Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވީމޭ އިންތިޒާރުގައި – 33

Baby Devil Level 610 Stories100 Stories
April 16, 2022 5 Mins Read
2 Comments

“ދޫކުރޭ ކިޔާން.. ރިޔާ ނިދާ ގަޑި ޖެހިއްޖެ..” ކިޔާންގެ އަތުތެރެއިން މިނިވަން ވެގެން ރީޝަމް ކޮޓަރި ނިކުތެވެ. އަނބުރާ އަންނަން ވާއިރަށް މަޢާފަށް އެދޭނެ ގޮތަކާއި މެދު ކިޔާން ވިސްނާލިއެވެ. މާއިލްގެ ކައިރިން ލަފައެއް ހޯދަންވެގެން ކިޔާން މާއިލްއަށް ގުޅާލިއެވެ. ދެތިން ރިންގަށްފަހު މާއިލް ފޯނު ނަގައިފިއެވެ.”މިހެން ތިބެގެން އަހަރެންގެ ދިރިއުޅުން އެކަންޏެއް ނޫން ހަލާކު ވަނީ މާއިލް.. މާއިލްގެ ދިރިއުޅުން ވެސް ތި ބޭކާރު ވަނީ.. ދެމީހުން ވެސް ލޯބިވާ މީހަކު އެބަ ހުރި.. ލޯބިވާ ކޮންމެ މީހަކު ނުލިބިދާނެ މާއިލް.. ދިރިއުޅުމަކީ އިމްތިޙާނެއް.. ކިޔާން އާ ރީޝަމް އެހާ އުފާވެރިކޮށް އުޅެމުން ދަނިކޮށް މާއިލް ބޭނުމެއް ނުވާނެ އެމީހުންގެ ދިރިއުޅުން ހަލާކު ކުރަށް.. އަހަރެން ވެސް ބޭނުމެއްނޫން..” އިވުނު ޝަލީންގެ ވާހަކަ އަޑުއަހަން ކިޔާން މަޑުކޮށްލިއެވެ. އެހިނދު ދެބުމަ ވެސް ކައިރިވިއެވެ.”އަހަރެން ލޯބިވަނީ ރީޝަމް ދެކެއޭ ބުނެފިއްޔާ ކިޔާން ފަހެއް ނުޖެހޭނެ ރީޝަމްއާ ވަކިވާކަށް.. ލޯބި ލޯބި ދަރިއެއް ހުއްޓަ ކިހާ އުނދަގޫ ވާނެ؟ އެކުއްޖާގެ ދިރިއުޅުމުން ވެސް ބައްޕަގެ ލޯބި ގެއްލުނީ އޭރުން..” މާއިލް ބުނި ޖުމްލައިން ކިޔާންއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ.

 

**33 ވަނަ ޕާޓު**

 

“އެންމެ ރަނގަޅު ވާނީ އެހެން މީހަކާއި މެރީ ކުރިއްޔާ.. މި ދުނިޔޭގަ ރީޝް ކަހަލަ ކިތަންމެ ރަނގަޅު ކުއްޖެއް އެބަ އުޅޭ..” ސިކުނޑީގައި ހައިޖާނުގަނޑެއް އުފެދެމުން ދިޔަ ވަގުތު ޝަލީންގެ އަޑު އަނެއްކާވެސް އިވުނެވެ.”ތިބުނާ ވަރަށް ފަސޭހައެއް ނުވާނެ ޝަލީ.. ޝަލީ ލޯބިވާ މީހަކު ހުއްޓަސް އަހަރެންގެ ނެތް ރީޝް ނޫން އިތުރު މީހެއް.. އަ..” މާއިލް ވާހަކަ ދައްކަމުން ޖީބަށް އަތް ނެގި އަޑު އިވުމަށްފަހު ކުއްލިއަކަށް ފޯނު ކެނޑުނެވެ. ޖީބުގައި އޮއްވާ ފޯނަށް ޖަވާބު ދެވުނީކަން ކިޔާންއަކަށް އިނގުނެވެ. ރިޔާ ނިދުމުން ރީޝަމް އައި ވަގުތު ވެސް ކިޔާންގެ ސިކުނޑިއަށް ހައްލެއް ނުލިބެއެވެ. ކިޔާން ވިސްނުމަކަށް ގެއްލިފައި އޮތުމުން ރީޝަމް ނުތަނަވަސްވިއެވެ. އޭނައަށް ނޭނގިގެން ވެސް ކިޔާން އާއި އަރައިރުން ވެވުނީތީ ހިތާމަ ކުރެވުނެވެ.

 

މަޢާފަށް އެދެންވެގެން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ އެނދުން ތެދުވެގެން ކޮޓަރިން ނިކުންނަން ކިޔާން ދިއުމުންނެވެ. ރީޝަމްއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. ރިޔާ ނިންދެވުމަށްފަހު އާންމުކޮށް ދެމީހުން ވެސް ވާހަކަ ދައްކާލަން ތިބެފައި ނިދަނީއެވެ. ކުދި ކުދި މައްސަލަތައް ހައްލު ކޮށްލައިގެންނެވެ. ބައެއް ރޭރޭ ޑޭޓް ނައިޓް އަކަށް ދިޔަސް ކުރިން އެމީހުން ރާވާނެއެވެ. ރިޔާއަށް ކަމަކަށް ދަތިވެ ދާނެތީއެވެ. މިރޭ ކިޔާން ދާނެ ތަނަކާއި މެދު ވިސްނަން އޮއްވައި ރީޝަމްގެ ލޮލަށް ނިދި އަންނަން ފެށިއެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން ނިއްކުރިއަށް ބޮސް ދޭ ވަގުތާއި ބައްދާލާ ވަގުތު މަތިން ހަނދާން ވުމާއި އެކު ނިންޖާއި އެކީ ވެސް ރީޝަމްގެ ދެލޯ ހުޅުވާލެވުނެވެ. އޭނާ ކިޔާންގެ އިންތިޒާރުގައި އިންނަތާ މިހާރު ތިން ގަޑިއިރު ވަނީއެވެ. ކަންބޮޑު ވެގެން ބޭރަށް ނިކުތް އިރު ކިޔާން ފެންނާކަށް ނެތެވެ. އެކަނި ހުންނަން ނުކެރިގެން ރީޝަމް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތީ ކިޔާންއަށް އިންތިޒާރު ކުރަމުންނެވެ.

 

ދަންވަރު ރެސްޓޯރެންޓެއްގެ ބޭރުގައި އިނދެފައި ކިޔާން ގެއަށް އައީ ތިނެއް ޖަހާ ބޮޑުވި ފަހުންނެވެ. މާއިލްގެ އެ ވާހަކަތައް އިވުމަށްފަހު މާއިލް ބުނިހެން ރީޝަމް މާއިލްގެ ހައްޤަކަށް ހަދަން ބޭނުންވިއެވެ. އެކަމަކު އެހެން ހެދޭނީ ރީޝަމް އަކީ ކުޅޭ ކުޅޭ އެއްޗަކަށް ވީނަމައެވެ. އިތުރުން ރިޔާ އަށާއި ރީޝަމްއަށް ހިތުގައި އޮތް ލޯތްބާއި އެކީ އެކަން ކުރުން ވީ އެންމެ ދަތި ކަމަށެވެ. އެތެރެއަށް ވަތް އިރު އެމީހުންގެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. ރީޝަމް އެނދުގައި ލެނގިލައިގެން އިން ގޮތުން ނިދިފައި އެނީ ކިޔާންގެ އިންތިޒާރުގައި އިންދައޭ ބުނާކަށް ނުޖެހުނެވެ.

 

ފާޚާނާއަށް ވަދެފައި އައިސް އެނދުމަތީގައި ބާއްވާފައި ރީޝަމްގެ ނިއްކުރިއަށް ކިޔާން ބޮސްދިނެވެ. ހަ އަހަރު ދުވަހު ކުރަމުން އައި ކަމެއް ހުއްޓާލަން ނުކުޅެދުނީއެވެ.ރީޝަމް އޮތް ކޮޓަރިން ނިކުމެ ކިޔާން މިސްރާބު ޖެހީ ރިޔާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ކިޔާން ރިޔާގެ ކައިރީގައި އޮށޯތެވެ. އެ ކޮޓަރީގައި ވެސް ހުންނަނީ ކިންގް ސައިޒްގެ އެނދެއް ކަމުން ކިޔާންއަށް އެތާ ނިދޭނެއެވެ. ނިދީގައި ރިޔާ ވެސް ކިޔާންގެ އަތުގައި ބައްދައިލައިފިއެވެ. ކިޔާން ރިޔާގެ ނިއްކުރީގައި ބޮސްދީފައި ނިދުމަށްޓަކައި ދެލޯ މަރާލިއެވެ. ނިދޭ ވަރުވީ ފަތިސް ވާން އުޅެނިކޮށްނެވެ.

 

ހޭލެވުން ގޮތަށް ރީޝަމް އަށް ފުންމައިގެން ތެދުވެވުނެވެ. އަދިވެސް ކިޔާން ގެއަށް ނާދެއެވެ.”އަޅެ ޕްލީޒް..” ރޭގައި ކިޔާންގެ އަޑުގައި ހުރި މާޔޫސްކަން ހަނދާންވުމާއި އެކު ރީޝަމްގެ ހިތް ރޮއްވާލިއެވެ. ކިޔާން އެކަމާއި މެދު ހިތާމަ ކުރަނީތޯ ރީޝަމްގެ ހިތް ސުވާލުކުރިއެވެ. ރިޔާ އަކީ ވެސް ކިޔާން ފަދައިން ފަސޭހައިން ހޭލާނެ ކުއްޖަކަށް ނުވާތީ ރީޝަމް ފެންވަރާލައިގެން ރިޔާއަށް ގޮވަން ކޮޓަރިން ނިކުތެވެ. ބޮޑު ވާން ވާއިރަށް އެކަހަލަ އާދަތައް ރިޔާގެ ކަށިން ދުރުކުރަން ރީޝަމް ބޭނުމެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން ރީޝަމް ރިޔާގެ ކޮޓަރިއާއި އަރާ ހަމަކޮށްފައި ދޮރު ހުޅުވާލިއެވެ. ހުއްޓުން އެރީ ރިޔާގެ ހަށިގަނޑުގައި އަތް ވަށާލައިގެން ނިދާފައި އޮތް ކިޔާން ފެނިފައެވެ. ރިޔާ ވެސް އޮތީ އަރިއަކަށް އޮށޯވެ ކިޔާންގެ ބަނޑުގައި އަތް ބާއްވާލައިގެންނެވެ.

 

“ކިޔާން..” ރިޝަމްގެ ދެލޯ ފެންކަޅިވާން ނެގީ ސިކުންތެކެވެ. ކުޑަ މައްސަލައަކާއި ހެދި ކިޔާން އެހާ ވަރަށް ހިތްހަމަ ނުޖެހުނީހެން ހީވުމުން ރީޝަމް ފުން ނޭވާއެއް ލިއެވެ. ރޭގައި ރީހާން އާއި މެދު ޝަކުވާ ނުކުރި ނަމަ މިހެން ނުވީސްކަން ޔަޤީނެވެ.”ކިޔާ ކީއްވެ މިތާ ތިއޮތީ؟..” ރީޝަމް ކިޔާންއަށް ގޮވާ ހޭލެއްވިއެވެ. ހެނދުނުގެ ސަލާމް ނުކިޔާ ކިޔާން ނުކުމެގެން ދިޔައީއެވެ. އިތުރަށް ރީޝަމްގެ ހިތް ދަތިވިއެވެ. ރިޔާ ހޭލައްވާފައި ރީޝަމް ބޭރަށް ނިކުތް އިރުވެސް ކިޔާން ވީ ކޮޓަރީގައެވެ. އިރުކޮޅެއް ނުވެ ތާޒާ ވެލައިގެން ކިޔާން ކާން އައެވެ. އޭރު ރިޔާ ވެސް އިނީ ފެންވަރުވާފަ އެވެ.

 

އެގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައިރު މި ކުރެވެނީ ކިހާ ބޮޑު ކަމެއްކަން ކިޔާންއަށް އިނގެއެވެ. ރީޝަމް އާއި ވާހަކަ ދެއްކުން މަދު ވިޔަސް ރިޔާ އާއި އަބަދު ވެސް އޮންނަ ގުޅުން ވަރުގަދައެވެ. ކޮންމެ ރެއަކު ރީޝަމް ނިދުމުން ކިޔާން ރިޔާގެ ކޮޓަރިއަށް ގޮސް ނިދައެވެ. އެކަމް ރީޝަމްއަށް އިނގެނީ ރިޔާއަށް ގޮވަން ދާއިރު ކިޔާން އޮންނާތީއެވެ. ބައެއްފަހަރު މާއިލް އާއި މެދު ހިތްހަމަ ނުޖެހެނީ ވިސްނަން ޖެހޭލެއް ގިނަ ވެގެންނެވެ. މާއިލް ރީޝަމް ދެކެ ލޯބި ވިޔަސް އޭނައަށް ކީއްހޭ ވެސް ހިތަށް އަރައެވެ. އެކަމަކު މާއިލް ކޮންމެ ފަހަރަކު މަތިން ރީޝަމް އަށާއި އެމީހުންނަށް ވެދޭ އެހީ މަތިން ހަނދާންވުމާއި އެކު ވިސްނާލަން މަޖުބޫރުވެއެވެ. ކިޔާންއަށް ރީޝަމް އާއި ދިމާ ވީ ވެސް މާއިލްގެ ސަބަބުން ކަމަށް ވާތީއެވެ.

 

އެދުވަހު ހަވީރު ރީޝަމް އިނީ އެކަނިވެފައެވެ. ކިޔާން ރިޔާ ގޮވައިގެން ބޭރަށް ނިކުތީ ހަތަރުގަޑި ބައި ވަނިކޮށް ނެވެ.”ކިޔާން އެބަ އުޅޭތަ؟..” އެވަގުތު މާއިލް އެތެރެއަށް ވަނެވެ.”ނޫން.. ރިޔާ ގޮވައިގެން ގޮސް ވެއްޖެ..” ރީޝަމް ޖަވާބު ދިން އިރު އިނީ އިސްޖަހާލައިގެންނެވެ.”އެ ކީއްވެ ރީޝް ނުލާ ދިޔައީ؟..” މާއިލް ދެބުމަ ކައިރި ކޮށްލިއެވެ.”އެއީ.. އަހަރެން ބޮލުގަ ރިއްސާތީ..” ރީޝަމް އެވަގުތު ހެދީ ތެދެވެ. ކިޔާން ކައިރީ ސޮރީ ބުނުމުން މަޢާފު ކޮށްފައި ވެސް އެހާ ދުރުން އުޅޭތީ ރިޝަމްގެ ބޯ ގޮވަނީއެވެ.”ޔަޤީންތަ؟..އެކަމް މަށަށް ޤަބޫލެއް ނުކުރެވޭ.. ގިނައިން ކިޔާން ރިޔާ އާ އެކީ އެކަނި ފެންނަނީ..” މާއިލް ބުންޏެވެ. އެއާއި އެކު ރީޝަމްއަށް ދެލޯ މަރާލެވުނެވެ.”ބަލިކޮށް އުޅޭއިރު ނުވާނެ ދޯ ގެއިން ނިކުންނާކަށް..” ރީޝަމް ބެލީ މާއިލް އެތަނުން ފޮނުވާ ލެވޭތޯއެވެ.

 

“ކަމެއް ގޯސް ވިއްޔާ ބުނެބަލަ.. އަހަރެން ކިޔާން އާއި ވާހަކަ ދައްކާނަމޭ..” މާއިލް ރީޝަމް އާއި ތަންކޮޅެއް ދުރުގައި އިށީނެވެ. އެވަގުތު ރީޝަމްގެ ކަރުނަތައް ކޯތާފަތް މަތީގައި ބީހެން ފެށިއެވެ.”ކިޔާން ކުޑަ ކަމަކާއި މެދު ހިތްހަމަ ނުޖެހިގެން ކަންނޭނގެ އެއުޅެނީ..” ރީޝަމް ބުންޏެވެ.”ކޮން ކަމެއް..” މާއިލް އެހިއެވެ.”އެއްކަލަ ފަހަރު ރިޔާ އާ މާހީ ގޮވައިގެން ދޮންބެ އައެއްނު؟ އަހަރެން ހިތްހަމަ ނުޖެހިގެން ބުނީ ދޮންބެ އާ މީޓް ކުރަން ބޭނުމޭ..އެރޭ އާރގިއު ކުރިން.. އެކަމަކު ފަހުން ރިޔާ ނިދީމަ އަހަރެން އައީ މަޢާފަށް އެދެން ވެގެން. އޭރު ކިޔާން އިނީ މުޅިން ބަދަލުވެފަ.. އެރެއަށްފަހު ކިޔާން ނިދަނީ ރިޔާއާ އެކީ އެ ރޫމްގަ. މަޢާފަށް އެދުމުން ބުނީ އިޓްސް އޯކޭއޭ އެކަމް އެ އުޅުން ބަދަލެއް ނުވޭ..” އިސްއުފުލާލަމުން ރީޝަމް ބުންޏެވެ.

 

“ކިޔާން ސިކުނޑިއެއް ހުރޭތަ އަނެއްކާ؟ އެހާ ކުޑަ ކަމަކާ ހިތްހަމަ ނުޖެހިގެން މުޅި އުމުރަށް ހުންނަންވީ؟..” ކިޔާން އާއި މެދު މާއިލް ހިތްހަމަ ނުޖެހުނެވެ.”މަޑުކުރޭ..” އެވަގުތު ކިޔާން އާއި ދިމާއަށް ޝަކުވާ ކުރަން ވެގެން މާއިލް ފޯނު ހުޅުވާލާފައި ކިޔާންގެ ނަމްބަރަށް ގުޅަން އުޅެނިކޮށް ކިޔާން އާއި އެކީ ގުޅިފައި އިން ހަތަރު މިނެޓް ފެނުނެވެ. ތާރީޚް ބަލާލި އިރު އެއީ ޝަލީން އާއި ދެމީހުން ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދެއްކި ރެއެވެ. ފޯނު ނެގީ ކާކުބާއޭ ހިތަށް އެރުމުން މާއިލް ދެބުމަ ކައިރިވިއެވެ.”ދާން ޖެހިއްޖެ އިނގޭ ރީޝް..” މާއިލްވެސް ހާސްވެފައި ވާތީ ކިޔާން އާއި ބައްދަލުކުރަން އެވަގުތު ބޭނުމެއް ނުވިއެވެ.

 

އެރޭ މާއިލް ގެއަށް އައީ ކިޔާން ކައިރީ ބޭރަށް ނިކުންނަން ބުނެފައެވެ.”މިތާ ތިބެގެން ވާހަކަ ދައްކާ ލެވިދާނެތަ..” މާއިލް އެހިއެވެ. ފަރުވާކުޑަކޮށް ކިޔާން ދެބުމަ އަރުވާލިއެވެ.”ކީއްވެ ރީޝަމް އާއި މެދު ބީރައްޓެއްސެއް ހެން ކަންތައް ކުރަނީ؟ އޭނަ މިއަދު ވަރަށް ދެރަވެފަ ކިޔާދިން..” ކިޔާންގެ މޫނަށް ވާ ގޮތް ބަލަން ހުރެފައި މާއިލް ފުން ނޭވާއެއް ލިއެވެ.”މި ކޯލް ނެގުމުންތަ؟ އެއީ އެހެންވެ ކަމަަށް ވާނަމަ އަޑު އިވުން ވާހަކަތައް ކިޔާދީ..” މާއިލް ފޯނު ނަގާފައި ދެއްކިއެވެ. ކިޔާން އެއްޗެކޭ ނުބުނެ ދުރު ބަލަން ހުރެފައި ޖަވާބެއް ދިނެވެ.”އަހަންނަށް ކީ ހުރިހާ އެއްޗެއް އަކުރުން އަކުރަށް ނޭނގުނަސް މާއިލް އަދިވެސް އޭނަ ދެކެ ލޯބިވާކަން އިނގުނު..” ކިޔާން ބުންޏެވެ.

 

“ކިޔާން މޮޔަ ނުވެބަލަ.. ކިޔާންއަށް ކޮން ކަމެއްތަ އަހަރެން ރީޝް ދެކެ ލޯބިވިޔަސް.. ނޫޅެމޭ ތިމީހުންގެ ދިރިއުޅުން ހަލާކު ކުރާކަށް.. އެލީޒާ ހެދިހެން އަހަރެންވެސް ފިލަންވީތަ؟ ލަންޑަނަށް ގޮސްގެން ރީހާންވެސް އެއައީ އެންމެފަހުން އެލީޒާ ނުފެނިގެން..” މާއިލް އަށް މުހިންމުވީ ރީޝަމްގެ އުފަލާއި ކިޔާންގެ އުފަލެވެ. ކިޔާން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ.”މީގެ ފަހުން ރީޝަމްއަށް ކިޔާންގެ ފަރާތުން ދުރުކަމެއް ފެނިގެން ނުވާނެ. އެހެން ނޫނީ..” އިންޒާރު ދީފައި މާއިލް ދެލޯ އަޅާލިއެވެ. “އެހެން ނޫނީ ކީއްކުރާނީ؟ މަ ކާލާނީ؟” ކިޔާން ވެސް ދެބުމަ ކައިރި ކޮށްލިއެވެ.”ކިޔާން ހަމަ އަސްލަށް ބޭނުންތަ މަ ރީޝްއާ މެރީ ކުރަން؟؟..”

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (57)

Next

ތީ އޭ ހަނދަކީ 1

Next
April 16, 2022

ތީ އޭ ހަނދަކީ 1

Previews
April 16, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (57)

2 Comments!

  1. Ey Brw says:
    April 17, 2022 at 9:10 am

    Maasha allah vvvvvvv rythi mikohdhehchey❤❤❤❤
    Next part v avahah up kohdhehchey

    1. Baby Devil says:
      April 18, 2022 at 12:54 pm

      Thankkiuu “ey brw” ?
      Labba in sha Allah maadhamaa or miadhu <33

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި – 34 (ފަހުބައި)←


All Right Reserved!