މިއީ “ކާމިޔާބު” ވާހަކަ ސިލްސިލާ އަށްފަހު އަޅުގަނޑު ލިޔާނެ ތިންވަނަ ވާހަކަ ސިލްސިލާ އެވެ. މިއީ އެއްވެސް އިރަކު ހިނގި، އަދި ހިނގައި ފާނެކަމަށް ލަފާކޮށް ލިޔެފައިނުވާ، އަޅުގަނޑުގެ ޚިޔާލަށް ލިޔެފައިވާ، މުޅިން ޚިޔާލީ ވާހަކަ އެކެވެ. “އައިނާ” ވާހަކަ ސިލްސިލާ އަދި “ކާމިޔާބު” ވާހަކަ ސިލްސިލާ އަށް ވުރެ ބޮޑު ތަރުޙީބެއް “އަހަރެންގެ ވާހަކަ” ވާހަކަ، ސިލްސިލާ އަށް ލިބުމަކީ އަޅުގަނޑުގެ އުއްމީދެކެވެ. މިވާހަކަ އަކީ ނޭވާ ހިފަހައްޓާލަންޖެހޭ އެތަށް ޙާދިސާއަކާއެކު ކިޔުންތެރިންނަ ކިޔާހިތްވާނެ ވާހަކައަކަށް […]
ރިޔާ ފޯނު ނެގުމާ އެކު ރިޔާ ކައިރީގައި ހަވީރުން އައިސްކްރީމް ބޯންދާންވީނޫންތޯ އަހާލި އެވެ. އަދި ދާނީ ޔައިން އާ މާޝާ އާއި ރިޔާ އާއި ރިޔާ ގެ ކޮށްކޮ ރާޔާ ކަމަށް ބުނެލިއެވެ. ރިޔާ ވެސް އެކަމަށް ވަރަށް ފޯރިޔާ އެކު އެއްބަސްވެ ހަވީރު 4 ގަޑި 30 ހަށް ގަޑި ކިޔާފަ އެކަން ރާވާލިއެވެ. ****************** އަރާމު ނިދީގެ ފުންކަނޑެއްގަ ފީނަމުން ދިޔަ ދަހުލާން އަށް ހޭވެރިކަމެއްވީ އޭނާގެ ފޯނުގެ އެލާމުގެ އަޑުންނެވެ. އެދުން […]
ލޮލުން އޮހެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އެޒުވާނާއެ ތެދުވީ ކަށިންނެތް ހިތްވަރު ލައިގެންނެވެ. ތެދުވެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލެވުމާއެކު އަނެއްކާވެސް އެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް އޮހެންފެށިއެވެ. ވަށައިގެން އިވެމުންދާ ކުޑަކުދިންނާއި ، ބޮޑެތިމީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ރުއިމާއި ގިސްލުމުގެ އަޑުން އޭނާގެ ކަންފަތްވީ ބައްވެފައެވެ. ޒަޚަމްވެފައި ތިބި މީހުންނަށް އެހީތެރިވަމުން ދިޔަ ޑޮކްޓަރުން އަވަސް ހަރަކާތްތަކާއި އެކު އެމީހުންނަށް ދެވެން އޮތްހާ ފަރުވާއެއްދެމުން ދިޔަނަމަވެސް އެތައްބަޔަކު މި […]
ކޮޓަރިއަށް ވަތް ގޮތަށް ޝިމާޔާ އެންމެ ފުރަތަމަވެސް ބަންޑުން އެނދަށް ޖެހިގަތީއެވެ. އެނދަށް ޖެހުނު ޖެހުނުން ޝިމާޔާ ރޯން ފެށިއެވެ. ޝިމާޔާ ރޯން އޮތްއިރު އޭނާއަށް މި ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުނު ގޮތާއި މެދު ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. އަދި އެދުވަސްތައް ހިތަށް އަރައިފައި އޭނާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ކުއްލިއަކަށް އަންޖަދުގެ ޚިޔާލުތަށް ޝިމާޔާގެ ހިތަށް ވެރިވުމުން ޝިމާޔާއަށް ލުއްކެއް ޖަހައި އެނދުން ތެދުވެވުނެވެ. ކިތަންމެ ބިރުގަނެފައިވިނަމަވެސް ޝިމާޔާ މިފަހަރު ވަރަށް ހިތްވަރުކޮށްފައި އޭނާގެ […]
ޔުޝްރާގެ އުނދަގޫ ބޮޑުކަމުން އެންމެ ފަހުން މަންހާ ފާޚަނަ އަކަށްށޭ ކިޔައިފަ ދިޔައެވެ. އެއިރު ޔުޝްރާ ވައި އަޑުން ހީލަ ހީލަ އިނެވެ. ޒިދާން ވެސް އިނީ ޔުޝްރާ އާ ދިމާލަށް ލޯ އަޅައިިގެންނެވެ. ” ސޮރީ ދޮންބޭ … އެކަމް ބައެއް ފަހަރު އުނދަގު ކުރުމަކީ ވެސް އޮންނަ ކަމެންނު …. ހެހެެެހެ ” ޔުޝްރާ ޒިދާން އާ ވެސް ދިމާ ކުރަން ފެށިއެެވެ. ޒިދާން ވެސް އެންމެ ތަންކޮޅެއް ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. […]
މަންމައަކީ އަހަރުމެން ހިމާޔަތް ކޮށްދޭ ބައެކެވެ. މަންމަ އަހަރުމެންނަށް އިންތިހާއަށް ލޯބިވާނެވެ. އަދި ކުށެއް ކޮށްފިނަމަ އެކަމަށް އަދަބުވެސް ދޭނެއެވެ. ކުރުކޮށް ބުނަންޏާ މަންމަ އަހަރުމެން ގާތުގަ އަބަދު ހުންނާތީ އުފާވެއެވެ. މަންމައަކީ އަހަރެމެންގެ ސިއްރުތައް ހިފަހައްޓާ މީހެކެވެ. ރަނގަޅު މަގަށް ގެންގޮސްދޭ މީހެކެވެ. އެކަމު މިދުނިޔޭގައި މަންމަ ނެތް ކުދިންވެސް އުޅެއެވެ. އަދި މަންމަ އަމިއްލަ ދަރި ގައިގައި އަނިޔާކޮށް އަދި ކުދިން ނުބަލަން ވެގެން އަމިއްލަ ދަރި ދޫކޮށް ދާ މީހުންވެސް ތިބެއެެވެ. އެކަމަކު […]
ނަރާން އެއްލި ނޯޓު ގޮސް އަފްރާހުގެ ބުރަކަށީގައި ޖެހުމުން ކުޑަކޮށް ހިނި އައެވެ. އެވަގުތު މަންމަ ދޮނތި އައިސިއޭ ކިޔައިފައި ގޮވާލިއެވެ. *** ނަރާން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ކާގެއަށް ވަދުނެވެ. “ދަރިފުޅާ! މަންމަ އަބަދުވެސް ބުނަމެއްނު މަޑުން ސިޑިން ފައިބާށޭ.. ނޫނީ އަނިޔާއެއް ވެދާނޭ.. އެކަމަކު ހަމަ ނަރާން އަކަށް އަޑެއް ނީވެއޭ..” ނައިރާ ނަރާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “އޯކޭ މަންމާ..” ނަރާން ރޮށިކޮޅެއް ފިލުވާލަމުން ބުނެލިއެވެ. “ބައްޕާ! އަޅުގަނޑު […]
“އޭ! މަ އަންނާނަން ކޮޓަރިއަށް ވަދެލާފަ އިނގެ.” ތަށި ދޮންނަން ހުރި ޝަމީމްއަށް އަވަސް އިޝާރާތެއް ދީފައި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޒައިން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ޒައިން ކޮޓަރިއަށް ވަތް ވަގުތަކީ ޝިމާޔާ ކޮޓަރިން ނުކުތް ވަގުތެވެ. ޝިމާޔާ މަޑު ހިނގުމެއްގައި ހިނގައިފައި ގޮސް ބަދިގެއަށްވަނެވެ. އޭރު ޝަމީމް އެންމެ ފަހު ތަށި ދޮވެ ހޯލްޑަރުގައި ބަހައްޓަނީއެވެ. ޝިމާޔާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. މިހާރުގެ ފިރިހެންކުދިން ހަމަ ރަނޑުތާއެވެ. ޝަމީމް ބަދިގެއިން ނުކުންނަންވެގެން […]
އޭގެ ބައި ގަޑިއިރު ވުމައް ފަހު ކޮޓަރީން އެންމެން ނިކުތެވެ. ޝަމްހޫދް އަށް އެންމެން ނިކުތުމުން މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރުން އެންމެނަށް ވެސް އެ އިހުސާސް ކުރެވޭ ކަހަލައެވެ. އެއީ އެތައް ޒަމާނަކަށް ފަހު އޭނާގެ ހަމައެކަނި ހުރި ދަރި ފެނުމުންނެވެ. ހުއްޓިފައި އިން ޒުހުރާ ފެނުމުން މުހަންމަދަށް ކޮންމެސް ނުބައެއް ވެއްޖެކަން އެންގުނެވެ. ފުރަތަމަ ވެސް ބަލާ ލެވުނީ ޒުބޭދާގެ ކޮޓަރިއަށެވެ. ދެން ޒުހުރާއާ ދިމާ ބަލާލުމުން ޒުހުރާ އިސް ދަށަށް ޖަހައިގެން އިނދެ ބުނެލިއެވެ. ” ޒުބޭ އަށް އެންގިޖެ ހުރިހާސިއްރެއް….. ސިހުރުހެދުމުގެ ކުރިން ހޭނައްތާލުމަށް ފަހު ހޭނެތުން ކަމަށް ހީކޮށް މަ މުހުތާރުކައިރީ ހުރިހާއެޗެއް ކިޔައިދިނީން. ނަމަވެސް ކަން ހިންގީ ހީކުރި ގޮތާ ހިލާފަށް. އެއީ މުހުތާރް 30 މިނެޓް ވުމުން މިހާރު ޔަގީނުން ވެސް ހޭނެތިފައޭ ބުނިއިރު އެގަޑީގަ ޝައިމް ހޭއެރި. އެވަގުތު….. އެވަގުތު އަހަރެން ކިޔައިދިނީން މުހުތާރް އަށް އަހަރެންކަން ޝައިމްގެ މަންމަ މަރާލީ އަދި އެއީ ކިހިނެއްކަންވެސް އަހަރެން ކިޔައިދިނީ.” އެހެންބުނުމުން މުހަންމަދް އަށް ހީވީ ދުނިޔެ އެންބުރުން ހުއްޓުންހެންނެވެ. ޝައިމް އައިސް ބައްޕަ ކައިރީ ސޯފާގައި އިޝީންދެލިއެވެ. އަދި ކުއްލިއަކައް އެއްޗެއް ހަދާންވެގެން ތެދުވިހެން ޝައިމް ތެދުވުނެވެ. އެންމެން ދިޔައީ ސިއްސައިގެންނެވެ. ޝަމްހޫދް ވެސް އިނީ އެއްޗެކޭ ބުނަން އަންގަ ހުޅުވިގޮތަށް ލައްޕަންނޭންގިފަ އިންހެންނެވެ.ޝައިމް އަށް ދެން ބަލާލީ ޝަމްހާގެ ފޯނާދިމާލަށެވެ. އެެހެން ހުރުމަށް ފަހު މަންމަ ކައިރީ އަހާލިއެވެ. “ކޮބާ މަންމަ ކުރިން ގެންގުޅުން ފޯނު؟” އެބައޮތްކަމަށް ބުނެ ޝަމްހާ އެފޯނުގެނެސް ޝައިމް އަށް ދިއްކޮލިއެވެ. ޝައިމް ފޯނު ހުޅުވާލުމަށް ފަހު ގެލެރީ ހުޅުވާ ލިއެވެ. އެންމެން ވެސް ތިބީ ވާނުވާ ނޭންގިފައެވެ. ދެން އެންމެނަށް […]