އިއްޔެއްސުރެ ފާޑެއްގެ ގޮތެއް ޔޫންއަށް ވާތީވެ ހަވީރު މެހެމާނުންތައް އައި ގަޑީގައިވެސް ނުނިކުތީއެވެ. މިއަދު ބޮލަށްމާބޮޑަށް ބަރުވާ އިރުވެސް ޔޫން ސްކޫލަށްނައިސް ނުހުރީ އޭނަގެ މަންމަ އޭނައާމެދު ކަންބޮޑު ވާނެވަރުންނެވެ. ކުޅިވަރު ގަޑީގައިވެސް ޔޫން ނުކުޅެން ހުރުމުން އެމީހުން ވަރަށް އާދޭސް ކުރިއެވެ. އާދޭސްކުރާލެއް ގިނަކަމުން އެންމެ ފަހުން ޔޫން އާނ ބަސްދިނެވެ. ގޯލްކީޕަރަށް ހުރިއިރުވެސް ޔޫންއަށް ހުރެވުނީ ހަމަކިރިޔަ ކިރިޔާއެވެ. ބޮލަށްއެރި ތޫނު ތަދާއެކު ވަށައިގެންވި މަންޒަރުތައް ޔޫންއަށް ފުސްވަމުން ދިޔައެވެ. އިދިކޮޅު ޓީމުން ފޮނުވާލި […]
ސިންގަލް އެނދެއްގައި ނިދާފައި އޮތް އަންހެން ކުއްޖާގެ މޫނުމަތީގައި ވަނީ މައުސޫމު ކަެވެ. އެލަރމގެއަޑަށް އެއަންހެން ކުއްޖާ ސިހިފައި ތެދުވިއެވެ. އެއަށްފަހު ކަންނެތް ހިނގުމެއްގައި ފާހާނައަށް ވަދެ މޫނު ދޮވެލައިގެން ވުޟޫ ކޮށްލައިގެން ނުކުތެވެ. ދެން ސައިޑް ކަބަޑު މަތީ އޮތް މުސައްލަ ނަގާ ނަމާދުކުރަން ފެއްޓިއެވެ. ނަމާދުކޮށްގެން ޤުރުއާނުން މިންވަރެއް ކިޔަވާލުމަށްފަހު އަނެއްކާވެސް އޮށޯތީ ހުކުރު ދުވަސްކަމުންނެވެ. **** ކުއީން ސައިޒް އެނދުގައި ނިދާފައި އޮތް އަންހެން ކުއްޖާ އަށް ހޭލެވުނީ ދޮރުގައި ޓަކިދޭ އަޑަށެވެ. […]
“އަދި އެއްފަހަރު ބުނެބަލަ ތި ބުނި އެއްޗެއް.” ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ޒައިން ބުންޏެވެ. ޒައިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އަންޖަދު ފަހަތަށް ފިޔަވަޅެއް އަޅައެވެ. އޭރު މަގުމަތީގައި ތިބި ގިނަބައެއްގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. “މީ ކައެއާ ބެހޭކަމެއްނޫން. ސޯ ޕްލީޒް.” އަމާންދޭފަދައަކުން ދެއަތް އުފުލައިލަމުން އަންޖަދު ބުންޏެވެ. އޭރުވެސް އަންޖަދުގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުގަނެފައިވާ ކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. ޒައިންގެ އެ ނުރައްކާތެރި ނަޒަރުން ސަލާމަތްވާނެގޮތެއް އަންޖަދުއަކަށް ނޭނގުނެވެ. އަންޖަދު […]
ދަންވަރުގެ ވަގުތެވެ. ބޯކޮށް ވިއްސާރަ ވެހެމުން ދިޔަ މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ގަޑިން 2 ޖެހުމާއި ކައިރިވެފައި ވީ ނަމަވެސް މަގުތަކުގެ ކޮޅުކޮޅުން ފެންނަމުން ދިޔަ މީހުންނާއި އުޅަނދުތައް މަދެއް ނޫނެވެ. އެވަގުތު މ.މާވިލް ގެ ގޭޓުން ކަޅުކުލައިގެ ކާރެއް ވަދެގެން ދިޔައެވެ. ގަރާޖުގައި ކާރު ބެހެއްޓުމައްފަހު އޭގެން ނިކުތް ޒުވާނާގެ އިސްކޮޅުން ދިގެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްލެވިފައިވާ ފަންއިސްތަށިގަނޑުގެ ސަބަބުން އޭނަގެ ލޯ ނިވާވެފައިވެއެވެ. ވާރޭގެ ރަހުމެއް ނެތް ހަމަލާތަކުން އެ ޒުވާނާ ލައިގެން ހުރި ގަމީސް ތެމި ފޯވިއިރުވެސް މިއިން އެއްވެސް ކަމަކުން އެ ޒުވާނާ އަށް ފަރުވާލެއް ނެތް ފަދައެވެ. އިސްޖަހާލައިގެން ހުރެ ޖިންސްގެ ދެޖީބަށް އަތްކޮށްޕާލަމުން އޭނަ ގެއާ ދިމާލަށް ހިނގާގެންފިއެވެ. 5 ބުރިއަށް ނެގިފައިވާ މާވިލްގެ އިމާރާތުގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ ތަނަވަސްކަމާއި ހައިބަތުގެ ބޮޑުކަމެވެ. އިމާރާާތުގެކުރިމައްޗަށް ވާގޮތަށް ފެންއަރުވާ ވަޑާމެއް އޮތްއިރު އެކިކުލަކުލާގެ މާމެލާމެލީގެ ގަސްތަކުން މުޅި ފެންޑާ އޮތީ ފަޅުފިލުވާލައިފައެވެ. ވާރޭގެ ފެނާއި އެކުވެގެން އެކިކުލަކުލައިގެ ފިނިފެންމާތަކުގެ ކުލަގަދަވެފައި ހުރުމުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އެޒުވާނާ ގޭގެ ދޮރުމައްޗަށް ހުއްޓެމުން އިނގިލީގެ ނިޝާން ޖަހާލުމާއެކު ދޮރުހުޅުވިގެންދިޔައެވެ. ލިފްޓަށް އަރަމުން އެޕާރޓްމެންޓަށް ދިއުމަށްޓަކައި ބަޓަނަށް ފިތާލިއެވެ. ލިފްޓުގެ ދޮރު ކެހިގެން ދިޔުމާއިއެކު ފެނިގެން ދިޔައީ ޒަމާނާ އެންމެ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ އެޕާރޓްމެންޓެކެވެ. ސިޓިންރޫމާއި ޖެހިގެން އިން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެ ކޮޓަރީގެ ތެރެއަށް އެ ޒުވާނާ ދެމިގެންފިއެވެ. ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ބެލްކަންޏާ ދިމާލަށް އޭނަ ހިނގާގެންފިއެވެ. ބެލްކަނީގެ ދޮރު ހުޅުވާލުމާއެކު އެ ޒުވާނާގެ ހާމަވެފައިވާ ހަށިގަނޑުގައި ބީހީލީ ތެތްފިނި ވައިރޯޅިއެކެވެ. ވެހެމުން ދިޔަ ވާރޭއަށް ނަޒަރުހުއްޓާލައިގެން އޭނާހުރިއިރު އޭނާގެ ކަޅުކަންގަދަ ދެލޯ ކަރުނައިން ފުރިގެން އައެވެ. ހިތާމަވެރިގޮތަކަށް އޭނާ ލޯމަރާލުމާއިއެކު ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ދެމިލުމަށްފަހު ދެތުންފަތުގެ ދޭތެރެއަށް ވިރިގެން ދިޔުމާއިއެކު އޭނާއަށް ހިންދިރުވާލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެއްޗެއް ހަނދާންވާ ފަދައަކުން ދޮރާދިމާލަށް ހިނގާގެންފިއެވެ. ހުސްގަޔާ ދޮރުހުޅުވާލުމަށްފަހު އެ ކޮޓަރިއާ ޖެހިގެންހުރި ކޮޓަރީގެ އެތެރެއަށް އޭނާވަނެވެ. ކޮޓަރީގެ މެދައްވާ ގޮތަށް ފިޔާތޮށިކުލައިގެ މެދުސައިޒުގެ އެނދެއް ބެހެއްޓިފައިވީއިރު މުޅި ކޮޓަރި ޒީނަތްތެރި ކޮށްލާފައިވަނީ ހުދާއި ފިޔާތޮށި ކުލައިންނެވެ. ކޮޓަރީގައި ހުރި އެނދުގައި ފަސްދޮޅަހަކައް އަހަރަށްދާ އަންހެނަކު ނިދާފައި އޮތްއިރު އޭނައާއި ދާދި ގާތުގައި ފަސްވަރަކަށް މަހުގެ ލޯބި ލޯބި އަންހެން ކުއްޖެއް ނިދާފައިއޮތެވެ. އެ ޒުވާނާ އެ ތުއްތުކުއްޖާއާއި ދިމާލަށް ގުދުވެލަމުން އެ ނިތްކުރީގައި އޭނަގެ ތުންފަތް ޖައްސާލިއެވެ. އެވަގުތު އެ ތުއްތުކުއްޖާ ދެލޯ ތަޅުވާލުމަށްފަހު ކުކުރިލައިފިއެވެ. މި އަޑަށް ކައިރީގައިއޮތް އަންހެން މީހާއަށް ސިއްސާގެން ހޭލެވިއްޖެއެވެ. އެއާއެކު އެ ކުއްޖާއާ ދިމާއައް ގުދުވެގެންއޮތް ޒުވާނާ އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. “ޒާއިޝް” އެ އަންހެންމީހާގެ ކަރުފަޅާ އެ ނަން ނިކުތީ ވައިއަޑުންނެވެ. މިއަޑަށް އެ ޒުވާނާ އިސްއުފުލާ އެ އަންހެންމީހާއާ ދިމާލަށް ބަލައިލިއިރު ދެމީހުންގެ ދެލޯވެސް ކަރުނައިން ފުރެމުން ދިޔައެވެ. އެހެން ނަމަވެސް ޒާއިޝް އިސް އޮބާލުމަށްފަހު އެ ތުއްތު އަންހެން ދަރިފުޅު އޭނަގެ މޭގައި ޖައްސާލަމުން ކޮޓަރިން ބޭރަށް ނިކުމެއްޖެއެވެ. އޭނަގެ ކޮޓަރިއަށް ވަދެވުމާއިއެކު ޒާއިޝް ހަމަ އެހުރިގޮތަށްހުރެ އެނދުގައި އޮށޯވެއްޖެއެވެ. އޭރުވެސް އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒާއިޝް އޭނާގެ މޭމަތީގައި އޮތް ތުއްތު ދަރިފުޅުގެ މުއްކަވާލެވިފައިވާ އަތުގައި ހިފާލުމަށްފަހު އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.”ޒޫކީ…ބައްޕި އަށް… މާފުކުރޭ.. އައިމް ސޮރީ ސްވީޓްހާރޓް… އައިމް ރިއަލީ ސޮރީ” ގިސްލިމުންދިޔަ ޒާއިޝް އޭނާގެ މޭމަތީގައި އޮތް ޒުކާ އާއި މުޙާތަބުކޮށް ބުނަމުންދިޔައެވެ. ކުށްލިއަކަށް އޭނާގެ ކޮނޑުގައި މީހަކު އަތްލުމުން ސިހިފައި އޭނައަށް ފަހަތް ބަލާލެވުނެވެ. (ނުނިމޭ…)
“މިޒްޔާން..” އޭނާ ބުނެލީ ހަމައެކަނި އެހެންނެވެ. އަދި އެހެން އެއްވެސް މީހަކަށް ބަލާލުމެއްނެތި ފިރިހެންވަންތަ ހިނގުމެއްގައި އީޝަލް ކައިރީގައި އިށީނީ އިތުރު ހުސް ގޮނޑިއެއް އެތަނުގައި ނެތުމުންނެވެ. އީޝަލްހަމަ އިސްޖަހާލައިގެން އެއިންގޮތަށް އިނީއެވެ. ނަމަވެސް ހިނދުކޮޅަކަށް މިޒްޔާންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން އެނގުނެވެ. **** “ވަޓް؟..” ދެބުމަގޮށްޖަހާލާފައި އީޝަލް ބުނެލީ އަދިވެސް އެ އިންގޮތަށް މިޒްޔާން އޭނާއަށް ބަލަހައްތައިގެން އިންކަން އިޙުސާސްކުރެވުމުންނެވެ. “ނަތިންގ” ކޮނޑުއަރުވާލާފައި މިޒްޔާން ބުނިނަމަވެސް އެ މޫނުމަތީގައި ލާނެތްހިނިތުންވުމެއްވިއެވެ. “އޭރުން ދެން އަހަންނަށް […]
އެއް މަސް ފަސް****** ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކޮށް ޒައިންގެ ޕްރޮގްރާމް ނެގުމަށްފަހު މާލެ އެއައީ މިއަދުއެވެ. ރަށްތަކަށް ގޮސް އެ ކުރެވުނު ތަޖުރިބާއަކީ ވަރަށް ފުރިހަމަ ތަޖުރިބާއެކެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ މީހުން ކިޔާތީ ޒައިން އަޑުއަހައެވެ. ނަމަވެސް އޭނާ އެކަން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ. އެއީ އޭނާ އުޅެ ބޮޑުވި ރަށުން އެހާ ރީތި ތަންތަން ނުފެންނާތީއެވެ. ނަމަވެސް މިއަދު ޒައިންއަށް އެކަން ޤަބޫލުކުރެވުނެވެ. ޙަޤީޤަތުގައި ވެސް މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އެވެ. […]
މިހާ ހިސާބުން ކޯލް ނިމުނު ވަގުތަށް މިހުރާނާއި އިޝާން އައިސް ވަތެވެ. އިޝާން ދިޔަގޮތަށް ފާހާނާއަށް މޫނުދޮންނަން ވަތުމުން މިހުރާން އައިސް ސޯފާގައި އިށީނުމުން ޔަނާލް ހުރިހާ ވާހަކައެއް ކިޔާދޭން ފެށުމުން އުޝާ ހުއްޓިލީ ޓީވީއާއި ޖެހިގެން ހުރި ބޮޑު ބޯޑާއި ދިމާލުގައި އެވެ. އެންމެ މަތީގައި އޭނާ ލިޔުނީ ‘ބޮސް؟’ އެވެ. އޭގެ ތިރީގައި ގޭންގު ލީޑަރު އޭނާގެ ނަން،އަހުމަދު ޝުހާން އަލީ އަދި އޭނާގެ އުމުރު29 ލިޔުމަށްފަހު އޭނާގެ ފޮޓޯ ހަރުކުރީ އޭނާއާއި ބެހޭގޮތުން […]
ޑޯންޓް ލެޓް ހާރ ޑައި..ޕްލީޒް..ޕްލީޒް..މޭކް ހާރ ބްރީތް…” ރޮއިގަންނަމުން ޔައިޝްގެ ގައިގައި ހިފައިގަންނަމުން ޔުނާން ބުންޏެވެ. މިޝެލިންއާއި ވަކިވެދާނެކަމުގެ ބިރު އޭނާ ވަށާލާފައިވާފަދައެވެ. ***** ޔުނާންގެ އެ ހަރަކާތުގެ ސަބަބުން ޔައިޝްގެވެސް ލޯތެމުނެވެ. ބުނާނެ އިތުރު އެއްޗެއްނެތުމުން ޔުނާންގެ ގައިގައި ބައްދާލަމުން ޔުނާން އެތަނުން ނުކުއްދުވާފައި އައިސީޔޫ ކުރިމަތީގައި ހުރި ގޮނޑިއެއްގައި ބައިނދުމަށްފަހު ޔައިޝް އައިސީޔޫއަށް ވަންނަންދިޔައީ އޭނާއަށް މިވަގުތު އެތާގައިހުރުން މުހިއްމުވެފައިވާތީއެވެ. ޔުނާންފަދައިން ޔާއިޝްއަކީވެސް ސާރޖެންއެކެވެ. އަނބިމީހާއާ ދަރިފުޅުގޮވައިގެން މެލޭޝިޔާއަށް ބަދަލުވިތާ ދެ އަހަރުފަހުން އަނެއްކާވެސް […]
އިރުކޮޅަކުން އަހަރެންގެ ފޯނަށް އިތުރު މެސެޖެއް އަތުވެއްޖެއެވެ. އަހަރެން ދާންޖެހޭ ތަނުގެ އެޑްރެސްއެވެ. ބާރުބާރަށް ފާހާނާއިން ނިކުތުމަށްފަހު އަހަރެން އެޖެންސީގެ ސޫޓް ލާންފެށީމެވެ. އަތުގައި ހުރިއްޔާ ހުރި ހަތިޔާރެއް އެއްކުރަން ފެށީމެވެ. ހުރިހާ ތައްޔާރީއެއް ވެގެން އަހަރެން ކޮޓަރިން ނިކުންނަން ހިނގައިގަތްތަނާ ކޮންމެވެސް މީހަކު ކޮޓަރީގެ ބެލް ޖަހާލައިފިއެވެ. ކާކުތޯ ބަލާލިއިރު ބޭރުގައި ހުއްޓިގެން ހުރި އަރޫން ފެނި އަހަރެންގެ އަތްފައި ފިނިވާން ފަށައިފިއެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ހުއްޓާ އަނެއްކާވެސް އޭނާ ބެލް އަޅާލައިފިއެވެ. އަހަރެން […]