ހީވާ ގޮތުން އެއީ އެކަމުގައި އަބަދުވެސް އުޅޭ މީހެކެވެ. އާރިފާ އެމީހާއަށް ކުރަން ވީ ކަންތައް ހަވާލު ކޮށްފައި ދިޔައީ ދެން ވާން އޮތްގޮތް ނޭނގޭ ހާލުއެވެ. އެމީހާއަށްވެސް އާރިފާ އެތަނުން ދިޔުމުން ނުހަނު އުފާވެލާފައި އެތަނުން ދިޔައެވެ. ****** ”އީނާޝް.. އަހަރެންނަށް ހީވަނީ ނަބާހު އެބުނީ ތެދުހެން.. އީނާޝް ފަސްއެބުރި ދިޔުމުންވެސް ހުރީ ވަރަށް ދެރަވެފަ.. އަހަރެންނަށް ފެންނަނި ނަބާހުއަށް މަޢާފު ކޮށްފަ ނަބާހުއާއި ފްރެންޑް ވާން.. އޭރުން އީނާޝްއަށް ވެސް ރަނގަޅުވާނެ..” ކައިޒީން އީނާޝްގެ […]
“ޕިސް ދެން ފައްޓަބަލަ ތިއްތިބޭ.” އާރިޝްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އުޝާ ބުންޏެވެ. އާރިޝްއަށް ހަމަބިމަށް އާދެވުނީ އެވަގުތުއެވެ. “އަމް. ތިކުދިން ކުޅެލަން ވީއެއްނު ދޯ. ތިއްތިބެގެ ފްރެންޑެއް އެބަހުރި އެކޮޅުގަ. އަންނާނަން އިނގޭ.” އާރިޝް އެކަނިވެލަން ބޭނުންވެފައިހުރިވަރުން ނައިޒަކްމެންގާތު ބަހަނާއެއް ދައްކައިލައިފައި ތަންކޮޅެއް ދުރުގައި ހުރި ހަޓެއްގެ ކައިރިއަށް ދާން ހިނގައިގަތެވެ. “އޯކޭ ދެން އަހަރުމެން ކުޅޭނީ. އެހެންވީމަ އުޝާ ފައްޓާ ދެން މީމަކުން. އޯކޭ؟” ނައިޒަކް ބުންޏެވެ. އުޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ކިޔަން […]
ސާދަވިލޭރޭގެ ހަނދު ފޫހިކަމެއް ނެތި މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައިރު އެހަނދުވަރުގެ ރީތި ރިހި އަލި ދިޔައީ މުޅި ދުނިޔެއާއި ކުޅެމުންނެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް އެކަމުގެ ޝަރަފު އަމިއްލައަށް ބަލައިގަންނަމުން ދިޔައީ އެހެން ހިތްތަކުގައި ހަސަދަވެރިކަން އުފައްދަމުންނެވެ. ބަގީޗާގައި ހެދިފައި ހުރި އެކި ކަހަލަ މާމެލާމެލީގެ ގަސްތަށް ވަޔާއިއެކު ނާނާ ކިޔަމުން ދިޔައިރު، މާމެލާމެލީގެ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން އާސިމް ހުރިއިރު ވަށައިގެންވީ މަންޒަރުގެ ރީތިކަން ހިތަށް ވާސިލްކުރެވޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހުގެ ކޮޅުންވެސް އަފްނާން […]
އީނާޝްއަށް އާރިފާމެން ތިބި ހިސާބަށް ދެވުނު އިރު އެތަނުގައި ކައިޒީން އާއި މާހިލްގެ ކައިރީގައި ހުރި މީހާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރުން ނޫން ކަމެއް އީނާޝްއަކަށް ނުކުރެވުނެވެ. އާރިފާވެސް އިނީ ހަމަ އެ ހައިރާންކަމުގައި އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ. ******* ”ކޮބާ ތޯ ކައިޒީން އަކީ؟ ޕޭޝިއެންޓް އެބަ ގޮވާ ކައިޒީން އަށް.. މިތަނުގައި މިވަގުތު ކައިޒީން ހުރިނަމަ އަޅުގަނޑާއި އެކު ދުރުވަން ވީ ނޫންތޯ…” ޑޮކްޓަރު އެހެން ބުނުމާއިއެކު ކައިޒީން ގޮސް […]
“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ. ********************** “މަގޭ ދަރި..” ޖަމިއްތައަށް ބާރަށް ބުނެވުނެވެ. އޭރު ވާތު ފައި ކުޑަކޮށް ހިއްލާލައިގެން ހުރި، ރިފާގެ ފައިން ލޭ އަންނަމުން ދިޔައެވެ. އާޔާ ދުވެފައި ރިފާގެ ކައިރިއަށް ގޮސް، އޭނާގެ ކޮނޑުގައި ހިފެއްޓިއެވެ. ރިފާގެ ދެތުންފަތް ޖައްސާ ބާރުކޮށްލެވިފައިވީގޮތުން، އޭނާއަށް ވަރަށް ތަދުވާކަން އެނގެއެވެ. މޫދުގައި އުޅުނު އެންމެންވެސް […]
“ޝައިހާގެ އޭޖް ކިހާ ވަރެއްތަ؟” ޝައިހާގެ އުނގުމަތީގައި އޮށޯވެގެން އޮވެ ފަތީން އަހާލިއެވެ. “25 ވާނެ މިއަހަރު!” ޝައިހާ މިހެން ބުނުމުން ފަތީން ފެށީ ހޭށެވެ. ދެމީހުން އުމުރުގެ ހުރި ތަފާތާއި އެކުވެސް އެކަކު އަނެކަކު ދެކެ ގަޔާވެވުނީތީ ފަތީން އޮތީ ހައިރާންވެފައެވެ. “ކީއްވެ ތިހެނީ..” ޝައިހާ އަހާލިއެވެ. “ދެން އަހަރެންނަށް އަދި 18 އަހަރު. ކިހާ ތަފާތު ދޯ އުމުރުގެ ގޮތުން؟” ފަތީން މިހެން ބުނުމާއެކު ހިނިތުންވެފައި އިން ޝައިހާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. […]
ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު އޮފީހަށް ދާން ތައްޔާރުވުމަށްޓަކައި ޒައިން ކޮޓަރިއަށްވަނެވެ. ވިލުނޫކުލައިގެ އަތްދިގު ގަމީހަކާއިއެއްކޮށް އެންމެ ޒަމާނީ ކަޅު ފަޓްލޫނުގައި ބެގީ ޖަހައިލައިގެން ހުރިއިރު ޒައިދްއާއި އެއްވެސް ތަފާތެއް ނެތެވެ. އުމުރުން އެންމެ ތިރީސް ހަތަރު އަހަރަކަސް ޒައިން ހުންނަގޮތުން ފެންނަ މީހަކަށް ހީކުރެވޭނީ ޒައިންއަކީ ވިހި ތިރީސްއަހަރުގެ ޒުވާނެއްހެނެވެ. މިއަދުވެސް ގިނަބަޔަކު ޒައިން އަކީ ތިރީސްހަތަރު އަހަރުގެ ޒުވާނެކޭ ބުނުމުން ޤަބޫލެއް ނުކުރެއެވެ. ހަމީދާއަކީ ޒައިންގެ މަންމަ ކަމަށްވެސް ގިނަބަޔަކު ޤަބޫލެއްނުކުރެއެވެ. ޙަޤީޤަތަކީވެސް އެއީއެވެ. ޒައިންއަކީ ހަމީދާގެ ދަރިއެއްނޫނެވެ. […]
މީ ‘އައިނާ’ އަށް ފަހު އަޅުގަނޑު ނެރޭނެ ދެވަނަ ވާހަކަ ސީރީޒް އެވެ. ވަރަށް އަވަހަށް އަންނަނީ! އިންތިޒާރު ކޮށްލައްވާ!! “ދަރިފުޅާ ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން އަހާލިއެވެ. “ލައްބަ މަންމާ.. މިދަނީ..” ނާރާ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލި އެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލައިފައި ޔުނީފޯރމް ރަމގަޅުތޯ ބަލާލިއެވެ. ހިތްހަމަ ޖެހޭވަރު ވުމުން ލިޔާ މޭޒުމަތީގައި އިން ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ…. _ނުނިމޭ
އެއްމެ ފަހުން އިސްރާ އަށް ބޮލަށް އުނދަގޫ ވާވަރަށް ކިޔަން ފެށީމައި އިސްރާ ހިތާ ހިތާ ކިޔާލި އެވެ. “މީނަގެ ބައްޕަ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަބަދު ކައިރީގައި ވިއްދާ ފައި… ހަމަ އަނީލްގެ މިޒާޖު… ޕިސް ޕިސް ޕިސް..” *** މިހެން ކިޔާފައި ކޭކު ބަޖިޔާ ހަދާ ނިންމާލި އިރު ތިންގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ. އައިނާ އިސްރާ ކައިރީ އަވަހަށް ތައްޔާރު ވާން ދާށޭ ބުނެލި އެވެ. އިސްރާ ތައްޔާރު ވެގެން […]