އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއްނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ ތިންއަހަރު ކުރިން “ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު އާރާއަށް ކުރެވުނު އިޙުސާސް މިއަދު އޭނާއަށް އެކުރެވޭ އިޙުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިން ބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުންނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ ވަރަށްވެސް ފޮނި […]
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ހެނދުނު ހޭލައިގެން ކުޑަ ގޮތަކަށް ސައި ބޯލައިގެން އަހަރެންގެ މަސައްކަތަށް ދިޔައީމެވެ. އެއީ އާދައިގެ އޮފީހެއްގެ މަސައްކަތު މީހެއްގެ ވަޒީފާއެކެވެ. ކޮންމެ ވަޒީފާއަކަސް މިއަދު އަހަރެންނަކަށް މައްސަލައެއް ނެތެވެ. މި އާދައިގެ ދިރިއުޅުންވެސް މިހާރު އަހަންނަށް ފުދެއެވެ. އެއީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. އޭރު އުޅެވުނު ގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. ހިތުގާ ޖެހި ރޮވެއެވެ. އޭރު އަހަރެންގެ އުމުރުންވީ އަދި އެންމެ 15 […]
ދުވަހުގެ އެންމެފަހު ރަނގަބީލުގެ އަޑާއިއެކު ހުރިހާކުދިންވެސް އަވަސްވެގަތީ އެކުއްޖެއްގެ ދަބަސް ހިފައިގެން ކުލާހުން ނުކުތުމަށެވެ. އެގޮތުން އަހަރެންވެސް އާދައިގެ މަތިން އަހަރެން ގެންގުޅޭ ދަބަސްގަނޑު ހިފައިގެން އެކަނިހުރެ ގެއަށް ދިއުމަށް މިސްރާބުޖެހީމެވެ. އެހެނަސް ގޭޓުން ބޭރަށް އަޅަންނެގި ފުރަތަމަ ފިޔަވަޅުމަތީ އަހަންނަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އިވުނު ހުޝާމްގެ ބިރުވެރިއަޑުންނެވެ. “އޭ މަޑުކޮށްބަ! ….. މާ އަވަސް އަރުވާލައިގެން ކޮންތާކަށް ދާންތަ ތިއުޅެނީ!!” އެއާއެކު ދެން އިވިގެން ދިޔައީ އެ ގުރޫޕު އެހެން ކުދިންގެ ހުނުމުގެ އަޑެވެ. […]