އިރުކޮޅަކުން އެމީހުން އަންނަތަން ފެނުމުން އާމިރުއާއި މޯޑް ތިރިއަށް ފޭބުމުން އަހަރެން އެތަނުގައި ހުރި ކޮންކްރީޓް ތަބެއްގައި ލެގިލަމުން އެތަނުގައި ވާނުވާ ބަލަން ހުރީމެވެ. އާނިޔާއާއި ޔާސިރު ގޭގެ ކުރިމަތީގައި ހުއްޓިލުމުން އާމިރުއާއި މޯޑް އެމީހުން ފަހަތުގައި ހުއްޓުނުތަންވެސް ފެނުނެވެ. އަހަރެން ބަލަން ހުއްޓާ ދެމީހުން އެއްފަހަރާ އެދެމީހުންގެ ބުރަކަށްޓަށް ވަޅި ހަރާލިއެވެ. އެއަށްފަހު ހުއްޓުމެއް ނެތި އެމީހުންގެ ގަޔަށް ވަޅި ހަރަމުން ދިޔައެވެ. އަހަރެން ދެން ބަލާލީ އެ މަގުގައި ހުރި ފިހާރައިގެ ކެމެރާއަށެވެ. އެކެމެރާ […]
17 މާރޗް 2014 އެރޭވެސް ރޭވި ގޮތާއި އެއްގޮތަކަށް ނުދިޔަ ނަމަވެސް އަހަރެމެންނަށް އުޝާއާއި އުޝާގެ މައިންބަފައިންގެ ސިއްރު ފަރާތެއް ވާކަން ޔަގީނާއި ހަމައަށް އެނގުނެވެ. އެރޭ އުޝާ އޭނާގެ ބައްޕަގެ ރިސޯޓަށް ދަތުރު ގޮއްސަ ގެއަށް ދިޔައީ ނަޝްވާ މެންގެ ގެއަށް ގޮސް އެކަންޏެވެ. އަނދިރި ގޯޅިއަކުން ލާފައި އެއްވެސް ބިރެއް ނެތި އޭނާ ދަނިކޮށް އަހަރެމެންގެ ގޭންގުން ދެ މީހުން އުޝާއަށް ފޮށި އޭނާ ގަދަކަމުން އެތާ ހުރި ހަދަން ފަށާފައި ހުރި […]
އަހަރެން ރާއިންއަށް އަނެއްކާވެސް ފާރަލާން ފެށީމެވެ. ނަޝްވާގެ ކިބައިން ބަދަލު ހިފަން އޭނާ ނަޝްވާމެން ގެއަށް ވަދެ މިއުވާން ނޫޅޭތޯ ޔަގީން ކޮށްފައި އެގޭންގުގެ އިތުރު ދެމީހަކާއެކު ނަޝްވާގެ ކޮޓަރިއަށް ވަތް އިރު އަހަރެން ހުރީ ނަޝްވާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެމީހުން ކުރާ ކަންތައް ބަލާށެވެ. އެމީހުން ނަޝްވާގެ ގަޔަށް އަރަން އުޅުމުން އަހަރެން ފުރަތަމަ އުޅުނީ އެމީހުން ކުރާ ކަންތަކުގެ ވީޑިއޯ ކޮށްފައި މާދަމާ ހެނދުނު މިއުވާންއަށް ފޮނުވާށެވެ. ނަމަވެސް ނަޝްވާއަށް އެހާލު ޖައްސާކަށް […]
ނަމަވެސް ބައްޕަ އެދުވަހު އަހރެން ސްކޫލަށް ދިޔަކަ ނުދިނެވެ. އެހެން ކަމުން އަހަރެން އެ ދުވަހު ސްކޫލަށް ނުގޮސް ޖެހުނީ ބައްޕަގެ އަމުރަށް ދަބަސް ޕެކް ކުރާށެވެ. ސުވާލު ކުރުން މަނާކޮށްފައި އޮތުމުން އަހަންނަށް އިތުރު އެއްޗެއް އެނގުނީ މަންމަ ކައިރިންނެވެ. މަންމަ ދެރަވެފައި ހުރެ ބުނީ އެހެން ރަށަކަށް ބަދަލުވާން އުޅޭ ވާހަކައެވެ. އިތުރު އެއްޗެއް މަންމަވެސް ނުބުނެއެވެ. އަހަރެމެން ބަދަލުވީ ވަރަށް ކުޑަ ރަށަކަށެވެ. އެރަށުގެ ސްކޫލުގައި އެކި އުމުރުފުރާގެ ކުދިން އުޅޭއިރުވެސް އެހުރިހާ […]
އެއާއި ޖެހިގެން އައި ރޭ އުޝާއާއި ޔަނާލް ކުރިން ރޭ ފަދައިން ކަޅުކުލައިގެ ހުޑީއާއި ޖީންސްލައިގެން މާސްކާއި އަންގި އަދި ލެންސްވެސް ލައްވައިގެން ލިހާންމެންނާއި އެކު ކާރުގައި ދިޔައެވެ. މިފަހަރު އުޝާއާއި ޔަނާލް ވަތީ ލިހާންމެން ވަތް ފަހުންނެވެ. އެމީހުން ވަދެފައި މެސެޖް ކުރުމުން ޔަނާލް ހިނގައިގަތީ އެބިލްޑިންގެ ފަހަތަށެވެ. ޔަނާލް އެކޮޅަށް ގޮސް އުޝާއަށް ހަނާއަޅާލުމުން އުޝާ އެދިމާލަށް ހިނގައިގަތީ މަގު އެއްކޮށް ސްކޭން ކޮށްލުމަށްފަހުއެވެ. އެއަށްފަހު ޔަނާލް ކައިރީ ހުއްޓިލިއިރު ޔަނާލް އެ އިމާރާތުގެ […]
އުުޝާމެންނަށް އިޝާންގެ ހަބަރެއް ލިބުނީ އެދުވަހު މެންދުރު އެކެއްވެސް ޖެހި ފަހުން ޝާފިއު ސާރގެ ފަރާތުންނެވެ. މިހުރާންއަށް އިޝާންއަށް ލިބުނު އަނިޔާއާއެކު އަދިވެސް ފަރުވާދެނީ ކަމަށް ޝާފިއު ސާރ ބުނި ފަހުން ޔަނާލްގެ ދެފައި އެއްތާކު ނުޖަހާ ސިޓިންރޫމްގެ ދެކޮޅަށް ހިގާލަ ހިގާލަ ހުރިއިރު އުޝާވެސް އިތުރު ކަމަކާއި ނޫޅެ ފޯނު އަތަށް ލައިގެން އިނީ ހަބަރެއް ވޭތޯއެވެ. ހަވީރު އަތަށް އެޅިއިރު މިހުރާންގެ ހާލު ރަގަޅު ކަމަށް ހަބަރު ލިބުނެވެ. ނަމަވެސް އިޝާންގެ ހާލު އަދުވެސް […]
“އޭނާގެ ފޯނު ލޮކޭޝަން ހޯދިންތަ؟” ޔަނާލް އެހިއެވެ. “ފާތިޙް ސާރ ބުނީ ލޮކޭޝަން އޮފް ކޮށްފައޯ އޮތީ.” އުޝާ މާޔޫސްކަމާއެކު ބުނެލިއެވެ. އިރުކޮޅަކު ވިސްނާލަން އިނދެފައި ޔަނާލް ބުންޏެވެ. “އުޝާ ހަނދާން އެބަހުރިތަ އަހަރެމެންގެ ފުރަތަމަ ކޭސް؟ އެފަހަރު މިހުރާން ގެއްލިގެން އުޅުނީމެއްނު. ފަހުން އޭނާ ފެނުނީމަ އުޝާ އަހަރެމެން އެންމެން ފޯނަށް ކޮންމެވެސް އެއްޗެއް ލީމެއްނު. ލޮކޭޝަން އޮފް ކޮށްފައި އޮތަސް ފޯނު ހަލާކުވެފައި އޮތަސް ފޯނުގެ ލޮކޭޝަން ދެން އުޝާއަށް ހޯދޭނެއޭ ބުނީމެއްނު.” ޔަނާލް […]
އެތަން އަނދިރި ކަމުން އޭނާ އަތުގައި އޮތް ކުޑަ ލައިޓުން އެތަނަށް އަލި އަޅުވާލިއެވެ. އެތާގައިވެސް ހުރީ ބަސްތާ ތަކެކެވެ. ނަމަވެސް އެއީ ޑްރަގްތަކެއް ނޫންކަން ޔަނާލަށް ޔަގީންވިއެވެ. އެތަނުން އެ ބަސް ކުޑަކޮށް ހުޅުވިފައި ހުރުމުން ޔަނާލް އެތެރޭގައި ހުރި އެއްޗެއް ޔަގީން ކޮށްލަން ބަލާލިއެވެ. އޭނާގެ ހީ ޔަގީނަށް ބަދަލުވިއެވެ. އޭގައި ހުރީ ގަން ޕައުޑާއެވެ. އޭނާ އެތާނގައި ހުރި ފާރަށް އަލިއަޅުވާލެވުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އެތަނުގެ ހަތަރު ފާރު ފުރާ އެކި ވައްތަރުގެ […]
އެމީހުން ވަތީ ބޮޑު އެޕާރޓްމެންޓަކަށެވެ. ސިޓިންގް ރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ތިން ކޮޓަރި ހުއްޓެވެ. އުޝާމެންގެ ދަބަސްތައް އެތަނުން އެއްކޮޓަރިއަށް ލާދިނެވެ. “ދެކުދިން ޖެހޭނީ މިކޮޓަރި ޝެއާރ ކޮށްލަން. ފްރެޝް ވެލައިގެން އާދޭ. އަދި ބައިވަރު ކަންތައް ތިކުދިންނަށް ކިޔާދޭން އެބަޖެހޭ.” ޔަނާލްގެ އަތަށް ތަޅުދަނޑިއެއް ލައިދެމުން އެއަންހެން މީހާ ބުނުމަށްފަހު އޭނާ ދިޔައީ ބަދިގެއަށެވެ. އެކޮޓަރި އަކީ ވަރަށް ބޮޑު ކޮޓަރިއެކެވެ. އަޅިކުލައިގެ ފާރުތަކުގެ ތެރެއިން އެއްފާރުގައި ހުދުކުލައިގެ މާ ގަހެއް ކުރަހާފައި ހުއްޓެވެ. […]