Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (58)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 18, 2022 3 Mins Read
10 Comments

“ވިޔާމަށްވެސް ސައިހަދާފަ ހުންނާނީ….އާދޭ ވިޔާމް ސައިބޯން” ފަރީޝާ ވިޔާމަށް ސައިބޯން އައުމަށް ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން ވިޔާމް ސައިބޯން މޭޒުދޮށުގައި އިށީނެވެ.ވިޔާމް އިށީނުމުން އޭނާގެ ކުރިމަތީގައި ތައްޓެއް ބެހެއްޓުމަށްފަހު އެއަށް ކާތަކެތި ފަރީޝާ އަޅައިދޭން ފެށިއެވެ.އަދި ކަޅުސައި ތައްޓެއްވެސް ގިރަން އުޅުނެވެ.

ފަރީޝާ ވިޔާމަށް ވެދޭ މެހެމާންދާރީ ބަލަން އެވަގުތު ބޫޓަށް އަރާކަމަށް ހެދިގެން އޮތް އާތިފް ދިޔައީ ބަލަމުންނެވެ.އެދެމީހުން ދޭތެރެއަކުން ލޯބިން ފުރިގެންވާ ނަޒަރަކުން އެކަކު އަނެކަކަށް ބަލާލައެވެ.އެމަންޒަރު ބަލަން ގުދުވެގެން އޮތުމަށްފަހު އާތިފް ސީދާވެލިއެެވެ.އަދި ބިންމަތީގައި ކުޅެން އިން އައިލީންގެ ކޮލަށް ބޮހެއް ދިނުމަށްފަހު އޮފީހަށް ދާން ނިކުތެވެ.

*********

ފަރީޝާ ދެކެ އާތިފަށްް ވެވުނު ލޯބި ފުހެލަން އޭނާް މަސައްކަތް ކުރަމުން ގެންދާއިރު، ވިޔާމާ ފަރީޝާގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ.މިހާރު ފަރީޝާގެ ކަމަކީ ހުސްވަގުތެއް ލިބޭއިރަށް ވިޔާމަށް ގުޅުމެވެ.ނޫނީ ވިޔާމަށް ކޮންމެވެސް ކަހަލަ ކާއެއްޗެއް ތައްޔާރުކުރުމެވެ.ކަންމިހެން އޮތަސް އޭނާ އައިލީންނަށް ކޮށްދެންޖެހޭ އެއްވެސް ކަމެއް އުނިވިޔަކަ ނުދެއެވެ.އައިލީންގެ ހުރިހާކަމެއް ފުރިހަމަ ކަމާއެކު ފަރީޝާ ކުރަމުންދެއެވެ.

************

ކިތަންމެ ވަރަކަށް ފަރީޝާގެ ހަނދާން ނުކުރަން އާތިފް މަސައްކަތް ކުރިއަސް އޭނާއަކަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.އަބަދުވެސް އެހަނދާން އާވަމުންދެއެވެެ.ފަރީޝާ އަކީ މިހާރު އެެހެންމީހެއްގެ ހައްގެއްކަމާއި ދުވަހަކުވެސް އާތިފަށް ފަރީޝާއެއް ނުލިބޭނެކަންވެސް އެގޮތްދޫނުކުރާ ހިތަށް އާތިފް އެކިގޮތްގޮތުން ވިސްނައިދެވޭތޯ މަސައްކަތް ކުރިއެެވެ.ނަމަވެސް ވި ފައިދާއެއް ނެތެވެ.

ފަރީޝާއާ ދޭތެރޭ ދެކެމުންއައި އިހުސާސް ހުއްޓޭތޯ އެކިގޮތްގޮތުން މަސައްކަތްކުރަމުންދިޔަ އާތިފް، ފަރީޝާ ފެންނަން ހުއްޓަސް ނުފެންނަ ކަމަށް ހަދަންފެށިއެވެ.ގެއިން ކެއުންވެސް މުޅިންހެން ހުއްޓާލިއެވެ.މަދުފަހަރެއްގައި ގެއިން ކެއުން ފިިޔަވައެވެ.ފަރީޝާ މާދަންވެސް އައިލީން ދޫކޮށްފަދާނޭ ހިތަށް އެރުމުން އައިލީންގެ ކަންތައްވެސް ދެން ކުރަންފެށީ އާތިފެވެ.ފަރީޝާއަށްވުރެ ކުރިއަށް އައިލީންނަށް ކާންދީ އައިލީންގެ ކަންކަން އާތިފް ކުރަންފެށިއެވެ.

ކުއްލިއަކަށް އާތިފަށް އައިި ބަދަލާހުރެ ފަރީޝާ ހައިރާންވިއެވެ.ކުރިން ފަރީޝާ ފެންނަން އިނިއްޔާ ގޮވާލާފައި ކޮޓަރިއަށްވެސް ނުވަންނަ އާތިފް، މިހާރު ފަރީޝާ ފެންނަން އިނިއްޔާ އިސްދަށަށް ޖަހައިގެން އަވަސް ހިނގުމުގައި ކޮޓަރިއަށް ވަދެއެވެ.ފަރީޝާ ސިޓިންރޫމުގައި ހުރެއްޖެނަމަ އޭނާ އެތަނަކަށް ނުނިކުމެއެވެ.އޭނާއާ އެއްގޮތަކަށްވެސް ހަތަރުކަޅި އާތިފް ހަމައެއް ނުކުރެއެވެ.އާތިފަށް އައި ބަދަލާމެދު ފަރީޝާއަށް ފިކުރުކުރެވެން ފެށިއެވެ.އޭނާއަށް އާތިފް ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީބާވައޭވެސް ހިތަށް އަރަމުން ދިޔައެވެ.

ވަރަށް ވިސްނުމަށްފަހު ވީކީއްތޯ އާތިފް ގާތު އެހުމަށް ފަރީޝާ ނިންމިއެވެ.އެހެންކަމުން އެއްރޭ އާތިފް ގެއަށް އަންނަންދެން ފަރީޝާ އިންތިޒާރުކުރިއެވެ.އާތިފް ގެއަށް ވަތްއިރު ފަރީޝާ ސިޓިންރޫމުގައި ފެންނަން އިނުމުން އިސްދަށަށް ޖަހާލުމަށްފަހު އަވަސް ހިނގުމުގައި ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.އެވަގުތު އާތިފަށް ފަރީޝާ ގޮވާލިއެެވެ.ނަމަވެސް އާތިފް ނުހުއްޓި ކޮޓަރިއަށް ވަންނަން ތަޅުގައި ހިފިއެވެ.

ފަރީޝާ ދެވަނަފަހަރަށް ގޮވާލުމުން ތަޅުގައި ހިފާލި އާތިފް ހުއްޓުނެވެ.ނަމަވެސް އާތިފްހުރީ ފަރީޝާއަށް ފުރަގަސްދީގެނެވެ.ފަރީޝާއާ ކުރިމަތިލާނެ ހިތްވަރެއް މިހާރަކު އާތިފްގެ ނެތެވެ.އާތިފްގެ ދެލޯ ފެނިގެން ވިޔަސް ފަރީޝާދެކެ އޭނާ ވާލޯބި ފަރީޝާއަށް ހާމަވެދާނެ ކަމުގެ ބިރައްޓަކައެވެ.ފަރީޝާ ބުނަން އުޅެނީ ކީކޭ ބާވައޭ ހިތަށްއަރާ ހާލު އާތިފް ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ.

“އާތިފް؟ އޯކޭތަ؟..ހާދަ ބޮޑު ބަދަލެއް އައިސްފިހެން ހީވެޔޭ…ކިހިނެއްވީބާ އަނެއްކާ؟” ފަރީޝާ ބުނެލިއެވެ. ފަރީޝާ އެހެންބުނުމުން އޭނާއާ ދިމާލަށް އާތިފް ހިތްވަރުކޮށްލާފައި ބަލާލިއެވެ.އެވަގުތު ވާނުވާ ނޭނގޭ ހާލު އާތިފާ ދިމާލަށް ބަލަން ފަރީޝާ ހުއްޓެވެ.ފަރީޝާގެ ދެލޮލަށް ވަރަށް ފުން ނަޒަރަކުން އާތިފް ބަލައިލިއެެވެ.އޭނާ ކުރި ސުވާލަށް ޖަވާބުދެވޭނެ ނަމައޭ އާތިފްގެ ހިތަށްއެރިއެވެ.ހަގީގަތް އޭނާއަށް ހާމަ ކޮށްދެވޭނެނަމަ ކޮންފަދަހޭވެސް އާތިފްގެ ހިތަށް އަރަމުންދިޔައެވެ.

“މިހާރު އައިލީންގެ ކަންތައްވެސް ކުރަނީ އާތިފް…ފަރީޝާ އައިލީންގެ ކަންތައް ކުރަންއުޅުނަސް އެކަންތައް ފަރީޝާ ލައްވާ ކުރުވިޔަކަ ނުދޭ..ކިހިނެއްވީބާ؟…އާތިފް ހިތްހަމަނުޖެހޭ ކަމެއް ފަރީޝާގެ ފުށުން ފެނުނީތަ؟” ސުވާލަކަށް ފަހު ސުވާލެއް ފަރީޝާ ކޮށްލިއެެވެ. “ނޫނޭ…ހިތްހަމަނުޖެހޭ ކަމެއް ނުވޭ…އެއީ ދެން ހަމަ ކުރާހިތްވީ…އާތިފަށް ބަދަލެއް ނާދޭ..އެއީ ފަރީޝާއަށް ހީވާ އެއްޗެއް” ލުއި ހިނިތުންވުމަކާއެކު ހަގީގަތް ފޮރުވާލަމުން އާތިފް ބުނެލިއެވެ

އާތިފްގެ އެޖަވާބުން ފަރީޝާ ހިތްހަމައެއް ނުޖެހުނެވެ.އާތިފަށް ކޮންމެވެސް ބަދަލެއް އައިސްފިކަން އޭނާއަށް ޔަގީނެެވެ.އެހެންނަމަވެސް އާތިފްގެ ބަސް ގަބޫލުކުރުން ނޫން ގޮތެއް ނެތުމުން، އާތިފްގެ އެވާހަކަ ފަރީޝާ ގަބޫލުކުރިއެވެ. “އެހެންތަ؟…އާނ ވެދާނެ އެއީ ހީވިގޮތެއްކަމަށްވެސް” ކޮޓަރިއަށް ވަންނަމުން ފަރީޝާ ބުނެލިއެވެ.

*********

ވިޔާމާއެކު އިންޑިއާއަށް ފުރުމުގެ ފަހުގެ ތައްޔާރީތައްވެ ފުރުން ހަމަޖެހުނެވެ.ފަރީޝާ ފުރަންއުޅޭ ޚަބަރު އާތިފަށްް ދިނެވެ.އެޚަބަރު ލިބުމުން ޒަހަމުވެފައިވާ އާތިފްގެ ހިތުގައި އިތުރު ޒަހަމެއް ލެވުނުފަދައެވެ.ކުއްލިއަކަށް ފަރީޝާ ދިއުމުން އައިލީންވެސް ވަރަށް ދެރަވާނެކަން އެނގުމުން އާތިފް އިތުރަށް ދެރަވިއެވެ.ފަރީޝާ އެއްކޮށް އެގެއިންދާ ވާހަކަ ރަސްމީ ސިފައެއްގައި ނުބުންޏަސް، ފަރީޝާވެސް މުޅިއުމުރަށް އެމީހުންނާއެކު ނުހުންނާނެކަން އާތިފް އޭނާގެ ހިތަށް ވިސްނައިދިނެވެ..ފަރީޝާ ފުރާކަން އެނގުމުން ކިތަންމެ ދެރަވިނަމަވެސް އާތިފް ޒައްރެއްގެ މިންވަރުވެސް ފަރީޝާއަށްވެސް ވިޔާމަށްވެސް ހިތްބުރައެއް ނުކުރެއެެވެ.ފަރީޝާއެކޭ އެއްފަދައިން އާތިފްގެ ދުޢާއަކީވެސް ވިޔާމަށް ޝިފާ ލިބުމެވެ.

**********

ހެނދުނު އަށެއްޖެހުމުން އެއާޕޯޓަށްދާން ފަރީޝާ ނައްޓާލިއިރު އާތިފް އުޅެނީ ތެދުވެއެވެެ.އައިލީންނަށް ކާން ތައްޔާރުކުރަން ފަރީޝާ ބޭނުންވި ނަމަވެސް އެކަން ކުރާނީ އާތިފްކަމަށް ބުނުމުން ފަރީޝާ އެކަމެއް ނުކުރެއެވެ.ފަރީޝާ ގެއިން ނިކުތްއިރު އައިލީން އޮތީ ނިދާފައެވެ. “އޮޕޮރޭޝަން ނިމުނީމަ މާލެ އާދެވޭނީ ހިތްހެޔޮކުރާތި” އާތިފާ ސަލާމްކުރަން އަތްދިއްކޮށްލަމުން ފަރީޝާ ބުނެލިއެވެ. “ވަރަށް ބޭނުންވޭ ފުރުވަންދާން..އެކަމަކު އައިލީން އެކަނި ގޭގަ…” ފަރީޝާއާ ސަލާމްކުރަމުން އާތިފް ބުނަން އުޅުނެވެ. “އެރަނގަޅުވާނެ ޓެކްސީއެއްގަ ދާނީ ވިޔާމާ މަންމައާއެކު” ފަރީޝާ ބުނެލިއެވެ.

*********

ހަލުވި ހިނގުމުގައި ވިޔާމްމެން އުޅޭ ގެސްޓްހައުސާ ހަމައަށް ފަރީޝާއަށް ފޯރުނު ވަގުތު ވިޔާމާ އޭނާގެ މަންމަ ފަރީޝާގެ އިންތިޒާރުގައި ތިއްބެވެ.ފަރީޝާ އައުމުން އެމީހުން ކާރެއް ހުއްޓުވުމަށްފަހު އެއާޕޯޓަށް ދާން އެރިއެވެ.

********

ބޯޓު ޖެއްސުމާއެކު ފަރީޝާމެން ފަރީޝާމެން ބޯޓުން ފޭބިއެވެ.މީ ފަރީޝާ ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ދަތުރުކަމުން އޭނާހުރީ ކޮންމެވެސް ވަރަކަށް ހައިރާންވެފައެވެ.އެއާޕޯޓުން ނިކުތުމާއެކު އެމީހުން ދުއްވާ އެއްޗެއްގައި ދިޔައީ ކުލީ ހޮޓަލަކަށެވެ.ހޮޓަލަށްގޮސް ހުންނާނެ އެއްކޮޓަރީގެ އެޕާޓުމަންޓެއް ހިފުމަށްފަހު، ގެނައި ފޮށިތަކުގައިވާ އެއްޗެހިތައް ނަގާ ތަރުތީބުކުރަން ފަރީޝާ އުޅުނެވެ.ފަރީޝާ އިންޑިއާއަށް އައީ ވިޔާމް އޭނާއަަށް ދިން ރުފިޔާތައްވެސް ހިފައިގެނެވެ.އެއީ ވިޔާމުގެ ކަންކަމުގައި އެބޭނުންކުރާށެވެ.

ކުޑަކޮށް އަރާމުކޮށްލުމަށްފަހު ކުރިން ވިޔާމްދެއްކި ޑަކުޓަރުގެ ގާތަށް އެމީހުން ވިޔާމް ގޮވައިގެން ދިޔައެވެ.އަދި ކުރިން ނުކުރަން ނިންމި ރިސްކުބޮޑު އޮޕޮރޭޝަންކުރަން ފޯމުގައި އެމީހުން ސޮއިކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އަބަދަށް އެކުގައި 16

Next

ލޯބި ވެވުމުން 24

Next
April 18, 2022

ލޯބި ވެވުމުން 24

Previews
April 17, 2022

އަބަދަށް އެކުގައި 16

10 Comments!

  1. Hûdhãkkø says:
    April 18, 2022 at 1:30 pm

    Alhey mi part VX vrh reethi
    Alhe viyaam ge operation kaamiyaabu vaane ba???
    BTW mi part VX vrh vrh vrh reethi

  2. Unknown One says:
    April 18, 2022 at 3:00 pm

    Mashallah ,what will happen to Aillin?

  3. Aishath Yumnu says:
    April 18, 2022 at 11:30 pm

    Very reethi?waiting for the next part❤️avahah up kurahchey.. Mihaaru mihury keh madhu vefa?+a big fan of yours❤️❤️

  4. lamhus says:
    April 19, 2022 at 10:37 am

    aww…wish you a very happy birthday….????
    mine is on december…
    its ok no need for apologies…?
    thank you very much dear Hudhakko for your comments?

    1. Hûdhãkkø says:
      April 19, 2022 at 8:33 pm

      Thanks sis
      December ok I’ll remember
      Waiting for the next part

  5. lamhus says:
    April 19, 2022 at 10:38 am

    lets see dhw unknown one ?

  6. lamhus says:
    April 19, 2022 at 10:40 am

    thanks dear Aishath Yumnu?
    sorry for the delays…will try to upload as soon as possible?

  7. Aminath Amna Ali says:
    April 19, 2022 at 9:12 pm

    Whn

  8. Aminath Amna Ali says:
    April 19, 2022 at 9:13 pm

    When next

  9. lamhus says:
    April 20, 2022 at 3:27 am

    Submit kohfa inaanee dear?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (59)←


All Right Reserved!