ބަދިގޭގައި ފުށްމޮދެން ހުރި ފަތީލާ އަށް ދޮރުމަތިން މީހެއްގެ ހިލަމެއް ވިހެން ބަލާލިއެވެ. އެތާނގައި ހުރީ އޭނާގެ ފުރާނަފަދައިން ލޯބިވާ އަންހެން ދަރިފުޅު މިންހާއެވެ. “އަނހާ ދަރިފުޅާ ހޭލީ ދޯ! ފަތިސްނަމާދު ކުރިންތަ! މަންމައަށް ރޭގައި ނުހޭލެވުނީއޭ!” ފަތީލާ އެއްފައްޗަކަށް އަމުނާލިއެވެ. ފަތީލާ އެހެން ބުނި ގޮތުން މިންހާ ކައިރިއަށް ހިނިއައެވެ. “ހޫމް މަންމާ! މިއަދު ހުކުރު ދުވަސްވީމަ ނަމާދުކޮށްލައިގެން އޮށޯތީ!” މިންހާ ބުންޏެވެ. މިންހާގެ އާއިލާ ދިރިއުޅެނީ އާދައިގެ ދިރިއުޅުމެކެވެ. މިންހާގެ ބައްޕަ ވަނީ މިންހާ […]
ސިންގަލް އެނދެއްގައި ނިދާފައި އޮތް އަންހެން ކުއްޖާގެ މޫނުމަތީގައި ވަނީ މައުސޫމު ކަެވެ. އެލަރމގެއަޑަށް އެއަންހެން ކުއްޖާ ސިހިފައި ތެދުވިއެވެ. އެއަށްފަހު ކަންނެތް ހިނގުމެއްގައި ފާހާނައަށް ވަދެ މޫނު ދޮވެލައިގެން ވުޟޫ ކޮށްލައިގެން ނުކުތެވެ. ދެން ސައިޑް ކަބަޑު މަތީ އޮތް މުސައްލަ ނަގާ ނަމާދުކުރަން ފެއްޓިއެވެ. ނަމާދުކޮށްގެން ޤުރުއާނުން މިންވަރެއް ކިޔަވާލުމަށްފަހު އަނެއްކާވެސް އޮށޯތީ ހުކުރު ދުވަސްކަމުންނެވެ. **** ކުއީން ސައިޒް އެނދުގައި ނިދާފައި އޮތް އަންހެން ކުއްޖާ އަށް ހޭލެވުނީ ދޮރުގައި ޓަކިދޭ އަޑަށެވެ. […]
ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ގޭ ޖޯލި ފަތީގައި އައިކްގެ އިންތިޒާރުގައެވެ. ޖެހޭ ފިނިރޯޅިން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ. އަހަރެން ފެންފޮދެއް ބޮވައިގަނެގެން ފެންބުއިމުގެ ނިޔަތުގައި ގެއަށް ވަނީމެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ. 2020 ގެ ބައިނަލްއަޤްވާމީ ޒުވާބުކުރުމުގެ މުބާރާތް ފެށިގެން މިއޮށްގެން ކުރިއަށް ދަނީއެވެ. އެއީ އަބަދުގެވެސް އާދައެވެ. އަހަރެންގެ އުމުރުން 6 އަހަރުން ފެށިގެން އެކަންފެނިފެނި ވަނީ އާދަވެފައެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ނުދީ ފޯނު ޖީބުން ނަގައިބަލާލީމެވެ. އައިކު […]
އެޕިސޯޑު- 2 ފިޔާޒާއްތަ ނިވްޔާގެ މޫނުމައްޗަށް ދޮރުޖެހުމުން އަނެއްކާވެސް ނިވްޔާ ދޮރުގަތަޅަން ފެށިއެވެ. ރޮއެރޮއެފާ ބޮޑުބެއަށް ގޮވަން ފެށިއެވެ. ހިސާބުގަނޑު މީހުން އެއްވާން ފެށުމުން އަނެއްކާވެސް ފިޔާޒާ ދޮރުހުޅުވިއެވެ. “ފިޔާޒާއްތާ، ޕްލީޒް. ބޮޑުބެއަށް ގޮވާދީބަލަ!” ނިވްޔާގެ އަޑުގައި ވަނީ އާދޭހެވެ. “ބުނެފީމެއްނު ގެއަކު ނެތޭ!” ފިޔާޒާގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. ނަމަވެސް ހިސާބުގަނޑު މީހުން ކުރިމަތީގައި އަނެއްކާ ދޮރުޖަހާކަށް ފިޔާޒާއަކަށް ނުކެރުނެވެ. މީހުން ކިޔާފާނެ އެއްޗަކަށް ވިސްނާފައި ކުދި ކިޔަމުން ނިވްޔާމެން ގެއާއި ދިމާލަށް ބަރުހެލިކަމާއިއެކު ހިނގައިގަތެވެ. […]
ވާރޭ ނުވެހި ގިނަ ދުވަސްވެފައިވާ މަގުމަތީގެ ހިރަފުސްތައް ބުރުވަމުން ބާރުދުވެލީގައި ދާ ކުއްޖާގެ މޫނުމަތީގައިވަނީ ހާސްކަމެވެ. އެކުއްޖާގެ މުޅި ފައިތިލައިގައި ވަނީ ހިރަފުހެވެ. އިސްތަށިގަނޑު ދެއަތަށް ހެލެމުން ދިޔައިރު ލައިފައި ހުރި ބާހެދުމުގައި އިރުއިރުކޮޅާ މޫނުމަތީގައި ހުރި ދާތަށް ފުހެލައެވެ. މާނެވާލަމުންގޮސް އެކުއްޖާ ވަނީ އެންމެ މިޒަމާނުގެ ގެއަކަށެވެ. އެއަށްފަހު އެގޭ ދޮރުގައި ބާރަށް ތަޅަން ފެށިއެވެ. އެވަގުތު ދޮރު ހުޅުވާފައި ނުކުތީ މެދު އުމުރުގެ އަންހެނެކެވެ. ފަލަ ނޫނަސް ހިއްކެކޭވެސް ނުބުނެވޭނެއެވެ. އިސްކޮޅުން މެދުމިންވަރެއްގެ މީހެކެވެ. […]