މިތުރުންނޭ ހޭލާށޭ ތޫފާނޭ ބޯމަތިވީ މާދަން ވާނޭގޮތްތައް އެކަކަށްވެސް އެނގުމެއްނެތް ފަހު ތާރީޚެއްގައި ބޯ މަތިވީ ބޮޑު ވި ނުރައްކާ ނަވާރައޭ ކޮވިޑުން ނަން ދެވިފައިވީ އެ ވައިރަހަށް ދުނިޔޭ ކަންކޮޅުތަކުގައި ޖެހިގެން ދުނިޔެ އަޅައި ދާ އިންސާނުން ގިނަވެދަނީ މި ވައިރަހުން ނޭ ތެދެކޭ ރާއްޖޭން ވެސް ފެނިގެންގޮސް މާލޭން ވެސް އަދު ފެނުނީ މި ނުރައްކާ ބޮޑުވެދަނީ އަޅެ ކަތުނޭ ވިސްނަބަލަ މިކަމުގަ އެއްވެސް މީހަކު އިސްތިސްނާ ވެފަ […]
ވާނީވެސް އެހެންތާއެވެ. ރޭގައި މޭޒުމަތީގައި ބާއްވާފައި ދިޔަ ފައިލްތަކެއް ނެތެވެ. އުޝާމެންގެ ޓެބާއި ލެޕްޓޮޕް އޮތްތަނުގައި އޮތެވެ. އެއިން އެއްޗެއް ހުޅުވޭނީ އެއެއްޗެއް ގެންގުޅޭ މީހަކަށެވެ. އުޝާ އެއެންމެންގެ ޓެބާއި ލެޕްޓޮޕްތަކުގެ ސެކިއުރިޓީ އެހާވަރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އެހުރިހާ ފައިލްތަކުގެ އިތުރު ކޮޕީއެއް އެހެން އެއްވެސް ތާކު ނުހުންނާނެއެވެ. އެހެންވީމާ ގޭންގް މެމްބަރުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އުޝާމެނަކަށް ނޭނގޭނެއެވެ. “ކޮބާ އިޝާން؟” އުޝާއަށް ލިބިފައިވާ ހާސްކަމާއެކެ އޭނާއަށް އަހާލެވުނީ ހަރުކަށިކަމާއެކުއެވެ. “އޭނާއަށް ގޮވާގޮވާ ވަރުބަލިވެގެން […]
އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވުނު އަޑަށް ނައިޒަކްމެން އެ ދިމާލަށް ބަލައިލިއެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުން އޮޕަރޭޝަން ތިއޭޓަރުން ނުކުންނަނީއެވެ. ޑޮކްޓަރު އައިސް ނައިޒަކްމެން ކުރިމަތީ ހުއްޓިލިއެވެ. އަދި އެއަށްފަހު ހިނިތުންވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު.” ނައިޒަކްގެ ކޮނޑުގައި ހިފަހައްޓައިލަމުން ޑޮކްޓަރު ބުންޏެވެ. ނައިޒަކްއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އާރިޝްމެނާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އާރިޝް އާއި ޝިމާޔާ އެކަކު އަނެކަކަށް ބަލައި ހެވިފައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. “އެންޑް. ޕޭޝަންޓް ހޭއެރިހާ އަވަހަކަށް […]
ނަމަވެސް ކޮޓަރިން ނުކުމެ ކާބަޔަށްދާން މިސްރާބުޖެހި ޔުނާންގެ ފިޔަވަޅުތަށް ގަނޑުވީ އިވުނު އަޑަކުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅަކު އެހެން ގަނޑުވެފައި ހުރެފައި ކުއްލިއަކަށް އެދެލޮލުންފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައިރު އަތް މުއްކަވާލިއިރު އެންމެ ތަނަކަށް އެ ނަޒަރުހުއްޓުނުއިރު އޭނާ ހުރީ ހަމައިންނައްޓާލާފައެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނާއަށް ފުރަގަސްދީގެންހުރި ޒޯހަންގެ އަތުގައި އޮތް ފޯނުނަގާ ބިމަށް ޖަހާލިއިރަށް އެތިކޮޅުތަކަށް ވެގެން އެ ފޯނު ހަލާކުވެއްޖެއެވެ. “ކީކޭ އިޑިޔަޓް..އަދި އެއްފަހަރު ބުނެބަލަ ތި ބުނި ޖުމުލަ…” […]
ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތައް އެއްފަރާތްކޮށްލުމަށްފަހު ނައިޒަކް ރޫމަށް ވަނެވެ. އަދި ޝަމީމް ގާތުގައި އިށީނެވެ. “ޝައްމު. ޝައްމުގެ އޮޕަރޭޝަން ކަންތައް ހަމަޖައްސާފަ މިއައީ.” ނައިޒަކް އޮޕަރޭޝަނޭ ބުނުމުން ޝަމީމްއަށް ވީގޮތެއް ވެސް ނޭނގުނެވެ. “އޮޕަރޭޝަނޭ؟ ދެން އަހަންނަކަށް ނުކެރޭނެ އެކަމަކު ހާދަ ތޫނު އެއްޗެހި ހަރާނެޔޭ. ކެންސަލް ކޮށްލަދީ. ހެޔޮނުވާނެ.” ޝަމީމް ނައިޒަކްގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ. ޝަމީމް އަކީ ދުވަހެއްގެ ކޮޅުންވެސް އޮޕަރޭޝަނެއް ކުރި މީހެއް ނޫނެވެ. އެހެންކަމުން އޮޕަރޭޝަނެއް […]
ދެމައިންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނައިޒަކްމެންގެ ނަޒަރު ހުއްޓިފައިވަނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ޒައިން އާއި އަސްމާ އާއި ދިމާލަށެވެ. އިރުކޮޅެއްނުވެ އަސްމާގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. އަސްމާގެ ދެލޯ ފެންކަޅިވާންފެށިތަން ފެނި ޒައިންގެ ދެލޯވެސް ކަރުނުން ފުރެން ފެށިއެވެ. ޒައިން އޭނާގެ މަންމައަށް ސަރޕްރައިޒް ދޭން އުޅި ސަރޕްރައިޒް މި ލިބުނީ ހަމަ އޭނާއަށެވެ. ހީނުކޮށް ހުއްޓައި މަންމަ އައުމުންނެވެ. އަސްމާއަށް އިންތިޒާރުކުރެވެމުން ދިޔައީ ޒައިން މަންމާއޭ ކިޔައި ގޮވާލާނެ އިރަކަށެވެ. […]
ޝިމާޔާ ތިރިވެ ރޯން އިން މަންޒަރު ފެނި އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ލޮލުންވެސް ކަރުނަ އޮހޮރައިލިއެވެ. ނައިޒަކްމެންވެސް މި މަންޒަރު ބަލަން ފެންކަޅިވެފައި ތިބީއެވެ. ރިޝާނާ ލޮލުން ކަރުނަ އޮހޮރޭ ޙާލު ޝިމާޔާ އާއި އެއްވަރަކަށް ތިރިވެލައި ޝިމާޔާއަށް ހިތްވަރުދެވޭތޯ ބެލިއެވެ. ނަމަވެސް ޝިމާޔާ ދެފަރާތަށް ބޯ ހޫރުވައިފައި ރޮމުން ދިޔައެވެ. ރިޝާނާ ކީ އެއްވެސް އެއްޗެއް ޝިމާޔާ އަޑެއް ނޭހިއެވެ. މި މަންޒަރު ބަލަން ހުރި ޒައިންއަށް ހުރީ ހަމަ ރަނގަޅަށް ރޮވިފައެވެ. ޝިމާޔާ […]
އަލްވާން ޔުޝްރާ އާ ދިމާއަށް ބަލަންފެށުމުން ޔުޝްރާ އަށް ވަރަށް އުނދަގުު ވިއެވެ. ” ޔެސް … އަައި ރިއަލީ ލައިކް ޔޫޫ … ” އަލްވާން ޔުޝްރާގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ބުނެލި އެވެ. ޔުޝްރާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ. ލަދު ގަންތްފަ ހުރި ވަރުން ގުޑިލަން ވެސް ނުކެރިފަ އެވެ. ހަގީގަތުގަ ޔުޝްރާ ވެސް އަލްވާން ދެކެ ލޯބި ވެއެވެ. ” އެންމެ ފުރަތަމަ ޔުޝް ފެނުނު […]
އުޝާ ވަތްއިރު ޔަނާލާއި މިހުރާން ރޭގަނޑުގެ ކެއުމަށް ތިބިތަން ފެނުމުން އުޝާވެސް ސޯފާމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ކާން އެރިއެވެ. “ކޮބާ އިޝާން؟” ތައްޓަށް ބަތްއަޅަމުން އުޝާ ސުވާލުކޮށްލިއެވެ. “ޒާހިދު ސާރގެ އަދަބު އޭނާއަށް އޮންނާނެއެއްނު. އަވަހަކަށް ނާދެވޭނެ އެސޮރަކަށް.” އުޝާގެ ސުވާލަށް ޖަވާބުދިނީ މިހުރާނެވެ. ކައި ނިމިގެން އުޝާ ޔަނާލާއި މިހުރާންގެ ފަހަތުން ވަނީ އެމީހުންގެ އެޕާރޓްމެންޓަށެވެ. ކޭސްގައި އެމީހަކަށް ޖެހުނު މަސައްކަތްތައް ފުރިހަމަ ކުރަން ހަމަޖެހިލިއެވެ. ޔަނާލްގޮސް އިށީނީ ކާމޭޒުކައިރީގައެވެ. އޭނާގެ ޓެބު މޭޒުމަތީގައި ބާއްވުމަށްފަހު […]