ހާސިލް ވުމަށް އެދި 25 (ފަހުބައި)
އެއްގަޑިއިރުގެ އޮޕްރޭޝަނަށްފަހު ޑޮކްޓަރު ތިއޭޓާރުން ނުކުތުމުން އެންމެންގެ ހިތް ނުހަނު ބާރަށް ތެޅެން ފެށިއެވެ. ވީ ކަމެއް އެންމެންވެސް ތިބީ ބަލައިލަން ކެތްމަދުވެފައިއެވެ. ޑޮކްޓަރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާން ނެތް އިރު ކައިޒީން ކުރި ސުވާލަށް ޖަވާބު ދެންވެސް ޑޮކްޓަރު ނޫޅުނެވެ.
”ސާރޖަރީ ވަރަށް ކާމިޔާބު.. ހާސްނުވޭ ދެން.. އިންޝާﷲ ޕޭޝިއެންޓަށް ހިނގޭނެ..” ޑޮކްޓަރުގެ ޖަވާބު އިނގިފައި އެންމެންނަށްވެސް ދޫކޮށްލެވުނީ ވަރަށް ފުން ނޭވާއެކެވެ. ހީވަނީ އެހުރިހާ އިރު ހުރީ ނޭވާ ނުލައި ހެންނެވެ. އަދި އެއެންމެންގެ ދުލުންވެސް ބޭރުވި ބަހަކީ އަލްހަމްދުލިއްލާއެވެ.
ޒިރާންގެ ފައިގެ ފާރުގަނޑު އެއްކޮށް ފަސޭހަ ވުމުން ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ތިން ހަފްތާއަށް ޒިރާންއަށް ފިޒިއޮތެރަޕީ ދޭން ފެށިއެވެ. ކޮންމެ ދުވަހަކު ޒިރާން ގޮވައިގެން ހޮސްޕިޓަލަށް އަންނަނީ އީނާޝް ނޫނީ ކައިޒީންއެވެ. އާރިފާ ވީ ތަނެއް އެމީހުންނަށް ނުވެސް އިނގެއެވެ.
*******
ބޯ ކިރުފޮދެއްފަދަ އެ ހުދު ދޮންވެލިގަނޑުގައި އީނާޝްއާއި މާހިލް އިށީންދެލައިގެން ތިބީ ބިއްލޫރިކޮޅެއްފަދަ އެނޫ މޫދަށް ބަލާށެވެ. ކުދި ކުދި ރާޅު އައިސް ގޮނޑު ދޮށަށް ބީއްސާލުމާއިއެކު އިވޭ މިޔުޒިކީ ރާގުން ދިޔައީ އެދެކުދިންނަށްވެސް ހިތްގައިމުކަން ވެރިކުރުވަމުންނެވެ. ޖެހޭ މަޑު ފިނި ރޯޅިތައް ގައިގައި ބީއްސާލުމާއިއެކު ހިތްގައިމުކަން އިތުރުކޮށްދެއެެވެ.
އިނާޝްމެން ތިބިތަނާ ތަންކޮލެއް ދުރުގައި ހުރި ބެންޗުގައި ކައިޒީންއާއި ނަބާހު އިށީންދެލައިގެން ތިބީ ވަރަށްވެސް އޮލަ ވާހަކައެއްގައިއެވެ. ދެމީހުންގެ އަނގަވެސް ހުއްޓާނުލައިއެވެ.
”އޭ ކައި.. ނަބާ.. ހިނގާ މޫދަށް އެރެން..” މާހިލް މޫދަށް އެރޭ ހިތުން ހުރީ ކެތް މަދުވެފައިއެވެ. އެހެންކަމުން އިށީންދެގެން އިން އީނާޝްވެސް މާހިލްގެ އަތްދަނޑި މައްޗަށް ނަގައި މޫދަށް ލީ އީނާޝް އެހައި ފަސޭހައިން މޫދަން ނޭރޭނެކަން އެނގޭތީއެވެ. މާހިލްއާއި އީނާޝްގެ އެމަންޒަރު ފެނިފައި ކައިޒީންއާއި ނަބާހުވެސް އެތަނަށް ދުވެފައި އައީ އިތުރަށް މަޖާ ކުރުމުގެ ބޭނުމުގައިއެވެ. ހަތަރު ކުދިންވެސް މުދުގައި މަޖާކުރަން ތިބެފައި ދިޔައީ ހަތެއް ޖަހަން ކައިރިވެފައި ހުއްޓައެވެ.
އީނާޝްއާއި މާހިލް އަދި ކައިޒީން ގެޔަށް އައީ ނަބާހު ގެޔަށް ލާފައިއެވެ. އީނާޝް ކިތަންމެ އެހިސާބަށް ނާރަން ހުރި ކަމުގައިވިޔަސް އޭނާ އެހިސާބަށް ދިޔައީ މާހިލްގެ އެދުމުގެ މަތިންނެވެ.
”އަހާ.. މިއޮށް އައީނުން.. މޫދުންތަ ތިޔައީ ދަރިފުޅު މެން؟” ތިން ކުދިންވެސް ގެޔަށް ވަނުމާއިއެކު ފުރަތަމަވެސް ކުރިމަތިވީ ޒިރާންގެ ސުވާލުތަކެވެ. ނަމަވެސް ޒިރާން އެކަމަށް ކުޑަކޮށްވެސް ނުރުހުންތެރިކަމެއް ފާޅެއް ނުކުރެއެވެ. ޒިރާންގެ ސުވާލުތައް ނިމުމުން ތިން ކުދިންވެސް ދިޔައީ ފެންވަރާ ތާޒާ ވެލުމަށެވެ.
ޒިރާންއަށް މިހާރު ހިނގައި އުޅޭވޭތީ ގިނައިން އުޅުނީ ގޭގެ އެކި އެކި މަސައްކަތްތައް ކުރުމުގައިއެވެ.
******
”އާރިފާ.. ދެން އެގެޔަށް ނުދަނީތާ؟ ޒިރާން ހުންނާނެ އާރިފާ ނުފެނިފަ މިހާރު.. އެގެޔަށް ދާން ވީނުން ހަދާ އެއްޗެއް ބަލައިލަން…” އާރިފާ އާއިއެކު ހިނގަމުން ދިޔަ އެ މީހާ ބުނެލިއެވެ. ހަމައެއާއިއެކު އާރިފާ ދޫކޮށްލީ ވަރަށް ވެސް ފުން ނޭވާއެކެވެ. ”ނޫނޭ.. މިވިސްނަނީ މިއަދު ދާން.. ހަމަގައިމުވެސް އަހަރެން އެގެޔަށް ވަނީމަ އެގެޔަކުން ބޭރެއް ނުކުރެވޭނެ.. މިހާރު ބޭރުގަ އުޅުނަސް.. އަހަރެން މިއަދު އެގެޔަށް ދާނަން..” އާރިފާ މޫދާ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އޭގެފަހުން ދެމީހުންގެ ދެމެދުގައި ދިޔައީ ވަރަށް ހިމޭން ވަގުތު ކޮޅެކެވެ. އިސްވެ ވާހަކަ ދައްކާނެ މީހެއް ނޭނގިފައި ތިއްބާ ހަމަ އެގޮތުގައި ހުރެ ދެމީހުންވެސް އެމީހުން އުޅޭ ގެޔަށް އައެވެ.
******
އާރިފާ ގެޔަށް އައުމާއިއެކު ފުަރަތަމަވެސް އެއްޗެހި ގޮވާގަނީ ޖަންނައެވެ. ޖަންނަގެ ފަހަތުން ނަޝްވާވެސް ހުރީ އެކަމުގައި ބައިވެރިވެލައިގެންނެވެ. ”ތިހެންނެއް މާ ފާޑު ފާޑަކަށް އަހަންނެއް މިގެޔަކުން ބޭރެއް ނުކުރެވޭނެ.. ޒިރާން ވަނީ އަހަަރެންނަށް މިހިރަ ފިހާރަ ވެސް ދީފަ.. ދެނޯ..” އާރިފާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ވެސް ހަސަދަވެރި ކަމާއިއެކުއެވެ.
”ކާކު އޭ އަހަރެންގެ ފިހާރަ ކަލޭއަށް ދިނީ.. އަހަރެން ނުދެން ފިހާރައެއް ކަލޭއަކަށް..” ޒިރާން ވަރަށް ރުންކުރުވެފައި އާރިފާއަށް ރައްދެއް ދިނެވެ. ޒިރާންގެ އެ ޖުމުލައިގެ ސަބަބުން އާރިފާގެ ގާތަށް އައީ ހިންޏެވެ.
” ދެން އެހެންޏާ މިއަކީ ކޯއްޗެއް؟ މިއޮތީ ކަލޭ މަށަށް މި ފިހާރަ ހަވާލު ކުރިކަމުގެ ފޯމް.. ދެން އަދިވެސް ތިކިޔަނީ… އޯހް.. ކުރި އޮޕްރޭޝަނުގެ ސަބަބުން މިހާރު ހަނދާންވެސް ދިޔައީތަ؟ އެހެންނޭ ވާނި ފާޑުފާޑުގެ އޮޕްރޭޝަން އެއްޗެހި ކުރަންޏާ..” އާރިފާ ވާހަކަ ދައްކަމުން ދިޔައީ މަލާމާތުގެ ރާގަށެވެ. އެތާ ތިބި އެންމެންނަށް ބަލާލައިފައި އޭނާ ނުހަނު ބާރަށް ހިނިގަނޑެއް ޖަހާލިއެވެ.
”މަންމާ.. މޮޔަ ވީތަ؟ ނޭނގޭތަ އެއީ އަހަރެމެން އެހީ ބޭނުން ނުވިއިރުވެސް މި މުއްސަނދި ކަމުގައި އުޅެން ވެގެން އައިސް އުޅުނު ގެ ކަމެއް މީ.. އަދި އެއީ މި ގޭގެ ވެރި މީހާ ކަމެއް.. އަހަރެމެންނަށް ކާންދީ އުޅޭނެ ތަނެއް ދެއްކި މީހާ ކަމެއް މީ.. އަހަރެންނަށް އިނގޭ.. މަންމަ ތިޔަކީ މުއްސަނދި ކަމާއި އެދުންވެރިކަން ފޯވެފައި ހުރި މީހެއްކަން.. އެކަމު މިހެން ބުނަން އަހަރެން ދެރަވޭ… އެއީ ތީ އަހަރެން ލޯބިވާ މަންމަކަމަށް ވީމަ.. އެންމެ ކުޑަ ދުވަހުން ފެށިގެން މަންމަ ކުރަމުން އައި އަނިޔާތަކަށް އަހަރެން ވަރަށް ކެތްކުރިން.. މަންމަ ބަނޑު އަޅައި ވިހެއި ދަރިއަށް ލޯތްބާއި އަޅާލުން ނުދޭއިރު މަންމަ އިސްކަމެއް ދިނީ އެހެން މީހުންގެ ދަރިން އުފަލުގައި ގެންގުޅެން.. ލޯބި ދޭން.. އަޅާލަން… އެންމެ ފަހަރަކުވެސް ނޭނގޭތަ މިހިތަށް ކުރާނެ އަސަރެއް؟ މިހިތަށް ވާނެ ގޮތެއް؟ ކޮންމެ ދުވަހަކު އަހަރެން ދުޢާ ކުރަމުން އައީ މަންމަގެ ލޯބި އަހަަރެންނަށް ލިބޭތޯ.. އަދިވެސް ދުޢާ ކުރާނަން… މަންމާ ތި އުޅުން ހުއްޓާލާ.. މިއީ ވަގުތީ ތަނެއް.. މިއީ ވަގުތީ އެއްޗެހި.. މާދަމާވެސް މި މުއްސަނދި ކަން ބީވެ ގޮސްދާނެ.. މާދަމާ ވެދާނެ ގޮތަކާއި މެދު އެންމެ ފަހަރަކުވެސް ވިސްނާލަބަލަ މަންމާ.. އެންމެ ފަހަރަކުވެސް… އާދޭސްކޮށްފަ މަންމާ.. ތި އުޅުން ދޫކޮށްލާ.. ބޮޑާވެރިކަމާއި ހަސަދަވެރިކަމަކީ މީހާ ނިކަމެތި ކޮއްލާއެއްޗެއް މަންމާ.. މިހާ ހަލާކު ކޮށްލާ އެއްޗެއް.. މަންމާ… އހަަރެން ދެކެ ކުޑަކޮށްވެސް ލޯބި ވަންޏާ މިކަން ކޮށްދީ..” އީނާޝް އާރިފާގެ ފައި ބުޑަށް ވެއްޓި ދިޔައީ އާދޭސް ކުރަމުންނެވެ. އެދެލޮލުން ހުއްޓާނުލައި ކަރުނައަކަށް ފަހު ކަރުނައެއް އަންނަމުން ދިޔައިރު އެ މަޑު ގިސްލުން ދިޔައި އެންމެ ބާރު ރުއިމަށް ބަދަލުވެގެންނެވެ. ނަމަވެސް އީނާޝް އެހެން އިންދާ ސިއްސައިގެން ދިޔައީ އާރިފާ އޭނާ ފައިން ޖަހާ ކޮށްޕާލުމުންނެވެ. އެއްވެސް ރަހްމެއްނެތި އާރިފާ އީނާޝް ކޮށްޕާލީ އީނާޝް ރޮއި ރޮއި އޮއްވައެވެ.
”ޒިރާން.. ކަލޭ ކީކޭ ތިކިޔަނީ.. ބަލަ އެއީ އަހަރެންގެ ފިހާރައެއް ނޫންތަ؟ އޭން.. ކަލޭ އެއް ނޫންތަ އަހަރެންގެ ނަން މައްޗަށް ފިހާރަ ބަދަލު ކުރީ.. އޭން ބުނެބަލަ..” އާރިފާ އީނާޝް ދެއްކި އެއްވެސް ވާހަކައެއް އަޑު ނާހައި އަދިވެސް އުޅެމުން ދިޔައީ އެ މުދާގަނޑު ބޭނުމުގައިއެވެ.
”އާން.. މަށެއް ކަލޭގެ ނަން މައްޗަކަށް ފިހާރައިގެ ނަމެއް ބަދަލެއް ނުކުރަން.. އަދި ނުވެސް ކުރާނަން.. ހީކުރީ މަމީ މޮޔައެއް ކަމައްތަ؟ އެންމެ ފުރަތަމަ ދުވަހު ވެސް މަށަށް އިނގޭ ތީ ކޮންކަހަލަ އަންހެނެއް ކަން.. އެކަން އިނގި މަ ކަލޭ އާއި ކައިވެނިވެސް ކުރީ ކަލޭގެ ތި އުޅުން ދޫކޮށްލާތޯ.. އެކަމަކު މަ ހީކުރި ގޮތާ ހިލާފަށް ކަލޭ ފަހުން ފަހުން އައިސް އުޅެން ފެށީ.. އަހަރެން އެއްޗެކޭ ނުބުނެ ހުރީވެސް ހަމަ ކަލޭ ރަނގަޅު ކުރަން ބޭނުންވާތީ…” ޒިރާން ވަރަށް ރުޅިއައިސް އާރިފާގެ ކުރިމައްޗަށް އަރައި އެނާއާއި ދިމާލަށް ކިޔަން ހުރި އެއްޗެހި ކިޔައި ނިންމާލިއެވެ. ”އާން.. ހަނދާން ނެތިފައޭ މިހުރީ… ތީ ފޭކް ފޯމެއް.. ކަލޭއަށް ތީގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ.. އަދި ކަލޭގެ އެކައުންޓުގައި ހުރި އަހަރެންގެ ފައިސާވެސް މިހާރު ހުންނާނީ އަހަރެންގެ އެކައުންޓުގަ..” ޒިރާން އޭނާގެ އެންމެ ފަހު ޖުމުލަ ބުނެލާފައި އާރިފާގެ އަތުގައި ހިފައި އެގެއިން ބެރަށް ނެރެން އުޅުނެވެ. ނަމަވެސް ޒިރާންއަށް ވުރެ އާރިފާގެ ބާރު މާ ގަދައި ކަންނޭގެއެެވެ. ޒިރާންގެ އަތް ފޮޅުވާލައިފައި އަނެއްކާވެސް އޭނާ އެތެރެއަށް ވަނެގަތީއެވެ.
”ޒިރާން.. ކަލޭ ތިކުރި ކަންތަކުގެ ބަދަލު އަދި އަހަރެން ދޭނަން… ހަނދާން ކުރާތި.. ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބަދަލު އަންނާނެ..” އާރިފާ އޭނާ ބުނަން އޮތް އެތި ބުނެފައި އެގެއިން ނުކުމެގެން ދިޔައީ އެތަނުގައި ހުރި އެއްޗިއްސަށް ވެސް ވަރު ބާލާފައިއެވެ.
”އީނާޝް.. މަންމަ ކޮންމެ ގޮތަކަށް އުޅުނަސް ދަރިފުޅު އަބަދުވެސް ހުންނާނީ މިގޭގަ.. އަދި އެބޮތް ބައްޕަ ވާހަކައެއް ބުނަން… ދެކުދިންވެސް އާދެ ބަލަ މިތާ އިށީންނަން..” ޒިރާން އެހެން ބުނުމާއިއެކު ކައިޒީން އާއި އީނާޝް އައިސް ޒިރާންގެ ކުރިމައްޗަށް ވާގޮތަށް ސޯފާގައި އިށީންދެލިއެވެ. އޭރުވެސް އީނާޝްގެ ރުއިން ރަނގަޅަކަށް ނުހުއްޓެއެވެ.
”ދަރުފުޅާ ކައި.. ބައްޕައަށް އިނގޭ ބައްޕަ މިހެން ބުނުުމުން ދަރިފުޅު ގަބޫލު ނުކުރާނެކަން ވެސް… އެކަމަކު ދަރިފުޅާ މިއަކީ ބައްޕަ މިއަދާ ހަމައަށްވެސް އެކަކަށްވެސް ނުކިޔާދީ ސިއްރުކޮށްފައި އޮތް ވާހަކައެއް.. ދަރިފުޅާ ބައްޕައަށް މަޢާފު ކުރާތި… ބައްޕަ އަކީވެސް ކުރީގައި އާރިފާ އެއުޅޭ ގޮތަށް އުޅުނު މީހެއް… ބައްޕަގެ ސިކުނޑީގައި އަބަދުވެސް ފުރިފައި ހުރީ އޭރު ހަސަދަވެރިކަން… ބޮޑާ ވެރިކަން.. ބައްޕަ އަބަދުވެސް ބެނުންވީ މުއްސަނދިކަން… ނަމަވެސް ބައްޕަގެ މައިންބަފައިންނަކީ އަސްލު ހަގީގަތުގައި ވަރަށް ފަގީރު ބައެއް.. ބައްޕަ ބޮޑުވަމުން އައީވެސް އެންމެ އިރަކު ކައިގެން ހުރެ… ނަމަވެސް ދަރިފުޅުގެ މަންމަ ފެނުމުން ބައްޕަގެ އުންމީދުތައް އާލާވި.. ހަސަދަވެރިކަން އުތުރިއެރި.. އެއީ ދަރިފުޅުގެ މަންމައަކީ މުއްސަނދި މީހަކަށް ވީމަ.. މަންމަ އާއި ކައިވެނި ކޮށްފައި ދަރިފުޅަށް ހަ އަހަރުގައި މަންމަ މަރުވީ ހަަމަ މި ބައްޕަގެ ސަަބަބުން.. ބައްޕަގެ ހުވަފެންތައް ހާސިލް ކުރުމަށްޓަކައި މަންމައަށް ޖެހިފައި ހުރި ކެންސަރު ބަލި ރަނގަޅު ކުރެވެން އޮއްވާ ބައްޕަ ދަރިފުޅުގެ މަންމަ މަރާލީ ހަމަ މި ގޯއްޗާ ފިހާރަ ބޭނުމުގައި.. ބައްޕަ ބޭނުންވީ ބައްޕަގެ ހުރިހާ އުންމީދު ތަކާއި ހުވަފެންތައް ހާސިލް ކުރަން.. ދަރިފުޅާ ބައްޕައަށް މަޢާފު ކުރޭ.. ބައްޕައަށް ފަހުން ވިސްނުނި.. ކުރެވުނު ކަންތަކާ ދެރަވެ ހިތާމަ ކުރިން.. ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރިން.. ބައްޕަ މިހާރު ވާނި ދަރިފުޅުގެ ނަން މައްޗަށް މި ގޭ ބަދަލުކޮށްފައި… އަދި އީނާޝް އާއި ކައި.. ދެމިޙުންގެ ނަން މައްޗަށް ފިހާރަވެސް ބަދަލުކޮށްފައި… އެއީ ސަބަބަކީ މިއީ ދަރިފުޅުގެ ތަނަކަށް ވީމަ.. މަންމަ އަބަދުވެސް ކިޔާނެ މިއަކީ ދަރިފުޅުގެ ތަނެކޭ.. މިގެޔާ ފިހާރައާއި.. ދަރިފުޅާ ބައްޕައަށް މަޢާފު ކުޜޭ…އެދުވަހު ބައްޕަ ދަރިފުޅު ކައިރީ ބަލާ ދާން ބުނި އޭތީގައި ވާ ވާހަކައަކީ މީ… ނަމަވެސް ދަރިފުޅު ބަލައި ނުދިޔުމުން ބައްޕަ މިއަދު އެންމެންނަށް މި ވާހަކަ މިހިއްސާ ކުރީ..” ޒިރާންގެ އަނގައިން ބޭރުވި ބަސްތައް އެތަނުގައި ތިބި އެކަކުވެސް ގަބޫލެއް ނުކުރެއެވެ. ސަބަބަކީ ޒިރާންގެ ރަނގަޅު ކަމުގެ ސަބަބުންނެވެ. ނަމަވެސް އެފަދަ މީހަކު އެކަހަލަ ކަމެއް ކޮށްފައި ވާނެ ކަމެއް އިނގޭނީ ކާކަށް ހެއްޔެވެ؟
”ބައްޕާ.. އަަހަރެން އަބަދުވެސް ބައްޕައަށް މަޢާފު ކުރާނަން.. މިފަހަރު ވެސް އަހަރެން ބައްޕައަށް މަޢާފު ކޮށްފިން… އެކަމަކު ބައްޕާ… ބައްޕައަކަށް ނުވިސްނޭތަ ކައި މަންމައެއް ބޭނުންވާނެ ވަރެއް… އަހަރެން ވަރަށް ކެތް ކުރިން.. އެހެން ކުދިން އެކުދިންގެ މަންމަ އާއި އެކު ސުކޫލަށް ގޮސް މަޖާ ކޮށް ހަދާއިރު ބައްޕަ ހީކުރީ ކައި މަންމަ މަތިން ހަނދާން ނުވާ ކަމައްތަ؟ ނޫން ބައްޕާ.. ކައި މަންމަ މަތިން ވަރަށް ހަނދާން ވޭ.. ކޮންމެ ރެޔަކު އަހަރެންނަށް ނިދެނީ މަންމަގެ ފޮޓޯ ގަނޑަށް ބަލަން އޮވެ.. އެކަމަކު ބައްޕާ… ބައްޕަ ތި ކުރީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް.. އަހަރެން މިއަދު ލަދު ގަނޭ ތީ އަހަރެންގެ ބައްޕައޭ ބުނަން.. އެކަމު އެއީ ބައްޕަ މާޒީގައި ކޮށްފައިވާ ކަމެއް.. މުސްތަގުބަލުގައި އަދި ބައްޕަގެ ފަރާތުން އެކަހަލަ ކަމެއް ތަކުރާރު ވެއްޖެނަމަ އަހަރެން ދުވަހަކުވެސް ބައްޕައަކަށް މައާފެއް ނުކުރާނަން.. ބައްޕައަށް ކުރެވުނި ކުށަށް ބައްޕަ ތައުބާވެއްޖެ.. އަހަރެން ނެތިން ބައްޕައާއި ވާހަކަ ނުދައްކައި ރުޅިން ހުންނާކަށް.. އަހަރެން ބައްޕައަށް މަޢާފު ކޮށްފިން ބައްޕާ..” ކައިޒީން ޒިރާންގެ ގައިގައި ބައްދާލައިގެން ހުރެ ބުނެލިއެވެ. އޭރު ޒިރާން ލައިގެން ހުރި ގަމީސްވެސް ވަނީ ކައިޒީންގެ ކަރުނައިން ތެމި ފޯވެފައިއެވެ.
ކައިޒީންގެ އެ ނިންމުމާއިމެދު އެތާ ތިބި އެންމެންވެސް އުފާކުރިއެވެ. ހަގީގަތުގައި ވެސް މީހަކު މާޒީގައި ކުރިކަމަކަށް އެމީހަކު ދެކެ ރުޅިއައިސް ވާހަކަ ނުދައްކާ ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކޮންމެ މީހަކުވެސް މާޒީއެއް އޮންނާނެއެވެ.
******
ޒިރާންގެ ގެއިން ނުކުމީން ސުރެ އާރިފާއަށް ވިސްނެމުން ދިޔައީ އީނާޝް ދެއްކި ވާހަކަ ތަކާއި މެދުއެވެ. ހަގީގަތުގައިވެސް އެނާއަށް މުއްސަނދި ކަމުގައި އުޅެގެން ލިބުނު ފައިދާއެއް ނެތްކަން އޭނާއަށް ގަބޫލުކުރެވުނެވެ. ނަމަވެސް ހިތް އެކަމަށް އެއްބަސްވަމުން ދިޔަ ކަމުގައި ވިޔަސް އާރިފާގެ ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ވަމުންނެވެ. ގެޔަށް ދިޔަ މަގުމަތީގައި ވެސް އާރިފާ އަށް ވިސްނެމުން ދިޔައީ އީނާޝް ދެއްކި ވާހަަކަތަކާއި ދެންމެ މަގުމަތިން އިވުނު ހިތާމަވެރި ވާހަކައިގެ މަތިންނެވެ.
އެހެންކަމުން ގެޔަށް ގޮސް އަދި އާރިފާ އެކަން ކަމާއިމެދު އިތުރަށް ވިސްނާލިއެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތާއި ސިކުނޑި އެކައްޗެއް ނުކިޔާ ފަދައިއެވެ. ދެ ހިޔާލެއްގެ މަތީގައި ހުރެ އާރިފާ ނިދަން ދިޔައީ އެކަމުން ހިނދުކޮޅަކަށް ނަމަވެސް ދުރުވުމަށެވެ. ނަމަވެސް އެ ވާހަކަތައް އާރިފަގެ ކަންފަތް ކައިރިން ދުރަށް ނުދެއެވެ. އެހެންކަމުން އާރިފާއަށް ނިދޭ ގޮތެއްވެސް ނުވިއެވެ.
******
8 އަަހަރު ފަސް
******
”ކޮބާ އަހަރެން އޭރުވެސް ބުނީމެއްނު ތިޔަކީ އަހަރެންގެ އެއްޗެކޭ.. އަހަރެން މީ އެކަހަލަ މިހެއް ނޫނޭ…” ކައިޒީން ދިޔައީ ކެމެރާގެ ކުރި މަތީގައި ހުރެ އެކްޓް ކުރަމުންނެވެ. ކައިޒީން އަކީ މިހާރު ފިލްމް ތަކުގައި އެންމެ މަޝްހޫރު އަދި ކުރިއަރައިގެން އަންނަ ހުނަރުވެރި ތަރިއެކެވެ. މިފަހުން ރިލީޒް ކުރި ވިޝްކާ އަދި މާމުއި ގައިވެސް ކައިޒީންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކައިދެއެވެ. އެދުވަހު އެއްކޮށް ކައިޒީން އެއުޅެނީ ފިލްމް ޝޫޓިންގައިއެވެ. އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. ކައިޒީންގެ އެންމެ ކުޑައިރުގެ ހުވަފެންތަކާއި އުންމީދުތައް ހާސިލް ވުމުން ކައިޒީން އެހުންނަނީ ނުހަނު އުފާވެފައިއެވެ. މިހާރު ކައިޒީންގެ ހާސިލް ނުވެ އޮތީ އެންމެ ކަމެކެވެ. އެއީ ނަބާހު އާއި ކައިވެނި ކުރުމެވެ. ނަމަވެސް އެކަންތައްވެސް ހާސިލް ވާން ދެން އޮތީ ހަފްތާއެކެވެ.
******
އީނާޝް އާއި މާހިލް ދެމީހުން އެކުގައި ފިހާރާއިގައި ހަރަކާތް ތެރިވަމުން އެދަނީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. ފިހާރައިގެ ކަންތަކުގައި މިހާރު ގިނައިން އުޅެނީ އީނާޝް އާއި މާހިލްއެވެ. ނަމަވެސް ބައެއް ފަހަރު ކައިޒީންވެސް އެކަމުގައި ވަރަށް ފުރިހަމައަށް ބައިވެރިވެއެވެ. ފިހާރައަށް މިއަދު މުދާ ގެނައުމުން ދެމީހުންވެސް އެކަމުގައި އެއުޅެނީ އެދުވަހު ފީހާރައިގައި އެއެއްޗެހި ޖަހައި ނިންމުމަށެވެ. ކުރަން ހުރި ހުރިހާ ކަމެއް ނިންމާފައި ދެމީހުންވެސް އައިސް ޖައްސާލީ ބަނޑުހައި ވުމުންނެވެ.
ނަބާހުވެސް މަސައްކަތް ކުރަނީ ފިހާރައިގައިއެވެ. ފިހާރައިގެ ސޭޓެއްގެ ގޮތުގައިއެވެ. އަދި އެހެނިހެން ފަސޭހަތައްވެސް ދިޔައީ ނަބާހުގެ ފަރާތުން އެފިހާރައަށް ލިބެމުންނެވެ.
*******
”ދަރިފުޅާ ކައި… ދަރިފުޅުމެން ދެން ކައިވެނި ކުރާނެ ދުވަހެއް ހަމަ ޖައްސަން ވީނުން… މިހާރު ބައްޕަ މި އިންތިޒާރު ކުރަނި އެދުވަހަކަށް.. އަދި ކިތައް ދުވަހު ބައްޕައަށް އިންތިޒާރު ކުރަން ޖެހޭނެތަ؟” ކައިޒީން އޭނާގެ މަސައްކަތް ނިންމާފައި ގެޔަށް އައުމުން ނަބާހުއާއި ދެމީހުން އެއްތަން ކޮށްފައި ވާހަކަ ފެށިއެވެ. ހަގީގަތުގައިވެސް ޒިރާން މިހާރު އިންތިޒާރު އެކުރަނީ ކައިޒީން ކައިވެނި ކުރާނެ ދުވަހަކަށެވެ.
”އާން ބައްޕާ… އަހަރެމެން ފައިނަލް ކޮށްފައި އޮންނާނީ އަންނަ ހޮނިހިރު ދުވަސް.. ދެން ނެތެއްނު މާގިނަ ދުވަހެއް.. ” ކައިޒީން އެމީހުން ކައިވެނި ކުރަން ނިންމާފައި އޮތް ދުވަސް ބުނެލިއެވެ. އެއާއިއެކު އެތަނުގައި ތިބި މީހުން ހޯ ގޮވަން ފެށިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނިގެން ދަނީ އުފާވެރިކަމެވެ.
”އެހެންވީމަ ދަރިފުޅުމެން ކުލައަކާއި ހެދުން ފަހާނެ ގޮތް ކަނޑައަޅައި.. މިއަދުން ފެށިގެން ދެން ތި ކަމާއި އުޅެން ޖެހޭނި..” ޒިރާން ހީވީ ކައިޒީން މެންނަށް އަމުރެއް ދިން ހެންނެވެ. ކައިޒީންވެސް ކުޑަ ކުއްޖެއް ހެން ހުމް އޭ ކިޔައި އެތަނުގައި އަދި މަޑުކޮށްލީ ޒިރާން އީނާޝްމެންގެ ވާހަކަ ދައްކާތޯއެވެ. އެގޮތުގައި އިނެ އިރުކޮޅެއް ވީ ތަނާ ކައިޒީންގެ އިންތިޒާރަށް ނިމުން އައެވެ.
”އީނާޝް.. މާހިލް.. ބައްޕަ އާއި މަންމަ އެހައި ހިތްހަމަ އެއް ނުޖެހޭ ތި ދެކުދިން ކައިވެނި ކުރާކަށް.. ބައްޕަމެން މިކަން މިގޮތަށް މިނިންމީ ވަރަށް ވިސްނާފައި.. ބައްޕަ ހުންނާނެ އީނާޝްއަށް ރަނގަޅު ކުއްޖަކު ވެސް ހޯދާފަ… އެހެންވީމަ މިއަދުން ފެށިގެން ތިދެކުދިންގެ ދެމެދުގައި އޮތް ގުޅުން ހުއްޓާލަ..” ޒިރާން ބުނެލައި ކޮންމެ ޖުމުލައަކަށް އާރިފާ ދިޔައީ ބޯ ޖަހަމުންނެވެ. ނަމަވެސް ޒިރާންގެ އެންމެ ފަަހުގެ ނިންމުން އިވިފައި އެތަނުގައި ތިބި އެންމެނަށް ވެސް ތިބީ ސިހުން ގެނުވާފައިއެވެ. އީނާޝްގެ ލޮލުގައި ކަރުނައިގެ ފަށަލައެއް ވި އިރު ކައިޒީންވެސް ހުރީ ހަމަ އެފަދަ ހާލެއްގައިއެވެ. މާހިލްވެސް ހުރީ ހަމަ އެހާުލުގައިއެވެ. އެދެ މީހުންނަށް ލިބުނި ދެރަ އަދި އެދެއްކި ވާހަކަވެސް ހުރީ ގަބޫލުވެސް ނުކުރެވިފައިއެވެ.
އީނާޝްއަށް ރޮވެން އުޅުމުން އެތަނުން ދުއްވައިގަނެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މާހިލްވެސް ގޮސް އޭނަގެ ކޮަޓަރިއަށް ވަނީ ލިބުނި ހިތްދަތި ކަމުގެ ސަބަބުންނެވެ.
އެކަކުވެސް އެކައްޗެކޭވެސް އޭގެ ފަހުން ނުބުނެ ގޮސް ކޮޓަރިއަށް ވަނީ އެދެކުދިންނާމެދު ހަމްދަރުދީވާ ހާލުއެވެ. ނަމަވެސް ޒިރާންގެ އެ ނިންމުން ބަދަލު ނުކުރާނެކަން އިނގޭތީ އެއިން އެކަކުވެސް އެކައްޗެކޭވެސް ނުބުނެއެވެ.
*******
އާރިފާ އޭގެ ހަތް ވަރަކަށް އަހަރު ކުރިން ޒިރާންއަށް އޭނާ ކުރި ކަންތަކަށް މަޢާފަށް އެދުނެވެ. އެކަމާ ދެރަވެ ޒިރާންގެ ފައިބުޑޫގައި އިިނެގެން ރުއިއެވެ. އަދި އޭނާ މެލޭސިއާގައި އަދި މާލޭގައި ކުރި ހުރިހާ ކަމެއްގެ ވާހަކަވެސް ޒިރާްންއަށް ކިޔައިދިނެވެ. ނަމަވެސް އެހުރިހާ ކަމެއް ކުރި އިރުވެސް ޒިރާން އާރިފާ ބަލައިގަނީ އުފަލާއިއެކީއެވެ.
އީނާޝްގެ ކައިރިންވެސް އާރިފާ މަޢާފަށް އެދުނެވެ. އީނާޝްވެސް އާރިފާއަށް މައާފު ކުރީ އޭނާ މަންމައެއްގެ ލޯބި ނުހަނު ބޭނުންވެފައި ހުރުމުންނެވެ. އަދި އޭނާގެ ހިތުގަައި އާރިފާ އާއިމެދު ހިތްބުރަ ކަމެއް ނެތީމައެވެ.
އާރިފާއަކީ މިހާރު ހިތްހެޔޮ އަންބެކެވެ. އޯގާތެރި އަޅައިލައި މަންމައެކެވެ.
*******
ކައިޒީން އާއި ނަބާހުގެ ކައިވެންޏަށް އެތަށް ތައްޔާރީތަކެއް ވާއިރު އީނާޝްއާއި މާހިލް ވެސް ބަލަމުން ދިޔައީ އެމީހުންގެ އެ ހިތާމަ ފޮރުވާފައި ކައިޒީންގެ އެ އުފަލުގައި ބައިވެރިވުމަށެވެ. ބޮޑު ހިތާމައެއް ލިބުނި ކަމުގައި ވިޔަސް ދެމީހުން ކުރެ އެކަކުވެސް އެޔެއް ނުދައްކައެވެ.
ކައިވެނީގެ ކުލައަކަށް ހުދާއި ކަނޑު ނޫކުލަ ހަމަ ޖެއްސިއެވެ. ފިރިހެނުން ކަނޑު ނޫކުލައިގެ ގަމީސް ލާފައި ހުދު ކުލައިގެ ފަޓްލޫނު ލާގޮތަށެވެ. އަދި އަންހެނުންވެސް ހެދުން ހަމަ އެގޮތަށް ކަނޑު ނޫކުލައިންނެވެ.
******
ކައިވެނި ކުރެވެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ކައިވެނީގެ ކާޑްވެސް ހަދައި ނިންމާލިއެވެ. ދެވައްތަަރެއްގެ ކާޑެއް ހަދާފައި ވާއިރު ދެ ކާޑްވެސް ނުހަނު ފުރިހަމައެވެ.
”ހަޑި އާއި ރީތި އެންމެ ރަނގަޅަށް އެނގޭ ދެކުދިންނަކީ އީނާޝްއާއި މާހިލް.. އެހެންވީމަ އާދޭ މިތަނުން ރީތީ ކޮން ކާޑެއް ތޯ ބަލަން..” ޒިރާން ކާޑް ދިއްކޮށްލުމާއިއެކު އީނާޝް ފުރަތަމަ ނެގީ ކަނާތް ފަރާތުގައި އޮތް ކާޑެވެ. ހުދު ކުލައިން ރީތި ގޮތަކަށް ޑިޒައިން ކޮށްލާފައިވާއިރު ބޭރުގައި ވަނީ ރީތި ކުރެހުމެއް ކުރަހާލައިފައިއެވެ. އަދި އެތެރޭގައި ބޮޑު އަކުރުން ނަބާހު ވެޑްސް ކައިޒީން ޖަހާފައިވާއިރު ކުޑަ ލިޔުންކޮޅެއްވެސް ވަނީ ލިޔެލާފައިއެވެ. ކާޑްގެ ބޭރު ފުށާއި އެއްވަރަށް އެތެރެ ވެސް ނުހަނު ރީއްޗެވެ.
ދެން އީނާޝް ނެގީ ޒިރާންގެ ވައަތުގައި އޮތް ކާޑެވެ. އެކާޑްވެސް ގާތް ގަނޑަކަށް އޮތީ ހަމަ ކުރީ ކާޑް އޮތް ގޮތަށެވެ. ނަމަވެސް އޭގައި ކުރަހާފައި އިން ކުރެހުން ތަފާތެވެ. އީނާޝް އާއި މާހިލް ދެން ބަލައިލީ ކާޑްގެ އެތެރެއެވެ. ބޮޑުއަކުރުން ބޯލްޑް ކޮށްފައި މާހިލް ވެޑްސް އީނާޝް ޖަހާފައި އިން އިރު ހަމަ ކުރީ ކާޑްގައި އިން ގޮތަށް ލިޔުން ކޮޅެއް ލިޔެވިފައިވެއެވެ. ކާޑްގެ އެތެރެ ބަލާފައި މާހިލް އަށާއި އިނާޝްއަށް ބަލައިލެވުނި ޒިރާން އާއި ދިމާލެވެ. އޭގައި އެދެ މީހުންގެ ނަން ޖަހާފައި އޮތުމުންނެވެ. ”ބައްޕާ މީގައި ކީއްވެ މިއޮތީ އަޅުގަނޑުމެންގެ ނަން ލިޔެފައި؟” އީނާޝް މާހިލްގެ މޫނަށް ބަލައިލާފައި ޒިރާން ގާތު ސުވާލު ކުރިއެވެ.
”އެއީ އެދުވަހުން ތިދެ ކުދިން ވެސް ކައިވެނި ކުރާތީ.. އާން އީނާޝް.. ބައްޕަ ތިދެކުދިންގެ ކައިވެންޏަށް ގަބޫލު.. މަންމަ ވެސް.. އެކަމު ބައްޕަމެން ބޭނުންވީ ސަޕްރައިޒެއް ދޭން ތިދެކުދިންނަށް..” ޒިރާން އުފާވެލާފައި ހުރެ ބުނެލިއެވެ. ހަމައެއާއިއެކު ގެޔަށް ހީވީ ދެއީދު އެއްފަހަރާ އައި ހެންނެވެ. އީނާޝްއަށް ވެސް ލިބުނީ ބަޔާން ކުރަންވެސް ދަތި އުފަލެކެވެ. މާޙިލްގޮސް ޒިރާން ގައިގައި ބައްދާލިއިރު އީނާޝް ގޮސް އާރިފާގެ ގައިގައި ބައްދާލިއެވެ. އޭރު އެ ހަތަރު މީހުންގެ ލޮލުން ވެސް ދިޔައީ އުފާވެރިކަމުގެ ކަރުނަ އަންނަމުންނެވެ.
*******
ކައިޒީންވެސް ހުރީ ހަމަ އީޏާޝް ލައިގެން ހުރި ވައްތަރުގެ ހެދުން ލާފައިއެވެ. ކައިޒީންގެ އިސްތަށިގަނޑު ޖަރީކޮށްފައިވާ ގޮތް ތަފާތެވެ. ނިތްމައްޗަށް އެއްވެސް އިސްތަށިކޮޅެއް ނުވައްޓާލާ ކައިޒީންގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ފަހަތަށް ދޫކޮށްލާފައިއެވެ. އީނާޝް ފަދައިން ކައިޒީންވެސް ހުރީ ހަމަ ލުއި މޭކަޕެއް ކޮށްފައިއެވެ. ދެމީހުން ބަލާބެލުމަށް ހީވަނީ ހަމަ އެކަކު ހެންނެވެ.
މާހިލް އާއި ނަބާހު ވަނީ ހުދު ކުލައިގެ ގަމީސްލައި ކަނޑުނޫކުުލައިގެ ފަޓްލޫނުލާފައިއެވެ. އަދި ގަމީސްމަތިން ވަނީ ކަނޑު ނޫކުލައިގެ ކޮޓެއް ލާފައިއެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ހަދާލައިފައި ވާއިރު ދެމީހުންވެސް ނުހަނު ރީއްޗެވެ. އަދި ތުނިކޮށް ކޮށާފައިވާ މަތިމަހުން ނުހަނު ފިރިހެންވަންތަ ކަމަށް ދައްކައެވެ.
*******
މާހިލް މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންދެލައިގެން އިނީ އީނާޝް އެތަަނަށް އަންނަންދެންނެވެ. މާޙިލް އެތަނުގައި އިށީންދެ މާބޮޑު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ.
ކަނޑު ނޫކުލައިން އެންމެ ތިރިން ފެށިގެން މައްޗާ ހަމައަށް ކުލަ މަޑުވަމުންގޮސް ހުދަށް ބަދަލުވެފައިވާ އެހެދުން ނުހަނު ޗާލެވެ. ބޮޑު ބައެއް ބިންމަތީގައި ކޭއްތެން އޮތް އިރު އެބާއިވަނީ އެންމެ ގަދަ ކަނޑު ނޫކުލައިއެވެ. ހެދުމުގެ މޭމަތީގައި ރީތި ގޮތެއް ހަދައި ބީޑްސް ތަތްކޮށްފައި ވުމުން އިތުރަށް އެހެދުން ފުރިހަމަ ކަމުގައި ދައްކައެވެ. އީނާޝް އެހެދުން ލައިގެން ހުރިއިރު ހީވަނީ ހަމަ ޕަރީއެއް ހެންނެވެ. އިސްތަށިގަނޑު އެއްވެސް ގޮތެއް ނަހަދައި ދޫކޮށްލާފައި ވާއިރު ކުރު އިސްތަށިތައް ވަނީ ނިތްކުރި މައްޗަށް ދޫކޮށްލެވިފައިއެވެ. ބޮލުގައި ހުދު ކުލައިގެ ލޭސްފޮތީގެ ކުޑަފޮތިގަނޑެއް އަޅާފައިވާއިރު އީނާޝް ނުހަނު ޗާލެވެ. މޫނުގައި ލުއި މޭކަޕްއެއް ކޮށްފައިވާއިރު ތުންފަތުގައި ޖައްސާފައި ވަނީ މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެކެވެ. ކަންފަތުގައި ރީތި އެލެން އިން އެތިކޮޅެއް ލާފައިވާއިރު ކަރުގައި ރީތި ގޮތަކަށް އޮތް އަޅި ކުލައިގެ ހާރެއް އޮތެވެ. އަދި އަތުގައި ހަމަ އެ ކަނޑު ނޫކުލައާައި ހުދުން ޖަރީކޮށްފައިވާ މާ ބޮޑިއެއް އޮތެވެ. އީނާޝް މިރޭ ފުރިހަމަ ކަމުން އެތައް ބައެއް ދިޔައީ އީނާޝްއަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އީނާޝް ފެނިފައި މާޙިލްއަށް އެހެން ތަނެއް ބަލައިލަންވެސް އޭނާގެ ދެ ލޯ ނުކުޅެދުނެވެ. އީނާޝް އެތަނަށް އައިސް މާޙިލްގެ ކައިރީގައި އިށީން އިރުވެސް މާޙިލް ހުރީ އީނާޝް އާ ދިމާލަށް ބަލާށެވެ. ”ޔޫ ލުކް ލައިކް އަ ފެއަރީ..” މާހިލްއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. އެއާއިއެކު އީނާޝްގެ ކޮލަށް ޖަންބު ކުލަ އަރައިގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ.
ފުރަތަމަ އޮތީ މާހިލްއާއި އީނާޝްގެ ކައިވެންޏެވެ. އެއަށްފަހު ކައިޒީންއާއި ނަބާހުގެއެވެ.
އީނާޝްއައިސް އެތަނުގައި އިށީންނުމާއިއެކު ގާޒީ ކައިވެނީގެ ހުތުބާ ކިޔަން ފެށިއެވެ. މާޙިލްގެ އަނގައިން އަނބި ގަބޫލު ކޮށްފީމޭ ބުނުމާއިއެކު އީނާޝްއަށް ކުރެވުނީ ވަރަށްވެސް އެހެން ކަހަލަ އިސްސާސެކެވެ. ހަމައެވަގުތު އީނާޝްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އަންނަން ފެށިއެވެ. މާހިލްގެ ލޮލުގައިވެސް ކަރުނައިގެ ފަށަލައެއްވިއެވެ. އީނާޝްގެ ކައިރި ބަލާލައިފައި މާޙިލް އީނާޝް އަތް މައްޗަށް އަތްލިއެވެ. އެއާއިއެކު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ.
އީނާޝް މެންގެ ކައިވެނި ނިމުމާއިއެކު އެތަނަށް ދެން އައީ ނަބާހުއާއި ކައިޒީންއެވެ. ދެމީހުން އެކުގައި އައިސް ގޮނޑީގައި އިށީންނުމާއިއެކު ކައިޒީންމެންގެ ކައިވެނިވެސް ފެށިގެން ދިޔައެވެ.
ކައިވެނިކޮށް ނިމުމާއިއެކު ދެން އެންމެން ވެސް އަވަސްވެގަނީ އަވަހަށް މީހުންތައް އަންނަން ވާއިރަށް އެ ހަތަރު މީހުންނަށް ހަމަ ޖެހިފައިވާ ތަނަށް ދިޔުމަށެވެ. މީހުންތައް އައުމުގެ ކުރި އެ ހަތަރު ކުދިންނަށް ދެވުނީ ހަމަ ކިރިޔާއެވެ.
ކޮންމެ މީހަކުވެސް ދަނީ އީނާޝްމެންގެ ކައިރިއަށް އައިސް ތައުރީފުގެ ބަސްތައް އޮއްސާލައިފައިއެވެ. އަދި ކޮންމެ މީހަކުވެސް އައިސް ދަނީ އެހަތަރު ކުދިންނާއިއެކު ފޮޓޯއެއް ނަގާފައިއެވެ. އަދި ކައިޒީން އާއިއެކު ފޮޓޯ ނަގަން އަންނަ މީހުން ނުހަނު ގިނައެވެ. ސަބަބަކީ ކައިޒީންއަކީ މަޝްހޫރު މީހަކަށް ވީމައިއެވެ. އެކި ފިލްމްސްޓާރ އިންވެސް އެމީހުންގެ ކައިވެންޏަށް އައިސް ދަނީ ފޮޓޯއެއް ނަގައި ތައުރީފު ކޮށްފައިއެވެ.
މުޅި މާލޭގައި ވެސް މިހާރު ދައުރުވަމުންދާ ވާހަކައަކީ މަޝްހޫރު ކައިޓްރޭޑަރސް ޒިރާންގެ ދަރި އަދި މަޝްހޫރު ފިލްމްސްޓާރް ކައިވެނި ކުރި ވާހަކައެވެ. ކޮންމެ މީހެއްގެ ދުލުން ވެސް ބޭރުވަމުން ދިޔައީ އެބަހެވެ.
އެގާރަ ޖަހަން ގާތްވެފައި ވަނިކޮށް ޕާޓީ ނިންމާލައިފައި އެންމެންވެސް ގެޔަށް ދިޔައީ ފޮޓޯ އާއިލީ ފޮޓޯ ނެގުމަށްފަހުއެވެ.
”ދަރިފުޅާ މިއަދު ބައްޕަ ވަރަށް އުފާވެއްޖެ.. ވަރަށް ބޮޑަށްވެސް… ދަރިފުޅު ވާތި އަނބިންނަށް އޯގާތެރި ފިރިއަކަށް އިނގޭ..” ސޮބާހު އައިސް ނަބާހުގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. މިއަދު އެންމެން ވެސް އެތިބެނީ ނުހަނު އުފާވެފައިއެވެ.
ހަތަރު ކާރަށް ގޭ އެންމެން އަރައިގެން ދިޔައިރު ކައިޒީން އާއި ނަބާހު އިިން ކާރު ވަނީ އެންމެ ކުރީގައިއެވެ. ގެޔަށް އާދެވުމާއިއެކު ދެކުދިންވެސް ކާރުން ފައިބައި އެމީހުންގެ ކޮޓަރިއަށް ދިޔައީ އަތުގުޅައިލައިގެން ހުރެއެވެ. އަދި ތުން ފަތުގައި ނުފިލާ ހިނިތުންވުމަކާއިއެކުއެވެ.
އެކާރު ދިޔުމާއިއެކު ދެން އައީ އީނާޝްއާއި މާހިލް އިން ކާރެވެ. ކާރުން ފާބައިފައި މާހިލް އީނާޝް ގެންދިޔައީ އޭނާގެ އަތްދަނޑި މައްޗަށް ލައިގެންނެވެ. ދެމީހުން ގޮސް އެދެމީހުންނަށް ހަމަޖެހިފައިވާ ކޮޓަރިއަށްވެސް ވަނީ ހަމަ އެގޮތުގައި ތިބެއެވެ. އެކުދިން ވަދުމާއިއެކު ދެން އެތަނަށް އައީ އާއިލާ އެންމެންނެވެ. އެންމެންގެ މޫނު މަތީގައި ވެސް ވަނީ ނުފިލާ ހިނިތުންވުމެކެެވެ. އެމީހުންގެ ހުރިހައި އުންމީދު ތަކެއް ހާސިލްވުމުން ވާނީވެސް އެހެންތާއެވެ.
~ ނިމުނީ ~
23 Comments!
Comments are closed.







Assalam alaikum.. miothy HAASIL VUMAH EDHI ge 25 vana Bai.. adhi enme fahu Bai.. mi Bai Vs adhi vaahaka Vs hurihaa kiyun therinnah kamudhaane kamah unmeedhu kuran.. adhi kiyun therin nafu ah thi dhehvi support ah vr vr vr bodah shukuru dhanna van.. kiyun theringe support aa nulai nafu ah mihisaabakah naadheveyne… Thanks a lot readers.. it means a lot????lysm
Wow.. Masha Allah.. vr Rythi mi Bai vs.. adhi vr Rythi vaahaka eh mee.. ???????
thanks naiha
Masha Allah… Vr salhi vaahaka eh… Keep it up sis
thanks nasi
Nice story… Gonna read ur next story.. keep it up dear… Have a nice holidays..
thanks hamoo…
Masha Allah.. beautiful story.. best of luck dear.. keep going
thanks kai
Nice cover pic.. and a nice beautiful story… ???????
thanks nice
Vr Rythi vaahaka ey
thanks mal
Vaahaka nimuny dhw… Vr dhera vey mi vaahaka nimuny a vs.. ekm nafu new story eh feshyma ok… Vr Rythi story eh mee.. vr kiyaa hithun kiyaaly
thanks muffin
Beautiful story of the day
heheh thanks dear
Story nimuny dhw… Vr Rythi story eh.. vr kiya hithun konme part eh Vs kiya ninmaani mi
ya.. thanks dear
Wonderful writer and story…
thanks dear
Varaaaaaah reeeethi vaahaka eh. May Allah bless you with more writing skills. Mi vaahaka Hama habeys????????????????❤️❤️❤️❤️?????
thank u soo much dear.. may allah bless u too..