ނިކަން ބުނެބަލާށޭ!
އިރެއް ފަދަ އަލިކަމާއޭ
ހަނދެއް ފަދަ ޗާލުކަމާއޭ
ރަނެއް ފަދަ ރަނގަޅުކަމާއޭ
ފިނިފެންމަލެއް ފަދަ ފޮނިކަމާއޭ
ލޮޓަސްއެއް ފަދަ ސާފުކަމާއޭ
ބޭބީއެއް ފަދަ ކިއުޓް ކަމާއޭ
ސްނޯ ފަދަ ހުދު ކަމާއޭ
ވިލާއެއް ފަދަ މަޑު ކަމާއޭ
އޭ މަގޭ ދޫންޏާއޭ، ނިކަން ބުނެބަލާށޭ!
ކަލާގެ ތި ޖާދޫވަންތަކަމަށް އަހަރެންގެ ހިތް މަޑުން އޮންނާނީ ކިހިނަކުން ހެއްޔެވެ؟
