Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އަނދިރިފަރާތް 41

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
April 5, 2020 6 Mins Read
9 Comments

އިރުކޮޅަކުން އަހަރެންގެ ފޯނަށް އިތުރު މެސެޖެއް އަތުވެއްޖެއެވެ. އަހަރެން ދާންޖެހޭ ތަނުގެ އެޑްރެސްއެވެ.

ބާރުބާރަށް ފާހާނާއިން ނިކުތުމަށްފަހު އަހަރެން އެޖެންސީގެ ސޫޓް ލާންފެށީމެވެ. އަތުގައި ހުރިއްޔާ ހުރި ހަތިޔާރެއް އެއްކުރަން ފެށީމެވެ.

ހުރިހާ ތައްޔާރީއެއް ވެގެން އަހަރެން ކޮޓަރިން ނިކުންނަން ހިނގައިގަތްތަނާ ކޮންމެވެސް މީހަކު ކޮޓަރީގެ ބެލް ޖަހާލައިފިއެވެ. ކާކުތޯ ބަލާލިއިރު ބޭރުގައި ހުއްޓިގެން ހުރި އަރޫން ފެނި އަހަރެންގެ އަތްފައި ފިނިވާން ފަށައިފިއެވެ. ހަދާނެ ގޮތެއް ނުވިސްނިފައި ހުއްޓާ އަނެއްކާވެސް އޭނާ ބެލް އަޅާލައިފިއެވެ.

އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ އެމީހާ އަހަރެން ގާތު ބުނީ އެކަނި އަންނާކަށް ނޫން ހެއްޔެވެ؟ ނަމަވެސް އަރޫން އަހަރެން އެކަނި ދިޔަ ދޭނެ ހެއްޔެވެ؟ ފުންނޭވައެއް ބޭރުކޮށްލުމަށްފަހު އަހަރެން ދޮރު ހުޅުވާލީމެވެ.

އަރޫންއަށް އަހަރެން ފެނުމާއެކު އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ. އެޖެންސީގެ ސޫޓުގައި ހަތިޔާރާއެކު ހުރި އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ބަލާލުމަށްފަހު އޭނާ ދެލޯ ހަނިކޮށްލިއެވެ.

“ޝުބް. މިއޯ؟ ކޮންތާކަށް ދާން ތިއުޅެނީ؟ މިޝަންގެ ކަމެއްތަ؟ ކީއްވެ އަހަންނަށް ނޭނގީ؟”

އޭނާ ސުވާލުތައް ފަތިފައްޗަށް އަމުނާލިއެވެ.

“އަހަރެން އެކަނި މިކަން ކުރަން ޖެހޭނީ..”

އަހަރެން ބުނެލީމެވެ.

އަރޫން ސީދާ އަހަރެންގެ ދެލޮލަށް ބަލާލިއެވެ. އެ ވިލުނޫކުލައިގެ ދެލޮލުގައި ވަނީ އާދަޔާ ޚިލާފު ވިދުވަރެކެވެ.

“ވައި؟ ކީއްވެ؟ އަހަރެންމީ ޝުބްގެ ޕާޓްނަރެއް ނޫންތަ؟”

އޭނާ ޝަކުވާގެ ރާގަކަށް އަހާލިއެވެ.

“އަރޫން، ޕްލީޒް.. ވަގުތެއް ނެތް. އަހަރެން ދާން ޖެހޭ އެބަ..”

އަހަރެން އޭނާއަށް ފަސްދީފައި ދާން ހިނގައިގަންނަމުން ވާހަކަދެއްކީމެވެ. ނަމަވެސް އޭނާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ދަމާފައި ގެންގޮސް އޭނާގެ ކުރިމައްޗަށް ގެނައެވެ.

“ބުނޭ.. ކޮންކަމެއް ތި ސިއްރުކުރަނީ؟”

އޭނާ ހަރުކަށި ރާގަކަށް އަހާލިއެވެ. ސީދާ އަހަރެންގެ މޫނަށް ބަލަން ހުރެއެވެ.

އަހަރެން ކަމެއް ސިއްރުކުރާކަން އޭނާއަށް އެނގުނީއެވެ. އަހަރެންގެ އަމިއްލަ ނަފުސަށްވުރެ ބޮޑަށް އަހަރެން އެނގޭނެ ހަމަ އެކަނި އިންސާނަކީ އަރޫންއެވެ. އޭނާއަށް މިވާހަކަ ކިޔައިދިނުން ނޫން އިތުރު ގޮތެއް އަހަންނަކަށް ނެތެވެ. އެހެންނޫނީ އަހަރެންގެ ބޮލަށް އުނދަގޫވާ ވަރަށް ސުވާލު އަހާނެއެވެ.

“އަރޫން.. މިސްޓާރ ޒެޑްގެ މީހުން އަހަންނާ ކޮންޓެކްޓް ކޮށްފި.. ރައިނާ އެބަހުރި އެމީހުންގެ އަތްދަށުގަ.”

އަހަރެން އޭނާގެ މޫނަށް ބަލާލަމުން ވާހަކަދެއްކީމެވެ. އަރޫންގެ ދެލޯ އިތުރަށް ހަނިވެގެން ދިއައެވެ.

“ވަޓް؟ ކޮންތާކު ރައި ވީ؟”

ހާސްވެފައިވާ ރާގަކަށް އޭނާ އަހާލިއެވެ.

އަހަރެން ކަންތައް ވެގެން ދިޔަގޮތް އޭނާއަށް ކިޔާދިނީމެވެ.

“ސޯ.. އަހަރެން އެބަޖެހެ އެތަނަށް ދާން. އެކަނި.”

އަހަރެން ބުނެލީމެވެ.

“ނޫން. އަހަންނަށް ކިހިނެއްތަ ޝުބާ އެކަނި އެތަނަށް ފޮނުވާފަ ހަމަޖެހިގެން ހުރެވޭނީ؟”

މިފަހަރު އޭނާގެ އަޑުގައި އެކުލެވިފައިވަނީ ހަރުކަށިކަމެވެ.

“އެކަމަކު އަރޫން، އެ ކުށެއް ނެތް ކުޑަކުއްޖާ ސަލާމަތްކުރަން އަހަރެން އެބަ ޖެހެއޭ!”

އަދިވެސް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި އޭނާގެ އަތް ފޮޅުވާލަމުން އަހަރެން ބުނެލީމެވެ.

“ދެން ޝުބްއޯ؟ ޝުބްގެ ފުރާނައަށް ނުރައްކާ ވިޔަކަސް ހެޔޮތަ؟”

އަރޫން ރުޅިއައިސްފައި ވާހަކަދެއްކިއެވެ.

“އާނ. އަހަންނަށް ހެޔޮ! އަހަންނަކަށް ނޭނގެ މިހާރު އަހަރެންމީ ކޮންކަމެއް ކުރާ ކާކު ކަމެއްވެސް! ހުރިހާ އެންމެނަށް އަހަރެންވީ މަރުވެފަ! އަހަރެން… އަހަރެން…”

އަހަންނަކަށް އެ ޖުމްލައެއް ނުނިންމުނެވެ. އިޚްތިޔާރަކާ ނުލާ އަހަންނަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. ހިތުތެރޭގައި ހިފަހައްޓައިގެން ހުރި އިހުސާސްތައް ފުރިގެން ބަންޑުން ވާންފެށީއެވެ. ރޮމުން ގިސްލަމުން އަހަންނަށް ތަޅުންގަނޑު މައްޗަށް ތިރިވެވުނެވެ.

އަހަރެން ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ މިގޮތުގައި އަހަންނަށް ކެއްވާނީ ކިހާވަރަކަށް ހެއްޔެވެ؟ މިގޮތުގައި އަހަންނަށް ކެއްވާނީ ކިހާ ދުވަހަކަށް ހެއްޔެވެ؟

އަރޫން ތިރިވެ އަހަރެންގެ ކޮނޑުގައި ހިފަހައްޓާލީ މަޑުމަޑުންނެވެ.

“ދެން އަހަރެންނޯ؟ އަހަރެންމީ ކާކު؟ އަހަރެންނަކަށް ޝުބާއެއް މަރެއް ނުވެއޭ. އަހަރެން މިހުރީނު ޝުބް ކައިރީގަ..”

އަހަރެންގެ ބޮލުގައި ފިރުމަމުން އޭނާ ވާހަކަދެއްކީ އޯގާތެރި ގޮތަކަށެވެ. އެއަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކުވެސް އަހަރެންގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ. އަހަރެން އަވަސްއަވަހަށް ދެލޮލުން ފޭބި ކަރުނަތައް ފުހެލައި، ހަމަޖެހެން މަސައްކަތްކުރީމެވެ.

އަރޫންގެ މޫނަށް ބަލާލިހިނދު އަހަންނަށް އިހުސާސްކުރެވުނީ ރައްކާތެރިކަމެވެ. އެހެން އެކަކު އަހަރެންގެ ނެތަސް، އޭނާ އަހަރެންގެ ކައިރީގައި އެހުރީއެއް ނޫން ހެއްޔެވެ؟ އެކަމުންވެސް އަހަންނަށް ކުޑަވަރެއްގެ ހިތްވަރެއް ލިބިގެން ހިނގައްޖެއެވެ.

“އޯކޭތަ؟”

އަހަރެން ރުއިން ހުއްޓާލުމުން އޭނާ އަހާލިއެވެ. އަހަރެން ކޮޅަށް ތެދުވުމަށްފަހު އަވަސްއަވަހަށް ބޯޖަހާލީމެވެ.

“ލެޓްސް ޑޫދިސް.”

އަރޫންއާ ދިމާއަށް ބަލާލަމުން އަހަރެން ބުނެލީމެވެ. އެއާއެކު އޭނާގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ.

** **

އަހަރެމެން މިހާރު މިތިބީ ވެޔޮފުށީގައެވެ. އެޖެންސީ ހުންނަ ރަށް، ވިނަދޫ އާ 30 މިނެޓު ދުރުގައި އޮތް ފަޅުރަށެކެވެ.

އެރަށުގެ ގޮނޑުދޮށުގައި ފައި ޖެހުމާއެކީ އަހަރެމެން ދެމީހުން ސަމާލުވީމެވެ. ދީފައިވާ އިރުޝާދާ އެއްގޮތަށް އަހަރެމެން މަޑުމަޑުން ކުރިއަށް ދާންފެށީމެވެ. ގަސްބޯ ވަލުތެރެއަށް ވަދެވުމާއެކު އަހަރެން އެކި ކޮޅުކޮޅު ހޯދާލީމެވެ. މުޅި އެހިސާބަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ވަގުތަކީ އިރުއޮއްސެމުން ދިޔަ ވަގުތުކަމުން ފަޒާތެރެއަށް ވެރިވަމުން ދިއައީ އަނދިރިކަމެވެ.

ވަލުތެރޭގައި ހިންގަންފެށުމާއެކު ބިންމަތީގައިވާ މުރަނަ ފަތްތައް މުރުމުރު ލައިގެން ދާ އަޑު ފިޔަވާ އިތުރު އަޑެއް އެހިސާބުގަނޑަކުން ނީވެއެވެ. އެހާވެސް ހިމޭނެވެ. ކީއްވެގެން ހެއްޔެވެ؟ މާ ހިމޭނެވެ. މިތަނުގައި ކާޅެއް ކޮވެއްޔެއްހާ ހިސާބުވެސް ނޫޅެނީ ހެއްޔެވެ؟

އަހަރެން އަރޫންއާ ދިމާއަށް އެނބުރުނީމެވެ. ނަމަވެސް އޭގެކުރިން އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ފަހަތުގައި، މޫނު ނިވާކޮށްގެން ހުރި މީހާއެވެ.

އަހަރެން އެއްޗެކޭ ބުނަން މަސައްކަތްކުރީމެވެ. ނަމަވެސް އަހަންނަށް ނުލިބުނީ ވަގުތެވެ. ކޮންމެވެސް މީހަކު އައިސް އަހަރެންގެ ހަށިގަނޑުގައި ހިފަހައްޓައިފިއެވެ. ސިރިންޖެއް ކަހަލަ އެއްޗެއް އަހަރެންގެ ކަރަށް ހަރާލައިފިއެވެ. ބަސްބުނާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެންގެ މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ. ހަށިގަނޑުން ވާގި ދޫވާން ފަށައިފިއެވެ. ދެލޯ މެރިގެން ދިޔަވަގުތު އަހަރެންނަށް ފެނުނީ އަރޫން ބިންމައްޗަށް ވެއްޓެމުން ދިޔަ މަންޒަރެވެ.

** **

އަހަރެންގެ ހަށިގަނޑަށް އިހުސާސްކުރެވެމުން ދިއައީ ފިނިކަމެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލި ވަގުތު އެޅިގެން ދިޔަ ގަދަ އަލީގެ ސަބަބުން އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ. އެއްއަތުން ދެލޯ ކުޑަކޮށް ނިވާކޮށްލަމުން އަހަރެން ތެދުވަން ފެށީމެވެ. އަހަރެންނަށް އޮވެވުނީ ބިއްލޫރި ކޮށްޓެއް ކަހަލަ ތަނެއްގައެވެ.

ހަށިގަނޑަށް ވަރުބަލިކަން އިހުސާސްކުރެވެމުން ދިޔަ ނަމަވެސް އަހަރެން ގަދަކަމުން ކޮޅަށް ތެދުވީމެވެ. ތަންކޮޅެއް ދުރުގައި، އެތަނުގެ ތަޅުންގަނޑު މަތީގައި އޮތް އަރޫން އަހަރެންގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ.

އެކި ފަރާތްފަރާތް ބަލައި ހޯދަމުން އަހަރެން އޭނާ އޮތް ދިމާއަށް ހިނގައިގަތީމެވެ. މިހާ ހިސާބުން މިކަންތައް މި ނިމުނީ ހެއްޔެވެ؟ މި މިޝަން ފެއިލްވީ ހެއްޔެވެ؟ މިސްޓާރ ޒެޑްގެ މީހުންގެ އަތްދަށަށް އަހަރެމެން ގެނެވުނީ ހެއްޔެވެ؟

“އަރޫން..”

އަރޫންގެ މޫނުގައި ދެތިން ފަހަރު ޖަހާލަމުން އަހަރެން އޭނާގެ ނަމުން ގޮވާލީމެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން އޭނާ ދެލޯ ހުޅުވާލިއިރު އެމޫނުމަތިން ފެނިގެން ދިއައީ ހައިރާންކަމުގެ އަސަރުތަކެވެ. އިރުކޮޅެއްވަންދެން މައްޗަށް ބަލަން އޮތުމަށްފަހު އޭނާ ކުއްލިއަކަށް ތެދުވެ އިށީނީ އެއްޗެއް ހަނދާންވެގެން އުޅޭފަދަ ގޮތަކަށެވެ.

“އެމީހުން، އަހަރެމެން އަތުލައިގަތީ؟”

އަވަސްއަވަހަށް އޭނާ ސުވާލުކޮށްލިއެވެ. އަހަރެން އިސްޖަހާލީމެވެ. އާއެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިހިނދު އަހަންނަށް އަނެއްކާވެސް އެ ނާކާމިޔާބީގެ އިހުސާސް ކުރެވެން ފަށައިފިއެވެ.

އަރޫން އެކި ފަރާތްފަރާތަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ދެއަތަކަށް ބޯ ހޫރާލިއެވެ. އަހަރެމެންނަށްވުރެ އެމީހުން މާ ހުޝިޔާރެވެ.

އިރުކޮޅެއްނުވެ އަހަރެމެން ތިބި ކޮޓަރީގެ ދޮރު ކެހިގެން ހިނގައްޖެއެވެ. އަހަރެން ސަމާލުވީމެވެ. ތެދުވެގެން ގޮސް ބިއްލޫރިގަނޑު ކައިރީގައި ހުއްޓެލީމެވެ.

އެ އަންނަ މީހަކާ ސާބިތުކަމާއެކު ކުރިމަތިލާން އަހަރެން ބޭނުމެވެ. ބިރުނުގަންނަކަށް އަންގަން އަހަރެން ބޭނުމެވެ. ބަލި ޤަބޫލުނުކުރާކަން އަންގަން އަހަރެން ބޭނުމެވެ.

އަރޫންވެސް އައިސް އަހަރެންނާ ދާދި ގާތުގައި ހުއްޓުނެވެ. އޭނާގެ ދެއަތް ވަނީ މުއްކެވިފައެވެ. އެ ކަޅުކަންގަދަ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެ ވިލުނޫކުލައިގެ ދެލޮލުން އަހަންނަށް ފެންނަމުން ދިއައީ ރުޅިވެރިކަމެވެ.

އެތެރެއަށް ވަދެގެން އައި މީހާގެ ފިޔަވަޅުތައް ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ދިއައީ ނުތަނަވަސް ވަމުންނެވެ. މޫނާއި ބޯ ނިވާވަރުގެ މާސްކެއް އަޅައިގެން ހުރި އެމީހާއަކީ ހަމަ ގައިމުވެސް އަންހެނެކެވެ. އެކަން އޭނާގެ ހިނގުމާއި ހަށިގަނޑަށް ބަލާލާފައި އެނގެއެވެ.

ބިއްލޫރިގަނޑުގެ އަނެއްފަރާތުގައި، އަހަރެމެންނާ ދާދި ގާތުގައި އޭނާ ހުއްޓިއްޖެއެވެ. ދެލޯ ހަނިކޮށްލަމުން އޭނާ އަހަރެމެން ދެމީހުންގެ ބޮލުން ފެށިގެން ފަޔަށް ނަޒަރު ހިންގާލިއެވެ. މަޑު ހިނިގަނޑަކަށްފަހު އޭނާ ބޮލުގައި އަޅާފައިވާ މާސްކު ނެގިއެވެ. އޭރު އެ އަންހެންކުއްޖާގެ މޫނުމަތީގައި ކުރެހިފައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

ވަށް މޫނެއްގެ ވެރިއެކެވެ. ފަން އިސްތަށިގަނޑު ދެފަރާތައް އައްސާލާފައި ވީއިރު އެއީ އުމުރުން ފުދޭވަރަކަށް ހަގު އަންހެން ކުއްޖެއްކަން ހަމައެކަނި އޭނާގެ މޫނަށް ބަލާލާފައިވެސް އެނގެއެވެ. ހީވަނީ ފަނަރަ ސޯޅަ އަހަރުގެ އަންހެން ކުއްޖެއް ހެންނެވެ.

“ވެލްކަމް.. ޑެލްޓާ..”

ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ އޭނާ ވާހަކަދެއްކީ މަލާމާތުގެ ރާގަކަށެވެ. އަހަރެންގެ ލޭ ހޫނުވަމުން ދިޔައެވެ. މި އަންހެންކުއްޖާ އަކީ މިސްޓާރ ޒެޑްގެ ކާކު ހެއްޔެވެ؟ މިއީ ވެސް ހަމަ އޭނާއަށް މަސައްކަތްކޮށްދޭ އަންހެންކުއްޖެއް ހެއްޔެވެ؟

އޭނާ ދެން ބަލާލީ އަރޫންއާ ދިމާއަށެވެ.

“އެންޑް އޮފްކޯސް.. އަރޫން..”

އަރޫންއާ މުޚާތަބުކޮށް ވާހަކަދެއްކިއިރު އެ މޫނުމަތީގައިވާ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ.

އަހަރެން އަރޫންއާ ދިމާއަށް ބަލާލީމެވެ. އޭރު އެމޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ބުނެދޭން އުނދަގުލެވެ. އެ ނިތްކުރިމަތިން ދާތިކިތައް ފާޅުވަމުން ދިޔައިރު، އޭނާގެ ލޯ އެ އަންހެންކުއްޖާގެ މޫނާ ވަކިނުވެއެވެ. ކަޅިވެސް ޖަހާނުލާ އަރޫން އެ އަންހެންކުއްޖާއާ ދިމާ އެބަލަނީ ކީއްވެ ހެއްޔެވެ؟ އެ މޫނުމަތިން ފެންނަމުން އެދަނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ބިރުވެރިކަން ހެއްޔެވެ؟ ހައިރާންކަން ހެއްޔެވެ؟

“ރާޔާ..”

ވައި އަޑެއްގެ ސިފައިގައި އަރޫންގެ އަނގައިން ނިކުމެގެން އައީ އެ ނަމެވެ.

** **

އަރޫންގެ ނަޒަރުން:

އަހަރެންގެ ކުރިމަތީގައި ހުއްޓިގެން އެހުރީ ހަމަ ރާޔާ ހެއްޔެވެ؟ ކޮއްކޮއެއް ފަދައިން އަހަރެން ލޯބިވާ ރާޔާ ހެއްޔެވެ؟ އެޖެންސީގައި އަބަދު އަހަރެން ސަމާސާކޮށް ބެހި ހަދާ ރާޔާ ހެއްޔެވެ؟ މިއީ ހަމަ ހަޤީޤަތެއް ހެއްޔެވެ؟

“ރާޔާ..”

ވައި އަޑެއްގެ ސިފައިގައި އަހަރެންގެ ދުލުން އޭނާގެ ނަން ބޭރުވެގެން އައެވެ.

ރާޔާ ހެއްޔެވެ؟ އަހަރެމެންގެ އެޖެންސީއަށް ބޭވަފާތެރިވެގެން އެއުޅެނީ ހަމަ ރަޔާ ހެއްޔެވެ؟ މިއޮއް ހުރިހާ ދުވަހަކު އެޖެންސީގައި އުޅުނު މިސްޓާރ ޒެޑްގެ ސްޕައި އަކީ ރާޔާ ހެއްޔެވެ؟ އަހަރެމެންނާ އެހާ ކައިރީގައި އުޅުނު އިރުވެސް އަހަރެމެން އެކަކަށްވެސް ނޭނގުނެއް ނޫން ހެއްޔެވެ؟ މި މައުސޫމް މޫނުގެ ވެރި އަންހެންކުއްޖާ ހަމަ ރީއްޗަށްވެސް އަހަރެމެން އެންމެންނަށް އޮޅުވާލައިފިއެވެ.

“ޖީޒް. ދަ ލުކް އޮން ޔުއާރ ފޭސް..”

ނުލަފާ ހިނިގަނޑަކާއެކު އޭނާ އަހަންނާ ދިމާއަށް ބުނެލިއެވެ. މަލާމާތްކުރާ ބީދައިންނެވެ.

“ވަރަށް ހައިރާންވެއްޖެ ދޯ އަހަރެން ފެނުނީމަ؟”

އޭނާ ފޮނިވެލާފައި އަހާލިއެވެ.

ހައިރާން ކީއްކުރަން ހެއްޔެވެ؟ އަހަރެން މިހުރީ ހަމަ ކޮސްވެފައެވެ. ވިސްނަންވީ ކޮން އެއްޗެއް ކަން ނޭނގިފައެވެ. އަހަންނަށް މިކަންތައް ހަޖަމު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

“ކިހިނެއްތަ އަހަރެންގެ އެކްޓިންގް އެޖެންސީ ތެރޭގައި؟”

އޭނާ އަހާލިއެވެ. އަހަންނަށް ދަތްކުނޑި ވިކާލެވުނެވެ. އެންމެންނަށް އޮޅުވާލެވުސް މިހާ ފޮނިވާންޖެހޭ ހެއްޔެވެ؟

“ހަމަ އެވޯޑެއް ދޭވަރުވޭ.”

އައި ރުޅީގައި އަހަންނަށް ބުނެވުނީ އެހެންނެވެ.

“ޝުކުރިއްޔާ، ޝުކުރިއްޔާ،”

ކުޑަކޮށް ގުދުވެލަމުން އޭނާ ވާހަކަދެއްކިއެވެ.

“ކީއްވެ ކުރިކަމެއްތީ؟ މިސްޓަރ ޒެޑަށް މަސައްކަތްކޮށްދީގެން ރާޔާއަށް އޮތީ ކޮން ފައިދާއެއްތަ؟”

އަހަރެން ސުވާލުކުރީމެވެ. އޭރު އަހަރެންގެ އަޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.

“އަހަރެން އެޖެންސީއަށް ޖޮއިންވީ ކަމަކު ދޯ. އަހަރެން މީހަކަށް ހަދައިދިން މީހަކީ އޭޑީ. އައި އޭމް އޯލްވޭސް ލޯޔަލް ޓު ހިމް.”

އޭނާ ބުނެލިއެވެ.

އެހެންވީމާ މިއީ މާކުރީއްސުރެ މިސްޓާރ ޒެޑްގެ މީހުން ރޭވި ރޭވުމެކެވެ. ރާޔާ އަކީ އެންމެ ކުރީއްސުރެވެސް އެމީހުންގެ ރޭވުމުގެ ބައެކެވެ. އޭނާ އެޖެންސީއާ ގުޅުނީ މި ސަބަބަށްޓަކާ ހެއްޔެވެ؟ އަހަރެމެންނަށް ދޯކާ ދޭން ހެއްޔެވެ؟ އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސް ހުއްޓިފައެވެ.

“ސޯ.. ގެޓް ރެޑީ ޓު ޑައި ސޫން..”

އޭނާ އެހެން ބުނުމަށްފަހު ހީލިއެވެ. އޭނާގެ ހިތުގައި އަހަރެމެންނަށްޓަކާ ހަމަ ހަމްދަރުދީގެ ކަންފުޅެއްވެސް ނެތެވެ. ހުންނާނީވެސް ކިހިނެއް ހެއްޔެވެ؟ މިސްޓާރ ޒެޑްއަށް މަސައްކަތްކޮށްދޭ މީހެއް ވިއްޔާއެވެ.

“ރާޔާ، ފަހުން އަދި ދެރަވާންޖެހޭނެ.”

ރުޅިއައިސްގެން ތުރުތުރުލާ ހާލު އަހަރެން އޭނާއާ ދިމާއަށް ބުނެލީމެވެ.

“އެއީ ކީއްވެ ދެރަވާން ޖެހޭނީ؟ އަހަރެން ވާންވީ އުފަލެއް ނޫންތަ؟”

އޭނާ އަހަންނަށް މަލާމާތްކޮށްލިއެވެ.

“އެއޮއް ކުޅަދާނަ ޑެލްޓާވެސް އެހުރީ އަހަރެމެންގެ އަތްދަށުގަ ވިއްޔަ.”

އޭނާ ޝުބާއާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

ޝުބާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ އަސަރުތަކެވެ. ނަމަވެސް އޭނާ ދިއައީ ހަމަޖެހެން މަސައްކަތްކުރަމުންކަން އޭނާގެ ހަރަކާތްތަކުން ދޭހަވެއެވެ.

“އަހަރެން އަތުލައިގަނެވުނީމަ ހުރިހާ ކަމެއް އެ ނިމުނީތަ؟ އެޖެންސީގައި އަހަރެންހާ ކުޅަދާނަ އިތުރު މީހުން ތިބޭނެ. ކަލޭމެން ހީކުރަނީ ކަލޭމެންނަށް ކާމިޔާބު ލިބޭނެކަމަށްތަ؟”

ޝުބާ ވާހަކަދެއްކިއެވެ. ހަރުކަށި ރާގަކަށެވެ. ސާބިތުކަމާއެކުގައެވެ. ބިރުގެ އެއްވެސް އަސަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ.

“ލިބޭނެ. މިއަދު އަހަރެމެން އެޖެންސީއަށް އެޓޭކް ކުރާނަން. އޭރުން މުޅި އެޖެންސީ އޮންނާނީ އަހަރެމެންގެ ބާރުގެ ދަށުގަ. އޭޑީގެ ބާރުގެ ދަށުގަ.”

ރާޔާވެސް ވާހަކަދެއްކީ ނިކަން ސާބިތުކަމާއެކުގައެވެ.

އަހަރެން ހާސްވިއެވެ. އެމީހުން އެޖެންސީއަށް ހަމަލާދޭން އެއުޅެނީ މިއަދު ހެއްޔެވެ؟ އަހަރެމެން މިތަނަށް ގެނެސް ބަންދުކުރީ އެހެންވެގެން ހެއްޔެވެ؟

އަދިވެސް އެއްފަހަރު އަހަންނާ ދިމާއަށް ރާޔާ ބަލާލިއެވެ.

“ދެން ކަލޭމެންގެ މަރު އައިސް ޖެހެންދެން މިތަނުގައި ހުރޭ…”

އެހެން ބުނުމަށްފަހު އޭނާ ދާން ހިނގައިގަތެވެ.

“ރާޔާ!”

އަހަރެން އޭނާއަށް ގޮވާލީމެވެ. ފިޔަވަޅުތައް މަޑުޖައްސާލަމުން އޭނާ އަހަންނާ ދިމާއަށް ބަލާލިއެވެ.

“ރައިނާ…ކޮބާ؟”

އެންމެ ބޭނުންވި ސުވާލު އަހަރެން ކޮށްލީމެވެ.

އޭނާގެ ހިތުގައި އެ ކުޑަ ކުއްޖާއަށްޓަކާވެސް އެއްވެސް ރަހުމެއް ނެތީހެއްޔެވެ؟ ރައިނާއަށް ވީނުވީއެއް ނޭނގޭ ހާލު މާޒް ކުރާ ހިތާމަ އެންމެ ކައިރިން ދުތް މީހާ އަކީ އޭނާއެވެ. އެކަމަކުވެސް އެހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟

“ރައިނާ ދޯ.. އެކުއްޖާއަށް މާ ރަނގަޅު ދިރިއުޅުމެއް އޭޑީ ހޯދަދޭނެ. އަހަންނަށް އޭނާ ރަނގަޅު ދިރިއުޅުމެއް ހޯދައިދިން ފަދައިން..”

އެހެން ބުނުމަށްފަހު އޭނާ އެތަނުން ނިކުމެގެން ދިއައެވެ.

~ނުނިމޭ~

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ވާނަމޭ އުމުރަށް އެކިީ ޖާނާ 13

Next

ހީވޭ ހިތް ބުނާހެން 31

Next
April 5, 2020

ހީވޭ ހިތް ބުނާހެން 31

Previews
April 5, 2020

ވާނަމޭ އުމުރަށް އެކިީ ޖާނާ 13

9 Comments!

  1. samra says:
    April 5, 2020 at 10:23 pm

    Oh no.. dhen kihinehbaa vaany.. lm waiting fr nxt..

  2. sama says:
    April 6, 2020 at 5:40 am

    Dhuvasgandakah fahu anekkaa ves vaahaka kiyaalan libijje
    vaahaka reethi
    ekam maalahun up kuraathee nuvey kiyaahitheh

  3. Yaal says:
    April 6, 2020 at 1:39 pm

    Eha ginain dhuvas koffa genesdhin iruves haadha kurey

  4. .... says:
    April 13, 2020 at 11:06 pm

    Still waiting…..

  5. Anonymous says:
    April 22, 2020 at 8:33 am

    Yeah pls liyaa get the storyy soon

  6. Abdho says:
    April 22, 2020 at 8:34 am

    Yeah pls liyaa get the storyy soon

  7. Naisam says:
    May 9, 2020 at 5:03 am

    Liyaa whn will u update the next part

  8. WINKY says:
    June 14, 2020 at 7:39 pm

    liyaa i have been waiting 4 soooo many days now upload it fast plxx ….

  9. xaha says:
    July 20, 2020 at 8:46 am

    liyaa siss… sis balee thr

Comments are closed.


All Right Reserved!