(މިއީ ޙިޔާލީ ވާހަކައެކެވެ.) އުމުރުން 20 އަހަރުން ފެށިގެން ހަށިގަނޑު ވަރުގަދަ ކުރުމަށް ކަސްރަތުކޮށް ޖިމް ޖެއްސުމާއި ދުވަން ދިޔުމަކީ އަހަރެން ގަވާއިދުން ކުރާ ކަންކަމެވެ. ހަޤީޤަތުގައި އަހަރެން އެންމެ ފުރަތަމަ އެކަންކަން ކުރަން ފެށީ އަހަރެންގެ އަމިއްލަ ޟަމީރު ބޭނުންވެގެންނެއް ނޫނެވެ. އެއިރު އަހަރެން ރައްޓެހިވެގެން އުޅުނު ސާންދިއްޔާގެ ޖީލަ ގަދަކަމުންނެވެ. ސާންދިއްޔާ އަކީ ބަނޑަށް 6 ގޮޅި އަރުވައިގެން އުޅޭ ގައިގެ މަސްގަނޑު ވަރުގަދަކޮށް ތިބޭ ފިރިހެނުންނަށް ވަރަށް ލޯބިކުރާ އަންހެނެކެވެ. އެހެންކަމުން އޭނާ […]
އުންމީދުގެ ކުލަ ޖެހެމުންއައި ހަޔާތް އަނެއްކާވެސް ބަނަވެގެން ހިނގައްޖެއެވެ. ކުރެވުނު އުންމީދުތައް ވެއްޔާ މޮޑެވިއްޖެއެވެ. އަޒާންއަށް ވީގޮތެއްވެސް ނޭނގުނެވެ. އައިރާގެ ގޭކައިރިން އަޒާން ނުފެންނަން ފެށިއެވެ. އޭނާ ފުރައިގެން ދިޔަކަން އައިރާއަށް އެނގުނީ މިލްނާގެ ފަރާތުންނެވެ. އަޒާން އެދިޔައީ އައިރާގެ ހިތާއި ހިތުގައިވާ ދިރުންވެސް ހިފައިގެންނެވެ. އައިރާއަށް އެ ހިތް ހޯދަން ދެވޭހިސާބަށްވުރެ މާދުރަށެވެ. އައިރާ ބޭނުންވެގެން އުޅޭ ފަދަ އިޝާރާތްތަކެއްކޮށް އައިރާ ސުވާލު މާކެއްގެ ތެރެއަށް ދޫކޮށްލާފައެވެ. އާނއެކެވެ. އައިރާއަށް ގަބޫލުކުރެވުނެވެ. ހިތް ހެދީ މަކަރެވެ. […]
ހަވީރުވެ އިރުގެ އަލި ފަނޑުވާންފެށި ވަގުތެވެ. އައިރާ ހުރީ ގަސްތަކަށް ފެންދޭށެވެ. ހިތަށް ހަމަޖެހުން ލިބޭތޯ އެއްކަމަކަށްފަހު އަނެއްކަމެއް ކުރަމުން ގެންދެވޭތޯ އައިރާ ބެލިއެވެ. ހަމަ އެންމެ ބޭނުމަކަށްޓަކައެވެ. އަޒާންގެ ވިސްނުމާ ދުރުގަ ހުރުމަށެވެ. “އައިރާ” ގޭގެ ވަށައިފާރުން ބޭރުން ގޮވާލީ އަޒާންއެވެ. އައިރާ ފަހަތް ބަލާލިއެވެ. ‘އަޒާން’ އައިރާގެ ހިތް ތެޅިލިއެވެ. އާނއެކޭ ބުނުމުގެ ބަދަލުގައި އައިރާ ހީލިއެވެ. އަޒާން ހިނގާފައި އައިސް ހުއްޓުނީ އައިރާމެންގޭގެ ބޭރުގައި ވަށައިގެން ރާނާފައި ހުރި ތެޅިގަލުގެ ފާރު ކައިރީގައެވެ. […]
ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްދަތިކަން އައިރާއަށް އިހުސާސް ކޮށްދެމުންނެވެ. އައިރާގެ ކިޔެވުމަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވެއެވެ. އެހުރިހާކަމެއް އެންމެ ގާތުން ދެކޭނެ މީހަކީ މިލްނާއެވެ. އެހެންނަމަވެސް އަދިވެސް މިލްނާ އެހުރީ ހަޤީގަތުގެ ތެރެއަކު ނޫނެވެ. އަދިވެސް މިލްނާ ހީކުރަނީ އައިރާ ލޯބިވަނީ އޭނާގެ ކްލާސް ކުއްޖެއްދެކެ ކަމުގައެވެ. އެޒުވާނާގެ ހަނދާންވާ ކޮންމެ ފަހަރަކު އައިރާ މިލްނާއާއި ވާހަކަ ދައްކަނީ ކްލާސް ކުއްޖެއްގެ ނަން ބޭނުން ކޮށްގެންނެވެ. ހިތުގައި އުތުރޭ ހުރިހާ އިހުސާސަކީ ޝާއިފް އަށްޓަކައި އުތުރޭ […]
ފަތިހުގެ ހަމަހިމޭން ހިތްގައިމު ވަގުތެވެ. އުތުރުން ޖެހެމުންއައި ސާފު ފިނި ވައިރޯޅިތަށް އެންމެ ފުރަތަމަވެސް އައިސް ބީހިލަނީ ގޮނޑުދޮށުގައި އިށީނދެލާގެންއިން އައިރާގެ ހަށިގަނޑުގައެވެ. ސިކުނޑީގައި އެނބުރެމުންދަނީ އެންމެ ހިޔާލެކެވެ. ހަމަ އެންމެ ވިސްނުމެކެވެ. އުމުރުގެ މިހާހިސާބަށް އައިއިރު ދޮގެއް ހެދުނު ހަނދާނެއް ނުވެއެވެ. މަންމައާއި ބައްޕަ ދިން ފުރިހަމަ ތަރުބިއްޔަތުގައި އައިރާ ބޮޑުވަމުން އައީ ރަށުގެ ހުރިހާ ކުދިންނަށްވެސް މިސާލެއްގެ ގޮތުގައެވެ. ކިޔެވުމަށް އެހާ މޮޅު ކުއްޖެއް މުޅި ސުކޫލަކުވެސް ނެތެވެ. ގުރުއާން މުބާރާތެއް ބޭއްވިއަސް އެއްވަނަ […]
މިވާހަކަ އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށް ފޭސްބުކަށް އަޕްލޯޑު ކުރެވިފައިވާ ޑްރާމާ ‘ކޫރު އަޅުވާލިއެ މިހިތާ މޭގާ’ އަސްލަކަށް ބަލައިގެން ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އެވާހަކައިގައި ގެނެސްދެވިފައިވާނީ އަޒާން އައިރާއަށް ބޭނުންވެގެން އުޅުނު ގޮތެވެ. އެހެންނަމަވެސް އައިރާ ހަގީގަތުގައި ބޭނުންވާގޮތެއް އަޑުއެހުންތެރިންނަކަށް ނޭނގެއެވެ. ނަމަވެސް މިވާހަކައިގައި އައިރާ ލޯބިވީ ކާކު ދެކެ ކަމާއި، އައިރާއަށް އެ ލޯބި ހާސިލްވުމަށް ހުރި ގޮންޖެހުންތައް ގެނެސްދެވޭނެއެވެ. [އައިރާއަށް އިހުސާސް ކުރެވުނީ މާޔުސްކަމެވެ. ހިތަށް ވާގޮތްތައް މީހަކާ […]
އިތުރަށް ލެޕްޓޮޕް ދޮށުގައި އިށީންނާނެ މޫޑެއް ފަތީންގެ ނެތެވެ. ދެލޮލަށް ވަނީ ކޮންމެވެސް ވަރަކަށް ނިދި ސަވާރުވެފައެވެ. ބޭނުންވަނީ ހޫނު ކޮފީތައްޓެއް ބޮއިލާށެވެ. ފަތީން ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތްއިރު ގޭތެރެއަކު އެއްވެސް މީހަކު ނެތެވެ. މަންމަގެ ކޮޓަރި ހުރީ ދިއްލާފައެވެ. ބައްޕަ ގެޔަށް އައިތޯ ޔަގީންކޮށްލުމަށް ފަތީން ގޮސް އެކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ނަމަވެސް ދޮރު ހުޅުވާކަށް ފަތީން ބޭނުމެއް ނުވިއެވެ. މިރޭ ބައްޕަ އެ ހިންގި އަމަލު ފަތީންގެ ސިކުނޑިއަށް ވަންނަން ފަށައިފިއެވެ. ބައްޕައާއި މެދުގައި […]
ޖެހިގެން އައިދުވަހަކީ ހުކުރު ދުވަހެކެވެ. އަހަރެން ހޭލިއިރު އެލީނާ އުޅެނީ ސައި ހަދާށެވެ. އޭނާ އެއުޅެނީ އަހަރެންގެ ސަމާލުކަން ހޯދަންކަން އަހަރެންނަށް އެނގުނެވެ. އަހަރެން ތެދުވެ ފެންވަރައިގެން ބޭރަށް ދާން ހިނގައިގަތް ވަގުތު އަހަރެންނަށް އެލީނާ ގޮވާލިއެވެ. “އާދޭ ކާން..” އޭނާ ބުނެލީ ވަރަށް ލޯބިންނެވެ. “ކަލޭ ރޭގަނޑަށް ތިގުޅާ މީހުނަށް ސައިދީ..” އަހަރެން ގެއިން ނުކުތީ އެލީނާގެ އަނގަ ބަންދު ކޮށްލާފައެވެ. އަހަރެން ދިޔައީ އެލީނާގެ ބައްޕަމެން ދިރިއުޅޭ ގެއަށެވެ. އަހަރެން ދިޔުމުން އެލީނާގެ ބައްޕަގެ […]
ސަމާހު: “ބުނީމެއްނު ފަޒީން މަރުވިރޭ ތިމަންނަޔާ އޭނަ ދިމަލެއް ނުވެޔޭ. އެކަމަކު ދެންމެ މި ދައްކާލި ވީޑިއޯގަ އެވާގޮތް މަށަށް ކިޔާދެވިދާނެތަ؟” ނަޒީހު: “އޭނަ ފުރަތަމަ ތަޅަން ފެށީ.. އަހަރެން ހަމަ ރީތިކޮށް ވާހަކަ ދެއްކީ ދޯ؟” ސަމާހު: “ރަނގަޅޭ.. ތިނޫން ވާހަކައެއް އަހަރެން ނުބުނަން ދޯ؟ މަގޭ މިބުނަނީ އެރޭ ވީގޮތް ރަނގަޅަށް ކިޔާދޭށޭ..” ނަޒީހު: “ބަލާއެއްނު. ތި ހޯދައިގެން ތިއުޅޭ ވީޑިއޯއެއްގަ އެޔޮތީއެއްނު ވީގޮތް ފެންނަން. ދެން އިތުރަށް ކޯއްޗެއްތަ ނޭނގިގެން ތިއުޅެނީ؟” ނަޒީހު […]