Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް ކަލާއަށް އެދޭތީ 1

Cherrychoppers Level 3100 Login10 Stories100 Comments
April 8, 2020 One Min Read
12 Comments

ދަންވަރުގެ ވަގުތެވެ. ބޯކޮށް ވިއްސާރަ ވެހެމުން ދިޔަ މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ގަޑިން 2 ޖެހުމާއި ކައިރިވެފައި ވީ ނަމަވެސް މަގުތަކުގެ ކޮޅުކޮޅުން ފެންނަމުން ދިޔަ މީހުންނާއި އުޅަނދުތައް މަދެއް ނޫނެވެ. އެވަގުތު  މ.މާވިލް ގެ ގޭޓުން ކަޅުކުލައިގެ ކާރެއް ވަދެގެން ދިޔައެވެ. ގަރާޖުގައި ކާރު ބެހެއްޓުމައްފަހު އޭގެން ނިކުތް ޒުވާނާގެ އިސްކޮޅުން ދިގެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްލެވިފައިވާ ފަންއިސްތަށިގަނޑުގެ ސަބަބުން އޭނަގެ ލޯ ނިވާވެފައިވެއެވެ. ވާރޭގެ ރަހުމެއް ނެތް  ހަމަލާތަކުން އެ ޒުވާނާ ލައިގެން ހުރި ގަމީސް ތެމި ފޯވިއިރުވެސް މިއިން އެއްވެސް ކަމަކުން އެ ޒުވާނާ އަށް ފަރުވާލެއް ނެތް ފަދައެވެ. އިސްޖަހާލައިގެން ހުރެ ޖިންސްގެ ދެޖީބަށް އަތްކޮށްޕާލަމުން އޭނަ ގެއާ ދިމާލަށް ހިނގާގެންފިއެވެ. 5 ބުރިއަށް ނެގިފައިވާ މާވިލްގެ އިމާރާތުގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދަނީ ތަނަވަސްކަމާއި ހައިބަތުގެ ބޮޑުކަމެވެ. އިމާރާާތުގެކުރިމައްޗަށް ވާގޮތަށް ފެންއަރުވާ ވަޑާމެއް އޮތްއިރު އެކިކުލަކުލާގެ މާމެލާމެލީގެ ގަސްތަކުން މުޅި ފެންޑާ އޮތީ ފަޅުފިލުވާލައިފައެވެ.  ވާރޭގެ ފެނާއި އެކުވެގެން އެކިކުލަކުލައިގެ ފިނިފެންމާތަކުގެ ކުލަގަދަވެފައި ހުރުމުން މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ.  އެޒުވާނާ ގޭގެ ދޮރުމައްޗަށް ހުއްޓެމުން އިނގިލީގެ ނިޝާން ޖަހާލުމާއެކު ދޮރުހުޅުވިގެންދިޔައެވެ. ލިފްޓަށް އަރަމުން އެޕާރޓްމެންޓަށް ދިއުމަށްޓަކައި ބަޓަނަށް ފިތާލިއެވެ. ލިފްޓުގެ ދޮރު ކެހިގެން ދިޔުމާއިއެކު ފެނިގެން ދިޔައީ ޒަމާނާ އެންމެ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ އެޕާރޓްމެންޓެކެވެ. ސިޓިންރޫމާއި ޖެހިގެން އިން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެ ކޮޓަރީގެ ތެރެއަށް އެ ޒުވާނާ ދެމިގެންފިއެވެ. ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ބެލްކަންޏާ ދިމާލަށް އޭނަ ހިނގާގެންފިއެވެ. ބެލްކަނީގެ ދޮރު ހުޅުވާލުމާއެކު އެ ޒުވާނާގެ ހާމަވެފައިވާ ހަށިގަނޑުގައި ބީހީލީ ތެތްފިނި ވައިރޯޅިއެކެވެ. ވެހެމުން ދިޔަ ވާރޭއަށް ނަޒަރުހުއްޓާލައިގެން އޭނާހުރިއިރު އޭނާގެ ކަޅުކަންގަދަ ދެލޯ ކަރުނައިން ފުރިގެން އައެވެ. ހިތާމަވެރިގޮތަކަށް އޭނާ ލޯމަރާލުމާއިއެކު ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ދެމިލުމަށްފަހު ދެތުންފަތުގެ ދޭތެރެއަށް ވިރިގެން ދިޔުމާއިއެކު އޭނާއަށް ހިންދިރުވާލެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެއްޗެއް ހަނދާންވާ ފަދައަކުން ދޮރާދިމާލަށް ހިނގާގެންފިއެވެ. ހުސްގަޔާ ދޮރުހުޅުވާލުމަށްފަހު އެ ކޮޓަރިއާ ޖެހިގެންހުރި ކޮޓަރީގެ އެތެރެއަށް އޭނާވަނެވެ. ކޮޓަރީގެ މެދައްވާ ގޮތަށް ފިޔާތޮށިކުލައިގެ މެދުސައިޒުގެ އެނދެއް ބެހެއްޓިފައިވީއިރު މުޅި ކޮޓަރި ޒީނަތްތެރި ކޮށްލާފައިވަނީ ހުދާއި ފިޔާތޮށި ކުލައިންނެވެ. ކޮޓަރީގައި ހުރި އެނދުގައި ފަސްދޮޅަހަކައް އަހަރަށްދާ އަންހެނަކު ނިދާފައި އޮތްއިރު އޭނައާއި ދާދި ގާތުގައި ފަސްވަރަކަށް މަހުގެ ލޯބި ލޯބި އަންހެން ކުއްޖެއް ނިދާފައިއޮތެވެ. އެ ޒުވާނާ އެ ތުއްތުކުއްޖާއާއި ދިމާލަށް ގުދުވެލަމުން އެ ނިތްކުރީގައި އޭނަގެ ތުންފަތް ޖައްސާލިއެވެ. އެވަގުތު އެ ތުއްތުކުއްޖާ ދެލޯ ތަޅުވާލުމަށްފަހު ކުކުރިލައިފިއެވެ. މި އަޑަށް ކައިރީގައިއޮތް އަންހެން މީހާއަށް ސިއްސާގެން ހޭލެވިއްޖެއެވެ. އެއާއެކު އެ ކުއްޖާއާ ދިމާއައް ގުދުވެގެންއޮތް ޒުވާނާ އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. “ޒާއިޝް” އެ އަންހެންމީހާގެ ކަރުފަޅާ އެ ނަން ނިކުތީ ވައިއަޑުންނެވެ. މިއަޑަށް އެ ޒުވާނާ އިސްއުފުލާ   އެ އަންހެންމީހާއާ ދިމާލަށް ބަލައިލިއިރު ދެމީހުންގެ ދެލޯވެސް ކަރުނައިން ފުރެމުން ދިޔައެވެ. އެހެން ނަމަވެސް ޒާއިޝް އިސް   އޮބާލުމަށްފަހު އެ ތުއްތު އަންހެން ދަރިފުޅު އޭނަގެ މޭގައި ޖައްސާލަމުން ކޮޓަރިން ބޭރަށް ނިކުމެއްޖެއެވެ. އޭނަގެ ކޮޓަރިއަށް ވަދެވުމާއިއެކު ޒާއިޝް ހަމަ އެހުރިގޮތަށްހުރެ އެނދުގައި އޮށޯވެއްޖެއެވެ. އޭރުވެސް އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޒާއިޝް އޭނާގެ މޭމަތީގައި އޮތް ތުއްތު ދަރިފުޅުގެ މުއްކަވާލެވިފައިވާ އަތުގައި ހިފާލުމަށްފަހު އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.”ޒޫކީ…ބައްޕި އަށް… މާފުކުރޭ.. އައިމް ސޮރީ ސްވީޓްހާރޓް… އައިމް ރިއަލީ ސޮރީ” ގިސްލިމުންދިޔަ ޒާއިޝް އޭނާގެ މޭމަތީގައި އޮތް ޒުކާ އާއި މުޙާތަބުކޮށް ބުނަމުންދިޔައެވެ. ކުށްލިއަކަށް އޭނާގެ ކޮނޑުގައި މީހަކު އަތްލުމުން ސިހިފައި އޭނައަށް ފަހަތް ބަލާލެވުނެވެ.

(ނުނިމޭ…)

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ހަހުރަޔާ – 05

Next

މަޢާފް – ތޭވީސްވަނަ ބައި

Next
April 8, 2020

މަޢާފް – ތޭވީސްވަނަ ބައި

Previews
April 8, 2020

ހަހުރަޔާ – 05

12 Comments!

  1. Shayaalyn says:
    April 8, 2020 at 10:25 am

    Storyge ehbaaa nufeney
    Why?????

    1. Eynaaaa says:
      April 8, 2020 at 9:54 pm

      Ethedheh

    2. Cherrychoppers says:
      April 9, 2020 at 2:46 pm

      Umm alhu akh neynge kihinieh vyy kameh maybe it’s a technical mistake dhn faharakun rangalhu kohlaanan inshaa Allah ❤️

  2. Athu says:
    April 8, 2020 at 8:26 pm

    Maa shaa allah?
    Varah loabiii…cant wait to read second part ♥️

    1. Cherrychoppers says:
      April 22, 2020 at 12:33 am

      Jazaakillah sis . Insha allah varah avahah up kohladheynan ❤

  3. Dhimm says:
    April 8, 2020 at 8:37 pm

    Maashaa Allah ? stry vrh rythi ? kyyyp itt uppp♥️

    1. Cherrychoppers says:
      April 9, 2020 at 2:42 pm

      Thanks dhimm❤️

  4. ?? says:
    April 8, 2020 at 9:00 pm

    Reethi. Interesting vaane hen heeveyy.

    1. Cherrychoppers says:
      April 21, 2020 at 11:36 pm

      Jazaakillah khairan..let’s see dhw??

  5. Raa says:
    April 9, 2020 at 3:18 pm

    Sis thank you so much. Finally vaahaka kiyaalan libijje. Waiting for the next part ☺️☺️☺️☺️

    1. Cherrychoppers says:
      April 22, 2020 at 12:55 am

      Hehe u r welcome raa. Insha allah varah avahah next part up kohlaanan. ❤❤

  6. ? ? queen ? ? says:
    June 13, 2020 at 8:16 am

    Story varah reethi

Comments are closed.


All Right Reserved!