Skip to content
އެސްފިޔަ

ާއަހަރެންގެ ކުށަކީ ކޮބާ 3 ؟

އަހަރެންނަށް ހޭލެވުނު އިރު ކަމަކު ދާކަށް ނެތެވެ.ގަޑިން ފަތިހު 5 ޖަހާ ބޮޑު ވެއްޖެއެވެ.ނަސީބެ ސުކޫލު ބަންދުވިކަން އަހަރެންގެ ހިތައެރި އެވެ.ގަޑި ބޭކާރު ނުކޮށް އަވަހަށް ފާހަނާ އަށް ވަދެ ރީތިވެ ވުސޫ ކޮއްލާގެން އަވަހަށް ނަމާދަށް އެރީމެވެ.ނަމާދުކޮށް ނިމިގެން އަހަރެން ދުއާ ކުރަން އަތް އުފުލާލީމެވެ.އޭރު އަހަރެންގެ ލޮލުން ކަރުނަ ފާބަނީއެވެ.އަހަރެން އަބަދުވެސް ހިއްވަރު ކުރެވޭތޯ ބަލަމެވެ. އަހަރެންނަށް މިނޫން ދުވަހެއް ދައްކަވާތޯ ދުއާކުރީމެވެ.އަހަރެން ކަރުނަ ފުހެލާފަ ހަމަޖެހެލީމެވެ.ނަމާދު ދޮޅި ބާލައި ފަތް ޖަހާލާފަ ކަބަޑު ތެރެ އަށް ލީމެވެ.އަހަރެން އެދުގައި އިށީން ދެލީމެވެ.އަހަރެން ހަމަ ހައިރާން ވެއްޖެއެވެ.ނުވާން ވިސަބަބެއް ނެތެވެ.މިއޮއް ހުރިހާ އިރު އާސިޔާގެ ހަބަރެއް ނުވޭ ވިއްޔާއެވެ.އަޖައިބެކެވެ.ފަތިހު ހޭލާ ގޮތަ ހުރިހާ ކަމެއް ވެސް ނިމުނުތޯ ނޫނީ ނުނިމޭތޯ ބަލާނެއެވެ.އެކަމު މިއަދު…..އަނެއްކާ ކިހިނެއްބާ ވީ؟
ދޮރުގައި ޓަކި ޖަހަން ފަށާފިއެވެ.އަހަރެންނަށް އިދެވުނީ ކުރިން އިންގޮތައްށެވެ.މިފަހަރުވެސް ހަމަ މިއީ އަޖައިބެއް ކަަހަލަ ކަމެކެވެ.ދޮރުގައި އެޓަކި ޖަހަނީއެވެ.އެހެންނޫނީ ދޮރުގައި ވެއްޓޭވަރަށް ތަޅާނީއެވެ.އަހަރެން ހަމަ ހައިރާން ވެއްޖެެއެވެ.ނުވާންވި ސަބަބެއްވެސް ނެއި ކޮންމެ އަކަސް ދޮރު ހުޅުވީމެވެ.ކުރިމަތީ އެހުރީ ހެވިފަ އަހަރެން ގެ މަންމާފުޅެވެ.އަހަރެންނަށް ފާޑަކަށް ބަލަން ހުރެވުނީއެވެ.މިއަދު އަނެއްކާ އިރު އެރީ ކޮންކޮޅަކުންބާ؟އަހަރެންގެ ހިތަ އެކި އެއްޗެހި އަރާ އިބަ ފައިބައެވެ.ހުސް ކޫސަނީ އެއްޗެހި ތޯއްޗެވެ.އަހަރެން ދޮރުހުޅުވީމާ މަންމަ ބުންނެވެ.”ދަރިފުޅާ އަވަހަ އާދޭ ސައިބޯން” އެހެން ކިޔައި އާސިޔާ ކާގެ އާދިމާލަ ދިޔައެވެ.އަހަރެންގެ އަގަ ހުޅުވު ނެވެ.ލޯބޮޑުވިއެވެ.ސަހަރޯއޭ………..މިއަދު އެހުރީ މޮޔަވެފަބާ؟އަނެއްކާ މިއީ ހުވަފެނެބާ؟އަހަރެން ހަމަ މިހުރީ ވަރުގަދަ…….އައުޗު މިއީ ހުވަފެނެނޫން ދެން މިއީ ހަގީގަތެކެވެ.
އައިރާ އޭކިޔާ އާސިޔާ ގޮވައިލި އަޑަ ހޭވެރިކަން ވިއެވެ. ހަަމަ ހުރެވުނީ ކުރިން ހުރިތާ ގުޑާނުލައެވެ.އަވަސް އަރުވައިލާގެން ކާގެޔައް މިސްރާބުޖެހީމެވެ.ކިރިޔާ ނުވެއްޓުނީއެވެ.ކާގޭ ދޮރުމަޗަށް ހުއްޓެވުނެވެ.މިއަދު އެހުރީ ހުރިހާ ކަމެއްވެ ނިމިފައެވެ.އަދި އެއީވެސް މަންމަ އަތުންނެވެ.އަހަރެން މިހުންނަނީ ހަމަ ހައިރާންވެ ވާނެ އެއްޗެއްވެފައެވެ.އަނެއް ހެން ބުނާނަމަ ހޭންވެސް ނޫނީ ރޯންވެސް ނޭންގިފައެވެ.އަޅޭ މަ މަންމަ އަށްް އަނެެއްކާ މީހަކު ކަމެއް ކުރީ ނޫން ބާ؟އަވަހަށް އާދޭ މަންްމަ ހިނިތުން ވެލާފަ ބުނެލިއެވެ.މަންމަގެ ނަޒަރު ހުރީ ފަހަތު ކަމުން އަހަރެން ފަހަތަށް އެބުރެލީމެވެ.ފަހަތު ހެވިދިލެފަ ހުރި މީހެއްގެ ސަބަބުން އަހަރެންގެ އަނގަ ތަންމިނަ ހުޅުވުނެވެ. ލޮލުން ކަރުނަ ނީރާލިއެވެ.އެއީ އަހަރެންގެ ލޯބިވާ ދޮންބެ އައިދަން އެވެ.ހަތަރު އަހަރަށް ފަހު މި ފެނުނީއެވެ.ސަޕްރައިޒްއޭކިޔާ ފުޅާ ހިނިތުންވުމެގައި ހުރެ ދޮންބެ އަތް ފުޅާކޮއްލިއެވެ.އަހަރެން ބާރަކަށް ދޮންބެގައި ބައްދައިލީމެވެ.ދޮންބޭ އޭކިޔާ އަހަރެންނަ ރޮވުނެވެ.އުފަލުން ނެވެ.ޕަންޕުކިން އޭކިޔާ ދޮންބެ ވަރަށް ލޯބިން ގޮވާލިއެވެ.

ނުނިމޭ?

Comments (5)

  1. Rosycatcherr

    Sorrymi part kuruvyma kudakoh busy ehenveh nuliyevuny digukoh next part liyevunu haa avahaka upload kollaanan diguvx kureveytho balaanan insha Allah ?

    1. Rosycatcherr
      Rosycatcherr

      Mi part up nuvaathy I didn’t know that I mean konmmeh duvahaku beley mi part upload nuvaathy but eduvahah myndy upload vefa I didn’t know I dindt even see hama demmeh mifenuny sorry for that next part maadhamaa geh vagutheggah upload kollaanan?

  2. Yan

    Varah reethi Masha Allah ????????♥️??

  3. magnumm

    ?Story Salhi hama

  4. Yan

    Kobaa next part varah kiyaahithun meeny ?

Comments are closed.