ކުރިމަތީގައި ހެވިފައި އިން ޒާއިޝް ފެނުމުން ހިނދުކޮޅަކަށް ނަމަވެސް އޭނަ އެސްފިޔަ ޖަހާލަން ހަނދާންނެތުނުފަދައެވެ.އޭގެ ދެވަނަ ސުކުންތުގައި ގަބޫލުނުކުރެވޭ ހާލުު އޭނަ ވަށައިގެންވި އެންމެންނަށް އަވަސް ނަޒަރެއްދިނެވެ.މަންޒަރު ބަލަން ދުރުގައި ހެވިފައި ތިބި ދެފަރާތުގެ އާއިލާ ފެނުމުން މިއީ އެންމެންގެ ރޭވުމެއްކަން ޒުމްރާއަށް އެނގޭކަށް މާކަށް ގިންއިރެއް ނުނެގިއެވެ.”ދެން ޖަވާބެއް ވެސް ނުދޭނަންތަ؟ނޫނީ މިތާ މުޅި އުމުރު ދުވަހު އަހަރެން ބައިންދަންތަ ތި ގަސްތުކުރަނީ؟” ޒާއިޝްގެ އަޑަށް އަނެއްކާވެސް އެދިމާލަށް ޒުމްރާގެ ނަޒަރު ހުއްޓުނެވެ. ލާނެތް ގޮތަކަށް ހީލައިގެން އިން ޒާއިޝް ފެނުމުން ޒުމްރާ ތުންކޮޅު އޫކޮށްލަމުން ބޯ ޖަހައިލިއެވެ.އެއާއިއެކު ދެއާއިލާގެވެސް ރުހުމާއިއެކު ވީހައިވެސް އަވަހަކަށް ޒާއިޝްއާއި ޒުމްރާގެ ކައިވެނި ކުރުމަށް ހަމަޖެހިގެން ދިޔައެވެ.ކޮޅެއް ނެތް އުފާވެރިކަމުގެ ކުލަތައް ދެއާއިލާގެ ތެރެއިން ފެންނަމުން ދިޔަނަމަވެސް ކުރިމަތިވާން އުޅޭ ގަދަ ކޮޅިގަނޑުގެ އެއްވެސް ހިލަމެއް ނުވާފަދައެވެ. ފެއްސާއި ހުދުން ފަރުމާކުރެވިފައިވާ ތަނަވަސް ބޮޑު ކެބިންގެ ތެރެއިން ފެނަނަމުން ދިޔައީ މަރުފަދަ ހިމޭން ކަމެކެވެ.ކަޅުކުލައިގެ ބޮޑު ގޮނޑިޔަށް ހަށިގަނޑު ދޫކޮށްލައިގެން ފުން ވިސްނުމެއްގައި އޮތް އާދިލް ފުންނޭވާއެއް ދޫކޮށްލަމުން ގޮނޑިން ތެދުވެލިއެވެ. މަޑު ހިނގުމެއްގައި ގޮސް ބިއްލޫރި ޖަހައިފައިވި ބޮޑު ދޮރުކައިރީ މަޑުކޮށްލަމުން ހުދުކުލައިގެ ދޮރުފޮތިގަނޑު ކަހައިލިއެވެ. ކުރިމަތިން ފެނަނަމުން ދިޔަ މާސިންގާ ކަނޑަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ފަހަތަށް އެނބުރިލަމުން ކުރިމަތީ އިސްޖަހައިލައިގެން އިން ޒާއިޝްއަށް ނަޒަރު ހުއްޓައިލިއެވެ. “ކަޔާންގެ މަންމަ ވަކިވުމާއި ގުޅިގެން އަހަރެން ހުރީ އިތުރު ކައިވެންޏެއް ނުކުރުމަށް އަޒުމު ކަނޑައަޅައިގެން. އެކަމަކު އަހަރެންނަށް ޖުމައްޔާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތްބުނަމުން ދިޔައީ ޖުމައްޔާ އަކީ ކަޔާންއަށް މަހުރޫމްވެފައިވާ މަންމަ އެއްގެ ލޯބި ދެވޭނެ ހަމައެކަނި އެކަކެ..އަދި ޖުމައްޔާގެ ހުރިހާ ހަގީގަތެއް އެނގުމަށްފަހު އަހަރެންވެސް އަޒުމް ކަނޑައެޅީ ޖުމައްޔާގެ ދަރިފުޅަށް އަހަރެންގެ ފަރާތުން ބައްޕައެއްގެ ލޯބި ފުރިހަމަޔަށް ދޭން..އޭރު ޖުމައްޔާގެ ކުރީގެ ފިރިމީހާ އުޅުނީ ޒުމްރާ ގޮވައިގެން އޭނަގެ ރަށުގަ..ޖުމައްޔާގެ އެތަކެއް އާދޭހަކަށްފަހު އިލަހާމް ޒުމްރާ އަހަރެމެންނަށް ދިން ނަމަވެސް އޭނަ އަހަރެން ކައިރީ އެދުނީ ޒުމްރާގެ ކައިވެނީގެ ވަލީވެރިޔަކަށް އޭނަ ހެދުމަށް.. ހަގީގަތުގައި މިކޮޅަށްއައިފަހުން ޒުމްރާ އޭނަގެ ބައްޕައާއި ދޮންމަންމަ އަކަށް ވާހަކަދައްކާކަށް ބޭނުމެއް ނުވި.. އަޑު އެހިން އަދި އެމީހުންގެ އެހެން ދަރިޔަކުވެސް ހުންނަވާހަކަ..އެކަމަކު ޒުމްރާއަށް ކަމުދިޔައީ މިދިރިއުޅުން.. މިއަރާމާއި ތަނަވަސްކަން..މިވީ 6 އަހަރުތެރޭ ޒުމްރާއަށް މަދު އެކަށްޗެއްވެސް ނޯންނާނެ..އަހަރެންނަކަށް ހިޔެއްނުވޭ ޒުމްރާ ގަބޫލުވާނެ ހެންނެއް ޒާއިޝް އިލްހާމްއާއި ވާހަކަ ދައްކާކަށް..އެކަމު ކަން ކުރަންވީ ގޮތް އެނގޭނީ ޒާއިޝްއަށް.. ޒާއިޝްގެ ނަސީބުވެސް ވަރަށް ރަނގަޅު..އިލްހާމް މިދުވަސް ކޮޅު އެބައުޅޭ މާލޭގަ..ޒާއިޝް ބޭނުމިއްޔާ އަހަރެން އޭނަގެ އެޑްރެސް ދީފާނަން..މިކަމުގައި ގޮތެއް ނިންމަންވާނީ ޒާއިޝް..” ދެ ޖީބަށް އަތް ޖަހައިލައިގެން ހުރެ އާދިލް ވާހަކަ ދެއްކިއެވެ. […]
ކުޑަކޮށް ދުރަށް ޖެހިލަމުން ޒާއިޝް އިވްރާ އަށް ފުން ނަޒަރެއް ދިނެވެ.އޭރުވެސް ޖެހިބުދެއްހެން އިވްރާ ހުއްޓިހުރީ ޒާއިޝްގެ ލޮލުގައިވި އަސަރު ތަރުޖަމާކުރަން ނުކުޅެދެވިފައިވާ ހާލުގައެވެ. އިޝާހިތަކު ޒާއިޝްގެ ދެބުމަ ގޮށްޖެހިގެން ދިޔުމާއިއެކު ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަ ގޮތުން އެމޫނުމަތޫގައިވި ރުޅިވެރިކަން ފާޅުވެވި ހުއްޓެވެ.ބަލަ ބަލާ ހުއްޓައި އިވްރާގެ ކަނާތް ފަޅިން އޭނަ ފާރަށް އަރުވައިލީ ގޮށްމުށުގެ ބާރު އެތިފަހަރެކެވެ.އެއަށްފަހު ބާރު ހިނގުމެއްގައި އިވްރާއަށް ފަސްދީ ޒާއިޝް ދިގުފިޔަވަޅު ތަކެއްގައި ކުރިޔަށް ހިނގައިގަތުމާއިއެކު ބޭއިޙްތިޔާރުގައި އިވްރާ އަށް އޭނަގެ މެއާއި ދިމާލުން އަތްހުރަސް ކޮށްލަމުން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.އޭރުވެސް އެހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. މަޑުމަޑުން ބޮލުގައި ހިފަހަށްޓައިލަމުން އިވްރާ ކުރިމަތިން ފެންނަމުން ދިޔަ އޭނަގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. *********************************** ކޮޓަރިތެރެއަށް ވަދެވުމާއިއެކު ޒާއިޝް އޭނާގެ ގައިން ޓީޝާޓު ވަކިކޮށްލަމުން އެނދުމަށްޗަށް އެއްލާލިއެވެ. ދެއަތް އިސްތަށިގަނޑުގެ ތެރެއަށް މަހައިލަމުން އެނދުގައި ޒާއިޝް އިށީންދެލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އެނދުގެ ސައިޑް ޓޭބަލްގެ ވަތްގަނޑުން ސިގިރޭޓް ފޮށްޓެއް ނެގުމަށްފަހު އޭނަ މިސްރާބުޖެހީ ބެލަކަންޏާއި ދިމާލަށްށެވެ.އެއަށްފަހު ސިގިރޭޓް ނަގައި ތުބުގައި ޖައްސައިލަމުން އެ ރޯ ކޮށްލުމަށްފަހު ދަމާލިއެވެ.މިގޮތުގައި ފަހަރަކު ސިގިރޭޓެއް ހުލިކުރަމުން ދިޔައިރު އޭނައަށް ސިހުންގެނުވީ އައިނައިތަނެއް ނޭނގި މީހަކު އައިސް އޭނަގެ ތުބުގައި އޮތް ސިގިރޭޓް ފޮޅުވައިލުމުންނެވެ. ދެލޯ ހަނިކޮށްލަމުން ޒާއިޝް ބަލައިލިއިރު ކުރިމަތީ ކަޔާން ހުއްޓިލައިގެން ހުރީ ނުރުހުންތެރިކަމާއިއެކުއެވެ. ފުން ނޭވާއެއްލަމުން ޒާއިޝް އޭނަގެ ދިގު މޫނުގައި އަތް ހިންގައިލިއެވެ. “ޒާޝް..ޕްލީސް” ޝަކުވާއިން ފުރިގެން ވީ ގޮތަކަށް ކިޔާން އެހެން ބުނެލުމާއިއެކު ޒާއިޝް އޭނައާއި ދިމާލަށް ބަލައިލިއެވެ. ކަޔާން ބޯޖަހައިލުމާއިއެކު ޒާއިޝް ނިންމީ ހިތުގައިވި އުދާސްތައް އެންމެ ގާތްއެކުވެރިޔާގެ ކުރިމަތީގައި ބަންޑުންކޮށްލުމަށްށެވެ. “ކަޔާން..އަހަ..އަހަރެން..”ޒާއިޝް އަށް ވާހަކަދެއްކުން ވީ އުދަނގޫ ކަމަކަށްށެވެ.”އައި އޭމް އިން ލަވް” ކުރިމަށްޗަށް ނަޒަރު ހުއްޓައިލަމުން ޒާއިޝް އެހެން ބުނެލީ ވޭނުން ފުރިގެން ވީ އަޑަކުންނެވެ. އޭރު އެދެލޯ ވަނީ ފެންަކަޅިވެފައެވެ.”ކާކު” ދެމިގެން ދިޔަ ސުކުންތުތަކަކަށްފަހު ކަޔާން ސުވާލުކުރިއެވެ. “އިވްރާ” ދެލޯމަރައިލަމުން ޒާއިޝްއަށް އެހެން ބުނެލެވުނީ ވައި އަޑުންނެވެ.އޭރު އެދެލޮލުގައިވީ ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ. “އެކަމް އިވީ..އިވީ އެއެޅެނީ ނިޔާން އާއި ކައިވެނި ކުރާކަށެއްނުން…ދެން ކިހިނެއް ހަދާނީ.؟”ކަޔާންގެ އަޑުގައިވީ ނުތަނަވަސްކަމެވެ.އަނެއްކާވެސް ޒާއިޝް ކައިރީގައި ހުރި ސިގެރޭޓް ފޮށިން ސިގިރޭޓްއެއް ނަގައި ރޯކޮށްލަމުން ތުބުގައި ޖައްސައިލިއެވެ. “އެއްކަމެއްވެސް ކުރާނެ ކަމެއް ނެތް..މަ އޭނަ މަތިން ހަނދާން ނައްތައިލީމަ ނިމުނީނުން.. ހާސް ނުވެބަލަ..މަ އޭނަ ކުރިމަށްޗަށް ނާރާ […]
ގޭގެ ދޮރުމަތީގައި ކިޔާރާ ހުއްޓިލައިގެން ހުރިއިރު އޭނައާއި ދާދި ގާތުގައި ޒުވާނެއް ސައިކަލު މަތީގައި އިނެވެ. ޒާއިޝް ތަންފުކެއް ކުރިއަށް ޖެހިލަމުން ބަލައިލިއެވެ. މިއަދު މިސްކިތުން ފެނުނު ޒުވާނާއާ މި ޒުވާނާ ވައްތަރުވުމުން އެތައް ހާސް ސުވާލު ތަކުން ޒާއިޝްގެ ސިނކުނޑި ހަލަބޮލި ކުރުވިއެވެ. އެގޮތަށްހުރެ އިރުކޮޅެއްފަހުން ކިޔާރާ ގެއަށް ވަންނަތަން ފެނުމުން ޒާއިޝްވެސް އަވަހަށް ގޭ ތެރެއަށް ވަދެގެންދިޔަ އެވެ. މުޅި ގޭ އަނދިރިކޮއްލެވިފައި ވީއިރު އަލިކަމަކަށް ހަމައެކަނި ފެންނަންހުރީ ސިޓިންގްރޫމްގައި ދިއްލާފައި ހުރި މަޑު […]
އެވަގުތު އޭނަގެ ތަލިން ކުޅު ހިކިގެންދިޔައީ ފެނުނު ބުރިސޫރަ ރީތި ފަތްމިންޏެއްގެ ސަބަބުންނެވެ. ދޮން ހަންގަނޑެކެވެ. ލައިގެންހުރި ކަޅު ކުލައިގެ ހެދުމުން އެ ބައްޓަން ރީތި ހަށިގަނޑު ފާޅުކަންބޮޑު ގޮތެއްގައި ފެންނަން ހުއްޓެވެ. ބުޅި އިސްތަށިގަނޑުން ރީތި ގޮތަކަށް ހުޅިއެެއް ޖަހާލެވިފައިވީއިރު ބަސްނާހާ ކުދި އިސްތަށިތައް އެ ދޮން މޫނާ ކަނދުރާގައި ހުއްޓުމެއް ނެތި ބީހެމުން ދިޔައެވެ. އެވަގުތު ޒާއިޝްއަށް ހިފަހައްޓައިގެން ހުރި ތަށްޓަށް ބާރު ކޮއްލެވުނީ ހުދު ބޯކިރު ކޮޅެއް ފަދަ އެ ދަތްތައް ދައްކާލަމުން […]
“އާދޭ ދެކުދިން ކާން” ކޮޓަރީގެ ދޮރު ހުޅުވައިލާފައި ވަތް ރަފީގާ ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އެއާއިއެކު ދެމީހުންވެސް ރަފީގާގެ ފަހަތުން ހިނގައިގަތެވެ. ކާކޮޓަރިއަށް ވަތްއިރު އެތަނުގައި ޒާއިޝް އިނެވެ. ވަގުތުން އިވްރާގެ އަތް ފައި ފިނިވެ ހިތުގެ ތެޅުން އަވަސްވެލިއެވެ. މަޑުމަޑުން ޒާއިޝް ކުރިމަތީގައި އިން ގޮނޑީގައި އިވްރާ އިށީންދެލިއެވެ. އެވަގުތު ޒާއިޝް އިސްއުފުލާ ބަލާލުމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އިވްރާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔަހިނދު ޒާއިޝްގެ ނަޒަރުގައިވީފޫހި ކަމާއި ފަރުވައިކުޑަކަމެވެ. ހިމޭންކަމާއިއެކު ތިންމީހުން ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ކިޔާރާގެ ފޯން ރިންގް ވާން ފެށުމުން އޭނާ ކައިރީގައި ތިބި ދެމީހުންނަށް ނަޒަރެއް ދެމުން ފޯން ހިފައިފައިގެން ކާކޮޓަރިން ނިކުތެވެ. މުޅީ ކޮޓަރީގައި ޒާއިޝް އާއި އިވްރާ އެކަނިވުމުން ނޭންގޭ އަސަރުތަކެއް އިވްރާގެ ހިތަށް ވެރިވިއެވެ. ކުޑަކޮށް ފަހަތަށް އެނބުރިލުމާއިއެކު ގޭގެ ސިޓިންރޫމުގައި ކޮންމެސް މީހަކާއި ފޯނުން ވާހާކަ ދައްކަން ހުރި ކިޔާރާ ފެނުނެވެ. ހިންދިރުވައިލަމުން އޭނާ ޒާއިޝް އާއިވީފަރާތަށް އެނބުރުނު […]
ކުއްލިޔަކަށް ޒާއިޝް އިވްރާގެ ކުޑަ ހުޅުގައި ހިފާ ލުތްކެއް ޖަހާލަމުން އިވްރާގެ އަނގަ މަތީގައި އަތް އަޅާލައިފިއެވެ. ރުޅިން ރަތް ވެފައިވާ ޒާއިޝްގެ މޫނު ފެނި އިވްރާލާން އުޅުނު ނޭވާވެސް ކަރުގައި ތާށިވިފަދައެެވެ. ދެބުމަ ގޮށް ޖެހިފައިވާ ޒާއިޝްގެ ތޫނު ނަޒަރު އިވްރާއަށް އަމާޒުވުމުން އެ ހިތް ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ. އައިސްފައިހުރި ރުޅިއެއްގެ ސަބަބުން ޒާއިޝްއަށް އިވްރާގެ ކޮލަށް ފިއްތާލެވުނެވެ. އެވަގުތު އިވްރާގެ ލޯ ފެންކަޅިވެގެން ދިޔައީ ވީ ތަދެއްގެ ބޮޑު ކަމުންނެވެ.އިވްރާގެ ހަޅޭކުގެ އަޑަށް ތެޅެމުން ފޮޅެމުން ކަަހަލަ ގޮތަކަށް އެތަނަށް އައި ޔޫހާން އާއި ކިޔާރާގެ ދެ ލޯ ބޮޑުވީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު އިވްރާ ލޮލުގެ އިޝާރާތުން ދާން ބުނުމުން ލަސްނުކޮއް ޔޫހާން ސައިކަލުގައި ނައްޓާލިއެވެ. އިވްރާގެ އަނގަމަތިން އަތް ނައްޓާލަމުން ޒާއިޝް އިވްރާ ކޮއްޕާލިއެވެ. ފަރުވާކުޑަ ނަޒަރެއް އިވްރާއަށް ދެމުން އޭނަ ހަރުކޮށް ހިނގައިގަތެވެ. ************************** ކޮލެޖުން ނިކުތް ޔަނާ ގަޑިއައް ނަޒަރެއް ދެމުން ކުރިއަށް ހިނގައިގަތެވެ. އެއްއަތުން ދަބަހުގައި ހިފަހައްޓާލަމުން،އަނެއް އަތުން އޭނަ ފޮތްތަކުގައި ހިފާ ބާރުކޮއްލަމުން ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. އެހެން ނަމަވެސް އޭނަގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. ކުރިމަތީގައި ޕާޓޭ ފާޑަކަށް ތިބި ތިންމީހުން ފެނި ޔަނާގެ ސިކުނޑީގައި ނުރައްކާތެރިކަމުގެ އެލާރމް އެޅެން ފެށުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ދާ ހިއްލައި ފޯ ވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގި ހަރކާތް ހުއްޓިފައިހުރެ އޭނަ އައިކޮޅަށް އެނބުރިލިއެވެ. ކުރިމަތީގައި ހުއްޓި ހުރި މީހާ ފެނި ފިނި ނޭވާއެއް ޔަނާއަށް ބޭރު ކޮށްލެވުނެވެ. މަޑުމަޑުން އޭނަގެ ނަޒަރު އެ މީހެއްގެ މޭމަތިން ގޮސް ލޮލާ ހަމައިން ހުއްޓުނެވެ. އެއާއެކު އޭނަ ލާން އުޅުނު ނޭވާވެސް ކަރުގައި ތާށިވި ފަދައެވެ. ކުރިމަތީގައި ހުއްޓިގެން އެ ހުރީ ނިޔާން ނޫން އިތުރު މީހެއް ނޫނެވެ. މަޑުމަޑުން ޔަނާގެ އަތްތިލާގައި ހިފާލަމުން ނިޔާން އެމީހުންނަށް ނުރައްކާތެރި ނަޒަރެއް ދިނެވެ. އަދި ޔަނާގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. ނިޔާންގެ އެ ރީތި މޫނުން ނަޒަރު ވަކިކޮށްލަން ޔަނާއަށް ނުކުޅެދުނެވެ. އިހްސާސްވެގެންދިޔަ ރައްކާތެރިކަމުން އޭނަ އަށް ހިނިތުންވެލެވުނެވެ. “އަދިވެސް ހެނީތަ.. އަހަރެން ނައިނަމަ ޔަނާއަށް ވާނެ ގޮތެއްވެސް ނޭނގެ..” ފުންނޭވާއެއް ދޫކޮއްލަމުން ނިޔާން ކުރިބަލަން ފެށިއެވެ.”ދެންވެސް އެކަނިން ނުދައްޗޭ.. މި މާލޭގައި މި އުޅޭ މީހުންގެ ގޮތެއް ނޭނގޭނެ” ނިޔާންގެ އެވާހަކައަށް ޔަނާ ބޯ ޖަހާލިއެވެ. ގެއާ އަރާހަމަވުމުން ނިޔާން ޔަނާގެ އަތުން […]
“ކަޔާން” ކުރި މަތީގައިހުރި ޖުމައްޔާ ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮއްްލިއެވެ. އެހެން ނަމަވެސް އެ އަޑަށް ބީރު ކަންފަތެއް ދެމުން ކަޔާން ކުރިއަށް ހިނގައިގަތެވެ.”ކަޔާން..” ކުރިއަށް ހިނގައިގަތް ކަޔާންގެ ދެފައި ބިމުގައި ތަތްލީ ފަހަތުން އިވުނު އާދިލްގެ ހަރުކަށި އަޑުންނެވެ.”މަންމަ ގޮވާއިރުވެސް ތި ދަނިއްޔޯ”ކަޔާންގެ އުޅަބޮންށީގައި ހިފާ އާދިލް އޭނަޔާވީ ފަރާތަށް އަނބުރާލިއެވެ.”އޭއި..ބަލަ އަހަރެން ކަޔާންއާއި އޭ މި ވާހަކަ ދައްކަނީ..ހަމަ މިހާރު މާފަށް އެދޭ”އާދިލްގެ މޫނުމަތީގައިވަނީ ހިތްހަމަނުޖެހުމެވެ. “ނޫން”ކިރިޔާ ފޫޅަށް އިވޭވަރަށް ކަޔާން ބުނެލީ އިސްޖަހައިގެން […]
ހައިރާންވެހުރެ އޭނަ އަޑުއައި ދިމާލަށް ބަލައިލިއެވެ، އަތިރިމަތީގެ ދޮންވެލި ގަނޑުގައި އިށީންދެ އިނދެ ރީތި ރާގަކަށް ގިޓާކުޅެމުން އެދަނީ ޔޫހާންނޫން އިތުރު މީހެއް ނޫނެވެ. ބަލަބަލަ ހުއްޓާ ޔޫހާން ކުށްލިޔަކަށް ކިޔާރާއާއި ވީ ފަރާތަށް އެނބުރިލުމުން ކިޔާރާލާން އުޅުނު ނޭވާވެސް ކަރުތެރޭގައި ތާށިވިއެވެ. ހިނިއައިސްފައި ހުރެ ޔޫހާން އަނެއްކާވެސް ގިޓާގެ ނަރުތަކާ ކުޅެންފެށިއެވެ.”ހޯދޭ ރާނީ މަގޭތީ ހިތް އިނގޭހޭ.. ބަހާރް އާދޭ ތިބާ ހީލުމުންނޭ.. މިލޭގާ ތިނަން ލިޔެފާ..ގުޅާލާނަމޭ ވިންދާ.. ތީ ހޯދޭނޭ ސާފު ހިތެއް..އަންނާށޭ ދެން މިރޭ” އެ ރީތި ފިރިހެންވަންތަ އަޑު އިވުމުން ކިޔާރާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. މަޑު ހިނގުމެއްގައި ޔޫހާން އެދިމާލަށް އަންނަން ފެށުމުން ކިޔާރާއަށް އިސްޖަހާލެވުނެވެ. ކިޔާރާއާއި ދާދި ގާތުގައި ހުއްޓެމުން ޔޫހާން، އެދަތްދޮޅީގައި ހިފާ އިސް އުފުލުވާލިއެވެ.”ފިނި ރޯޅި ބީހޭ ގޮތުން ޒާތަކަށް ނޭނގި ލޯބީގެ ފަރުދާ ކެހޭ.. ހީވޭ ބުނާހެން ތި ފުން ލޯ މަގޭގާތު ލެޔާ ގުޅިލާށޭ މިރޭ..ހްމްމްމް ލޯބީގެ އިހްސާސެކޭ.. ހިތް ދޭނެ އިންޒާރެކޭ ތީ ހޯދޭނެ ސާފުހިތެއް އަންނާށޭ ދެން މިރޭ” ސީދާ އެލޮލާ ހަތަރުކަޅި ހަމަކޮށްލަމުން ޔޫހާން އެބައި ފުރިހަމަކޮށްލިއެވެ. އެހިނދު ކިޔާރާގެ މޫނު ލަދުން ރަތްވިއެވެ. ހަނދުވަރުގެ ރިހި އަލީގައި އެހާގާތުން ކިޔާރާގެ ދޮންމޫނު ފެނުމުން ޔޫހާންއަށް އެތައް އިރަކު ބަލަހައްޓައިގެން ހުރެވުނެވެ.މަޑު ހަރަކާތަކާއެކު ކިޔާރާގެ އަތުގައި ހިފާ ވެލިގަނޑުމަތީގައި ޔޫހާން އެއްފައި މަށްޗަށް ވާގޮތައް އިށީނެވެ.”ކިޔާ.. މިވާހަކަ ބުނާ ހިތުން އަހަރެން އުޅޭތާ ކިތަންމެ ދުވަހެއް..ފަހަރުގަ ކިޔާ ހިތަށް އަރާފާނެ މީ އަހަރެން ކުރާ ސަމާސާއެކޭ..ބަޓް ބިލީވްމީ..ދުވަހަކުވެސް އަހަރެން ލައިފްގަ މިހާ ސީރިއަސްއެއް ނުވަން.. އަހަރެން ކިޔާބޭނުންވަނީ އުމުރަށް.. ތިނޫން އަންހެނެއް ދުވަހަކުވެސް ބޭނުމެށް ނޫން..މިހިތުގަ ތިނަން ލިޔެވިފަވީތާ ކިތަންމެ ދުވަހެށް..ތި ރީތި މޫނު.. ތި ލޮބުވެތި އަދާތައް މި ހިތުގަ ބިންވަޅު ނެގިފަވީތާ ކިތަންމެ ޒަމާނެއް …އައި ލަވްޔޫ ކިޔާ އައި ލަވްޔޫ..”ކިޔާރާގެ މޫނުން ނަޒަރުވަކި ނުކޮށް ޔޫހާން އިއްވާލި ބަސްތަކުން ކިޔާރާގެ ލޯ ކަރުނުން ފުރުނެވެ.ތެދެކެވެ. އަބަދުވެސް ލާނެތްކަން ފެންނަމުންދާ އެ ތޫނު ދެލޮލުން މިރޭ ފެންނަނީ އެހެން އަސަރެކެވެ. “ސޯ ވިލް ޔޫ ބީ މައިން ފޯއެވާރ..މިސް ޖޫސް” ކިޔާރާގެ އަތަށް ފިތާލަމުން ޔޫހާން އެހެން ބުނެލުމުން ކިޔާރާއަށް ކަރުނައިގެ ތެރޭންވެސް ހީލެވުނެވެ.”ޔެސް..ޔެސް..މިސްޓަރ ކޮފީ” ކިޔާރާ ބޯ ޖަހާލިއެވެ. އެވަގުތު ފުރިހަމަ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން ޔޫހާން އެ ތަނަވަސް މޭމަތީގައި ކިޔާރާ ފޮރުވާލީ ނުހަނު ލޯބިންނެވެ.”ޝޫޝް ނޯ ޓިއާސް މައި ލަވް” އެ ކަރުނަަތަށް ޔޫހާން ފުހެލީ ކޫރުމެށްވެސް ނޭޅޭނެހާ ލޯބިންނެވެ. **************************** […]
ރޭގަނޑުގެ ވަގުތެވެ. އެނދުމަތީގައި އޮތް ޔަނާ އޮތީ ފުން ވިސްނުމެއްގައެވެ.އަބަދުހެން އަތުގައި އޮއްނަ ފޯނު އެނދުމަތީގައި ބާއްވައިލެވިފައި އޮތީ ހީވާގޮތުން މިވަގުތު ޔަނާގެ ސިކުނޑީގައި އުފެދެމުންދިޔަ ހައިޖާނުގަނޑު ބޮޑީއެވެ. ބެލްކަނީގައި އިވްރާހުރީ ފޯނެއްގައި ހެވިފައެވެ. މަޑުމައިތިރި ކަމާއިއެކު ޔަނާ ދެލޯމަރައިލީ ސިކުނޑީގައި އުފެދެމުންދިޔަ ތޫފާނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. އެއާއިއެކު ލޯ ކުރިމަތީ ސިފަވެގެންދިޔަ ސޫރައިން ސިހިފައި ޔަނާ ދެލޯ ހުޅުވައިލިއެވެ. އެއީހަމަ އެޒުވާނާއެވެ. މިއަދު ކޮލެޖުން ފެނުނު ފަން އިސްތަށިގަނޑުގެ ވެރި ޒުވާނާއެވެ. އެ ނުދަންނަ ޒުވާނާގެ ހިޔާލުތަކުން މިއަދު އެކީހެންް ޔަނާގެ ޅަ ސިކުނޑީ ހިސޯރު ކޮށްލާފައިވާ ފަދައެވެ. ސިކުނޑިޔަށް ލުޔެއް ލިބޭތޯ ބޭކާރު މަސައްކަތްތްކެއް ކުރަމުން ޔަނާ ސިޓިނގް ރޫމައަށް ނުކުމެ ސޯފައިގައި ހަމަޖެހިލަމުން ޓީވީ އަޅުވައިލިއެވެ. އެވަގުތު ގޭގެ ބެލްގެ އަޑަށް ފަރުވާކުޑަގޮތަކަށް ތަޅުހުޅުވައިލުމަށްފަހު އެނބުރި އައިސް ސޯފާއަށް ވެއްޓިގަތީ ޔޫހާން ކަމަށް ހިތާއެވެ.ނަމަވެސް އެނބުރި ބަލާލަން މަޖުބޫރުވީ ދޮރުގެ އަނެއްފަރާތުގައި ހުރި މީހަކު ޓަކި ޖަހައިލުމާއިއެކުއެވެ. ޔޫހާންގެ ސަކާރާތެއް ކަމަށް ހިތާ ޗުސް ތަޅައިލަމުން އަނެއްކާވެސް ތެދުވެ ގޮސް ޔަނާ ދޮރުހުޅުވައިލިއެވެ.އެއާއިއެކު ކުރިމަތިން ފެނިގެން ދިޔަ ސޫރައިން ޔަނާލާން އުޅުނު ނޭވާ ވެސް ހުއްޓުނުފަދައެވެ. މޫނު މަތިން ހައިރާންކަނަ ފާޅުވެގެން ދިޔައިރު ދޮރުފަތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެއްއަތުން ދޮރުފަތުގައި ހިފަހައްޓައިގެން ހުރެ އަނެއްއަތުން ގޭތެރެއަށް ވަނުމަށް ޔަނާ އިޝާރާތް ކޮށްލިއެވެ. ކުރިމަތީ ހުއްޓިގެން އެހުރީ އެހިތުގައި ބިންވަޅު ނެނގިގެން ދިޔަ ޒުވާނާއެވެ.މިއަދު ކޮލެޖުން ދިމާވި ގޮތްނޭނގޭ ޒުވާނާއެވެ. އެ ސޫރައެއް ދުށުމަށްޓަކައި އެ ދެލޯ ބޭގާރާރުވެފައިވާ ސޫރައެވެ. “އަމް..އިވްރާ އުޅޭތަ؟”ދެއަތް މޮޑެލަމިން އެޒުވާނާ އެހެން ބުނެލިއެވެ. ހީވާ ގޮތުން ޔަނާގެ ކަތި ނަޒަރުތަކުން އޭނައަށް އުދަނގޫވީއެވެ. އެޒުވާނާގެ ސުވާލަށް ބޯޖަހައިލަމުން ޔަނާ ދިޔައީ އިވްރާ ބަލައެވެ. އެވަގުތު ނޭނގޭ ނުތަނަވަސްކަމަކުން އެޅަ ސިކުނޑި ހިސާރު ކޮށްލިއެވެ.”ކުޑާ..ހޯދަން އެބަހުރި މީހަކު އައިސް..”ބެލްކަނީގައި ހުރި އިވްރާގެ ގާތުގައި ޔަނާ މަޑުމަޑުން ބުނެލިއެވެ. “ކާކު..މިގަނޑީގަ؟”ހައިރާން ކަމާއިއެކު އިވްރާ އަހައިލީ ގަނޑިން 30 10 ވުމާއި ގާތްވެފައި ވާތީއެވެ. އެއާއިއެކު ދެކޮނޑު އަރުވައިލަމުން ޔަނާ ބުނީ ނޭނގޭ ކަމަށްށެވެ. އަަޅާއިފައި ހުރި ކުޑަ ވަށްބުރުގާ ރީތި ކޮއްލަމުން އިވްރާ ތިރިއަށް ހިނގައިގަތެވެ. އިވްރާގެ ފަސްފަހަތުން ޔަނާވެސް ހިނގައިގަތެވެ. […]