Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނާކާ (އެޕިސޯޑް 8)

Maseeh Level 110 Stories
November 29, 2019 7 Mins Read
10 Comments

ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. “ކޮބާ ތިމީހާ؟” އެއީ ޖިޔާދު ފޮނުވާލި މެސެޖެކެވެ. “އާދޭ މިގޭ ކާރިއަށް..” ފަތީން ރިޕްލައި ފޮނުވާލިއެވެ.

ކައިނިމިގެން ފަތީން ތެދުވެގެންގޮސް ސިންކު ކައިރީގައި ހުއްޓިލި ވަގުތެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން އަތް ދޮވެގެން އަންނަން ވާއިރަށް ފޯނު ވަނީ ކެނޑިފައެވެ. ފަތީން ފޯނަށް ބަލައިލީއިރު ގުޅާފައިވަނީ އާނިސްއެވެ.

“ކަމޯން ފަތީން ފޯނު ނަގާބަލަ” ހިތް އަވަސް ވެފައި ހުރިވަރުން އާނިސްއަށް އެކަނިއިނދެ ވާހަކަވެސް ދެއްކުނެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާނިސް އަނެއްކާވެސް ފޯނު ނަގާ ފަތީންއަށް ގުޅަން ފެށިއެވެ. މިފަހަރު ފަތީންގެ ފޯނު ރިންގްވާންފެށީ ފަތީން ކޮޓަރި ތެރޭގައި ޓީޝާޓުލާން ހުއްޓައެވެ. “ހަލޯ.. ކިހިނެއް ވީއޭ ބުރޯ” ފަތީން ފޯނު ނަގާ ކަންފަތުގައި ޖަހައިގެން ގެއިން ބޭރަށް ދާން ހިނގައިގަތުނެވެ. “އޭ މޭން ކަލޭ ގަބޫލެއްވެސް ނުކުރާނެ މަށަށް މިއޮށް ފެނުނު އެއްޗެއް..” އާނިސް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. “ކޯއްޗެއް ފެނުނީތަ؟ ކީއްވެގެންތަ މާ ހާސްވެފަ ތިހިރީ؟” ފަތީން ސުވާލު ކޮށްލިއެވެ. “ފަޒީން ގައިގަ ނަޒީހުމެން ތަޅަނިކޮށް މިއޮތީ މިގޭ ފިހާރަ ސީސީ ކެމެރާގަ.. މަ ދެންމެ އޭތި ޗެކް ކޮށްލި ތަނާ މިފެނުނީ..” އެއަޑު އަހާފައި ފަތީންއަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލައެވެ. “އޭ ހިނގާ ޕޮލިހަށް ތީތި ހަވާލުކުރަން.. މަދާންތަ ބަލާ؟” ފަތީން އަހާލިއެވެ. “އާނ ފައޫ ގޮވާގެން އަންނައްޗެ..” އާނިސް ބުނެލިއެވެ.

ފަތީން ގޭތެރެއަށްވަދެ ފައުޒާ ހޯދާލިއެވެ. އެއިރު ފައުޒާ އިނީ ކޮޓަރީގައެވެ. “ކޮށްކޮ އާދެބެ ވަރަށް އަވަހަށް އާނިސް މެންގެޔަށް ދާން.. އޭނަ އެބައުޅޭ ތިއްތިބެ ގައިގަ ނަޒީހުމެން ތަޅާ ވީޑިއޯއެއް ހޯދައިގެން..” ފަތީން ބުނެލީ ވައިއަޑުންނެވެ. ކޮޓަރީގައި އުޅޭ އޭނާގެ މަންމަ ފާތުމާއަށް އަޑުއިވިދާނެތީއެވެ. “ކީކޭ؟؟ އަސްލުތަ؟” ފައުޒާ އެނދުމަތީގައި އިނދެފައި ތެޅެމުން ފޮޅެމުން ދުއްވައިގަތުނެވެ.

ފަތީން އާއި ފައުޒާ ދޮރުމައްޗަށް ނުކުތްއިރު ޖިޔާދު އިނީ ބައިސްކަލެއްގައި ގޭގެ ދޮރުމަތީގައެވެ. “އޭ ވަރަށް ބޮޑަށް ސޮރީ.. މަ ވަރަށް އަވަހަށް ދާން ޖެހިއްޖެ ގެޔަކަށް.. މަ ދަންތަ މިކަންތަށް ނިންމާލާފަ ތިގެޔަށް؟” ފަތީން ފައިވާނަށް އަރަމުން އަހާލިއެވެ. “އާނ މައްސަލައެއް ނެތް.. ކޮންތާކަށްތަ މާއަވަހަށް ތިދަނީ މޭން؟” ފަތީން އުޅުނުގޮތުން ޖިޔާދު އަހާލިއެވެ. “އޭ މަ ކިޔާދޭނަން ފަހުން…” ފައުޒާ އާއި އެކީގައި ދުއްވައިގަންނަމުން ފަތީން ބުނެލިއެވެ.

ފަތީން އާއި ފައުޒާ ދުވެފައިގޮސް އާނިސް މެންގެޔަށް ވަތްއިރު އާނިސްގެ މަންމަ ޝިރާނީ ހުރީ ގޭތެރެ ކުނިކަހާށެވެ. “ކޮށްކޮމެން ކީއްވެގެން ތިދުވަނީ؟؟” ފަތީން އާއި ފައުޒާ ލަހިވެފައި ތިބިވަރު ފެނިފައި ޝިރާނީ އަހާލިއެވެ. “ޝިރާނިއްތާ ކޮބާ އާނިސް؟ އޭނަ ހޯދާށޭ މިއައީ..” ފަތީން ބުނެލިއެވެ. “ދޭބަލަ ކޮޓަރީގަ ވެއްޖެ. ކީއްވެތަ ތި ދުވަނީ ދެކުދިން؟ ކަމެއް ގޯސްވީތަ؟” ޝިރާނީ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ފައުޒާއަށް ލަދުން އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. “ކަމެއް ނުވެ ޝިރާނިއްތާ..” ފަތީން މިހެން ބުނަމުން ގޮސް އާނިސްގެ ކޮޓަރިއަށްވަދުނެވެ.

ފައުޒާ ކޮޓަރިއަށް ވަތްގޮތަށް ގޮސް އާނިސް ގައިގައި ބައްދާލިއެވެ. “ކޮބާ އެވީޑިއޯ؟” ފަތީން ހާސްވެފައި ހުރެ އަހާލިއެވެ. “މިއޮތީ.. ހިނގާބެ ބަލަން. މަވެސް އަދި އެއްކޮށްނެއް ނުބަލަން..” ފައުޒާގެ އަތުގައި ހިފައިގެން އާނިސްގޮސް އެނދުމައްޗަށް އެރިއެވެ. ފަތީންވެސް އެނދުމަތީގައި އިށީނދެލިއެވެ.

އެ ތިން މީހުންވެގެން ފަޒީންގައިގައި ތަޅަންތިބެފައި އެތަނުން އެކަކު ހިނގައިގަތުނެއެވެ. އެއިރުވެސް ދެމީހަކު ފަޒީންގައިގައި ތަޅައެވެ. ފަޒީންވެސް ދިފާއުގައި ހަމަލާ ދެމުން ގެންދެއެވެ. އިރުކޮޅަކުން ހިނގާފައި ދިޔަމީހާ އެނބުރި އެތަނަށް އައެވެ. އެއިރު އެމީހާގެ އަތުގައި ދިގު އެއްޗެއް އޮތެވެ. ލަފާކުރެވޭގޮތުގައި އެއީ ލަކުޑިބުރިއެއް ކަހަލަ އެއްޗެކެވެ.

“ހުއްޓާލާ.. ދެން ނުބެލޭނެ. އެހެއް އެހެއް..” ފައުޒާ ރޮއިގަނެފައި އާނިސްގެ ކޮނޑުގައި އޭނާގެ މޫނު އެޅިއެވެ. ފަތީންގެ ހިތަށްވެސް ވަރަށް އަސަރު ކުރިއެވެ. އެވަގުތު އާނިސް އެވީޑިއޯ ހުއްޓާލިއެވެ. “އެ ލަކުޑިބުރި ހިފާގެން އެހެރީ ނަޒީހުދޯ؟” ފަތީން އަހާލިއެވެ. “އާނ ހީވަނީ.. ފައޫ ހުއްޓާލަބެ..” ފައުޒާ ހުއްޓުވަން މަސައްކަތް ކުރަމުން އާނިސް ބުނެލިއެވެ. “ތެދެއް ކޮށްކޯ.. މީތި ޕޮލިހުންނާ ހާވާލުކުރަން ބޭނުމިއްޔާ އަހަރެމެން ޖެހޭނެ ކަންވީގޮތް ބަލަން.. މިއީ ތިއްތިގެ ތަހުގީގަށް ވަރަށް ކުރިއެރުން ލިބޭނެ އެއްޗެއް..” ފަތީން މިހެން ބުނެފައި އެވީޑިއޯ އަލުން އަޅުވާލިއެވެ.

ފަޒީންގެ ގާތުގައި ތިބި ދެމީހުން ފަޒީންގެ ދެފަރާތުން ހިފެހެއްޓިއެވެ. އެވަގުތު ލަކުޑިބުރި ހިފައިގެން ހުރިމީހާ ފަޒީންގެ ބޮލުގައި އޭގެން ވަރަށް ބާރަށް ޖެހިއެވެ. އެވަގުތު ފަޒީން އެދެމީހުން އަތުތެރެއިން ނުކުތުމަށް ވަރަށް ބާރަށް ތެޅިގަތުނެވެ. ނަމަވެސް އެމީހުން ދުލެއް ނުކުރިއެވެ. ވީޑިއޯ ބަލަން ތިބި އެ ތިންކުދިންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ފަޒީންގެ ހަށިގަނޑުން ވާގި ދޫވެގެން އޭނާ ހިފަހައްޓައިގެން ހުރި ދެމީހުންގެ އަތުތެރެޔަށް ތިރިވިއެވެ. އެވަގުތު އަނެއްކާވެސް އެމީހާ ފަޒީންގެ ބޮލުގައި ޖެހިއެވެ. އެވަގުތު ފައުޒާ ހަޅޭއްލަވައިގަތުނެވެ. އޭނާ ރޯންފެށިއެވެ. ދެން ފެނިގެން ދިޔައީ އެތިންމީހުން ފަޒީން އެތާނގައި ބައްވާފައި ދާތަނެވެ. ވީޑިއޯ ދައްކާގޮތުން އެއީ އެރޭގެ 11 ގަޑި ފަނަރަމިނެޓުގައެވެ. ފަޒީން 10 ވަރަކަށް މިނެޓު އެތަނުގައި ގުޑިވެސް ނުލާ ވެއްޓިފައި އޮތެވެ. އެއަށްފަހު އޭނާ ކޫތެމުންގޮސް ފިހާރައިގެ ބިތުގެ އެހީގައި ކޮޅަށް ތެދުވެގެން ހިނގައިގަތުނެވެ. އެހިސާބުން ކެމެރާ ކަވަރު ކުރާހިސާބުން ފަޒީންއަށް ބޭރަށް ދެވުނީއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ޝިރާނީ ހުޅުވާލިއެވެ. އެއިރު ފައުޒާ އޮތީ އާނިސްގެ ކޮނޑުމަތީގައި ބޯއަޅައިގެން ރޯށެވެ. “ކީއްވެ ފައުޒާ އެރޮނީ؟ ކިހިނެއް ވެގެން ދަރިފުޅުމެން ތިއުޅެނީ؟” ޝިރާނީ ފެނުމާއެކު ފައުޒާ އާނިސްގެ ގާތުން ދުރަށް ޖެހިލިއެވެ. “މީ ރޭގަ ބައްޕަ ގެނައި ފިހާރައިގެ ސީސީ ކެމެރާ ފުޓޭޖުތަށް. މީގަ މިއޮތީ ނަޒީހުމެން ފަޒީން ގައިގައި ތެޅިތަން.” އާނިސް ބުނެލިއެވެ. “އެހެންވެގެންދޯ މިކުދިން މާ ހާސްވެފަ އެއައީ.. މަންމަ ހިތަށް އަރާފިއޭ ކީއްވެގެން ބާއޭ.” ޝިރާނީ މިހެން ބުނިވަގުތު ފަތީން އެނދުމަތިން ތެދުވިއެވެ. “ހިނގާ ކޮށްކޯ މީތި މަންމަ މެނަށް ދައްކަން ގެންދަން..” އެވަގުތު ފައުޒާ ތެދުވިއެވެ.

އާނިސްގެ އެނދުމަތީ އޮތް ޕެންޑްރައިވް އަކަށް އެވީޑިއޯ އަޅައިގެން ގެޔާދިމާލަށް ދާން ފަތީން އާއި ފައުޒާ ހިނގައިގަތް ވަގުތު އާނިސް ވެސް އެމީހުންގެ ފަހަތުން ހިނގައި ގަތުނެވެ. ނަމަވެސް އެވަގުތު ޝިރާނީ އާނިސްގެ އަތުގައި ހިފެހެއްޓިއެވެ. ފައުޒާ އާއި ފަތީން ގެޔަށްދާން ހިތްއަވަސްވެފައި ހުރުމުގެ ސަބަބުން އެކުދިން ފަސްއެނބުރި ބަލާނުލާ ކުރިއަށް ދިޔައެވެ. “ދަރިފުޅު މިގަޑީގަ ދިއުން ރަނގަޅެއް ނުވާނެ!” ޝިރާނީ ބުނެލިއެވެ. ނަމަވެސް އާނިސްހުރީ ވަރަށް ބޮޑަށް ފައުޒާގެ ފަހަތުން ދާން ބޭނުންވެފައެވެ. އޭނާ ދާން ބޭނުންވެފައި ހުރިވަރު ހުދު ޝިރާނީއަށްވެސް އޭނާގެ މޫނުމަތިން ފެނުނެވެ. ނަމަވެސް އެއާއިލާ ހިތާމަ ކުރަމުންދާ ވަގުތު އާނިސް އެތާ ހުރުން ރަނގަޅު ނުވާނެތީ ޝިރާނީ އާނިސް ހުއްޓުވީއެވެ.

އާނިސް ޝިރާނީއާއި ދިމާލަށް ބަލައިލިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “މަންމާ އެމީހުން ފަޒީންގެ ބޮލުގަ ވަރަށް ބާރަށް ޖެހީ.. އޭނަ ސަލާމަތްވާން ތެޅިގަތް ވަގުތު އޭނާގެ ގައިން ވާގި ދޫވެގެން އޭނާ އެއްކޮށް އެމީހުންގެ އަތްމަށްޗަށް ދެމުނީ.. އެއީ ހާދަ ނުލަފާ ބައެކޭ މަންމާ..” އާނިސްއަށް ރޮވެން ފެށުމުން ޝިރާނީ އޭނާގެ ގައިގައި ބައްދާލިއެވެ. “އަހަރެން ވަރަށް ހަނދާންވޭ ފަޒީން މަތިން.. ވަރަށް ބޮޑަށް ހަނދާންވޭ މަންމާ..” އާނިސްއަށް ގިސްލާ ރޮވުނެވެ. “ހުއްޓާލާ ދަރިފުޅާ.. އިރާދަކުރެއްވިއްޔާ އަދި ދަރިފުޅަށް އެކަހަލަ އެކުވެރިއަކު ލިބޭނެ. ފަތީންވެސް އެހެރީނުން. ހިނގާބަލަ މަންމައަށް ތި ވީޑިއޯ ދައްކާލަން.”

********************

ފަތީން އާއި ފައުޒާ ދުވެފައި އައިސް ގެއަށް ވަތްއިރު މަންމަ ފާތުމާ އުޅެނީ ކޮޓަރީގައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ފާތުމާ ދޮރު ހުޅުވާލިއެވެ. “މިއޮތީ ތިއްތި މަރުވިރޭ ތިއްތި ގައިގަ އެ ނަޒީހުމެން ތަޅާ ވީޑިއޯ.. އާނިސް މެންގެ ފިހާރަ ދޮރުމަތީގަ ތަޅަނިކޮށް އެފިހާރަ ކެމެރާއަށް އަރާފަ އޮތީ..” ފަތީން މާނޭވާލަމުން ފާތުމާއަށް ކިޔައިދިނެވެ. “އަސްލުތަ؟ ދައްކަބަލަ މަންމަ ބަލާލަން. ދަރިފުޅާ ގުޅާބަލަ ބައްޕައަށް.” ފާތުމާ އެވީޑިއޯ ބަލަން ތެޅިގަނެފައި ފައުޒާ ކައިރީގައި ބުނެލިއެވެ. އެއިރުވެސް ފައުޒާގެ ދެލޮލުން ކަރުނަ ނުހިކެއެވެ.

އިބްރާހިމްއަށް އާދެވުނުއިރު އެ ތިންމައިން ތިބީ ފަތީންގެ ކޮޓަރީގައި އޭނާގެ ލެޕްޓޮޕުން އެ ވީޑިއޯ އަޅުވައިގެންނެވެ. އެވީޑިއޯ ބަލާފައި ފާތުމާވެސް ފެށީ ރޯށެވެ. “އެހެންވީމަ އެތަނުގަ އެމީހުންނަކަށް މަގޭ ދަރި މަރައެއް ނުލެވުނެއްނު. ދެން ކާކު އެ މަރާލީ؟” ފާތުމާ ރޮމުން އިބުރާހިމްއާއި ދިމާލަށް ބުނެލިއެވެ. “ކިހާ ބާރަކަށް އެޖެހީ. ވެދާނެދޯ ފަޒީން ތެދުވެގެން ގޮސް އެފަރާތު ބްރިޖު މައްޗަށް އެރިފަހުން މަރުވީކަމަށް. ނޫނިއްޔާ ވެދާނެ ފަހުންވެސް ތެޅީކަމަށް. ނޭގޭނެ އެއްގޮތަކަށްވެސް. ހިނގާ މީތި ޕޮލިހާ ހަވާލުކުރަން. މީ ހަމަގައިމުވެސް އެ ނަޒީހުއާ ދެކޮޅަށް ދެވޭނެ ވަރަށް ބޮޑު ހެއްކެއް.” އިބްރާހިމް މިހެން ބުނެފައި ތެދުވިއެވެ. “އަހަރެންވެސް ދާނަން.” ފާތުމާ އޭނާގެ ފަހަތުން ހިނގައިގަތުނެވެ.

ފައުޒާގެ ފޯނު ކުއްލިއަކަށް ވައިބްރޭޓް ވާން ފެށިއެވެ. ގުޅަނީ އާނިސްއެވެ. ފައުޒާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިވަގުތު ފަތީން ތެދުވެގެން ކޮޓަރިން ނުކުތެވެ.

އާނިސް: “މަންމަމެން ކިހިނެއް ރިއެކްޓް ކުރީ؟”

ފައުޒާ: “ވަރަށް ދެރަވެފަ ތިބީ. މިހާރު ހިނގައްޖެ ޕޮލިހަށް އޭތި ހިފައިގެން.”

އާނިސް: “މަގޭ ހިތަށް މިއަރަނީ އެތަނުން ފަޒީން ވައްޓާލާފަ އެމީހުން ދިޔާމަ ފަޒީން ތެދުވީމަ އެމީހުން އަތަކުން ނޫންބާއޭ އޭނަ މަރުވީ؟”

ފައުޒާ: “ނޭނގެ ދެން. ތިވާހަކަ ދެއްކިޔަސް ނޭނގެ ވާގޮތެއްވެސް.”

*****************************

ފަތީން ގޮސް ވަދުނީ ޖިޔާދު މެންގެއަށެވެ. ފަތީން ފެނުމުން ޖިޔާދު ނުކުތީ ބޭރަށެވެ. ވާހަކަ ދައްކަމުން ދެކުދިން އިށީނދުނީ ޖިޔާދުމެންގޭ ދޮރުމަތީގައިހުރި އުނދޯލީގައެވެ.

ޖިޔާދު: “ހްމްމް.. ކިޔާބެ.. ކިހިނެކޭ ވަނީ؟ ކޮންތާކަށްތަ ކޮށްކޮ ގޮވައިގެން ގޮސްފަ ތިއައީ މާ އަވަސްއަރުވާލާފަ؟”

ފަތީން: “އާނ އެއީ އާނިސް ގުޅާގެން ދިޔައީ. ތިއްތި ގައިގަ މިއުޅޭ ނަޒީހުމެން ތަޅާމަންޒަރު އެގޭ ސީސީ ކެމެރާއަށް އަރާފަ އޮތީމަ އޭތި ދައްކަން އޭނަ ގުޅީމަ ދިޔައީ.”

ޖިޔާދު: “އަސްލުތަ؟ ދެން ކީއްވެގެންތަ އޭނަ ހައްޔަރު ނުކޮށް ޕޮލިހުން އެއުޅެނީ؟”

ފަތީން: “އަދި މިއަދު އެއްނު އެވީޑިއޯ ޕޮލިހުންނަށް ލިބޭނީ.. ދެން މަށަށް ހީވަނީ ހައްޔަރު ކޮށްފާނެހެން. އެކަމަކު އެއަކަށްވެސް އަރާފައެއް ނެތޭ މަރާލާތަނެއް. ހަމައެކަނި ފެންނަނީ ތަޅާތަން.”

ޖިޔާދު: “އެހެންތަ. ކަލޭއަށް ޔަގީންތަ ނަޒީހުކަން މަރާލީ..”

ފަތީން: “ޝައްކެއްދޯ މިކުރެވެނީ.. އަދިވެސް ޔަގީނެއްނުވޭ.. ދެންނޭނގެ.. ބޯފަޅައިގެން ދާވަރުވޭ. މިއުޅެނީ އެ ކޮންޕުތަށް ހަލާކު ކޮށްލާ ވީޑިއޯއާހެދިވެސް ބޯގޮވާވަރުން.”

ޖިޔާދު: “އާނ.. ކާކޭ އޭތި ފޮނުވީ؟”

ފަތީން: “ނޭނގެ މަށަކަށް. މިހާރު އޭނަ މަށަށް ބްލެކްމޭލް ކުރަން ފަށާފި. މާދަމާރޭ ނޫން އަނެއްރޭ ފަންސާސްހާސް ރުފިޔާއާ މަގޭ ބައްޕަގެ ފިހާރާހެ ރެޖިސްޓްރީ ނުދީފިއްޔާ އޭތި ލީކު ކޮށްލާނަމޯ.”

ޖިޔާދު: “އައްޗީޑި. ހާދަ ކަޑައޭ.. ކޮންމެ ގޮތެއްވިއަސް ތިފައިސާ ދާނެ މިފަހަރު. އޭނައަށް ތިފައިސާ ނުދިނަސް އޭތި ލީކުވެއްޖެޔާ ޖެހޭނެ ސުކޫލަށް ތިއަށްވުރެ ބޮޑު އަދަދެއް އަހަރެމެން ދޭން.”

ފަތީން: “އާނ.. ލީކް ވެއްޖެއްޔާ ސުކޫލަށް ފައިސާ ދައްކަން އެކަންޔެއްނޫންދޯ ޖެހޭނީ.. އަހަރެމެންގެ ލީވިންގްވެސް ހަޑިވާނެދޯ؟ އެހެންވީމަ ކަލޭ ޖެހޭނެ މަށަށް މިކަމުގަ އެހީވާން. މިކަން މިހާހިސާބަކަށް ނުދިޔައިސް އަސްލު ކަލޭ އެރޭ އެކަން ކުރަން ނުދިޔަނަމަ. ކަލެޔާ ހެދި އަސްލު މަ މިކަމަށް މި ބޭނެން ޖެހުނީ.”

ޖިޔާދު: “މަ ކިހިނެއް އެހީވާނީ؟ މަށަކަށް ނުލިބޭނެ ތި ފައިސާއެއްވެސް. މަގޭ ބައްޕަ މަހަށް ނުދާތާވެސް ދެމަސް ވެއްޖެ. ކަލޭއަށްދޯ ލިބުނަސް ލިބޭނީ. ކަލޭ ބައްޕަ އަތުގަ ދޯ ފިހާރައެއްވެސް ހުރީދޯ؟”

ޖިޔާދު މިހެން ބުނުމާއެކު ފަތީންގެ ގާތަށް އައީ ރުޅިއެވެ.

ފަތީން: “ދެން ކަލޭ ތިބުނަނީ މަ އެކަނި މިކަމާ އުޅޭށޭތަ؟”

ޖިޔާދު: “ނޫން.. މަށަށް ހެލްޕް ވެވިދާނެ. އެކަމް ފައިސާއެއް ނުލިބޭނެ.”

ފަތީން: “ފައިސާ ނުލިބެންޔާ ދެން ކޮން ހެލްޕެއް ވެވޭނީ؟ ދެން އެބުނީ ފިހާރާގެ ރެޖިސްޓްރީ ދޭށޭ… އެކަމުގަ ހަމަ ގައިމުވެސް އުޅެންޖެހޭނީ މަ އެކަނި. ދެން ކޮން ހެލްޕެއް ވާވާހަކަ ތި ދައްކަނީ؟ ތިވަރު މީހުން ބިޓުންނަށް ދެއްކެން ގައްޑާވެފަ ކަންކަން ނުކޮށްބަލަދޯ..”

އެވަގުތު ޖިޔާދުގާތަށްވެސް ރުޅިއަންނަން ފެށިއެވެ.

ޖިޔާދު: “މިހާރު ހީވަނީ މައެކަނި ކުރި ކަމެއްހެން. ކަލޭކައިރީ މަ އާދޭސް ކޮށްގެން ދިޔައީހެން. ކަލޭވެސް ބޭނުންވެގެންދޯ ދިޔައީ. އެހެންނޫނަސް މަގޭ ބިޓު ސަހާޔަކީ ކަލެޔާ މާ ދުރު މީހެއްވެސް ނޫން. މިހާރުދެން ކަލޭ މާ ނޫންކަމަށް ހެދެން އުޅުނަސް”

ފަތީން: “އެހެންވިއްޔާ ކަލޭ ހުރޭ ތިގޮތުގަ. މަ އެފައިސާއެއް މަގޭ އާއިލާ ފެލާގެނެއް ނުދޭނަން. ލީކު ވަންޔާ ވެދާނެއެންނު. އޭރުން ހަމަގައިމުވެސް ކަލެޔަށް ޖެހޭނެ މިކަމުގަ މަ ހިއްސާވާވަރަށް ހިއްސާވާން ސުކޫލަށް ފައިސާ ދައްކަން ޖެހުނަސް. ސުކޫލުން ކަނޑާލިއަސް ހަމަ ކަލޭވެސް ކަނޑާލާނެ. އެހެންނޫނަސް މަށަށް ބުނެވިދާނެދޯ އެކަންކުރީ މަގޭ ބޭބެއޭވެސް. މަގޭ ރެޕިއުޓޭޝަން ހަމަ ގައިމުވެސް އޭރުން ހިފެހެއްޓޭނެ. އެކަމް ކަލޭ ދައްކާނެ ބަހަނާއެއްވެސް ނެތް.”

ޖިޔާދު: “އައްޗި.. ކަލޭތިއުޅެނީ ކަލޭގެ ބޭބެ ކައްވަޅުގަވެސް އޮތަ ނުދެންތަ؟”

ފަތީން: “އެއީ ކަލެއާ ބެހޭކަމެއްނޫން.. ކަލޭގެ ފެންވަރު ވަރަށް ރަނގަޅަށް މަށަށް ފެނިއްޖެ..”

ޖިޔާދު: “ކަލޭ ތިބުނާހާ ފެންވަރު ރަނގަޅިއްޔާ ކަލޭ ބޭބެ ބޮލަށް ތިކަން ޖަހާނެތަ؟”

ދެމީހުންގެ މެދުގައި ޒުވާބެއް އުފެދެން އުޅޭހެން ހީވުމުން ފަތީން އެތާ އިނދެފައި ގެޔާ ދިމާލަށްދާން ހިނގައިގަތުނެވެ. ޖިޔާދުގެ ފަރާތުން އެހީތެރިކަމެއް ލިބޭނެ ކަމުގެ އުންމީދެއް ނެތީމައެވެ.

މީގެ ދެހަފްތާކުރިން ފަތީންއާއި ޖިޔާދު ގޮސް ސުކޫލުގެ ސުޕަވައިޒާސް ރޫމުގެ ކޮންޕިއުޓަރުތަށް ތަޅާ ފިސްކޮށްލީ ޖިޔާދުގެ ލޯބިވެރިޔާ ސަހާއަށް ސުކޫލުގެ ސުޕަވައިޒަރެއްގެ ފަރާތުން ފުރައްސާރަތަކެއް ކުރަމުން ދާތީއެވެ. އެކަމުގައި ފަތީން ބައިވެރިވީ ސަހާ އަކީ ޝިމާގެ ކޮށްކޮއަށް ވެފައި ޝިމާގެ އާއިލާއަށް އޭނާ އޯގާތެރިވާތީއެވެ. އަދިއަދަށް ދާންދެންވެސް އެދެކުދިންގެ ފަރާތުން އެކަންކުރީ އެދެކުދިންކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ.

ފަތީން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދެން ކަންތަށް ކުރަންވީގޮތެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ފުން ވިސްނުމެއްގައި ހުރެ އޭނާ ފޯނު ނަގާ ވައިފައި ޖައްސާލިއެވެ. އެއިރު މެސެންޖާއިން މެސެޖު ތަކެއް އައިސްފައި ހުއްޓެވެ. ފަތީން މެސެންޖާ ހުޅުވާލިއިރު އެއީ ޝައިހާއެވެ. “ކީއްކުރަނީ؟” “ބިޒީތަ؟” ޝައިހާ ހުރީ ދެފަހަރެއްގެ މަތިން ފަތީންއަށް މެސެޖު ފޮނުވާފައެވެ. “ހިނގާބަ ދިމާވާން.. އައި ނީޑް ޓު ޓޯކް” ޝައިހާ އިނީ އޮންލައިންގަކަން ނޭނގި ފަތީން މެސެޖު ކޮށްލިއެވެ. މާގިނައިރު ތަކެއްނުވެ ރިޕްލައި އައެވެ. “ހިނގާ މިރޭ މީޓްވާން.” އެވަގުތު ފަތީން، ޝައިހާއަށް ގުޅާލިއެވެ.

ޝައިހާ: “ހަލޯ”

ފަތީން: “ކީއްކުރަނީ؟”

ޝައިހާ: “ފަތީން މަތިން ހަނދާން ކުރަނީ!”

ފަތީން: “ހެހެހެ.. މިރޭ ދެން ކޮންތާކަށް ދާނީ؟”

ޝައިހާ: “ރޭގަ ދިޔަތަން ސަޅިއެއްނު؟”

ފަތީން: “އާނ.. ބޭބް ބޭނުން ގޮތެއް މަށަށް އޯކޭ”

ޝައިހާއާއި ގުޅައިގެން އޮއްވާ ފަތީންއަށް ގޭތެރޭގައި ފާތުމާ އާއި އިބްރާހިމް ވާހަކަ ދައްކާ އަޑު އިވުނެވެ. ފަތީން ފޯނު ބާއްވާފައި ބޭރަށް ނުކުމެލިއެވެ. އެއިރު ފާތުމާއާއި އިބްރާހިމް ތިބީ ގޭގައެވެ. “ކިހިނެއްވީ މަންމާ؟” ފަތީން އަހާލިއެވެ. “އެމައްސަލަ ބަލަން އުޅޭ ސަމާހު އެއާ ހަވާލު ވެއްޖެ. ބުނީ ކުރިއަށް ގެންދާނަމޯ މައްސަލަ.” ފާތުމާ އަދިވެސް ހުރީ ދެލޯ ފެންކަޅިވެފައެވެ.

ގަޑިން ދިހަގަޑި ބައިވިއިރު ފަތީން އޮތީ އެނދުމަތީގައި އޭނާގެ ލެޕްޓޮޕާ ކުޅޭށެވެ. ޝައިހާގެ ހަބަރެއްނުވާތީ އޭނާ ފޯނު ނަގާ ޝައިހާއަށް ގުޅާލިއެވެ. އެއިރު ޝައިހާ ހުރީ ބޭރަށް ދާން ތައްޔާރު ވެގެންނެވެ.

ފަތީން ތެދުވެ ރީތިވެލާ ހަދައިގެން ބޭރަށް ނުކުތްއިރު މަންމަ ފެންނާކަށް ނެތެވެ. ސިޓިންރޫމްގައި އިނީ ފައުޒާއެވެ. “އަބަދު ތިނޫންވަރެއް ނުވޭ ދޯ މިހާރު. ދޭބަލަ ނިކަން ފޮތެއް ކިޔާލަން.” ފައުޒާ ފޯނެއްގައި އިންތަން ފެނުމުން ފަޒީން ބުނެލިއެވެ. “މި ކުޑަބެއާ ނުބެހެވޭ ކަމެއްވެސް ނޯންނާނެ.” ފައުޒާ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. “ހެހެ ކޮބާތަ މަންމަ؟” ފަތީން އަހާލިއެވެ. “ވެއްޖެ އަންހެނުން ކޮމިޓީގެ ޖަލްސާއަކަށް ގޮސް.” ފައުޒާ ބުނެލިއެވެ. “ބޭބެ މިދަނީ ޖިޔާ މެންގެޔަށް މަންމަ އައިސް އަހައިފިއްޔާ ބުނައްޗޭ އިނގޭ..” ފަތީން މޮޅު ދޮގެއް ހަދާފައި ނުކުމެގެން ހިނގައިގަތުނެވެ.

ގޭގެ ގޯޅިގަނޑުން ނުކުމެ ބޮޑުމަގާއި ހަމަވީވަގުތު ޖެހިގެންއޮތް ގޯޅީގެ ކަންމަތީ ޕޮލިސް ޖިޕް އޮއްވައި ފަތީންއަށް ފެނުނެވެ. ފަތީން އެހިސާބުގައި ކަމެއް ވެގެން އުޅޭތޯ ބަލައިލިއެވެ. އެވަގުތު ފަތީންއަށް ފެނުނީ ޕޮލިސް ޖިޕަށް ނަޒީހުއާއި އޭނާގެ ދެ އެކުވެރިން އަރުވާމަންޒަރެވެ. ފަތީން އަވަސްއަވަހަށް އެމަންޒަރު ނުފެންނަ ކަމަށް ހަދާފައި ހިނގައިގަތުނެވެ.

 

އަށްވަނަ އެޕިސޯޑް ނިމުނީ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

ކަލާޔާ ނުލާ 19

Next

މޮޔަ ހިތް މަގޭ…10

Next
November 29, 2019

މޮޔަ ހިތް މަގޭ…10

Previews
November 29, 2019

ކަލާޔާ ނުލާ 19

10 Comments!

  1. Rainstorm says:
    November 30, 2019 at 2:58 pm

    Vhk kuri ah dhaa goiy vrh riithi n interesting… ??? but kudhi kudhi mistakes eba huri… like ” hin’gaigathunevege ” badhalu ga “hin’gai gatheve ” mihen dhw kiyaanii… n adhi vrh faahaga vaa thankolheh… kokko kiyaa iru innaany shaviyani sukuneh nuun… alif sukuneh innaany… dhn
    vadhunii – vanii
    thelhi gathuneve – thelhi gatheve
    kotari ah vadhuneve – kotari ah vaneve
    dhuhvai gathuneve – dhuhvai gatheve
    n dhn vrh odd fathiin men kahala bodethi kudhinnah kokko kiima… ? hehe ?? btw mi negative koh nu nagaane kamah ummeedhu kuramun vaki velan… dhn anna part ga mi faahaga kohli kanthah rangalhu kohlaane kamah vx ummeedhu kuran… ???
    – vrh salaam

    1. Maseeh says:
      November 30, 2019 at 6:20 pm

      ohh my no.1 reader rainstorm….. thi dhennevi hurihaa vaahaka eh v positive koh nagaafin. v happy vehje thi hiyaalu hushahelheema. iraadha kurehviyyaa thi hurihaa mahsala eh kuriah oih thaagai ragalhu kohlaanan. thank you

  2. Kylie says:
    November 30, 2019 at 3:01 pm

    Me first dhw….. V salhi Mi part vx……. Waiting fr nxt fr nxt part…..

    1. Maseeh says:
      December 1, 2019 at 8:28 pm

      thank you

  3. Ibsha says:
    December 1, 2019 at 6:16 pm

    Asl varah reethi mivaahaka

    1. Maseeh says:
      December 1, 2019 at 8:27 pm

      oohhhh ibsha. thank you

  4. mxxxxhaaa says:
    December 1, 2019 at 7:26 pm

    wow vrh salhi wen next part? and mi vaahaka full koh kiyaaleveyne gotheh alhe neitha

    1. Maseeh says:
      December 1, 2019 at 8:27 pm

      as soon as esfiya.com upload it u will be able to read. aslu upload kuran jahsaathaa 2 varakah days fahun mi upload vanee. ehenve vaki dhuvaheh bunedheykah neygeyne. hurihaa episode eh adhi liye nunime. nimey varakun upload kuramun gendhaanan
      thank you mxxxxhaa

    2. mxxxxhaaa says:
      December 1, 2019 at 9:48 pm

      understanable tbh ☺ used to be a writer here and vrh slow koh parts upload vany. ur wc dont stop the stry nunimenees plx i llove it

  5. Maseeh says:
    December 2, 2019 at 5:48 am

    Yes mxxxxhaaa… insha Allah i will not stop.❤❤❤❤????

Comments are closed.

Next Episodeނާކާ (އެޕިސޯޑް 09)←


All Right Reserved!