“މާއިޝް ކޮބާ..؟” މާނާގެ ކިބައިން މާއިޝް ދެކިލުމަށް އެދުމުން މާނާ ރައިޝާ ގވައިގެން ގޮސް ހުއްޓުނީ މާއިޝްގެ ކޮޓަރި ދޮރުމަތީގައެވެ. ފުން ނޭވާއެއް ލާފައި ރައިޝާ އަމިއްލަ މީހާ ހަމައަކަށް އަޅުވާލިއެވެ. ތަޅުގައި ހިފައި، އަނބުރާލި އިރު، އެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ދޮރު ހުޅުވާލުމަށް ފަހު، އެތެރެއަށް ވަތް ވަގުތު ފެނުނު ހިތާމަވެރި މަންޒަރުން އޭނާގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރާލި ހެންނެވެ. އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް ފައިބައިގެންފިއެވެ.
***
“މާއިޝް…” ވައި އަޑުން ރައިޝާއަށް ކިޔައިލެވުނީ މާއިޝްގެ ޙާލު ފެނިފައެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން މާއިޝް އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ރައިޝާ ވަތް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ރައިޝާއަށް މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ބަލައިލެވުނީ މާއިޝްއަށް އައިސްފައިވާ ބަދަލުތައް ފެނިފައެވެ. މީގެ ދޮޅު އަހަރު ކުރީގެ މާއިޝްއާ މި މާއިޝް ހާދަ ތަފާތެވެ. ކުރިޔާ ބަލާފައި މާއިޝް ފެންނަނީ ކިތަންމެހާވެސް ނިކަމެތިކޮށެވެ. ހަށިގަނޑުން މާ ނިކަމެތި ކަމަށް ނުދެއްކިޔަސް މޫނުމަތިން އެކަން ރީއްޗަށް ހާމަވާން ހުއްޓެވެ. އެ މިލާފައިވާ މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. ނަމަވެސް، އަދިވެސް މާއިޝް ހުތުރެއް ނޫނެވެ. ކިތަންމެ ބޮޑެތި ބަދަލުތަކެއް އައިސްފައި ވީ ނަމަވެސް، މީގެ ފަސް އަހަރު ކުރިން މާއިޝްއަށްޓަކައި ޖެހި ވިންދު އަދިވެސް ރައިޝާގެ ހިތުގައި ޖަހައެވެ. އިތުރަށް ކެތް ނުވުމުން ދުވެފައި ދިޔަ ގޮތަށް ގޮސް މާއިޝްގެ ގައިގައި އޮޅުލައިގަތީ ގިސްލަގިސްލާފައި ރޮމުންނެވެ.
މާލޭގެ ކާރޫބާރޫ ގިނަ މާހައުލަށް ނަޒަރު ހުއްޓާލައިގެން އިން މާއިޝްއަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ ގައިގައި މީހަކު އޮޅުލައިގަނެފައި މާ ބާރަށް ރޯން ފެށުމުންނެވެ. ފުރަތަމަ އެއީ ކާކުކަން ނޭނގި ހުއްޓުން އަރާފައި އިނދެވުނު ނަމަވެސް، ދަމާލި ނޭވާޢާއި އެކު، ދުވި ލުއި މީރު ސެންޓުގެ ވަހާއި، އިވުނު އަޑުން އެއީ ކާކުކަން އެނގޭކަށް އިތުރު ސިކުންތެއް ނުނެގިއެވެ. ނަމަވެސް ގަބުވެފައި އިނދެވުނީ، އެއީ ޙަޤީގަތެއް ކަމަށް އެ ހިތް ޝައްކު ކުރާތީއެވެ.
“މާއިޝް..” މާއިޝްގެ ގައިން ދޫކޮށްލުމަށްފަހު ރައިޝާ ސީދާ އެ ދެލޮލަށް ބަލައިލިއެވެ. އެއާއެކު، މާއިޝްއަށް ޔަޤީންވިއެވެ. އާއެކެވެ. އެއީ ހަމަ އޭނާއެވެ. އެ ހިތް ތާއަބަދު ދުށުމަށް އެދި ބޭޤަރާރުވެފައިވާ އެ ހިތުގެ މަލިކާއެވެ. އެ އަޑެއް އަހާލުމަށް އޭނާގެ ކަންފަތް އިންތިޒާރު ކުރި އަޑެވެ. އެއީ ރައިޝާކަން ޔަޤީންވުމުން މާއިޝްއަށް ރައިޝާ އޭނާގެ މެޔާލައި ބޮނޑިކޮށްލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. “ރައި…” ވައި އަޑުން އެހެން ކިޔާލެވުނު އިރު މާއިޝްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ. ރައިޝާ އޭނާއަށް ބޭވަފާތެރިވީއޭ ކިޔައިގެން ރިޔާޒް ދެއްކި ވާހަކަތައްވެސް މިވަގުތު އޭނާގެ ހަނދާނަކު ނެތެވެ. އެއަށްވުރެ ރައޝާ ފެނުމުން އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުން މާ ބޮޑެވެ.
އެގޮތުގައި ފަސްވަރަކަށް މިނެޓު ތިބެވުނު އިރުވެސް، ދޫކޮށްލާކަށް އެކެއްގެ ހިތެއްވެސް ނޭދުނެވެ. ހިތަށް ލިބެމުން ދިޔަ ހަމަޖެހުމުން ހިނދުކޮޅަކަށްވެސް މަޙުރޫމްވާކަށް އެކަކުވެސް ނޭދުނެވެ.
“މާއިޝްއަކީ ތީ މިހާރު ނުކުޅެދޭ މީހެއް.. މާއިޝްއާ ރައިޝާއާ އެއްވެސް ގޮތަކަށް މިހާރު އެކަށީގެންނެއް ނުވޭ.. މިއީ ރައިޝާ ބޭނުންވެގެން ނިންމި ގޮތް.. އިތުރަށް ރައިޝާގެ ޚަބަރެއް ހޯދަން ނޫޅޭތި.. އޭނާ ވަރަށް އަވަހަށް މީހަކާ އިންނާނެ.. މާއިޝްގެ އުނދަގޫ ދެން އޭނާގެ ދިރިއުޅުމަށް ފޯރާކަށް އަހަރެން ބޭނުމެއް ނޫން..” ކުއްލިއަކަށް މާއިޝްގެ ހަނދާނަށް އަންނަން ފެށީ ރިޔާޒްގެ ވާހަކަތަކެވެ. އެ ހަނދާން ވުމާއިއެކު ވަގުތުން ދެލޯ ހުޅުވާލެވުނެވެ. ރައިޝާ އޭނާގެ ގަޔާއި ދުރުކޮށްލީ ހިތާ ދެކޮޅަށެވެ. ކިތަންމެ ބޭނުންވިޔަސް އޭނާ ރިޔާޒްއަށް ވެފައިވައި ވަޢުދުގެ މަތިން ހަނދާން ނައްތައެއް ނުލާނެއެވެ. ރައިޝާ އޭނާއާއި ދުރަށް ދިޔައީ އަމިއްލައަށް ބޭނުންވެގެން ނޫން ހެއްޔެވެ؟ ވީއިރު، ރައިޝާ އަނބުރާ އޭނާގެ ގާތަށް އަންނަން ޖެހުނު ސަބަބަކީ ކޮބައިބާވައޭ މާއިޝްގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް މާއިޝް އޭނާ ދުރުކޮށްލާފައި އަނެއް ފަރާތަށް އެނބުރުން ރައިޝާއަށް ލިބިގެންދިޔައީ ހައިރާންކަމެވެ. މާއިޝްގެ އެ ދުރުކަމުން އެ ހިތަށް ގޯނާވަމުން ދިޔައެވެ. “މާއިޝް…” އެއްޗެއް ބުނަން ހތްވަރު ކުރި ނަމަވެސް، ރައިޝާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ވެ ނިމިދިޔަ ހުރިހާ ކަމަކަށްފަހު މާއިޝް އޭނާގެ ސޫރަ ދެކެންވެސް ބޭނުމެއް ނުވާނެއެވެ. “އަހަންކަށް ހިޔެއް ނުވެ ދެން އިތުރަށް މި ދޭތެރޭގަ ދައްކަން ޖެހޭ ވާހަކައެއް އޮންނާނެ ހެންނެއް.. ރައިޝާ އަހަރެން ދޫކޮށްލާފައި ދިޔައީ ރައިޝާ އަމިއްލައަށް.. އެކަމާ އަހަރެން ޝަކުވާއެއްވެސް ނުކުރާނަން.. އަދި ހިތް ބުރައެއްވެސް ނުކުރާނަން.. އެއީ މިހާރު އަހަންނާ ރައިޝާއާ އެއްވެސް ގޮތަކުން ހަމަހަމަ ވެގެން ނުވާކަން ޚުދު އަހަރެންވެސް ޤަބޫލު ކުރާތީ.. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ރައިޝާގެ މަތިން ހަނދާން ނައްތާލަން.. އެހެންވީމަ ރައިޝާއަށްވެސް ދެން އެންމެ ރަނގަޅުވާނީ އަހަރެންގެ ކުރިމައްޗަށް ނައިއްޔާ.. އެކަމުން އަހަރެންގެ ހިތަށް އިތުރަށް ވޭނާ ހިތާމަ ލިބުން ނޫން އެހެން ކަމެއް ނުވާނެ..” ރައިޝާއަށް ފުރަގަސްދީގެން އިނދެ، މާއިޝް ހިތާ ދެކޮޅަށް އެހެން ބުނެލި އިރު އެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދެއެވެ. ރައިޝާގެ ޙާލަކީތޯއެވެ؟ މާއިޝްގެ ކޮންމެ ޖުމްލައަކުން، ކޮންމެ ލަފްޒަކުން އޭނާގެ ހިތުގައި ހީވަނީ މީހަކު ވަޅި އަޅައި، ކޮށާލާހެންނެވެ. ދެ ހިތުގައިވެސް އެވަގުތު ދިޔައީ އިންތިހާއަށް ވޭން އަޅަމުންނެވެ.
“ނޫން މާއިޝް.. ތިހެން ނުބުނޭ ޕްލީޒް.. އަހަރެން.. އަހަރެން ކިހިނެއް މާއިޝްއާ ނުލާ އުޅޭނީ… ޕްލީޒް.. ބައްޕަ ހެދީ ހުސް ދޮގޭ..” ރައިޝާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ރައިޝާ އެންމެ ފަހުން ބުނި ޖުމްލައާއެކު މާއިޝްގެ ޙައިރާންކަން ދިޔައީ އިތުރުވެގެންނެވެ. އަވަސްއަވަހަށް ރައިޝާއާއި ވީ ދިމާއަށް އެނބުރުނެވެ. އެވަގުތު ރައިޝާގެ ރަތްވެފައިވީ ދެލޯ ފެނި މާއިޝްގެ ހިތުގައި ރިއްސާލިއެވެ.
“އައިމް ސޮރީ ރައި.. ކީކޭ ދެންމެ ތި ބުނީ..؟” ރައިޝާގެ ދެއަތުގައި ހިފައިލުމަށްފަހު، މާއިޝް އެއްސެވެ. “އެއީ ބައްޕަ އަހަރުމެން ދުރު ކުރި ކަމެއް.. އެއީ.. އެއީ…” ވީ ގޮތް ކިޔައިދޭން ރައިޝާއަށް އުނދަގޫވިއެވެ. އުފަން ބައްޕައަށް އެންމެ ބަދު ބަހެއްވެސް ބުނަން ބޭނުން ނުވުމުންނެވެ. އެ ބައްޕަގެ އަތުން އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލަން އުޅުނު ނަމަވެސް، އެއީ އަދިވެސް ބައްޕައެއް ނޫން ހެއްޔެވެ؟ އެޔެއް ބަދަލެއް ނުކުރެވޭނެއެވެ.
ރައިޝާއަށް ރޮވެން ފެށުމުން މާއިޝް ރައިޝާ ގެނެސް ގަޔާލައި ބޮނޑިކޮށްލިއެވެ. އެތައް ފަހަރަކު ހުއްޓާލުމަށް އެދުނެވެ. ރައިޝާ ހަމައަކަށް ނޭޅުމުން ދެން މާއިޝް ބަލައިލީ ދޮރުމަތީގައި ހުރި މާނާއަށެވެ. ވީކީއްހެއްޔޭ އަހާ ފަދައަކުން ބުމަ އަރުވާލުމުން މާނާ އައިސް އެތާ ގޮނޑީގައި އިށީނެވެ. މާއިޝްގެ އުނގުގައި ބޯ އަޅައިގެން އޮތް ރައިޝާގެ ބޮލުގައި ފިރުމައިލުމަށްފަހު، މާނާ ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ.
މާނާގެ ވާހަކަ ނިމުނު އިރު ރައިޝާ ފަދައިން މާއިޝްއަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. ރިޔާޒް އަކީ އޭނާ ބައްޕައެއްގެ ގޮތުގައި ދެކުނު ފަރާތެވެ. އޭނާގެ އެކްސިޑެންޓުގައިވެސް ރިޔާޒްގެ ކުށެއް ނެތް ކަމަށް ދަޢުވާ ކުރީ އެހެންވެގެންނެވެ. އެހިތުގައި ރިޔާޒްއަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމެއްގެ ސަބަބުންނެވެ. ވީއިރު، ރިޔާޒް އޭނާއާއި ރައިޝާ ދުރުކޮށްފާނެ ބާވައެވެ؟ ހާދަ ޤަބޫލު ނުކުރެވެއެވެ. ނަމަވެސް، ދެން ހަނދާން ވިއެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ނުކުޅެދޭ މީހަކާއި ގުޅިުވަން ބޭނުންވާނީ ކޮން ބައްޕައެއް ހެއްޔެވެ؟ މިހާރު އެއްވެސް ގޮތަކުން އޭނާއާއި ރައިޝާ އެއްހަމަ ވެގެން ނުވާ ކަމަށް އޭނާއަށް ޤަބޫލު ކުރެވެން ފެށިއެވެ.
“ރައިޝާ…” މާއިޝް ރައިޝާގެ މޫނުގައި ހިފައި، އޭނާއާ ހަތަރުކަޅި ހަމަ ކުރުވިއެވެ. އެވަގުތު އެ ރަތްވެފައިވީ ދެލޯ ފެނި އޭނާ ބުނަން އުޅުނު ޖުމްލަ ބުނަން ކިތަންމެހާވެސް އުނދަގޫވިއެވެ. ނަމަވެސް، މިވަގުތު އެންމެ ބުއްދިވެރި ގޮތަކީ އެއީއެވެ. ރައިޝާއާ ދުރުވުމެވެ. އޭނާގެ ސަބަބުން ރައިޝާއާއި ރިޔާޒްގެ ދޭތެރޭގައިވާ ގުޅުމަށް އެއްވެސް ހީނަރުކަމެއް އަންނާކަށް އޭނާ ނޭދެއެވެ. އަދި އެނގި ހުރެ، ރައިޝާގެ ދިރިއުޅުން ބަރުބާދު ކުރުމަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ. އޭނާގެ ލޯބި ޤުރުބާން ކޮށްގެން ވިޔަސް، ރައިޝާއަށް އޭނާގެ އުފާތައް ހޯދައިދޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
“ރައިޝާ.. ރައިޝާ ބައްޕަ އެގޮތަށް އެ ކަންތައް ކުރީ ހަމަ ރައިޝާއަށްޓަކައި.. އެއީ ކޮންމެހެން އަހަރެންގެ އެކްސިޑެންޓުގެ ޙަޤީގަތް ފޮރުވަން ކުރި ކަމެއް ނޫން.. އެއެކްސިޑެންޓަކީ ބައްޕަ ގަސްތުގައި ކުރި ކަމަކަށް ނުވާ އިރު، އެކަންތައް ރައިޝާއަށް ސިއްރު ކުރަން ބައްޕަ މަސައްކަތެއް ނުކުރާނެ.. އެކަމަކު، އަހަންނަކީ މިހާރު ނުކުޅެދޭ މީހެއް.. އަހަރެންނަށް ދެން ދުވަހަކުވެސް ހިނގޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް.. ޑޮކްޓަރުންވެސް ވަނީ އެ އުންމީދު ކަނޑާލާފަ.. އަހަރެން ދެން އިތުރަށް ފަރުވާ ހޯދަން މަސައްކަތް ކުރާކަށްވެސް ބޭނުމެއް ނޫން.. އެހެންވީމަ ރައިޝާއަށްވެސް ދެން އެންމެ ރަނގަޅުވާނީ… އަހަންނާ ދުރުވިއްޔާ… ރައިޝާގެ ބައްޕަވެސް ރައިޝާގެ ކައިވެނި އެހެން މީހަކާ ކުރުމަށް ހަމަޖެއްސީ އެހެންވެގެން.. ރައިޝާ ދެކެ އިންތިހާއަށް ލޯބިވާތީ.. ރައިޝާ ތީ ހުރި ހަމައެކަނި އަންހެން ދަރިފުޅު.. ވީއިރު، ރައިޝާގެ ބައްޕަ ބޭނުމެއް ނުވާނެ އަހަރެން ކަހަލަ ނުކުޅެދޭ މީހަކާ ރައިޝާ މުޅި އުމުރަށް ޙަވާލު ކުރާކަށް.. ރައިޝާގެ ބައްޕަ އެގޮތަށް ކަންތައް ކުރީ މި ސަބަބާ ހުރެ.. އެއީ ރައިޝާއަށް ދެރައެއް ދީ، ރައިޝާގެ ޙަޔާތް ބަރުބާދު ކޮށްލުމަށް ރައިޝާގެ ބައްޕަ ކުރި ކަމުގައި ރައިޝާ ފަހަރެއްގައި ހީ ނުކުރާތި.. އެއީ ހަމަ ރައިޝާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން ރައިޝާގެ ބައްޕަ އެޅި ފިޔަވަޅެއް.. އެހެންވީމަ ރައިޝާއަށް ވެސް އެންމެ ރަނގަޅު ވާނީ ބައްޕަ ބުނާ ބަސް އަހައިގެން އަހަންނާ ދުރުވިއްޔާ..” މާއިޝްގެ ވާހަކަ ނިމުނު އިރު ރައިޝާގެ އިތުރުން މާނާވެސް އިނީ ފެންކަޅި ވެފައެވެ.
ނަމަވެސް ދެން، ރައިޝާގެ ހަށިގަނޑުގައި ކެކެން ފެށީ ރުޅިއެކެވެ. ބައްޕަ އެހެން ކަންތައް ކުރީ އޭނާއަށް ރަނގަޅަށް ކަމަށް ވަންޏާ ދޮޅު އަހަރު ތެރޭގައި އޭނާ ތަޙައްމަލު ކުރަމުން ދިޔަ ވޭނާއި ހިތްދަތިކަން އެންމެ ފަހަރަކުވެސް ބައްޕައަށް ނަގައިގަނެވުނު ހެއްޔެވެ؟ ނޫނެކެވެ. އަރޫންއާއި އޭނާގެ ކައިވެނި ހަމަޖެއްސި އިރު، އެންމެ ފަހަރަކުވެސް ބައްޕަ އޭނާގެ ވިސްނުން ހުރި ގޮތެއް އަހާލި ހެއްޔެވެ؟ ހުރިހާ ކަމެއް ބައްޕަ ބޭނުންވާ ގޮތަށް ދާ އިރު، އެންމެ ފަހަރަކުވެސް، އޭނާ ބޭނުންވާ ގޮތަކީ ކޮބައިތޯ ބައްޕަ އަހާލި ހެއްޔެވެ؟ ނޫނެކެވެ. ދެން ބައްޕަ އެ ހުރިހާ ކަމެއް ކުރީ އޭނާއަށް ރަނގަޅަކަށޭ ބުނުމުން ޤަބޫލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ ލައްކަ ދުވަހު ކެތް ކުރެވިއްޖެ ނޫން ހެއްޔެވެ؟ ދެން އެންމެ ފަހަރަކުވެސް މާއިޝްގެ ލޯބި ބީވެގެން ދިޔުމަކީ އޭނާއަށް ބަރުދާސްތު ކުރެވޭނޭ ކަމެއް ނޫނެވެ. ދެން އެންމެ ދުވަހެއް މާއިޝްއާއި ނުލާ ވެއަތު ކުރުމަކީ އޭނާއަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫނެވެ. މާއިޝްއަކީ ކުޅެދޭ މީހަކަށް ވިޔަސް ނުކުޅެދޭ މީހަކަށް ވިޔަސް އޭނާގެ ފަރުވާލެއް ނެތެވެ. އެއަކުން އޭނާ މާއިޝް ދެކެ ވާ ލޯތްބަށް ކުޑަވެސް އުނި ކަމެއް ނާދެއެވެ. އަދި ދުވަހަކުވެސް، ނާންނާނެއެވެ.
“މާއިޝް ކީއްވެތަ ތި ގޮތަށް ތި ވިސްނަނީ..؟ މާއިޝްއަށް އިނގޭތަ މާއިޝްއާ ނުލާ އަހަރެން މިއޮށް ހުރިހާ ދުވަހު އުޅުނު ހާލު..؟ އަހަރެން ކިހާ ހިތާމައެއް ކުރި ކަން..؟ މިހެން ބުނާ އިރުވެސް އިނގޭ މާއިޝްވެސް އުޅޭނީ ހަމަ އެޙާލުގައި ކަން.. ދެން ކީއްވެ މިއަދު އަހަރެން ދުރު ކުރަން ތި މަސައްކަތް ކުރަނީ..؟” ރައިޝާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ރައިޝާގެ ވާހަކަތައް އަޑު އިވިފައި މާއިޝްއަށް ކުރިޔަށްވުރެ ބޮޑަށް ރައިޝާ ދުރުކޮށްލަން އުނދަގޫވިއެވެ. އެއީ ނުކުރެވޭނޭ ކަމެކޭވެސް ހިތަށް އެރިއެވެ. ނަމަވެސް، މިވަގުތު މާއިޝް އޭނާގެ ހިތާ ހަމަޔަށް ބާރު ފޯރުވަން އެބަ ޖެހެއެވެ. މިއީ ރައިޝާއަށް އުފާވެރިކަން ހޯދައިދެވެން އޮތް ހަމަ އެކަނި ގޮތެވެ.
“ރައިޝާ.. އެއީ ބައްޕަ ރައިޝާއަށް ރަނގަޅަކަށް ކުރި ކަމެކޭ-” “އެއީ ބައްޕަ އަހަންނަށް ރަނގަޅަކަށް ކުރި ކަމެއް ވިއްޔާ ކީއްވެ އެކަމުން އަހަންނަށް އެއްވެސް އުފަލެއް ނުލިބެންވީ..؟ ކީއްވެ އަހަރެންގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެންވީ..؟ އަރޫންއާއި ކައިވެނި ކޮށްގެން އަހަންނަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެ.. އެކަން އޭނަ މިހާރުވެސް ސާބިތު ކޮށްދީފި.. މާއިޝް.. މާއިޝްއަށް ނުހިނގުނަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ.. އައި ޑޯންޓް ކެއަރ.. މާއިޝްއަށް ހިނގުނަސް، ނުހިނގުނަސް އެކަމުން އަހަރެން މާއިޝް ދެކެ ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ.. ޕްލީޒް މާއިޝް.. ދެން އަހަރެން ދުރުކުރަން މަސައްކަތް ނުކުރޭ.. އަހަރެން އެހެން މީހަކާ އިންނާކަށް ބޭނުމެއް ނޫން.. އެކަން ބައްޕަވެސް ޖެހޭނީ ޤަބޫލު ކުރަން.. ޕްލީޒް..” މާއިޝް ބުނަން އުޅުނު ޖުމްލަ ކުރި ކަނޑާފައި ރައިޝާ އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ބޭރު ކޮށްލިއެވެ.
“ތެދެއް މާއިޝް.. މާއިޝް ހިތަށް އަރާފާނެ ތިހެން ރައިޝާ ދުރުކޮށްލައިގެން ރައިޝާގެ ދިރިއުޅުން އުފާވެރި ވާނޭ.. އެކަމް އެއީ ހުސް ކުށްހީ.. ލޯބި ނުވާ މީހަކާ އެކީ އުޅެގެން ދުވަހަކުވެސް ރައިޝާއަކަށްވެސް އަދި މާއިޝް އަކަށްވެސް އުފަލެއް ނުލިބޭނެ.. އެކަން ރިޔާޒްބެވެސް ޖެހޭނީ ޤަބޫލު ކުރަން..” މިހާ ހިސާބަށް ކަންތައް ދިޔުމުން މާނާޢަށްވެސް އެއްޗެއް ނުބުނެ ނުހުރެވުނެވެ. މާނާގެ ވާހަކަތައް އިވިފައި މާއިޝްއަށް ރައިޝާއާއި ދިމާއަށް ބަލައިލެވުނެވެ. އެ މައުސޫމު އަންހެން ކުއްޖާ އޭނާގެ ސަބަބުން ހާދަ ވޭނެއް ތަޙަންމަލު ކޮށްފި ހެއްޔެވެ؟ ހާދަ ޙާލެއްގައި އުޅެފި ހެއްޔެވެ؟ އޭނާގެ ނުކުޅެދުންތެރިކަމާއި އެކުވެސް އެ ހިތުން ޖާގައެއް އެ ދިނީ އޭނާދެކެ ހާދަ ލޯބި ވާތީއެވެ. ދުވަހަކުވެސް ވަކިވާން ނޭދޭތީއެވެ. ވީއިރު، ދެން އިތުރަށް ރައިޝާ ހތުގައި ޖެއްސުމަކީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ހުރި ނުކުޅެދުންތެރި ކަމާއެކުވެސް، ރައިޝާއަށް ލޯބިން ފުރިގެންވީ، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އޭނާއަށް މަސައްކަތް ކުރެވިދާނެއެވެ.
“ރައީ..” ރައިޝާ ގެނެސް އޭނާގެ މޭތެރޭގައި ފޮރުވާލީ، ދެން ދުވަހަކުވެސް ދޫކޮށް ނުލާނަމޭ ބުނާ ފަދަ ގޮތަކަށެވެ. މާއިޝްގެ އެ ކުއްލި ޙަރަކާތުން ރައިޝާ ފުރަތަމަ ސިހުނު ނަމަވެސް، ދެން އެ ދެލޮލުން ފައިބައިގަތީ އުފާވެރި ކަމުގެ ކަރުނައެވެ. ކައިރީގައި ބަލަން އިން މާނާގެ ލޮލުންވެސް ކަރުނަ ހިލުނެވެ. “މާޝާ ﷲ” އޭ ބުނެވުނީ ދެމީހުން އެކުގައި ތިބުމުން މަންޒަރު ފުރިހަމަވީ ވަރުންނެވެ.
“ރައީ.. އައި ޕްރޮމިޒް.. ދެން ދުވަހަކުވެސް ރައި ދުލެއް ުކުރާނަން.. އިތުރަށް ރައި ހިތާމަ ކުރާކަށްވެސް ނުޖެހޭނެ.. އަހަރެން އެކަން ޔަޤީން ކޮށްދެން.. ރައި ވާނީ އަހަރެންގެ ޙައްޤަކަށް.. ހަމައެކަނި އަހަރެންގެ މީހަކަށް.. އެހެން އެއްވެސް މީޙަކަށް ރައިއެއް ނުލިބޭނެ.. އެއީ ޔަގީން ކަމެއް.. އެއަށްވުރެ މާ ބޮޑަށް އަހަރެން ރައި ދެކެ ލޯބިވެ..” ރައިޝާ ގަޔާ ދުރުކޮށްލަމުން މާއިޝް ލޯތްބާއެކު ރައިޝާގެ ކަރުނަތައް ފުހެލައިދިނެވެ. ދެ ހިތްވެސް އެތައް ވޭނެއް ތަޙަންމަލު ކޮށްފިއެވެ. ދެމީހުންނަށްވެސް އެތަކެއް ދުވަހެއް އެކަކު އަނެކަކާ ނުލާ ހޭދަ ކުރެވިއްޖެއެވެ. މިއަދު އެ ހުރިހާ ކަމަކަށް ނިމުމެއް އަންނާނެއެވެ. ދެ ހިތުގައިވީ ޝަކުވާތަކަށްވެސް ލުޔެއް ލިބިއްޖެއެވެ. މުޅީން ފުހެވިގެން ދާކަށް ދެން މާ ގިނަ ދުވަސްތަކެއް ނެތެވެ.
***
މާއިޝްގެ ކޮޓަރިން ނުކުމެ ރައިޝާ ތިރިއަށް ފޭބި އިރު ސިޓިންރޫމުގައި އިޒްޔަން މާނިޝްއާއި އިޒްމާން ގޮވައިގެން އިން ތަން ފެނުނެވެ. ރައިޝާ ފެނުމާއި އެކު ވަގުތުން މާނިޝް ދޮންބެ ދައްތާއޭ ކިޔައި، އައިސް ބައްދާލިއެވެ. މިހާރު މާނިޝްގެ އުމުރުން ތޭރަ އަހަރު ވެފައިވާ އިރު ހުންނަނީ ރޫފަ ހެޔޮވެލާފައެވެ. ރައިޝާވެސް ހިނިތުންވެލަމުން މާނިޝްގެ ގައިގައި ބައްދާލިއެވެ. މާނިޝް ނުފެނި މިވީ ދުވަސްކޮޅުގެ ތެރޭގައި އައިސްފައި ހުރި ބަދަލުން ހައިރާންވެސް ވިއެވެ. “މާޝް ހާދަ ބޮޑު ވެއްޖޭ ދޯ މިހާރު..” މާނިޝްގެ އިސްތަށިގަނޑު ހާވާލަމުން ރައިޝާ ބުނެލިއެވެ. އެންމެ ފަހުން ދިމާވި އިރު މާނިޝް އަރަނީ އޭނާގެ ކޮނޑާއި ހަމައަށެވެ. މިހާރު ރައިޝާއަށް ވުރެ ދިގުވެލާފައި ހުރި އިރު މޫނުމަތިން ހަރުދަނާ ވައްތަރެއް ޖަހަމުން ދިޔައެވެ. ކުރިން ހިކިކޮށް ހުރި ނަމަވެސް، މިހާރު ހަށިގަނޑު ހުންނަނީ ރަނގަޅު ވެލާފައެވެ. ބޮޑުވަމުން އަންނަ ވަރަކަށް މާނިޝް މާއިޝްއާއި ވައްތަރު ވަމުން ދާކަން ރައިޝާއަށް ފާހަގަ ކުރެވުނެވެ.
މާނިޝްއާއި ވާހަކަ ދައްކާލުމަށްފަހު، ރައިޝާ ދިޔައީ ސޯފާގައި އިން އިޒްޔަންގެ ކައިރިއަށެވެ. ރައިޝާ އައުމުން ހިނިތުންވެލާފައި އިޒްޔަން ޙާލުއަޙުވާލު އަހާލިއެވެ. ރައިޝާވެސް ހިނިތުންވުމާއެކު ޖަވާބު ދިނެވެ. އިޒްޔަންގެ އަތުތެރޭގައި އިން އިޒްމާން ރައިޝާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހުއްދައަށް އެދޭ ފަދައިން އިޒްޔަންއާއި ދިމާއަށް ބަލައިލުމުން އިޒްޔަން ވަގުތުން ބޯ ޖަހާލާފައި، ހިނިތުން ވެލިއެވެ. ރައިޝާ އަތް ދިއްކޮށްލާ އިރަށް އިޒްމާން އައިސްފިއެވެ. މިއީ ރައިޝާއަށް އިޒްމާން ހަމަލޮލަށްފެނުނު ފުރަތަމަ ފަހަރެވެ. މިހާރު ދެ އަހަރަށް އަޅާފައި ވާ އިރު، އިޒްމާން ނިކަން ލޯތްބެވެ. ހިކިކޮށް ހުއްޓަސް، ކޮލުގައި މަސް ޖަހާލާފައި ހުންނަނީ މީހަކު ހިފާލަން ބޭނުންވާހާ ލޯބި ވަރަކަށެވެ.
“ހާއި އިޒީ.. ކިހިނެއް..؟” ރައިޝާ އަހާލީ ނިކަން ލޯބިކޮށެވެ. “ރަނގަލު..” އުނދަގުލުން، އެހެނަސް ލޯބި ގޮތަކަށް އިޒްމާން ޖަވާބު ދިނެވެ. އިޒްމާންގެ ލޯބިކަމުން ރައިޝާއަށް ހިނިތުންވެވުނެވެ. އިޒްމާންގެ ގާތުގައި އިރުކޮޅެއް ހޭދަކޮށްލެވުނު އިރު، އެ ކުޑަ ކުއްޖާއަށް އޭނާގެ ހިތުގައި ލޯތްބާއި ކުލުނު އުފެދުނެވެ.
***
މާއިޝްގެ ގޭގައި ދެ ގަޑިއެއްހާ އިރު ހޭދަކޮށްލުމަށްފަހު ރައިޝާ ދާން ނުކުތީ ދާ ހިތަކުންނެއް ނޫނެވެ. ކޮންމެހެންވެސް ދާން ޖެހޭނެތީއެވެ. އެހާ ގިނަ ދުވަސް ފަހުން ބައްދަލު ވުމުން މާއިޝް ކައިރިން ދާހިތްވެސް ނުވިއެވެ. ނަމަވެސް ދާން ޖެހުނީ އިތުރު ގޮތެއް ނެތީމައެވެ. މިހާރުވެސް މަންމަ ހުންނާނީ ލަސްވެފައި ކަންނޭގެއެވެ. ނަމަވެސް، އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. މަންމަމެން އޭނާއަށް ސިއްރު ކުރި ހުރިހާ ކަމެއްގެ ބަދަލުގައި މިއީ އަދި އެވަރުގެ ކަމެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ.
ގަތް އެއްޗެއްސާއި ކާރުގެ މަތިން ހަނދާންވީ މާއިޝްގެ ގެއާއި ފުދޭވަރަކަށް ދުރުވި ފަހުންނެވެ. އޭގެ މަތިން ހަނދާން ވުމާއި އެކު ރައިޝާއަށް ދުވެފައި ފިހާރައާވީ މަގަށް ދެވުނީ އެ އެއްޗެހި ދުވާރު މަތީގައި ބެހެއްޓުނު ހަނދާން ވުމުންނެވެ. އަވަހަށް ދިޔަ އިރު ނަސީބަކުން އެ ހުރިހާ އެއްޗެއްވެސް ހަމައަށް ހުއްޓެވެ. އަވަސްއަވަހަށް އެއްޗެހިތައް ހިފައިގެން ކާރަށް އަރައި، ގެއަށް ދާން މިޞްރާބު ޖެހިއެވެ.
***
“ދަރިފުޅާ.. ހާދަ ލަސްވީ.. ކޮންތާކުން ތި އައީ..؟” ރައިޝާ އައިސް ވަންނަ އިރަށް ނުހާ އަހައިލިއެވެ. ނުހާ އެ ހުރީ ވަރަށް ކަންބޮޑުވެފައިކަން އެނގުނު ނަމަވެސް ރައިޝާގެ ހިތަށް މާ ބޮޑު އެއްޗެއް ނޭރިއެވެ. ފިހާރައިން.. ދެން އަންނަމުން ބުރެއް ޖަހާލާފަ މި އައީ..” ފަރުވާ ކުޑަ ގޮތަކަށް ރައިޝާ ބުނެލިއެވެ. “ކީއްވެ ފޯނު ނިވާލާފަ..؟” ނުހާގެ ސުވާލުތައް އަދިވެސް ހުސް ނުވެއެވެ. “ކޮތަޅުތައް ހިފައިގެން އަންނަނިކޮށް ވެއްޓުނީ.. ނެގި އިރު އޮތީ ނިވިފަ..” އެހެން ބުނުމަށްފަހު ރައިޝާ ކޮޓަރިއާއި ދިމާއަށް މިޞްރާބު ޖެހީ ނުހާއަށް އިތުރު އެއްޗެއް ބުނާނެ ފުރުޞަތު ނުދީއެވެ. ރައިޝާގެ ޢަމަލު ތަކުން ތަފާތެއް ފާހަގަވި ނަމަވެސް، ނުހާ އަޅާނުލީ ރައިޝާ ކުރިޔަށްވުރެ ހިތްހަމަޖެހިފައި ހުރިހެން ހީވެގެންނެވެ.
***
ކޮޓަރިއަށް ވަދެވުމާއެކު، ރައިޝާއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނެވެ. މިއަދު މާއިޝްއާއި ބައްދަލްވެ، ހުރިހާ އެއްޗެއް އެނގުމުން އޭނާގެ ހިތުން ހީވީ ބޮޑު ބަރެއް ނަގައި، އެއްލައިލެވުނު ހެންނެވެ. އެހާ އުފާވެސް ވިއެވެ. އަދި އެހާ ދެރަވެސް ވިއެވެ. އުފާވީ މާއިޝްއާއި ބައްދަލު ވީމައެވެ. ދެރަވީ ބައްޕަ އެވަރުގެ ބޮޑު އޮޅުވާލުމެއް އޭނާއަށް އޮޅުވާލީމައެވެ. ބައްޕަ އެކަންޏެއް ނޫނެވެ. މަންމަވެސް މެއެވެ. ޔާޝްއާއި ރީޝާވެސް އޭނާގެ ގާތުގައި އެއްވެސް އެއްޗެއް ނުބުނީތީ ޝަކުވާ އުފެދުނެވެ. ރިއާޝްވެސް ހެދީ ހަމަ އެހެންނެވެ. ނުވި ތާކަށް ކުޑަ އިރުއްސުރެ އެކު އުޅެ ބޮޑުވި އެންމެ ގާތް އެކުވެރިޔާވެސް ހެދީ އެހެންނެވެ. އޭނާގެ ގާތުގައި ޙަޤީގަތް ބުނުމަކީ މުހިންމުކަމެއް ކަމުގައި އެކަކުވެސް ނުދެކެނީ ހެއްޔެވެ؟ އޭނާާއި ދޭތެރޭގައި އެކަކުވެސް ނުވިސްނަނީ ހެއްޔެވެ؟
އެވަގުތު އެ ހިތް ޝަކުވާއިން ފުރި، ބަންޑުން ވަމުން ދިޔައީ އަމިއްލަ ޢާއިލާއާ ދޭތެރޭގައެވެ. ދެންމެވެސް ނުހާގެ ކައިރީގައި އަހާ ހިތްވިއެވެ. މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ، ހިތުގައިވީ ހުރިހާ ޝަކުވާއެއް ބޭރުކޮށްލަން އެދެވުނެވެ. ނަމަވެސް، އެކަން އެގޮތަށް ނުކުރީ، ރައިޝާ ރާވާފައިވަނީ އެހެން ގޮތަކަށް ކަމަށް ވީތީއެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ބަދލުގައި ޢާއިލާއަށް އަނިޔާއެއް ނުދޭނެއެވެ. އަމިއްލަ ޢާއިލާގެ ކިބައިން ބަދަލު ހިފުމަކީ އޭނާ ދުވަހަކުވެސް ކުރާނޭ ކަމެއް ނޫނެވެ. ނަމަވެސް، ދެން އޭނާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާކަށް އެކަކަށްވެސް ފުރުޞަތެއް ނުދޭނެއެވެ. އެއީ ޔަޤީން ކަމެކެވެ. ދެން އޭނާ ކަންތައް ކުރާނީ އޭނާ ބޭނުންވާ ގޮތަކަށެވެ. މި ވާހަކައިގެ ނިމުން ލިޔާނީ އޭނާ އަމިއްލައަށެވެ. ދެން އެހެން މީހަކަށް އެ ފުރުޞަތެއް އޭނާ ނުދޭނެއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Hellw my lovely people.. How are y’all..? Glad to meet y’all again.. Here’s the 34th part.. Hope y’all loved this part as well.. Please like and comment down your thoughts.. I really enjoy reading your comments and feed backs.. Love y’all.. Stay safe & Take care <3
Ohhhhhhhhu my goddddd buroww salhi kannnnnnn… Laaaa koyaaa ninmany thaaaaaa…. Ey mi episode ge nimun vrh salhi ingeyyy ????hama satheykaa…. Klww ey ekm suvaaleh ufedhihjjeyyy.. Maaish dhuhvaa gondeega indhefa rai genes mey@aa bodi kohllaany kihineh kuhli akah? ????magey hama hithah arany mihen… Ey dhen ma buny anehkkaa rai lahvvaa solihu kameh kuruvahchey…. Nimun liyaany raisha ey bungnas mashah ingey liyaany manje kan??klww eyyy rai vrh hotu ingey… Dhen aneyh mee.. Nkeekey tha bunan ulhuny vx.. Aan maaish aa rai ge bai aeema ma handhaan vee yoosuf aa usha ge mathin… Mikiyaa eucheh eba ingey tha.. Yoosuf film ge vhk ma mi dhahkany… Dhne eythi mashah sifa vee dhin veynuge hithaama aa yoosuf aa mix vegen.. Ekahala gothakah.. Ehka like yoosuf aa dhin veynuge hithaamaige mix ekey hithu ge shakuvaa mee.. Aaaan yes e dhiyaee rangalhah… Niuma aky raitte.. Yooppe aky maaish????
Klww eyyy ninmany tha hama??? Rnagalhey ko me kamakah vx nimumeh annan vaanehnu… Magey b day ga libunu gadi vx mihaaru othy vrh haalu dhera koh.. Bahppa ge hadhiyaa? neynge e gadiyah ahareh furen dhen vx dhuniyeyga onnaane kameh… Laaa aaanklw reyga ingey tha fenuny alvitte ge huvafenehh… Klww sahaadheh loehbbeyyy… Kiyaadheynan vibs ga.
Ok bye bye
Vrh salaam.. Manje ge vhk up kohfa e aatte adhi vx magey vhk up eh nukurey???? fwri huhna insaaneh eii huvaa mibuny
hahahaha arrrn dhn ninman veenu.. haha shukuru shukuru brw.. ey ma buny aan ma vx hithaha eri ehchekey thee.. lmao.. klw dhn avahah liyan ulhen hadhaigen ekahala no sense making ehchehi vx hunnaaney.. e alhaalaa ehcheh noon.. vhk reehchennu..? e nimuny.. no need of common sense.. hahahaha
ohh yoosuf film dhwww.. noon ma eyge mathin hithakahvx naaraa liyunu iraku.. but now that i think of it… yes it kinda does match dhw..
klw aaekey aaekey mi ulheny ninmaashey.. dhn 2 noony 3 episode enme gina vgn vx liyaany.. haadha bura ey klw mihaaru.. grade 9 ah dhaan vaa irah ninman vejje.. lol.. saabahey manjey saabahey.. ehcheh gengulhen neyngenyyaa vaany ehennu.. dhn ma dheefaanan magey gadi.. aadhey balaa..
hoon hoon anekkaa aluvi bondibathuge vhk feshy ey.. arrn arrn kiyaidheythi ingey..
yeee byesss
hahaha aattey magey dheke maa lwbi vey.. ehnve magey vhk avahah up kury.. lmaooo.. dhariyaa kehtheri vebala.. adhi up kuraaney.. ey up kueema cmnt eh vattaalaanan ingey.. ihah kendy filaavalhu kiyan.. maadhamaa eba oiy business in 60 marks ge unit test eh.. klw ioh hurihaa dhuvahaku 0 libunas heyo kamah dhas nukuran hurefa miadhu memis ah marks aruvaa vhk buneema mi feshy dhas kuran.. lol.. adhi fothuga aiy vx nulaa mi ulheny.. miadhu vx haaru kaigen scl ah dhaan vandhen nunidhaa ma iny vhk liyan viyya.. dhntha mn geyah roadha veellan dhaan vaa irah nidhi hama kuran vx vejje.. haveeru course ninmaa gothah cousins grp hingaalan dhaan mi ulheny.. photo kolhu fonuvaanan ingey.. ok dhn kendy.. bye bye…
ey habareh vahchey ingey vibs in..
this is a reply to my galhiest nd loveliest moya gandu reeshot khurana
Pis pis bnaane mashey galhy.
Kaleyge thihira galhi kamun ehchakun ehchakah nuvaa vhk liyany.. Aan dhen hevey.. Rangalhey.. Massaeh nethey… Vrh habbey…
Pis klww ma nulaahiku balaigen nulaahiku lwbin fen fodheh vx nujahssaaa veythw balamun gengulhey gadi eh eii.. Uhn dhen manje gadi baahvvaa manje athugaa.. Mashah dhe gady ge badhaluga aluvi libe ey free koh…
Pis pis aatte vx dhw.. Ok kae kendy ey ma.. Hoon habarhe veveynee phn athuga jehigen dhw.. Ma vx miulheny alvitte men flat kurimathy huhnna flat ah roadha veehlan dhaan… Hoon ey konmes gothakun viyas magey insta balailahchey.. Nikan fenvaru vaane mihaaru.. Update kohlaafa huhnaany
hahahahahaha..
arrn dhn kthanme lwbin gengulhunu ehchakah viyas vaguthu jehunyma dhaanedhw.. lol.. gadyge badhaluga aluvi free koh?? eii kihineh va kamekoa??
hooon saabahey.. varugatha aluvi bondibatheh thi othy libifa anje ah..
haha arrrn aatte kanthah vx bodey dhw..eba oiy mihaaru publish kohfa
hoon balaanan beleythw
Heii dear ❤
Hws you doin? Hope ya doin well 🙂
Mibaives vrh vrh vrh vrh rythi.. Masha allah ?
I rlly enjoyed this prt <33
Alheii.. dhn rai aa maash dhuru nukurahche.. pleaseeeeeee ?
Dhen inn baige inthizaaruga ?❤
Lysmmm
Tvgc nd stay safe darlin
heyyy ryyn darlx <3
well, unfortunately i'm not doing that well, but vrh avahah rangalhu vgn nxt prt liveyne kamah balamaa dhw..
awwwwn thankiu sooo much dhooniii <3
hehe yhhh.. dhn iraadha kureviyyaa rai nd maaish dhuru nuvaane kamah dhuaa kuramaa dhw
will try to upload it asap
lymmmm
u too tvgc loabs <333