އިއްޔެއްސުރެ ފާޑެއްގެ ގޮތެއް ޔޫންއަށް ވާތީވެ ހަވީރު މެހެމާނުންތައް އައި ގަޑީގައިވެސް ނުނިކުތީއެވެ. މިއަދު ބޮލަށްމާބޮޑަށް ބަރުވާ އިރުވެސް ޔޫން ސްކޫލަށްނައިސް ނުހުރީ އޭނަގެ މަންމަ އޭނައާމެދު ކަންބޮޑު ވާނެވަރުންނެވެ.
ކުޅިވަރު ގަޑީގައިވެސް ޔޫން ނުކުޅެން ހުރުމުން އެމީހުން ވަރަށް އާދޭސް ކުރިއެވެ. އާދޭސްކުރާލެއް ގިނަކަމުން އެންމެ ފަހުން ޔޫން އާނ ބަސްދިނެވެ. ގޯލްކީޕަރަށް ހުރިއިރުވެސް ޔޫންއަށް ހުރެވުނީ ހަމަކިރިޔަ ކިރިޔާއެވެ.
ބޮލަށްއެރި ތޫނު ތަދާއެކު ވަށައިގެންވި މަންޒަރުތައް ޔޫންއަށް ފުސްވަމުން ދިޔައެވެ. އިދިކޮޅު ޓީމުން ފޮނުވާލި ބޯޅަ ބޮލުގައި ޖެހުމާއެކު ޚަބަރުހުސްވެގެން ޔޫން ބިންމައްޗަށް ވެއްޓުނެވެ.
ގޯލު ކައިރީގައި މާގިނަކުދިން އެއްވެގެން ތިބުމާއެކެ އިޙްނާވެސް އެދިމާލަށް ދިޔައެވެ. އެއްވެފައި ތިބި ކުދިންތައް ދުރުކުރަމުން އިޙްނާއަށް ކައިރިވެވުނުއިރު ބިންމަތީގައި ޚަބަރު ހުސްވެފައިވާ ޔޫން އޮތެވެ. ޔޫންއަށް މަޑުމަޑުން ގޮވައިލަމުން އިޙްނާ އެހީތެރިވާން ކައިރިވި ހިނދު މުދައްރިސް އައިސް ހުރިހާ ކުދިން ދުރުކޮށްފައި ޔޫން ސްޓްރެޗަރއަށް ލައިގެން ގެންދިޔައެވެ. މުދައްރިސްގެ ފަހަތުން އިޙްނާވެސް ދިޔައެވެ. ހަލުވި ފިޔަވަޅުތަކެއްގައި ހެލްތުރޫމަށް ވަދެގެން ދިޔައިރު ހާސްކަމާއި ކަންބޮޑުވުން އިޙްނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.
އިޙްނާމެންގެ ސްކޫލުގައި ހުންނަ ހެލްތުރޫމް ހީވަނީ ހޮސްޕިޓަލުތަކުގައި ހުންނަ ލެބޯޓަރީއެއް ހެންނެވެ. ހެލްތު ރޫމް ތެރެއިން ދުވަނީ ޑިޓޯލް ވަހެވެ. އެއްބިތް އެއްކޮށް ޖަހާފައިވާ ރެކްގައިހުރީ ނަންހުސްކޮށް އެކިކަހަލަ ބޭސްތަކާއި މެޑިކަލް ސާމާނެވެ. މުޅި ރޫމްތެރޭގައި ލާފައިވަނީ ހުދު ކުލައެވެ. އެއްފަރާތެއްގައިހުރި އެނދެއްގައި ޔޫން ބާއްވާފައި އޮތެވެ.
“ލަފާކުރެވޭ ގޮތުގައި ޔޫން ވެއްޓުނީ މާބޮޑަށް ބޮލަށް ބަރުވުމުގެ ސަބަބުން.. އަނެއްހެން މާބޮޑު ކަމެއްވެފައެއް ނެތް.. ހޭއެރީމާ އެއްވެސް މައްސަލައެއް ނެތިއްޔާ ޔޫން ކްލާހަށް ފޮނުވާލާނަން..” ނަރުސް އިޙްނާއަށް ޔޫންގެ ޙާލަތު ބަޔާންކޮށްދިނެވެ.
ޔޫންއަށް މާބޮޑު ކަމެއް ނުވާކަން އިނގުމުން ހިތާހިތުން މާތްﷲ އަށް ޙަމްދުކުރިއެވެ. ނަރުސް ޔޫންގެ ބެލެނިވެރިޔާއަށް ގުޅަން އުޅުމުން އިޙްނާ އެކަން ހުއްޓުވިއެވެ. އަދި އިޙްނާ މިޙަބަރު މަލްސާއަށް ދޭނެކަން ބުނުމުން ނަރުސް މަލްސާއަށް ނުގުޅައެވެ.
ނަރުސްގެ ބްރޭކް ގަޑި ޖެހުމާއެކު ގެޔަށް ދިޔުމުން އިޙްނާ ޔޫންގެގާތުގައި މަޑުކުރިއެވެ. އެއީ ޔޫން އެތާނގައި އެކަނި ބާއްވާފައި ދިއުމަށް އިޙްނާގެ ހިތް ދެކޮޅުހެދުމުންނެވެ. ނަރުސް ދިއުމުން އެތާނގައި ދެމީހުން އެކަނިވިއެވެ.
ތަނުގެ ހަމަހިމޭންކަން ނަގާލާފައިވަނީ ފާރުގައި ހަރުކޮށްފައި އިން ބޮޑު ގަޑީގެ ‘ޓިކްޓޮކް’ ‘ޓިކްޓޮކް’ ގެ އަޑުންނެވެ. ލޯތެރޭގައި ބޮނޑިވެފައިވާ ކަރުނަތައް މީހަކަށް ފެނުނަނުދިނުމަށް މޫނުފޮރުވައިގެން އިޙްނާ އިނެވެ.
ތަނުގެ ހަމަހިމޭންކަން ދުއްވާލީ ޔޫން ނިދީގައި ބުނެލި ބަހަކުންނެވެ. އިޙްނާ ޔޫންގެ އަތުގައި ހިފައިގެން ދެތިންފަހަރަކު ޔޫންއަށް ގޮވާލިއެވެ. އެހިނދު އަތުގެ އިނގިލިތަށް މަޑުމަޑުން ހަރަކާތްކުރަން ފެށިއެވެ. އަދި މެރިފައިވާ ދެލޮލަށް ބާރުކޮށްފައި މަޑުމަޑުން ދެލޯ ޔޫން ހުޅުވިއެވެ. އިޙްނާގެ މޫނުމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.
ކުއްލިއަކަށް ހެލްތު ރޫމުގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އިޙްނާއަށް ސިއްސައިގެން ގޮސް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. ދޮރުމަތީގައި ހުރި މީހާ ފެނުމާއެކު އެހެން ހުރިހާ ކަމެއް ހަނދާން ނެތި އެމީހާއަށް އިޙްނާގެ ނަޒަރު ހުއްޓިގެން ދިޔައެވެ.
*ނުނިމޭ*
677 Comments
Comments are closed.
Yan♥️
April 8, 2020 at 5:33 amVarah reethi Masha Allah 😘 waiting curiously
Ihoo
April 9, 2020 at 9:26 pmjazakillah khairan yan
Dhonthy
April 8, 2020 at 10:11 amVvvv reethi. You are such a talented girl Maasha Allah 😍😍😍 Love you ihio❤️❤️❤️ Waiting for the next part of this story😊😊😊🤗🤗
Ihoo
April 9, 2020 at 9:28 pmjazakillah khairan dhonthy.. you are a talented writer too masha allah… love you
Ihoo
April 9, 2020 at 9:30 pmSlm..dhn anna part in sha allah next week ga..
Aashy
April 13, 2020 at 12:47 pmv v v v reethi….masha allah…
Ihoo
April 22, 2020 at 11:26 pmjazakillah khairan aashy