Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 14

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
November 29, 2019 7 Mins Read
28 Comments

ފޯނާ ކުޅެން އިނދެފާ އޭނާ ޔަނާލްއާ ވާހަކަ ދެއްކުމުންވެސް ޔަނާލްގެ ޚަބަރެއްނުވުމުން އިކާން އިސްއުފުލާ ބަލައިލި ވަގުތު ނިދިފައި އޮތް ޔަނާލް ފެނި އިކާންއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށް އެމޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އިކާންއަށް އޭނަގެ އަތް އުފުލާލާ މަޑުމަޑުން އެއޮމާން މޫނުގައި ފިރުމާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ވެރިވި އިހުސާސާއެކު ދެވަނަ ފަހަރަށްވެސް އިކާންއަށް އެއަމަލު ތަކުރާރުކޮށްލެވުނެވެ. ޔަނާލްއަށް ކުރިމަތިވާނޭހެން އޭނަ އިށީންދެގެން އިން ގޮނޑި މަޑުމަޑުން އަނބުރާލާ އޭނަގެ ފުރިހަމަ ސަމާލުކަމެއް ޔަނާލްއަށް ހުސްކޮށްލިއެވެ. ޔަނާލްގެ މައުސޫމްކަމުން ފުރިފައިވި މޫނުގެ ރީތިކަމަށް ހިތާހިތުން އިކާންއަށް ތަޢުރީފުކުރެވެމުން ދިޔައިރު އެހިތުން ޔަނާލް ޚާއްސަ މަޤާމެއް މިލްކުކޮށްފިކަން އިކާންއަށް ރޭކާނުލައެވެ. ޔަނާލްގެ ޚިޔާލުތަކުގެ ތެރޭގައި އޭނަގެ ނަފްސު ބެހިގެން ހިނފައިދާނެހެން ހީވި ވަގުތުކޮޅަކަށްފަހު އިކާންއަށް ސިހުން ގެނުވީ އަތުގައި އޮތް ފޯނުގެ ރިންގުގެ އަޑުންނެވެ. އެހިނދު އަވަސް އަވަހަށް ފޯނުގެ ރިންގު އޮފްކޮށްލާ ފޯނަށް ޖަވާބުދެމުން ގޮނޑިން ތެދުވެ ކުޑަދޮރުތަކުގެ ކައިރީގައި އިކާން ހުއްޓިލިއެވެ. ”އިކާން… ދަރިފުޅާ… ވަރަށް ލަސްވެއްޖެއެއްނު… ޖަލްސާ ނިންމި ގެއަށް އަންނަން އުޅުނު ވަގުތު ބައްޕައަކަށް އިކާންއެއް ނުފެނުނު… ކޮންތާކު ތިއުޅެނީ ދަރިފުޅު… ” އިކާން ފޯނު ނެގުމާއެކުހެން އިވިގެން ދިޔައީ އާކިފްގެ އަޑެވެ. އެވަގުތު އިކާންއަށް ފަސްއެނބުރި ޔަނާލް އޮތް އެނދާ ދިމާލަށް ބަލައިލެވުނެވެ. ދެލޯ ހުޅުވައިގެން އޭނައަށް ބަލަހައްޓާއިގެން އޮތް ޔަނާލް ފެނި އިކާންއަށް އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ޔަނާލްގެ އަރާމު ނިދިކޮޅުވެސް އެދިޔައީ އޭނަގެ ސަބަބުންނެވެ. ” އިކާން… ދަރިފުޅާ… ބައްޕަގެ އަޑު ލިބޭތަ… ” އިކާން ބަހެއް ނުބުނުމުން ދެވަނަ ފަހަރަށްވެސް އާކިފް ވާހަކަ ދެއްކިއެވެ. އާކިފްގެ އަޑުން ހަމަހޭވެރިކަންވި އިކާން އޭނަގެ ނަޒަރު ޔަނާލްއިން ވަކިކޮށްލާ ފުރަގަސްދިނެވެ. ” ރައްޓެހި ކުއްޖަކު ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ އޮތީމަ ހޮސްޕިޓަލުގަ މިހުރީ… ދާނަން އިރުކޮޅަކުން ގެއަށް… ބައްޕަމެން ނިދިޔަސް އެންމެ ރަނގަޅު… ކާރުގަ ގޭ ތަޅުދަނޑިވެސް އޮންނާނެ… ” އިކާންގެ ޖަވާބާއެކު އެންމެ ރަނގަޅު ކަމުގައި ބުނެ އާކިފް އެކޯލު ކުރުކޮށްލިއެވެ.

” ކީކޭ އިކާން ބުނީ… ” އާކިފްގެ އެއްފަަރާތުގައި ސޯފާގައި އިށީންދެ އިން ހަފްޒާ އާކިފް ކަންފަތާ ފޯނު ދުރުކޮށްލުމާއެކު އަހާލިއެވެ. ރައްޓެހި ކުއްޖަކު އެޓްމިޓްކޮށްފަ އޮތީމަ ހޮސްޕިޓަލުގައޯ މިއުޅެނީ… ތަޅުދަނޑިވެސް އެބޭތޯ އަތުގަ… އިރުކޮޅަކުން ދާނަމޭ ބުނީ… ބައްޕަމެން ނިދިޔަސް އެންމެ ރަނގަޅޭ ބުނީ… ” ހަފްޒާއަށް ނަޒަރެއް ދެމުން އާކިފް ބުނެލިއެވެ. ” ކޮން ރައްޓެހި ކުއްޖެއް ބަލިވީބާދޯ… ” ސުވާލު އުފެދިފައި އިނދެ ހަފްޒާއަށް ބުނެލެވުނެެވެ. ” ކޮންކުއްޖެއް ކަމެއް ވަކި ނުބުނޭ… މިކާލްވެސް އުޅޭނެހެން ހީވަނީ އިކާންއާއެކު… އެހެންނޫނަސް އިކާންއަށް އަހަރެމެން އިތުބާރުކުރަމެެއްނު… ގޯސް މަގަކުން އެދަރިފުޅު ނުދާނެކަމުގެ ޔަގީންކަން އޮވެއެއްނު… އަންނާނެ މާލަހެއްނުވެ އިންޝާ ﷲ… އަހަރެމެން ނިދަން ދަމާ… ” އާކިފްގެ ވާހަކަތަކަށް އެއްބަސްވަމުން އޭނަގެ ފަހަތުން ހަފްޒާވެސް ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.

” އިކާން ގެއަށް ދާންވީނު… މަންމަމެންވެސް ދެން ލަހެއްނުވެ އައިސްފާނެ… އަހަރެން އެކަނިވެސް މިތާ އޮންނަން ކެރޭނޭ… ” އިކާން ފޯނު ބޭއްވުމަށްފަހު އައިސް ގޮނޑީގައި އިށީނުމާއެކު ޔަނާލް ބުނެލިއެވެ. ” އެކަމަކު އަހަރެން ބޭނުމެއްނޫނޭ ޔަނާލް އެކަނި މިތަނުގަ ބާއްވާފަ ދާކަށް… ” ސީރިއަސް ނަޒަރަކުން ޔަނާލްއަށް ބަލައިލާ އިކާންއަށް އެބަސްތައް ބުނެވުނީ އެއީ އޭނަގެ ހިތުގެ އަޑިން ބުނެވުނު ބަސްތަކެެއް ފަދައިންނެވެ. ސީރިއަސްކަން އެކުލެވިފައިވި އެބަސްތައް އަޑުއިވުނު ޔަނާލްއަށް އިރުކޮޅަކު އިކާންއަށް ބަލަހައްޓާއިގެން އޮވެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު އިކާން ހިނިތުންވުމެެއް ހަދިޔާކުރަމުން ދުރު ބަލައިލިއެވެ. އިކާން ހިނިތުންވެލުމުން ޔަނާލްވެސް އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. ” ތޭންކް ޔޫ އިކާން… ” ދުރު ބަލަހައްޓާއިގެން އިން އިކާންއަށް ބަލަން އޮވެ އިޚްތިޔާރުން ބޭރުގައި ޔަނާލްއަށް ބުނެވުނެވެ. ޔަނާލްގެ އަޑުއިވުމާއެކު އިކާން އަނެއްކާވެސް އޭނަގެ ނަޒަރު ޔަނާލްއަށް ބަދަލުކޮށްލިއެވެ. ”ތޭންކް ޔޫ ފޯ ހެލްޕިން މީ… އެހެން މީހަކުނަމަ އެވަގުތުގެވެސް ނާޖާއިޒް ފައިދާ ކަންނޭނގެ ނަގާނީ… އެކަމަކު އިކާާން… އިކާން އަހަރެން ހޮސްޕިޓަލާ ހަމައަށްވެސް ގެނެސްދިނީ… ވަރަށް ބޮޑަށް ތޭންކްްސް… ” ޔަނާލްގެ އޭނަގެ ހިތުގެ އެންމެ ފުން މިނުން އިކާންއަށް އެވެދިން އެހީތެރިކަމަށް ޝުކުރުއަދާކުރިއެވެ. އެވަގުތު އިކާން ހިނިތުންވުމަކާއެކު ޔަނާލްގެ މަޤާމުގައި އެހެން މީހަކު ހުރިނަމަވެސް އޭނާ ކަންތައް ކުރާނީ އެހެން ކަމުގައި ބުންޏެވެ. އަދި އޭނައަކީ އެއްވެސް ހާލެއްގައި މީހެއްގެ ފަރާތުން ނާޖާއިޒް ފައިދާއެއް ނަގާނެ މީހެެއްނޫން ކަމުގައި ބުނެލިއެވެ. ބަދަލުގައި ޔަނާލްވެސް އިކާންއަށް ހިނިތުންވެލިއެވެ.

ދެމީހުންގެ ދެމެދުގައި މަދުމަދުން ވާހަކަ ދެކެވެމުން ދިޔައެވެ. މާގިނައިރެެއްނުވަނީސް ޔުސްރާއާއެކު ޔަލްވީ އާއި މިކާލް އައިސް ވަނެވެ. ގެނައި އެއްޗެހި އެއްފަރާތުގައި ހުރި ކުޑަ މޭޒުގައި ބެހެއްޓުމަށްފަހު ޔުސްރާ އިކާން އާއި މިކާލްއަށް ކުރިމަތިލިއެވެ. ” އިކާން… މިކާލް… ވަރަށް ބޮޑަށް ޝުކުރިއްޔާ ދެކުދިންނަށްވެސް… ޔަނާލް ސަލާމަތްކަމާއެކު މިހިސާބަށް ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން… ” ޝުކުުރުން ފުރިގެންވީ ބެލުމާއެކު ދެމީހުނަށް ބަލައިލަމުން ޔުސްރާ ބުނުމާއެކު އިކާން އާއި މިކާލް ހިނިތުންވެލިއެވެ. ”ދެން ދޭ ދެކުދިން ގެއަށް… ވަރަށް ލަސްވެެސް ވެއްޖެއެއްނު ދޯ… ” ޔުސްރާާގެ ވާހަކައަށް ބޯ ޖަހާލަމުން އިކާން ގޮނޑިން ތެދުވިއެވެ. ” ޓޭކް ކެއަރ… ” ދިއުމުގެ ކުރިން ޔަނާލްއަށް އެއްފަހަރު ބަލައިލާ އެހެން ބުނުމަށްފަހު ޔުސްރާ އާއި ޔަލްވީއަށް ހިނިތުންވެލަމުން މިކާލްގެ ފަހަތުން އިކާން ނުކުތެވެ.

އިކާން ގެއަށް ގޮސް ވަންއިރު ސިޓިންރޫމުގައި ވަނީ ފަނޑު އަލިކަމެކެވެ. ގޭތެރޭގައިވި ހަމަހިމޭންކަމުން އެންމެންވެސް ނިދަން ވަނީކަން އެނގުނެވެ. މަޑު ފިޔަވަޅުތަކެެއްގައި ސިޑީގެ ހަރުފަތްތަތައް ގިރާކުރުމަށްފަހު އިކާން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ކޯޓު ގަޔާ ވަކިކޮށްލާ ސޯފާމަތީގައި ބޭއްވުމަށްފަހު ކަރުގައި އަޅާފައިވި ޓައި މަޑުމަޑުން ނައްޓާލިއެވެ. ހަށިގަނޑަށް ވެރިވެފައިވި ލޮނޑުކަމާއެކު އިކާން ބޭނުންވީ ފެންވަރާ ލައިގެން އައިސް ނިދާށެވެ. ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެ ލޯ މަރާލުމާއެކު ފުރަތަމަވެސް ސިފަވެގެން ދިޔައީ ޔަނާލްގެ ހިތްގައިމު ސޫރައެވެ. އެއާއެކު އިޚްތިޔާރުން ބޭރުގައި މިފަހަރުވެސް އިކާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މިފަހަރު އިކާން އެޚިޔާލުތަކުން ދުރުވާކަށްވެސް މަސައްކަތެެއް ނުކުރިއެވެ. އެޚިޔާލުތަކަށް އޭނަގެ ސިކުނޑި ހުޅުވާލައިގެން އޮވެ ނިދި ސަވާރުވިއިރުވެސް އިކާންއަށް ނޭނގުނެވެ.

އައިވީ ފުޅި ހުސްވުމާއެކު ޑޮކްޓަރު ޔަނާލް ބަލާ ޗެކްކުރުމަށްފަހު ގެއަށް ދިއުމުގެ ހުއްދަ ދިނެވެ. ގެއަށް އައިސް ވެފައިވި ވަރުބަލިކަމާއެކު ތިން މީހުންވެސް އަވަސްވެގަތީ ނިދާލުމަށެވެ. ޔަނާލްއަށް ކަމެެއް ބޭނުންވެދާނެތީ މިރޭ ޔަލްވީވެސް ގަސްތުކުރީ ޔަނާލްގެ ކޮޓަރީގައި ނިދުމަށެވެ. ދެމީހުންވެސް ތާޒާވެލާ ނިދަން ތައްޔާރުވެގެން އެނދުގައި އޮށޯތެވެ. ” ދިމް ގުޅި… އުޅުން ހޮސްޕިޓަލަށް އަންނަން… އެކަމަކު އަހަރެން ބުނީ ދެން އަންނާނެ ކަމެެއްނެތޭ… ޖަލްސާވެސް ފަހުން ދިމް ހޭންޑަލްކުރަން ޖެހުނީމަ ވަރަށް ވަރުބަލިވެފައެއްނޫންހޭ ހުންނާނީ… އަނެއްކާ ކުރިއަށް އޮތް ތިން ދުވަހުވެސް ނާލްއަކަށް އޮފީހަކަށް ނުދެވޭނެ… އޭރުންވެސް ބޮޑަށް ދިމް ބިޒީވާނޭ… މިރޭ ދެން ގެއަށް ގޮސް ނިދާލާފަ މާދަމާ ފްރީ އިރަކުން ނާލް ކައިރިއަށް އަންނާށޭ…” ޔަލްވީ އޭނަ އާއި ދިމްނާ އާދެމެދު ދެކެވުނު ވާހަކަތައް ހިއްސާކުރިއެވެ. ތިން ދުވަސް ވަންދެން ގޭގައި އޮންނަންޖެހޭކަން ހިތަށް އެރި ޔަނާލްއަށް އަނގައަށް ގޮތެއް ހަދާލެވުނެވެ. ” ތިން ދުވަސް ނުވިޔަސް ރަނގަޅިއްޔާ އޮފީހަށް ދިޔަޔަސް އެއީ މައްސަލައެއް ނޫނެެއްނު… ” މަންމަ އާއި ދޮންތަވެސް އޭނަގެ އެނިންމުމަށް ދެކޮޅު ހަދާނެކަން އިނގިހުރެވެސް ޔަނާލްއަށް ބުނެވުނެވެ. ” ޑޮކްޓަރު ބުންޏެއްނު ތިން ދުވަސް މަސައްކަތާ ދުރުވެލާ ރެސްޓްކޮށްލާށޭ… ޔޫ ނީޑް ރެސްޓް ނާލް… ތިން ދުވަސް ފަހުން އޮފީހަށް ދެވޭނީ… ” ޔަލްވީ ކުޑަކޮށް ހަރުކަށި ރާގެއްގައި ބުނެލިއެވެ. އެކަމާ އިތުރަށް ވާހަކަ ދެއްކުމުގެ ބޭނުމެެއްނެތްކަން އިނގުމުން އެއްޗެކޭ ނުބުންޏެވެ.

” ބައިދަވޭ… ދޮންތައަށް ވަރަށް ހީވޭ ނާލްއާ އިކާންއާދެމެދު ކޮންމެވެސް ކަނެކްޝަނެއް އޮންނަހެން… ސީމްސް ސަންތިން އީޒް ގޮއިން ބިޓްވީން ބޯތް އޮފް ޔޫ… ” ލާނެއް ހިނިތުންވުމަކާއެކު ޔަލްވީ އެހެން ބުނެލުމާއެކު ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޔަނާލް ވަގުތުން ޔަލްވީއަށް ބަލައިލާ ދެލޯ އަޅާލިއެވެ. ”ނާލް ރުޅިއަޔަކަސް ބުނެވޭނެދޯ… ނާލް ވިސްނާލަބަލަ… ނާލްއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ފަހަރަކުވެސް އެންމެން ކައިރީގަ މިހާރު އިކާން ހުރެދޭ… ޑެސްޓިނީގެ ޕްލޭންއެއް އަހަރެމެން އިންސާނުންނަކަށް ނޭނގޭނެ… އެކަމަކު ކަންތައްތައް ވާގޮތުން އެމީހަކަށް ލަފާކޮށްލެވޭ ގޮތް ހާމަކުރެވިދާނެތާ… ނާލްއަކަށް އިކާން ގާތުގައި ހުންނައިރު ތަފާތު އިހުސާސެއްނުކުރެވޭތަ… އިކާންގެ ދެލޮލުން ތަފާތުކަމެއް ފާހަގައެއްނުކުރެވޭތަ… ” ޔަލްވީގެ ވާހަަކަތަކާމެދު ހިނދުކޮޅަކު ވިސްނާލަން އޮތުމަށްފަހު ޔަނާލް ފުން ނޭވައެއް ދޫކޮށްލިއެވެ. ” އައިމް ރަޔަޑް… ނިދާލަން ބޭނުންވަނީ… އެންޑް ދޮންތަ ތިބުނި ކަހަލަ އެއްވެސް ކަނެކްޝަނެެއް އަހަރެމެން ދެމީހުންގެ ދެމެދަކު ނުވޭ… އެފަދަ ކަމަކާ ވިސްނާކަށްވެސް އަހަރެން ބޭނުމެެއްނޫން… ” ޔަނާލް މިހެން ބުނެ އަނެެއް ފަރާތަށް އެނބުރި ދެލޯ މަރާލިއެވެ. ” އޯކޭ… މިހާރު ވިސްނަން ބޭނުންނުވިޔަސް ފަހުން އަދި ވިސްނޭނެ އިނގޭ… ހެހެހެ… ގުޑް ނައިޓް… ” ލުއި ހުނުމަކާއެކު އެހެން ބުނެ ޔަލްވީވެސް ނިދުމަށް އަވަސްވެގަތެވެ.

ހެނދުނު ދުވެ ނިންމާލާފާ ގެއަށް އައިސް ވަން ވިޝާލްގެ މޫނު މަތީގައި ވަނީ ވަރުބަލިކަމެވެ. މުތީތަކެއް ފަދައިން ދާތިކިތައް ވިދާ ބަބުޅަމުން ދިޔައިރުވެސް އެފިރިހެންވަންތަ މޫނުގެ ރީތިކަން ފަނޑުކޮށެއްނުލައެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހު ކޮޓަރީގެ ދޮރު މަތީގައި ހުއްޓި ޖީބުން ނެގި ތަޅުދަނޑިފަތިން ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ކޮޓަރީގެ ތެރެއަށް ވަން ވިޝާލްގެ ނަޒަރު އެންމެ ފުރަތަމަވެސް ދަތުރުކޮށްލީ އެނދުގައި އަރާމުކޮށް ނިދާފައި އޮތް ރިއާޝާ އާއި ރާޔާއަށެވެ. އެވަގުތު އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅަކު ވިޝާލް އެދެމައިންނަށް ބަލަން ހުރުމަށްފަހު ފެންވަރާލުމަށް ފާޚާނާއަށްވަނެވެ. ފެންވަރައިގެން ނުކުންއިރު އެމޫނު މަތީގައިވަނީ ތާޒާކަމެވެ. ހަމައެކަނި ހުދު ކުލައިގެ ތުވާއްޔެެއް އަނދެފާ ހުރުމުން ކަސްރަތީ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ހާމައަށެވެ. ވިޝާލް ލާނެ އެއްޗެއް ނެގުމަށް އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ އެތެރެއަށް ހިނދުކޮޅަކު ވިޝާލްއަށް ބަލަހައްޓާއިގެން ހުރެވުނެވެ. ފުން ނޭވައެއް ދޫކޮށްލާ މާޔޫސީ ނަޒަރަކުން އޭނާ ނިދާފައި އޮތް ރިއާޝާއަށް ބަލައިލިއެވެ.

އަލަމާރީގައި އިސްތިރިކޮށްފާ ހުރި އޭނަގެ އެންމެ އޮފީސް އަންނައުނެއްވެސް ނެތެވެ. އަލަމާރިން ކަޅު ކުލައިގެ ފަޓުލޫނަކާއި މަޑު ފެހި ކުލައިގެ އަތްދިގު ގަމީހެެެއް ނަގައިގެން އިސްތިރިކުރާ މޭޒު ކައިރިއަށް ޖެހިލިއެވެ. އިސްތިރިކޮށް ނިންމާލުމަށްފަހު އަވަހަށް އޮފީހަށް ދިއުމަށް ތައްޔާރުވިއެވެ. ކޮޓަރިން ނުކުންނަން އުޅެފައިވެސް އޭނަގެ މިސްރާބު އެނދާއި ދިމާލަށް ބެހެއްޓިއެވެ. ނިދާފާ އޮތް ރާޔާގެ ބޮލުގައި މަޑުމަޑުން ފިރުމާލާ ނިތުގައި ބޮސްދިނުމަށްފަހު ރިއާޝާގެ ގައިމަތީގައި އަޅާފައިވި ބްލޭންކެޓް ރަނގަޅުކޮށްލަދިނެވެ. އެއަށްފަހު އޭނަގެ ލެޕްޓޮޕް ދަބަހާއި ފޯނު ހިފައިގެން ކޮޓަރިން ނުކުތެވެ.

ކެބިންގެ ކުޑަދޮރުތަކަށް ކުރިމަތިލައިގެން ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލައިގެން ވިޝާލް ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ވިސްނުމަަށް ގެެއްލިފާ ހުރިވަރުން އޭނައަށް ޔަލްވީ ކެބިންއަށް ވަންކަންވެސް ނޭނގުނެވެ. ކޮފީ ތައްޔާރުކޮށްގެން އައި ޔަލްވީ ދެފަހަރަކު ގޮވާލުމުންވެސް ވިޝާލްއަކަށް އަޑެއް ނީވުނެވެ. ” ސަރ… ” ތަންކޮޅެއް ބާރަށް ޔަލްވީ ގޮވާލުމާއެކު ސިހިފާ ކަހަލަ ގޮތަކަށް ވިޝާލް ފަސްއެނބުރި ބަލައިލިއެވެ. ކަންބޮޑުވުން އެކުލެވިފައިވި އެދެލޯ ފެނި ޔަލްވީގެ ހިތަށް އަސަރުކުރުވިއެވެ. ”ސަރ… އަރ ޔޫ އޯކޭ… ” ހިތަށް އުނދަގުލެއްވެގެންދިޔަ ފަދަ އިހުސާސެއް ކުރެވުމުން ޔަލްވީއަށް ސުވާލުނުކޮށެއް ނުހުރެވުނެެވެ. ވިޝާލް ހަމައަކަށް އެޅިލަމުން އަތުގައި ހުރި ޓްރޭ ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި ބެހެއްޓުމަށް ޔަލްވީއަށް އިޝާރާތްކުރިއެވެ. ވިޝާލް އައިސް ސޯފާގައި އިށީނުމާއެކު ޔަލްވީ ކޮފީ ޖޯޑު ނަގައި ވިޝާލްއަށް ދިއްކޮށްލިއެވެ. ކޮފީ ޖޯޑުގައި ހިފަން އުޅުނު ވިޝާލްގެ އަތް އޭނަގެ އަތުގައި ބީހުމާއެކު ސިހިފާ ކަހަލަ ގޮތަކަށް ޔަލްވީއަށް އޭނަގެ ބޮޑު ދެލޮލޮން ވިޝާލްގެ ތޫނު ދެލޮލަށް ބަލައިލެވުނެވެ. ވިޝާލްގެ އަތުގެ ބީހުމުގެ އިހުސާސްކުރެވުނު ހިނދު ޔަލްވީއަށް ހީވީ ކަރަންޓު ޝޮކެއް އޭނަގެ ހަށިގަނޑުގެ ތެރޭގައި ދައުރުކޮށްލިހެންނެވެ. މޭގެ ތެރޭގައިވި ހިތުގެ ވިންދު އަވަސްވެގެން ދިޔައިރު އެއަޑު ވިޝާލްއަށް ނީވެދާނެކަމާމެދު އޭނައަށް ޝައްކެވެ. ދަމާ ބާރެއް ފަދައިން ވިޝާލްގެ ތޫނު ދެލޮލުގެ ތެރެއަށް ގެއްލިދާނެހެން ހީވި ވަގުތުކޮޅަކަށްފަހު ޔަލްވީ އަވަސް އަވަހަށް މަޢާފަށް އެދެމުން އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ. އަދި ސިކުންތަކުވެސް މަޑުކުރުމެއްނެތި ޓްރޭ ހިފައިގެން ކެބިންއިން ނުކުތެވެ. ޔަލްވީގެ ހަރަކާތްތައް ހުރިގޮތުން ވިޝާލްގެ ގާތަށް ހިނިއައެވެ. އޭނަގެ ސިކުނޑިއަކަށް ޔަލްވީއަށް އެފަދަ ބަދަލެެއް ގެނުވި ސަބަބެއް ނުވިސްނުނެވެ. ޔަލްވީގެ ހަރަކާތްތައް ހުންނަ ގޮތުން ގިނަ ފަހަރު ވިޝާލް ހުންނަންޖެހެނީ ވާނުވާގައެވެ. ޔަލްވީގެ އާދަތައް ހުންނަ ގޮތް އޭނައަށް ނުހަނު ކަމުދެއެވެ. ހަވާލުކުރާ ކޮންމެ ކަމެެއްވެސް ވީއެންމެ އަވަހަކަށް ފުރިހަމަކަމާއެކު ނިންމާލާ ގޮތުން އޭނަގެ ހިތުން ޔަލްވީއަށް ޚާއްސަކަމެއް ދެވުނެވެ. އެހެނަސް އެއީ އެކުގައި މަސައްކަތްކުރަން އުޅޭ ސްޓާފެއްގެ ގޮތުންނެވެ. އިތުބާރުކުރެވޭފަދަ އެކުވެރިއެެއްގެ ގޮތުންނެވެ. ވިޝާލް ހިނިތުންވުމަކާއެކު ދެފަރާތްތައް ބޯ ހޫރުވާލުމަށްފަހު ކޮފީ ބުއިމައިގެން ކުރިއަށް ދިޔައެވެ. ޔަލްވީގެ އަތުން ތައްޔާރުކުރެވިފައިިވި ކޮފީގެ މީރު ރަހައާއެކު ސިކުނޑިއަށް ލިބުނު ހަމަޖެހުމުގައި ވިޝާލް ދެލޯ މަރާލިއެވެ. މަޑުމައިތިރިކަމާއެކު އިނދެ ކޮފީ ބޮމުން ދިޔައިރު އެކަމާ އޭނަ ނުހަނު ގަޔާވެފާ އިންކަން ބަލައިލި މީހަކަށްވެސް އެނގޭނެއެވެ. ކޮފީއަކީ ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން އޭނައަށް ކޮންމެ ދުވަހަކުވެސް ލިބެންޖެހޭ އެއްޗެކެވެ. ދުވަހުގެ މަސައްކަތަކައިގެން ކުރިއަށް ދަނީ އެއަށްފަހުގައެވެ.

މެންދުރުގެ ހޫނު އަވިން ދުނިޔެ ފިއްސަމުންދިޔަ ވަގުތެެވެ. އިރު އޭގެ މަޤާމުގައި އިނދެ އޭގެ އަލިކަމާއެކު ހޫނުކަން ދުނިޔެއަށް ފަތުރަމުން ދިޔައިރު އެހޫނުކަން ކުޑަކޮށްދެމުން ދިޔައީ ޖެހެމުންދިޔަ ވައިރޯޅިތަކުންނެވެ. އިހުސާސްކުރެވެމުންދިޔަ ވަރުބަލިކަމާއިއެކު ގޭގެ އެއްފަރާތުގައިވި ފޭރުގަސް ދޮށުގައި ހުރި ޖޯލިފަތީގައި ޔަނާލް އޮށޯވެލައިގެން އޮތްއިރު އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރޭގެ ޚިޔާލުތަކެވެ. ރޭގަ ޔަލްވީ ދެއްކި ވާހަކަތަކަށްފަހު އޭނަގެ ސިކުނޑީގައި އެޚިޔާލުތައް ވަކިހިއްޕާލާފައިވަނީ ފަސޭހައިން އެޚިޔާލުތައް ސިކުނޑިން ފޮހެވޭނޭފަދަ ގޮތަކަށް ނޫނެވެ. ހިނދުހިނދުކޮޅުން ރޭގެ މަންޒަރުތައް އޭނަގެ ލޯ ކުރިމަތީގައި ސިފަވެގެންދެއެވެ. އިކާންގެ ދެލޮލުން އޭނައަށްޓަކައި ފެނުނު ކަންބޮޑުވުމުން އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ. އިކާންގެ ފަރާތުން އެއިހުސާސްކުރެވުނު ގާތްކަމާއި އޯގާތެރިކަމަށް އޭނަގެ ހިތްއެދެން ފެށިއެވެ. އެވަގުުތުކޮޅުތައް އެނބުރި އައުމަށް އޭނަގެ ހިތް ގޮވަން ފެށިއެވެ. އަދިވެސް އެއްފަހަރު އެގާތްކަމާއި އޯގާތެރިކަން އިހުސާސްކޮށްލަން ބޭނުންވެއެވެ.

” ނާލް… ދަރިފުޅާ ކޮން ޚިޔާލެއްގަތަ… ” ޔަނާލްއަށް ގޮވާގޮވާ ބަލައިވެސްނުލުުމުން ޖެހިގެން އިން ޖޯލީގައި އިށީންދެ ޔަނާލްގެ ބޮލުގައި ފިރުމާލަމުން ޔުސްރާ އަހާލުމާއެކު ސިހިފާ ކަހަލަ ގޮތަކަށް ޔަނާލް ތެދުވިއެވެ. ” މަންމަ… އެެއްޗެކޭ ބުނިންތަ… ” ހަމަހޭވެރިކަން ލިބުނު ޔަނާލް ޔުސްރާއަށް ބަލައިލާ ބުނެލިއެވެ. އެވަގުތު އޭނަގެ ލޮލުގައި ޔުސްރާގެ އަތުގައި އިން ބިއްލޫރި ވަށް ތަށި އަޅާއިގަތެވެ. ތަފާތު އެކި ވައްތަރުގެ މޭވާ ކޮށާފައި ހުރި އެމޭވާތަށި ފެނި ޔަނާލް އޭނަގެ އަނގައަށް ގޮތެެއް ހަދާލަމުން ޔުސްރާއަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ” މަންމައަށް އިނގޭ ނާލް ކުރިންވެސް ތިހެން ހަދާނެކަން… އެކަމަކުވެސް ހެޔޮ… މިތަށި ހުސްކުރަންޖެހޭނެ… ގިނައިން މިކަހަލަ އެއްޗެހި ކޭމަ ރަނގަޅުވާނީ އަވަހަށް… ” ޔަނާލްގެ އަތަށް ތަށި ލައިދެމުން ޔުސްރާ އެހެން ބުނުމާއެކު އިތުރު ގޮތެއް ނެތްފަދައިން ޔަނާލް ކާން ފެށިއެވެ. ތަށިތެރޭގައި އޮތް އުލުން ފަހަރަކު އެތިކޮޅެއް އަނގައަށް ލައި ކަމުން ދިޔައިރު ޔަނާލްގެ ނަޒަރުވީ އެއްދިމާލަކަށް ހުއްޓިފައެވެ. އޭރުވެސް އިކާންގެ ޚިޔާލުތައް އޭނަގެ ސިކުނޑީގައި ތޮއްޖެހިފާވެއެވެ. ޔަނާލް އެއްދިމާލަކަށް ބަލަހައްޓާއިގެން އިނދެ ކަމުންދިޔަ ގޮތުން ކޮންމެވެސް ކަމަކާ ވިސްނަނީކަން ޔުސްރާއަށް އެނގުނެވެ. އެހިނދު އޭނާ ފުން ނޭވައެއް ދޫކޮށްލަމުން ޔަނާލްގެ ބޮލުގައި ފިރުމާލާ ވާހަކަ ދެއްކިއެވެ. ” ނާލް… ކޮންކަމަކާތަ ތިވިސްނަނީ… އެއްވެސް ކަމެއް މަންމައާ ހިއްސާކުރަން ބޭނުންނަމަ ފަސްނުޖެހެއްޗޭ އިނގޭ… ނާލް ބޭނުން ކޮންމެ ކަމެއްވެސް މަންމައާ ހިއްސާކުރެވޭނެ… ” ޔަނާލް ބޯ ޖަހާލަމުން އޭނަގެ މަންމައަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ”އިކާން ހާދަ ރަނގަޅޭދޯ… ނަސީބެއްނު އިކާންއަށް ނާލް ފެނުނުކަން… ކޮންމެ ކޮންމެ މީހަކު އިކާން ކަންތައްކޮށްދިންހެން ކަންތަކެެއްނުކޮށްދޭނެ… ” އިކާންގެ މަތިން ހަނދާންކޮށްލަމުން ޔުސްރާ އެހެން ބުނުމާއެކު ޔަނާލް ވަގުތުން ކޮށިއެރިއެވެ. އިކާންއާމެދު ވިސްނެމުން ދަނިކޮށް މަންމަގެ ދުލުން އިކާންއާ ގުޅޭ ބަސްތަކެއް އިވުމުން ވާނީވެސް އެހެންތާއެވެ. ” ނާލް… ނާލް… ކިހިނެއްތަ ތިހެދީ… މަންމަ އަންނާނަން ފެން ފޮދެއް ހިފައިގެން… ” ޔަނާލްގެ ބުރަކަށީގައި ދެފަހަރަކު ފިރުމާލުމުންވެސް ރަނގަޅުނުވުމުން ޔުސްރާ ފެން ތައްޓެއް ބަލައި ދިއުމަށް އަވަސްވެގަތެވެ. ފެން ފޮދެއް ބޯލުމުން ޔަނާލްގެ ކެއްސުން ރަނގަޅުވިއެވެ. ” އިކާންގެ ވާހަކަ ދެއްކީމަ ކުއްލިއަކަށް ނާލްއަށް ކިހިނެއްތަ ތިވީ… ” ޔުސްރާ ތަފާތު ނަޒަރަކުން ޔަނާލްއަށް ބަލަހައްޓައިގެން ހުރެ އެހެން ބުނުމާއެކު ޔަނާލްގެ ދެލޯ ބޮޑުވިއެވެ. ” ނޫން… އެހެންވެއެއްނޫން… މަންމާ… ދެން ނުކެވޭނެ… އަރާމުކޮށްލަން ބޭނުންވަނީ… ” މަންމަގެ ވާހަކަތައް ހުރި ގޮތުން ޔަނާލް ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ގޭތެރެއަށް ގޮސް ވަން ޔަނާލް ފެނި ޔުސްރާގެ ތުންފަތުގައި ކުޅެލީ މާނަފުން ހިނިތުންވުމެކެެވެ. ޔަނާލްގެ އުޅުމުން އޭނައަށް ކޮންމެވެސް ކަމެއް ދޭހަކޮށްދީފިއެވެ.

ރިންގުވަމުންދިޔަ ފޯނަށް ބަލައިލުމަށްފަހު މަސައްކަތް މެދުކަނޑާލާފާ ވިޝާލް ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ބުނެލި ވާހަކަތަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން މިދަނީއޭ ބުނެ އަވަސް ފިޔަވަޅުތަކެއްގައި ވިޝާލް ކެބިންއިން ނުކުތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހިތްހަލާކު 3

Next

ވެވުނީ ލޯތްބޭ ޔާރު ހުވާ- 1

Next
November 29, 2019

ވެވުނީ ލޯތްބޭ ޔާރު ހުވާ- 1

Previews
November 29, 2019

ހިތްހަލާކު 3

28 Comments!

  1. ifoo says:
    November 29, 2019 at 10:12 pm

    Salaam dear readers ❤️❤️❤️?????… Here is the 14th part of Loabivan yaaraaey ❤️❤️❤️… Hope all will like this part too n feel free to comment your views ???… N I have changed the cover pic also… I would like to know which cover pic you guys like most ???… So knme kuhjakuvx bunelahchey reethi cover eh… Previous one or this one??? Next part In Sha Allah Tuesday night ga… Sorry for the delay… Thankyou soooooo much dear for the support n love ❤️❤️❤️??????… Good night all ❤️❤️❤️??????…

  2. Imkko says:
    November 29, 2019 at 10:27 pm

    V reethi…. maasha allah …. keep it up…. curiously waiting for the next part ❤❤

    1. ifoo says:
      November 30, 2019 at 9:27 am

      Imko ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????… Next part In Sha Allah Tuesday night ga ???… Keep waiting dear ???…

  3. Imkko says:
    November 29, 2019 at 10:28 pm

    N v reethi cover pic ves

    1. ifoo says:
      November 30, 2019 at 12:07 pm

      Thankyou soooooo much dear ❤️❤️❤️??????…

  4. Dhonthy says:
    November 29, 2019 at 10:48 pm

    Wow sis. Mi cover pic enme reethee. Dr Sid Kuhoo and Kunaal. Dhn thibi kudhinneiy neynge. hehhehe. sis v balan dhw star plus, colors tv. dhw sis. Dhonthives v balan e echchehi. And sis do you know who I am? I am Dhonthee. Kurin sis ge vaahaka au comment kureemennu v ginain. Dhw. 🙂 🙂 🙂 Love you sis <3 <3 <3 <3 <3 <3 <3

    1. Anonymous says:
      November 30, 2019 at 11:17 am

      lol dhen maa sis aa dhonthi vefa

    2. ifoo says:
      November 30, 2019 at 12:09 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️??????… Yes of course I know ???… V v v ufaavehje story kamudhiyaima ???… Yeah… Knmes varakah beley mihen ulhey iru… Heheh… Hope to see ur comment more often n much more loves ❤️❤️❤️??????…

  5. ®@@ñ! says:
    November 29, 2019 at 10:53 pm

    Kuree ethi reethi mi ah vure….. Anyway mi part vx varah reethi….. Varah dhigu inthizaarakah fahu kiyaalan libuneema varah ufaa vejjeh…..

    1. ifoo says:
      November 30, 2019 at 12:10 pm

      Thankyou soooooo much dear ❤️❤️❤️??????… V v v ufaavehje comment kohleema ???… Much loves ❤️❤️❤️??????…

  6. Maiii says:
    November 29, 2019 at 11:07 pm

    ???Wow❤❤❤ varah reethi mi part vx??? cover pic vx v v v reethi??? waiting for next part???

    1. ifoo says:
      November 30, 2019 at 12:11 pm

      Maii ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????… V v v ufaavehje comment kohleema ???… Much loves ❤️❤️❤️??????…

  7. Anonymous says:
    November 29, 2019 at 11:12 pm

    Before cover pic

    1. ifoo says:
      November 30, 2019 at 12:12 pm

      Thankyou anonymous ???…

  8. Kylie says:
    November 29, 2019 at 11:41 pm

    Maasha allah V reethi mi part vx……… Waiting fr nxt……. LYSM ifoo sis……. nd good night……..

    1. ifoo says:
      November 30, 2019 at 12:11 pm

      Kylie ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????… It means a lot for me ???… V v v ufaavehje comment kohleema ???… Much loves ❤️❤️❤️??????…

  9. Psycho lover says:
    November 30, 2019 at 2:28 pm

    awwwnnn… thank u so much ifoo ❤ hiyeh vx nukuran ehn bunyas badhalu kuraane kamakah… ? vhk vrh salhi hama… masha allah… ???

    1. ifoo says:
      December 1, 2019 at 7:35 pm

      Heheheh ???… Ur most welcome dear ❤️❤️❤️?????? n thankyou soooooo much ❤️❤️❤️??????… V v v ufaavehje cover pic reethi v ma ???… Hope to see ur comment more often dear ???… Much loves ❤️❤️❤️??????…

  10. Muslim says:
    November 30, 2019 at 5:26 pm

    Very nice….❤️❤️❤️❤️ Mi cover emme reeethi…. Waiting for next part….???. Lysm

    1. ifoo says:
      December 1, 2019 at 7:36 pm

      Awwwwnn ❤️❤️❤️???… thankyou soooooo much ❤️❤️❤️??????… V v v ufaavehje ???… Much loves ❤️❤️❤️??????…

  11. Yanaa says:
    December 1, 2019 at 7:31 am

    Cover pic varah reethi…❤️❤️❤️❤️❤️❤️❤️
    Mi❤️❤️ part ❤️❤️varah ❤️❤️varah❤️❤️ reethi❤️❤️ maa sha Allah.❤️❤️❤️❤️❤️ curiously❤️❤️ waiting❤️❤️ for❤️❤️ the ❤️next ❤️❤️part…❤️❤️❤️❤️

    1. ifoo says:
      December 1, 2019 at 7:37 pm

      Awwwwnn ❤️❤️❤️???… Yanaa ❤️❤️❤️.. I just love your colourful Comments ❤️❤️❤️???… thankyou soooooo much for the support
      ❤️❤️❤️??????… V v v ufaavehje ???… Much more loves from me dear ❤️❤️❤️??????…

  12. MariyamSaula says:
    December 3, 2019 at 11:22 pm

    Whn next…

  13. MariyamSaula says:
    December 4, 2019 at 1:42 pm

    Whn nxt

  14. Mac says:
    December 7, 2019 at 11:54 pm

    When next part update

  15. Anonymous says:
    December 8, 2019 at 4:57 pm

    Curiously waiting…. Whn nxt

  16. Axee ? says:
    December 10, 2019 at 11:01 am

    Haadha Lahey up vaaleh waiting

  17. ? says:
    December 10, 2019 at 4:49 pm

    When’s next part?

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 15←


All Right Reserved!