ރެފްރީ ކަށިގަނޑު ފުމުމާއެކު މެޗު ފެށީ ފްރާންސް ޓީމުންނެވެ. ފަރަންސޭސް ވިލާތުގެ ކުޅުންތެރިން ބެލީ އޮޅިގެން ނަމަވެސް ޔޫސުފްއަށް ބޯޅަ ނުދެވޭތޯއެވެ. ޔޫސުފް ވަށައިގެން ހައެއްކަ ކުޅުންތެރިން ޖައްސައިފައި ތިއްބެވެ. އެމީހުންގެ ކުޅުންތެރިން ކުޅެމުން ދިޔަ ގޮތުން މާއިޒް ކުޅުވާ ގޮތް ރަނގަޅަށް ދަސްކޮށްފައި ތިބިކަން އެނގެއެވެ. ޑިފެންޑަރުން ޔޫސުފް ފަހަތު ޖައްސައިފައި ތިބުމުން އަލްޔަސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ފަހަތުން ފްރާންސް ކުޅުންތެރިއަކު ޖައްސާލި ބޯޅަ އޭނާއަށް ލިބުނެވެ. ލިބުނު ބޯޅަ އެއް ފަރާތުގައި ހުރި […]
“ސާރ. ވީ ޝުޑް ކޯލް މައި ޑޭޑް.” އަހަރެން އާރިފްސާރ އާ ދިމާއަށް އެނބުރެމުން ބުނެލީމެވެ. ** ** އަރޫންގެ ނަޒަރުން: އަހަރެންގެ ކުރިމަތީގައި ރޫޝިން އިނީ އިސްޖަހާލައިގެންނެވެ. އޭނާގެ ސިކުނޑިއަށް އަރައި ފައިބަމުންދާ ޚިޔާލުތައް އެނގެން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. “ސޯ.. ޝުބީ.. މިއޮއް ހުރިހާ ދުވަހު.. ޝުބީ ވޯޒް.. އެލައިވް..” އިސްއުފުލައި އަހަންނާ ދިމާއަށް ބަލާލަމުން އޭނާ ވާހަކަދެއްކީ އުނދަގޫ ގޮތަކަށެވެ. އަހަރެން އޭނާއަށް ޝުބާގެ ހުރިހާ ވާހަކައެއް ކިޔަދީފިމެވެ. ނަމަވެސް އަދިވެސް އޭނާ […]
ފޮޓޯ ގަނޑުގައި އިން ލިޔުންކޮޅުން ހަތަރު ވަނަ ޖުމުލަ ކިޔުނުތަނާ ޒައިން ހާސްވާން ފަށައިފިއެވެ. ވާން މިއުޅެނީ ކިހިނެތްބާއެވެ؟ ވާން އުޅޭ ގޮތެއްވެސް އިނގޭނީ ދެން ހުރި ޖުމުލަތައް ވެސް ކިޔައިގެންތާއެވެ. އެކަމަކު ދެން އިން ޖުމުލައިގެ ފުރަތަމަ އަކުރުވެސް ކިޔައިނުލެވެނީސް އެ ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ. މޫނުމަތީގައިވި ހާސްކަން އެއްފަރާތް ކޮށްލުމަށް ފަހު ޒައިން އެނދުން ތެދުވެ ގޮސް ދޮރު ހުޅުވިއެވެ. “ޝިމް. ކަމަކުތަ؟ ކޮބާ ދޮންބެ؟” ކުރިމަތީގައި ހުރި ޝިމާޔާ ފެނި ޒައިން […]
ސައިބޮއެ ނިންމާލައިގެން ހަތަރު ކުދިން އެއްކޮށް ގޮސް ސޯފާގައި އިށީނމުން އުޝާ ވާހަކަ ދައްކަން ފެށިއެވެ. “މި ކޭސް މިހިސާބަށް ގޮސް އޮތްއިރ ކުރިއަށް ގެންދިޔައިރު ފުރަތަމަ އަލުން ފޮރެންސިކް ކަންތަކާއި ހަވާލުވެ ހުރި އަހުމަދު ސާރ ކައިރިއަށް ދާން ވީ ދެމީހަކު. އަނެއް ދެމީހުން ދާންވީ އަލުން ޖަލުގައި ތިބި ސަސްޕެކްޓުންނާއި ސުވާލުކުރަން. މަދާނީ ސުވާލުކުރަން. ކާކު މަށާއިއެކު ދާނީ؟” މިހެން ބުނުމާއެކު އިޝާން އުޝާ އާއެކު ދާން އެއްބަސްވެއްޖެއެވެ. “ހޫނ… ހިނގާ ދާން. މިހުރާނާއި […]
އޭނާގެ ކުރިމަތީގައި އަހަރެންގެ ބަލިކަށިކަން އެހާ ފަސޭހައިން މި ހާމަވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ އަހަރެންގެ ކާކު ހެއްޔެވެ؟ “ޝުބާ…” އަރޫން އަނެއްކާވެސް ވައި އަޑުން އަހަރެންގެ ނަން ކިޔާލައިފިއެވެ. “ހުމްމް..” އަހަންނަށް ބުނެވުނީ އެހެންނެވެ. “އަހަރެން….” ސީރިއަސް ރާގެއްގައި އޭނާ އެ ޖުމްލަ ފެށި ނަމަވެސް އެ އަޑު ކުއްލި ގޮތަކަށް ހުއްޓުން އަރައިފިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަހަރެންގެ ހަށިގަނޑުން ދޫކޮށްލައިފިއެވެ. “ނެވާމައިންޑް… ސޮރީ…” އަހަންނާ ދުރަށް ޖެހިލަމުން އޭނާ ދެން […]
ރޮވިފައިވާ އަޑަކުން އީޝަލް އެހެން ބުނެލިއިރު އެ އަޑުގައިވީ އާދޭހެވެ. ޒިޔާނާ އައިގޮތަށް އައިސް އީޝަލްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލީ އަތުރުހި ބާރެއްލާފައެވެ. އަދި ތެޅިފައިވާ ބިއްލޫރިތައްހުރި ދިމާލަށް އީޝަލްކޮއްޕާލުމާއެކު އީޝަލްގެ ދެފައި ދަށުން ލޭތަށް ފައިބައިގަތެވެ. ޒިޔާނާގެ ހިތް އަދި ނުފުރެނީކަންނޭނގެއެވެ. އެވަރުން ނުވެގެން އަދި އީޝަލްގެ އަތުގައި ހިފާ ދަމަމުންކަހަލަ ގޮތަކަށް ބަދިގެއަށް ގެންގޮސް ދޮންކޮއްފައިވާ ދޭފަތް އީޝަލްގެ ކަނާއަތުގެ ނުފުށުގައި ޖައްސާލުމާއެކު އީޝަލްގެ ދެލޮލުން ކުޅަދާނަނުވެގެން ފައިބައިގަތް ކަރުނަތަކާއެކު ދެތުންފަތް ފޫ އަޅުވާލާފައި […]
“މަންމާ ކޮބާތަ ޒެކް؟” ގޭތެރެއަށް ވަތް އާރިޝްއަށް ޓީވީ ބަލަން އިން އަސްމާ ފެނުމުން އަހައިލިއެވެ. “ޝަމީމް މެން ގެއަށޭ ކިޔާފަ ދިޔައީ.” އަސްމާ ބުންޏެވެ. “އެހެންތަ. އޭނަ ގެއަށް އައީމަ ބުނައްޗޭ އަޅުގަނޑުގެ ކޮޓަރިއަށް ވަދެލަން އިނގޭ މަންމާ!” އާރިޝް ބުނި ބުނުމަށް އަސްމާ ހްމްމް އެކޭ ބުނުމުން އާރިޝް އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ އާރިޝް އާއި ދިމާލަށް އަސްމާ ބަލައިލީ ހިތްދަތިވެފައިވާ ފަދަ ގޮތަކަށެވެ. އަސްމާ އިއްޔެ […]
ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ދެތުންފަތް ފޫއަޅުވާލާފައި ނިކުންނަމުންދިޔަ ވޭނީ ގިސްލުން ގަދަކަމުންކަހަލަ ގޮތަކަށް ހުނުމަކަށް ބަދަލުކުރިއިރު އެ އަޑުގައިވީ އިންތިހާދަރަޖައިގެ ވޭނެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަށް ފޮހެމުންފިޔައިރު މުޅި ކޮޓަރިތެރޭގައިވެސް ފެތުރިފައިވަނީ އެ އަންހެންކުއްޖާގެ ވޭނުންފުރިގެންވި ހުނުމުގެ އަޑެވެ. **** ތާޒާ ވެލައިގެން ނުކުތްއިރު ފަތިސްނަމާދު ބަންގީގެ އަޑު އިވުމާއެކު އެ އަންހެންކުއްޖާ އަވަސްވެގަތީ ނަމާދުކުރުމަށެވެ. އެއީ އޭނާގެ ހިތަށް ހަމަޖެހުންލިބި ކެއްތެރިކަން ލިބޭވަގުތުކޮޅެކެވެ. ދިރިއުޅުމާއިންގެން ކުރިއަށްދާން ލިބޭ ކުޑަ ކުޑަ ހިތްވަރެކެވެ. އެހެން […]
ލައިބްރަރީއިން ފޮތްނަގައިގެން ދެކުދިން ގެޔަށްދާން މިސްރާބުޖެހިއެވެ. ގެޔަށް ދިޔަ މަގުމަތީގައި ގާލްގައިޑް ކުދިން ދިޔަ ކޮރެއާ ކޭމްޕްގައި ހިނގާދިޔަ ހުރިހާ ކަމެއް ހ އިން ޗ އަށް ރިހާމް ކިޔާދިނެވެ. “ކޭމްޕްގައި އުޅުނު ހުރިހާ ކުދިންވެސް ވަރަށް އެކުވެރި. އެބައޮތް ކޭމްޕްގައި އުޅުނު ރައްޓެހި ކުއްޖެއްގެ ނަމްބަރާއި އީމޭލް އެޑްރެސް ދީފައި އެކުއްޖާއަށް ގުޅަން. އެންމެ ސަޅީ ކޮންމެ ކޭމްޕްގައި އުޅޭ އެންމެންނަށްވެސް ކޮންސާރޓަކަށް ދާން ހިލޭ ޓިކެޓް ލިބޭތީ” “ހާދަ ސަޅިއޭ ދޯ؟ އިހޫވެސް ގާލްގައިޑްގައި […]