މޫމިނާ ތަންކޮޅެއް ދުރު ނޫން ހިސާބަކަށް ގޮސް ފޯނު ނަގާ ޕޮލިހުންނަށް ގުޅިއެވެ. މާގިނަ އިރު ތަކެއް ނުވޭ ޕޮލިހުން އައި އަޑު އިވެމުން ދިޔައެވެ. ޕޮލިހުން އައިސް ހާޝިމް ހައްޔަރު ކޮށްގެން ގެއިން ނެރެ ހިފައި ގެން ދިޔައެވެ. އެއިރު މީހުންތައް ހުރީ ކީއްތޯ ބަލަން ގޭގޭ ފާރު ކައިރީގަ އެވެ. ހޮސްޕިޓަލު އެނދަކުން މޫނު މަތީގައި ފޮތިގަނޑެއް އަޅައިގެން ނެރުނު ކައިލާ ފެނި އެންމެން ވެސް ހައިރާން ވިއެވެ. އެއީ ހާޝީމް މިކަހަލަ ކަމެއް ކުރާނެ ކަމުގެ ޔަގީން ކަން ނެތުމުން އެވެ. ގިނަ މީހުން ކިޔަމުން ދިޔައީ ހާޝީމް ކައިލާ ދެކެ މަންމަ އެކޭ އެއްފަދައިން ލޯބި ވާ ވާހަކައެވެ. އަނެއް ބައިމީހުން ކިޔަމުން ދިޔައީ ހާޝިމް މިކަހަލަ ކަމެއް ކުރާނެ ކަން މީ އެމީހުން އަށް ލިބުނު ހައިރާން ކަމެކެވެ. ދުވަސްތައް ފާއިތު ވެގެން ގޮސް ހާޝިމް އެންމެ ފަހުން ޖަލައް ވެސް ލީފިއެވެ. މިހިސާބުން މޫމިނާގެ ހިތް ފުރޭވަރު ވިއެވެ. “އެންމެ ފަހުން މަށަށް މި ގެ މި ލިބުނީ މަށައް އުނދަގޫ ކުރާނެ ފިރިއެއް ނެތް އަދި މަގޭ ފިރި މީހާގެ ދެ ކޮއްކޮއެއް ވެސް ނެތް ހާދަ ހިތަ ހަމަ ޖެހެއޭ އެކަމު އެހިރަ ހާޝިމް ގެ ދަރި މި ގެއިން ނެރެލަން އެބަ ޖެހޭ” މޫމިނާ ސޯފާ މަތީގައި އިށީންނަމުން ބުނެލިއެވެ. އެއިރު އާހިލް ހުރީ އެތާން ގައި ހުރި ފާރެއް ގެ ކައިރޫގައި މޫމިނާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަންށެވެ.
—–
“ދޮންބޭ ބުނެބަލަ ދޮންތަ އަށް ކިހިނެތް ވީ އަހަރެން ގެ ބައްޕަ ތަ ދޮންތަ މަރާލީ؟” ހަމްޝާ އާހިލް ގެ ކޮނޑުގައި ހިފާފައި ތަޅުވަމުން ދިޔައެވެ. “ހަމްކޮގެ ބައްޕަ އެއް ނޫން ދޮންތަ މަރާލީކީއެއް އެއީ ހިޓް އެނޑް ރަން ކޭސް އެއް އައި ބްލީވް ދެޓް އެއީ އެއްވެސް އެވިޑެންސް އެއް ނެތި ހަމްކޮގެ ބައްޕަ ޖަލައްލީ… މިހާރު ފުރަތަމަ ގަޑި ފަށަން އެއުޅެނީ ހިންގާ ދަމާ”އާހިލް މިހެން ބުނުމުން ހަމްޝާ އޯކޭ އޭ ބުނެފައި ކްލާހައް ދާން ހިންގައިގަތެވެ.
އާޔަން ގޮސް ކްލާހައް ވަތް އިރު ހަމްޝާ ނެތުމުން ކުޑަކޮ ކަން ބޮޑު ވިއެވެ. “ހާއި އާޔަން… މިއަދު ހިންގާބަލަ ހަވީރު ފިނި ބުރެއް ޖަހާލަން ދާން” އެލީނާ މިހެން ބުނި ވަގުތާއި އާހިލް އާއި ހަމްޝާ ގޮސް ކްލާހައް ވަތް ވަގުތާ ވީ ހަމަ އެއް ވަގުތަކަށްށެވެ. “ނޯ އައިމް ބިޒީ” އާޔަން ކުލާހުގެ ދޮރު ކުރިމަތީގައި ހުރި ހަމްޝާ ފެނިފައި ބުނެލިއެވެ. ހަމްޝާ އާއި އާހިލް ކްލާހައް ވަނުމާއި އެކު އެންމެން ވެސް ހައިރާން ވިއެވެ. “ތި ދެމީހުން އެއްކޮށް އުޅޭތަން މީ އާދަޔާ ހިލާފު ކަމެއް އަނެއްކާ ކޮން ހުވަފެނެއް ފެނުނީ ދޯ” ކްލާހުގައި ހުރި ފިރިހެން ކުއްޖެއް މިހެން ބުނުމުން އާހިލްގެ ގާތައް އައީ އިންތިހާއަށް ރުޅިއެވެ. އެ ދިޔަ ގޮތައް ގޮސް އެހެން ބުނި ފިރިހެން ކުއްޖާގެ ޔުނިފޯމްގެ ގިރު އާނުގައިހިފާފައި އޭނާގެ މޫނުގައި ޖަހަން ވެގެން އަތް އުފުލިއެވެ. ނަމަވެސް މިކަން އާހިލް އަށް ހާސިލް ނުވީ ޒޯޔާ އާހިލް ގެ އަތުގައި ހިފުމުންއެވެ. “އާހިލް ހަމަޖެހިބަލަ އިރު ކޮޅަކުން ޓީޗަރު އަންނާނޭ ޓީޗަރައް އާހިލް ފައިޓު ކުރާކަން އެގިއްޖިއްޔާމު އާހިލް ސީދާ ދާނީ ޕްރިންސިޕަލް އަށް ނިކަން އާހިލް ވިސްނަބަލަ” ޒޯޔާ މިހެން ބުނުމުން އާހިލް ތަންކޮޅެއް ހަމަޖެހުނެވެ އެއަށްފަހު އެ ކުއަޖާގެ ގިރުއާނުން ދޫކޮށްލިއެވެ. އެއަށްފަހު އާހިލް ގޮސް އޭނާއިށީންނަން ހަމަޖެހިފައިވާ ގޮނޑީގައި އިށީންދެލާފައި ފުންނޭވާއެއްލިއެވެ. ހަމްޝާ ގޮސް އޭނާގެ ގޮނޑީގައި އިށީންނުމުން އެލީނާ ހަމްޝާ އާއި ދިމާލަށް ހަސަދަ ވެރިކޮށް ބަލަން ހުއްޓެވެ.
އެދުވަހު ސުކޫލު ސެޝަން ނިންމާފައި އާޔަން ހަމްޝާ ގާތު މަދުކުރުމަށް ބުނެޏެވެ. ހަމްޝާ އަޔަންގެ އިންތިޒާރުގައި ބޭރު ގަ ހުންނަ ފައުންޓެން ކައިރީގައި ހުއްޓެވެ. މާގިނަ އިރު ތަކެއް ނުވޭ އާޔަން އައިސް ހަމްޝާ ކައިރީގައި މަޑުކޮށްލިއެވެ. “ހެއި” އާޔަން މިހެން ބުނުމުން ހަމްޝާ ވެސް “ހެއި” މިހެން ބުނެލިއެވެ. ދެމީހުން ދޭތެރޭގައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ކުއަލިއަކަށް ހަމްޝާ ވާހަކަދައްކަން ފެސިއެވެ. “އަހަރެން މިތަނަށް އަންނަން ގާތު ކީއްވެ ބުނީ ވާހަކަ ނުދައްކަންޏާމު” ހަމްޝާ މިހެން ބުނުމުން އާޔަން ފުން ނޭވާއެއްލިއެވެ.
“ކީއްވެހޭ؟ މަ ދެން ހަމް އާ ވާހަކަ ނުދައްކާތާ ގިނަ ދުވަސް ވެގެން ފޫހިވެގެން ބުނީ މީތް ކޮށްލާށޭ” އާޔަން ސަމާސާ ކުރަން ފެށިއެވެ.
“ހޫމް ވާހަކަ ދެއްކިއްޖެއެއްނު ދެން މަ މި ދަނީ” ހަމްޝާ ލާނެތް ގޮތަކަށް ބުނެލިއެވެ.
“މަޑުކޮށްބަލަ… މަ ސީރިއަސްކޮށް ވާހަކައެއް ދައްކަންށޭ މަޑުކުރަން ބުނީ” އާޔަން ހަމްޝާގެ އަތުގައި ހިފާފައި ބުނެލިއެވެ.
” ކިޔާބަލަ ކިހިނެތް ވެގެންތަ ތިއުޅެނީ؟” ހަމްޝާ އާޔަން އާއި ދިމާލަށް ބަލައިލައިފައި ބުނެލިއެވެ.
“މީ އިއްޔެ ހަމް ގެ ބަޑުދައިތަ ހަމް ގައިގަ އެހާވަރަށް ތެޅީ އިރު މަށަކަށް ކަމެއް ނުކުރެވުން… ދެން ހަމް ގެ އިސްތަށިގަނޑު ކޮސާލަން އުޅުނީމަ މަ ތެދެވެގެން ހަމް ސަލާމަތް ކުރާން ދާން ބޭނުންވި އެކަމު މަށަށް ވުރެ ކުރިން އާހިލް ދިޔައީ… އައިމް ސޮރީ އައި އެވޮއިޑެޑް ޔޫ… ކުރިން މަ ހަމް އާ އެއްކޮޅަށް އެރި ނަމަ މިހެން ނުވީސް” އާޔަން މިހެން ބުނުމުން ހަމްޝާ އާޔަން ގެ ބޮލުގައި މަޑުމަޑުން އަތް ކާތާލިއެވެ. އެއަށް ފަހު އެ އޯކޭ ވާނެއޭ ބުނެފައި ގެއަށް ދާން ހިންގައިގަތެވެ.
ހަމްޝާ ގެއަށް ގޮސް ވަތް ތަނާހެން މޫމިނާ ހުރީ އިލޯށިފަތި ހިފައިގެން އެވެ. ހަމްޝާ އައިސް ގެއަށް ވަނުމާއި އެކު އޭނާގެ އިސްތަށި ގަނޑުގައިހިފާ ކޮޓާރިއަށް ވެއްދިއެވެ. އެއަށްފަހު ތަޅުލިއެވެ. “އޭތް ބަލަ ކަލޭ ހީކުރީ ކަލޭ އަށް މަގޭ ދަރި އަތުން ހުރިހާ އެއްޗެއް އަތުލެވޭނެ ކަމަށް… ވާނެ ކަމެއް ނޫން ކަލޭ ހުންނަން ޖެހޭނީ އެ އާޔަން އާ ދުރުގަ އެހެންނޫނީ ކަލޭ ޖެހޭނީ މިއަދު ހަތަރު ދަމު މި ކޮޓާރީ ގަ އުޅެން” މޫމިނާ ހަމްޝާގެ ފައި ދުނޑިމަތީގައި އިލޯށިފަތިން ޖަހަމުން ބުނެލިއެވެ. “ބޮޑުދައިތަ ހީކުރީ ބޮޑުދައިތަ ތިހެން ބުނިއްޔާ މަ ބިރު ގަންނާނެ ކަމަށް ކުރިން ބިރު ގަތަކަސް މިހާރަކު ނުގަންނާނެ” ހަމްޝާ މިހެން ބުނުމުން މޫމިނާ އިލޯށި ފަތީގައި ހުރި ބާރަކަށް ހަމްޝާގެ ފައި މަތީގައި ޖެހިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެ ބޭރުން ތަޅުލިއެވެ. ހަމްޝާ ހަމަ އެހުރިގޮތައް ހުރެ ރޯން ފެށިއެވެ.
އެރޭ 11:00 ޖެހީ އިރު ކުއްލިއަކަށް މީހަކު އައިސް ހަމްޝާގެ ކޮޓަރީ ގެ ތެރެއަށް ވަތް އަޑު އިވުމުން ހަމްޝާ ނިދާ ކަމަށް ހެދީލިއެވެ. “ހަމްކޯ.. ހަމްކޮ ނިދާކަމަށް ހެދޭކަށް ނުޖެހޭނެ މީ ހަމްކޮގެ ބޮޑުދައިތަ އެއްނޫން” އިވެމުން ދިޔައީ ފިރިހެނެއްގެ އަޑެވެ. ހަމްޝާ ލޯ ހުޅޫވަ ބަލައިލީއިރު އާހިލް ހުރުމުން ހަމްޝާ އާހިލް ގެ ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ. “މަ މި ނަރަކަގަނޑުން ސަލާމަތް ކޮށްދީ މށެއް ބޭނުމެއް ނޫން ދެން މިތާންގަ އުޅޭކަށް މަ ބޭނުމީ މަންމަ ހޯދަން މާލެ ދާން” ހަމްޝާ އާހިލް ފެނުމާއި އެކު ރޯން ފެށުނެވެ. “ހަމްކޯ ކޫލް ޑައުން ބާކީ އޮތީ އެންމެ ދެމަސް އައިޖީސީއެސްއީ އޯލެވަލް ފަށަން ޖަސްޓް ވެއިޓް އޯލެވަލް ނިމުނީމަ އަހަރުން ދެމީހުން ވެގެން ދާނީ މާލެ” އާހިލް މިހެން ބުނުމުން ހަމްޝާ އާން އެކޭ ބުނެލިއެވެ. އަދި އާހިލް އަމްޝާގެ ފަޔުގައި ވާ މޫމިނާ އިލޯށިފަތިން ޖަހާ ކުދި ކުދި ކޮށްފައި ހުރި ތަން ނޭކުލަ އަރާފައި ވުނުމް އަތުގައި ހުރި ބޭސް ފުޅިން ބޭސް އުނގުޅައިދޭން ފެށިއެވެ. އެއަށްފަހު ހަމްޝާ ގާތު އެހާވަރަށް ނުވިސްނާށޭ ބުނެފައި އެކޮޓާރިން ނިކުމެ ބޭރުން ތަޅުލިއެވެ. ހަމްޝާ އެއަށްފަހު އޮށޯއްވެލީ ނިދާލަން ށެވެ. މިހެން އޮއްވާ ހަމްޝާގެ އެސްފިޔަރައް ބަރުވެގެން އެންމެފަހުން ނިދުނެވެ.
–ދެމަސް ފަސް—
އައިޖީސީއެސްއީ އޯލެވަލް ނިމިގެން ގްރޭޖުއޭޝަން ޑޭ އައިސް ޖެހުނެވެ. ހަމްޝާ ހުރީ ފެހިކުލައިގެ ވަށްތިރި ލީ ދިގުހެދުމެއްލައިގެންއެވެ. އަދި އޭނާގެ އިސްތަށިގަނޑު ވަނީ މިނިވަން ކަމާއި އެކު ވިއްސާލާފައެވެ. އަރައިގެން ހުރީ ސިލްވާ ކުލައިގެ ހައިހީލް އަކަށްށެވެ. މިހެން ކަމުން ހަމްޝާ ގެ އަންހެން ވަންތަކަން އިތުރަށް ހާމަވެގެން ދިޔައެވެ. ގިނަ ފިރިހެން ކުދިންގެ ނަޒަރު ހަމްޝާ އަށް ހުއްޓެމުން ދިޔައެވެ.
އާހިލް އާއި ހަމްޝާ އަދި ޒޯޔާ އެއްކޮށް ކަހަލަ ގޮތަކަށް ގޮސް ހޯލް ތެރެއަށް ވަނެވެ. ތިން މީހުން ވެސް އޮލަ ވާހަކައިގައި ޖެހުނެވެ. މިހެން ވާހަކައިގައި ހުއްޓާ ކުއްލިއަކަށް އާޔަން ވެސް އައިސް އެމީހުން އާއި ބައިވެރި ވިއެވެ. މިހެން ވާހަކަ ތަކުގައި ހުއްޓާ ސެރެމޮނީ ފަށައިގެން ދިޔައެވެ.
ޤުރުއާން ކިޔެވުމަށަފަހު އާޔަތް ތަކުގެ ތަރުޖަމާ ކިޔުމަށްފަހު ޖަލްސާ ދާނެ ގޮތް ކިޔައިދިނެވެ. އެއަށްފަހު އޮތީ ސުކޫލުގެ ޕްރިންސިފަލް ގެ ވާހަކަދެއްކުން ކޮޅެކެވެ. ދެން އޮތީ އިނާމު ދިނުމުގެ ރަސްމިއްޔާތެވެ. “އިނާމުތައް ދަރިވަރުން އަށް ބައްސަވައި ދިނުމަށް އަހަރުމެންގެ މެހެމާނު މަރިޔަމް ހަސްނާ މުހައްމަދް އަށް ދަންނަވަން” ހަސްނާ ގެ ނަން އަޑު އިވުމާއި އެކު ހަމްޝާގެ ދެލޯ ބޮޑުވިއެވެ. ހަމްޝާ ހުރީ ބަސް މަދުވެފައެވެ. އާހިލް ހަމްޝާ އާއި ދިމާލަށް ވަގުތުން ބަލައިލިއެވެ. ޒާޔާ އާއި އާޔަން އަށް ވެސް ވީ މިވަރެވެ. “މް… މަންމާ” ހަމްޝާ ކުޑަކޮށް އަޅައި ގަންނަމުން ބުނެލިއެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Wow really hamsa ge mom ai ????
BTW
Mi part VX vrh vrh vrh vrh vrh reethi
Waiting for the next part