ރީހާންއަށް ދެވުން އިރު އެލީޒާގެ ހޭ ނެތެވެ. ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދި އިރު ހާލު ވަރަށް ގޯހެވެ. ލިއީޝް ދުވެފައި ހޮސްޕިޓަލަށް ވަނީ އެވަގުތެވެ.”ލިޝް.. އެލީ ސުސައިޑް ވާން އުޅެނިކޮށް ކިރިޔާ ސަލާމަތްވީ..” ގޮތްހުސްވެފައި ރީހާން ލިއީޝް ކައިރީގައި ބުންޏެވެ.”ޕޮލިހުން ރީހާން ސަސްޕެކްޓް ކުރޭ އެބަ..” ލިއީޝް ދިން ޚަބަރުން ރީހާންގެ ދެލޯ ބޮޑުވިއެވެ.
**32 ވަނަ ޕާޓު**
“އިތުރު މީހަކު އެތާ ނެތް ކަމަށްވެފަ ދުރުން މަންޒަރު ފެނުން ބަޔަކު ވެސް ބުނީ ރީހާން އެލީޒާ އަޑިން ނެގިތަން ފެނުނޭ..ދެޓްސް ނޯ ޕްރޫފް..” ލިއީޝް ވެސް އިނީ ރީހާން އެކޭ އެއްފަދައިން ހާސްވެފައެވެ. އެވަގުތު އަންހެން ފުލުހަކާއި ފިރިހެން ފުލުހަކު ރީހާން އާއި ދިމާއަށް ހިނގާފައި އަންނަތަން ފެނެއެވެ.”ޕްލީޒް ރީހު.. އައި ނޯ ރީހު އެކަހަލަ ކަމެއް ނުކުރާނެކަން..” އެމީހުން އަރާ ހަމަވުމުގެ ކުރިން ލިއީޝް ބައްދާލާފައި ބުންޏެވެ.”މުހައްމަދު ރީހާން ޔަމާން.. އަޅުގަނޑު މެންނާއި އެކީ ދުރުވޭ..” އެތާ ހުރި ފިރިހެން މީހާ ރީހާންގެ ކައިރީގައި އަދަބުވެރިކަމާއެކު އެދުނެވެ. އޭނަގެ ބޮލުގައި އެޅެން އެއުޅެނީ މީހެއްގެ މަރުގެ ޒިންމާއެއްކަން އިނގުމުން ރީހާންގެ ހިތުގައި އުފެދުނީ ބިރުވެރިކަމެވެ.
އެމީހުން ފަހަތުން ޕޮލިސް ސްޓޭޝަނަށް ދިޔަ އިރު އަނބުރާ ހޮސްޕިޓަލަށް ދާން ހިތަށް އެރިއެވެ. ނަމަވެސް ފިރިހެން ފުލުސް މީހާ ފަހަތުގައި ހުރުމުން އެކަން ވާކަށް ނެތެވެ. އެތެރެއަށް ވަދެވުން އިރު ދެތިން މީހަކު ފިޔަވައި އިތުރު ބަޔަކު ފެންނާކަށް ނެތެވެ. ރީހާން ގެންދިޔަގޮތަށް އެމީހުން ވެއްދީ ސުވާލުކުރާ ކޮޓަރިއަށެވެ. އިރުކޮޅަކުން އަންނާނެ ކަމަށް ބުނަމުން އެދެމީހުން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި ރީހާން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ބޮލުގައި މިކަހަލަ ތުހުމަތެއް އެޅޭނެކަމަށް ރީހާން އުންމީދެއް ނުކުރެއެވެ. ފުލުސް މީހާ ކައިރީގައި ހަޤީޤަތް ކިޔާދޭން ރީހާން ވަގުތު ގުނަން ފެށީ އޭނާގެ އިންތިޒާރުގައެވެ.
އެ ކޭހާއި އެވަގުތު ހަވާލުވެގެން ހުރި ފުލުސް މީހާ، ފައިޒާން އެތެރެއަށް ވަދެގެން އައިތަން ބަލަން ރީހާން އިނީ ހަމަޖެހިލައިގެންނެވެ. ކުރިމަތީގައި ހުރި ގޮނޑީގައި ފައިޒާން އިށީނދެ ރީހާން އާއި ދިމާއަށް ރަނގަޅަށް ބަލާލިއެވެ.”މުހައްމަދު ރީހާން.. މިތަނަށް ގެނައި ސަބަބު އިނގޭ ؟..” ފައިޒާން އެހިއެވެ. ރީހާން ހަމައެކަނި ބުމަ އަރުވާލިއެވެ.”ތިބޭފުޅުން ކިތަންމެ ވަރަކަށްވެސް މި މައްސަލަ ބެލިޔަސް އެކަން ކުރީ އަޅުގަނޑެއް ނޫން..” ސުވާލު ކުރުމުގެ ކުރިން ރީހާން ބުންޏެވެ.”އެކަމަކު ރިޕޯޓް ކުރި ބަޔަކު ބުނީ ރީހާން އާއި އެލީޒާ މޫދާއި ހިސާބުން ފެނުނީ އެކީގައޭ..” ފައިޒާން ބުންޏެވެ.”ތި ރިޕޯޓް ކުރި މީހުންނަށްތަ އިނގެނީ އެހުރިހާ އެއްޗެއް؟ އަހަރެމެން ދެމީހުން އެތާ ވާހަކަ ދައްކަން ތިބީ އަމިއްލަ މައްސަލައަކާ ގުޅިގެން.. ފަހުން އޭނަ ސުސައިޑް ވާން ދިޔައީމަ އަހަރެން ގޮސް އޭނަ ހޮސްޕިޓަލަށް ވެސް ގެނައީ..” ރީހާންގެ އަޑުން ހިތްހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ.
ފައިޒާން އިތުރު ދެތިން ސުވާލު ކުރުމުން ވެސް ރީހާން އެއްބަސް ނުވުމުން އެލީޒާ ހޭ އަރަންދެން ރީހާން ކުޑަ ގޮޅިއަކަށް ލާފައި ބޭންދިއެވެ. ލިއީޝް އަށް އެ ޚަބަރު ލިބުމުން ޕޮލިހުންނާއި މެދު ހިތްހަމަ ނުޖެހުން އުފެދުނެވެ. އެއާއި އެކު އެލީޒާގެ ހާލު ފަހަރަކަށް ވުރެ ފަހަރެއް ދަށަށް ދާތީ އާއި އެކީ ރީހާން އާއި މެދު ވިސްނަން ހަދައިގެން ލިއީޝް ސިކުނޑި ވެސް ސުމަކަށް ދާގޮތް ވިއެވެ. އެންމެފަހުން ޑޮކްޓަރުން ވެސް އުންމީދު ކަނޑާލީ ހުއްޓުމެއްނެތި ހަފްތާއެއް ވަންދެން ފަރުވާ ދިނުމަށް ފަހުއެވެ. ރީހާން އާއި ހިސާބަށް ލިއީޝް އެ ޚަބަރު ގެންދިޔައީ ރީހާންއަށް ވާނެ ގޮތަކާއި މެދު ވަރަށް ވިސްނުމަށް ފަހުއެވެ. އޭނާގެ އެންމެ ލޯބިވާ ފަރާތް މިހުރިހާ ދުވަހު ބެލި އެލީޒާއަށް ލިއީޝްގެ ހިތުގައި ވެސް ކޮއްކޮއެއްގެ ލޯބި އުފެދިއްޖެއެވެ. ރީހާންގެ މޫނުމަތިން މާޔޫސްކަން ފާޅުވިތަން ލިއީޝްއަށް ފެނުނެވެ.
ކަންތައް ވީ އެންމެން ހީކުރި ގޮތަކަށް ނޫނެވެ. ޑޮކްޓަރުގެ އުންމީދާއި އެކީ އެހެން މީހުންގެ އުންމީދު ނިވުނަސް އެލީޒާ ހޭ އެރީ ޑޮކްޓަރ އެހެން ބުނިތާ ހަތަރު ދުވަސް ފަހުންނެވެ. ހޭ އެރުމާއި އެކީ ފުރަތަމަ ވެސް ފުލުހުން ވަންނަން ޖެހުނީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.”އަހަރެން އަމިއްލައަށް ކުރި ކަމަކުން ރީހާން ކުށްވެރި ވީމަ ވަރަށް ދެރަވެއްޖެ.. އެކަމަކު އަހަރެން ހުވާ ކޮށްފަ ބުނަން އެއީ އަހަރެން އަމިއްލައަށް ކުރި މޮޔަ ކަމެއް.. ރިގްރެޓް ކުރެވެން ފެށީ މާ ފަހުން.. އެގަޑީގަ އަމިއްލައަށް ބުނެވުނު އެއްޗެއްގެ ސަބަބުން އަހަރެން ސިކުނޑި މަސައްކަތް ކުރީ ނުބައިކޮށް..” ފައިޒާން ސުވާލު ކުރުމުން އެލީޒާ ޖަވާބު ދިނެވެ. އެކި ގޮތްގޮތުން ސުވާލު ކޮށްގެން ވެސް އެލީޒާގެ ޖަވާބުތައް ރީހާންގެ ވާހަކަ ތެދުކަން ސާބިތު ކޮށްފިއެވެ. ފުލުހުން އެކަމާއިމެދު ވާހަކަ ދައްކައިގެން ރީހާން ދޫކޮށްލުމާއި އެކު ފުރަތަމަ ވެސް ދިޔައީ އެލީޒާ ކައިރިއަށެވެ.
ރީހާން ފެނުމާއި އެކީ އެލީޒާ ގަދަކަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ބަލިހާލަތު ހުރިގޮތުން އެ މައުޟޫއަށް ދާކަށް ރީހާން ބޭނުމެއް ނުވިއެވެ.”ރީޝްމެން ދެންމެ އައިސް މިތާ ހުރެހުރެފަ އެ ދިޔައީ..” ރީހާން އެވާހަކަ ފަށާނެހެން ހީވެގެން އެލީޒާ އަވަސް އަވަހަށް ބުންޏެވެ.”އޯހ..” ރީހާންއަށް އިތުރު އެއްޗެއް ބުނަން ނޭނގުމުން ބުންޏެވެ.”ރުޅި އައިސްގެން ދޯ ތިހުރީ.. ވަރަށް ބޮޑަށް ސޮރީ..” އެންމެފަހުން އެލީޒާ އެވާހަކަ ފެށިއެވެ.”ތިވާހަކަ މިހާރު ނުދައްކާ.. އެލީ ރަނގަޅު ވީމަ ދައްކާނީ..” އެލީޒާއަށް އިތުރު ގެއްލުމެއް ވެދާނެތީ ރީހާން ޖެހިލުންވިއެވެ.
“ނޫން މިހާރު ބޭނުން މިކަން ހައްލުކުރަން..” ފަހަށް ކަމެއް ރާވާފައި ވާތީ އެލީޒާ އެދުނެވެ.”އަހަރެން ލިއީޝް އާއި މެދު ނަފްރަތެއް ނުކުރާނަން.. ހަމައެގޮތަށް ރީހާންގެ ދިރިއުޅުން ހަލާކު ނުކުރާނަން..” އެލީޒާ ވާހަކަ ދައްކަމުން ދިޔަ ގޮތަށް ހުއްޓައިލީ ޑޮކްޓަރ އައުމުންނެވެ. ފަހުން ވާހަކަ ކުރިއަށް ގެންދަން ނިންމައިގެން ރޫމުން ނިކުތް ރީހާންއަށް ނޭނގުނު ކަމަކީ މިއީ އެންމެ ފަހުގެ ބައްދަލުވުން ކަމެވެ. އެކަން އެލީޒާއަށް އިނގޭތީ ދެރަވެފައި ރީހާން ދާތަން ބަލަން އިނެވެ.
އަނެއް ދުވަހު ރީހާން ލިއީޝް އަށް ހުރިހާ ވާހަކައެއް ކިޔާދީފައި ލިއީޝް ވެސް ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އެލީޒާ އާއި މެދު ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް ދެރަ ވެސް ވިއެވެ. އެރެއަކީ ވިއްސާރަ ރެއަކަށް ވެފައި ޑިއުޓީގައި އިންނަ މީހާއަށް އިނީ ނިދިފައެވެ. ރީހާން އެލީޒާ އޮންނަ ރޫމްގެ ދޮރު ހުޅުވާލުމާއި އެކު ހުހަށް ހުރި އެނދު ފެނުނެވެ.
ފާޚާނާގައި ކަމަށް ހީކޮށް ލިއީޝް ގޮސް ތަޅުގައި ހިފާ އަނބުރާލިއެވެ. އަނދިރިކޮށް އޮތް ފާޚާނާ ފެނުމުން ރީހާން ދެބުމަ ކައިރިވިއެވެ. ރޫމް ނަމްބަރާއި ބެޑްގެ ނަމްބަރު ޗެކް ކުރި އިރު އެއީ ހަމަ އެލީޒާ އޮތް ތަނެވެ. ރަނގަޅަށް ބަލައިލުމާއި އެކު އެނދަށް ޖަހާފައިވާ ލޭތިކި ތަކާއި އެކު ނައްޓާލާފައިވާ އައިވީ ފެނުމުން ލިއީޝްގެ އިތުރުން ރީހާން ވެސް ހާސްވިއެވެ. ގެންގުޅުނު ފޯނާއި ހުރިހާ އެއްޗެއް ބަހައްޓާފައި އެލީޒާ އެ ދިޔައީ ކޮންތާކަށް ބާއޭ ހިތަށް އެރިއެވެ.
★★★
ފްލައިޓަށް އަރާ ހަމަޖެހިލި އެލީޒާގެ ދެލޯ ވަނީ ތެމިފައެވެ. އޭނަ މުޅި އުމުރަށް ރީހާން އާއި ވަކިވެގެން އެދަނީ ރީހާންގެ އެންމެ ހަނދާނެއް ވެސް ނުލައެވެ. ލަންޑަން ދޫކޮށްފައި އޭނާގެ އާއިލާގެ އެންމެން ގޮވައިގެން އެހެން ގައުމަކަށް ދާން ނިންމީ ވެސް އެހެންވެއެވެ. އޭނަ އާއި ރީހާން އެކީގައި ގިނައިން ހޭދަކުރި ގެ ޚިޔާލު ކޮށްލިޔަސް ހިތުގައި އެހާ ވޭން އަޅައެވެ. އަދި ރީހާން ނުލައި އުޅޭ އިރު ވާނީ ކިހާ ވަރެއް ކަމެއް ނުވެސް އިނގެއެވެ. ކިތަންމެ އުނދަގޫ ވިޔަސް ރީހާން އާއި ނުލާ އުޅެން އޭނަ ދަސްކުރަން ވާނެކަން އިނގެއެވެ.
★★★
**6 އަހަރު ފަސް**
ކިޔާންމެން ތިބީ މާއިލް އާއި ވާހަކަ ދައްކަންށެވެ. ޝަލީން ކައިރީގައި އިން އިރު ރީޝަމް އާއި ކިޔާން ތިބީ ޖެހިޖެހިގެންނެވެ.”މާއިލް އަދިވެސް މެރީ ކުރާކަށް ނުވޭތަ؟.. ތިހާ ގިނަ ދުވަހު ނުވާނެ އިނގޭ އުޅޭކަށް މެރީ ނުކޮށް..” ކިޔާން އިނދެފައި ފެށި މަޢުޟޫޢުއިން ޝަލީން އާއި މާއިލްގެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއެވެ. މާއިލް ވަނީ ޝަލީންއަށް ހުރިހާ ވާހަކައެއްވެސް ކިޔާދީފައެވެ.”ތިކަން ނުކުރެވިފައެއް ނެތޭ.. ޝަލީ ޕޭރެންޓްސް ރާއްޖެ އައީމަ..” މާއިލް ހިނިތުންވިއެވެ. އެވަގުތު މާހީ އާއި އެކީ ގެއަށް ވަތް ރިޔާ ފެނި މާއިލް އިތުރަށް ހިތްދަތި ވިއެވެ. ހަނީމޫން ދުވަސްތައް ނިންމާފައި ދަރިއެއް ވެސް ރީޝަމްމެން ހޯދީ މާއިލްގެ ހިތް ހަލާކު ކޮށްލާފައެވެ.
“ދަނީ އިނގޭ ދޮންތީ..” މާހީ ހީނލާފައި ގެއިން ނިކުންނަން ފިޔަވަޅެއް ނެގިއެވެ.”އެކަނިތަ އައީ؟..” ރީޝަމްގެ ސުވާލާއި އެކީ މާހީ ހުއްޓުން އެރިއެވެ. މާހީއަށް ވީ ގޮތުން ކިޔާން ހިތްހަމަ ނުޖެހުނެވެ. ޖަވާބު ލިބިއްޖެއެވެ.”ދޮންބެ އާ އެކީ..” މާހީ ބުންޏެވެ.”އޯހ ރިޔާ ދޮންބެ އާ ޓޯކް ކުރި ދޯ މާހީ؟..” ރީޝަމް ވަރަށް އުފާވިއެވެ.”ނޯ ނުކުރޭ.. ދޮންބެ ވަރަށް ދެރަވެފަ ހުރީ..” ރިޔާއަށް ބަލާލަމުން މާހީ ބުންޏެވެ.”އަހަރެން ރިޔާ ކައިރީ ބުނިން ވާހަކަ ނުދައްކާށޭ.. މާހީ ވެސް ނޫޅެއްޗޭ ރީހާން އާ އެކީ އިނގޭ..” ކިޔާން ރިޔާ ގެނެސް އުނގުގައި ބޭންދިއެވެ.”އެ ކީއްވެތަ ދޮންތިބޭ.. މަންމަ ވެސް ބުނި އޯކޭއޭ..” މާހީ ޝަކުވާ ކުރިއެވެ. މާއިލް އާއި ޝަލީން އަށް އެވާހަކަ އިނގިފައިވުމާ އެކު ކިޔާދޭކަށް ނުޖެހުނެވެ.
“އެ ތެދެއް ކިޔާ.. މިހާރު ކޮން އަހަރެއް؟ ދޮންބެ ދޫކޮށްފަ އެލީޒާ ވެސް ދިޔައީ އުނދަގޫ ކުރެވިދާނެތީ.. ދޮންބެ ލިޝް އާ މެރީ ކުރި ފަހުން ދައްތަ ވެސް އޯކޭ ވެއްޖެ.. ލިޝް ކަހަލަ ރަނގަޅު ކުއްޖަކު ހުރީމަ ދައްތައަށް އިނގޭ ދޮންބެވެސް ރަނގަޅު ވާނެ ކަން..” ދެރަވެފައި ރީޝަމް ބުންޏެވެ.”އެކަމަކު އޭނަ ރީޝްއަށް ހެދި ގޮތް އިނގޭނެ އެއްނު..” ކިޔާންގެ ހިތުގައި ވާ ކަންބޮޑުވުން އެތާ ތިބި އެންމެނަށް ވެސް އިނގުނެވެ.”ކިޔާ ނުބުނަމެއްނު ދޮންބެ ކައިރީ އަހަރެންގެ މެމޮރީސް ދިޔަ ވާހަކައެއް؟ އިނގުން ދުވަހަކުން ހީ ވިލް ރިގްރެޓް.. އެހެންވެ އަސްލު އެހާ ބޮޑަށް ބުނަން ނުކިޔަނީ ވެސް..” ރީޝަމް ބުންޏެވެ.
“އެ ތެދެއްނު ކިޔާން؟ ކާކު ބޭނުންވާނީ ކޮއްކޮއަކަށް ގެއްލުމެއް ދޭން؟ ޕްލަސް ރީހާން އެއް ނޫން އެހެން ހެދީ އެއް.. އެމްބިއުލާންސް ޖެހުން އެއީ ރީހާންގެ މައްސަލައެއްތަ؟..” މާއިލް ރީޝަމްގެ ކޮޅަށް އެރިއެވެ. ޝަލީން ވެސް މާއިލް އާއި އެއްބައިވެ އެއްޗެކޭ ބުންޏެވެ.”މާހީ ހިނގާ ދާން..” އެންމެފަހުން ކިޔާން ފުން ނޭވާއެއް ދޫކޮށްލާފައި މާހީ ކައިރީގައި އެދުނެވެ. ގެއިން ނިކުތް އިރު ރީހާން ހުރީ މާހީގެ އިންތިޒާރުގައެވެ.”މާހީ ގެއަށް ދަނީ މަށާ އެކީ..” ރީހާންއަށް ބަލާ ނުލައި ކިޔާން ސައިކަލު ނެރެގެން އައެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް ރީހާން ހިނިތުންވަމުން އޯކޭއޭ ބުނެފައި އޭނައާއި ލިއީޝް އުޅޭ ގެއަށް ދާން މިސްރާބު ޖެހިއެވެ. އޭނަ މިރޭ އެ އައީ އެންމެ މުހިންމު ވާހަކަ ރީޝަމްގެ ކައިރީގައި ބުނަން ތައްޔާރު ވެގެންނެވެ. އެކަމަކު އެކަމެއް ނުވިއެވެ.
މާހީ ގެއަށް ލާފައި އައި އިރު މާއިލްމެން ނެތެވެ. ރިޔާއަށް މި ފަސް އަހަރު ތެރޭގައި ހެދި ކޮޓަރީގައި ރިޔާ އޮތީ ޓެބްލެޓް ހިފައިގެންނެވެ.”ރީޝް..” ކިޔާންގެ ކޮޓަރި ހުޅުވާލުމާއި އެކު އެނދުގައި ބަންޑުން އޮތް ރީޝަމް ފެނުނެވެ.”ރޮނީތަ؟..” ދޮރު ތަޅުލުމަށްފަހު ކިޔާން ރީޝަމްގެ ކައިރީގައި އިށީނެވެ.”އަހަރެން ބޭނުން ދޮންބެއާ މީޓް ވާން ކިޔާން..” މާޔޫސްކަމާއި އެކު ރީޝަމް ބުންޏެވެ.”ރީޝް ޕްލީޒް.. ތި ޚިޔާލު ދޫކޮށްލާ..” ކިޔާން ބުންޏެވެ.”ދެން؟ އަހަރެން ކޮން ޚިޔާލެއް ކުރާނީ ކިޔާން؟ އުފަން ބައްޕަގެ ފަރާތުން އަނިޔާ ނޫން އެހެން އެއްޗެއް ނުލިބޭ.. މަންމަ ވީ މަރުވެފަ.. އަހަރެން ދޮންބެ އެކަންޏޭ ހުރީ.. ކިޔާން އަހަރެން ދޫކޮށްފަ ދާ ދުވަހުން ދޮންބެ އެކަނި އަހަރެން ބެލޭ ވަރަށް ޤާބިލުކަން ހުރީ..” ހިތާމައިގެ ސަބަބުން ރީޝަމްގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވުނެވެ.
“ތިހެން ނުބުނޭ ރީޝް.. އައި ލަވް ޔޫ.. އަހަރެން ރީޝް ދޫކޮށްފަ ދާނެއޭ ކާކު ބުނީ؟..” ރީޝަމް ރުޅި އައިކަން އިނގުމުން ކިޔާން އަމިއްލަ ނަފްސު ދެކެ ހިތްހަމަ ނުޖެހުނެވެ.”އެކަމް އެއީ އަހަރެންގެ ދޮންބެއޭ ކިޔާން..” ވަކި ހިސާބަކުން ރިޝަމްގެ ދެލޯ ފެންކަޅިވިއެވެ.”ލުކް ރީޝް.. ރީޝްގެ ހަނދާންތައް އައުމުގެ ކުރިން ކިތަށް ފަހަރު އަހަރެން ރީޝްގެ ހިތަށް ތަދުކުރިން؟ އެގޮތަށް ރީހާން ހަމައެކަނި ރީޝްގެ ހިތަކަށް އެކަންޏެއް ނޫން ތަދުކުރީއެއް.. މުޅި ހަށިގަނޑަށް.. އެވަރުން ނުވެގެން ސިކުނޑި ވެސް.. ރީޝަމްއަށް އެކަހަލަ ކަމެއް ވާތަން ބަލާކަށް ދެން ނުހުރެވޭނެ..” ކިޔާން ރީޝަމްގެ ގައިގައި ބައްދާލިއެވެ. ރީޝަމް އެ އޮތްގޮތަށް އޮތުމުން ކިޔާން ހިތަށް މޮޅިވެރިކަން ވަނެވެ.”ތިކަން އަމިއްލައަށް އިނގޭ އިރު ރީހާން ކުށްވެރި ކުރަންވީ ވަކި ކީއްކުރަން؟..” ރީޝަމް ސުވާލު ކުރިއެވެ.”ރީޝް ޕްލީޒް..” ކިޔާން މާޔޫސް ވިއެވެ. މިކަހަލަ ގޮތަކަށް ރީޝަމް މިވީ ހަ އަހަރު ތެރޭގައި ރުޅި އިސްކޮށްފައެއް ނުވެއެވެ.
“ދޫކުރޭ ކިޔާން.. ރިޔާ ނިދާ ގަޑި ޖެހިއްޖެ..” ކިޔާންގެ އަތުތެރެއިން މިނިވަން ވެގެން ރީޝަމް ކޮޓަރި ނިކުތެވެ. އަނބުރާ އަންނަން ވާއިރަށް މަޢާފަށް އެދޭނެ ގޮތަކާއި މެދު ކިޔާން ވިސްނާލިއެވެ. މާއިލްގެ ކައިރިން ލަފައެއް ހޯދަންވެގެން ކިޔާން މާއިލްއަށް ގުޅާލިއެވެ. ދެތިން ރިންގަށްފަހު މާއިލް ފޯނު ނަގައިފިއެވެ.”މިހެން ތިބެގެން އަހަރެންގެ ދިރިއުޅުން އެކަންޏެއް ނޫން ހަލާކު ވަނީ މާއިލް.. މާއިލްގެ ދިރިއުޅުން ވެސް ތި ބޭކާރު ވަނީ.. ދެމީހުން ވެސް ލޯބިވާ މީހަކު އެބަ ހުރި.. ލޯބިވާ ކޮންމެ މީހަކު ނުލިބިދާނެ މާއިލް.. ދިރިއުޅުމަކީ އިމްތިޙާނެއް.. ކިޔާން އާ ރީޝަމް އެހާ އުފާވެރިކޮށް އުޅެމުން ދަނިކޮށް މާއިލް ބޭނުމެއް ނުވާނެ އެމީހުންގެ ދިރިއުޅުން ހަލާކު ކުރަށް.. އަހަރެން ވެސް ބޭނުމެއްނޫން..” އިވުނު ޝަލީންގެ ވާހަކަ އަޑުއަހަން ކިޔާން މަޑުކޮށްލިއެވެ. އެހިނދު ދެބުމަ ވެސް ކައިރިވިއެވެ.”އަހަރެން ލޯބިވަނީ ރީޝަމް ދެކެއޭ ބުނެފިއްޔާ ކިޔާން ފަހެއް ނުޖެހޭނެ ރީޝަމްއާ ވަކިވާކަށް.. ލޯބި ލޯބި ދަރިއެއް ހުއްޓަ ކިހާ އުނދަގޫ ވާނެ؟ އެކުއްޖާގެ ދިރިއުޅުމުން ވެސް ބައްޕަގެ ލޯބި ގެއްލުނީ އޭރުން..”މާއިލް ބުނި ޖުމްލައިން ކިޔާންއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Alhe plzxxxx heyo nuvaane next part vrh avahah genesdheh chey can’t wait
Mi part VX vrh reethi ????
Labba hudhakko liyevunu haa avahakah in sha Allah ??
Tysmm <33
My most favourite story currently.. Keep up the good work darlx.. Stay safe and take care ingey.. Lysm dear <333
Alhey aslutha nayaa?? so happy to know that dear and thank uu sm ??
Lym take care <333
yesss hama asley.. hehe.. eliza ge chcracter is my fav one meega.. awww u deserve to be happy darlx.. u work hard enough.. aslu nayaa ah vx mihaa avaskoh episode thah nugenesdhevey.. but u upload vrh avahah.. that’s one reason mi story ehaa kiyaa hithun kiyaalevumuge.. most welcome loabs <3
Maasha allah mi part vx vvvvv rythi….. baby devil ge kuru vhk eh neh thr
Hi sis.. this story is currently one of my favv and I can’t what for the next part.. please please kiyaan and reesham dhuru nukurahchey… Hope next part avahah genes dheyne kamah.. tvgc and lysm❤️❤️
Aww Lizzie <33.. hingaa balamaa dhw kiyaan and reesham ah vaane gotheh vxx,
Labba genesdheveyny day after tomorrow ey buneveyny
lym take care ?