Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވިންދު 5

Horror queen Level 210 Stories
April 20, 2022 5 Mins Read
0 Comments

 

ހަސްނާ ފެނުމުން ހަމްޝާ ގެ ލޯ އެއްކޮށް ފެން ކަޅި ވިއެވެ. ނަމަވެސް ކަރުނަތައް ހިންދާލީ ސްޓޭޖް މަތިން ހަމްޝާގެ ނަން ގޮވައިލުމުންއެވެ. ހަމްޝާ ގޮސް ސްޓޭޖަށް އެރުމުން ހަސްނާ އަށް ލިބުނީ ހައިރާން ކަމެވެ. އޭނާ ނުވަމަހާ ދިހަދުވަހު ބަނޑަށް ލައިގެން އުޅުނު ކުއްޖަކީ އެއީ އެވެ. އަދި މީގެ 6 އަހަރު ކުރިން އެއްލާލާފައި ދިޔައީވެސް އޭނައެވެ. ރަސްމިއްޔާތު ނިމި އެންމެން ވެސް ގެއަށްދިއުމަށް ހިންގައިގަތެވެ. ނަމަވެސް ހަމްޝާ އާއި އާހިލް އަދި ޒޯޔާ ހުރީ ސުކޫލު ގޭޓު ދޮރާއި ދިމާލުގައެވެ.

 

“ހަމްކޯ ދެން ހިންގާ ގެއަށް ދަމާ މިހާރު އެ 10:00 ޖަހަނީ” އާހިލް ހާޗްވެފައި ހުރެ ބުނެލިއެވެ. “އެ ތެދެއް ހަމް ދެން ހިންގާ ދަމާ” ޒޯޔާވެސް އާހިލް އާއި އެއްކޮޅަށް ވާހަކަ ދައްކަން ފެށިއެވެ. “އެކަމު މަންމަ…ދޮންބެ އަށް އިންގޭއްނު ބޮޑުދައިތަ އަހަންނަށް ހެދި ވަރު އަހަރެން ބޭނުމީ މަންމަ އާއި އެކު މާލެ ދާން” ހަމްޝާ މިހެން ބުނުމުން އާހިލް ހަމްޝާ ގައިގައި ބައްދައިލިއެވެ. “ހަމްކޮ ޕްލީޒް ސްޓޮޕް ކްރައިއިން މާދަން އަހަރުމެން ދާނީ ކުޑޫ ކައިރިއަށް އަހަރުން އެއްކޮށް މާލެދާނީ… ސޯ ޕްލީޒް ޖަސްޓް ސްޓޮޕް ކްރައިއިން” އާހިލް މިހެން ބުނުމުން ހަމްޝާ އޭނާގެ ލޮލުގައި ހުރި ކަރުނަ ތަށްފޮހެލިއެވެ. އެއަށްފަހު އާހިލް އާއި ޒޯޔާ ހަމްޝާ ގޮވައިގެން ގެއަށްދާން ހިންގައިގަތެވެ. އެވަގުތު ތިން މީހުން ފަހަތަށް އެނބުރެން މަޖުބޫރުވީ ހަސްނާ ހަމްޝާ އަށް ގޮވައިލުމުން އެވެ. ހަމްޝާ ހަސްނާ އާއި ދިމާލަށް ބަލައިލީ ރުޅިވެރި ނަޒަރުން އެވެ. ނަމަވެސް އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އިތުރަށް ކެތްނުވެގެން ހަމްޝާ ގޮސް ހަސްނާ ގެ ގައިގައި ބައްދައިލިއެވެ.

 

“މަންމާ ކޮންތާކުން ތިއައީ؟ ކީއްވެ އަހަރެން ދޫކޮށްލާފަ ދިޔައީ؟ ޔޫ ނޯ އައި މިސްޑް ޔޫ ސޯ މަޗް” ހަމްޝާ މިހެން ބުނުމުން ހަސްނާ އަށް ރޮވޭ ގޮތް ވިއެވެ. “ހަމްކޯ މަންމަ އަށް މާފް ކުރޭ މަންމަ ހަމްކޮ އެކަނި ކޮށްލާފަ ދިޔައީމަ އަސްލު ދިޔައީކީނޫން ދަރިފުޅުގެ މާމަ މެން ބުނީމަ ދާން މަޖުބޫރުވީ… އެ ދިޔައިރަކު މަންމަ އަކަށް ނޭގުން ދަރިފުޅުގެ މާމަ މަޖުބޫރުން މަންމަ މީހަކާ އިންދުވަން ކަމެއް އުޅުނީކީއެއް އެކަމުވެސް މާމަ އަށް ޓަކައި މަންމަ އާންއެކޭ ބުނީ” ހަސްނާ ވީ ގޮތް ރީއްޗައް ކިޔައިދިނެވެ. “އެކަމު ވެސް ކުޑޫ އަށް އިންގޭތަ އަހަރެންގެ މަންމަ ހަމްކޮ އަށް ހަދާލިވަރު؟” އާހިލް މިހެން ބުނުމުން ޒޯޔާވެސް އާހިލް އާއި އެއްބައި ވިއެވެ. “އެ ތެދެއް ހަސްނައްތަ އަށް އިންގޭތަ އެހިރަ މޫމިނާ އެކޭ ކިޔާ ކާޅު ހަމް ގެ ދެއަތާ ދެފައި ދުޅަވާވަރަށް ތެޅިކަން” ޒޯޔާ މިހެން ބުނުމުން ހަސްނާ ހައިރާން ވިއެވެ. އެއީ އޭނާގެ ދަރިފުޅަށް މިކަހަލަ އަނިޔާއެއް ދިން ކަން އެގުމުން އެވެ. “ހަމްކޮ އެއީ ތެދެއް؟” ހަސްނާ ހަމްޝާ ކައިރީގައި ޔަގީން ކޮށްލަން އަހައިލިއެވެ.

 

“އާން އަދި އަހަރެންގެ މަންމަ އަނިޔާ ދިނީ ހަމައެކަނި ހަމްކޮ އަކަށްށެއް ނޫން… މަންމަ އަހަންނާ ހަމްކޮ އަށް އެންމެ އޯގާވި މީހާވެސް މި ދުނިޔެއިން ދުއްވާލި…” “ދޮންބޭ؟! ބޮޑުދައިތަ އަށް އެގިއްޖިޔާ ދޮންތަ މަރާލި ގޮތަށް ދޮންބެ ވެސް މަރާލަފާނެ” ހަމްޝާ އާހިލް ބުނަން އުޅުނު އެއްޗެއް ބުނިއަކު ނުދިނެވެ. އިރުކޮޅެއްނުވޭ ސުކޫލި ގޯތިތެރެއިން ނިކުތް ފިރިހެން މީހާ ގޮސް ހަސްނާ ކައިރީގައި ހުއްޓުނުވެ. “ތި ކުދިން އަދި ގެއަކަށް ނުދަންތަ؟” އެ މީހާ މަޑުމައިތިރި ކަމާއިއެކު އަހައިލިއެވެ. “ހަސްނައްތަ މިރެއިން މިރެއަށް ފުރަންތަ ތި ދަނީ؟” ޒޯޔާ މިހެން ބުނުމުން ހަސްނާ އަށް އާއެކޭ ބުނަން ދަތިވިއެވެ. “ސޯ އިޓްސް ޓްރޫ މަންމަ ތި ދަނީ އަނެއްކާވެސް އަހަރެން ބޮޑު ނަރަކަ ގަނޑަކަށްލާފަ” ހަމްޝާ މިހެން ބުނުމަށްފަހު އެތާންގައި ހުރި ގޯޅިގަނޑާއި ދިމާލަށް ދުއްވައިގަތެވެ. ޒޯޔާ ހަމްޝާގެ ފަހަތުން ދިޔައެވެ. “އާހިލް ކުޑޫ އަށް ކަމެއް ކޮށްދީފާނަންތަ؟” ހަސްނާ މިހެން ބުނުމުން އާހިލް އާއެކޭ ބުނެލިއެވެ. “ހަމްކޮ ސަލާމަތުން ބަހައްޓައްޗެ” ހަސްނާ މިެން ބުނުމުން ހަސްނާ ކައިރީގައި ހުރި މީހާ ހައިރާން ކަމާއިއެކު ހަސްނާ އާއި ދިމާލަށް ބަލައިލިއެވެ. “އޯކޭ 6 އަހަރު ފާއިރުވެގެން ދިޔައިރުވެސް އަހަރެން ކުރިކަމަކީ ތީ އަދި މިއަދުވެސް ތީ އަހަރެން ކުރާނެ ކަމަކީ” އާހިލް މިހެން ބުނުމަށްފަހު ގެއަށްދާން ހިންގައިގަތެވެ.

 

“އަމްޖަދް މިރޭގަތަ ފުރަނީ؟” ހަސްނާ އާހިލް ދިޔުމުން އަމްޖަދް ގާތުގައި އަހައިލިއެވެ. “ނޫން އަހަރުން ފުރާނީ ދެ ދުވަސް ފަހުން” އަމްޖަދް މިހެން ބުނުމުން ހަސްނާ އިންތިހާ އަށް އުފާވިއެވެ. “ސުއީޓްހާޓް؟! ހަމްކޮ އަކީ ކާކު؟ އަދި ދެންމެ އެ ދިޔަ ފިރިހެން ކުއްޖާ ގާތު އޭނަ ސްލާމަތުން ބަހައްޓަށޭ ބުނީ ކީއްވެ؟” އަމްޖަދް ސުވާލުގޯނި ހަސްނާގެ ބޮލަށް އޮއްސައިލިއެވެ. “ހަމްކޮ ގެ ފުރިހަމަ ނަމަކީ ފާތިމަތް ހަމްޝާ  އެއީ އަހަރެން ނުވަމަހާ ދިހަ ދުވަހު ބަނޑުތެރޭގައި ގެންގުޅުނު ކުއްޖެއް އޭނަ 10 އަހަރުތެރޭގަ އަހަރެން އަމްޖަދް އާއި ކައިވެނިކުރީ މަންމަ މެން އަށްޓަކައި އޭގެ 6 އަހަރު ފަހުން އަހަރެން އަނެއްކާވެސް އަހަރެންގެ އެ ދަރިފުޅު ލޮލަށް މި ފެނުނީ” ހަސްނާ އަށް ރޮވޭ ގޮތް ވިއެވެ. އެހެން ކަމުން އަމްޖަދް ހަސްނާގެ ގައިގައި ބައްދައިލިއެވެ.

 

ހަމްޝާ އާއި އާހިލް ގޮސް ގެއަށް ވަތް ތަނާހެން ސޯފާ މަތީގައި ހުރި މޫމިނާ ރުޅި އައިސް ހުރެ ސޯފާ މަތިން ތެދުވެގެން ހަމްޝާ އާއި ދިމާލަށް ދިޔައެވެ. އެ ދިޔަ ގޮތައް ގޮސް ހަމްޝާގެ ކަން ކަށި މަތީގައި އެތިފަހަރެއް އަޅުވައިލިއެވެ. “ކަލޭ އެހިރަ ހަސްނާ ފެނުނީމަ އޭނައަށް ހުރިހާ ވާހަކައެއް ކިޔައިދީފިން ދޯ؟ ހުރެ ބަލަ ނިކަން މިއަދު ކަލޭ އަށް ވާވަރު ދައްކާލާނަމޭ” މޫމިނާ މިހެން ބުނެފައި ހަމްޝާ އޭނާގެ ކޮޓާރިއަށް ވައްދައިލިއެވެ. އަދި އެއާއިއެކު މޫމިނާވެސް އެކޮޓަރިއަށް ވަނެވެ. އާހިލް އަވަސް އަވަހަށް އެ ދިޔަ ގޮތައް ހަމްޝާ ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ނަމަވެސް ދޮރު ނުހުޅުވުމުން އާހިލް ފޯނު ނަގާ ހަސްނާ އަށް ގުޅިއެވެ. މާ ގިނަ އިރު ތަކެއްނުވޭ ހަސްނާ ފޯނު ނެގިއެވެ. “ހަލޯ ކުޑޫ ވަރަށް އަވަހަށް އަހަރުން ގެއަށް އާދެބަލަ… ވަރަށް އަވަހަށް” އާހިލް ހާސްކަމާއި އެކު ހަސްނާ ގާތު މިހެން ބުނުމުން ހަސްނާ ކުޑަކޮށް ކަން ބޮޑުވިއެވެ. “އާހިލް ކިހިނެތް ވީ؟ ހާދަ ހާސްވެފަ ތި ހުރީ؟” ހަސްނާ އާހިލް ގާތު ބުނެލިއެވެ. “މީ މަންމަ ހަމްކޮ އަށް މިރޭ ވަރަށް އަނިޔާ އެބަ ކުރޭ އަދި އަހަރުން އައިސް ގެއަށް ވަތްތަނާހެން ޕްލީޒް ކުޑޫ ވަރަށް އަވަހަށް އާދެބަލަ” އާހިލް އަށް ރޮވޭގޮތް ވި އެވެ. ހަސްނާ މި އަންނަނީ އޭ ބުނެފައި އަމްޖަދް ކައިރީ އެގެއަށް ދާނެ މަގު ކިޔައިދިނެވެ.

 

ހަސްނާ ގޮސް އެގެއާއި ހަމްވީއިރު އާހިލް ހުރީ ގޭގެ ގޭޓު ކައިރީގައެވެ. ހަސްނާ އާއި އަމްޖަދް ކާރުން ފޭބުމުން އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އެއިރު މޫމިނާ ހަމްޝާގެ ކޮޓަރިން ނިކުންނަކީއެވެ. މޫމިނާ އަށް ހަސްނާ ފެނުމުން ފުރަތަމަވެސް ވީ ހައިރާނެވެ. ހަސްނާ އެ ދިޔަ ގޮތަށްގޮސް މޫމިނާގެ ކަންކަށި މަތީގައި އެތިފަހަރެއް އަޅުވައިލިއެވެ. “މަގޭ ދަރި ކޮބާ؟” ހަސްނާ އެންމެ ފުރަތަމަވެސް ކުރީ ސުވާލެކެވެ. “ކަލޭގެ ދަރި އެހިރަ ކޮޓަރި ތެރޭގަ އޮންނާނެ އޭނަ ގޮވައިގެން ރައްކާވޭ” މޫމިނާ މިހެން ބުނުމުން ހަސްނާ އަވަހަށް ގޮސް ހަމްޝާގެ ކޮޓަރީ ދޮރު ހުޅުވައިލިއެވެ. އެއިރު ހަމްޝާ ހުރީ ކޮޓަރީ ފާރެއްގެ ކަނުތެރޭގަ އެވެ.

 

“ހަމްކޯ!!!” ހަސްނާ އަވަސް އަވަހަށް ގޮސް ހަމްޝާ ކައިރީގައި އިށީންދެލިއެވެ. އެއިރު ހަމްޝާގެ ލޯ ވަނީ އެއްކޮށް ރަތް ވެފައެވެ. އޭނާގެ ތުންފަތް ކައިރީގައި ތަންކޮޅެއް ފަޅައިގެން ގޮސްފައި ވެއެވެ. ހަމްޝާގެ ލޮލުން ހަމަ އެ ކަރުނަތަށް އޮހެމުން ދަނީއެވެ. ހަމްޝާގެ ލޯ ކައިރި ވަނީ ރަތް ވެފައެވެ. “މަންމާ…” ހަމްޝާ އަށް ބުނެވުނީ ހަމައެކަނި މިހެން އެވެ. ދެން ފެނުނީ ހަމްޝާ ހޭނެތިގެން ވެއްޓުން ތަނެވެ. “ހަމްކޯ!!! އަމްޖަދް އަވަހަށް ހިންގާބަލަ ހޮސްޕިޓަލަށް” ހަސްނާ މިހެން ބުނުމުން އަމްޖަދް ހަމްޝާ އޭނާގެ އަތް ދަނޑި މައްޗައް ލައިގެން ހޮސްޕިޓަލަށް ދިޔުމަށް ކާރަށްއެރިއެވެ.

 

އަމްޖަދް ގޮސް ކާރު ހުއްޓުވީ ރަށުގައި ހުންނަ ހޮސްޕިޓަލު ކުރިމަތީގައެވެ. ހަމްޝާ އެތެރެއަށް ވެއްދުމުން ހަސްނާ އާއި އަމްޖަދް ބޭރުގައި މަޑުކޮށްގެން ހުއްޓެވެ. “ހަނީ ހިންގާބަލަ ހަމްޝާ ހޭ އެރީމަ އަހަރުން ހަމްޝާ ގޮވައިގެން މަލެދާން؟ ސީޒް ސަފޮރިން” އަމްޖަދް ހަމްޝާ ސަލާމަރުން ބެހެއްޓުމަށް ބުނެލިއެވެ. “އާން މިފަހަރު އަހަރެން ދާނީ ހަމްކޮ ގޮވައިގެން އެންމެ ހިންދުކޮޅަކުވެސް ހަމްކޮ މިތާކު ނުބަހައްޓާނަން” ހަސްނާ ބުނެލިއެވެ.

 

އިރު ކޮޅެއް ފަހުން ޑޮކްޓަރު ނިކުމެ ހަމްޝާ ގެ ބެލެނިވެރިން ނާއި ބައްދަލު ކުރުމަށް އޭނާގެ ކޮޓަރިއަށް ބުންޏެވެ. “އިޒް ޝީ ސަފަރިން ފްރޮމް އަ ސިކްނެސް؟” ދޮކްޓަރު ފުރަތަމަ ވެސް ކުރީ ސުވާލެކެވެ. “ނޯ ޝީ ހޭޒް ބީން ކިޔޯރޑް ފްރޮމް އަ ސިކްނެސް 3 އިޔާޒް އެގޯ” ހަސްނާ މިހެން ބުނުމުން ޑޮކްޓަރު އޯހް އެއް ލައްވައިލިއެވެ. “ވެލް ޓުބީ އޮނެސްޓް ބިކޯޒް އޮފް ސޭޑްނެސް އެންޑް ޕެއިން ޝީ ބްލެކް އައުޓެޑް ޝީ ވިލް ބީ އޯލްރައިޓް ޓުމޯރޯ” ޑޮކްޓަރު މިހެނ ބުނުމުން ހަސްނާ އާއި އަމްޖަދް ޑޮކްޓަރު ދިން ބޭސް ސިޓީ ހިފައިގެން ނިކުތެވެ.

 

އަނެއްދުވަހު ހެންދުނު އާހިލް ހަމްޝާގެ ސޫޓް ކޭސް ހިފައިގެން ހޮސްޕިޓަލަށް އައެވެ. “ދޮންބޭ މީ ކޮންކަމެއް؟” ހަމްޝާ އަށް އާހިލް ހަމްޝާގެ ސޫޓްކޭސް ހިފައިގެން ހުރި ތަން ފެނި ބުނެވުނެވެ. “ހަމްކޯ ޔުއާތ ލައިކް މައި ލިޓުލް ސިސް އޭސް އަ ބިގް ބްރޮދާ އައި ޑޯންޓް ވޯންޓު ސީޔޫ ސަފާ… ދެން ޕްލީޒް ހަމްކޯ ކުޑޫ އާއި އެކު މާލެ ދޭބަލަ އައި ވޯންޓް ޔޫ ޓުބީ ހެޕީ” އާހިލް މިހެން ބުނުމުން ހަމްޝާ ގޮސް އާހިލް ގައިގައި ބައްދައިލިއެވެ. “އޯކޭ ދޮންބެ ބުނި ގޮތެއް… އެކަމު ދޮންބޭ އާރ ޔޫ ގޮންބީ އޯކޭ” ހަމްޝާ މިހެން ބުނުމުން އާހިލް ކުޑަކޮށް ޖެހިލުން ވިއެވެ. “ޔާ އައިމް ގޮނަބީ ފައިން” އާހިލް މިހެން ބުނުމުން ހަމްޝާ ހަސްނާ އަދި އަމްޖަދް އާއި އެކު ރަށުގެ ޖެޓީ އާއި ދިމާލަށްދިޔައެވެ.

 

ރަށުގެ ޖެޓީ އާއި ހަމައަށް ފޯރި ތަނާހެން ލޯންޗް އައިސް ޖެޓީ ކައިރީގައި މަޑުކޮށްލިއެވެ. ހަމްޝާ އާހިލް އަށް އަލްވިދާ ކިޔުމަށްފަހު ޒޯޔާ އާއި އާޔަން އަށް ސަލާމް ބުނުމަށް އެދި ހަސްނާ އާއި އަމްޖަދް އާއި އެކު ލޯންޗަށް އަރަން ދިޔައެވެ. ލޯންޗް އަށް އަރާފައި މާގިން އިރުތަކެއްނުވޭ ލޯންޗް ރަށުގެ ފަޅުތެރެއިން ނިކުމެގެން ދިޔައެވެ.

 

—ނުނިމޭ—

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Horror queen

Level 210 Stories

Other Articles

Previous

އެންމެ މަތިވެރި މައްސަރު

Next

އަބަދަށް އެކުގައި 17

Next
April 20, 2022

އަބަދަށް އެކުގައި 17

Previews
April 20, 2022

އެންމެ މަތިވެރި މައްސަރު



All Right Reserved!