Skip to content
އެސްފިޔަ

އަބަދަށް އެކުގައި 16

*”ހުމމ. ކަން ވެފަ އޮތްގޮތުން..ބުނަން ނުކެރުނީ.. ގަބޫލު ނުކުރާނެތީ” ހަނާ ބުނެލިއެވެ. “ތިބުނީ؟؟؟” ×ޒިވްޔަންގެ މޫނު މަތީގައިވަނީ ބޮޑު ސުވާލު މާކެކެވެ. “އަޑުއަހާ” ހަނާ ހިތްވަރު ކޮއްލާފައި ނޭވައެއްލާފައި ކިޔައިދޭން ފެށިއެވެ. ހަނާފެށީ މީގެ ދެއަހަރު ކުރީގެވާހަކަތަކެވެ.*

ސްކޫލުގެ އިންޓަރ ހައުސްގެ ކުޅިވަރުތަށް އޮތް ދުވަސްވަރެވެ. އާދައިގެ މަތިން މިއަދުވެސް ހަނާ ދިޔައީ ޕްރެކްޓިސްއަށެވެ. ޔައިޝާޔާ ހަނާއަކީ ދެ ހައުސްއެއްގެ ދެކުދިންކަމުން މިދުވަސްކޮޅު އެދެކުދިން ދިމާވަނީ ހަމައެކަނި ސްކޫލަށް ނެޓް ކުޅެން ދާއިރުއެކަންޏެވެ. އެހެނީ މިހާރު ގިނަ ވަގުތު ހޭދަ ކުރަން ޖެހެނީ ހައުސްގެ ކުދިންނާއެކުއެވެ.

“ހަނާ…” ހަނާ ފަހަތް ބަލައިލީ މީހަކު ގޮވާލިއަޑަށެވެ. އާނިޝް ކަމަށް ހުރިހާ ދަތެއް ފެންނަވަރަށް ހީލައިގެން ހުރެ ފަހަތް ބަލައިލިއިރު ފަހަތުގައި ދަތްބޮނޑި ދިލުވައިގެން ހުރި ކައިޒަން ފެނިފައި ހަނާގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ.

“ހިނގާ މަށާ އެކުދާން.. މިއަދު އެ އާނިޝްގަނޑު ނާންނަ ދުވަހަކީތަ؟” ކައިޒަން ހަނާޔާ އެއްވަރު ކުރަމުން އޭނަގެ ކަންފަތް ދޮށަށް ކުޑަކޮށް ދުރުވެލާފައި ބުނެލިއެވެ. ކައިޒަންގެ މިއަމަލުން ވެސް ހަނާ އިތުރަށް ރުޅި އަންނަ ގޮތްވިއެވެ. ހިތާހިތުން ވަރެއްގެ މިހެކޭވެސް ބުނެލިއެވެ.

ކައިޒަން އެކިއެކި ވާހަކަ ދައްކަމުން ދިޔައިރު އޭނާ ހުރީ ހަނާއާ އެކުދެވޭތީ ވަރަށް ފޮނިވެފައެވެ. ނަމަވެސ ހަނާ ދިޔައީ ހިތާހިތުން ކައިޒަންއާ ދިމާޔަށް ފަތިވަރު ގޮވަމުންނެވެ. ވަހަކަ ދައްކަމުން ދައްކަމުންގޮސް ކައިޒަން މަޑުމަޑުން ހަނާގެ އަތުގައި ހިފާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ހަނާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން އަތް ދަމައިގަންފައި ރުޅިވެރި ނަޒަރަކުން ކައިޒަންއާ ދިމާބަލައިލިއެވެ. އަދި މިހާރު ތިދަނީ މާ މައްޗަށޭވެސް ބުނެފާނަމޭ ހިތައް އެރިއެވެ.

“ކިހިނެތްވީ މިހާރު؟” ހަނާ ކައިޒަންއާ ދުރައް ހިނގައިގަތުމުން އަނެއްކާވެސް އައިސް އެއްވަރުކުރަމުން ބުނެލިއެވެ. “އާނިޝް ނޫންވީމަދޯ” ކައިޒަން އަޑަށް ހަރުކަށިކަންެ ގެންނަމުން ބުނެލިއެވެ. ހަނާ އަނެއްކާވެސް ކައިޒަންންއާ ދިމާ ބަލައިލީ ހަމަ އެފަދަ ނުރުހުމުގެ ނަޒަރަކުންނެވެ. އޭނާ ކޮންމެކަމެއް އާނިޝްއާ ގުޅުވަން މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ.

އައި ރުޅީގަޔާއެކު ބާރައް ހިނގައިގަތީ ގަޑި ކުޑަތަންވެފައި ވާތީއެވެ. ފަހަތުން ކައިޒަންވެސް އާދެއެވެ. ސްކޫލާ ހަމަޔަށް ދިޔައިރު ނަސީބަކުން އަދި ނުވައްދައެވެ. ހަނާ އެތާ ހުއްޓިލިއެވެ. އަދި އަވަސް ގޮތަކަށް ދެކޮޅަށް ކަޅި ހިންގާލީ އާނިޝް ފެނޭތޯއެވެ. އެހެނީ ކައިޒަންގެ ކިބައިން ސަލާމަތް ވެވޭނީ ހަމައެކަނި އާނިޝް ފެނުނީމައެވެ. ހަނާއަށް ތަންކޮޅެއްދުރުގައި އެތާ ތިބި ފިރިހެންކުދިންތަކަކާ ވާހަކަދައްކަންހުރި އާނިޝް ފެނުމުން ހަނާއަޅާލިއެވެ. އާނިޝް ހާނާޔާ ދިމާއަށް އަންނަން އުޅުނު ވަގުތު ކައިރީގައި ހުރި ކައިޒަންއަސް އެމަންޒަރު ފެނުމުން ހަނާގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެއޮއް ބައިގިނަ ތާނގަ ކައިޒަން އެހެން ކަންތަށް ކުރުމުން ހަނާ ލަދުވެސްގަތެވެ.

އެމަންޒަރފެނުން އާނިޝްއަށް ދެއަތް މުށްކަވާލެވުނެވެ. އެވަގުތު ހަނާއަށް އާނިޝް އައިސް ފާވަ ރުޅި އަންދާޒާ ކޮއްލެވުނެވެ. އަދި އަވަސްއަވަހަށް އާނިޝްގެ ކައިރިއަށް ދިޔައީ އާނިޝް އައިސް ކައިޒަންއާ ދިމާއަށް އެއްޗެކޭ ބުނެފިއްޔާ މަންްޒަރު މާ ރީތިނުވާނެތީއެވެ.

ގަޑިޖެހުމުން އަވަހަށް އެކިކުދިން އެކި ދިމަދިމާލަށް ދިޔައެވެ. ނަމަެސް ހަނާ އެވަގުތުގެ ބޭނުންހިފާ އާނިޝްއާ އެކުު ތަންކޮޅެއް މީހުންމަދު ހިސާބަކަށް ގެންދިޔައެވެ. “ކީއްވެ އޭނައާ އެކު ތިއައީ” އާނިޝް ހަރުކަށި ރާގެއްގައި ސުވާލުކޮއްލިއެވެ. ހަނާ ވަގުތުން ވީގޮތް ކިޔައިދިނެވެ.

“އަޅެ އަދިވެސް ހާދަ ފުއްޕައިންނޭ އެއުޅެނީ… ހުރެބަލަ ހޭއަރުވާލާނަން” އާނިޝް ރުޅިއައިސް ރަތްވެފައި ބުނެލިއެވެ. “ނޫން… އެއްވެސް އެއްޗެކެ ކިޔައިގެންނުވާނެ… ގޮސް ދެމީހުން ޒުވަބުކުރާކަށް ނޫންފަށާނީ.” ހަނާ އާނިޝް ފުޓުބޯޅަ ދަނޑަށް ފޮނުވާލަމުން ހަނާ ދިޔައީ ނެޓުކުޅޭށެވެ.

” ކަލެމެން މިއަދު ނާރާ ދުވަހަކީތަ” ބެންޗުގައި އިން ޔައިޝާއާ ލާރާ އަށް ހަނާ ބުނެލިއެވެ.

“ނޫނޭ ސިސޫ… މާލަހުން އަންނަންޏަކާ ނޭނގޭނެއްނު.. މިއަދު ފަހަރަކު ކުދިން ކޮޅެއް އަރުވަނީ.. މާދަމާ ޕްރެކްޓިސް ނޯވޭ.. ދެން އޭގެ އަނެއްދުވަހު މެޗު ފަށަނީ” ލާރާ އައިސް ހަނާގެ ކޮނޑަށް އަތްވައްޓާލަމުން ބެނެލިއެވެ. ހަނާ އާނިޝްއާ ރައްޓެހިވި ފަހުން ލާރާއާ ހަނާގެ މެދުގައުވެސް ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. “ވަޓް.. ކީއްވެ އެހާ އަވަހަށް މެޗު ފަށަނީ” ހަނާ ޔައިޝާއަށް ބަލައިލަމުން ބުނެލިއެވެ. ކަލެމެންގެ އޯލެވެލް އެގްޒާމް އެއޮތީ އައިސް ޖެހިފަ.. އަދިވެސް ނެޓު ކުޅެންތަ އުޅެންވީ” ޔައިޝާ އައިސް ހަނާގެ ކަންފަތުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ހަނާ އައުޗްއޭ ކިޔާ ޔައިޝާގެ އިސްތަށިގަނޑަށް ދަމާލިއެވެ.

“ލާރާވެސް އަސްލު ބޭނުމީ ފުޓުބޯޅަ ކުޅެން” ތަންކޮޅެއް ދުރުގައި ފުޓުބޯޅަ ކުޅެނތިބި ފިރިހެން ކުދިންތަކާ ދިމާ ބަލައިލަމުން ލާރާ ބުނެލިއެވެ. “ސާބަސް ފުޓްބޯލްގާލް…. އާނިޝް މައްޗަށް ލަރާ އަރަންވީނު” ހަނާ ބުނެލިއެވެ. “އަޅެ.. ހަނާއްތަ ވެސް އެހެން ކިޔަން ފެށީއޭ… އާނިޝްބެ ކަންތަށް.. ހުހް” ލާރާ ތުންދަމާލާފައި ބުނެލިއެވެ. އެވަގުތު ޔައިޝާޔާ ހަނާވެސް އެއްފަހަރާ ހޭން ފެށިއެވެ.

ޕްރެކްޓިސް ނިންމާފައި ގެއަށް ދިޔައީ ހަނާ، ޔައިޝާ އަދި އާނިޝްގެ އިތުރުން ލާރާއެވެ. އާނިޝް ހިނގަުން ދިޔައީ އެމީހުންނާ ތަންކޮޅެއް ދުރުން ނަމަވެސް އެމީހުން ދައްކާ ވާހަކަތަށް ރަނގަޅަށް އަޑު އިވޭކަން އިނގެނީ އާނިޝްވެސް ބައެއް ފަހަރު އެމީހުންގެ ވާހަކައިގައި ބައިވެރިވާތީއެވެ.

“ކޮބާތަ މިއަދު ހިލްޔާން؟؟” ލާރާ ހަނާ ކުރެން އަހާލިއެވެ.

“ލާރާ ކީއްކުރަން ހިލްޔާން ހޯދަނީ” އާނިޝް ލާރާޔާ ދިމާ ބަލާލަމުން ލާނެތް ފާޑަކަށް އަހާލިއެވެ. އެވަގުތު ރުޅިއަންނަ ކަމަށް ހަދާ ދެބުމަ ކައިރިކޮއްލަން އުޅުނު ލާރާއަށް ވެސް ފެށުނީހޭށެވެ.

“އޭ ޔައީ ދައްތާ.. މި ހަނާއްތަމެން ތިއްބާ އަހަރަމެން ވާނެ އިނގެ ޗެމްޕިއަންކަން ގެންނަން” ލާރާ ޔައިޝާޔާ ގާތްވެލަމުން ބުނެލިއެވެ.

“ހުމމ.. ހަނާމެން ކައިރިން ތިކަން ވެދާނެ.. އެކަމަކު އަހަރަމެން ކައިރިން ކިހިނެތް ތި ހައުސް ތަށި ގެންނާނީ” އާނިޝް އެހެން ބުނެލާފާ ބަލައިލީ ހަނާ އަށެވެ.

“ލާރާ އަރައިފިއްޔަ ތިކަންވެސް ވެދާނެ” ޔައިޝާ ބުނެލިއެވެ. ހަތަރު މީހުން މިކަހަލަ ކުދިކުދި ޒުވާބު ކުރަމުން ގެއަށް ދިޔައިރު މަގްރިބް ނަމާދު ބަންގި ގޮވަނީއެވެ.

ރޭނގަޑު ކައިގެން ހަނާ ކޮޓަރިއަށް ވަނީ ހިލްޔާންއަށް ފިލާވަޅު ކިޔައިދޭން އިނދެއިނދެފައެވެ. ހިލްޔާން ގްރޭޑް އަށެއްގައި އުޅުނު ނަމަވެސް އަބަދުވެސް ހިލްޔާން ކައިރީ ޖެހޭނީ ފިލާވަޅު ދަސްކުރުމަށް ބުނާށެވެ. އަމިއްލައަށް ފެނިގެން ފޮތް ދަސްކުރުމަކީ ހަމަ ނާދިރު ކަމެކެވެ.

އެނދުގައި ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާ ހަނާ އޮތީ ނިންޖަށް އިންތިޒާރު ކުރަމުންނެވެ. ނަމަވެސް އޭނަގެ ލޮލަށް ނިދިއަންނާނެ ޒަމާނެއްވެސް ނޭނގެއެވެ. އެންމެފަހުން ހަނާ ތެދުވެ ގޮސް ތުވާލި ހިފައިގެން ވަނީ ފާހާނާ އަށެވެ. ތާޒާވެލާށެވެ. ފެންވަރައިގެން އޭނާ އާންމުކޮށް ނިދަން ލާ އަޅި ކުލައިގެ ހަރުވާޅާއި ދަނބުކުލައިގެ އަތް ކުރު ޓީޝާޓުލިއެވެ. އަދި އޭނާގެ ބުޅި އިސްތަށިގަނޑުގައި ހުރި ފެންތަށް ހިތްކާލުމަށް ފަހު ނިދަން އޮށޯވަތީ އަވަހަށް ނިދޭތޯ ދުއާ ކުރަމުންނެވެ.

ނިދިނިދި އޮތް ހަނާއަށް ސިއްސައިގެން ގޮސް ދެލޯ ބޮޑުކޮއްލެވުނީ މީހަކު ކުޑަ ދޮރުގައި ތަޅައިގެންއަޑަށެވެ. ޖެހިލުންވެ ހުރެ ހަނާ ގޮސް ދޮރުފޮތިގަނޑު ކަހާލުމަށް ފަހު ކާކުތޯ ބަލައިލިއެވެ. ޔައިޝާއެވެ. ހަނާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ޔައިޝާ މިގަޑީގައި މިތަނަށް އެއައި ކީއްކުރަން ހެއްޔެވެ. އަނެއްކާ ބޮޑު ކަމެއްވީބާއެވެ.

ޙިޔާލުތަކަށް ގެއްލި ގޮސްހުރި ހަނާއަށް ހޭވެރި ކަމެއްވީ ޔައިޝާ ކުޑަދޮރުގައި އަނެއްކާވެސް ޖަަހައިގަތުމުންނެވެ. “ކިހިނެތްވީ ޔައީ” ހަނާއަށް ޔައިޝާ ހާސްވެފައި ހުރިވަރު ފެނުމުން އަހާލިއެވެ. އެވަގުތު ޔައިޝާފެށީ ރޯށެވެ. ހަނާ އިތުރަށްވުރެ ހާސްވިއެވެ.

“ކީއްތަވީ..” ހަނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އާނިޝް. ” ޔައިޝާ ރޮމުން ރޮމުން ބުނެލިއެވެ. އަދި އެތަނުން ދާން ހިނގައިގަތީ ހަނާ ކައިރީ އަންނާށޭ ކިޔާފައެވެ. ހަނާވެސް ޔައިޝާ ފަހަތުން ދުއްވައިގަން އިރު އޭނާ ހުރީ ނިދާެހެދުމާ އެކުކަންވެސް ހަނދާނެއްނެތެވެ.

ޔައިޝާ ދުވެފައިގޮސް ވަނީ ކައިރީގައި ހުރި ލިމްހާމެން ގެއަށެވެ. ހަނާ ގެއަށް ވަނުމާއެކު ކޮންމެސް މީހަކު ހަނާގެ ލޯމަތީ އަތް އެޅިއެވެ. އެވަގުތު ހަޅޭއްލަވައިގަންނަން އުޅުމުން އެމީހަކު އަނގަމަތީވެސް އަތް އެޅިއެވެ. އެވަގުތު ހަނާއަށް އިވުނީ ލާރާގެ މަޑުމަޑު ހީލުމެއްގެ އަޑެވެ. އެވަގުތު ހަނާ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.  މިމީހުން އަނެއްކާ މިއޮތް ދަންވަރު މިޖަހަނީކޮން ސަކަރާތެއްބާއެވެ. “އަދި އެއް މިނެޓުމަޑު ކުރޭ” އިވުނީ އާނިޝްގެ އަޑެވެ. އެވަގުތު ހަނާ ގަތްފައި ހުރި ބިރުވެސް އެކުއެކީހެން ފިލައިން ގޮސްފިއެވެ.

“ސަޕްރައިޒްޒޒްޒް” ގަޑިން ބާރާޖެހުމައެކު އެންމެން ހަޅޭއްލަވައިގަތެވެ. އެއާ އެކު ހަނާގެ އަނގަަމަތީ ގަޔާއި ލޯމަތީގައި އޮތް އަތްވެސް ނެއްޓިގެންދިޔައެވެ. ލޯ ހުޅުވާލުމާއެކު ހަނާގެ ލޯ ދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ހުދު ކުލައިގެ ބޮޑުބޮޑު ފާރުގައި ފިޔާތޮށި ކުލައިގެ އަކުރުތަކަކުން

“ހެޕީ ސިކްސްޓީންތް ބަރތްޑޭ ހަނާ” ޖަހާފައިވެއެވެ. ދަށުގައި އިން ކުޑަކުޑަ މޭޒު ދޮށުގައި އިން ފިޔާތޮށި ކުލައިގެ ކޭކާއި ކައިރީގައި ބަހައްޓާފައިވާ ކުދިކުދި ކަޕް ކޭކުތަކާއި، އެތަން ފުރާފައިވާ ކުލަކުލައިގެ ފުއްޕާހަންތަށް ފެނިފައި ހަނާހުރީ އަނގައިން ސޮނި ވެއްޓޭވަރުވެފައެވެ. އެވަގުތު ހަނާ އެތާތިބި އެންމެންނަށް ބަލައިލީ ޝުކުރުން ފުރިގެންވާ ނަޒަރަކުންނެވެ.

“މްމްމް… ދެން ތިހެން ހުންނަނީތަ” އާނިޝް ހަނާގެ އަތުގައި ހިފައިގެން ހުރެ ކޭކު ކައިރިއަށް އައިސް  ހުއްޓެމުން ވަޅި ހަނާގެ އަތަށް ލައިދިނެވެ. އެވަގުތު ހަނާ އާނިޝްގެ ކަންފަތް ދޮށުގައ ތޭންކްސްއޭ ބުނެލީ ވަރަށް އުފަލުން ހުރެއެވެ.

“ކިހިނެތްތަ ސަޕްރައިޒް” ލާމިއު އައިސް ހަނާ ކައިރިއަށް ހުއްޓެމުން ބުނެލިއެވެ. “ވަރަށް ވަރަށް ސަޅި… އެންމެންނަށް ވަރަށް ބޮޑަށް ތޭންކްސް..އެކަމު ދެރައީ ހަނާއްތައަށް ނިދާާ ހެދުމުގަ އާދެވުނީމަ.. ކީއްކުރާނީ ޔައީ އެކްޓު ކުރަންވެސް ހިސާބައްވުރެ މޮޅީ” ހަނާ ޔައިޝާޔާ ދިމާ ބަލާލަމުން ބުނެލިއެވެ. އެވަގުތު އެތާތިބި ޔައިޝާޔާ، ލާރާއަދި ލިމްހާޔާ ލާމިއުގެ އިތުރުން އާނިޝްގެ  ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ.

“ޔައީ ހީވެސް ނުކުރަން އަދި އެހެން ބުނެލާއިރަށް ހަނާ އަންނާނެ ކަމަށް..” ޔައިޝާ ހީގަންފައި ފޯނުނަގާފައި ރިކޯޑުކޮއްފައިވާ ރިކޯޑިން ޖެއްސިއެވެ.

ރިކޯޑިން އަޑު އަހާ ނިމުނު އިރު އެންމެން ތިބީ ހީހީ ހަލާކު ވާވަރުވެފައެވެ. ހަނާ އެހާ ބިރުގަތްފައި ހުރުމުންނެވެ.

“ހެހެ.. އަސްލުވެސް އެކްޓް ކުރަން މާ މޮޅީ.. ބޮލީވުޑްގެ ސްޓާރެއްވެސް އެއްޗަކަށް ނުވާނެ ކަންނޭނގެ..”އާނިޝް ޔައިޝާއަށް ތައުރީފު ކޮއްލިއެވެ.

“ދެން މަލާމަތް ކުރާނެކަމެއްނެތޭ” ޔައިޝާ އާނިޝްގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލިއެވެ. “އޭ ދެން ހިނގާދާން.. ބާރަގަޑި ބައިވީ… ދެން ދޭ ލާމިއު ކޮއްކޮވެސް ނިދާލަން..” ލާމިއު ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ދެންނ.. ލާރާ ކޮއްކޮޔާ ލިމްއާ މިތަން ސާފުކުރޭ” ލާރާ އަދި ލިމްހާއަށް އާނިޝް ބުނެލިއެވެ. އެވަގުތު ލާރާއާ ލިމްހާ ފާޑަކަށް އަނގަހަދާލިއެވެ. އަދި ހަނާއާ ޔައިޝާ އަދި އާނިޝް ނުކުތީ ބޭރަށެވެ. ހަނާ ދުވެފައިގޮސް ގެއަށް ވަންނަން ދެން އާނިޝް ހަނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ހެނދުުނު އެރިއިރާއެކު ހަނާގެ މަންމަ ހަނާއަށް ގޮވަން ފެށިއެވެ. އެންމެފަހުން ތެދުވެ ސައި ބޮއެގެން އައިސް އިށީނީ ފިލާވަޅު ދަސްކުރުމުގެ ނިޔަތުގައެވެ. އެހެން އިންދާ ހަނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ލޯ މަތީ އަތް އެޅީމައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. Ey Brw

    Kaakubaa anehka…ey i ah vx ekahala birthday surprise eh dhehchey ingey sunflower girl?? Btw mi part vx hama vvvvvvvv salhi maasha allah❤❤❤
    pls next part vx v avahah up kohdhehchey

  2. sunflower girlll

    thank u ey brw..last part ah u koffa in comment fenuny com sec close v fahun ingey..ehnve ryp nudhevunyy..sorry
    btw thank u..n avahah birthday buney..eyrunnennu suprise ready kuran ingeynyy..
    nxt prt maadhama in sha allah

  3. Hûdhãkkø

    Wow mi part VX vrh reethi
    Waiting for the next part
    Is anyone gonna wish me in my birthday ????

    1. Hûdhãkkø
      Hûdhãkkø

      Alhe kaak tha Hana Loa mathiga aith elhi Hama visneni eyyy
      Anekka aanish tha
      Alhey sis vrh avahah next part up kohdhehchey can’t wait

    2. sunflower girlll
      Hûdhãkkø

      thanxxx hudhakko
      hehe..hudhakko birthday kn dhuvaheh thrr..
      lets seee kaaku thww eii..adhi vx eulheny hanaa ge past ga
      mhr next prt submitkollaifin..vrh avahah kiyaalan libeyne in sha allah

    3. Hûdhãkkø
      Hûdhãkkø

      I ge birthday aki April 18
      What about you sis
      Yh dhw can’t wait to know who is she/he
      Awwn thanks sis vaahaka submit kurima adhi vaahaka up nuvey kanneyge

  4. Anonymous

    Masha Allah
    Mi part vx vrh rythi
    Next part ah inthixaaru gaa

  5. Anonymous

    Happy birthday Hudhaakko I hope you have a great day today

    1. Hûdhãkkø
      Anonymous

      Thanks anonymous you all are better than my best friends they doesn’t even wish me
      What your birthday anonymous

Comments are closed.