ދެބެން އެގޮތުގައި ދެލޯ ބޮޑުކޮށްގެން ތިއްބައި އެ މީހަކު އެތަނުން ތެދުވިއެވެ. އެއާއިއެކު ދެފަރާތުގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ކުރިމަތީގައި ހުރި އަންޖަދު ފެނިފައި ޝިމާޔާގެ ދެލޯ އިހުނަށްވުރެވެސް ބޮޑުވެގެންދިޔައެވެ. އަންޖަދު އަށް ވެސް ދެލޯ ބޮޑުކޮށްލި ގޮތަށް ޝިމާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަންޖަދު އަށް އައިއްސައި ހުރި ބަދަލުތަކުން ޝަމީމް ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެގޮތުގައި ތިން ޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި ދަންނަ އަޑަކުން އަންޖަދު އޭ ކިޔައިފައި ގޮވައިލި […]
“ދެން… ގޯސް ހަބަރަކީ؟” އުފާވެރި ހަބަރުން ލިބުނު އުފާވެރިކަން ފިލާނެހާ ގޯސް ހަބަރެއް ނީވޭނެއޭ އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް ކަންތައްވީ ހީއާއި މުޅިން އިދިކޮޅަށެވެ. އެ ހަބަރު އިވުމުން، ދުވަހަކުވެސް ބަލި ރަނގަޅު ނުވިނަމައޭ، އޭރަށް މި ހަބަރު ނީވުނީސްއޭ ހިތަށްއަރާވަރުވިއެވެ. *************************** “ލުއާ ކުޑައިރު ދިރިއުޅު އޯފަނޭޖްގަ އުޅުން ހުރިހާ އެންމެން… ލުއާ ފިޔަވާ ހުރިހާ އެންމެން ވީ މަރުވެފަ… މަރުވީ…ލުއާ ހިންގި އަލިފާނުގެ ހާދިސާއެއްގަ….. އެއީ ލުއާއަށް އައި އެންމެ ފުރަތަމަ އެޕިސޯޑް…” އިރުކޮޅެއްގެ […]
ކުއްލިއަކަށް ހިތަށްއެރި އެތިން އަހަރެންގެ ހިތް ތެޅިގަތެވެ. އަސްލާންއާއި ކުރާ ބައްދަލުވުންތަކެވެ. އަހަރެން ބޭރަށް ދިޔަ ރޭރޭ ނުފެނުނީ ކިހިނެތް ހެއްޔެވެ؟ ބޭރުން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށީ އެ ވަގުތުއެވެ. ***************************** އެ އަންނަ މީހަކު އެ ކޮޓަރިތެރެއަށް ވަދެދާނެތީ ބިރުން އަހަރެން އަވަސް ހަރަކާތްތަކަކާއިއެކު މޭޒެއްގެ ދަށަށް ދެމިގަތީމެވެ. މަކުނުވާތަކެއްހެން ތަރުތީބެއްނެތި ދެމިފައި ހުރި ވަޔަރުތަކުގައި އިސްތަށިގަނޑު އަޅައިގަތުމުން ވީ އުނދަގުލަކަށްވެސް ފަރުވާލެއް ނުދެމެވެ. ކައިރި ވަމުންދިޔަ ފިޔަވަޅުތަށް ހުއްޓުނީ ދޮރު ކުރިމައްޗަށެވެ. ދޮރު ހުޅުވުމާއެކު […]
ފްލައިޓްތަކު ތެރޭ ތިބި އެންމެން ސިހިގެން ދިޔައީ ކުއްލިއަކަށް ފްލައިޓަށް ގުޑުން އެރީމައެވެ. ޖަހައިލި ގުގުރިއާއިއެކު މިފަހަރު ބޯއްޓަށް ވަރަށް ބޮޑަށް ގުޑުން އަރައިގެން ދިޔައެވެ. އެއްބަޔަކު ބިރުން ރޯން ފެށިއެވެ. ބޯއްޓުގައި މަސައްކަތް ކުރާ ބައެއް ކުދިން އެމީހުން މަސަލަސް ކުރުމައިގެން އުޅޭތަން ފެނެއެވެ. އެކުދިން ބުނާގޮތުން އެއީ ކުޑަ ވިލާގަނޑެއްގައި ޖެހިގެން ވާ ގޮތްތަކެކެވެ. ޒައިންއަށް އެކަން ޤަބޫލުނުކުރެވިގެން ކައިރީގައި އިން ބިއްލޫރިގަނޑުން ކުޑަކޮށް ބޭރު ބަލައިލިއެވެ. އަސްތާއެވެ! ކަމަކު ދާކަށްނެތެވެ. އެއޮތީ ހަމަ […]
“މަންމާ” ހީނލާފައި ޔުނާން ބުނެލިއިރު އެދެލޯވެސްވީ ކަރުނައިން ތެމިފައެވެ. އޭރު ޒީހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. “ދެން ނުރޮއި މަންމާ. އަޅުގަނޑަށް މަޢާފް ކުރޭ. އޭރު ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަން މިޔަދު އިޙުސާސްކުރެވިއްޖެ. އަޅުގަނޑަށް ކުރެވުނު ކުންހީއެއްގެ މައްޗަށް ހުރިހާ ކަމެއް އޭރު ނިންމުނީ. އެކަމު އެދުވަހު މަންމަގެ ލޮލުންފެނުނު އިޙުސާސްތައް އަޅުގަނޑަށް އެ ދުވަހު އެއްޗެހިތަކެއް ކިޔާދިން. އަޅުގަނޑަށް މަޢާފުކުރޭ.” ޒީހާގެ އަތުގައި ހިފަހައްޓާލަމުން ޔުނާން ބުނަމުންދިޔައިރު އޭނާގެ އަޑުގައިވީ ސާބިތުކަމެވެ. ޒީހާ އާއި ހަތަރުކަޅިކަމަކޮށްލައިގެން […]
“ލޫން..ވީއާރ ޓަރައިންގ އަވާރ ބެސްޓް..އިންޝާ ﷲ ކާމިޔާބުވާނެ..އައިލީން މިވަގުތު އެ ވަނީ ވަރަށް ނާޒުކުފައްތަރެއްގައި..މި އޮޕަރޭޝަން ސަކްސެސްފުލް ވާނެކަމުގެ އެންމެ ފިފްޓީ ޕަސެންޓް ދެވޭނީ..” އައިޝަމް އާއި ލޫންއަށް ބަލާލާފައި ޔައިޝް ބުންޏެވެ. އެވަގުތު އެތަނައް އައި ޒުވާނާއަށް ބަލާލާފައި ޔައިޝް ލޫންއަށް އިޝާރާތްކޮއްލިއެވެ. އަދި ޔުނާން ކައިރީގައި ވަގުތެއް ނެތް ކަމަށާއި އަވަހަށް އައުމަށް އެދުނެވެ. “އިއްބާން..” *** ލޫންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައިރު އެ ދެލޮލަށް ރަތްކަމެއްވެރިވެފައިވެއެވެ. އިއްބާން ގައިގައި ބައްދައިގަންނަމުން އަޑުވީއްލާ […]
އުޝާއާއި ޔަނާލްވެސް ޝައުގުވެރިކަމާއެކު ބަލަން ފެށިއެވެ. ވާރިސް އޭނާގެ އޮފީހުގެ މޭޒުމަތީގައި އިށީނދެލާގެން ފޯނުން މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފާޅުވެއެވެ. ވާރިސް: މީހަކު އަޖާބު ވެދާނެ. މިހާރު ކިތައް ފަހަރު ބުނެފިން މަށެއް ނޫނޭ މިހާރު އެކޭސް ބަލަނީ. އުޅެއުޅެވެސް އެކޭސް މިހާރު ބަލާ ފަރާތެއް ނޭނގުނޭ. ދެންވެސް ވީހާވެސް އަވަހަކަށް ފުރޭތޯ ބަލާބަ. ސިންގަޕޯރގައި ތިބޭނެ ކަމެއް ނެތެއްނު. ބެންކޮކްގައި ތިބޭނެ އަހަރުންގެ މީހުން. މަ މިހާރު އެމީހުނަށް […]
ނިދިފައި އޮތް ޝިމާޔާއަށް ހޭލެވުނީ ކޮޓަރިތެރެއިން ޝަމީމް ވަރަށް ބާރަށް ގޮވާ އަޑު އިވިފައެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ފަހެއް ޖަހައި މިނެޓު ވެއްޖެއެވެ. އިރުނާރާތީ ދުނިޔެމަތި އަނދިރިކަމަށް ދައްކައެވެ. އަނެއްކާވެސް ޝަމީމް ގޮވައިލި އަޑަށް ޝިމާޔާ ތެދުވެ ޝަމީމްގެ ކޮޓަރިއަށް ދިޔައެވެ. އޭރު ޝަމީމް އެނދުން ތެދުވަން މަސައްކަތް ކުރަނީއެވެ. ޝިމާޔާ ބަލާކަށްނުހުރެ ޝަމީމް ކައިރިއަށް ގޮސް އެނދުން ތެދުވަން އެހީވެދިނެވެ. “ދޮންބެ ހާދަ ބާރަކަށޭ ތި ގޮވީ. ކީއްވެ ގުޅާނުލީ؟” […]
ކުރިން އަޕްކުރެވިފައިވާ ބައިގެ ކޮމެންޓުތައް ކިޔައި، ރިޕްލައިކުރަމުންދިޔައިރު އީޝަލްގެ ހިތް ތެޅިލީ ފެނުނު ކޮމެންޓެއްގެ ސަބަބުންނެވެ. *** ‘ ސްޓޯރީ ވަރަށް ރީތި. ލިޔުންތެރިޔާ ލިޔަމުންގެންދާ ވާހަކައިގެ އަސަރުގަދަކަމުންނާއި ކުރިން ލިޔެފައިވާ ބައިތަކުންވެސް އަހަންނަށް ފާހަގަކޮށްލެވުނީ މި ލިޔުމުގެ ފަހަތުގައި ސިއްރެއްވާކަން. ފަހަރެއްގާ ލިޔުންތެރިޔާގެ ޙަޔާތުގެ ވާހަކަ ކަމަށްވެސް ވެދާނެ. ޖަސްޑް ހޭޑް އެ ފީލިންގ. ވަޓް އެވަރ. ހަމަ ބުނެލީ. – ޑާކްރެއިން – ‘ ވައި އަޑުން ކޮމެންޓް ކިޔާލިއިރު އީޝަލްއަށް އެ ކޮމެންޓަށް […]