Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ޖޭއޯވަން 4

Shai
Shai Level 110 Stories
April 16, 2022 2 Mins Read
1 Comment

އެވަގުތު ރެންގެ އަތުން ފޯނު ވެސް ވެއްޓި ތެޅުނެވެ..

*********

4 ވަނަ ބައި

***********

ރެން ހުރިގޮތަށް ބިމަށް ތިރިވިއެވެ. ޕޮލިސް ދިން ޚަބަރަކުންނެވެ. ރެންގެ ކޯތާފަތް މަތިން ކަރުނައިގެ ކޯރުތަށް ދެމެމުން ދެއެވެ. ރެން އިންތަނުގައި އިނދެގެން އެތައް އިރެއްވަންދެން ރުޔެވެ. ރެން ހިތާމައިގެ ދުނިޔޭގައި އިންދާ ރޫކީ ފެންބޯން ދަމުން ރެން ކޮބައިތޯ ބަލައިލަން މަޑުމަޑުން ރެންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ރޫކީ ރެން ހޭލާ ހުރީމައި އެކޮޓަރިތެރެއަށް ވަނެވެ. އަދި މަޑުމަޑުން ރެންއަށް ގޮވާލިއެވެ. “ރެން؟ ކީއްވެ ހޭލާތީނީ؟.. މިހާރު އެއޮއް 1 ޖަހަނީ އެންނު؟”. ރެންގެ ޖަވާބެއް ނުލިބުމުން ރޫކީ ރެން އިންްތަނާ ދިމާލަށް މިސްރާބު ޖެހިއެވެ. ރޫކީއަަށް ފެނުނީ ރެން ރޮއެރޮއެ ގިސްލެވެމުން ދާ މަންޒަރެވެ. “ރެން.. ކީއްވީ؟.. ބުނެބާ..”. ރޫކީގެ ކެތްތެރިކަން ކޮޅުންލައިގެން ބޭއިޚްތިޔާރުގައި ހުރެގެން އަހާލެވުނެވެ.

“މާމަ….އާ ކަ-ކާފަ….”. ރެންއަށް ގިސްލެވޭ ވަރުން ޖަވާބުދެވޭ ވަރެއްނުވިއެވެ. ރޫކީއަށް އަހާލެވުނެވެ. “މާމަ އަށާ ކާފަ އަށާ ކީއްވީ؟”. ރެން ގަދަކަމުން ބުންޏެވެ. “މާމަ އާ ކާފަ އެކްސިޑެންޓެއްގައި މިރޭ 11:45 ގަ މަރުވެއްޖެ!!”. ރެންއަށް އަދި ކުރިއަށް ވުރެ ބޮޑަަށް ރޮވުނެވެ. ރޫކީއަށް ވީގޮތް ވެސް ބުނާކަށް ނޭންގުނެވެ. ރެން ވަރަށް ހިތްވަރުކޮއްފައި ބުންޏެވެ. “އަޅުގަނޑު ބޭނުން ވަރަށް އަވަހަށް ފުކޮއުކާއަށް ދާން އެކަމު މިހާރު މާ ލަސްވެއްޖެ!”. ރޫކީ ރެން ހަމަޖައްސާލުމުގެ ނިޔަތުގައި ބުންޏެވެ. “ދެން އޮތީ ހެޔޮ ދުޢާ.. ރެން..”. ރޫކީ އާއި ރެންގެ ރޭނިދި މަހުރޫމު ވިޔެވެ. ރޫކީ ދިޔާއީ އޭޭނާގެ ކޮޓަރިއަށެވެ.

ޖަޕާނުގެ ގަޑިން 2 ޖަހައިފިއެވެ. ރެން އަށާއި ރޫކީއަށް އެނިދުނީ އަދި  ކިރިޔާއެވެ. ރެންއަށް ހުވަފެނުގައި ވެސް ފެންނަނީ ރެންގެ މާމައާއި ކާފައާއި އެއްކޮށް އުޅުނު އެންމެ އުފާވެރި ދުވަސް ވަރެވެ. ރެންއަށް ކެއްވެސް ނުވެގެން އެތަކެއް ފަހަރު ހޭލެވެއެވެ. ދެން އަނެއްކާ ވެސް އޮއްތާ އިރަށް ނިދެއެވެ. މިހާލުގައި ރެންއަށް އެކަނިވެރި ކަަމުގެ އިހުސާސްތައް ކުރެވެން ފެށިއެވެ.

އޭގެ އަނެއް ދުވަހުގެ ހެނދުނު ވަގުތު…

ރެންއާއި ރޫކީ ނޫން އެހެން އެންމެން ތިބީ އޭރު ތެދުވެއެވެ. ހޭލައިގެން ތިބި މީހުން އިންޒާރުކުރަނީ ރެން އަށާ ރޫކީ ތެދުވުމަށެވެ. 11 ޖެހިއިރު ވެސް 2 މީހުން ކުރެ އެކަކު ވެސް ނުތެދުވެއެވެ.

ގަޑިން މެންދުުރު 12:15…

ރެންގެ ފޯނަށް އޭނާގެ މަންމަ ގުޅާ އަޑަށް ހޭލެވުނެވެ. އަދި ފޯނުނެގިއެވެ. “ހަލޯ؟..މަންމާ؟.. މާމަމެން ވަޅު ލައިފިތަ؟”. ރެންގެ މަންމަ ޖަވާބުގައި ބުންޏެވެ. “އާނ ދަރިފުޅާ…”. “އަދި ވެސް ނުތެދު ވަނީތަ؟”. ރެން ބުންޏެވެ. “ހޫޫޫން އަދި ނުުތެދުވަން..”. ރެންގެ މަންމަ ބުންޏެވެ. “އަވަހަށް ތެދުވޭ ދަރިފުޅާ..މަންމަ ފަހުން ގުޅާނަން މިދަނީ ކޮއްކޮ ސްކޫލަށް ލާން.”. މިހެން ބުނެ އޭނާގެ މަންމަ ފޯނު ބޭއްވިއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shai
Follow Me Written By

Shai

Level 110 Stories

Other Articles

Previous

ޖޭއޯވަން 3

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (57)

Next
April 16, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (57)

Previews
April 15, 2022

ޖޭއޯވަން 3

One Comment

  1. Hûdhãkkø says:
    April 18, 2022 at 5:45 am

    This story is too heart touching heevani hama real hen
    BTW mi part VX vvvvvvvvvvvvv reethi
    Alhey dhen vaane gothakaamedhu visneni eyyy Hama ???
    Is anyone is gonna wish me in my birthday ???
    I mean today is my birthday ???

Comments are closed.

Next Episodeޖޭއޯވަން-5←


All Right Reserved!