Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވީމޭ އިންތިޒާރުގައި – 34 (ފަހުބައި)

Baby Devil Level 610 Stories100 Stories
April 20, 2022 5 Mins Read
9 Comments

“ކިޔާން މޮޔަ ނުވެބަލަ.. ކިޔާންއަށް ކޮން ކަމެއްތަ އަހަރެން ރީޝް ދެކެ ލޯބިވިޔަސް.. ނޫޅެމޭ ތިމީހުންގެ ދިރިއުޅުން ހަލާކު ކުރާކަށް.. އެލީޒާ ހެދިހެން އަހަރެންވެސް ފިލަންވީތަ؟ ލަންޑަނަށް ގޮސްގެން ރީހާންވެސް އެއައީ އެންމެފަހުން އެލީޒާ ނުފެނިގެން..” މާއިލް އަށް މުހިންމުވީ ރީޝަމްގެ އުފަލާއި ކިޔާންގެ އުފަލެވެ. ކިޔާން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުއްޓެވެ.”މީގެ ފަހުން ރީޝަމްއަށް ކިޔާންގެ ފަރާތުން ދުރުކަމެއް ފެނިގެން ނުވާނެ. އެހެން ނޫނީ..” އިންޒާރު ދީފައި މާއިލް ދެލޯ އަޅާލިއެވެ. “އެހެން ނޫނީ ކީއްކުރާނީ؟ މަ ކާލާނީ؟” ކިޔާން ވެސް ދެބުމަ ކައިރި ކޮށްލިއެވެ.”ކިޔާން ހަމަ އަސްލަށް ބޭނުންތަ މަ ރީޝްއާ މެރީ ކުރަން؟؟..”

 

**34 ވަނަ ޕާޓު**

 

“މާއިލް-..” ހަމައެކަނި އެހެން ބުނެފައި ކިޔާން ހުއްޓާލީ ރީހާން އައިސް އެތަނަށް މަޑުކޮށްލުމުންނެވެ.”ރީޝަމް އެބަ އުޅޭތަ؟..” ރީހާންގެ އަޑުގައި ހިތްހަމަ ނުޖެހުން ހުއްޓެވެ.”ކީއްކުރަން އޭނަ ހޯދަނީ؟..” ކިޔާން ވެސް ކޮށްލީ ސުވާލެކެވެ.”ވާހަކައެއް ބުނަން..” އެތެރެއަށް ބަލާލަމުން ރީހާން ބުންޏެވެ.”ތި ބުނަން އުޅޭ އެއްޗެއް މަގޭ ކައިރީގަ ނުބުނެވެނީތަ؟..”

 

“އަހަރެމެންގެ އަމިއްލަ މައްސަލައެއް އެއީ.. ދައްތަ ވެސް ބުނެގެން އެއްކޮށް އެ ޚަބަރު ދެނީ.. އަހަރެން ރީޝް އާއި މީޓް ކުރަން ފުރުސަތު ނުދޭނަމަ ބުނޭ ދައްތަ ބުންޏޭ ޔަމާން އާ ވާހަކަ ދައްކަން ބޭނުމޭ..އަހަރެމެން ގޮވައިގެން..” ޒުވާބަކަށް ދާން ބޭނުން ނުވުމުން ރީހާން ބުންޏެވެ. ކިޔާން ފާޑަކަށް ހޫމްއޭ ބުނެލުމުން ރީހާން ދިޔައެވެ.”ސޯ ތިބުނީ މަ ރީޝް އާ މެރީ ކުރާށޭ ތަ؟..” މާއިލް އަނގައަށް ގޮތެއް ހަދާލިއެވެ.”ދެން ދާންއުޅޭ.” މާއިލް ފައްސާލަމުން ކަހަލަ ގޮތަށް ކިޔާން އެތެރެއަށް ވަނެވެ.

 

“ރީޝަމް..” އެތެރެއަށް ވަނުމުގެ ކުރިން ކިޔާން އެއްކުރި ހުރިހާ ހިއްވަރެއް ލައިގެން ރީޝަމްއަށް ގޮވާލިއެވެ. ވަގުތުން ރިޔާއަށް ކޮންމެވެސް ކަމެއް ކޮށްދޭން ހުރެފައި ރީޝަމް އައެވެ. ރިޔާ ވެސް ފަހަތުން އައެވެ.”ކިހިނެއް ވީ ކިޔާ؟…” ހިނިތުންވަމުން ރީޝަމް އެއްސެވެ.”އަ.. އަހަރެން ރީޝަމް ވަރިކުރަން ބޭނުން..” ކިޔާން ބުނި ޖުމްލައިން ރީޝަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ.”ރިޔާ އެހަށް ވަދޭ އެތެރެއަށް!.” ލިބުނު ޝޮކްގައި ރީޝަމް ރިޔާ އާއި ދިމާއަށް ތަންކޮޅެއް ބާރަށް ވާހަކަ ދެއްކިއެވެ.

 

“ކިޔާން ކީކޭތަ ތި ކިޔަނީ؟؟” ރީޝަމް ކިޔާންގެ ގަމީހުގައި ހިފާ ތަޅުވައިގަތެވެ.”އެއްޗެހި ޕެކް ކުރޭ.. ކޯޓަށް ދާން ވެސް ތައްޔާރު ވެގެން ހުންނާތި.” ކިޔާން ރީޝަމް އާއި ދުރުވެލަމުން ބުންޏެވެ. ވީ ދެރައިން ރީޝަމްއަށް ނޫނެކޭ ކިޔާފައި ހަޅޭއްލަވައި ގަނެވުނެވެ.”ހެޔޮނުވާނެ ކިޔާން ޕްލީޒް! ރިޔާއަށް ވާނެ ގޮތަކާއި މެދު ކުޑަމިނުން ވިސްނާލަބަލަ އަހަރެން މަތިން ފޫހިވިޔަސް…” ރޮމުން ރީޝަމް އާދޭސް ކުރިއެވެ. ކިޔާންއަށް އެއްޗެކޭ ނުބުނެވުނެވެ. އެހެން ކަމުން ކޮޓަރިއަށް ވަދެގެން ދިޔައީއެވެ. ރީޝަމް ރޯންފެށިއެވެ. ކިޔާން ކިތަންމެ ދުރުން އުޅުނަސް މިވަރު ކަމަކަށް އެދޭނޭ ދުވަހަކު ވެސް ރީޝަމްގެ ހިތަކަށް ނާރާ އެވެ.

 

ކިޔާން ފާޚާނާ އާއި ދިމާއަށް މިސްރާބު ޖެހީ ތާޒާ ވެލުމަށެވެ. ފެންވަރާލައިގެން ކިޔާން ނިކުތް އިރު ރީޝަމް ކޮޓަރިއަށް ވަންނަނީއެވެ. ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ކިތަންމެ އަޅާ ނުލާން މަސައްކަތް ކުރި ނަމަވެސް ކިޔާންގެ ހިތަށް އުނދަގޫވިއެވެ. ރީޝަމްއަށް ސަމާލުކަން ނުދޭކަމަށް ހަދަމުން ކިޔާން ގަމީހަކާއި ޖިންސެއް ލައިގެން ކޮޓަރިން ނިކުތީ ކޯޓަށް ދިއުމަށެވެ.

 

ނަމަވެސް ކޯޓުގެ ކުރިމަތިން ފެނުނު މަންޒަރަކުން ކިޔާން މަޑުކޮށްލިއެވެ.”ޕްލީޒް.. އަހަރެން ކީއްހޭ ކުރީ! އަހަރެން ބަލިވުމަކީ އަހަރެންގެ ކަމެއްތަ؟ ކާކު އަހަރެމެންގެ ދަރިފުޅަށް ޚަރަދު ކުރާނީ؟ އަހަރެން ވަކި ވަންނާނީ ކޮންތާކަށް؟ ހެޔޮނުވާނެ އަހަރެން ވަރި ނުކުރޭ!…” ދިހަ އެގާރަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖެއް ގޮވައިގެން ހުރި އަންހެން މީހާ އާދޭސް ކުރަމުން ދިޔައީ އޭނާގެ ފިރިމީހާ ކައިރީގައި ވަރި ނުކުރުމަށް އެދިއެވެ.”ތީ މަގޭ އަންބެއް ނޫނޭ ތިހުރީ ވަރިކޮށްފައޭ ކިތަށް ފަހަރު ހޭ ބުނަންވީ!!!.”އެ ފިރިހެންމީހާ ހަޅޭއްލަވައި ގަތީ ރުޅިއައިސްފައެވެ.

 

“ކިހާ ދެރަ.. އަހަރަމެންގެ މުޖުތަމަޢުގަ ވާހަކަ ރަނގަޅަށް ވާނީ ނުދެއްކިއްޔާ..” ފަހަތުން އިވުނު މީހެއްގެ އަޑުން ކިޔާން ފަހަތަށް އެނބުރުނެވެ. އޭރު ނުލާހިކު ހިތްދަތި ވެފައި އެ ތިރީސް ވަރަކަށް އަހަރުގެ މީހާ ޒުވާބު ކުރަމުންދިޔަ ދެމީހުންނާ ދިމާއަށް ބަލަން ހުއްޓެވެ.”ކީއްކުރަނީ މިތަނުގަ..” އޭނަ ކިޔާން އާއި ސުވާލު ކުރިއެވެ.”އަނެއް.. މީ ވަރީގެ ފޯމެއް ބަލާ..” ޖެހިލުންވެފައި ކިޔާން ބުންޏެވެ.”އައްދެ.. އަންހެނުން ރުޅިއެރުވީތަ؟.” އޭނާ ހިނިގަނޑެއް ޖަހާލިއެވެ.”ނޫނޭ ކުޑަ މައްސަލައެއް އޮތީމަ ދެން.. ކިހިނެއްވެ ތިއެހީ؟” ކިޔާން ކުޑަކޮށް ހިތްހަމަ ނުޖެހުނީ އެ ނުދަންނަ މީހާ ސުވާލު ކުރާތީއެވެ.

 

“އަހާލީ ހަމަ.. އިނގޭ އެހާ ގަޔާ ނުވާނެކަން އެކަމަކު ޖެހުނު މައްސަލަ ހައްލު ނުކޮށް ވަރިވިއްޔާ ފަހުން ޖެހިދާނެ ހިތާމަ ކުރަން ވެސް.. އަހަރެން ވެސް ފުރަތަމަ އަހަރެންގެ އަންހެނުން ވަރިކުރީ ކޫސަނި ކަމަކަށް.. މިހާރު އަހަރެން ހިތާމަ ކުރަން އެކަމަށް..” އޭނާ ވާހަކަ ދެއްކިއެވެ. ނޭނގޭ ސަބަބަކާހުރެ ކިޔާން އެވާހަކަ އަށް ޝައުގުވެރިކަން ދެވުނެވެ.”އެ ކީއްވެ ހިތާމަ ކުރަންވީ؟..” ކިޔާން އެހިއެވެ.”ކޮންމެ އެއްޗެއްގެ ވެސް މުހިންމުކަން އިނގޭނީ އެ އެއްޗެއް އަތުން ބީވެގެން ދާ ފަހުން.. ހަމަ އެގޮތަށް އިންސާނުން ވެސް.. އަހަންނަށް ވެސް ވީ އެހެން..”

 

“ޚާއްސަކޮށް ތިކަހަލަ ޒުވާން އުމުރުގައި މައްސަލަ ހައްލުކުރަން މަސައްކަތް ނުކޮށް ވަރިކުރަން ނިންމުމަކީ އަސްލު ވަރަށް ހިތާމަވެރިކަމެއް..އޭ ނެތޭ ކުރެވޭކަށް މާ ގިނައިރަކު.. ދަނީ އިނގޭ..” އެމީހާ އެހެން ބުނެފައި ދާން ހިނގައިގަތެވެ. ކިޔާންއަށް އަދިވެސް އެއްފަހަރު ކޯޓާއި ދިމާއަށް ބަލާލެވުނެވެ. އޭރު އެއްކަލަ އަންހެން މީހާ ދަރިފުޅުގެ ގައިގައި ބައްދައިގެން ރޯން އިނީ ގޮތް ހުސްވެފައެވެ. ރީޝަމް އާއި މެދު ވިސްނާލެވުނެވެ. ރީޝަމް ދޫކޮށްލާފައި ކިޔާން ދާނެ ދުވަހަކުން ރީޝަމް ވެސް ވާނީ މި ހާލުގައިތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. ނުވެސް ދަންނަ އަދި ކުޑަމިނުން ނަން ވެސް ނޭނގޭ މީހަކު އައިސް ދެއްކި ވާހަކަތަކުން ކިޔާންއަށް ވިސްނަން މަޖުބޫރު ވިއެވެ.

 

ކިޔާން ރީޝަމް އާއި އެކީ އުޅެގެން މާއިލްގެ ހިތަށް ތަދުވިޔަސް އެންމެ ރަނގަޅީ އެގޮތް ކަން އިނގުނީ ބޮޑަށް ވިސްނާލުމުންނެވެ. މާއިލް ފުރަތަމަ ބުނިހެން ދެވަނަ ލޯތްބޭ ކިޔާ އެއްޗެއް ވެސް އޮވެއެވެ. ސިދާ މި ވަގުތުން ވަގުތަށް ނޫނަސް މާއިލްއަށް އެ ނަސީބު ވެސް ލިބިދާނެއެވެ. ރީހާން އާއި ދުރުގައި ރީޝަމް ބަހައްޓައިގެން ވެސް ވަކި ފައިދާއެއް ވި ހެއްޔޭ ހިތަށް އެރުމުން ކިޔާން ބޮލުގައި ރިއްސާލިއެވެ. ކިޔާން ހިނިތުންވެލިއެވެ. އެމީހާއަށް ހިތާއި ހިތުން ޝުކުރުވެރިވެ ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ.

 

“ރީޝް..” ކޮޓަރިއަށް ވަދެފައި ކިޔާން ގޮވާލިއެވެ.”ރީހާން ބުނީ ދައްތަ ބޭނުމޭ ބައްޕައާ ވާހަކަ ދައްކަން ރީޝްމެން ގޮވައިގެން.. އެންޑް ސޮރީ..” ރިޝަމްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކިޔާން ހީނލިއެވެ.”ކިހާ އެދުން ބޮޑު މީހެއް މީ؟ ހިތަށް އެރީމަ ރީޝް ދޫކޮށްލާފަ އަލުން ލޯބިވަން؟..” ރީޝަމް އާއި ދިމާއަށް އެނބުރިފައި ކިޔާން ފުން ނޭވާއެއް ލާފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ.”ނޫން ކިޔާން އެދުން ބޮޑެއް ނޫނޭ.. އެންޑް އިޓްސް އޯކޭ..” ދެލޯ ރަތްވެ ދުޅަވެފައި ހުރި ނަމަވެސް ރީޝަމް ވެސް ކިޔާންގެ ގައިގައި ބައްދާލަމުން ހިނިތުންވުމެއް ދިނެވެ.

 

ހުރިހާ ކަމެއް ހައްލު ވުމުން ރީޝަމް ބޭނުންވީ ރީހާން އާއި ބައްދަލު ކުރަންށެވެ. ކިޔާންގެ އެއްވެސް މައްސަލައެއް ނެތުމާއި އެކު އާނިޔާ މެންގެއަށް ރީޝަމް ދިޔައެވެ.”ބައްޕައާ މީޓް ކުރަން މި އައީ..” ސޯފާގައި ލިއީޝް އާއި އެކީ އިން ރީހާންއަށް ބަލާލަމުން ރީޝަމް ބުންޏެވެ.”އޯހ އަސްލުތަ؟ ކިޔާން ކޮބާ؟.” އާނިޔާ ރެޑީވަމުން އެހިއެވެ.”ގޭގަ ވީ.. ބުނި އޯކޭއޭ..” ރީޝަމް ހީނލަމުން ރީހާން ކައިރީގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ. ލިއީޝް ވަގުތުން ރީޝަމްގެ ގައިގައި ބައްދާލަމުން ހަނދާންވި ވާހަކަ ބުންޏެވެ.

 

★★★

 

އާނިޔާގެ ކޯލްއަކަށް އިންތިޒާރު ކޮށްގެން ހުރި ޔަމާން ރިންގްވަމުން ދިޔަ ފޯނަށް ބަލާލިއެވެ. ގުޅަނީ އާނިޔާއަށް ވުމުން ހިތްހަމަ ޖެހިފައި ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އޭނާގެ ދެ ދަރިންނާއި އެކީ ބައްދަލު ކުރަން ބޭނުންވާކަން ބުނުމުން ޔަމާން ނުރުހުނަސް ފާޑަކަށް ހިތްހަމަ ވެސް ޖެހުނެވެ.”މި ދަނީ.. އަދިވެސް ރަށުގަ ދޯ؟..” އާނިޔާ އެހިއެވެ.”ހޫމް އަވަސް ކުރާތި..” ޔަމާން ޖަވާބު ދީފައި ފޯނު މޭޒުމަތީގައި ބޭއްވިއެވެ. ރެސްޓޯރެންޓް ގެ ނަން ވެސް ބުނެފައެވެ. އެހާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އެ ތިން މީހުން އައިސް ޔަމާން އިން މޭޒު ކައިރީގައި އިށީނެވެ. އަހަރު ތަކަކަށްފަހު އަނިޔާވެރިޔާގެ ކުރިމަތީގައި އިންނަން ޖެހުމުން ރީހާން ހިތް ފުރުނީ ރުޅިވެރިކަމުންނެވެ. ރީޝަމް އިނީ އިސްޖެހިގޮތަށް ނަގަން ނުކެރިފައެވެ.

 

“ކީއްކުރަން ވާހަކަ ދައްކަން ބުނީ؟.. ކުރިން ފަހަރު ގޮތަށް ކޫސަނި ކަމެއްތަ އަނެއްކާ؟..” ޔަމާން އެހީ ފޮނި ގޮތަކަށެވެ.”ނޫނޭ.. ރީހާން އައުމަށްފަހު އަހަރެން ބޭނުންވީ ހުރިހާ ހަޤީޤަތެއް ހޯދަން.. ކިޔާދެވިދާނެތަ؟..” މަޑުމައިތިރި ކަމާއި އެކު އާނިޔާ އެހިއެވެ.”ކޮން ކަމެއް..” ޔަމާންގެ ދެބުމަ ކައިރިވިއެވެ.”ތިހާ އަނިޔާވެރިވާން ޖެހުނު ސަބަބު..” އާނިޔާ ޖަވާބު ދިނެވެ.”އައްދެ.. ރޭޝްމާ އެންމެ ގާތް އެކުވެރިޔާއަށް ވެސް ނުބުނޭތަ؟.. މަކަރުވެރިއޭ ދޯ..” މަލާމާތުގެ ހީނލުމަކާއި އެކު ޔަމާން ދުރު ބަލާލިއެވެ. ރީހާންއަށް ނުހުރެވިގެން ލޯ އަޅާލެވުނެވެ.”އެންމެ ރަނގަޅު.. ރޭޝްމާގެ ބަނޑުގައި އޮއްވާ މަރުވި ރިފާ އަކީ އަހަރެންގެ ދަރިއެއް ނޫން..ލިހުވާންގެ..” ޔަމާންގެ ޖުމްލަ ރީހާންގެ ކަންފަތް ދަށުގައި ގުގުމާލިއެވެ. އާނިޔާއަށް ދެލޯ ބޮޑުކޮށްގެން ހުރެވުނެވެ.

 

“ތެދު އެއީ.. އެކަން އިނގުނީމަ އަހަރެން ޤަބޫލެއް ނުކުރަން ރީހާން އާ ރީޝަމް އަކީ ވެސް މަގޭ ދަރިން ކަމަކަށް.. އާނިޔާއަށް ވެސް ފެންނާނެ މަ ކައިރިން ވަކިވެގެން އޭނަ ދިޔައީ ލިހުވާން ކައިރިއަށް.. އަހަންނަށް ހެކި ދައްކަންށޭ ކިޔާފަ ދެމީހުންގެ ޑީއެންއޭ ޓެސްޓް ހަދާފަ ދެއްކި އެކަމަކު މަށެއް ޤަބޫލެއް ނުކުރާނަން.. އުންމީދު ކުރަން ސާފު ވެއްޖެކަމަށް..” ޔަމާން އިނީ ނުރުހުންވެފައެވެ. އާނިޔާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޔަމާން ނިކުމެގެން ދިޔައީއެވެ. ރީހާން އަށާއި ރީޝަމްއަށް އެކަކު އަނެކަކަށް ބަލާލެވުނީ ހައިރާންވެފައެވެ. ޔަމާން ރޭޝްމާ ދެކެ ލޯބި ވާނަމަ އެހާ ވަރަށް ޝައްކު ކުރަންވީ ކީއްވެ ހެއްޔޭ އެންމެންގެ ހިތަށް އެރިއެވެ. އާނިޔާ ބުނީ ފަހަރުގައި ޔަމާން އެ ޝައްކު ތަކުގައި ހުރެ ރޭޝްމާ މަތިން ފޫހި ވެސް ވެދާނެއޭއެވެ. ގެއަށް އައިސް ކިޔާން ކައިރީގައި ރީޝަމް ހުރިހާ އެއްޗެއް ކިޔާދިނެވެ. ލިއީޝް އަށް ވެސް ރީހާން ކިޔާދިނެވެ.

 

“ދެން އަދިވެސް ނުވިސްނަންތަ އެކްސިޑެންޓްގެ ވާހަކަ ބުނާކަށް؟..” އެރޭ ނިދަން އޮވެފައި ކިޔާން އެހިއެވެ.”ހޫމް.. ދައްތަ ކައިރީ އެހީމަ އިތުރަށް ބުނާނެ ކަމެއް ނެތޭ އިނގެންވާ ދުވަހުން އިރާދަކުރެއްވިޔާ ދޮންބެއަށް އިނގޭނެއޭ ބުނީ..” ރީޝަމް ބުންޏެވެ. އިރުކޮޅަކު ވާހަކަ ދައްކަން އޮވެފައި ރީޝަމްއަށް ނިދުނު އިރު ކިޔާން އަށް އޮތީ ނިދިފައެވެ. މާއިލްގެ އެދުމަށް ކިޔާން ކަންތައް ކުރީ ރީޝަމް ދެކެ ލޯބިވާތީއެވެ. އެކަން މާއިލްއަށް ވެސް އިނގެއެވެ. އިރާދަކުރެއްވިޔާ އޭނައަށް ވެސް އަދި ބައިވެރިޔަކު ލިބޭނެއެވެ. ރީޝަމް އާއި ކިޔާން ނިދީގައި ކައިރިވެލަމުން އެކަކު އަނެކަކުގެ ގައިގައި ބައްދާލިއެވެ. ކުރި އިންތިޒާރުގެ ނިމުން އައީ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ.

– ނިމުނީ –

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ވައުދޭ ވެވޭ މީ… 16

Next

ހިނިތުންވެލާށޭ ކަލާ 11

Next
April 20, 2022

ހިނިތުންވެލާށޭ ކަލާ 11

Previews
April 19, 2022

ވައުދޭ ވެވޭ މީ… 16

9 Comments!

  1. Ayeshath Amaana says:
    April 20, 2022 at 1:07 pm

    Alhe alhe alhe kihineh mi vyyy??? Heevex nukuran nimidhaane kamah …. But vrh vrh vrh vrh vrh vrh rythi ingey … Just loved it …. Ekm heevany this story can be continued hn adhivex … But it choice dhw ☺️☺️ .. as ur biggest fan…I would like to say I love every bit of every story of u … N I look forward to more stories of u … I love all ur stories…. Hope u will write a new story .. definitely even if anyone don’t read it .. I will read it ….
    Lysm
    Tc stay safe
    Look forward to ur new story…. ????? Byee

    1. Ayeshath Amaana says:
      April 20, 2022 at 6:32 pm

      Dhn oiyy storyah veeme inthizaarugaa ingey…hehe lysm ??

    2. Baby Devil says:
      April 22, 2022 at 5:42 am

      Maa avahah dhw mi nimmaalevuni ? Yes ekm adhi nuvisnan season 2 liyaakah ? Thank you ?? And yes mi aharuge dhuvahehga in sha Allah kiyaalan libeyne. Hehe happy to know inthizaaruga vaakan ?
      Ly2, tgc amaana <33

  2. Nayaa Nayaa says:
    April 20, 2022 at 2:17 pm

    alheyyyyy story nimuneethrrr?? ehaa kiyaa hithun huttaa.. anyways mee hama vvvvvvv reethi story eh ingey.. but nimunu goiy was not expected at all.. i mean, i rly wanted to know wut hpnd to eliza.. nd i was low-key waiting for eliza nd maail to be together..lol.. but srsly.. a season 2 will be nice.. plz don’t think of this as a negative cmnt ingeyyy.. mee hama my number one most fvrt stry.. hama enme kiyaa hithun kiyaalaa ninmaalevunu story mee.. nd ur soooo talented masha allah.. this is a pure masterpiece.. if u ever decide to write to a season 2, i’ll be the first one to read nd comment.. hehe.. once again hama vvvvvvvvv reethi inge mi stry.. unmeedhu kuran dhn liyaa vhk vx hama mihaa reethi vaane kamah.. good luck with ur journey dear.. stay blessed nd happy always.. lysssssssssm.. tvgc.. waiting for ur next story.. will always support u darlx <3333333333

    1. Baby Devil says:
      April 22, 2022 at 5:43 am

      Yeah 🙁
      Right, I should have added that part too,?
      I’m not taking Ur comment negatively Nayaa ? And varah ufaa vejje ?
      Alhey I didn’t think of writing a 2nd season ):
      Thank you, and tgc Nayaa <33

  3. Ey Brw says:
    April 20, 2022 at 2:30 pm

    Wowww mi vvvv rythi❤❤❤❤vhk nimuny dhw ?
    Ninmaali iru maail vx marry kohfa ninmaali nama salhi vaane…..ekm vx hama vrh salhi mi vhk❤❤????????

    1. Baby Devil says:
      April 22, 2022 at 5:44 am

      labba nimuny 🙁
      yea ebai genevunnama dhw and thank you “Ey Brw” ??

  4. Anonymous says:
    April 20, 2022 at 3:12 pm

    Devil girluuuuuu ❤️❤️❤️
    Finally stry nimuny dhw ?
    Vrh dheravi nimunyma Dhen konme ehchakah vx nimun annaane kan hithah aruvaalaigen nxt stry ah inthixaaru kuraanee ??? Dhen oeh stry ah Vamey inthixaaruga ??? Heyyy sisoo mi stry feshigen nimendhen kiyun iru vx neyngun ehaa vx rythi ❤️❤️❤️??? Masha Allah ??? hama satheyka Akun satheyka eh ??? sifa kurunthah vx vrh rythi ❤️????? ibaaraih kurunthah vx hama satheyka ?????❤️ sisu mathin I vrh miss vaane inge ???luvs u vrh bodu koh ??? n sisooo mi kahala rythi strys liyedheythy vrh bodah thankiu ❤️??????????♥️??❣️??
    Takecare sisu
    Staysafe sisu

    1. Baby Devil says:
      April 22, 2022 at 5:45 am

      Yes dhw anonymous >_< ahahah I also hope e story ah inthizaaruga vaane kamah 😀 I'll miss u guys ge sweet comments too vrh bodah <33
      Ily2 anonymous ?, And yes iraadhakureviya kuirah oiy thanuga vx liyaanan ingey dear?
      Np and Tysm from me too ??
      Tgc and stay safe anonymous

Comments are closed.



All Right Reserved!