އެ އަންހެންމީހާގެ ކޮނޑުގައި ހިފައްޓާލުމާއެކު ޔުނާންއަށް ލިބުނީ ސިހުމެކެވެ. މޫނުގެ އެއްފަޅި ވަނީ ހަލާކުވެފައެވެ. އަނދާފައިކަން ނޭނގެއެވެ. ނަމަވެސް އެ އަންހެން މީހާގެ މޫނުގެ އަނެއް ފަޅިއަށް ބަލާލުމުން އެއީ ނުހަނު ރީތި މީހެއްކަން އެނގޭނެވެ. އެ އަންހެން މީހާއާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ޔުނާންގެ ހިތް ތެޅިލައިގެންދިޔައީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އެ އަންހެން މީހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. **** އެ އަންހެންމީހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއެކު ޝުކުރުއަދާކޮށްފައި އެތަނުން ދިޔައިރުވެސް […]
ދެލޯ މަރައި ބާރުކޮށްގެން ހުއްޓައި ފަހަތުން މީހަކު ޒައިންގެ ބުރަކަށީގައި އަޅައި ކޮށްޕައިލިއެވެ. ޒައިން މަގުމައްޗަށް ވެއްޓުމާއިއެކު އިވުނީ އަންހެނެއްގެ ބާރު ހަޅޭކުގެ އަޑެވެ. އެމީހަކު މަގުމައްޗަށް ވެއްޓި ޖެހިގަތް އަޑު ވަރަށް ބާރަށް އިވުނެވެ. ޒައިން ދުވެފައި ގޮސް ވެއްޓިފައި އޮތް އަންހެން މީހާ ކައިރިއަށް ދިޔައެވެ. ޒައިން ހީކުރީ އެ އަންހެން މީހާއަށް ވަރަށް ބޮޑުވަރު ވި ކަމަށެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އޭގެން އެކަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެ […]
“އައި ލަވް ޔޫ ޓޫ……” އެ ތިންބަސް ޔުނާންގެ ދުލުން ބޭރުވިއިރު މިޝެލިންގެ ގައިން ހީބިހިނަގައިގެންދިޔައީ ޔުނާން ބުނެލިއިރު އެ އަޑުގައިވި އަސަރަކުންނެވެ. ދެމީހުންގެ އަތް ލާމެހިގެން ދިޔައިރު ޔުނާން މިޝެލިންގެ އަޅިކުލައިގެ ދެލޮލަށް ނަޒަރުހުއްޓާލަމުން ހިނިތުންވެލުމާއެކު މިޝެލިންއަށްވެސް އެ ކަޅުކުލައިގެ ސިހުރެއްފަދަ ދަމާބާރުއެކުލެވޭ ދެލޮލުގެ އެންމެ އަޑިއަށް ފީނައިގަންނަމުން ހިނިތުންވެލިއެވެ. އެރެއިން ފެށިގެން ދެމީހުންގެ ހަޔާތުގެ އާ ބާބެއް ފެށިގެންދިޔައެވެ. ***** އާ ދުވަހަކަށް މަރުޙަބާކިޔަމުން އިރު ފެނުންތޮޅިލިއިރު ޔުނާންއާ މިޝެލިންގެ ދިރިއުޅުމަށް ބަހާރު މޫސުމެއް […]
އެންމެން ގޮސް ސިޓިންގްރޫމަށް ބޯދިއްކޮށްލިއިރު އިޝާންއޮތީ ސޯފާގައި ނިދާފައެވެ. ޓީވީން އޭރުވެސް ފިލްމު އަޅުވާފައި ހުއްޓެވެ. މިހުރާން އުޝާއާއި ޔަނާލާއި ދިމާލަށް ބަލާލަމުން އަޑުމަޑުކުރުމަށް އިޝާރާތް ކުރަމުން ދޮންތަމެންގެ ކޮޓަރިއަށްވަދެފަ އައީ މާކަރަކާއި ޕެއިންޓް ބައެއް ސާމާނު ހިފައިގެންނެވެ. އިޝާން ކައިރި މަޑުމަޑުން އިށީނދެލަމުން އޭނާ ފެށީ އިޝާންގެ މޫނުގައި ކުރަހާށެވެ. މިހުރާނަކީ މޮޅު ކުރެހުންތެރިއެކެވެ. އޭނާ ކުރަހާ ނިމިގެން އުޝާމެންނަށް ދައްކާލުމުން ދެމީހުންވެސް ބިރުން ސިހުނެވެ. މިހާރު އިޝާންގެ މޫނުން ސިފަވަނީ ދަ ކޮންޖަރިންގައި އުޅޭ […]
މަގުމަތިން ހިނގަމުން ދިޔަ ޒައިންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިއަދުގެ ބަސްދީގަތުމަށް ފުރިހަމައަށް ޖަވާބުދެވޭނެ ކަމާމެދު މިހާރު ޒައިންއަށް ޝައްކެވެ. ޒައިންގެ ސިކުނޑިތެރޭ އެ ސިޓީ ނޫން އެހެން އެއްޗެއް ދައުރު ނުވާ ކަހަލައެވެ. އަބަދުވެސް އެސިޓީގައި ލިޔެފައިވާ ކޮންމެވެސް ޖުމުލައެއް ޒައިންގެ ސިކުނޑިތެރޭ އެނބުރެއެވެ. މި ޚިޔާލުތަކެއްގެ ތެރޭގައި ހުރެ ޒައިންއަށް ޓީވީ މޯލްޑިވްސް އިމާރާތާއި ހަމައަށް އާދެވިއްޖެއެވެ. ސިކުނޑިތެރޭ ދައުރުވަމުން ދިޔަ ޚިޔާލުތައް އެއްފަރާތްކުރަން މަސައްކަތް ކުރަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޒައިން […]
ފެންގަނޑުގެ ތެރެއަށް ނުވެއްޓި ސަލާމަތްވުމުން އިޙްނާ މަޑުމަޑުން ދެލޯ ހުޅުވާލައިފައި ބަލާލިއެވެ. ނަމަވެސް އެނާ ވެއްޓުނަ ނުދީ ހިފަހައްޓައިގެންހުރި ކުއްޖާފެނި ދެލޯ ބޮޑުވިއެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭފަޅައިލައިފައި ނިކުމެދާނެ ހެންނެވެ. އެހާވެސް ބޮޑަށް އިޙްނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެވަގުތު ގޭތެރެއިން މިލްނާ ގޮވައިލި އަޑަށް އެކުއްޖާ އިޙްނާގެ ލޫޅާފަތި ހަށިގަނޑު ސީދާކޮށްލާ އިޙްނާގެ ގައިން ދޫކޮށްލިއެވެ. “އިޙްނާ.. ނަމާއި އެއްވަރަށް މަންޖެވެސް ރީތި” ލާނެތް ހިނިތުންވުމެއް މުނޫމައްޗަށް ވެރިކޮށްގެން ހުރެފައި އެނާ […]
އުޝާ އެއެންމެންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ނެގީ ޖިންސު ޖީބުގައި އޮތް އޭނާގެ ފޯނެވެ. ފަރިތަކަމާއެކު ޕާސްވޯޑު ޖަހާލުމަށްފަހު އޭނާ ގުޅީ ޝާފިއު ސާރއަށެވެ. އެއަށްފަހު އިންތަނުން ތެދުވެލުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެންތިބި މީހުން ތިބީ އުޝާ ކިޔަން އުޅޭ އެއްޗަކަށް ކަންފަތް ދީގެންނެވެ. “ހަލޯ ސާރ. އަޅުގަނޑު ސުވާލެއް ކޮށްލަންވެގެން… ލައްބަ… އަޅުގަނޑުމެންނާއި މިކޭސް ހަވާލުކުރުމުގެ ކުރިން މި ކޭސް ބެލީ ކޮން ބައެއްތޯ؟” ސާރ ދޭނެ ޖަވާބެއްގެ އިނތިޒާރުގައި އެންމެންވެސް ތިބީ ނޭވާ […]
ބޭބީ.. ރޫމް ރެޑީތަ؟ ފަސްގަނޑިބައިގަ ލީލާއަންނަ ވާހަކަ ބުނީމެންނު. ހުރިހާ ކަމެއް އޯކޭތަ؟” އަދުރާގެ ބޮލުގައި ފިރުމާލަމުން ސައީރު ބުންޏެވެ. “އާން ރެޑީ ގަ ހުންނާނީ.. މި މީހުން ގޮވައިގެން ގެސްޓްހައުސްއަށް ވައްޓާލާފަ އެމީހުން ރިސީވްކުރަންދާންވާނެ..” ތުއި ގޮތަކަށް އަދުރާ ބުންޏެވެ. އެތަނުގައި ތިބި ފަތުރުވެރިންނަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ސައީރު ހިނގައިގަތީ ރަށުގެ ބޮޑުމަގުން ބަނދަރާއި ވީ ކޮޅަށެވެ. ސައީރު ދިއުމުން ފަތުރުވެރިންނާއެކު އަދުރާ ހިނގައިގަތީ ގެސްޓްހައުސްއަށް ދިއުމަށެވެ. އަސުރު ވަގުތު ފަހަނައަޅާއި ގޮސް އިރު […]
ޒައިން ހީކުރި ގޮތާއި ޚިލާފަށް އޭނާ ކޮޓަރި ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ނައިޒަކް އެވެ. ނައިޒަކް ގާތުގައި ހުރި އާރިޝް ފެނުމުން އެއީ މީގެ ކުރިން ދުވަހު އޭނާގެ ތަޅުދަނޑިފަތިން ޖެހުނު މީހާކަން ހަނދާންވިއެވެ. “ކޮބާ ޝައްމު؟ ދޮރު ތަޅުވެސް ނުލާ އެހުރީ.” ޒައިންގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ފާހަގަނުވާ ޙާލު ނައިޒަކް އެހިއެވެ. އެކަމަކު އެކަން ނައިޒަކް ގާތުގައި ހުރި އާރިޝް އަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. “މީ ކުއްލިއަކަށް ހުޅުމާލެ ދާން ޖެހިގެން […]