ މެން ގެ ކަމުގައި ނަޔާ ބުނުމުންނެވެ. އެހެނީ އެ ތިން ކުދިން ދެންމެ ނުކުމެގެން އެ އައީ އެ ގެއިންނެވެ. ރީޝާ ހޯދަން ދިއުމަށް އޭނާގެ ހަގަށް ތިބި ތިން ކުދިންނަށް އެންގުމަށް ފަހު އެންމެ ދޮއްޓަށް ހުރި ކުއްޖާ ކުޑަ ހިފައިގެން ގެއާއި ދިމާއަށް މިސްރާބު ޖެހި އެވެ. ނަޔާ އާއި އަނެއް ދެކުދިން ރީޝާ ހޯދުމަށްޓަކައި ދިމަދިމާލަށް ދުވަން ފެށި އެވެ.
އަތުގައި އޮތް ފައިލު ކަބަޑު ތެރެއަށް ލުމަށްފަހު ޒުވާނާ ފެންވަރައި ތާޒާ ވެލިއެވެ. ވަރުބަލި ކަމާއި ލޮޑުކަން އިންތިހާއަށް އިހުސާސް ކުރެވެމުން ދިޔަނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރީޝާގެ ޚިޔާލު ތަކެވެ. ތިން އަހަރު ބެންގަލޫރު ގައި ހޭދަކުރުމަށް ފަހު އޭނާ ރާއްޖެ އައީ ރޭގައެވެ. ރަނގަޅަށް ހަމަ ނުޖެހެވި އުޅެނިކޮށް މިއޮތީ ބޮޑު ކަންތައް ގަނޑެއް ލައްވާލާފައެވެ. ކަބަޑުން ފައިލު ނެގުމަށް ފަހު ލެޕްޓޮޕާއި އިތުރު ފައިލު ތަކެއް އޭނާ ނެގިއެވެ. އެ ތަކެތި އެނދުމަތީގައި ބެހެއްޓުމަށްފަހު ކަރުދާސް ތައް އެޅި ފައިލު އޭނާ ނެގިއެވެ. ފަހަރަކު ގަނޑެއް އޭނާ ބަލަމުން ދިޔައިރު އޭނާގެ މޫނުމަތީގައި ވާ ނުތަނަވަސްކަން ވީ އިތުރުވެ.
ވާރޭ ބޯ ކޮށްލާ، ރާޅުތައް އައިސް އޭނާގެ ފަޔާ ހަމައަށް އަރަން ފެށި އިރު ވެސް ރީޝާ އެތަނުން ތެދުވާ ޚިޔާލެއް ނުކުރެއެވެ. އެއަށް ވުރެ އޭނާގެ ސިކުނޑި ވަނީ އެހެން ކަމެއްގެ ތެރޭގައި ހައްޔަރު ވެފައެވެ. “ޔާޝް…….” ވިދާލި ވިދުވަރާއި އެކު ރީޝާ އަށް ޔާޝް އޭ ކިޔާ ހަޅޭއްލަވައި ގަނެވުނެވެ.
ފައިލުގެ ތެރޭގައި ހުރި ކަރުދާސް ތަކަށް ގޮސް ގެއްލި ހުސްވެގެން އިން ރިޔާޝް އަށް ސިހުން ގެނުވީ ރީޝާ އޭނާއަށް ގޮވާލި ހެން ހީވެގެން ނެވެ. ތެދުވެ ފަރާތް ފަރާތަށް ބެލެން ފެށުނީ ރީޝާ އޭނާ އަށް ފެންނަ ހިސާބުގައި ހުރިހެން ހީވެގެންނެވެ.
ރީޝާ ހޯދުމުގެ ތެރޭގައި ނަޔާ އާއި ދެ ޒުވާނުންނަށް ގޮނޑުދޮށާއި ހަމައަށް އާދެވުނެވެ. އެހިނދު ވޭނީ ހަޅޭކެއްގެ އަޑު އެ ތިން ކުދިންގެ ކަންފަތުގައި ވެސް ޖެހުނެވެ. އަޑު އައި ދިމާއަށް ތިން ކުދިންނަށް ވެސް ދުއްވައިގަނެވުނީ އެ އަޑަކީ ރީޝާގެ އަޑުކަމުގައި ވުމަށް އެދި ދުޢާ ކުރަމުންނެވެ. ގޮނޑުދޮށަށް ނުކުމެވުން އިރު ވަރަށް ދުރުން މީހަކު ފެންނަން އިނެވެ. ތިން ކުދިންނަށް އެމީހާއާއި ގާތަށް ދެވެމުން ދިޔަ ވަރަކަށް އެއީ ރީޝާ ކަމާއި މެދު ޝައްކު ކުރެވެން ފެށުނެވެ. އެކުދިންގެ ޝައްކު ޔަގީނަށް ބަދަލު ވެގެން ދިޔައީ ދެ ކަކުލުގައި ބޯ އަޅައިގެން އިން ރީޝާގެ ގިސްލުމުގެ އަޑު އިވުމުން ނެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި ނަޔާ ރީޝާގެ ގައިގައި ބައްދައިގަތެވެ. ސިހިފައި ރީޝާ އަށް އިސް އުފުލާލެވުނެވެ. އެހިނދު އޭނާގެ ގާތުގައި އެންމެ ލޯބިވާ ތިން އެކުވެރީން ތިބުމުން އޭނާގެ ހިތަށް ލުޔެއް ލިބުނެވެ. މިއީ ރީޝާ އާއި ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަން އެނގުމުން ނަޔާ އާއި ދެ ޒުވާނުން ރީޝާ ގޮވައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ.
ފައިލު ތައް ހާކަން އިން ރިޔާޝްގެ ހިތަށް ނުބައި ގޮތްތަކެއް ވަމުން ދިޔައެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހިނގާފައިވާ ހާދިޘާ ތަކުން އޭނާގެ ސިކުނޑިއަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އެ ހުރިހާ ކަމަކުން ސިކުނޑިއަށާއި ހިތަށް ހަމަޖެހުމެއް ހޯދައިދިނުމަށްޓަކައި މިވަގުތު އޭނާ އަށް ބޭނުންވަނީ އަރާމު ނިންޖެއް ނޫނެވެ. ފިނި ފެން ތައްޓެއް ވެސް ނޫނެވެ. އަދި ކިއެއްތޯއެވެ؟. އެ ހާސް ކަމާއި ކަންބޮޑުވުމުން އޭނާއަށް ހަމަޖެހުން ގެނުވައި ދިނުމަށްޓަކައި އޭނާގެ އެކުވެރިންގެ ހިއްވަރުގެ ބަހަކުން ވެސް މިއަދަކު އަސަރެއް ނުކުރާނެ އެވެ. އޭނާއަށް މިވަގުތު ބޭނުންވަނީ ހަމަ އެންމެ މީހެކެވެ. އެންމެ ފިރުމާލުމެކެވެ. އެންމެ ހިނިތުން ވުމެކެވެ. އެންމެ އަޑެކެވެ. އާނ އެކެވެ. ރީޝާ އެވެ. އެވަރުން އޭނާއަށް ފުދޭނެއެވެ.
ރީޝާ ގޮވައިގެން އައިސް ނަޔާ ކޮޓަރިއަށް ވަނެވެ. އޭރު ވެސް ރީޝާ އަށް ދިޔައީ ގިސްލެވެމުންނެވެ. ބޭރުގައި ދެ ޒުވާނުން މަޑުކޮށްގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީގައި ވާ ހާސް ކަން ނަޔާގެ ހާސް ކަމަށް ވުރެ ބޮޑެވެ. “ރީޝް ބުނެބަ… ކިހިނެއް ވީ؟” އެއްފަހަރާ އެތަށް ސުވާލުތަކެއް ކުރުމުގެ ބަދަލުގައި ނަޔާ ބެލީ ހަމަޖެހިގެން ސުވާލު ކުރެވޭތޯއެވެ. ނަޔާގެ ސުވާލާއި އެކު ރީޝާގެ ދެލޯ އަނެއްކާވެސް ކަރުނުން ތެމެން ފެށިއެވެ.
**********
މަޖާ ހެދުމަށްޓަކައި އަނބު ބިންނަން ވެގެން ރިހުލާގެ މާމަ ގެ ކަމުގައިވާ ހަބީބާގެ ގެއަށް ރީޝާ ދިޔައެވެ. ފަތިހުން ފެށިގެން ހިމަފޮދު ވާރޭ ވެހެމުން ދިއުމާއި އެކު ރީޝާ އާއި އޭނާގެ އެކުވެރިން ނިންމީ ވާރެއާއި ތެމިގެން މަޖާ ކާށެވެ. މަޖާ ކާ ހިތް ވާލެއް ބޮޑުކަމުން އެންމެނަށް ވުރެ ކުރީން އޭނާ އަނބު ބިންނަން ހަބީބާގެ ގެއަށް ދިޔައީ ރަނގަޅަށް ދުވަސް ވެސް ނުފެށި އުޅެނިކޮށެވެ.
ދެތިން ފަހަރަށް ފުން ނޭވާއެއް ލުމަށްފަހު ކައިރީގައި ތިބި ދެ ޒުވާނުން ނާއި ދިމާއަށް ރިޔާޝް ބަލައިލިއެވެ. އެދެކުދީން ވަންނަން އިޝާރާތް ކުރުމުން ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ރިޔާޝް އެތެރެއަށް ވަނެވެ. އޭރު އޭނާގެ އިންތިޒާރުގައި ކޮޓަރި ތެރޭގައި ވަރަށް ނަލަ ހެދިގެން އަންހެން ކުއްޖަކު އިނެވެ. ރިޔާޝް ވަނުމާއި އެކު އެ އަންހެން ކުއްޖާ އިން ތަނުން ތެދުވެގެން ފަރި ހިނގުމެއް ގައި އައިސް ރިޔާޝްގެ ކަރުގައި ދެ އަތް ވަށާލިއެވެ. އެހިނދު ރިޔާޝް އަށް ހިންދިރުވާލެވުނެވެ. ހިތާ ހިތުން ރީޝާ ގާތު އޭނާ އަށް މާފު ކުރުމަށް އެދި ހަޅޭއްލަވަން ފެށުނެވެ. ދެލޮލަށް ކަރުނަ ޖަމާވާން ފެށުމާއި އެކު އަވަހަށް އެ އަންހެން ކުއްޖާ އޭނާ އާއި ދުރު ކޮށްލުމަށް ފަހު ވާހަކަ ދައްކަން ފެށި އެވެ. “ލުކް… މިހާރު ކިތަންމެ ފަހަރަކު އަހަރެން މިގޮތަށް ލިޔާ ބުނާ ތާކަށް އައިއްސިން… އެކަމަކު ދުވަހަކު ވެސް ލިޔާ އަކަށް މަ ބުނާ ކަމެއް ނުކުރެވޭނު؟…” ދުރު ދުރުން ވާހަކަ ފެށިކަމުގައި ވިޔަސް ރިޔާޝް އަށް މާ ގިނަ ވާހަކަ ތަކެއް ނުދެއްކުނެވެ. ލިޔާ އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލުމާއި އެކު އޭނާގެ ވާހަކަ ހުއްޓާލަން ޖެހުނެވެ. “ބޭބް…. ދެން އަބަދު ތިވާހަކަ ނުދައްކަބަލަ… ބޭބް ބުނި ކޮން ކަމެއްތަ ލިލް އަށް ނުކޮށްދެވިފައި އޮތީ؟ ކީއްވެތަ ބޭބް އަބަދު ލިލް އަށް ޝަކުވާ ތި ކުރަނީ… އައި ލަވް ޔޫ ބޭބް… ބެންގަލޫރު އިން އައިސް އަދިކިރިޔާ މި މީޓް ވީ ވެސް… ބޭބް އަކަށް ނުކެރުން ރޭގަނޑު އަންނާކަށް… އެހެންވެ ލިލް މި ގަޑިއަށް ވެސް ރެޑީ މި ވީ… ” ބޭކާރު ވާހަކަ ތަކެއް ދެއްކުމުގައި ލިޔާ ރިޔާޝްގެ ވަގުތު ތައް ނަގާލިއެވެ. ލިޔާ އާއި އެކު ހޭދަކުރެވެމުން ދިޔަ ކޮންމެ ސިކުންތެއް ވެސް ރިޔާޝް އަށް ހީވަމުން ދިޔައީ އެއް ގަޑިއިރު ހެންނެވެ.” ދެން އަބަދު ތި ކޫސަނި ވާހަކަ ދައްކާނެ ކަމެއް ނެތް… އައްޔަ ދިނެއްނު މިދިޔަ ހަފްތާގައި ގަނޑުތަކެއް.. ކޮބާ އޭއްޗިހި؟…” އިތުރު ވާހަކަ ތަކެއް ދެއްކުމެއް ނެތި ރިޔާޝް ދިޔައީ ސީދާ މަޢުޟޫ އަށެވެ. ގަނޑު ތަކުގެ ވާހަކަ ބުނުމުން ލިޔާގެ ދެލޯ އަތަށް ނައީ ކިރިޔާ އެވެ. އަވަސް އަވަހަށް ރިޔާޝް އަށް ފުރަގަސް ދިނުމަށްފަހު ރިޔާޝްގެ ދެ އަތް ނަގައި އޭނާގެ ބަނޑުގައި ވަށާލުމަށްފަހު ރިޔާޝްގެ މޭ ތެރޭގައި ބޮނޑިވެ ގަތެވެ.
ހަބީބާ ކައިރީގައި ބުނެގެން އަނބު ބިންނަ ދަނޑި ހިފައިގެން އައިސް ރީޝާ އަނބު ގަސް ދޮށުގައި ހުއްޓިލިއެވެ. ހުތް އަނބުން ގަހުގެ ގޮފިތައް ބަރާ ވެފައި ވާތަން ފެނި ރީޝާގެ ކުޅު ދިޔާ ވިއެވެ. ލަހެއް ފަހެއް ކުރުމެއް ނެތި އެންމެ ބޮޑެތި އަނބު ހުރި ކޯޅީގައި ދަނޑި ޖައްސާ އަނބުރާލިއެވެ. އެއާއެކު ބިންމައްޗަށް ވެއްޓުނު ހަތް އަނބު ނަގަން އޭނާ ދުއްވައިގަތެވެ. އަނބު ނެގުމަށް ގުދު ކޮށްލި ބުރަކަށި ތެދު ކޮށްލިއިރު ކުރިމަތީގައި ހުރި ކޮޓަރީގެ ޖާލިން އެހެންޏާ އެގެއިން ނުފެންނަ ދެ މީހަކު ފެންނަން ހުރުމުން އެދިމާއަށް އޭނާ ދިޔައެވެ. މަޑުމަޑުން ގޮސް ޖާލީގައި މޫނު ޖައްސައި ބަލައިލިއިރު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވި އެވެ. ކޮޓަރި ތެރޭގައި އެހުރި ފިރެހެނަކީ އޭނާގެ ދެލޯ އެ ސޫރައެއް ދެކުމަށް އެދި ބޭޤަރާރު ވަމުން ދިޔަ ސޫރައެވެ. ރިޔާޝް ފެނުމުން ތުންފަތަށް ވެރިވި ހިނިތުން ވުން ހަމަ އެވަގުތުގައި ފިލައިގެން ދިޔައީ އޭނާގެ އަތުތެރޭގައިވާ އަންހެން ކުއްޖާ ފެނުމުން ނެވެ. އެވަގުތު ހީވީ ރީޝާގެ ހިތުގައި މީހަކު ވިކައިގަތް ހެންނެވެ. ހަމަ އެ ބާރު މިނުގައި އޭނާގެ ހިތަށް މީހަކު ދެފައިން އަރާ ޗިސް ޗިސް ކޮއްލި ހެންނެވެ. ހޯސް ލައިފައި އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށި އިރު އެގެއިން ނުކުތުމަށް އޭނާއަށް ދުއްވައިގަނެވުނެވެ. މަގު ގެއްލިފައި ހުރި މީހެއް ހެން ދުވަމުން ދުވަމުން އޭނާ އަށް ގޮނޑުދޮށަށް ނުކުމެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Assalaamu Alaikummm????
Kobaa dhareenney miothy first part…
Avahah kiyaalaa..
Unmeedhu kuran interesting episode akah vaane kamah.. Let me know ur views ❣️❣️
alheyy hii interisting hessah…. eyy liyaa akee kaaku???
uhoon heyo nubunnathi ma vaahaka kiyaafa dhen hurihaa ehcheh nagaigannanee lheyy varah curias eyyyy…..
mibai first bayaa balaafa hama ???? im speechless
will be waiting for the next partt…. lyyssm.. ss tvgc <3
Alheyyyy hiii adorable lauuuu??? neynge huvaa magey yaash athulaigen ulhey bodu noho…paaneh??????
Hithaha araa e liyatte jehi =ynun maraalafaanamey vx….
Mashah buneveynee mashah vx e liyaa aky kaaku kan engigen thaa dhw.. Aawwnnnn thank you sooo much darlxxxx❣️❣️❣️❣️❣️
Hes love you moreee dhooniiii?❣️?❣️?❣️
Stay safe
Take care
Dhen mihaaru stay home ey kiyaane kameh nethehnu dhw… Corona gossi vihyyaa mihaaru miulhney virus nufathuraa vahtharuge reesha corona ey dhw… ???????
Love you hessa bodukohhh❣️❣️❣️❣️
Masha Allah ❤️❤️❤️ vrh rythi ❤️❤️❤️ reeshoo next part ah inthixaaru gaa inge anonymous mihuryy❤️❤️❤️ reeshoo mee trailer ah vx cmnt kuri anonymous inge ☺️
Tc
Lysmmmmmm
Shukur Shakur anonymous darlingsss❣️❣️❣️❣️
Ahaa yes inthizaaruga indhey.. Isaahithaku next part vx ais dhaane udhuhifa?
Ahaa yes ok.. Anonymous mathin handhaan eba huhtteey naseebakun. ?
Tc
Ss
Love you moreee❣️❣️❣️❣️
alheyyyyyhhhh.. haadha reehchey first part vx.. galhi sikundi eh othas mihaa reethi plots ah vhk liyan haadha molhey dhw..hahahaa.. ey aslahvx ingey..hama vrh reethi.. heevany vrh baivaru kanthah vaanehen meega.. ekm dhn aash bro aa ahutti aa magey kuda aiylaakah nuvaanu.. ma fakeeru themuneema roagaa jehidhaaney.. lol
eyy aslahvx haadha reehchey ingey.. hama speechless.. haadha talented ey masha allah..dhuvaskolhakun mashah vure kuri hoadhaane.. hama yaqeen.. i think yaash dhonbe knms kameh haasil kuran vgn kanneynge e anhen kujjaa a ekkh room ga hury.. dhn vhk kuriyah dhaa varakun ingeynethaa dhw.. once again hama vvvvvvvvvvvv reehchey buneveyny.. nxt prt kiyaa hithun hama keiy nulavaafami hunnany.. reesh ah vaguthu veehaa avahakah upload kohdhehchey ingey.. can’t wait mi story ah.. not only a love story but aharun ge friendship story vx himeneyne dhw meega.. ehnma vrh happy hama.. dhn reesh nuroebaaa.. eyrun nayoo vx dhera vaane.. insha’allah hurihaa kameh vx adhi rangalhu vaane..hivvaru kohlaa ingey reesh dhoonyaaa.. nayaa hunnaane abadhuvx kairyga..
once again hama habbu ingey mi prt..
ey magey vhk ah kohfa in cmnt dhushin ingey.. rpl eh nudhevey cmnt section close kureema.. ma buny dhn kuru koh bunanyyaa vrh boda shukuriyyaa ey.. hotey?? dhn…. shukuriyyaa…ig..? lmao.. manje vx vrh hotu ingey babes..
lwbivey hes kiyaafa <333333
balaigen ulhethi <333
habare vaathi <333
klw roadha thr anekkaa???
Kaley dhwww hama magey bolah n o h o r a h p a a n kuran bodethi huthubaa eba liye yey (eyyy ekm ok ingeyyy… Ma vrh ufaa vey dhigu cmnt kuraathy?????)
Alheyyyy thank you my lwbi auntyyyyy????engey tha aslu mee kohki hama ehdhuhu foohi vegen indhegen liyevunu than kolhekey furatahama than eiii.. Dhen furathama paragraph liyun thanaa madu madun bolah annan feshy… Auntie ingey tha dheney kohki ah idea libuny migothah cl kuri ah gendhannnn????kohkki molu dhwww????
Klw mashakah vx neynge meega kihineh kameh vaany kee… I’m wondering about those papers… E karudhaas thakaky kaohchehkan neyngifa ma mi innany… Dheeba idea eh viber in e karudhaas thakaa behey gothun… Ma mi visnany.. Ooops viber ga bunaanan… Klw magey galhi sikundi eh othas eygen nikan fahkkaa kanthah kohleve ey??? mee man ekey burowwww…. Klw manje ah engihjje dhw eii aash brw aa ahu brw kan????hahaha dhen emeehu ulhey gothaa medhu ehchekey kiyumeh neh… Abadhu vx ulhey gothehnu eii.. Ebuny dhuhvai gathy vx fengandah vx araafa ey… Huvaa mi buny… Hahaha manje ah huhnaany vhk ga anti roagaa beteri lahvaafa ey……. Hmmm hmmm Shukur shukuru❣️❣️❣️❣️❣️ dhen speechess veema meehaa ahvure dhigu cmnt eh miothy…. Alhey thank you auntieee…. Uhn thidhiyaee goas koh.. Manje ah vure kuri akah naaraane… Dhemeehun vx dhaany ehvarakah???aan dhen sababeh nethi yaash dhonbe nudhaanehnu…. Hama mashaha vxbuneveynee vvvvvvvvvvvvvvvvvvvvvv bodah thank you eyy???????????❣️❣️❣️❣️❣️klw adhi tab charge kohgen naxt part ga dhen oiy bai liyeveyneee… Lahbss… yes yes mee hama cl eyyyy… Enmen ulheyne meega.. Ekm e pudding gandaa thakaholhi Gennan vee tha? Aan dhen nuroanemy… Uhn auntie nuroathi.. Balaa reesh smile kury ey mi?cheeeseee…
Aan ok ahchi ma hotu kan engeyey mashaha vx mihaarh?????
Aaan lwbi vey hetakahhhh??????
Habareh vee ey mi????
Aan ma roadha… Kaley roadha tha…????
klwww ma dhn foohi vgn dhigu cmnt eh kohly ey.. lmao.. hmmm…. idea eh dhwww.. ill give a nice idea ingey.. mirey phn athu jeheyne.. manje thankolheh las kohlaafa aadhebala mirey viber ah.. eyrah ma innaanan.. hahahaha arrn dhn mashah ingeynu eii aash brw aa ahu brw kan.. manje nubunyyas manje aa behey ehchehi mashah ingeyney.. u can’t keep secrets from me.. haha.. welcome welcome loabs.. dhn pudin aa thakaholhi dhw.. manje ah hama eyeh ingeyny.. mashah varihama genayas nugeneyas.. it won’t make any difference
hahahaha arrrn ok eyy..
lwbi vey maaaaaaaaa bodahhh
klw aarn dhn roadha vaanennu
klw ey adhi arrn.. ma buny manje vhk ga anti roagaa beteri levvi levveenun ma mihury mihaaru roagaa jehigen gos falhaigen dhaa varu vefa ey.. miadhu scl akah vx nudhamey.. klw roagaa araa furifa.. yageeney aash brw aa ahutti kanthah kan.. huvaa mi buny.. haadha jessun bodu baekey aan
aan than kolheh las kohlaafa viber ah dhevey thw balaann.. pis pis klw anti roagaa beteri lehvvee vx e ahutti genes gen engey.. hama emeehun kanthah eii
Ey youuuu
Kae kyyve theena ah dhera kanthah dhimaavaa gothah thi vaahaka feshy
Alhe dhn
Kaaku tha magey lhiyanaai eku reesh ah cheat kury?
Hurey e anhenaa Karu alhaalaanan
Jahangiru kairy ves bunaanan e anhenaa kathilaashey
Jaabs kairy bunaanan eyna valhulaashey
Ugh
Hurebala magey athuga jehendhn
My lwbi reesh ah dhera dheefa laahikeh noon ekakah ves hindhiruvaalan ves
Ey brw hui anbeh dheebal
My kulhu dhiyaa vany eyy
Yeh mujhe anbu is naru
Lwbiiiiiiiiiiiii
Varah avahah next part beynun
btw Lithoo vrh cute mihaaru
Kudakoh bas ves kiyan fashaifi
Ekm u haa cute eh noon
Kalw thi thin aharu therey kon kameh vegen thr yaash ge hih thihaa vrh badhaluvee??
Ey Mae vrh keh madhuvey eba
Liyevunuhaa avahah beynun nxttt
Aavs kuracheyy
Lysssssssmmmmm
Myyyyyssssssmmm
TC ingei
Ey youuuuuuu ???????
How are youuuuuuu ??????
Where are youuuuuu????????
I Miss youuuuuuu ????????????
Ey oh my god youuuuuu… You dhen hamajehibaaaa… I ah dhera vaa gothah feshyma ehnu fahun I ah happy vaaneee.. Ehn noonu fahun I jeheynee sad vaakahnuu… You galhi Common sense
Ahdheyyyy klww neynge faadehgge bachaa eh kae lhiyanaa eky mae ah cheat kuryyy… Kae dhey baya eythi maraalan… Madhiri eh hen chis chis kohlabaya
Aaaan jahangiru babs kairy bunaathi…
Jaabe kairy vx bunaathi…
Kae annaathi eyna b u r i kuran
Alheyyyyy my lwbi anbsssss haadha lwbi vehyyyyy….
Ahdheyyyy klwwww???????yeh mujhe anbu is naru?????????klwww gayaaaa… Kaley aadhey anbu kaigen naru dhamannn????????dhera akmeh huvaaa ??????
Yes lwbiii
Aan vrh avahah dheynamey next part… Ok lwbi
Alheyyyy lithu cute vaane kan enge yeyyyy…
Oh my my buney kiyaashey aisa
Eyh noooo i ah vure cute vaaaney dhennnn.. I vrh hotey mihaarhhuuuuu u ah engey thaaa????
Hahahahha klww mix mathin handhaan vany…
Neynge klw thin aharu therey bangalore ah gossa ethaaa kudhinnah hiy jehuny..
Kalo mae vx keh madhu veyey…
Next liye nimidhaane isaahithaku…
Ey kae ebothey vrh bodu vhk eh bunan vefa… Kae gulhaabaya…
Lwbi vey heskiyaaha❣️❣️❣️❣️❣️❣️
Miss vey obinoan na varah.. Kae gulhaathi mi cmnt fenna haa avahakah.
Hoooon manje vx tc
Alhey
Sisoooo
Mi part VX Hama Habeys
Obi nex to the max ey buneveyni
Next part vrh vrh avahah kiyaalan libeyne kamah unmeedhu kuran ???
Is anyone is gonna wish me in my birthday ?? actually I mean today is my birthday
Maasha allah mi part hama vvvvvv salhi….. Next part leyevunuha avahakah up kohdhyba sisooo….vrh kiyaalaa hithun mihury
Happy birthday hudhakkooooo????????