މިއާ ޚިލާފަށް އަރޫންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ރިޔާޒް މި ކަން މި ގޮތަށް އެ ކުރަނީ ކިއްވެކަން އެންމެ ރަނގަޅަށް އެނގޭ އެކަކީވެސް އަރޫންއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ރައިޝާ ކިތަންމެ ފަހަރަކުވެސް ނުގޮތަކަށް އޭނާ ކުރެން މާއިޝްގެ ޚަބަރެއް ހޯދަން އުޅޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނޭނގޭ ކަމަށް ހަދާލައިގެން ހުންނަނީއެވެ. އެހެންނޫނީ ރައިޝާއާއި ކައިވެނި ކުރުމަށް މި ލިބޭ ފުރުޞަތު ދާނީ ވަޔަށްކަން އޭނާއަށް އެނގއެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ ތަޤުދީރުގައި މާ ކުރިން ލިޔެވިފައިވާ ގޮތް އެކަކަށްވެސް ބަދަލު ނުކުރެވޭނެ ކަމެވެ. އެންމެ ބާރުގަދަ، މުއްސަނދި މީހާވެސް ﷲގެ ޙަޟްރަތުގައި ވާނީ ނިކަމެތި ފަޤީރަކަށް ކަމެވެ. އެކަން އޭނާއަށް އިޙްސާސް ވާކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ.
**********
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔައީ އެސްފިޔައެއް ޖަހާލާހާ ހަލުވި މިނުގައެވެ. ރައިޝާއާއި އަރޫންގެ ކައިވެނި ފަސް ދުވަހަށް އަވަސްކުރި ވާހަކަ ރައިޝާގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ފަސް ދުވަހުގެ ތެރޭގައި އޭނާ ވާނީ އަރޫންގެ އަނބިމީހާއަށްކަން ހަނދާންވާ ކޮންމެ ފަހަރު ދެރައަށްވުރެ ބޮޑަށް އާދެވެނީ ރުޅިއެވެ. މާއިޝް ނޫން މީހެއްގެ ޙައްޤަކަށް ވުމަކީ އޭނާ ދުވަހަކުވެސް ވާން އެދޭ ކަމެއް ނޫނެވެ. ވެއަތު ވަމުންދާ ކޮންމެ ދުވަހަކު އަރޫންއަށް ކުރެވޭ ނަފްރަތުގެ ހުޅުކޮޅު ބޮޑުވަމުން ދަނީ އެހެންވެއެވެ.
***
“ދަރިފުޅާ.. ރައިޝާ..” އެނދުމަތީގައި ބަނޑުވަތަށް އޮށޯވެގެން އޮތް ރައިޝާއަށް ނުހާ ގޮވާ އަޑު އިވުމުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. “ކީކޭ މަންމާ..؟” ދޮރުމަތީގައި ނުހާ ހުރުމުން ރައިޝާ އަހާލިއެވެ. “ދަރިފުޅާ.. ރަން ކިޔުމުގެ ހަފްލާއަށް ކުޑަ ކެއުމެއް ތައްޔާރުކޮށްލަން ވެގެން މި އުޅެނީ.. ދޭބަލަ ކާރުގަ ގޮސް ފިހާރައިގަ ހުންނާނެ މަންމަ ނަގާފަ ހުރި ސާމާނުކޮޅެއް.. ގޮސް އެ ހިފައިގެން އާދެބަލަ.. ބައްޕަ ކުޑަކޮށް ބުރަކޮށް އުޅޭތީ ނުދެވޭނެ ވާހަކަ ބުނީމަ ދަރިފުޅު ގާތު މި ބުނީ..” ހޭވިފައިވާ ރައިޝާގެ އިސްތަށިތައް އެއްފަރާތް ކޮށްލަމުން ނުހާ ބުނެލިއެވެ. ތެދެކެވެ. މިއަދަކީ އޭނާގެ ރަން ކިޔުމުގެ ޙަފްލާ އޮންނަ ދުވަހެވެ. އެކަން ހަނދާންވުމާއެކު ބޮލުގައި ރިއްސައިގަތީ އެޔެއް މިޔެއް ބަލައިފަކައި ނޫނެވެ.
ދާހިތް ނުވެފައި ހުރެވެސް މަންމަ ބުނީތީ މި ދަނީ ކަމަށް ބުނެފައި ކުޑަ ގޮތަކަށް ތައްޔާރު ވެލައިގެން ރައިޝާ ފިހާރައަށް ދާން ނުކުތެވެ. ގަރާޖުން ކާރު ނަގައިގެން އޭނާ މިސްރާބު ޖެހީ ރިޔާޒްގެ ފިހާރައާއި ދިމާއަށެވެ.
ފިހާރައާ ހަމައަށް ދެވުމުން ރައިޝާ ކާރު ހުއްޓިއެވެ. ކާރު ބާއްވާނެ ތަންކޮޅެއް ކައިރީގައި ނެތުމުން ބާއްވަން ޖެހުނީ ތަންކޮޅެއް ދުރުގައެވެ. ފިހާރައަށް ވަދެފައި ކައުންޓަރުގައި އިން ބިދޭސީ މީހާ ކައިރި ސާމާނުތައް ދޭށޭ ބުންޏެވެ. އެ މީހާ ސާމާނުތައް ދިނުމުން ރައިޝާ ޝުކުރު އަދާކޮށްފައި އެތަނުން ނުކުތެވެ. ކާރު ޕާކު ކޮށްފައި އޮތް ހިސާބަށް ރައިޝާ ދިޔައީ މާ ބޮޑު ވިސްނުމެއް ނެތިއެވެ. އެއް އަތުގައި ކޮތަޅުތައް ހުރި އިރު، އަނެއް އަތުގައި އޮތް ފޯނަށް ބަލަމުން ކުރިޔަށް ދިޔަ ރައިޝާ ސިހިގެން ދިޔައީ އޭނާގެ ގައިގައި ޖެހިފައި މީހަކު ވެއްޓުމުންނެވެ. އެއާއެކު ރައިޝާގެ ފޯނުވެސް ވެއްޓި، ތަޅައިގެން ދިޔައެވެ. އަވަސްއަވަހަށް އަތުގައި ހުރި ކޮތަޅުތައް ދޫކޮށްލުމަށް ފަހު، ރައިޝާ އެ މީހާއަށް ތެދުވަން އެހީތެރި ވެދިނެވެ. ރައިޝާ ދިއްކޮށްލި އަތުގައި ހިފަމުން އެމީހާ ތެދުވިއެވެ. ޝުކުރިއްޔާއޭ ބުނުމަށް އެމީހާ ރައިޝާއާ ދިމާއަށް ބަލައިލި ވަގުތަކީ ރައިޝާވެސް މަޢާފަށް އެދުމަށް އެމީހާގެ މޫނަށް ބަލައިލި ވަގުތެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ މޫނު ފެނުނު ވަގުތު ދެމީހުންނަށްވެސް ލިބުނީ ސިހުމެކެވެ. ލިބުނު ސިހުމުގައި ކުޑަ ވަގުތުކޮޅަކު ދެމީހުން ހުއްޓުން އަރާފައި ތިއްބެވެ. ކުރިމަތީގައި ހުރީ ރައިޝާ ފެންނާނެކަމަށް އުންމީދުވެސް ކޮށްގެން ހުރި މީހެއް ނޫނެވެ. ނަމަވެސް އޭނާ ފެނުމާއި އެކު ރައިޝާގެ ލޮލުން އުފަލާއި ހިތާމަ އެކުލެވިގެންވާ ކަރުގައިގެ ރޮނގެއް ދެމިލިއެވެ.
“މަންމާ..” ކުރިމަތީގައި ހުރި މާހީން ފެނުމާއިއެކު ރައިޝާއަށް ވީ ގޮތްވެސް ނޭނގުނެވެ. ހިފެހެއްޓިފައިވީ މާހީންގެ އަތަށް ބާރުކޮށްލާފައި، ހިނިތުންވެވުނީ ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ. އެއިރު މާހީންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. “މަންމާ..” މާހީންގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ރައިޝާއަށް އަނެއްކާވެސް ގޮވައިލެވުނެވެ. އެއާއެކު ހޭވެރިކަންވީ މީހެއް ފަދައިން މާހީން ރައިޝާއާއި ދިމާއަށް ބަލައިލިއެވެ. އެހެން ހުރުމަށްފަހު ކުއްލިއަކަށް ރައިޝާގެ އަތުތެރޭގައި އޮތް އޭނާގެ އަތް ދަމައިގަތެވެ. ހައިރާންވެފައި ރައިޝާ މާހީންގެ އަތަށް އެއްފަހަރު، އަދި މޫނަށް އަނެއް ފަހަރު ބަލައިލިއެވެ. މީގެ އިރުކޮޅެއް ކުރިން ކަރުނަވީ އެ ދެލޮލުގައި މިހާރު ވިދަމުން ދިޔައީ ރުޅިވެރިކަމެވެ. ނަފްރަތެވެ. “މަންމާ.. ކިހިނެއްވީ..؟” މާހީންގެ ދެލޮލުގައިވީ ނަފްރަތު ފެނި ރައިޝާއަށް އަހައިލެވުނީ މިއީ މާހީން މިހާ ރުޅިއައިސް ހުއްޓާ ފެނުނު ފުރަތަމަ ފަހަރު ކަމަށް ވީތީއެވެ.
“ކިހިނެއްހޭވީ..؟ އަމިއްލައަށް ހުރިހާ ކަމެއް ކޮށްފައި އަދި އެބަ އަހައެއްނު ކިހިނެއްހޭވީ..” ދެލޯ ހަނި ކޮށްލަމުން މާހީން ބުނެލި އިރު ރުޅިއައިސްގެން ގޮސް ތުރުތުރު އަޅައެވެ. އެއާއެކު ރައިޝާއަށް ލިބުނީ ޝޮކެކެވެ. އޭނާގެ ބޮލުގައި ސުވާލުމާކެއް އެޅުނު ފަދައެވެ. “މަންމާ..” ވައި އަޑުން ރައިޝާއަށް ކިޔައިލެވުނެވެ. “ކޮން މަންމައެއް ކިޔާކަށް.. މަށާ ދިމާލަށް މަންމައޭ ކިޔައިގެން ނުވާނެ.. ތީ މިހާރު މަގޭ ޅީދަރިފުޅުގެ މަޤާމު ޙައްޤުވާ ވަރުގެ އަންހެނެއް ނޫން.. މަގެ ހިތަށް އަރާ ތިހެން މަގޭ ކުރިމައްޗަށް އަރަން ކަލޭ ލަދު ނުގަންނަ ކަންވެސް..” މާހީންގެ ކޮންމެ ޖުމްލައަކާއި އެކު ރައިޝާގެ ލޮލުން ދިޔައީ ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުންނެވެ. މާހީން އޭނާ ދެކެ މިހާ ރުޅި އަންނަން ޖެހޭ ސަބަބަކީ ކޮބައިބާވައޭ ހިތަށް އެރިއެވެ.
“މަންމާ.. ކީއްވެތަ ތިހާ ރުޅީ އައިސް ތިހިރީ.. އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވުނީތަ..؟” ހިތްވަރުކޮށްފައި ރައިޝާ އެހީ މާހީންގެ ފަރާތުބް އެދެވޭ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. “ގޯސްކޮށް ކަމެއް ކުރެވުނީހޭ..؟ ކަލޭ ލަދެއް ނުގަނޭތަ ތިހެން އަހާކަށްވެސް..؟؟ އޭނ..؟” އަނެއްކާވެސް މާހީން ހަޅޭލަވައިގަތީއެވެ. “މަންމާ.. ޕްލީޒް.. އިހަށް ވީ ގޮތް ބުނެބަ..” ބޯ ފަޅައިގެންދާހެން ހީވުމުން ރައިޝާ އަނެއްކާވެސް އަހާލިއެވެ. “އަދިވެސް އެއްޗެކޭ ހިތަކަށް ނާރައޭ ދޯ.. މަގޭ ދަރިފުޅަށް އެ ޙާލު ޖައްސާފަ ލަދެއްވެސް ނުގަނޭ އައިއްސަ މަގޭ ކުރިމަތީގަ ހުއްޓި ހުރެ ސުވާލު ކުރާކަށް..” މާހީންގެ އެ ޖުމްލައިން ރައިޝާގެ ކަންފަތުގައި ހީވީ ހޮނު ގުގުރިއެއް ޖެހި ހެންނެވެ.
މާއިޝްއަށް އޭނާ ޙާލު ޖެއްސީ ކޮން އިރަކު ހެއްޔެވެ؟ މާއިޝް ވީތަނެއް އުޅޭ ޙާލެއްވެސް އޭނާއަށް އެނގެނީކީ ނޫނެވެ. މާއިޝް ހޯދަން އޭނާ ކިހާ މަސައްކަތެއް ކުރި ހެއްޔެވެ؟ މާއިޝްއާ ނުލާ އުޅެން ޖެހުނު ދުވަސްތައް އޭނާ ހޭދަ ކުރީ ކިހާ ހިތާމައަކާ އެކުގައި ހެއްޔެވެ؟ ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުނީ މާއިޝްއެއް ނޫން ހެއްޔެވެ؟ ދެން މާހީން އޭނާގެ ބޮލުގައި އެ އިލްޒާމް އެ އެޅުވީ ކީއްވެ ހެއްޔެވެ؟
“މާއިޝްއަށް ހާލު ޖެއްސީއޭ..؟ އަޅުގަނޑު ނުދެނަހުރިން މާއިޝްއަށް އެއްވެސް ގޮތެއް ހެދުނު ކަމެއް..” ރައިޝާ އޭނާގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ. “ވަރަށް ތާހިރެއްނު.. ދޮގު ހަދަންވެސް މޮޅޭ ދޯ.. އެންމެ ރަނގަޅޭ.. ހަނދާން ނެތިއްޔާ މަ ހަނދާންވެސް ކޮށްދީފާނަން.. ބަލަ ކަލޭ ބައްޕަގެ ޕިކަޕުގަ ޖެހިފަ މާއިޝް އެކްސިޑެންޓު ވެގެން އޭނާއަށް ނުހިނގޭކަންް އެނގުނީމަ އޭނަ ދޫކޮށްލާފަ ގޮސް އެހެން މީހަކާ އިންނަން އުޅުނީ ކަލެއެއް ނޫންތަ..” މާހީންގެ މި ވާހަކަތަކުން ރައިޝާގެ ބޮލަށް އެނބުރުންވެސް އެރިއެވެ. ލިބުނު ޙައިރާންކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އިވިގެން މި ދިޔައީ އޭނާ ދުވަހަކުވެސް އަޑު އިވޭނެކަމަށް އުންމީދު ކުރި ވާހަކަތަކެއް ނޫނެވެ. ހާމަވެގެން މި ދިޔަ ޙަޤީޤަތްތަކަކީ އޭނާގެ މުޅި ދުނިޔެ ހިނދުކޮޅަކަށް ހުއްޓިގެން ދިޔަ ފަދަ އިޙުސާސްތަކެއް ކުރުވި ވާހަކަ ތަކެކެވެ. އޭނާގެ ބައްޕަ މިހާ ބޮޑު ދޮގެއް އޭނާއަށް ހަދާފާނެ ބާވައެވެ؟ ޤަބޫލު ކުރަން ކިތަންމެހާވެސް ދައްޗެވެ.
“ނޫން.. ހަމަ ހުވާ ކޮށްފަ މި ބުނަނީ އަޅުގަނޑަކަށް ތިއިން އެއްވެސް ކަމެއް ނޭނގެ.. މާއިޝްގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވާތާ މިހާރު ދޮޅު އަހަރު ވެއްޖެ.. އެރޭ.. އެރޭ.. އެރޭ.. އެރޭ މާއިޝް ކާރުގަ…” ރައިޝާގެ ހަނދާނަށް އަންނަން ފެށިއެވެ. އެންމެ ފަހުން މާއިޝްއާ ވާހަކަ ދެއްކި ރޭގެ ހަނދާން ވާން ފެށިއެވެ. އެރޭ މެސެޖް ކުރަން އިނދެފައި މާއިޝްގެ ޚަބަރު ކެނޑުނީ ކުއްލިއަކަށެވެ. އޭގެ ކުރިން މާއިޝް މީނީ ކާރު ދުއްވަން ކަމަށް އޭނާ ބުންޏެވެ. އަނެއްކާ މާހީން އެބުނީ މާއިޝް އޭނާގެ ބައްޕަގެ ޕިކަޕުގައި ޖެހި އެކްސިޑެންޓް ވީ ވާހަކައެވެ. ވީއިރު، މާއިޝް އެކްސިޑެންޓްވީ އޭނާގެ ބައްޕަގެ ޕިކަޕުގައި ޖެހިފައިކަމަށް ވެދާނެ ހެއްޔެވެ؟ އެކަމަކު، އޭނާގެ ބައްޕަ އެފަދަ ކަމެއް ކޮށްފައި، އޭނާއަށް ސިއްރު ކުރާނެ ބާވައެވެ؟
“މަންމާ.. ޤަބޫލު ކުރޭ.. އެރޭގެ ފަހުން މާއިޝްގެ ޚަބަރެއް އެއްގޮތަކަށްވެސް ނުވެ.. މަންމަމެންނަށް ނުގުޅުނީވެސް ބައްޕަމެން އަޅުގަނޑު ލައްވާ މާއިޝްގެ އެއްވެސް ޚަބަރެއް ހޯދަން ނޫޅޭށޭ ކިޔައި، ވަޢުދު ކުރުވީމަ.. އޭގެ ފަހުން މާއިޝްގެ ހަނދާނުގަ އަޅުގަނޑު އުޅުނު ހިތާމަވެރި ދިރުއުޅުން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް..” މާހީންގެ ދެއަތުގައި ހިފާލަމުން ރައިޝާ ގިސްލަގިސްލާފައި ރޯން ފެށިއެވެ. އެއާއެކު، މާހީންގެ ހިތްވެސް މަޑު ކަފަކޮޅަކަށްވީ ފަދައެވެ. ރައިޝާގެ ވާހަކަތަކާއި، އާދޭސްތައް ޤަބޫލު ކުރެވުނީ އެ ތެދުވެރި ކަރުނަތައް ފެނުމުންނެވެ. “އެހެންވިއްޔާ އަރޫން އަކީ ކާކު..؟” ދެން މާހީން ކުރިމަތި ކުރުވި ސުވާލުން ރައިޝާއަށް އިސްއުފުލާ މާހީންއާއި ދިމާަށް ބަލައިލެވުނެވެ. އެއިރު ރައިޝާގެ ރަތްވެ، ދުޅަވެފައިވާ ދެލޯ ފެނި މާހީންގެ ހިތުގައި ރިއްސާލިއެވެ. “އަރޫންއަކީ ބައްޕަމެން އަޅުގަނޑުގެ ކައިވެނި ހަމަޖެއްސި މީހާ.. އަޅުގަނޑު އަރޫން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ.. ފަސް ދުވަސް ތެރޭ ބައްޕަ ބޭނުންވަނީ އަޅުގަނޑު އަރޫންއާއި ކައިވެނި ކުރަން.. މިއަދު ރަން ކިޔަން.. މަންމާ.. އަޅުިގަނޑު މާއިޝް ކައިރިއަށް ގެންގޮސްދީ.. އަޅުގަނޑު އަރޫންއާ އިންނާކަށް ބޭނުމެއް ނޫން.. ޕްލީޒް މަންމާ.. ޕްލީޒް..” ގިސްލަގިސްލާފައި ރައިޝާ ރޮމުން މާހީން ކައިރި އާދޭސް ކުރަން ފެށިއެވެ. ރައިޝާއަށް އައިސްފައިވާ ބަދަލުތަކާއި، ނިކަމެތިކަން ފެނި މާހީންއަށް ރައިޝާގެ ވާހަކަތައް މުޅީން ޤަބޫލު ކުރެވުނެވެ. “ހުއްޓާލާ ދަރިފުޅާ.. ނުރޮއެ ހުއްޓާލާ.. ހިނގާ މަންމައާ އެކު ދާން.. އިރާދަކުރެއްވިއްޔާ ދަރިފުޅަށް މިއަދު މާއިޝްއާ ދިމާވާނެ.. ތި ކުރާ ހިތާމަތަކަށްވެސް ލުޔެއް ލިބޭނެ..” ލޯތްބާއެކު ރައިޝާގެ ދެލޯ ފުހެދެމުން މާހީން ރައިޝާގެ ގައިގައި ބައްދާލިއެވެ. ރައިޝާއށްވެސް މާހީންގެ ގައިގައި ބައްދާލެވުނީ ލިބުނު ހިތްހަމަ ޖެހުމެއްގެ ބޮޑުކަމުންނެވެ. މާއިޝް ފެންނާނެ ކަމުގެ ފޮނި އުންމީދާއެކު ރައިޝާ މާހީންއާއި އެކު ދިޔައީ ﷲއަށް ޙަމްދު ކުރާ ޙާލުގައެވެ.
***
“ރީޝް.. ރައި އަދިވެސް ގެއަށް ނާދޭތަ..؟” އިޔާޝާއަށް ކާންދޭން އިން ރީޝާ ކައިރި ނުހާ އަހާލީ ރައިޝާ އަދިވެސް ގެއަށް ނާންނާތީއެވެ. “ނުދެކެން އަންނަ ތަނެއް.. ކޮންތާކަށްތަ ދިޔައީ..؟” އިޔާޝާ ނުކާން ބޮޑާހާކާ ވަރުން ރީޝާ އޭނާގެ އަތަށް ކުޅޭ އެއްޗެއް ދީގެން މަސަލަސް ކުރެވޭތޯ ބަލަމުން ދިޔައެވެ. “މަންމަ ބުނީ ފިހާރައިގައި ހުންނާނެޔޭ މަންމަ ނަަގާފަ ހުރި ސާމާނުކޮޅެއް.. އެ ނަގައިގެން އައިސްދޭށޭ.. ބައްޕަމެން މާ ބުރަކޮށް އުޅޭތީ މަންމަ ރައި ފޮނުވީ.. ދެން ރައި ބޭރަށް ފޮނުވާލަންށާވެސް އެއްކޮށް.. އޭރުންވެސް ކުޑަކޮށް ހަމައަކަށް އެޅިދާނެއްނު.. އެކަމް އަދިވެސް ނާދޭ..” ނުހާ އައިސް އިޔާޝާގެ އިސްތަށިގަނޑު ހާވާލަމުން ވާހަކަ ދެއްކިއެވެ. “ގުޅާލަބަ.. އޭރުންވެސް ޚަބަރެއް ވެދާނެއްނު..” ރީޝާ ބުނެލިއެވެ. “ގުޅައިފީމޭ.. ފޯނު އޮތީ ނިވާލާފަޔޯ..” ނުހާ ހުރީ ހާސްވެފައެވެ. “މަންމަ ދެން އެހާ ހާސް ނުވެބަ.. ރައި އަކީވެސް ކުޑަ ކުއްޖެއް ނޫނެއްނު.. އޭނަ އަންނާނޭ..” އިޔާޝާގެ ތުން ދޮއްވާލަމުން ރީޝާ ބުނެލީ ނުހާ ހާސްވެފައި ހުރިކަން އެނގުމުންނެވެ. ރީޝާގެ ބަސްތަކުން ނުހާ ހަމައަކަށް އެޅުނު ނަމަވެސް މުޅިއަކުން ހިތްހަމައެއް ނުޖެހުނެވެ. ކޮންމެވެސް ކަމެއް ވާން އުޅޭހެން އޭނާއަށް ހީވަމުން ދިޔައެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ނުހާ އޭނާގެ މަސައްކަތައިގެން ކުރިއަށް ދާން ފެށިއެވެ.
***
“އާދޭ އެތެރެއަށް ދަރިފުޅާ..” މާހީން ރައިޝާއަށް އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. ވަންނަން ނުވަންނަން ހުރެފައި ރައިޝާ އެތެރެއަށް ވަނީ މާހީންގެ ވާހަކަތަކުން މާނާމެންވެސް ހީކުރާނީ އެހެންނޭ ހިތަށް އެރުމުންނެވެ. އެމީހުން މިހާރު ރައިޝާއަށް ކުރާނެ ނަފްރަތު އޭނާއަށް އަންދާޒާ ކޮށްލެވުނެވެ. ރައިޝާ ބިރުގަނެފައި ހުރި ސަބަބު އެނގުމުން މާހީން ރައިޝާގެ އަތުގައި ހިފައި، ބާރުކޮށްލީ ބިރު ނުގަންނާށޭ ބުނާ ފަދައަކުންނެވެ. މާހީންއަށް ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ރައިޝާ އެތެރެއަށް ވަނެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ދޮޅު އަހަރު ފަހުން އޭނާގެ ހިތުގެ ރާޖާ ފެންނަން އުޅޭކަން އެނގުމުންނެވެ. އެ ހިތް އެވަގުތު އުފަލުން ނަށާލީ އިންތިހާއަށެވެ.
ސިޓިންޜޫމަށް ވަދެވުމާއެކު ރައިޝާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އިޒްމާންއަށް ކާންދޭން އިން މާނާއާއި، މާނިޝްއަށް ފިލާވަޅު ކިޔައިދޭން އިން އިޒްޔަންއެވެ. ރައިޝާމެން ވަތް އަޑަށް އެންމެން އެކޮޅު ބަލައިލިއެވެ. އެއާއެކު މާނާއަށާ އިޒްޔަންއަށް ކޮޅަށް ތެދުވެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުންނެވެ. އިރުކޮޅަކު ގަބު އަރާފައި ހުރެފައި، މާނާ އައިސް، ރައިޝާގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއެކު މާނާ ދަތްކުނޑިވިކާލާފައި އަތް މުއްކަވާލި ތަން ރައިޝާއަށް ފެނުމުން އެ ހިތުގައި ރިއްސާލިއެވެ. “މަންމާ.. މީ ކީއްކުރަން މިތަނަށް ގެނައި މީހެއް..؟” ރުޅިވެރިކަމާއެކު މާނާ އެހެން އެހުމުން ރައިޝާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. “ދަރިފުޅާ މާނާ.. އެހެން ނުބުނޭ.. ރައިޝާ-” މާހީންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މާނާ ވާހަކަ ދައްކަން ފެށިއެވެ. “ކީއްވެ އެހެން ނުބުނަންވީ..؟ މީނަޔާ ހަދާ އަހަރެންގެ ކޮއްކޮ ހާދަ ހިތާމައެއް ކުރަން ޖެހިއްޖެޔޭ..” އެހެން ބުނެވުނުތަނާހެން މާނާއަށް ރޮވުނީ ރައިޝާ ‘ބޭވަފާތެރި’ ވި ވާހަކަ އަޑު އިވުމުން މާއިޝް އުޅުނު ޙާލު ހަނދާން ވުމުންނެވެ. އެއާއެކު ރައިޝާއަށްވެސް ގިސްލަގިސްލާފައި ރޮވެން ފެށުނީ މާއިޝް އޭނާއާއި ނުލާ އުޅޭނެ ޙާލު އަންދާޒާ ކޮށްލެވުމުންނެވެ.
“ދަރިފުޅާ.. ވެދިޔަ ކަންތަކުގައި ރައިޝާގެ އެއްވެސް ކުށެއް ނެތޭ.. އެއީ ހުސް ރިޔާޒްގެ ކަންތައް.. އޭނާ އަހަރެމެން ކައިރި ބުނީ މާއިޝްއަށް ނުހިނގޭކަން އިނގޭތީ ރައިޝާ ފޫހިވެގެން އެހްނ މީހަކާ ގުޅުނިއްޔޭ.. އެއީ އޭނަ ކުރި ކުށް ފޮރުވަންވެގެން ރިޔާޒް ކުރި ކަންތައް..” މާހީން އެހެން ބުނުމުން މާނާއަށް އަނގަމަތީގައި އަތް އަޅާލެވުނު އިރު ރައިޝާގެ ބޮލަސް އަނެއްކާވެސް ސުވާލުމާކެއް އިތުރުވިއެވެ. “ކުށް ފޮރުވާށޭ..؟ ތި ބުނީ..؟” ރައިޝާ އެހެން އެހުމުން މާނާ ރައިޝާ ސޯފާގައި ބައިންދާފައި އިޒްޔަންއާ ދިމާއަށް ބަލައިލިއެވެ. އިޒްޔަން ބޯޖަހާލަމުން އިޒްމާންއާއި މާނިޝް ގޮވައިގެން ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ.
“މަންމަ ނުކިޔައިދެންތަ..؟” މާހީން ކުރެން މާނާ އެހުމުން މާހީން ދެފަރާތަށް ބޯ ހޫރުވާލިއެވެ. “ހަމަ އެކަނި ކިޔައިދިނީ މާއިޝް އެކްސިޑެންޓްވީ ރިޔާޒްގެ ކާރުގަ ޖެހިފަކަން އެކަނި..” މާހީން އިސްދަށަށް ޖަހާލީ މިވާހަކަތަކަކީ ރައިޝާއަށް އަޑު އަހަން ފަސޭހަ ވާހަކަތަކަކަށް ނުވާނެކަން އެނގޭތީއެވެ. “ރައީ.. އަޑު އަހާ..” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މާނާ ކިޔައިދޭން ފެށިއެވެ.
***
އެއީ މާނާ އިޒްމާން ވިހެއި ރެޔެވެ. ރައިޝާ މެލޭޝިޔާއަށް ދާން ފުރި ރޭވެސް މެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ހުރެފައި މާއިޝް މާލެ ދިޔައީ ގޭގައި ހުރި އިޒްމާންގެ ބައެއް ތަކެތި ބަލައެވެ. މާ ބޮޑު ވިސްނުމަކާ ނުލާ މާއިޝް ކާރު ދުއްވަމުން ދިޔައީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް އައުމުގެ ބޭނުމުގައެވެ. އެއީ ދަން ވަގުތެއް ވުމުން މަގުމަތީގައި މާ ބައިވަރު އުޅަނދުތަކެއް ނެތެވެ. އެއްކޮޅަށް ދުއްވާ މަގަކަށް އެޅުމުން މާއިޝް ކާރުގެ ދުވެލި ތަންކޮޅެއް ބާރުކޮށްލީ ކުރިމަތިން އުޅަނދެއް ނާންނާނެތީއެވެ. ނަމަވެސް…
އެވަގުތު ބާރު ސްޕީޑެއްގައި ކުރިމަތިން އައީ މުދާ އުފުލާ ބޮޑު ޕިކަޕެކެވެ. ކޮންސްޓްރަކްޝަންގެ ބައިވަރު ތަކެތި އަރާ ބަރާކޮށްފައި އޮތް އެ ޕިކަޕު އައިލެއް ބާރުކަމުން މާއިޝްއަށް ލިބުނު ސިހުމާއެކު ކާރު ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އެ ބޮޑު ޕިކަޕުގައި ޖެހިފައި މާއިޝްގެ ކާރު ވިއްސައިގެން ދިޔަ ނަމަވެސް އެ ޕިކަޕަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. އެތރޭގައި ރިޔާޒްއާއި އެކު ތިބި ދެމީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ދިޔުމާއި، އަރުވާފައި ހުރި ބައެއް މުދާތައް ވެރުން ނޫން އިތުރު ކަމެއް ނުވެއެވެ. އެއީ ރައިޝާގެ ބައްޕަގެ ކޮމްޕެނީގެ މުދާ އުފުލާ ޕިކަޕެކެވެ. ދުއްވުމުގެ ޤަވާއިދުތަކަށް ތަބައުނުވުމާއި، އެކަށީގެންނުވާ ވަރަށް މުދާ އަރުވާފައިވާ ތަން އެތައް ބަޔަކަށް ފެނުނު ނަމަވެސް، ރިޔާޒްގެ ނުފޫޒު ގަދަ ކަމުން އެއްވެސް މީހަކަށް ހެކި ވާކަށް ނުކެރުނެވެ.
އެކްސިޑެންޓް ހިނގުމުން އަވަހަށް މާއިޝް ހޮސްޕިޓަލަށް ގެނެސް، އަވަސް ފަރުވާ ދޭން ފެށިއެވެ. އޭރު މާއިޝްގެ ހާލު ވަރަށް ސީރިޔަސްއެވެ. ހިނދުކޮޅެއް ލަސްވި ނަމަވެސް މާއިޝްގެ ފުރާނަ މި ދުނިޔެއާ އަލްވަދާޢު ކީހެވެ. އެވަގުތުވެސް މާއިޝްގެ ޙާލަތަށްވުރެ އަމާންއަށް މުހިންމުވީ އެ ގެއްލުން ދިން ބަޔަކު ހޯދުމެވެ. އެއީ ރިޔާޒްގެ ކޮމްޕެނީގެ ޕިކަޕެއްކަން އެނގުމުން އަމާން ވަގުތުން ރިޔާޒްއާ ބައްދަލު ކުރިއެވެ. ރިޔާޒް އެތައް ފަހަރަކު މަޢާފަށް އެދުމުންވެސް އަމާން ޤަބޫލެއް ނުކުރިއެވެ. މާއިޝް ކޯމާއަށް ދިޔަކަން އެނގުމުން އަމާން ކޯޓަށްވެސް މައްސަލަ ހުށައެޅިއެވެ. ދެމީހުންނަކީވެސް ރާއްޖޭގައި ނަން ހިނގާ ދެ ވިޔަފާރި ވެރިންނަށް ވުމުން މައްސަލަ ނިންމަން ވަރަށް އުނދަގޫވިއެވެ. ފައިސާ ދީގެން މައްސަލަ ނިންމޭތޯ ދެމީހުންވެސް ބެލިއެވެ. އެއީ މިޒަމާނުގެ ޙާލަތުތާއެވެ. މައްސަލަ އެއްވެސް ކޮޅެއްގައި ނުޖެހި އުޅެނިކޮށް ދެން ފެންމަތިވީ އަމާން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ވާހަކައެވެ. ހެއްކާއެކު އަތުލެވުމުން ފުލުހުންނަށް ޖެހުނީ އޭނާ ޖަލަށް ލާށެވެ. އެއާއެކު، ރިޔާޒްގެ ނުފޫޒު ގަދަވިއެވެ. މައްސަލަ އޭނާގެ ކޮޅަށް ނިންމާލާކަށް ރިޔާޒްއަށް މާކަ އުނދަގުލެއް ނުވިއެވެ.
މާއިޝް ކޯމާއިން ހޭ އެރީ އަމާން ޖަލަށް ގޮސް، މައްސަލަވެސް ނިމުނު ފަހުންނެވެ. ކޯމާއެއްގައި އޮވެފައި ހޭ އެރުމުން އެންމެ ފުރަތަމަ އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން ހަނދާންތައް އައުމުންވެސް އޭނާ ރިޔާޒް ކުށްވެރި ކުރަން ބޭނުންނުވީ އެއީ ރައިޝާގެ ބައްޕައަށް ވީތީއެވެ. މާއިޝްގެ ބަސް ފުލުހުންނަށް ލިބުމުން މައްސަލަ އެކީ ނިމުނެވެ. އަމާން ޖަލަށް ދިޔަ ވާހަކަ އެނގުމުން މާއިޝްއަށް މާ ބޮޑު އަސަރެއް ނުކުރީ، އަމާންގެ ފަރާތުން ދުވަހަކުވެސް ބައްޕައެއްގެ ލޯބި ލިބިފައި ނުވާތީއެވެ. އަދި އެއީ އޭނާގެ ބައްޕަ ކުރި ކުށުގެ ސަޒާއަށް ވާތީއެވެ.
ދެން މާއިޝްއަށް ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. އެކްސިޑެންޓުގައި އޭނާގެ ފައިގެ ކަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން އޭނާއަށް ނުހިނގޭނެ ވާހަކައެވެ. އެއާއެކު އޭނާގެ މުޅި ފުޓުބޯޅަ ކެރިއަރވެސް ފުނޑުފުނޑުވެގެން ދިޔައެވެ.
ނަމަވެސް، ދެން މާއިޝްއަށް ލިބުނީ އަދި އެޔަށްވުރެ މާ ހިތާމަވެރި ޚަބަރެކެވެ. އޭނާއަށް ނުހިނގޭ ވާހަކަ އެނގުމުން ރައިޝާ އޭނާ ދެކެ ފޫހިވެ، ދޫކޮށްފައި ގޮސް، އެހެން މީހަކާއި ގުޅުނު ޚަބަރު ރިޔާޒް މާއިޝްއަށް ދިނުމުން މާއިޝްގެ ހިތް ހީވީ ފުނޑުފުނޑު ވިހެންނެވެ. ހިތާމައަކަށްފަހު ހިތާމައެއް އެފަކީރަށް ލިބެމުން ދިޔައެވެ. ނަމަވެސް، މިހާރު އޭނާއަކީ ނުކުޅެދޭ މީހަކަށް ވުމުން ރައިޝާއާ އެއްވެސް ގޮތަކަށް އެކަށީގެން ނުވާ ކަމަށް އޭނާގެ ޟަމީރަށް ވިސްނައިދިނީ ހިތާ ދެކޮޅަށެވެ. ކޮންމެ ދުވަހަކު ރައިޝާއަށްޓަކައި އެތައް ކަރުނައެއް މާއިޝް އަޅައެވެ. ރައިޝާގެ މަތިން ހަނދާންކޮށް ނުރޯ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އަދިވެސް މާއިޝް އޭނާގެ ޢާއިލާއަށް ހިތްވަރު ދެމުން ދިޔައީ ﷲގެ އިރާދަފުޅުން އަދި އޭނާއަށް ހިނގޭނެކަމަށް ބުނަމުންނެވެ. އެތަކެއް ހިތާމަތަކާއި އެކުވެސް މާއިޝް ކެތް ކުރިއެވެ. އަމިއްލަ ނަފްސަށްޓަކައެވެ. ލޯބިވާ ޢާއިލާގެ ޙައްޤުގައެވެ.
***
މާނާގެ ވާހަކަތައް ނިމުނު އިރު ރައިޝާގެ ގިސްލަގިސްލާފައި ރޯށެވެ. ބައްޕަ ފަދަ ދީންވެރި ރަނގަޅު މީހަކު އެފަދަ ކަމެއް ކޮށްފާނެބާވައޭ އެތައް ފަހަރު ހިތަށް އެރިއެވެ. މާއިޝް އުޅެން ޖެހުނު ދަތި ޙާލު އެނގުމުން ވަކިން ދެރަވިއެވެ. ހީވީ އެ ހިތުގައި މީހަކު ހިފައި، ބާރުކޮށްލި ހެންނެވެ. މާއިޝް އުޅޭނީ އޭނާއަށްވުރެ މާ ޙާލުގައޭ ހިތަށް އެރުމުން އިންތިހާއަށް ދެރަވިއެވެ. މާއިޝްގެ ހިތުގައި ވާނޭ ޝަކުވާތައް ހިތަށް އަރުވައިލެވުމުންވެސް ދެރަވިއެވެ. ހަމަ އެފަދައިން ރައިޝާގެ ހިތުގައިވެސް ވީ ޝަކުވާއެވެ. ނަމަވެސް، މާއިޝްއާއި ދޭތެރެއަކު ނޫނެވެ. އުފަން ބައްޕައާއި ދޭތެރޭގައެވެ. އެވަރުގެ ބޮޑު ކަމެއް ކޮށްފައި ފައިސާ ބޭނުންކޮށްގެން ރެކިގަތީމައެވެ. ޝަކުވާ އުފެދުނެވެ. ލޯބިވާ ޢާއިލާއާ ދޭތެރޭގައެވެ. ހުރިހާ ކަމެއް އެނގި ތިބެ، އޭނާއަށް އޮޅުވާލީމައެވެ. ނަމަވެސް، މިވަގުތު އެ ހުރިހާ ކަމަކަށްވުރެ ރައިޝާއަށް މުހިންމުވީ މާއިޝް ހޯދުމެވެ. އެ ސޫރަ ދެކިލުމެވެ.
“މާއިޝް ކޮބާ..؟” މާނާގެ ކިބައިން މާއިޝް ދެކިލުމަށް އެދުމުން މާނާ ރައިޝާ ގޮވައިގެން ގޮސް ހުއްޓުނީ މާއިޝްގެ ކޮޓަރި ދޮރުމަތީގައެވެ. ފުން ނޭވާއެއް ލާފައި ރައިޝާ އަމިއްލަ މީހާ ހަމައަކަށް އަޅުވާލިއެވެ. ތަޅުގައި ހިފައި އަނބުރާލި އިރު، އެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ވަގުތު ފެނުނު ހިތާމަވެރި މަންޒަރުން އޭނާގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރާލި ހެންނެވެ. އަނގަމަތީގައި އަތް އަޅާލެވުނު އިރު އެސްފިޔަތައް ފޫދުއްވާލާފައި ކަރުނަތައް ފައިބައިގެންފިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Salaam dear reaers..
Woah.. We finally got to know what happened to Maaish.. Stay tuned to find out what’ll happen next.. Stay safe & Take care..
Loe y’all the most <333
Hiiiiiii nayaa
How r u…?
Masha Allah
Mi part vx vrh rythi
Owhhh Maaish ah vee goeh vx enme fahun ingunee dhw
Alheyyy rai ah kon kahala manxareh tha efenunee
Next part kon irakun
Vrh inthixaaru kurevey next part ah
Lysm
Tc
heyy dear..
I’m doing great alhamdhu’lillah.. How abt u..?
Awww thankiuuu darlxx.. Really means a loy to me ingey <3
yesss enme ahun engijje dhw maaish ah v goiy.. dhn rai ah fenuny kn kahala manzarehthw balaalan hingaa dhw nxt prt ah wait kohlamaa.. insha'allah vrh avahah kiyaalan libeyne.. dhn nuvaane maa laheh.. inthizaaruge nimun foni vaane insha'allah
Aww lym dhooni <33333
u too ss nd tvgc ingey <333
Reply to lizzie’s cmnt on da previous prt..
awww tysssssm darling.. nd i’m sorry ehaa gina dhuvahuwait kuran jehuneema ingey.. but it’ll all be worth it.. i’m sure.. next prt mi othynu.. hehe.. unmeedhu kuran mi prt vx kamudhaane kamah ingey..
lym dear <333
u too ss nd tvgc ingey dhooni <33333
Awwn sissy it’s okay. No need to be sorry? this part is also awesome and I’m so happy to know that Rai finally got to know about Maaish.. curiously waiting for the next part sissy❤️??? lysm sis and you too tvgc❤️❤️❤️❤️
awww so nice nd kind of u dear <3 alheyhhh thankiu sooo much ingeyy dhoni.. yess so happy for rai nd maaish dhw.. yes keep waiting.. won't dissapoint u for sure.. lym nd same to u lwbs <333
reply to lau’s cmnt on da previous prt..
heyyy lauuu.. aww missed u moreeeee babes..
srry dat u had to wait for it too long ingey..
yess let’s keep in touch as usual dhw..
u too ss nd tvgc lwbs <333
lovesssss ya moooorrreeeeeeee darlxxx <33333
hurihaa kudhinnah vx vrh salaam bunahche ingey nayoo faraathun.. rly miss them all <3
thnx yannu
finally mihithah hama jehumeh libihjje maaish ah vee goiy engunyma..
ma heekury maaish maruvee kamashey ekam hitha eri konmeves ehen nubaehves eba ulheyey
alhe raige bahppa haadha goahey..
dhen oiyy bayah curiously waiting….
lysssm missed you alot…
yeash salaam bunaanan… you too take care….
anytym lau <3
hehe nooney maaish mareh nuvey iraadha kurevvythy.. wut a plot twist dhw.. hehe
yesss enme rangalhu meehunge hageegaiy thah vx haama vamun dhw mi dhany..
keep waiting.. insha'allah vrh avahah kiyaalan libeyne
lymmmmm loabi <333
yesss thanks nd same to u <3
Laaaaaa naseemaa eyyyy koyaa mashakah nuvx engey manje mikameh kuraa kameh… Dhen mijehuny mireh heylaa ovegen hurihaa episode eh kiyaakahnu… Manje nuvx bunamehnu up kuran feshi vhk eh
Naayuuu naayuuu plxxxx avaha next part up kohdeycheyyy I’m soo sooo curious ale this is so emotional this 2 lovebirds heheh✨❤️?
Btw it’s soo sooo nice Masha Allah it’s really da best ingey dhoony keep goin
I’m just gonna wait patiently even tho it’s not my cup of tea as UK so be fast ingey heheh???✨❤️❤️
Love yaaaaaaaaa✨❤️
In rpl to my most beloved sisetr’s cmnt.. heyy ril sisoo
yessss sis buneethy insha’allah i’ll try to upload da nxt prt asap ingey.. yesss so emotional dhww.. anekkaa roan nufashahche ingey.. eyrun anekkaa jeheyny lhiyanbe gennan 😉 hehe lol.. awwwww alheyyyyhhh tyssssssm sisyyyy gandaaaaaa.. rlly means a lot to me babesss.. hehe yhhh ik dat u don’t like to wait lol same with me so i’ll try ingey hama veehaaves avahakah upload kureveythw..
lovesss ya moooooooorrrreeeeeeee love <33333
Hehehehe thank uuu dhoonyaaa
Ahahaha labba Ril rwkah nufashaanameyyy I’m strong enough ??? liyanbe gena vareh nuvaane ??
Alheyy anytimesss ♥️☺️
Hehehe thank uuu ingeyyy so I’m waiting ingeyy lwbikoluuu?❤️✨
alheyyy anytym sisyyy..
hehe yhh naseebennu dhw..ik ur da strongest ey <3
yesss keep waiting.. won't disappoint u for sure ingey <333
Heheheh yeaaaa I’m waiting
ettt reeshotoooo manje esfiya ah nuvannanyyaa neyngeyne ennu.. hehe arrrn dhn kiyaa ovegen.. lol.. hehe.. dhn manje ah ingeyne kamah heekoshey ma nubuny.. sorry
Haii nayyyuu
Kihinehh thrrr dearruuuu ? ???
Yaaah finally!!!! Ehaa dhuvas kohlaafa kiyaalan libijje. Vrh vrh vrh rythi mi prt veees ❤ Masha allah
Alheyy! Riyaazu haadha nulafa eyy dhw.. ammila dhari ah viyya hurihaa hithaamathakeh ufulan jehunee ?
Inthizaaru eba kurewey riyaazu jalah laane dhuvahakah ? hehheh
So curious ingei nxt prt ahh
Purple you ?
Tvgc ?
Heyyy nayooge lwbi lwbi ryyn darl <3
ryyn ge cmnt libuneema haalu hama baraabaru..lol..haalu rangalhey hama ingey.. dear kihinehthrrr??
yess finally dhw.. srry ingey ehaa gina dhuvas vandhen inthizaaru kuran jehuneema.. i was just bxy nd life was tough..hehe..
yes rai ge bappa dhw.. no one thought dhw mihn vaane kamakah.. dhuniye viyya.. knme meehaku vx hunnaany amilla edhumun foavefa dhw.. riyaaz jalah laane kameh nayoo akh neynge.. ekan othy hama ekani maaish ge aiymatheega..hehe
yess nxt prt hama liyamun mi gendhany.. maa laheh nuve kiyaalan libidhaane dhn insha'allah.. story nimeny dhw dhn mi..
purple u too loabs <333
yes i will tc nd u too ss nd tvgc ingey dhooni <33333
Ey eyh eyhhhh yaaa rahbbeeee… Klwww gayaaaa miothy magey rai ge vhkkkkkkklwwwwwww….
Waa waaaa buroowwww hama fantastic ehvana satheyka habeyyyys??????
Aaiyyycheryyyyy enme fahun mi riaatte vx kotari therey gandeh ganegen kuhjjau hoaadhee ey dhwww.. Klwww mashah hama heveny aash brw mathin handhaan vefa.. Alhe eii askeh nama dhww… Kihaa maja vaane… Anehkka vx annan vee thwcheh aash ahaa ahu ashaa yaash dhonbe ah vegen.. Pis klw haadha majaley..
Pis pis ohhh you riyaazu beyyaa gandu… Haadha nufoozaa baaru gadha ehchekeye eii.. Klw kaley hithakah ehcheh naaraa tha aihlla anhen dharyge hayaai gandu bandu kurevey iraku.. Pis pis adhi mihaa nubai ehchihi ingireysin liyegen neynge mi publish vaane kameh vx.. Huvaa mibuny
އޭ މިހިރަ ރިޔާޒާ ކޮން އަރޫނެކޭ ކިޔާ އެއްޗެއް ދަނބި ދަރިއަކަށް ގެންނާކަށް އައިންންން… ކަލޯ ކަލޭ ދަރި ލޯބިވަނީ މާއިޝް ދެކެ… މާއިޝް އާ އެމަންޖެ ދުރު ކުރުވާނެ ކަމެއް ނެތް.. އަދި އަމިއްލަ އަށް ކުށް ކޮށްފަ އެކުށް ފޮރުވާ އިރު ހިތަކަށް ނާރާ ދޯ ކޮންމެސް ދުހުކުން ފަޅާ އަރާނެ ކަމެއް… އަދި ކައިވެނި ވެސް އަވަސް ކޮށްފިއޭ… މަ ހިތަށް އަރާ ރައި ސަލާމަތް ކުރަން މަ ގޮސް މޫނުނމަތީ ފޮތިގަނޑު އަޅައިގެން އަރޫން އާ އިނދެފާނަމޭ ވެސް.. ޕިސް ދެން އޯކޭ.. މިހާރު ޔަގީން ވެއްޖެ އެ އަރޫން އާ ރައި އާ މެރީ ނުކުރާނެ ކަން ވެސް… ރައި އަށް މާއިޝް ފެނުނީ… އަޅޭ ސޯ އިމޯޝަނަލްލްލް… އައި ޖަސްޓް ވޯންޓެޑް ޓު ކްރައި ލްއުޑްލީ?????
ކަލޯ ގަޔާ މަންޖޭ އަވަހަށް ނެކްސްޓް އެޕިސޯޑް އަޕް ކުރަށްޗޭ…. މަ މި އިންނަނީ ހަމަ ދުކު ކުރީގައި ދަތް އަޅައިގެންންންން… މާއިޝް އަށް ރައި ފެނުނީމަ ކިހިނެއްބާ ވާނީ.. ސޯ ކިއުރިޔަސް… ހަަ އިންތިޒާރުގައި އެނގޭ… ބައި ދަ ވޭ ޔާޝް އަށާ ރީޝް އަށް ސަލާމް.. އާން އެންޑް އެ ތުއްތު މަނިކު ބޭ ކައިރީ ބުނާތި ފިރެހެން ކުއްޖަކު ވިހާށޭ.. ނައިއްޓެ ކައިރ ބުނޭ ބިރިޔާނީ ގަނޑެއް ދޭނަމޭ ފިރެހެން ކުއްޖަކު ވިހައިފިއްޔާ… އޯކޭ???ބައި ބާއި… މިދަނީ މަގޭ ވާހަކަ ސަބްމިޓް ކުރަން????
Best of luck dhooonyyyyy??????
Ey manje haadha hotey dhw mihaaru… Haha
K byeee … Eyyy aaaaaannn rai aa maaish bahdhalu vaa kamugw ufaluga miadhu migeyga mashah naasigoreyyyyyyyyy??????????????????yayyyyyyyyy