*ހެނދުުނު އެރިއިރާއެކު ހަނާގެ މަންމަ ހަނާއަށް ގޮވަން ފެށިއެވެ. އެންމެފަހުން ތެދުވެ ސައި ބޮއެގެން އައިސް އިށީނީ ފިލާވަޅު ދަސްކުރުމުގެ ނިޔަތުގައެވެ. އެހެން އިންދާ ހަނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ލޯ މަތީ އަތް އެޅީމައެވެ.*
“ހިލްޔާނޫ… ސިއްސައިގެންނޭ ދިޔައީ” ފަހަތުގައި ހުރި ހިލްޔާން ފެނުުމުން އަތުގައި އޮތް ފޮތުން ހިލްޔާންގެ ގައިގައި ޖަހާލަމުން ބުނެލިއެވެ. “ޔައީ ދައްތަ ބުނީ މިއަދު ހަވީރު ހިނގާލަން ދާން ތައްޔާރުވެގެން ހުންނައްޗޯ.” އެހެން ކިޔާ ހިލްޔާން ދިޔައެވެ.
އަސްރުނަމާދުން ފޭބިގޮތަށް ހަނާޔަށް ލޯގަނޑު ކައިރިން ދުރަށް ޖެހެވޭ ގޮތެއްނުވެއެވެ. ޔައިޝާ އަންނަން ވައިރަށް އޭނާ ދިޔައީ ތައްޔާރުވަމުންނެވެ. ފިޔާތޮށި ކުލައިގެ ހެދުމެއްލާަަފައި ހުރިއިރު އޭނާގެ މޫނު މަތީގައި މާބޮޑު މޭކަޕެއް ނެތަސް ހަނާ ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ، ހާވާލާފައިވާަ ބުޅި އިސްތަށިގަނޑު ފަހަތަށް ވާ ގޮތަށް އައްސަން އުޅެނިކޮށް ކުއްލިއަކަށް މީހަކު އައިސް އިސްތަށިގަނޑު ހާވާލިއެވެ.
“އެއްސީމަ މާ ހަޑި” ޔައިޝާ ބުނެލިއެވެ. ޔައިޝާ ލައިފައި ހުރީ ނެވީބްލޫ ކުލައިގެ ހެދުމެކެވެ. ފައުންޑޭޝާންގެ ޖާދޫއިން އެ މޫނުުވަނީ އިތުރަށް ދިއްލައިލާފައެވެ.
“ދެން އެކަމަކުވެސް ޖެހޭަތަ ހާވާލަން” ހަނާ އެހެން ބުނުމުން ޔައިޝާ ހަނާގެ ބޮލުގައި ފުނާ އަޅުވައި ދިނެވެ.
އަތިރިމަތީގައި ސަކަރާތް ޖަހަމުން ދިޔަ ޔައިޝާޔާ ހަނާ ފިޔަވައި އިތުރު އިންސިއެއްގެ ހިލަމެއް އެ މާހައުލުގައިވެސް ނެތެވެ. އެހެން ކަމުން އެމީހުން ދިޔައީި އެތާ ބޭނުންހާ ގޮތަކަށް ފޮޓޯ ނަގަމުންނެވެ. “ޔައީ..އެހުރީކާކު؟؟” ވަރަށް ދުރުގައި ތިބި ކުދިން ތަަކަކަށް އިޝާރާތްކޮށް ހަނާ ބުނެލިއެވެ. ޔައިޝާ އެދިމާ ބަލައިލުމަށސް ފަހު އޭނައަށް ހަނާއަޅާ ލުމަށްފަހު އެތަނަށސ އައުމަށް އެދުނެވެ. އެވަގުތު އެކުއްްޖަވެސް ހަނާމެންނާ ދިމާއަށް ހިނގައިގަތެވެ. ހަނާއަށް އެއީ އާނިޝްކަން އިންގުނީ ތަންކޮޅެއް ކައިރިއަށް އައި ފަހުންނެވެ. “ކިހިނެތްވީ؟؟” އާނިޝް އެތަނަސް ހުއްޓެމުން އަހާލިއެވެ. އޭރުވެސް އާނިޝްގެ ކަޅި އަމާޒުވެފައިވަނީ ކުރިމަތީ ހުރި ހޫރުޕަރީއެއް ފަދަ ހަނާއަށެވެ. “މާޝާ ﷲ.. ޔޫ ލުކް ސޯ ބިއުޓިފުލް” އާނިޝް ހަމަ އެހުރިގޮތަށް ހުރެ ބުނެލިއެވެ. އެވަގުތު ހަނާގެ ތުންފަތް މަތީގައި ދުވެލީ ލަދުރަކި ހިނިތުންވުމެކެވެ.
“ފޮޓޯއެއް ނަގާށޭ މިގޮވީ…” ޔައިޝާއަށް ހަނާ ލަދުގަން ކަން އިނގުމުން އަވަހަށް ބުނެލިއެވެ.
“އޯހް.. ތިކަން ވެދާނެ… އެހެން ނޫނަސް ހަނާ ކަހަލަ ކުއްޖަކާއެކު ފޮޓޯއެއް ނަގާލަން ލިބޭނީ ހަމަ މަ ކަހަލަ ނަސީބުވެރިޔަކަށް” އާނިޝް ހަނާގެ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. އެވަގުތު ހަނާވެސް އާނިޝްއަށް ބަލައިލަމުން ފޮޓޯއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.
އަތިރިމަތީ ސަކަރާތް ޖަހަޖަހާފައި ހަނާ ގެއަށް އައިއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ވަރަށް އުފަލުން ހުރެ ހަނާ ގެއަށް ވަނީ އޭނާގެ މަންމަގެ ފަރާތުން އުފަންދުވަހުގެ ހަދިޔާއަކަށް ލިބޭނީ ކޯއްޗެއް ކަމާމެދު ވިސްނަމުންނެވެ.
“ހަނާ..” ހަނާ ސިހިގެން ދިޔައީ ފަހަތުން އިވުނު އޭނަގެ މަންމަގެ އަޑުންނެވެ. އެއަޑުގައިވަނި އިންތިހާއަށް ރުޅިވެރިކަމެވެ. “ކިހިނެތް އުޅޭނަމޭ ހިތާ ތިއުޅެނީ” ހުސްނާ އަޑު ހަރުކަމާއެކު ސުވާލުކުރިއެވެ. އެވަގުތު ހަނާ ހުރ ބަސްހުއްޓިފައެވެ. ވަމުން ދާ އެއްވެސ ގޮތެއް ހަމަ އެއްގޮތަކަށްވެސް ހަނާއަށް ފަހުމްވާ ގޮތެއްނުވިއެވެ. އެހެންކަމުން ހިތުގައި އުފެދެމުން ދިޔަ ސުވާލުކޮއްލިއެވެ.
“ކީއްވީހޭ ކިޔާނެ ކަމެއްނެތް… ތަންތަނަށް ގޮސް އުޅޭނެހާ ގޮތަކަށް އުޅެފަ އައިސް.. ބަލަ މީ އަދި ކިޔަވާއުމުރޭ… މުޅި ރަށުގަ އެކިޔަނީ ތި ހަނާއޭ ކިޔައިން.. މަގޭ ދަރިއެކޭ ބުނަން ހަމަ ލަދުވެސްގަނޭ..” ލިބުނު ޖަވާބުން ހަނާގެ ހިތް ކުދިކުދި ކޮއްލި ކަހަލައެވެ.
“އަދި ބުނަން.. ތި އާނިޝްއަކާ އޮތް ގުޅުމެއް ވިއްޔާ މިހާރުން މިހާރަށް ނިމުނީ… ދެން އޭނަޔާ ވާހަކަދައްކައިގެން ވެސް ނުވާނެ.. މިގޭންވެސް ނުކުމެގެން ނުވާނެ. ޓެސްޓު ނިމުނުހާ އަވަހަކަށް މާލެދާން ތައްޔާރުވޭ” ހުސްނާގެ ފަހުގެ އިންޒާރު އިއްވާލުމަށް ފަހު ހުސްނާ އެތަނުން ދިޔައެވެ.
މިހާރު
އެއީ ވީގޮތަކީ.. އޭގެ ފަހުން އާނިޝްއާ ވާހަކައެއް ނުދައއްކަން.. މާލެގޮސް ދެއަހަރު ކިޔަވާފަ މިއައީ މިކޮޅަށް.. ހީކުރީ އާނިޝް ހުންނާނެ ކަމަށް.. އެކަމަކު..” ހަނާ އަށް ގިސްލެވެން ފެށުނެވެ.
“މިހާރަކަށް އައިސް މަންމަ ވަރަށ ރުޅިއާދޭ އާނިޝްދެކެ.. އެމީހުންނާއެކު އުޅޭތީ..ހިއެއް ނުވޭ މަންމަ ދުވަހަކުވެސް ގަބޫލު ވާނެހެންނެއް”ހަނާ ދެލޯ ފުހެލމުން ބުނެލިއެވެ. އޭރުވެސް ޒިވްޔން ހުރީ ހަނާދެންމެ ދެއްކި ވާހަކަތަކާމެދު ވިސްނާށެވެ. “މީހުން ކީކޭތަ ހަނާއޭ ކިޔައިންގެން ހަނާ މަންމަ ކައިރީކީ” ޒިވްޔަން ހިތުގައި އުފެދިފއި އޮތްސުވާލު ދުލުން ބޭރުކޮއްލިއެވެ.
“ހަނާއަށް ވެސް ހީވަނީ މަންމަ ކައިރީ މީހަކު އެހެން ގޮތަކަށް އެވާހަކަ ކީހެން.. އިނގޭދޯ މީހުން ވާހަކަ ފަތުރާ ގޮތް.. ގޮސް ކިޔާނީ އަސްލު ވީގޮތާ ދިމާ އިދިކޮޅަށް..” ހަނާ ތުން އަނބުރާލާފައި ބުނެލިއެވެ.
“ދެން އެވާހަކަތަށް އެގޮތަކަށް ހަނާ މަންމަ ކައިރީ ކީ ކާކު ކަމެއް އިނގޭތަ؟”ޒިވްޔަން ވިސްނުންތެރި ކަމާއެކު ސުވާލު ކޮއްލިއެވެ.
“އުހުން.. ނޭނގެ.. އެކަމު ހަނާއަށް ހީވާ ގޮތް ބުނަންތަ؟؟ އިނގޭތަ ކާއިން؟؟ ހިލްޔާންގެ ބެސްޓްް ފްރެންޑް؟؟؟” ޖަވާބުައި ހަނާ ވެސް ކޮއްލީ ސުވާލެކެވެ. ޒިވްޔަންއަށް އަޑުއިވިފައިވާ ނަމެއް ކަމުން ޒިވްޔަން ވިސްނާލިއެވެ. “މްމްްމް… ކާސިމު ގޯތި ސޮރުތަ؟” ޒިވްޔަން އަހާލިއެވެ.
“ވަޓް.. ކާސިމްބެ ދަންނަންތަ؟” ހަނާ ހައިރާންވެފައި އަހާލިއެވެ. އެވަގުތު ޒިވްޔަން ހީލާފައި ހަނާ މަންމަ އެހެން ބުނި ވާހަކަ ކިޔައިދިނެވެ. “ހުމމ.. އޭނަ ކިހިނެތްވީ” ޒިވްޔން އޮޅޫންފިލުވަން ބޭނުންވާ ފަދަ ރާގެއްގައި އަހާލިއެވެ.
“އޭނައެއް ނޫން.. ކާއިންގެ ބޭބެ.. ކައިޒަން.. ކުޑަ އިރުއްސުރެ ހަނާ ފަހަތުން އޭނަ އުޅޭނީ.. އެކަމު ހަނާ ވަރަށް ފޫހި އޭނަދެކެ.. އެހެންއުޅެފަ އާނިޝްއަ ރައްޓެހިވީ… އޭގެ ފަހުން އަނެއްހެން ޖެއްސުމެއް ނުކުރާނެ. އެކަމު އަބބަދުވެސް އާނިޝްދެކެ ވަރަށް ރުޅި އަންނާނެ.. ހަމަ ވެދާނެއްނު އޭނަ ކަމައްވެސް” ހަނާ ބުނެލިއެވެ.
“ހުމމ. ވެދާނެ.. އެކަމު ޔަގީން ނުވަންޏާ ތިކަހަލަ ޝައްކު ކުރުން ރަނގަޅެއް ނޫން. ދެން މިހާރު ކޮބާ ތިބުނާ ކައިޒަންއެއް” ޒިވްޔަން އަހާލިއެވެ.
“މިތާ ކައިިރި ރިސޯޓެއްގަޔޯ އުޅެނީ.. ހަނާ ރަށައް އައި ފަހުން ނުފެނެ ނަސީބަކުން” ހަނާ ބުނެލިއެވެ.
“ނުފެނުނޭ… ސާބަސް މަންމައަށް.. ހަމަ މިތާ ވިއްޔަ މިއޮތީ” ޔުސްރާ ޔައިޝާ ކައިރީ އިށީނުމުން ބުނެލިއެވެ. “މިއޮތް އަނދިރިތަނުގަ ކަޅުހެދުމެއް ލައިގެން އޮތީމަ ފެނޭތަ.. ދަރިފުޅު ނަމާދު ކޮއްފިންތަ؟”
“ހުމމމ.. ނަމާދުކޮއްގެން މަންމަ ނަމާދުން ފައިބަންދެން މިއޮތީ..” ޔައިޝާ އޭނަގެ މަންމައަށް ހިނިތުން ވުމެއް ރައްދު ކޮއްލަމުން ބުނެލިއެވެ. ދެމައިން ވާހަކަ ދައްކަން ތިބީ ބޭރު ޖޯލި ފަތީގައެވެ.
“މިހާރު އާނިޝް މެންނަށް ދެވިއްޖެތަ އެކޮޅަށް” ޔުސްރާ އަހާލިއެވެ.
“ހުމމ.. ލާރާއަށް ގުޅީމަ ބުނި ބުންޏޭ ދެވިއްޖެޔޭ.” ޔައިޝާ އޭނަގެ މަންމަގެ ވާހަކައަށް ސަމާލުކަމެއް ދެމުން ބުނެލިއެވެ.
“ދެން ހަނާ ކިހިނެތް؟؟” ޔުސްރާ އަހާލިއެވެ.
“ވަރަށް ވަރަށް ދެރަވެފަހުރީ… ފުރުވާފަ އައި ފަހުން ވަހަކަވެސް ނުދައްކާ” ޔައިޝާ ހަނާގެ ހާލާމެދު ވިސްނާލިއެވެ.
“އާނ.. ހަނާ ވަރަށް ދެރަ ވާނެ.. ދެން ހަނާ މަންމައަށް އިނގޭތަ މިކަން” ޔުސްރާ އަނެއްކާވެސް އަހައިލިއެވެ.
“ހުމމ… އިނގޭނޭ. ފުރުވަން ދިޔަ ކަންްވެސް އިނގޭނޭ. އެކަމު އެއްވެސް އެއްޗެކޭ ނުބުނެ.. ވެދާނެ މާ ދެރަވެފަ ހުރީމަ ކަމައްވެސް” ޔައިޝާ ބުނެލިއެވެ.
“ދެން ޔައި ޖެހޭނެއްނު ހަނާ ކައިރީ ގިނަ ވަގުތު އުޅެން” ޔުސްރާ ވިސްނައިދޭފަދަ ރާގެއްގައި ބުނެލިއެވެ.
“އާނ.. މާދަމާ ޔައި ދެން ދާނީި… މިރޭ ހިލްޔާން ހުންނާނެއްނު.. ނޫނީ ޒިވްވެސް އެހުރީނު” އެހެން ބުނުމަށް ފަހު ޔައިޝާ އޭނަގެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. އޭނަގެ މަންމަ ކައިރީވެސް މި ކިޔުނީ ޒިވްއޭ ވިއްޔާއެވެ، ޔުސްރާވެސް އެވަގުތު ޔައިޝާ ދިމާއަށް ބަލައިލީ ލާނެތް ނަޒަރަކުންނެވެ.
“އަނހާ.. މިރޭ ކާންވެސް ނާރާ ރެއަކީތަ..” އަކުރަމު އައިސް ހުއްޓެމުން އަހާލިއެވެ. އަކުރަމު އެއައީ މިސްކިތުންކަން އިނގެނީ ބޮލުގައި އަޅާފައި އޮތް ތާކިހާ އިންނެވެ.
“ނޫނޭ.. ޑޭޑް އަންނަންދެން.. ހިނގާ ކާން” ޔައިޝާ ހިނގައިގަތެވެ.
“މިރޭ ދެކުދިން ނުކަނީތަ” ހަނާގެ ކޮޓަރިއަށް ބޯދިއްކޮއްލަމުން ހުސްނާ އަހާލިއެވެ.
“ނޯ.. ވާހަކައިގަ ތިބެވުނީ.. ކޮބާ ހިލްޔާން؟ މަންމަ ކެއީތަ؟” ހަނާ ސުވާލު ފަތި އެއްފަހަރާ ކޮއްލިއެެވެ
“ހިލްޔާން އެދިޔައީި ކުލާސް ކުދިން ބާބަކިއު އަކަށޯ.. ދެން މިރޭ ހިލްޔާން ނެތަސް ދޭ ކާން.. ހުންނާނެ މަސްވެސް ފިހެފަ” ހުސްނާ އެހެން ކިޔާ އެތަނުން ދިޔައެވެ.
“ކޮބާ؟ ބާބަކިއު ކިހިނެތް؟” ހިލްޔާން ގެއަށް ވަނުމުން ޒިވްޔަން އަހާލިއެވެ. “ނުދަން” ހިލްޔާން ފަރުވާ ކުޑަ ރާގެއްގައި ބުނެލިއެވެ. އެވަުތު ޒިވްޔަން ނިތް އަރުވާލީ ކީއްވެހޭ އަހާލުމުގެ ގޮތުންނެވެ.
“ލާރާ ނުދަންޏާ އަހަރެން ދާނެތަ؟؟ ލާރާ އަދިވެސް ވަރަށް ދެރަ ވެގެން އުޅެނީ.. އަޅެ ލާރާ ހާދަ ލޯބިވޭ އާނިޝްބެ ދެކެ… ދޮންތިވެސް ހިލްޔާން ދެކެ އެވަރަށް ލޯބިވާނަމަ ދޯ” ހިލްޔާން ފެންފުޅިއެއް ހިފައިެން އައިސް ހަނާމެން ކައިރީ އިށީންނަމުން ބުންލިއެވެ. އެވަގުތު ޒިވްޔަން ހޭންފެށިއެވެ. ބަސްމަދުވެފައި އިން ހަނާއަށް ހިލްޔާން ބުނެލި އެއްޗެއް ފަހުމްވާން އިރުކޮޅެއް ނެގިއެވެ. އެވަގުތު ހަނާވެސް މަޑުމަޑުން ހީލިއެވެ.
“އަސްލުވެސް…. ލާރާ އާނިޝްއަށް ވަރަށް ރަނގަޅު.. ހީވަނީ ހަމަ އެއްބަނޑު އެއްބަފާ ދެކުދިންހެން… އެހާވެސް ގުޅޭނެ.. ލިމްވެސް އަބަދު ކިޔާނެ ލާރާ ބޮޑަށް ލޯބިވަނީ އާނިޝް ދެކެޔޭ.. ދޮންތިވެސް ބައެއްފަހަރު ހިތަށް އަރާ ލާރާ ކަހަލަ ކޮއްކޮއެއް ލިބޭނެނަމައޭ” ހަނާވެސް ބުނެލިއެވެ.
“ފިއުޗާގަ.. އިރާދަކުރެއްވިއްޔާ.. ލާރާ ކަހަލަ ކޮއްކޮއެއް ނޫން.. ހަމަ ލާރާ.. އޯކޭ” ހިލްޔާން އަޑަށް ހަރުކަށިކަން ގެންނަމުން ވަރުގަދަ އަޒުމަކާ އެކު ބުނެލިއެވެ. ހިލްޔާން އެހެން ބުނެލިގޮތުން ޒިވްޔަން އަނގަޔަށް ލައިލައި އިން ބަތްސުވާވެސް ތަށިތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ.
“އޭގަ ކުރިން ހިލްޔާން އެކަހަަލަ ކޮއްކޮ އަކަށް ވާންވީނު” ހަނާ އަނެއްކާވެސް ބުނެލިއެވެ.
“ހިލްޔާން ކިހާ ލޯބިވޭ ހަނާދެކެ.. މިއަދުވެސް އެއްކަލަ މީހުން މަގުމަތިން ދިމާ ކުރީމަ އެހެރީ އެސޮރައް ކޮއްލިވަރު” ޒިވްޔަންވެސް ވާހަކައިގގައި ބައިވެރި ވެލަމުންބުނެލިއެވެ. އެވަގުތު ހިލްޔާންވެސް ބޯ ޖަހާލީ ޒިވްޔަންއާަ އެއްބައިވެލަމުންނެވެ.
ކުއްލިއަކަށް ޒިވްޔަންއަށް ބަލައިލެވުނީ އޭނަގެ ފޯނު ރިންގުވި އަޑަށެވެ. ފޯނުގެ ސްކްރީނށް އަރާފއި އިން ނަން ފެނުމާއި އެކު ޒިވްޔަންގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހާލިއެވެ. އަދި ފޯނު ނަގަމުން ހަނާމެންނާ ދިމާ ބަލައިލިއިރު އެމީހުން ތިބީ ލާނެތް ފާޑަކަށް ބަލަހައްޓައިގެންނެވެ. ޒިވްޔަން އެތަނުން ބޭރަށް ދާން ހިނގައިގަން ތަނުން ހިލްޔާން ފޯނުއަތުލާ ސްޕީކަރަށް ލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Yaiii dhw egulhy….anehka ehkala hilyaan gandu ely speaker ah…kiii keyy ba kiyaany yaii…majaa hunnaane dhw???…..btw mi part vx vvvvvvvvvvvv rythi❤❤❤❤❤
Thank u dear….yh yaii ah vx vedhaane hama.hilyaan ulhey ny ehn ??.nxt prt ga balaalan hinga vaagotheh
Btw than u so.much❤❤