ޑޮކްޓަރުބުނި ޖުމްލައަކީ ޔޫންގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅުނު ފަދަ ޖުމްލަ އެކެވެ. ތަޤުދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އެޑޮކްޓަރަކީ ޔޫންމެންގެ ރަށުގައި އުޅުނު ޑޮކްޓަރެއްކަމުން އޭނާއަށް ނުހަނު ފަސޭހައިން ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިހިތާމަވެރި ޚަބަރު ޔޫން އެއަންހެން ކުއްޖާގެ އާއިލާއަށް ދޭނީ ކިހިނެއް ހެއްޔެވެ؟ ކޮން މޫނަކާއިގެން ހެއްޔެވެ؟ އެތައް އަހަރަކަށްފަހު ޔޫންއަށް އޭނާގެ އެންމެ ހިތްއެދޭ ސޫރަ ފެނުމުން ގާތުގައި މަޑުކުރާ ހިތްވި ކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައި މިވަގުތު ހެދިފައިހުރި ހައިޖާނުގަނޑު ބޮލުން ފިލުވުމަށްޓަކައި ހޮސްޕިޓަލުން ބޭރަށް ނިކުތެވެ. […]
“އިތުރަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ.. އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށް.. އަދި އަހަރެން ބޭނުންވާ އެއްޗެއް އަހަރެން ބޭނުން މީހަކާ ދިމާލަށް ބުނާނަން.. އެހެންނޫނީ އަހަރެން ޔޫންއަށާއި މިލްނާއަށް އެރިޕޯރޓް ފޮނުވާނަން..” މިޙްރާން އިޙްނާގެ ކޮލުގައި ހިފަހައްޓައިގެން ހުރެފައި ދޫކޮށްލިއެވެ. މިހްރާން ކޮޓަރިން ނިކުމެގެން ދިޔުމުގެ ކުރިން ދޮރުމަތީގައި ހުރެފައި ބުންޏެވެ. “އަދި އެއްކަންތައް މާދަމާ މާލެދާން ފުރާން ތައްޔާރުވޭ..” އެހެން ބުނެފައި ހިނދުކޮޅަކުވެސް މަޑުކުރުމެއްނެތި ދިޔައެވެ. އެއަށްފަހު އެކޮޓަރީގެ ހިމޭންކަން ނަގާލީ އިޙްނާގެ […]
ފާއިތުވި 8 އަހަރުތެރޭ މާލެއަށް އައިސްފައިވާ ނުހަނު ބޮޑެތި ބަދަލުތަކެއް ބަލާލި ކޮންމެ ދިމާލަކުން ފެނެއެވެ. މީގެ 8 އަހަރުކުރީގައި ހަދާފައިވާ އިމާރާތްތައް ސުންނާފަތިކޮށް އޭގެ ބަދަލުގައި ހުރީ 10 ނުވަތަ 15 ބުރީގެ ކުލަކުލައިގެ އިމާރާތްތަކެވެ. ހަމައެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިވެސް އެހާމެ ތަފާތެވެ. ހުޅުލެއިން މާލެއަށް ދިޔަ މަގުމަތީގައި އިއުފާގެ އަނގަ އެންމެ ހިނދުކޮޅަކަށްވެސް މައިތިރިއެއް ނުވެއެވެ. އެކަމާ ރިހާމާއި މިޖްދާދު އިނީ ހީލަހީލައެވެ. އިއުފާގެ ވާހަކަތައް އަޑުއަހާން ޔޫން އިނީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. […]
****8 އަހަރު ފަސް**** ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އިން ނިކުތް ޒުވާނެކެވެ. އޭނާގެ ދެލޯ އަތުގައި އޮތް ފޯނަކާއި ވަތްކެއް ނުވެއެވެ. ލޮލުގައި އަޅައިގެންހުރީ ރޭބަންގެ ކަޅުކުލައިގެ އަވި އައިނެކެވެ. މަތިމަސްހުރީ ތުނިކޮށް ކޮށާލެވިފައެވެ. ގައިގެ ހަމުގެ ކުލަ ކަޅެކޭ ނުބުނެވޭނެއެވެ. އެހާވެސް ހަމުގެ ކުލަ އައްޔެވެ. ހުއްޓިގެން ހުރިގޮތުންވެސް އެޒުވާނާ ހުރިމީހެއްގެ އިންތިޒާރުގައިކަން ބަލާލި ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. “ދޮންބޭ!!” އެހެން ކިޔާ ގޮވާލި އަޑު އިވުމާއެކު އެޒުވާނާ އެނބުރި ބަލާލިއެވެ. އޭރު 5 […]
އަޅުގަނޑު ވާހަކަލިޔަން ފެށީ އެންމެ ގާތް އެކުވެރިންގެ ސަޕޯޓާއި ހިތްވަރާއި އެކު… އަޅުގަނޑުގެ ބިޒީ ތާވަލުގެ ތެރެއިން ވަގުތު ހުސްކޮށްގެން ވާހަކަ ލިޔަނީ… ލޮކްޑައުންގައި ވިޔަސް ގޭތެރޭގައި ކުރަން ބައިވަރު ކަންތައްތައް ހުރޭ… ހަމައެހެންމެ “އިޙްނާ” ވާހަކައަކީ އަޅުގަނޑު އަލަށް ލިޔާ ދިގު ވާހަކަކަމުން ބައެއް ކަހަލަ މައްސަލަތައް ހުރެދާނެ… ވާހަކަ ކުރުވުމާއި ސިފަކުރުން މަދުވުމާއި ވާހަކަ އަޕްކުރުން ލަސްވުން ފަދަ އެތައް މައްސަލަތަކެއް ހުރެދާނެ… އަލަށް ދިގު ވާހަކައެއް ލިޔާތީވެ އޭގެ ޝައުގުވެރިކަން ނުހިފެހެއްޓިފައި ހުރެދާނެ… […]
ރޭގައި ކަންތައްތައް ހިނގާ ދިޔަގޮތުން އިޙްނާގެ މޫޑު ހުރީ ވަރަށް ކަޓާވެފައެވެ. އެމީހާއަށް އެކަން އިނގެން ދިމާވި ކަމަކާ ވިސްނަން ހަދައިގެން އިޙްނާ އިނީ ބޯގޮވާފައެވެ. މިބޮޑު ސިއްރު އަދި އަމުދުން މިލްނާއަށާއި ޔޫންއަށް އިނގޭކަށް އިޙްނާބޭނުމެއް ނޫނެވެ. ސަބަބަކީ އޭނާގެ ބައްޕަގެ ކުއްލި ވަކިވެދިޔުމަށްފަހު މިލްނާ ކުރި ފުން ހިތާމަ އެންމެ ގާތުށް ދުށް މީހަކީ އިޙްނާއެވެ. އިރުކޮޅުކޮޅުން ކާރުގެ ޑުރައިވަރުގާތު އާދެވިއްޖެތޯ އަހާލެވެނީ އެކަމާ މާބޮޑަށް ވިސްނޭތީއެވެ. ސްކޫލަށް އާދެވުމުން ކުރަން ބައިވަރު ކަންތައްތައް […]
ޔޫންއާއި އާއި މިޙްރާންވެސް ދިޔައީ ޗިލީ ރެސްޓޯރަންޓަށެވެ. މަލްސާ ޔޫން އަތަށް ރުފިޔާ ދީފައި ދެކުދިން ކާލަން ދިއުމަށް ބުންޏެވެ. މިޙްރާންގެ އަނގަ ހުއްޓާނުލާ ދިޔައީ ވާހަކަ ދައްކަމުންނެވެ. ޔޫން އެކަމަށް މާބޮޑު މާބޮޑު ސަމާލުކަމެއް ނުދެވުނީ ވިސްނުމެއްގައި ހުރުމުންނެވެ. އިޙްނާ ރޭގައި ޑަލްގަނޯ ގިރާފައި އޭނާއަށް އެތިފޮދެއް ނުދޭ ކަމުގެ ޝަކުވާއެވެ. އަދި މިއަދު ހެނދުނު ޔޫން ހޭލީއްސުރެ އިޙްނާއެއް ނުފެނެއެވެ. މިލްނާ ގާތު އެހުމުން އެނގުނީ ރިހާމްމެން ގެޔަށް ދިޔަ ކަމެވެ. ވިސްނުމުން ބޭރުވީ […]
އަހަރެންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް އެހުންނަނީ މިހާރަކަށް އައިސް ބޮލުގައި ރިއްސާ ގަނެފައެވެ. ނުވިތާކަށް އަދި އެއްޗެއް ކެވުނަސް އެހެރެ ވާގޮތެކެވެ. ހިފަހައްޓާލެވެނީ ކިރިޔަ ކިރިޔާ އެވެ. ވަރަށް އަވަހަށް އަންނަނީ އިންތިޒާރު ކޮށްލައްވާ…………. ނޯޓު: މިވާހަކައަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެކެވެ. މިވާހަކައަކީ އެއްވެސް އިރެއްގައި ހިނގާފައިވާ ނުވަތަ ހިނގާފާނެ ހާދިސާއަކަށް ބަލައިގެން ލިޔަމުންދާ ވާހަކައެއް ނޫނެވެ. އަޅުގަނޑު މިވާހަކަ ކިޔުންތެރީންނަށް ގެނެސްދޭން ނިންމި މައިގަނޑު ސަބަބަކީ […]
ފޯނު ބާއްވަން އުޅުން ގަޑީގައި އިޙްނާގެ ފޯނު ދިއްލުމުން އިޙްނާ ފޯނު ބަލާލިއެވެ. މިއޮއް ދަންވަރު ގަޑީގައި އިޙްނާއަށް އެމެސެޖް ކުރީ ކާކުބާވައެވެ؟ ހަމަގައިމުވެސް ރިހާމާއި ޔޫން ތިބޭނީ މިގަޑީގައި ނިދާފައިކަން ކަށަވަރެވެ. ދެން އިޙްނާއެއް މިޙްރާނަކާއެއް ވާހަކަ ދައްކާ ހަދައެއް ނޫޅެއެވެ. ދެން ކާކުބާވައެވެ؟ މިފަދަ އެތައް ސުވާލުތަކެއް ހިތަށް އަރަމުން ދިޔަވަގުތު އިޙްނާ އެމެސެޖް ހުޅުވާލިއެވެ. “މާދަމާ ރޭ 8:30 ގައި ސަންސެޓް ބީޗަށް.. ނަމަނަމަ މީހަކު ކައިރީ މިވާހަކަ ބުނެގެން ނުވާނެ.. ބުނެފިނަމަ […]