އައްސަލާމްޢަލައިކުމް… ވަރަށް ގިނަ ދުވަސްތަކަކަށްފަހު ކިޔުންތެރިންނާ ބައްދަލުކުރެވުނީމަ ވަރަށް އުފާކުރަން… އެންމެ ފުރަތަމަވެސް ދިގު އިންތިޒާރެއްކުރަން ޖެހުނީތީ އަޅުގަނޑުގެ ވާހަކައަށް އިންތިޒާރުކުރި އެންމެހާ ކިޔުންތެރިންގެ އަރިހުން މަޢާފަށް އެދެން… އަޅުގަނޑު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަން ނިންމައިފިން… މިފަހަރު ވާހަކަ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ ވާހަކައިގެ ބޮޑު ބައެއް ލިޔެފަ… އަޅުގަނޑު މިފަހަރު ވާހަކަ ކުރިއަށް ގެންދަން ބޭނުންވަނީ މުޅިން އައު ފެށުމަކުން… ބޮޑެތި ބަދަލުތަކަކާއެކު… ވާހަކައިގެ ކުރީގެ ބައެއް ކެރެކްޓާސްތައް އުނިކުރެވި އިތުރު އައު ކެރެކްޓާސްތަކަކާއެކު […]
އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވި ދަތި އުނދަގޫ ދުވަސްތަކެއްގެ ސަބަބުން ވާހަކަ ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުން މެދުކެނޑިފައިވީކަމަށްޓަކައި އެންމެހާާ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެން… އަދި މިކަން ކިޔުންތެރިންނާއި ހަމައަށް ގެނައުން ލަސްވިކަމަށްޓަކާވެސް މަޢާފަށް އެދެން… މިދުވަސްވަރަކީ އަޅުގަނޑުގެ ޕްރޮފެޝަނަލް ދާއިރާގައިވެސް ވަރަށް ބުރަ ދުވަސްކޮޅަކަށްވުމާއެކު ވާހަކައަށް އެއްވެސް ވަރަކަށް ވަގުތު ދެވެން ނެތުމާއެކު، ކަންކަން ހަމައަކަށް އެޅުމުން އަޅުގަނޑު ވާހަކައައިގެން ކުރިއަށް ދާނަން އިންޝާ ﷲ… އެންމެހާ ކިޔުންތެރިންނަށްވެސް އަޅުގަނޑުގެ ހާލަތު ވިސްނި، ވާހަކައަށް އިންތިޒާރުކުރާނެކަމަށް […]
ރިންގުވަމުންދިޔަ ފޯނަށް ބަލައިލުމަށްފަހު މަސައްކަތް މެދުކަނޑާލާ ވިޝާލް ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ބުނެލި ވާހަކަތަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން މިދަނީއޭ ބުނެ ވިޝާލް އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުތެވެ. ފައިލެއް ހިފައިގެން ވިޝާލްގެ ގާތަށް ދާންދިޔަ ޔަލްވީގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ އަވަސް ފިޔަވަޅުތަކެއްގައި އަންނަމުންދިޔަ ވިޝާލް ފެނިފައެވެ. ” ސަރ… ފައިލް… ” އޭނަ އާއި އަރާހަމަވުމާއެކު ޔަލްވީ ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް މަޑުކޮށްލުމެއްނެތި ވިޝާލް އެދިޔަ ގޮތަށް ގޮސް އޮފީހުން […]
ފޯނާ ކުޅެން އިނދެފާ އޭނާ ޔަނާލްއާ ވާހަކަ ދެއްކުމުންވެސް ޔަނާލްގެ ޚަބަރެއްނުވުމުން އިކާން އިސްއުފުލާ ބަލައިލި ވަގުތު ނިދިފައި އޮތް ޔަނާލް ފެނި އިކާންއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށް އެމޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އިކާންއަށް އޭނަގެ އަތް އުފުލާލާ މަޑުމަޑުން އެއޮމާން މޫނުގައި ފިރުމާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ވެރިވި އިހުސާސާއެކު ދެވަނަ ފަހަރަށްވެސް އިކާންއަށް އެއަމަލު ތަކުރާރުކޮށްލެވުނެވެ. ޔަނާލްއަށް ކުރިމަތިވާނޭހެން އޭނަ އިށީންދެގެން އިން ގޮނޑި މަޑުމަޑުން އަނބުރާލާ އޭނަގެ ފުރިހަމަ ސަމާލުކަމެއް ޔަނާލްއަށް ހުސްކޮށްލިއެވެ. ޔަނާލްގެ […]
ދެލޯ މެރެމުންދިޔަ ޔަނާލް ފެނި އިކާންއަށް ޔަނާލްގެ ނަމުން ގޮވާލާ ދުވެފައި ގޮސް ޔަނާލްގެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. އޭރު ޔަނާލްގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ދެލޯ މެރިފައިވީއިރު މޫނު މަތީގައިވީ ވަރުބަލިކަމެވެ. ހާސްވެފައިހުރި އިކާން މަޑުމަޑުން ޔަނާލްގެ ކޮލުގައި އަތުން ކޮއްޓާލިއެވެ. ދެތިން ފަހަރު ތަކުރާރުކުރުމުންވެސް ޔަނާލްގެ ފަރާތުން ހަރަކާތެއް ނުފެނުމުން އިކާން އިތުރަށް ހާސްވިއެވެ. އެވަގުތު އިކާންގެ ފަހަތުން ހޯލްވޭއިން ނުކުމެގެން އައި މިކާލްއަށް އެމަންޒަރުތައް ފެނި އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ދެވުނެވެ. ” […]
ފުޅާ ހިނިތުންވުމަކާއެކު ޔަލްވީ އެއަންހެން ކުއްޖާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. އެވަގުތު އެއަންހެން ކުއްޖާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ” ރާއްކޯ… ” އިވިގެންދިޔަ އަޑާއެކު ޔަލްވީ އާއި ރާޔާއަށް އެކުއެކީގައި އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ޔަލްވީއަށް އަވަސް އަވަހަށް ތެދުވެވުނެވެ. ” ރާޔާ… މަންމަ ކިތައް ފަހަރުތަ ބުނާނީ ރާޔާ ކައިރި ނުދުވާށޭ… ކިިރިޔާއެއްނު އަނިޔާއެއްނުވީ.. މަގުން ހިނގާ އެހެން މީހުނަށްވެސް ބަލަންވާނެއެއްނު… އެދައްތައަށް ދެންމެ ތަދުވިނަމަ ކިހިނެއް ހަދާނީ…” ބާރު ހިނގުމެއްގައި […]
އަޒްހަދުގެ ވާހަކަތަކަށް ރައްދެއްނުދީ އިންނަމަވެސް ނަފީސާގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފާޅުވާން ހުއްޓެވެ. ދިމްނާ އަވަސް އަވަސްކޮށްލައިގެން ނުކުތީ އޭނާ އިނުމުން އެމައްސަލަ އިތުރަށް ހޫނުވެދާނެތީއެވެ. ހުކުރުން ފައިބައިގެން ކާރުގައި ގޭގެ ދޮރުމަތީގައި ވިޝާލް މަޑުކޮށްލައިގެން އިނީ އަންހެނުންނާއި ދަރިފުޅުގެ އިންތިޒާރުގައެވެ. ލަސްތަކެއްނުވެ އެދެމައިން ނިކުންތަން ފެނި ވިޝާލްގެ ތުންފަތަށް ހިނިތުންވުމެެއްވެރިވިއެވެ. ވިޝާލް ކާރުން ފޭބުމަށްފަހު އޭނަގެ ގާތުގައި އައިސް ހުއްޓިލި ރާޔާ އުރާލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރުވާ ސީޓް ބެލްޓް އަޅުވާލަދިނެވެ. ރިއާޝާ […]
އާކިފްގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު ހަފްޒާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އިކާން އާއި މަލްހާގެ ގުޅުމުގެ ކަންކަން ނޭނގިތިބެ އެދެމީހުން ދަނީ އެދެކުދިންނަށްޓަކައި އެތައް ހުވަފެންތަކެެއް ދެކެމުންނެވެ. އެތައް އުއްމީދުތަކެއް ކުރަމުންނެވެ. ސައިބޮއެގެން ކޮޓަރިއަށް ވަން ގޮތަށް ނިކުންނަ ހިތްނުވެފައި ޔަނާލް ކޮޓަރީގައި މަޑުކުރިއެވެ. އިޝާ ނަމާދަށްފަހުވެސް ޔަނާލް ކޮޓަރިން ނުކުންނަ ޚިޔާލެއްނުކުރިއެވެ. މުޅި ދުވަހުވެސް އުޅެންޖެހުނު ބުރަކަމާއެކު އޭނަގެ ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ވަރުބަލިކަމެވެ. މިއަދު ކަންތައް ދިމާވީ ގޮތުން މާޒީގެ ބައެއް ޚިޔާލުތަކުން އަދިވެސް […]
” ޑެޑީ… ” އެތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ސިޓިންރޫމު ސޯފާގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އެޒުވާނާ ފެނިފާ ގޮވާލިއެވެ. އެއަޑަށް އިސްއުފުލާ ބަލައިލި ވިޝާލް ނުހަނު ބޮޑަށް ހިނިތުންވެލަމުން ތިރިވެލާ ދެއަތް ފުޅާކޮށްލިއެވެ. އެއާއެކު އެއަންހެން ކުއްޖާ ދުވެފައި ގޮސް ވިޝާލްގެ ކަރުގައި ދެއަތް ވަށާލިއެވެ. ނުހަނު ލޯތްބާއެކު ވިޝާލް އެއަންހެން ކުއްޖާގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ”ޑެޑީގެ ޕްރިންސަސް… ޑެޑީ ވަރަށް […]