އަހަރެންނަށް ހޭލެވުނު އިރު ކަމަކު ދާކަށް ނެތެވެ.ގަޑިން ފަތިހު 5 ޖަހާ ބޮޑު ވެއްޖެއެވެ.ނަސީބެ ސުކޫލު ބަންދުވިކަން އަހަރެންގެ ހިތައެރި އެވެ.ގަޑި ބޭކާރު ނުކޮށް އަވަހަށް ފާހަނާ އަށް ވަދެ ރީތިވެ ވުސޫ ކޮއްލާގެން އަވަހަށް ނަމާދަށް އެރީމެވެ.ނަމާދުކޮށް ނިމިގެން އަހަރެން ދުއާ ކުރަން އަތް އުފުލާލީމެވެ.އޭރު އަހަރެންގެ ލޮލުން ކަރުނަ ފާބަނީއެވެ.އަހަރެން އަބަދުވެސް ހިއްވަރު ކުރެވޭތޯ ބަލަމެވެ. އަހަރެންނަށް މިނޫން ދުވަހެއް ދައްކަވާތޯ ދުއާކުރީމެވެ.އަހަރެން ކަރުނަ ފުހެލާފަ ހަމަޖެހެލީމެވެ.ނަމާދު ދޮޅި ބާލައި ފަތް ޖަހާލާފަ ކަބަޑު […]
“މަށަށް ހީވަނީ މިގޮލާ އިންސްޓާ އިން ކޮންމެވެސް މީހަކާ އަރާރުންވެލައިގެންހެން މިއުޅެނީ.. ދޯ ޝިމާ!” ފަޔާޒް އާދައިގެމަތިން ޝިމާޔާ އާއި ދިމާކުރާގޮތަށް ދިމާކޮށްލިއެވެ. “ނޫން.. އެވަރު ކަމެއް ނުވޭ. މީހެއް ގައިގަ ލައިގަތީ މިހެން އަންނަނިކޮށް!” ޝިމާޔާ ބުނި ވާހަކައިން ފެން ބޯން އިން ލައިލާ ކޮށިއަރައިގަތެވެ. “ކީކޭ؟ ކާކު ކޮންކަހަލަ ކިހިނެތްހުރި ކޮންދިމާލެއްގެ މީހެއް ގައިގައި ލައިގަތީ؟” ލައިލާ ސުވާލުކޮށްލި ގޮތުން އެންމެނަށްވެސް ހެވުނެވެ. “ދެން އަޅެ ބުނެބަލަ.” ރަކިވިވަރުން ލައިލާ އަށް އެހެންވެސް ބުނެވުނީ […]
ދުވަހުގެ އެންމެފަހު ރަނގަބީލުގެ އަޑާއިއެކު ހުރިހާކުދިންވެސް އަވަސްވެގަތީ އެކުއްޖެއްގެ ދަބަސް ހިފައިގެން ކުލާހުން ނުކުތުމަށެވެ. އެގޮތުން އަހަރެންވެސް އާދައިގެ މަތިން އަހަރެން ގެންގުޅޭ ދަބަސްގަނޑު ހިފައިގެން އެކަނިހުރެ ގެއަށް ދިއުމަށް މިސްރާބުޖެހީމެވެ. އެހެނަސް ގޭޓުން ބޭރަށް އަޅަންނެގި ފުރަތަމަ ފިޔަވަޅުމަތީ އަހަންނަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އިވުނު ހުޝާމްގެ ބިރުވެރިއަޑުންނެވެ. “އޭ މަޑުކޮށްބަ! ….. މާ އަވަސް އަރުވާލައިގެން ކޮންތާކަށް ދާންތަ ތިއުޅެނީ!!” އެއާއެކު ދެން އިވިގެން ދިޔައީ އެ ގުރޫޕު އެހެން ކުދިންގެ ހުނުމުގެ އަޑެވެ. […]
ޔުޝްރާއަށް ފަހަތަށް ޖެހެވުނެވެ. ޖައުފަރު އާބިދާ އަަށް އަނިޔާ ކުރަނީ އެވެ. އާބިދާގެ މުޅި ހަށިގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ޖައުފަރަކީ ވަރަށް ނުލަފާ މީހެކެވެ. އަބަދުވެސް އާބިދާއަާ ދިމާލަށް ހަޅޭލަވައެވެ. ނަމަވެސް އަނިޔާ ކުރާތަން މި ފެނުނީ އަލަށެވެ. ޔުޝްރާ ހުރީ ކުރާނެ ކަމެއްް ނޭނގިފައެވެ. ކޮންމެ ކަމެއް ވެސް ވަނީ ބުނެލާާފަކަ ނޫނެވެ. ޔުޝްރާ ހާސްވެފަ ހުރި ވަރު އެ ކުއްޖާގެ މޫނުމަތިން ފެނިގެން ދެއެވެ. ޔުޝްރާގެ މުަޅި މޫނު ހުރީ ދާހިއްލާފައެވެ. ޔުޝްރާ ކުރާނެ […]
އިރެއް ފަދަ އަލިކަމާއޭ ހަނދެއް ފަދަ ޗާލުކަމާއޭ ރަނެއް ފަދަ ރަނގަޅުކަމާއޭ ފިނިފެންމަލެއް ފަދަ ފޮނިކަމާއޭ ލޮޓަސްއެއް ފަދަ ސާފުކަމާއޭ ބޭބީއެއް ފަދަ ކިއުޓް ކަމާއޭ ސްނޯ ފަދަ ހުދު ކަމާއޭ ވިލާއެއް ފަދަ މަޑު ކަމާއޭ އޭ މަގޭ ދޫންޏާއޭ، ނިކަން ބުނެބަލާށޭ! ކަލާގެ ތި ޖާދޫވަންތަކަމަށް އަހަރެންގެ ހިތް މަޑުން އޮންނާނީ ކިހިނަކުން ހެއްޔެވެ؟
އެއްގަޑިއިރުގެ އޮޕްރޭޝަނަށްފަހު ޑޮކްޓަރު ތިއޭޓާރުން ނުކުތުމުން އެންމެންގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ. ވީ ކަމެއް އެންމެންވެސް ތިބީ ބަލައިލަން ކެތްމަދުވެފައިއެވެ. ޑޮކްޓަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާން ނެތް އިރު ކައިޒީން ކުރި ސުވާލަށް ޖަވާބު ދެންވެސް ޑޮކްޓަރު ނޫޅުނެވެ. ”ސާރޖަރީ ވަރަށް ކާމިޔާބު.. ހާސްނުވޭ ދެން.. އިންޝާﷲ ޕޭޝިއެންޓަށް ހިނގޭނެ..” ޑޮކްޓަރުގެ ޖަވާބު އިނގިފައި އެންމެންނަށްވެސް ދޫކޮށްލެވުނީ ވަރަށް ފުން ނޭވާއެކެވެ. ހީވަނީ އެހުރިހާ އިރު ހުރީ ނޭވާ ނުލައި ހެންނެވެ. އަދި އެއެންމެންގެ ދުލުންވެސް ބޭރުވި ބަހަކީ އަލްހަމްދުލިއްލާއެވެ. ޒިރާންގެ ފައިގެ ފާރުގަނޑު އެއްކޮށް ފަސޭހަ ވުމުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ތިން ހަފްތާއަށް ޒިރާންއަށް ފިޒިއޮތެރަޕީ ދޭން ފެށިއެވެ. ކޮންމެ ދުވަހަކު ޒިރާން ގޮވައިގެން […]
ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. “ކޮބާ ތިމީހާ؟” އެއީ ޖިޔާދު ފޮނުވާލި މެސެޖެކެވެ. “އާދޭ މިގޭ ކާރިއަށް..” ފަތީން ރިޕްލައި ފޮނުވާލިއެވެ. ކައިނިމިގެން ފަތީން ތެދުވެގެންގޮސް ސިންކު ކައިރީގައި ހުއްޓިލި ވަގުތެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން އަތް ދޮވެގެން އަންނަން ވާއިރަށް ފޯނު ވަނީ ކެނޑިފައެވެ. ފަތީން ފޯނަށް ބަލައިލީއިރު ގުޅާފައިވަނީ […]
އަހަރެންނަކީ އަންހެން ކުއްޖަކީމެވެ.އަހަރެން ދެކޭގޮތުގައި އަހަރެން މިއީ ނަމަކަށް އުޅޭ ބޭކާރު ކުއްޖަކީމެވެ .އަހަރެންގެ އުމުރުން މިހާރު ވީ 12 އަހަރެވެ. މިއަދު ވެސް އިރު އެރީ ކޮންމެ ދުވަހެކޭ އެެއްފަދަައިން އަހަރެން ބަލަން އޮއްވައެވެ.މިއީ އަހަރެންނަށް އޮތް ގޮތެވެ.ރޮއިރޮއިދެލޯ ވަނީ ދުޅަށް ވެފަައެވެ.އަހަރެން ތެދުވީމެވެ.މޫނު ދޮވެލާ ރީތި ވެލާގެން ނުކުތީމެވެ.އަހަރެންގެ މިސްރާބަކަށް ވީ ބަދިގެއެވެ.ބަދިގެ އަށް ވަދެއް އަވަސް އަރުވައިލާގެން ކަންތަށްތަށް ނިންމޭތޯ އުޅުނީމެވެ.އަހަރެން ކުޑަ އަކަސް މިކަންތަށް ވަނީ ކުރަން ދަސްވެފައެވެ.އިސާހިތަކު ހުރިހާ ކަމެއް […]
ފޯނާ ކުޅެން އިނދެފާ އޭނާ ޔަނާލްއާ ވާހަކަ ދެއްކުމުންވެސް ޔަނާލްގެ ޚަބަރެއްނުވުމުން އިކާން އިސްއުފުލާ ބަލައިލި ވަގުތު ނިދިފައި އޮތް ޔަނާލް ފެނި އިކާންއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށް އެމޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އިކާންއަށް އޭނަގެ އަތް އުފުލާލާ މަޑުމަޑުން އެއޮމާން މޫނުގައި ފިރުމާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ވެރިވި އިހުސާސާއެކު ދެވަނަ ފަހަރަށްވެސް އިކާންއަށް އެއަމަލު ތަކުރާރުކޮށްލެވުނެވެ. ޔަނާލްއަށް ކުރިމަތިވާނޭހެން އޭނަ އިށީންދެގެން އިން ގޮނޑި މަޑުމަޑުން އަނބުރާލާ އޭނަގެ ފުރިހަމަ ސަމާލުކަމެއް ޔަނާލްއަށް ހުސްކޮށްލިއެވެ. ޔަނާލްގެ […]