Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (57)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 16, 2022 3 Mins Read
3 Comments

ކޮޓަރިއަށް ވަތް ފަރީޝާ، ފޯނާއި އަތްދަބަސް އެނދުމަތީގައި ބޭއްވިއެވެ.އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވިގެން ފޯނު ހުޅުވާލުމަށްފަހު ބަލައިލިއެވެ.އޭނާއަށް ލިބުނީ ވިޔާމްގެ މެސެޖެއްކަމުން އެކިޔާލަން އެނދުގައި ފަރީޝާ އިށީންދެލިއެވެ.

“ފަރީ…އައި މިސް ޔޫ ސޯ މަޗް….ޒަމާންގަނޑަކަށްފަހު އުފާވެރިކަމެއް މިހަޔާތަށް މިލިބުނީ…މިލިޔަނީ ވިޔާމްގެ އިހުސާސްތައް ލަވައަކުން…..ބަދަލް ނުވާނަމޭ މަރުވެދިޔަސް….ލޯބިވެރިޔާއޭ ބޭނުމީ…ފީނާ ފީނާ ހޯދީމޭ ޔާރާ ހާސިލްވޭތޯ…ބިންދާ ރާޅާ އޮއެވަރުގައި ނާޒުކު މޫނު ފެނޭތޯ…އިރުއަރާ އޮއްސެނީ ރޭވެފާ އަލިވަނީ..ބަދަލް ނުވާނަމޭ މަރުވެދިޔަސް…ޔާރާ އައުމުން ހިނިތުންވީ މާޔޫސްވީ މިހަޔާތޭ…ވޭނާ ހޫނާ ނެތިގެންގޮސް އާލާވީ ޖަޒުބާތޭ…އަބަދު ލޯބިން އެކީގައިވުމޭ ބޭނުމީ….” ވިޔާމްގެ އެމެސެޖުގައި ވެއެވެ.މެސެޖު ކިޔާ ނިމުނު ފަރީޝާގެ ދެލޯ ފެންކަޅިވިއިރު، އެތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެސް ވެރިވިއެވެ.

ވިޔާމްގެ މެސެޖު ލިބުމާއެކު ފަރީޝާ ވިޔާމަށް ގުޅާލިއެވެ. “އެހާ ލޯބިވޭތަ؟” ވިޔާމް ފޯނު ނެގުމާއެކު ފަރީޝާ އަހާލިއެވެ. “އާނ…ބަޔާންކޮށްދޭން ނޭނގޭވަރަށް” ވިޔާމް ޖަވާބުގައި ބުނެލިއެވެ. “ވަރަށް ހިތަށްއަރާފަ މިހުރީ އެހާ ދުވަސްފަހުން ފަަރީ ފެނުމުންވެސްް ވިޔާމަށް ފަސޭހަކަމާއެކު ފަރީ އެނގުމުން….ވިޔާމާ ވަރިވިފަހުން ފަރީ ހުންނާނީ ފަލަކޮށް…މިހާރު ހިކިކޮށް ހުރީމަ އަސްލު މިހެން މިބުނެލީ” ފަރީޝާ ބުނެލިއެވެ.

“ފަރީއަށް ކިތަންމެ ބަދަލެއް އަޔަސް ވިޔާމަށް ފަރީ އިނގޭނެ..ތި މޫނާ ތިހަނދާން ދުވަހަކުވެސް މިހިތަކުން ނުފިލާނެ ހުވާކޮށްފަ މިބުނަނީ…ވިޔާމާ ފުރަތަމަ ރައްޓެހިވެ މެރީކުރި އިރު ފަރީ އަކީ ހިކިކޮށް ހުރި ކުއްޖެެއްނު…އެހެންނޫނަސް ވިޔާމަށް އިނގޭނެ ފަރީއަށް ކިތަންމެ ބޮޑު ބަދަލެއް އަޔަސް ކިތަންމެ ޒަމާންގަނޑަކަށް ފަހު ފެނުނަސް” ވިޔާމް ބުނެލިއެވެ.

***********

ބެލްކަނިތެރޭގައި ހުރެލުމަށްފަހު އާތިފް ސިޓިންރޫމަށް ވަނެެވެ.ފުރިޖުން ފިނި ފެންފުޅިއެއް ނެގުމަށްފަހު ކޯވަރެއް ބޯލިއެވެ.އަދި ފެންފުޅި ފުރިޖަށް ލުމަށްފަހު އާތިފް މޮޅިވެރިގޮތަކަށް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.އެވަގުތު އެކޮޓަރިއާ އިންވެގެން ހުރި ފަރީޝާގެ ކޮޓަރި ހުޅުވިފައިވާތަން އާތިފަށް ފެނުނެވެ.

ހިމަރޮނގަކަށް ހުޅުވިފައިވާ އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓިލުމަށްފަހު އެތެރެއަށް އާތިފް ބަލައިލިއެވެ.އެވަގުތު ހިނިތުންވެލައިގެން ފޯނުގައި އިން ފަރީޝާ އާތިފަށް ފެނުނެވެ. ދުވަހަކުވެސް އުފާނުވާ ވަރަށް އުފާވެފައި އިނދެ ފަރީޝާ ވާހަކަދައްކަމުން އެގެންދަނީ ވިޔާމަށްކަން އާތިފަށް ޔަގީނެެވެ.ވަގުތުކޮޅަކު ދެރަވެފައި ފަރީޝާއަށް ބަލަން އާތިފަށް ހުރެވުނެވެ.

ފަރީޝާގެ ކޮޓަރިދޮރުމަތީގައި ހުރެލުމަށްފަހު، އާތިފް އޭނާގެ ކޮޓަރިއަށް ވަނެވެ.އެނދުގައި އިށީންދެލުމަށްފަހު ދެން ވާނެ ގޮތަކާމެދު އާތިފް ވިސްނާލިއެވެ.ލޯބިވާ ދެލޯބިވެރިން ޒަމާންގަނޑަކަށް ފަހު އެއްތަންވުމުން ދުވަހަކުވެސް އެދެމީހުން ވަކިވާކަށް ނޭދެނެކަން އާތިފަށް އެނގެއެވެ. އެހެންކަމުން ފަރީޝާ އައިލީން ދޫކޮށް ވިޔާމް ގާތަށް ދާނޭ އާތިފްގެ ހިތަށްއެރިއެވެ.ކަން އެހެންއޮތަސް ވިޔާމަށްވެސް ފަރީޝާއަށްވެސް އާތިފް ހިތްބުރައެއް ނުކުރެއެެވެ.އެކަމަކު ފަރީޝާ ކަހަލަ ރަނގަޅު މީހަކު އައިލީންނަށް ދެން ނުލިބިދާނޭ އޭނާގެ ހިތް ބުނާވަރުން ޖެހިލުންވަނީއެވެ.

*******

ހެނދުނުވުމުން އާތިފް އޮފީހަށްދާން ތެދުވިއެވެ.އެވަގުތު ފަރީޝާ ބަދިގެތެރެއަށް ވަންނަނީއެވެ.ފަރީޝާ ސައިހެދުމުން އާތިފް ސައިބޯން އިށީނެވެ.

“މީ ވިޔާމަށް ވަރަށް މީރު އެއްޗެއް…ބައި ދަ ވޭ ހުއްދައެއް ހޯދާލަން ބޭނުންވޭ މިތަށި ބަލާ ވިޔާމް މިގެއަށް އަޔަސް އޯކޭތަ؟…ހަމައެކަނި  ދޮރުމައްޗަށް އައިސް ތަށި ހިފައިގެން ދާނީ އޭނަ…މިތަނަށް ނުވަންނާނެ” ކާން އިން އާތިފް ގާތު ފަރީޝާ އަހާލިއެވެ. “އޯކޭ ވިޔާމް އެތެރެއަށް ވެއްދިއަސް” އާތިފް ވިޔާމް ވަނުމަށް ހުއްދަ ދިނެވެ. “އެހެންތަ؟ ވަރަށް އުފާވެއްޖެ…ވަރަށް އަސްލު ބޭނުންވޭ އާތިފާ ވިޔާމް ތައާރަފް ކޮށްދެން” ފަރީޝާ އުފަލުން ބުނެލިއެވެ.

“ތީ ކޯއްޗެއް؟” ވިޔާމަށް ފަރީޝާ ތައްޔާރުކުރި ތައްޓައް ބަލާލަމުން ފަރީޝާ ގާތު އާތިފް އަހާލިއެވެ. “މީ މަސްހުންޏާ ރޮއްޓާ..ހެނދުނު ސަޔަށް ވިޔާމަށް އެންމެ ކަމުދާނީ މި” ހިނިތުންވެލައިގެން އިނދެ ފަރީޝާ ބުނެލިއެވެ. “އެހެންތަ ފަރީޝާ ސަޔަށް ނުބޮންތަ؟” އާތިފް އަހާލިއެވެ. “ފަރީޝާ ސައިބޯނީ އައިލީންނާ ވިޔާމް ސައިބޮއެ ނިމުނީމަ” ފަރީޝާ ބުނެލިއެވެ.

އާތިފްގެ ހުއްދަ ލިބުމާއެކު ފަރީޝާ ވިޔާމަށް ގުޅާލިއެވެ.އަދި އެގެއަށް ވަނުމުގެ ހުއްދަ އާތިފް ދިން ވާހަކައާއި އެގެއަށް އައުމަށް ބުންޏެވެ.ފަރީޝާ ފޯނު ބޭއްވިތާ ވިހި މިނެޓް ފަހުން ވިޔާމް ހުރީ އެގޭ ދޮރުމަތީގައެވެ.ވިޔާމް އައުމުން އޭނާ އެތެރެއަށް ވެއްދުމަށްފަހު ފަރީޝާ އާތިފަށް ވިޔާމް ތައާރަފް ކޮށްދިނެވެ.ވިޔާމް އައުމުން އޭނާއާ ކުޑަކޮށް ވާހަކަދައްކާލުމަށްފަހު އާތިފް އޮފީހަށްދާން ނިކުތެވެ.

*******

އެދުވަހަށްފަހު ދޭތެރެ ދޭތެރެއިން ވިޔާމް ފަރީޝާ ގާތަށް އެގެއަށްވެސް ގޮސްހަދައެވެ.އާތިފްގެ ގެއަށް ވިޔާމް ދާތީ، އާތިފާ ވިޔާމާ ދެމީހުން ފެނިދެނިވެ އެކަކު އަނެކަކާ ވާހަކަދައްކަން ފެށުމުން އެދެމީހުންގެ ދެމެދުގައި ރަހުމަތްތެރިކަން އުފެދުނެވެ.

ފަރީޝާއަށް ދޯޅަވި ފަދައިން ވިޔާމަށްވެސް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އައިލީން ދޯޅަވިއެވެ.އައިލީން ވިޔާމާ އެހާ ގަޔާވުމުން، ދަރިއަކު ލިބުމުން މަހުރޫމުވެފައިވާ އެހިތަށް ދިރުމެއް ލިބުނު ކަހަލަ އިހުސާސެއް ވިޔާމަށް ކުރެވެން ފެށިއެެވެ.ނަތީޖާއަކަށް ވެގެންދިޔައީ ފަރީޝާއެކޭ އެއްފަދައިން ވިޔާމްވެސް އައިލީންނާ ދޭތެރޭ ކުލުނު އުފެދުމެވެ.އެގެއަށްދާ ކޮންމެފަހަރު ވިޔާމް އައިލީންނަށް ކޮންމެވެސް ކަހަލަ ހަދިޔާއެއް ގެންދެއެވެ.

************

މިއަދުވެސް ވިޔާމް ފަރީޝާގެ ކައިރިއަށް އެގެއަށް ދިޔައެެވެ.ދޮރުމަތީ ހުއްޓިލުމަށްފަހު ވިޔާމް ބެލް އަޅާލުމުން ފަރީޝާ ދޮރުހުޅުވާލިއެވެ.ދޮރުމަތީގައި ހުރި ވިޔާމް ފެނުމުން އުފަލުން ވިޔާމޭ ކިޔާ ފަރީޝާ ގޮވާލިއެވެ.ފަރީޝާ ވިޔާމޭ ކިޔާފައި ގޮވާލުމުން ބިންމަތީގައި ކުޅެންއިން އައިލީން ދުވެފައި ދޮރުމައްޗަށް ދިޔައެވެ.އަދި ވިޔާމް ފެނުމުން އުފަލުން ވިޔާމްބޭ އޭ ކިޔާ އޭނާގެ ގާތަށް ދިޔައެވެ.

އައިލީން ދިއުމުން އެކުއްޖާ އުރާލުމަށްފަހު އެތެރެއަށް ވަންނަން ވިޔާމް ދިޔައެވެ. އައިލީން ގޮވައިގެން ވިޔާމް ސޯފާގައި އިށީނުމުން އައިލީން ވިޔާމާ ދިމާލަށް ބަލާލުމަށްފަހު ވިޔާމްގެ ދެފަރާތަށް ބަލަންފެށިއެވެ. “ގިފްޓް ހޯދަނީ ދޯ؟” އައިލީން އެއްޗެއް ހޯދާ ގޮތަކަށް ބަލާތީ ވިޔާމް އަހާލިއެވެ. “ލައްބަ..މިއަދު ގިފްޓެއް ގެނައިންތަ އައިލީންނަށް؟” ޅައަޑަކުން އައިލީން ބުނެލިއެވެ “ސަފްރައިޒް” އައިލީން އެހެންބުނުމުން ވިޔާމް ޖީބުން ކުޑަ ބުދެއް ނަގަމުން ބުނެލިއެވެ.

“ވާވް ތެންކިޔޫ” ބުދު ފެނުމުން އުފަލުން ވިޔާމްގެ ގައިގައި ބައްދާލަމުން އައިލީން ބުނެލިއެވެ.އައިލީންގެ އެހަރަކާތުން ވިޔާމްގެ ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.އައިލީންނަށް ބުދު ދިނުމުން އެއާ ކުޅެން އެކުއްޖާ ބިންމައްޗަށް ފޭބުމުން ވިޔާމް ސޯފާގައި ހަމަޖެހިލިއެވެ.އެވަގުތު އާތިފް އޮފީހަށްދާން ކޮޓަރިން ނިކުންނަނީ އެވެ.

“އަހަނ ވިޔާމް” ސިޓިންރޫމަށް ނިކުތް އާތިފަށް ވިޔާމް ފެނުމުން ގޮވާލިއެވެ. “އާނ އާތިފް އޮފީހަށްދޯ” ވިޔާމް ބުނެލިއެވެ. “އާނ…މިގަނޑީ އަބަދުވެސް އޮފީހަކަށްނު ދާނީ” އާތިފް ބުނެލިއެވެ. “ވިޔާމް ސައިބޮއެފިންތަ؟…އުޅޭ ސައިބޯން…ފަރީޝާ ވިޔާމަށް ސައިހަދާފަދީ” ބަދިގެތެރޭގައި ހުރި ފަރީޝާއަށް އާތިފް ބުނެލީ ވިޔާމް ސައިނުބޯކަމަށް ބުނުމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ޖޭއޯވަން 4

Next

ވީމޭ އިންތިޒާރުގައި – 33

Next
April 16, 2022

ވީމޭ އިންތިޒާރުގައި – 33

Previews
April 16, 2022

ޖޭއޯވަން 4

3 Comments!

  1. Angry says:
    April 16, 2022 at 9:23 pm

    Oh nice❤
    kihinei vaane daily up kuran?
    varah inthizaaru kurevey vaahaka eh mee☝

    1. lamhus says:
      April 18, 2022 at 1:15 pm

      thanks dear??
      will try

  2. Hûdhãkkø says:
    April 18, 2022 at 1:59 pm

    Oh my vaahaka kiyaafa comments kuran ???haadhaan nethuni sorry???
    Mi part VX vrh reethi ????
    Obi nex to the max ????
    Nd today is my birthday wbu sis ???????

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (58)←


All Right Reserved!