Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތުގެ އުދާހުން ދުރުވާނެބާ! – 4 –

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
April 6, 2020 5 Mins Read
20 Comments

“މިޒްޔާން..” އޭނާ ބުނެލީ ހަމައެކަނި އެހެންނެވެ. އަދި އެހެން އެއްވެސް މީހަކަށް ބަލާލުމެއްނެތި ފިރިހެންވަންތަ ހިނގުމެއްގައި އީޝަލް ކައިރީގައި އިށީނީ އިތުރު ހުސް ގޮނޑިއެއް އެތަނުގައި ނެތުމުންނެވެ. އީޝަލްހަމަ އިސްޖަހާލައިގެން އެއިންގޮތަށް އިނީއެވެ. ނަމަވެސް ހިނދުކޮޅަކަށް މިޒްޔާންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުނުކަން އެނގުނެވެ.
****
“ވަޓް؟..” ދެބުމަގޮށްޖަހާލާފައި އީޝަލް ބުނެލީ އަދިވެސް އެ އިންގޮތަށް މިޒްޔާން އޭނާއަށް ބަލަހައްތައިގެން އިންކަން އިޙުސާސްކުރެވުމުންނެވެ.

“ނަތިންގ” ކޮނޑުއަރުވާލާފައި މިޒްޔާން ބުނިނަމަވެސް އެ މޫނުމަތީގައި ލާނެތްހިނިތުންވުމެއްވިއެވެ.

“އޭރުން ދެން އަހަންނަށް ނުބަލައި ފޮތަށް ބަލާބަލަ..ކިޔަވާދޭއިރު ތިހެން ބަލަން އިނީމާ އުނދަގޫވޭ..” އެހެން ބުނެލުމަށްފަހު މިޒްޔާން ބުނާނެ އެއްޗަކަށް ބެލުމެއްނެތި އީޝަލް ފޮތަށް ބަލަންފެށިއެވެ. އީޝަލްގެ ކެރުނެތެރިކަންފެނިފައި މިޒްޔާންއަށް މަޖާވިއެވެ. އެހެން އަންހެންކުދިންހެން އޭނާގެ ކުރިމަތީގައި ތިއްތިދެއްކިފައި ނޫޅޭ ކުއްޖަކު މިފެނުނީ އަދި އަލަށެވެ.

“އެހެންވީމާ ޕޭޖު ތިނެއްގައިވާ ހަރަކާތް އެކެއްގެ ސުވާލުތަކަށް ޖަވާބުދޭންވީ ކުޑަފޮތުގައި..މަސައްކަތް ފަށާ…” ޓީޗަރު އެހެން ބުނެފައި ބޭރަށް ނިކުތީ ފޯނަށް ކޯލެއް އައުމުންނެވެ.

ދިވެހި ކުޑަ ފޮތް ހުޅުވާލާފައި ކަނާއަތުން ލިޔަން ގަލަމުގައި ހިފަހައްޓާލި އީޝަލްގެއަތުން ގަލަން ދޫވެގެން ވެއްޓުނުއިރު ދެތުންފަތުން މަޑު އާހެއްބޭރުވިއެވެ. އެވަގުތު ކަނާއަތުން ނެގި ދިލަޔަކުން ލޮލުން ވެއްޓުނު ކަރުނަތިކި ފޮތުގެ ކަނޑުގައިޖެހިފައި ފޭދިގެންދިޔައެވެ.

“ވަޓް ހެޕެންޑް..ތަނަކަށް ތަދުވަނީތަ؟..” އީޝަލްއަށް ވީގޮތް ފެނިފައި މިޒްޔާންއަށް ބުނެލެވުނެވެ. އީޝަލްހަމައެކަނި ދެފަރާތަށް ބޯހޫރާލަމުން އިސްޖަހާލީއެވެ. ތުރުތުރު އަޅަމުންދިޔަ އަތުން ގަލަން ހިފަހައްޓާލާފައި ލިޔަންފެށީ ނަގަމުންދިޔަ ރިހުން ހިނދާލެވޭޓޯ މަސައްކަތް ކުރަމުންނެވެ. މިޒްޔާންއަށް ޝައްކުވެދާނެތީވެސްމެއެވެ.

ސުކޫލުނިމިގެންދިޔައީ އީޝަލް ހީކުރިގޮތާ ޙިލާފަށް އެއްވެސްމީހެއްގެ އުނދަގުލަކާއި ކުރިމަތިލުމެއްނެތިއެވެ. ހޫނުގަދަ އަވިގަނޑުތެރޭގައި ހިނގާފައި ގެއަށްދާން މިސްރާބުޖެހި އީޝަލްއަށް އޭނަގެ ފަހަތުންކަހަލަ ގޮތަކަށް މީހަކުއަންނަކަން އެނގިގެން ފަހަތް ބަލާލީ ދެބުމަގޮށްޖަހާލަމުންނެވެ. އޭރު މިޒްޔާން އޭނާގެ ފަހަތުގައިހުއްޓެވެ. ލައިގެންހުރި ހުދުކުލައިގެ ޔުނީފޯމުގައިވެސް މިޒްޔާންގެ ރީތިކަން ފަނޑުކޮށްނުލެވުނެވެ. އިޙުސާސްކުރެވެމުންދިޔަ ހޫނެއްގެ ސަބަބުން ނިއްކުރިމަތީގައި ދާތިކިތަކުގެ އަސަރުވިއެވެ. އެ އަސަރުގަދަ ދެލޯ ހަނިކޮށްލައިގެންހުރިއިރު ބޯއެސްފިޔަތަކުގެ ނިވަލުގައިވީ ކަޅުކަންގަދަ ތޫނުކަޅި އީޝަލްއަށް ހުއްޓުނެވެ. އެއްއަތުން ކޮނޑުގައި އަޅާލެވިފައިވާ ދަބަހުގައި ހިފަހައްޓާލައިގެންހުރިއިރު އަނެއް އަތް ޖީބަށްޖަހާލައިގެން ހުރުމުން ވަރަށްވެސް ރީއްޗެވެ. އެންމެ ބަލައިލުމަކުންވެސް ކޮންމެ އަންހެންކުއްޖެ ހިތް މިޒްޔާންއަށް އޭނާގެ މުށުތެރޭގައި ހަތްޔަރުކޮށްލެވިދާނެއެވެ. އެކަމަކު އޭނާއަށް އީޝަލްގެ ހިތް އޭނާގެ މުޝުތެރޭގައި ފޮރުވާލެވޭނެހެނެއް ހީއެއްނުވެއެވެ.

“ޔޫ..އަގައިން..” މިޒްޔާން ފެނުމުން ރުޅިވެރިކަމާއެކު ދެބުމަގޮށްޖަހާލާފައި އީޝަލްއަށް ބުނެވުނެވެ. އޭރު އެދެމީހުންނަށްވެސް ތިބެވުނީ އީޝަލްމެން ގެޔާ ފުދޭވަރަކަށްކައިރީގައެވެ.

“ވޯވް..އީޒީ ކިލާރ…ތިހާ ޑެތުކޮށް ނުބެލިޔަސް ވެދާނެއެންނު..” އީޝަލްގެ ދެލޮލުންފެނުނު ރުޅިވެރިކަމަކުން ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެންހުރެ މިޒްޔާން ބުންޏެވެ. އެހެން އަންހެންކުދިންނާއި މި އަންހެންކުއްޖާ ހަމަ ތަފާތީއޭ މިޒްޔާންގެ ހިތަށްއެރިއެވެ. އެދެލޮލުން އޭނާއަށް އެހެން އަންހެންކުދިންގެ ދެލޮލުގައި ފެންނަންހުންނަ ބެބުޅުމާއި ވިދުމެއްނުފެނެއެވެ. އުފާވެރިކަންވެސްމެއެވެ. ހީވަނީ ނޭވާލިއެއްކަމަކު އެތެރެއިން މަރުވެފައިވާހެންނެވެ.

“ކީއްވެތި އަހަރެންގެ ފަހަތުންއަންނަނީ..” މިޒްޔާންގެ ތުންފަތްމަތީގައިވި ހިނިތުންވުންފެނިފައި އިޝަލްގެ ރުޅިހައްތަހާވީ އިތުރެވެ. އީޝަލް ރުޅިއައިސްފަހުރިއިރު ރީތިކަމުން މިޒްޔާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ.

“އަދިވެސް ހެނީތަ؟…”

“ޗިލް ގާރލް..ހީވަނީ ދެންމެ ދެންމެ ރުޅިއައިސްގެން ބޮމެއްހެން ގޮވާފާނެހެން..އެކަމަކު ވަރަށް ކިއުޓް އެނގެ ރުޅިއައީމާ..ބައި ދަ ވޭ..އައިމް ނޮޓް ފޮލޮވިންގ ޔޫ…” ހީލާފައި މިޒްޔާން އީޝަލްއާއި ސަމާސާކޮށްލި ނަމަވެސް އީޝަލް ކުރިއަށް ހިނގައިގަތީ މިޒްޔާން ބުނިއެއްޗަކަށް ރައްދުދިނުމެއްވެސް ނެތިއެވެ. މިޒްޔާންވެސް އީޝަލްގެ ފަހަތުގައި ހުރެގެން ހިނގާފައި އާދެއެވެ. ދެމީހުންނަށްވެސް ނޭނގުނި އެދެމީހުންވެސް އެދަނީ އެއްމިސްރާބަށްކަމެވެ. ގޯތިތެރެއަށްވަދެ ވަދެ ގެއަށް ވަންނަން މިސްރާބުޖެހި އީޝަލްއަށް ހުއްޓިލެވުނީ މިޒްޔާން ‘ވަޓް ދަ ހެލް’ އޭ ބުނެލުމުންނެވެ. އީޝަލްވެސް ދެލޯ ބޮޑުކޮށްލާފައި މިޒްޔާންއާ ހަތަރުކޮޅިހަމަކޮށްލިއެވެ.

“ޔޫ އުޅެނީ މި ގޭގަތަ؟..” ހައިރާންވެފައިވުމުގެ ސަބަބުން ކުޑަކޮށް އަނގަހުޅުވާލައިގެންހުރެ މިޒްޔާން އަހާލުމުން އީޝަލް ބަލާލިއެވެ. މިޒްޔާން އެހެން ހުރިއިރު ވަރަށް ކިޔުޓްއޭ އީޝަލްގެ ހިތަށް އެރުމާއެކު ދެބުމަގޮށްޖަހާލާފައި އާންއެކޭ ބުނެލިއެވެ.
“އަނހަން..އީޝަލް، މިޒްޔާން އައީތަ…ވަދޭ ވަދޭ..އީޝަލް މީ ބައްޕަގެ ވަރަށް ގާތް ރަހުމަތްރެއިއެއްގެ ކުއްޖެއް..މި އަހަރު ސުކޫލުކިޔަވާ ނިމެންދެން މިޒްޔާން ހުންނަނީ މިގޭގައި..މިޒްޔާން އެއްޗެއް ބޭނުންވެއްޖިއްޔާ އީޝަލްއަށް އަންގާލާ އެނގެ..އޭރުން އޭނަ އެކަންތަށް ކޮއްދޭނެ..ޒާރާ އާ މިޒްޔާންއާ އީޝަލްވެސް އެއްކުލާހަކަށްދޯ ދިޔައީ…ކޮބާ ޒާރާ…” މިޒްޔާންއާ އީޝަލްއަށް ބަލާލާފައި އީޝަލްގެ ބައްޕަ ނާހިދު ހީލާފައި ބުންޏެވެ. އީޝަލްގެ ބައްޕަ ކައިރިއަށްދިޔަފަހުން އޭނާއަށް ލިބުނުއެކައްޗެއްވެސް ނެތެވެ. ލިބުނީ އެންމެ އެއްޗެވެ. އެއި ވޭނާއި ހިތާމައެވެ. ހިތްދަތިކަމެވެ. ދޮންމަންމަ ފަރާތުން ލޯބީގެ މިންވަރެއްވެސް ނުލިބުނަސް އޭނާ އުންމީދުކުރީ ބައްޕަގެ ފަރާތުން ކުޑަ ނަމަވެސް ލޯބީގެމިންވަރެއް ލިބޭނެކަމަށެވެ. ނަމަވެސް އެއީ އަވާމެންދުރެއްފަދައެވެ. ކުންހީއެކެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ޒާރާ އާއި ނާހިދުގެ ކުރިމަތީގައިވެސް ޒިޔާނާވަނީ އީޝަލްގެ މޫނުމައްޗަށް އެތިފަހަރެއްވީއްލާލާފައެވެ. އެއީ އޭނާގެ އަތުން ތައްޓެއް ތެޅުމުންނެވެ. ބައްޕަ އެދުވަހު އެއްޗެއް ބުނިނަމަ މިޔަދު ޒިޔާނާ އޭނާއަށް އެހާ އަނިޔާކުރާނެހެނެއް ހީއެއްނުވެއެވެ.

ހިތައްވެރިވި ޚިޔާލުތަކާ އެއްފަރާތްވެލަމުން ބޯޖަހާލާފައި އީޝަލް އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އަވަސް އަވަހަށް ކޮޓަރިއަށްވަދެ ދަބަސް އެނދުމަތީގައި ބޭއްވުމަށްފަހު ގަދަކަމުންކަހަލަގޮތަކަށް ހިނިތުންވެލީ ރޮވިދާނެތީއެވެ. އެހެންކަމަކާ ވިސްނަން ބޭނުންނުވުމުން ތާޒާވެލައިގެން ނަމާދުކުރުމަށްފަހު ކޮޓަރިން ނުކުންނަން އުޅުނުވަގުތު ޓަކިޖަހާލާފައި ޒާރާ ވަނެވެ. އޭރު ޒާރާގެ މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. އިސްކޮޅުން ދިގުވެފައި ހިމަ އަށިގަނޑެއްލިބިފައިވެއެވެ. ދޮން ހަނގަނޑަކާއި ކަޅުކުލައިގެ އުނަގަނޑާ ހަމައަށް އަރާ ރާޅުބާނި އިސްތަށިގަނޑު މެދަށް އެއްކޮއްލާފައި އައްސާލެވިފައިވެއެވެ. ކިއްސަރުފުރިހަމަވެފައިވާ މޫނާއި ހިމަ ދިގު ބުމައެކެވެ. ކަޅުކުލައިގެ ދެލޮލަށް ނިވާއަލާލާފައިވާ އެސްފިޔަތަކުން ފިރިހެންކުދިންގެ ހިއްތަށް އަތުލަން އެއީ މާބޮޑުކަމަކަށްނުވާނެކަން ގައިމެވެ. ނަމަވެސް އެ ރީތި ސޫރައިގެ ފަހަތުގައިވީ އެހެން ފަރާތެއް އެކަކަށްވެސް ފެނިފައެއްނުވެއެވެ. އީޝަލް ފިޔަވައެވެ.

“ބުނަން ރަނގަޅުވާހަކައެއް…ކަލޭދެން މިޒްޔާންއާއި ކައިރިވެގެން ނުވާނެ..އެއީ ހަމައެކަނި އަހަރެންގެ މީހެއް..ކަލޭއަކަށް އޭނަ ކާމިޔާބެއްނުކުރެވޭނެ..އެއަށްވުރެ ކުރިން އަހަރެން އޭނަގެ ގާރލްފްރެންޑްއަށް ވާނަން..މިޔަދު އެއްޗެކޭ ނުބުނެހުރީ ފުރަތަމަ ދުވަސްވީމަ..ދެން ސްކޫލުގަ ހަމަޖެހިލައިގެން އުޅުނަކާނުދޭނަން….ހަނދާންކުރާތި..” ނުލަފާ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެންހުރެ ޒާރާ ބުނެލިއިރު އެ ދެލޮލުން އީޝަލްއަށް ފެނުނީ ނުރައްކާތެރިވިދުވަރެކެވެ. ޒާރާ އޭނާ ބޭނުންއެއްޗެއް އީޝަލްކައިރީގައި ބުނުމަށްފަހު އެނބުރި އެ ކޮޓަރިންނުކުތީ އީޝަލް ބުނާނެއެއްޗަކަށް ބެލުމެއްވެސްނެތިއެވެ. ފުންނޭވާއެއްލަމުން އީޝަލް ކޮޓަރިންނުކުތެވެ. އޭރު ޒިޔާނާ އަނގަރަތްކޮށްލައިގެން ޓީވީއިން ދައްކަމުންދިޔަ ހިނދީ ޑްރާމާއެއް ބެލުމުގައި ވަރަށް ފޯރިއާއެކު ބަލަމުންދިޔައެވެ. ނާހިދު ގޭގައި ނޫޅެންޏާ އޭނާގެ ކަމަކީ އަބަދު އީޝަލް ލައްވާ ގޭގެ ކަންތައްތަ ކުރުވުމެވެ. ނަމާދުކުރުމެއް އެހެންކަމެއް ކުރުމެއްނެތި އޭނާގެ ކަމަކީ ސިއްސިލާ ޑުރާމާތަކުގެ އަވައިގައިޖެހިފައިއިނުމެވެ. ނާހިދު އައިސްފިނަމަ އީޝަލްއާ ނުހަނު އޯގާތެރިކޮށް ވާހަކަދައްކާފައި ވިޔަފާރިކަންތަކުގައި އެއްމަހަށް ނުވަތަ ފަނަރަވަރަކަށް ދުވަހަށް ދިއުމުން ޒިޔާނާގެ ކަމަކީ އީޝަލް ލައްވައި ކކަންތައްކުރުވުމެވެ.

“ދޭ ގޮސް ދޯތިތެރެ ކުނިކަހާ..އޭރުން މިޔަދައް ކަލޭގެ މަސައްކަތް ނިމުނީ..ބައްޕަ ދަންދެން ހަމައެކަނި ކޮންމެ ދުވަހަކު ގޯތިތެރެ ކުނިކެހީމަ ކަލޭގެ ކަންތައްތައް އެ ނިމުނީ..ދެން ޖެހޭނީ އިސްތިރިކޮށްފައި އެއްޗެހި ފަތްޖަހަން…ދެން ފެއްސެންއުޅޭ…” މީހަކު ފެންނަން ނެތުމުން ޒިޔާދާ ކުރަންވީކަންތަށް ބުނެލިއެވެ. އަނެއްކާ ނާހިދު ދަންދެން މަސައްކަތްކުރަން ޖެހުމުން އޭނާހުރީ ކުޑަކޮށް ރުޅިގަދަވެފައެވެ.

ގޯތިތެރެ ކުނިކަހައި ނިމުމުން ރޯނުގައި ހިތްކަން އަޅުވާފައިހުރި އެއްޗެހިތަށް ހިފައިގެން އިސްތިކުރަން ހުރީ ގޭތެރޭގައެވެ. އޭރު ޒިޔާނާވެސް އިނީ އެތާގައި ޑްރާމާގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވިފަދައަކުން ޒިޔާނާ އީޝަލްއަށް ބަލާލިއެވެ. އޭރު އީޝަލް ޒިޔާނާއާ ނާހިދުގެ ކޮޓަރިއަށް ދަނީއެވެ.

“ތީ ނާހިދުގެ އެއްޗެއްސެއް ނޫން..ތީ މިޒްޔާންގެ ގޮސް އޭނާގެ ކޮޓަރިއަށްލާ…” އީޝަލް އެއްޗެކޭ ބުނަން އުޅުމާއެކުހެން ފަރުވާކުޑަ ނަޒަރެއްދީފައި އަނެއްކާވެސް ޒިޔާނާ ޓީވީއަށް ނަޒަރުހުއްޓާލިއެވެ.

ފުންނޭވާއެއްލާފައި އީޝަލް މިޒްޔާންގެ ކޮޓަރިއާދިމާލަށް ހިނގައިގަތީ އިތުރުގޮތެއްނެތުމުންނެވެ. މަޑުމަޑުން ޓަކިޖަހާލާފައި އެއްވެސްމީހެއގެ ޙަބަރެއް ކޮޓަރިތެރެއިން ނުވުމުން މަޑުމަޑުން ތަޅުގައި ހިފާ އަނބުރާލިއެވެ. ތަޅުނުލައިހުރުމުގެ ސަބަބުން ދޮރުވަރަށް ފަސޭހައިން ހުޅުވިގެންދިޔައެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. ހުދުކުއާއި ފެހިކުލައިން ޒީނަތްތެރިކުރެވިފައިވާ އެކޮޓަރި ނުހަނު ހިތްގައިމެވެ. އީޝަލްއަށް އެނގުނީ އެންމެ އެއްޗެކެވެ. އެކޮޓަރިއަކީ ނާހިދުމެންގެ ކޮޓަރިއާއި ޒާރާގެ ކޮޓަރިއަށްވުރެ ބޮޑު ކޮޓަރިއެއްކަމެވެ. މިޒްޔާންއާ ދިމާލަށް މަޑުމަޑުން ކުދިޔަމުން އަވަސް ހިނގުމެއްގައި އަލަމާރިކައިރީގައި މަޑުކޮށްލާފައި އަންނައުނުތަށް ތަރުތީބުކަމާއެކު ބަހައްޓާލާފައި ހިނދެމިލަމުން ފަހަތްބަލާލުމާއެކު އިޝަލް ދިޔައީ ސިއްސައިގެންނެވެ. ހުދުކުލައިގެ ޓީޝާޓެއްލާފައިވާއިރު ކަޅުކުލައިގެ ޖިންސްގެ ޖީބަށް އަތްޖަހާލައިގެންހުރި މިޒްޔާންގެ ތުންފަތްމަތީގައިވީ ލާނެތްހިނިތުންވުކެވެ. ދެންމެ އިޝަލް އޭނާއާދިމާލަށް ކީއެއްޗެހި އަޑުއިވުމުން ހިނިގަނޑު ބަނޑަށް ހިނދާލެވުނީ ކިރިޔާއެވެ.

“އަހަ..ހަމަ އެހާވެސް އަހަރެންދެކެ ރުޅިއާދޭތަ؟…” ހީލާފައި މިޒްޔާން އަހާލީ އެ ކަޅުކަންގަދަބުމަ ހިތްލާލަމުންނެވެ.

“ނޫން..ރުޅިއެއްނާދޭ..އެކަމު ވަރަށް ފޫހިވޭ….” ހަށަންބަނދެލާފައި އީޝަލް އެހެން ބުނެލުމުން މިޒްޔާން ހައިރާންވިއެވެ. ހިތުގައިވާ އެއްޗެއްވެސް ދުލާއިހަމަޔަށް ގެންނަން މި ކުއްޖާއަށް އެނގެއެވެ. ކެރޭ އަންހެންކުއްޖެކެވެ.

“އޫޕްސް…އެހެންތަ؟..ވަރަށް ދެރަ…ހިތަށް ތަދުވެއްޖެ އެނގޭ ތިހެންބުނީމަ..” ހިތުގައި އަތްޖައްސާލަމުން ދެރަވެފައިވާފަދަ އަޑަކުން އިސްޖާހަލުން މިޒްޔާން އެހެންބުނިނަމަވެސް އޭނާހުރީ ހިނިއައިސްފައެވެ.

“ވެރީ ފަނީ..އައި ޑޯންޓް ކެއާރ..” ދެއަތް އުފުލާލާފައި އެހެން ބުނެފައި އަތް ތިރިކޮށްލަން އުޅުނުވަގުތުގައި އިޝަލްގެ އަތުގައި މިޒްޔާން ހިފެހެއްޓިއެވެ. އޭރު އެމޫނުމަތިން ސަމާސާގެ ކުލަވަރުކެނޑި ސީރިޔެސްކަން ފެންނަން ހުއްޓެވެ.

“ދޫކުރޭ..” މިޒްޔާންގެ މޫނުމަތީގައިވީ ސީރިޔެސްކަމުން އީޝަލްގެ ހިތް ތެޅިލިނަމަވެސް އެކަން ފޮރުވާލަމުން ދެބުމަގޮށްޖަހާލާފައި އީޝަލް ބުންޏެވެ.

“އަތަށް ކިހިނެއްވެފާ މިހުރީ؟…” އެކަމަކު މިޒްޔާންކުރީ އެހެން ސުވާލެކެވެ. އޭރު އޭނާގެ ނަޒަރުހުއްޓިފައިވީ އިޝަލްގެ އަތަށެވެ. އެވަގުތު އީޝަލްގެ ލޮލަށް ބަލައިލެވުނުނަމަ މިޒްޔާންއަށް އީޝަލް ކަމެށް ފޮރުވަމުންއައިކަން ނަގައިގަނެވުނީހެވެ.

“ކަ..ކަމެއް ނުވޭ…އެއީ ކުރީދުވަހު ރޮށިފިހަންހުއްޓާ ތަވާގަ އަތްޖެހުނީ…” މަޑުމަޑުން މިޒްޔާންގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަންނަމުން އީޝަލް ބުންޏެވެ.

“އެހެންވެ ދޯ މިޔަދު ގަލަން އަތުން ދޫވެގެން ވެއްޓުނީ..ވަރަށް ތަދުވޭތަ؟..” ކަންބޮޑުވުން އެކުލެވިފައިވީ ނަމަވެސް މިޒްޔާންގެ އަޑުގައިވީ އޯގާތެރިކަމެވެ. މީހެއްގެ އޯގާތެރިކަމަށް ފެންބޮވައިގެންފައިވީ ނަމަވެސް އަނެއްކާ މީހަކަށް އިތުބާރުކުރާކަށް އީޝަލް ބޭނުމެއްނުވިއެވެ. އެހިތްވަނީ އެއްފަހަރު ހަލާކުވެފައެވެ. ދެން ދެވަނަފަހު އެ ހިތެއް ހަލާކެއްނުވާނެއެވެ. ކުދިކުދިވާނީއެވެ.

“ނޫން..ދެން ދަނީ..” މިޒްޔާންއާ ހަތަރުކަޅިހަމަކުރުމެއްނެތި އެ ކޮޓަރިންނުކުމެ އޭނާގެ ކޮޓަރިއަށް އީޝަލް ދިޔައެވެ. އެދިޔަގޮތަށްގޮސް އަލަމާރި ދޮރުހުޅުވާލުމަށްފަހު ލެޕްޓޮޕެއް ހިފައިގެން އެނދުގައި ދެފައި ވަށްކޮށްލައިގެން އިށީނދެ ލެޕްޓޮޕް އޮންކޮށްލިއެވެ. އެއީ އޭނާއަށް މީގެ ދެއަހަރުކުރިން ސުކޫލުން ލިބުނު ކާމިޔާބީގައި މަންމަގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާއެކެވެ. ފޯނަކާއެކީގައެވެ. އޭނާގެ ލެޕްޓޮޕާއި ފޯނުގައިވެސް ބައްޕަ ވައިފައި ޕާސްވޯޑުޖަހާފައި އިނުމުން އޭނާ ބޭނުންކަމެއް ކުރެވެއެވެ. ކޮންމެ ދުވަހަކުވެސް ގޭގެ މަސައްކަތްތަށް ކޮށްނިންމާފައި އީޝަލް އޭނާ ބޭނުންވާކަންތައްތަށް ކުރެއެވެ.

ލެޕްޓޮޕު ހުޅުވާލާފައި އިންޓަނެޓަށް ވަންނަމުން ‘އެސްފިޔަ ދިވެހި ވާހަކަ ސައިޓް’ ހުޅުވާލިއެވެ. ލޮގިންވުމަށްފަހު ވާހަކައިގެ ދެން އޮތްބައި ލިޔަންފެށިއެވެ. މިއީ އީޝަލް މީގެ އެއް އަހަރުކުރިން ކުރަންފެށިކަމެކެވެ. އެސްފިޔައިގައި ‘ޝެލް’ އަކީ ނުހަނު މަޤުބޫލު ލިޔުންތެރިއެކެވެ. އޭނާގެ ވާހަކަތަކަކީ ނުހަނު ތަރުހީބުލިބޭ ވާހަކަތެކެވެ. މިހާރު އޭނާ ލިޔަން ފަށާފައިވާ ވާހަކަ ‘ޝަކުވާއެއް ނުކުރާން’ ގެ ދިހަވަނަ ބައި އަޕްކުރިއިރު އެވާހަކައަށްވަނީ ކިޔުންތެރިންގެ ތެރޭގައި މަޝްހޫރުވެފައެވެ. އެއީ ގާތްގަނޑަކަށް ބުނާނަމަ އޭނާގެ ހަޔާތުގެ ވާހަކައެވެ. ނަމަވެސް ބޮޑެތިބަދަލުތަކާއި އެކުގައެވެ. ވާހަކަ ލިޔެ ނިންމާލާފައި އަޕް ކުރުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ގަޑި ބަލައިލިއިރު މިހާރު އެކަމުގައި ވަގުތު ހޭދަކުރާތާ ގަޑިއިރެއްވީއެވެ. ކުރިން އަޕްކުރެވިފައިވާ ބައިގެ ކޮމެންޓުތައްކިޔައި ރިޕްލައިކުރަމުންދިޔައިރު އީޝަލްގެ ހިތް ތެޅިލީ ފެނުނު ކޮމެންޓެއްގެ ސަބަބުންނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ 15

Next

އަހަރެން ވެސް ލޯބިވިން (ތަޢާރަފު)

Next
April 7, 2020

އަހަރެން ވެސް ލޯބިވިން (ތަޢާރަފު)

Previews
April 6, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 15

20 Comments!

  1. Malsa Moosa (Lysh) says:
    April 6, 2020 at 9:46 pm

    Salam readers..mi othee 4 vana part vx..Hope u all will like it. mistake eh inniya bunahchy..proof read nukoh mi up kohllee..
    share ur viwes..feel free to comment
    Lve ya all, Nyyts
    #stay home , be safe >3

  2. Aashy says:
    April 6, 2020 at 10:59 pm

    Yayyy me first….dhoa..btw v v v v reethi mi story..keep it up the hard work….

    1. Malsa Moosa says:
      April 7, 2020 at 4:52 pm

      thankx Aashy..yhh..this time ur first. Congrats Aashy.

  3. Anonymous says:
    April 6, 2020 at 11:43 pm

    OMG……I think its a comment from MIZYAAN …… v cute vane kanneyge mi love story …. curiously waiting 4 the next part….kon iraku up kuraany ?????? ….. am a big fan of zayn malik ..
    keep it up …and be safe mal

    1. Malsa Moosa says:
      April 7, 2020 at 4:57 pm

      Eheh. let’s see dhw..Thankx. Insha Allah varah avahah..this comment mean a lot to me nge. thankx >3 Ahah..same. I’m a big fan of him 2. stay home , be safe nge

    2. Faiherr says:
      April 12, 2020 at 9:21 pm

      i didn’t write my name dhww
      It was a mistake …nan nuliyevi comment post kurevuny. .
      Zayn ge fan eh v ma nan ves bunan vaane ehnnu..

  4. Sherher says:
    April 6, 2020 at 11:46 pm

    Varah reethi mi part vx…and whn nxt part??!!

    1. Malsa Moosa says:
      April 7, 2020 at 4:57 pm

      thankx Sherher. Insha Allah liyevunuhaa avahakah.
      #stay home, be safe

  5. Kairaa says:
    April 7, 2020 at 9:01 am

    Varah varah reethi mi part vx…whn nxt…waiting???

    1. Malsa Moosa says:
      April 7, 2020 at 4:58 pm

      thankx kai. Insha Allah varah avahah

  6. ?Ril? says:
    April 7, 2020 at 4:47 pm

    Varah reethi ? Masha Allah. Varah curious for next part. When is next part

  7. malsamalkkomal says:
    April 7, 2020 at 5:00 pm

    thankx Ril. Insha Allah varah avahah

  8. Kylie says:
    April 7, 2020 at 5:17 pm

    V reethi mi part vx…. Waiting fr nxt…

  9. Malsa Moosa (Lysh) says:
    April 7, 2020 at 6:33 pm

    thankx kylie

  10. Beautiful says:
    April 7, 2020 at 9:41 pm

    Omg…haadha ryhcheyy.
    whn is next part?
    I can’t wait

  11. malsamalkkomal says:
    April 8, 2020 at 12:02 am

    thankx beautiful.insha Allah varah avahah. happy to see ur comment >3
    stay home. be safe

  12. MAISAN says:
    April 12, 2020 at 9:26 am

    Mi baa varah reethi !When is nxt part!

  13. Malsa Moosa (Lysh) says:
    April 13, 2020 at 12:16 pm

    thankx Maisan. Insha Allah varah avahah.

  14. Aashaan says:
    April 16, 2020 at 7:55 pm

    v v v v reethi story eh

  15. Malsa Moosa (Lysh) says:
    April 16, 2020 at 8:25 pm

    thankx Aashaan.

Comments are closed.


All Right Reserved!