10 ކުޅުން އިރު އަބަދުވެސް މޮޅު ވަނީ ޒިދާން އާއި މަންހާ އެވެ. ޔުޝްރާ މިކަމާ ހިތްހަމަނުޖެހިގެން ނުކުޅޭނަމޭ ކިޔާފަ ތާސް ބައި އަތުލިއެވެ. ޔުޝްރާާ ތާސްބައި އަތުލުމުން އެންމެން ވެސް ފެށީ ހޭންށެވެ. ޔުޝްރާ ތުން އަނބުރާލާފަ ފޯން ނަގާފަ އިންސްޓަގްރާމް ހުޅުވާލިއެވެ. އޭނަ އަށް ފޮލޯ ރިކުވެސްޓެއް އައިސް އިނުމުން ބަލާލިއެވެ. ” ވާން ” މިހެން ޖަހާފަ އިން ކުއްޖެއް އިނީ ޔުޝްރާ އަށް ފޮލޯ ކޮށްފައެވެ. އެއީ ކޮން ” ވާން […]
އިތުރަށް ލެޕްޓޮޕް ދޮށުގައި އިށީންނާނެ މޫޑެއް ފަތީންގެ ނެތެވެ. ދެލޮލަށް ވަނީ ކޮންމެވެސް ވަރަކަށް ނިދި ސަވާރުވެފައެވެ. ބޭނުންވަނީ ހޫނު ކޮފީތައްޓެއް ބޮއިލާށެވެ. ފަތީން ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތްއިރު ގޭތެރެއަކު އެއްވެސް މީހަކު ނެތެވެ. މަންމަގެ ކޮޓަރި ހުރީ ދިއްލާފައެވެ. ބައްޕަ ގެޔަށް އައިތޯ ޔަގީންކޮށްލުމަށް ފަތީން ގޮސް އެކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ނަމަވެސް ދޮރު ހުޅުވާކަށް ފަތީން ބޭނުމެއް ނުވިއެވެ. މިރޭ ބައްޕަ އެ ހިންގި އަމަލު ފަތީންގެ ސިކުނޑިއަށް ވަންނަން ފަށައިފިއެވެ. ބައްޕައާއި މެދުގައި […]
“ކޮން ޒައިންއެއް؟” މޫނުމަތީގައިވި ސީރިއަސްކަން އެއްފަރާތް ކޮށްލުމަށްފަހު އާރިޝް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. “ނޭނގެ ދާދި އިހަކަށް ދުވަހަކު އަހަންނާ ދިމާވީ. ޝައްމު އާ އެކީގަ އޭނަ އުޅެނީ. އަހަންނަށް އޭނަ ފެނުނު ފުރަތަމަ ދުވަހު ހީވީ ބައްޕަ ފެނުނުހެން. އޭނަވެސް ހުރީ ފާޑަކަށް ދެލޯ ބޮޑުކޮށްފަ ބަލަން.” ނައިޒަކް ކިޔައިދިނެވެ. “ހެހެ.. ތި ވާނީ ހަމަ ޒެކް އަށް ހީވި ގޮތަކަށް. އެހެންނޫނަސް ދުނިޔޭގަ އުޅޭއިރު އިއްތިފާގުންވެސް އެއްވައްތަރު މީހުނާ ދިމާވެއެއްނު.” އާރިޝް ކިޔައިދިނީ އޭނަ ނިންމައިފައި […]
ރިންގުވަމުންދިޔަ ފޯނަށް ބަލައިލުމަށްފަހު މަސައްކަތް މެދުކަނޑާލާ ވިޝާލް ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ބުނެލި ވާހަކަތަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން މިދަނީއޭ ބުނެ ވިޝާލް އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުތެވެ. ފައިލެއް ހިފައިގެން ވިޝާލްގެ ގާތަށް ދާންދިޔަ ޔަލްވީގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ އަވަސް ފިޔަވަޅުތަކެއްގައި އަންނަމުންދިޔަ ވިޝާލް ފެނިފައެވެ. ” ސަރ… ފައިލް… ” އޭނަ އާއި އަރާހަމަވުމާއެކު ޔަލްވީ ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް މަޑުކޮށްލުމެއްނެތި ވިޝާލް އެދިޔަ ގޮތަށް ގޮސް އޮފީހުން […]
ނައިޒަކް އަވަހަށް ބެލްކަނި ދޮރު ހުޅުވައިލުމަށްފަހު ބެލްކަންޏަށް ނުކުުތެވެ. އެއީ އެ އަޑު އައީ އެ ދިމާލުން ކަމަށް ވާތީއެވެ. ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓައިގެން ހުރެ ނައިޒަކް ތިރިއަށް ބަލައިލިއެވެ. ނަމަވެސް ތިރިއަކުން އެއްވެސް އެއްޗެއް ނައިޒަކް އަކަށް ނުފެނުނެވެ. ނައިޒަކް ކުރިއަށް ދާން ހިނގައިގަނެފައި އަނެއްކާވެސް އޭނާއަށް ހުއްޓެވުނީ ހަމަ އެ އަޑު އިވިގެންނެވެ. މިފަހަރު ކުރިއަށްވުރެވެސް ބާރަށް އެއަޑު އޭނާއަށް އިވުނެވެ. ދުރުދުރަށް ނަޒަރު ހިންގަމުން ދިޔަ ނައިޒަކް އަށް ފެނުނީ ތަންކޮޅެއް […]
އަލްވާން ޔުޝްރާ އާ ދިމާލަށް ބަލަން ހުރި ގޮތުން މަންހާ ގާތަށް ވަރަށް ހިނިއައެވެ. ” އަހަމް…” މަންހާ ކަރުކެހިލި އަޑަށް ޔުޝްރާާ ދިޔައީ ސިއްސައިގެންނެވެ. އަލްވާން މަންހާ އާ ދިމާލަށް ދެ ލޯ ހަނިކޮށްގެން ބަލަން ހުއްޓެވެ. ” ސޮރީ ފޯ ޑިސްޓާބިން ޔޫ ގައިސް… އަސްލު ޔުޝް އަށް ކުއްޖެއް ގުޅާތީ…” މަންހާ ޔުޝްރާ އަތަށް ފޯނު ދެމުން ބުންޏެވެ. ” ހަލޯ ޒިދާން ދޮންބޭ…” ޔުޝްރާ ޒިދާން އޭ ބުނުމުން އަލްވާންގެެ ލޯ […]
ސަމާހު: “ބުނީމެއްނު ފަޒީން މަރުވިރޭ ތިމަންނަޔާ އޭނަ ދިމަލެއް ނުވެޔޭ. އެކަމަކު ދެންމެ މި ދައްކާލި ވީޑިއޯގަ އެވާގޮތް މަށަށް ކިޔާދެވިދާނެތަ؟” ނަޒީހު: “އޭނަ ފުރަތަމަ ތަޅަން ފެށީ.. އަހަރެން ހަމަ ރީތިކޮށް ވާހަކަ ދެއްކީ ދޯ؟” ސަމާހު: “ރަނގަޅޭ.. ތިނޫން ވާހަކައެއް އަހަރެން ނުބުނަން ދޯ؟ މަގޭ މިބުނަނީ އެރޭ ވީގޮތް ރަނގަޅަށް ކިޔާދޭށޭ..” ނަޒީހު: “ބަލާއެއްނު. ތި ހޯދައިގެން ތިއުޅޭ ވީޑިއޯއެއްގަ އެޔޮތީއެއްނު ވީގޮތް ފެންނަން. ދެން އިތުރަށް ކޯއްޗެއްތަ ނޭނގިގެން ތިއުޅެނީ؟” ނަޒީހު […]
” ތިކުރީ ކޮންކަހަލަ ސުވާލެއް؟ ބައްޕަ ނިހާދުދެކެ ރުޅިއަންނަންވީ ކީއްވެގެން؟ ބައްޕަ ނިހާދު ދެކެ ވަރަށް ލޯބިވޭ… ” އޯގާތެރިކަމާއި އެކީގައި ހަދީޖާ ނިހާދުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ” ނުވޭ… މަންމަ ލޫޝާދެކެ ވެސް ލޯތްބެއްނުވޭ. ބައްޕަ އާއި މަންމަ ލޯބިވަނީ ހަމައެކަނި ޔުމްނު އާއި ޔުޝްރާ ދެކެ…. މިއަދުވެސް ލޫޝާ ވެއްޓިފައި އޮތްވާ މަންމަ ޔުމްނު ގޮވައިގެން ދިޔައީ ލޫޝާ އަށް ބަލާވެސް ނުލާ…. އަހަރެން ނާއި ލޫޝާ ޔުމްނު މެންނާއި އެކީގައި ކުޅުނަސް […]
އޭގެ އަނެއްދުވަހެވެ. މުނީޝާމެން ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައިރު އާރިޝް އިނީ ކާކޮޓަރީގައި އޭނާގެ ފޯނު ހިފައިގެންނެވެ. ނައިޒަކް ދިން ރަތްކުލައިގެ ހެޑްސެޓް ކަންފަތަށް ޖަހައިގެން އިންއިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް އާރިޝް އަށް ނޭނގޭކަހަލައެވެ. ކުއްލިއަކަށް ބިންމަތީގައި ފޮއްޓެއް ބެހެއްޓި އަޑަށް މުނީޝާ އަށް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އޭރު ޝިވާން ހުރީ ކާކޮޓަރި ދޮރުމަތީގައި އާރިޝް އަށް ބަލަހައްޓައިގެންނެވެ. މުނީޝާ ޝިވާން ގާތަށް އައުމުން ޝިވާން މުނީޝާ ގައިގައި ބައްދައިލިއެވެ. “މަންމަމެން […]