މީގެފަހުން ”ޒައިޝާ” މިވާހަކަ ނުކުންނާނީ ކޮންމެ އަދީތްތަ, ބުދަ އަދި ހޮނިހިރު ދުވަހެއްގައެވެ. ވީމާ މީގެފަހުން ކޮންމެ ހަފްތާއަކު މިވާހަކައިގަ ތިންޕާޓް ކިޔަން ލިބޭނެވާހަކަ ދަންނަވަމެވެ.
އަދި ވަޅި ނެގުމަށްފަހު އަތަށް ވަޅިހެޔޮވަރުކޮށްލުމަށްފަހު ނިދާފައޮތް ވާފިރާއި ކައިރިވިއެވެލިއެވެ. ………………………………………………………….. އެވަގުތު ކުއްލިއަކަށް ވާފިރު ދެލޯހުޅުވާލިއެވެ. އެހެންނަމަވެސް ވާފިރަށް ހަރަކާތެއްކޮށްލާނެ ފުރުސަތެއް ނުދީ ޔަޒްދާން ވާފިރުގެ ކަރަށް ވަޅިޖެހިއެވެ. ވާފިރު ހަޅޭއްލަވައިގަންނަން އަނގަހުޅުވިއެވެ. ނަމަވެސް އަޑެއްނުނިކުތެވެ. ”1ދަރިފުޅާ! ކީއްތިކުރަނީ? ކީއްވެ ބައްޕައަށް ތިހެންތިހެދީ?” އެވަގުތު ފުރޮޅުލީގޮނޑި ދަމަމުން އެތަނަށްއައި ސަލީމާއަށް ފެނުނުމަންޒަރަކުން ހަޅޭއްލަވައިގަނެވުނެވެ. ޔަޒްދާން އަވަހަށްދުވެފަ ގޮއްސަކޮޓަރިއަށް ވަނެވެ. ސަލީމާ އަވަހަށް ފުރޮޅުލީގޮނޑި ދަމަމުން ގޮސް މޭޒުމަތީގަ އޮތް ވާފިރުގަ ފޯންނަގާ އެންބިއުލޭންސަށް ގުޅިއެވެ. ހޮސްޕިޓަލަށް […]
ޚިޔާލުތަކުގެ ތެރޭގައި ދާނެ އައްސޭރިއެއް ނެތި ގެނބެމުންދިޔަ ޒިވިޔަންއަށް ވަށައިގެން ވަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއްނުވާކަހަލައެވެ. ގެއަށްއައިސް ވަތްއިރު ސޯފާގައިއިން ޒައިކް އެތައްފަހަރަކު ގޮވުމުންވެސް ޒިވިޔަންގެ ފަރާތުން ޖަވާބެއްނުލިބުމުން، ޒިވިޔަންއާދިމާލަށް ހިނގައިގަތެވެ. “ޒިވް، ދޮންބެ ކިތައްފަހަރު ގޮވައިފިންތަ؟”. ޒައިކް، ޒިވިޔަންގެ ގައިގައި ކޮށްޓާލުމުން، ޒިވިޔަން ބިރެއްފެނުންހެން ޒައިކްގެ އަތްފޮޅުވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޒައިކް ކަން ރެޔަކާލުމުން މޫނުމަތިން ނުތަނަވަސްކަން ނުދައްކަން ޒިވިޔަން މަސައްކަތްކުރިއެވެ. “ކީ..ކީއްވެ ދޮ..ންބެ ގޮވީ؟”. ޒިވިޔަންއަށް ވާހަކަދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. “ކިހިނެއްވެފަ ތިހިރީ؟”. ޒިވިޔަންއަށް […]
“ހަހަ ކިހިނެތްވީ؟ ޒެވިއަން ދިން އެއްޗަކަށްވީމަތަ؟” ޔަޝްއަލް ހީލިއެވެ. ފަށުފުލުގައި އިން އިސްކުރު ނައްޓާލީ އިރަށް އޭގައި ހުރި ލޭތަށް ޔަޝްއަލްގެ އިނގިއްޔައް އެޅުނެވެ. ޔަޝްއަލް ވިހަގޮތަކަށް ހިނިތުންވެލާފައި އިނގިލީގައި ހުރި ލޭތަށް ލޯޅާލިއެވެ. “ހެހެ ނެކްސްޓް އިޒް ޔޫ!” ޖީބުގައި އޮތް ފޮތިކޮޅު ނަގާ ނުހާ ލޮލުގައި އައްސަމުން ޔަޝްއަލް ބުންޏެވެ. ނުހާގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއްގައި ޔަޝްއަލް ވަކި އަޅުވަމުން ދިޔައީ އެއީ އޭނާގެ އެއްޗެއް ފަދައިންނެވެ. އިހާނަތި ގޮތުގައި ނުހާގެ އިއްފަތްތެރިކަން ވެއްޔާ […]
“މަންމާ.. ލިއާ ކިހިނެތް ދެން ހަދާނީ؟ ލިއާ ބައިވެރިވީ މަންމަގެ ބަދަލު ހިފުމުގަ. ޒެވްދެކެ ލޯބިވާ ކަމަށް ހެދުނީ. އެކަމަކު. ހަގީގަތުގައިވެސް ލިއާއަށް ޒެވްދެކެ ލޯބިވެވިއްޖެ. ދެން ލިއާ ކިހިނެތް ހަދާނީ؟ މިހާރުވެސް.. ޒެވްގެ ހިތުގައިވީ ނުހާ އެކަނިކަން އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން..” ޒެވިއަންގެ އެފޮޓޯގައި ފިރުމާލަމުން ލިލިއާ ބުންޏެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ހަމަ އެވަގުތެވެ. ޔަޝްއަލްގެ ސައިކަލު ފަހަތުގައި އިން ނުހާގެ މޫނުމަތީގައިވީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ. މިރެއިން […]
***ޕާޓް 14*** ބިރުން ހުރެ އައިނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އައިނާގެ މޫނަށް ރުޅިވެރިކަން ވެރިވީ ކާރުގައި ހުރި މީހަ ފެނުމުންނެވެ. އެއީ އެތައް އަހަރެއް ކުރިން އައިނާގެ ދިރިއުޅުމުގެތެރެއަށް ވަދެ އައިނާގެ ދިރިއުޅުމަށް ވިހަލީ ވިހަގަދަ ހަރުފައެއް ފަދަ އިންސާނެކެވެ. “ހޭއި އައީ” އެއްމިޔަކުން ހެވިފައިހުރެ ޝިޔާން ގޮވައިލިއެވެ. ޝިޔާންގެ ހަށިގަނޑު ކުރިއަށްވުރެ ވަރުގަދަވެފައިވާ ވައްތަރެއް ޖަހައެވެ. އައިނާ އެއްޗެކޭ ބުނުމެއްނެތި އަވަސް އަވަހަށް މިސްރާބުޖެހީ އޮފީސްތެރެއަށް ވަންނާށެވެ. […]
އާދައިގެ މަތިން ދުވެހެކެވެ. ރަނާ ތައްޔާރު ވަމުން ދިޔައީ ސްކޫލަށް ދިޔުމަށެވެ. ހުދާއި ނޫ ކުލައިގައި ހުރި އެ ޔުނިފޯމް ލައިގެން އަވަހަށް ތައްޔާރު ވަމުން ދިޔަ ރަނާ ބެލީ ގަޑި ނުޖެހި ސްކޫލަށް ދެވޭތޯ އެވެ. ރަނާގެ ބައްޕަ ރަނާ ގޮވައިގެން ސްކޫލް ގޭޓާ ހަމައަށް ދެވުނު ކަމެއް ނޭނގި ރަނާ ސައިކަލުން ފުންމާއިގެން ސްކޫލް ތެރެއަށް ދެމިގަތެވެ. އެސެމްބްލީ ނިންމާލުމަށް ފަހު ރަނާ އޭނާގެ އެކުވެރިންނާއި ވާހަކަ ދައްކަމުން ކްލާހަށް ވަނެވެ. އެއިރު […]
ޔަޝްއަލްގެ ވާހަކަތަކުން ނުހާ އިނީ ހައިރާންވެފައެވެ. ނުހާއާއި މެދު ޔަޝްއަލް އެހެން ކަން ކުރާނެނަމަ ނުހާއަށް ކައިވެނި ކުރަން ޔަޝްއަލް އުޅެންވީ ކީއްވެގެން ހެއްޔެވެ؟ ނުހާގެ މައިންބަފައިންނަށް ނަމުން މުޙާތަބު ކުރުމުންވެސް ޔަޝްއަލްގެ ހިތުގައި އެއްވެސް ރަހުމެއްނެއްކަން ނުހާއަށް އެނގި ޔަގީންވިއެވެ. ނަމަވެސް މިއަދު އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ. އެހެން ކަމުން ބަސް އަހާ ކުޑަކުއްޖެއް ފަދައިން ގޮސް ޕެކް ކުރަން ފެށިއެވެ. ހަވީރުގެ ވަގުތެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗު މަޑުކޮއްލީ ހދ ނޭކުރެންދޫ […]
މެލޭޝިޔާގެ މައި އެއާޕޯޓުން އެދެބަފައިން ބަހެއްގައި ދިޔައީ އެގައުމާއި ސިންގަޕޫރާ ދެމެދުގެ ބޯޑަރުގެ ކައިރިއަށެވެ. އެއަށްފަހު ޓެކްސީއެއްގައި މެލޭޝިޔާއިން ސިންގަޕޫރަށް ދަތުރު ކުރިއެވެ. ފާއިތުވި ބާރަ އަހަރުތެރޭގައި ސާހިލް އުޅުނީ ބެންކޮކްގައެވެ. އެއްދަރި ގެއްލުމުން އަނެއް ދަރިފުޅު ސަލާމަތްކުރަން ކުރި ދަތުރުގައި އޭނާއަށް އެދަރިފުޅުވެސް ގެއްލުނީއެވެ. ނުހައިކް ބޮޑުވެގެން އައީ ހަރުކަށި މީހެއްގެ ގޮތުގައެވެ. އެންމެފަހުން އޭނާއަށް ބައްޕާއޭ ކިޔާ ގޮވާލި ހަނދާނެއް ސާހިލް ނުވެއެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް މަންހަލް ހަނދާންކުރުމުގައި ސާހިލް ހޭދަކުރެއެވެ. […]