“ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު.” ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ. “ބޮޑުބޭބެ ކުރިން ނުބުނޭ ބޭހެއްގެ ވާހަކަ.” މަލާކަށް ވަގުތުން ބުނެލެވުނެވެ. އެ ހިނދު ފަޅި ސިކުންތަކަށް ފާރޫޤުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށްފަހު އޭނަ ވާހަކަ ދެއްކިއެވެ. […]
ދޯނި ފަޅަށް ވަން އިރަށް ދެތިން އަންހެންކުދިން ފިޔަވާ އެހެން އެންމެން މޫދަށް ފުއްމާލައިފިއެވެ. މަލްޝާ މޫދަށް ދެފައި ލައިގެން އިނީ އެމީހުން މޫދުގައި ޖަހަމުން ދިޔަ ސަކަރާތް ބަލަން ހެވިފައެވެ. މަލްޝާ އެކަނި ބައިންދާފައި ދާން ބޭނުންނުވާތީ އަޒާން މަލްޝާ ކައިރީގައި އިށީނދެލައިގެން އިނެވެ. ދެފައިން ލޮނުގަނޑުގައި ތަޅަމުން ފެން ބުރުވަމުން އުޅުނު މަލްޝާގެ ހަރަކާތްތައް ހަ އަހަރުގެ ތުއްތު ކުއްޖަކާ ތަފާތެއް ނެތެވެ. އަޒާން އިނީ މަލްޝާގެ ކޮންމެ ހަރަކާތަކަށް ފާރަވެ ބަލާށެވެ. މަލްޝާގެ ކޮންމެ އަދާއެއްގައިވެސް ހިތްތައް ކަތިލާފަދަ ބާރެއް ހުއްޓެވެ. މަލްޝާ މަޑުމަޑުން އިނދެފައި ކުއްލިއަކަށް އަތުން އަޒާންއާ ދިމާލަށް ފެން ބުރުވާލުމުން އަޒާންއަށް ދެލޯ މަރާލެވުނެވެ. ލޮލަށް އަރައިގެން ދިޔަ ދިލައިންނެވެ. މަލްޝާ ކަންބޮޑުވެފައިވާ އަޑަކުން އަޒާންއަށް ގޮވާލަމުން އަޒާންގެ މޫނުގެ ދެފަރާތުގައި ހިފާލަމުން އެ ދެ ލޮލަށް ފުމެލިއެވެ. އަޒާންއަށް މަލްޝާގެ ހޫނު ނޭވާ އިހްސާސްކުރެވުމުން ލޯ ހުޅުވާލި އިރު މަލްޝާ އިނީ އޭނާޔާ ޖެހޭ ނުޖެހޭ ހާ ކައިރީގައެވެ. އޭނާގެ ތުންފަތް މަލްޝާގެ ކަރުގައި ޖެހިފައިވެއެވެ. އަޒާންއަށް އޭނާގެ އިހްސާސްތައް ބާރުގެ ދަށަށް ގެނައުންވީ އުނދަގޫ ކަމަކަށެވެ. މަލްޝާ އިސްތިރިކޮށްލުމާއެކު އަޒާންގެ މުށިކުލައިގެ ލޮލުގެ ތެރެއަށް ދަމައިގަތް ފަދަ އިހްސާސެއް ކުރެވުނެވެ. ހަތަރުކަޅި ވަކިކޮށްލުމާއެކު އަޒާންގެ ކަޅި މަޑުމަޑުން ތިރިއަށް ދަތުރުކުރިއެވެ. މަލްޝާގެ ފިޔާތޮށިކުލައިގެ ތުނި ތުންފަތާ ހަމައަށެވެ. ” އުހުމް… އުހުމް… ” މީހަކު ކަރުކެހިލި އަޑަށް އަޒާންއާއި މަލްޝާއަށް ދުރަށް ޖެހިލެވުނީ ސިހިފައެވެ. ބަލާލިއިރު ލަޔާން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ލޮލުގައި އަތް އަޅައިގެން ހުއްޓެވެ. ” ސާބަސް ތިދެ މީހުންނަށް… އެންމެން ދޯނިން ފައިބައިގެން ދިޔައިރުވެސް ތި ތިބެނީ ވިއްޔަ ރޮމޭންސް ކުރަން… މިތާ ރޫމްސް މަދިއްޔެއް ނޫނިއްޔަ… އަހަރުން މި ޖެހެނީ ލަދުން ލޯ މަތީ އަތް އަޅައިގެން ތިބެން… މިހާރު ނިމިއްޖެތަ ތި ކުރާ ކަމެއް… ” މަލްޝާގެ މޫނު ޖަންބެއް ފަދައިން ރަތްވެގެން ދިޔައިރު އަޒާންވެސް އިނީ ލަދުން ތުންފަތުގައި ދަތް އަޅާލައިގެންނެވެ. ދެމީހުންނަށްވެސް ސިއްރުން އެކަކު އަނެކަކަށް ބެލެނީ އިޚްތިޔާރުން ބޭރުގައެވެ. ” ޕިސް ޕިސް ޕިސް… އަދިވެސް ފައިބާކަށް ނުވޭ؟! އަހަރެން ދިޔައީމަ ކޮންޓިނިއު ކުރަން ވިސްނައިގެންތަ ތި ތިބެނީ؟! ” ލަޔާން މާސްކެއް ހިފައިގެން ފައިބައިގެން ދަމުން އަނެއްކާވެސް އެމީހުންނާ ދިމާކޮށްލިއެވެ. މަލްޝާ އިނީ އަޒާންއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. އަޒާންގެ ހާލަކީވެސް މިއެވެ. ” ހިނގާ ފައިބަން… ” މަލްޝާ އިސްނުނަގާނެހެން ހީވި ވަގުތުކޮޅަކަށްފަހު އަޒާން ވާހަކަ ދެއްކިއެވެ. މަލްޝާ އަޒާންގެ ފަހަތުން ފައިބަން ހިނގައިގަތެވެ. ފަތަން ނޭނގޭތީ މަލްޝާ ހުރީ ބިރުންނެވެ. ނަމަވެސް އަޒާން ކައިރީ އެހެން ބުނާކަށް މަލްޝާއަކަށް ނުކެރުނެވެ. އަޒާން މޫދަށް ޑައިބެއް ޖެހުމަށްފަހު މައްޗަށް އަރާ ބަލާލިއިރު މަލްޝާ ނުފައިބާ ހުރުމުން މަލްޝާއަށް ގޮވާލުމަށްފަހު ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ” ފަތަން އިނގޭތަ؟! ” އަޒާން ދޯނީގައި އަތް އަޅުވާލަމުން ބުނެލިއެވެ. މަލްޝާ ދެ ފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަޒާން މަލްޝާ ކައިރީ އިށީނުމަށް ބުނެލުމުން ނުތަނަވަސްވެފައި ހުރެ މަލްޝާ ބޭރަށް ދެފައި ލައިގެން އިށީނެވެ. އަޒާން ފުން ނޭވާއެއްލީ ނަފްސު ތައްޔާރުކޮށްލުމުގެ ގޮތުންނެވެ. އަޒާންގެ އަތް މަލްޝާގެ އުނަގަނޑުގައި ވަށާލުމަށްފަހު މަލްޝާ ހިއްލާލަމުން ތިރިއަށް ބޭލިއެވެ. ލިބުނު ސިހުމުގައި މަލްޝާގެ އަނގައިން ތޫލި ހަޅޭކެއްގެ އަސަރު ބޭރުކޮށްލެވުނެވެ. މަލްޝާ ތެޅިގަތް ގޮތުން އަޒާން އާ އެކު މަލްޝާވެސް ދިޔައީ އަޑިއަށެވެ. ” މަލްޝާ… އިޓްސް މީ… އަޒާން އޭ… ” އަޑިއަށް ގޮސްފައި މައްޗަށް އެރުމާއެކު އަނެއްކާވެސް މަލްޝާ ތެޅިގަތް ގޮތުން މަލްޝާގެ އަނގައަށް ލޮނު ވަނެވެ. އަޒާންގެ ދެއަތް މަލްޝާގެ ހަށިގަނޑުގައި ވަށާލުމުން މަލްޝާ މަޑުމަޑުން ހަމައަކަށް އެޅުމެމުން ދުރުވެލިއެވެ. ” ޔޫ އޯކޭ؟! ” އަޒާންގެ ލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި އަޅާލުމެވެ. ” ސާބަސް ކޫޑިގަނޑާ… އަބަދު އައްޓަ މަހެއް ހެން އަޒާންގެ ގައިގައި ތަތްވެގަނެގެން އެބަ އޮވެއެއްނު… ” ޒޭބާގެ ދުލުން ބޭރުކޮށްލި ބަސްތައް ރުވާފަ ދޫކޮށްލި ތީރު ތަކެއް ފަދައިން މަލްޝާގެ ހިތް ފޫ އަޅުވާޅާފައި ދިޔައީ ލޯ ކަރުނުން ތެންމާލާފައެވެ. މަލްޝާގެ ފެންކަޅިވެފައިވީ ދެލޯ ފެނުމާއެކު އަޒާންގެ ދެއަތް މުށްކެވިގެން ދިޔައެވެ. ” މަލްޝާއާ ދިމާލަށް ތިހެން ބުނަން ވަކި ރީތި މީހެއްތަ ތީ… ތީ ހަމަ ހަވަރު ތުންފުއްސެއް… ލަދެއް ހަޔާތެއް ނެތިގެން އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ… ” އަޒާން މަލްޝާގެ ދިފާއުގައި ނިކުތީ އައްޑަނައެއް ފަދައިންނެވެ. ” އަޒާންއަކާ ނޫނެއްނު މި ވާޙަކަ ދައްކަނީއެއް… ދެން ކޮބައިތަ އަޒާން އޭނާގެ ދިފާއުގައި ނިކުތުމުގެ ބޭނުމަކީ… އަޒާން ބުނެބަލަ… އަހަރެންގެ ކޮން ސިފައެއްތަ އެ މަލްޝާއަށް ވުރެ އެންމެ ތަންފުކެއްވެސް ހުތުރީ… ބުނެފިއްޔާ އަހަރެން ބުރުގާވެސް އަޅާފާނަން… ” ޒޭބާގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ހުރި އިރު އަޑުގައިވީ މަޑުމޮޅިކަމެވެ. ޒޭބާގެ މިޒާޖާއި ނުބައްދަލު ސިފައެއް ފެނުމުން އަޒާން ހުރީ ހައިރާންވެފައެވެ. ނަމަވެސް އެކަން ދައްކާކަށް އަޒާން ބޭނުމެއް ނުވިއެވެ. ” ހަމަ ހިތަށް އަސަރުކޮށްލަ ކޮށްލާ ހުންނަން ޖެހޭނީ… އެއްކަމެއް ވެސް ނުވާނެ… އެހެންނޫނަސް ކާކު ތި ކަހަލަ ބަޑި އަންހެނެއް ބޭނުންވާނީ… ” އަޒާން މަލާމާތުގެ ހިނިތުންވުމެއް ޒޭބާއަށް ހަދިޔާކޮށްލަމުން ބުނެލިއެވެ. ޒޭބާގެ ލޭ ކެކިގަތް ގޮތުން ދެންމެ ދެންމެ އަތުން ފައިން ގޯހެއް ހެދި ދާނެހެން ހީވިއެވެ. އަޒާން އަކަސް އޭނައާ ދިމާލަށް އެފަދަ އެއްޗެއް ނުބުނެވޭނެއެވެ. ” ޒޭބާ… ” އީވާ ގޮވާލި އަޑު އިވުމުން އަޒާންއަށާ މަލްޝާއަށް ނަފްރަތުގެ އަލިފާނުން ހޫނުވެފައިވީ ނަޒަރެއް ދެމުން އެނބުރި އެއްގަމާ ދިމާލަށް ހިނގައިގަތެވެ. ޒޭބާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ގެއްލިފައި ހުރި މަލްޝާއަށް ގޮވާލަމުން އަޒާން އެއްގަމަށް އަރަން ހިނގައިގަތެވެ. ލޮނުގަނޑުގެ ފިނިކަމުން ކަށިތައް ތޮރުފާލަފާނެ ހެން ހީވުމުންނެވެ. މަލްޝާވެސް ހުރީ ހީކަރުވާ ގޮތްވެފައެވެ. ހަށިގަނޑުގައި ދެއަތް ވަށާލައިގެން ހުރެ މަޑުމަޑުން ކުރިއަށް ހިނގަމުން ދިޔައީ ވެލިގަނޑަށް ފައި ވައްދަމުންނެވެ. އެއްގަމަށް އެރުމާއެކު އަޒާންއަށް ވަރުބަލިވެގެން ވެލިގަނޑުގައި ޖައްސާލެވުނެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު މަޑު ހިނގުމެއްގައި އައި މަލްޝާ ފެނުމުން ބަލަހައްޓައިގެން އިނދެވުނެވެ. އިޚްތިޔާރުން ބޭރުގައެވެ. މަލްޝާ ލައިގެން ހުރި ސްވިމިން ސޫޓް ގައިގައި ތަތްލާފައި ވުމުން އެ ރީތި ހަށިގަނޑުގެ ބައްޓަން އެނގެއެ ފެންތިކިތައް އެ އޮމާން ތުންފަތުގައި ހަރުލާފައި ހުރި ގޮތުން އަޒާންގެ ގައިން ހީބިހި ހަލުވާލިއެވެ. ހިތުގެ ހިނގުން އަވަސްވެ އަތްފައި ފިނިވާ ގޮތްވިއެވެ. މަލްޝާ އައިސް ޖައްސާލީ އަޒާން ކައިރީގައެވެ. އެ ނޫން އެކުވެރިއަކު ނެތުމުން މަލްޝާއަށް އަޒާން އާއެކު ހުންނަން މަޖުބޫރެވެ. ނުދަންނަ މީހަކު ކައިރީ ހުރުމަށް ވުރެ ކިތަންމެ ލަދު ގަތަސް އެ ގޮތް މާ ރަނގަޅުވީމައެވެ. ރައްކާތެރިކަން އިހްސާސްކުރެވޭތީއެވެ. މަލްޝާ އިސްޖަހާލައިގެން އިނދެ ގާކޮޅަކުން ވެލިގަނޑުގައި ކުރަހަމުން ދިޔައިރު އިރުގެ ރަން އަލި އޭނާގެ މޫނަށް އެޅިފައިވުމުން ޖާދުވީ ގޮތެއް ހުއްޓެވެ. އިރުގެ ދޯދިތަކުން ހޫނުކަން ލިބިގަންނަމުން މަލްޝާގެ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރަށް ބެހެއްޓޭތޯ މަލްޝާ ބެލިއެވެ. މަލްޝާގެ ހަށިގަނޑު ފިންޏަށް ބަލިވީމައެވެ. ” ސައިބޮއެފިން؟! […]
މިންހާއަށް ނިދުނީ ވެސް ޗެޓްކުރަން އޮއްވައެވެ. **** ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދާ ފަދައިން މިންހާއާއި އާލިފްގެ ރަހުމަތްތެރިކަމުގެ ގުޅުންވެސް ދިޔައީ ވަރުގަދަ ވަމުންނެވެ. ދެމީހުންނަށް ނޭނގުނު ކަމުގައިވިޔަސް އެދެމީހުންނަށްވަނީ ވަކިނުވެވޭ ވަރަށް ލޯބި ވެވިފައެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ދެފަހަރު އެ ދެމީހުން ވާހަކަ ދައްކައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. އާލިފް މިންހާއަށް ގުޅާލިއެވެ. ” ހަލޯ! މިން. މިރޭ ބިޒީނޫނިއްޔާ ތުނޑިއަށް އާދެވިދާނެތަ؟ އަށެއްޖަހާއިރު” އާލިފް ބުނެލިއެވެ. ” ނޯ ޕްރޮބްލަމް މިރޭ […]
ހަަވީރުގެ ހިތް ފަސޭހަ ވަގުތެވެ.މުނާ ގެއިން ބޭރަށް ނުކުތީ ހިތްހަމަ ޖައްސާލަން ށެވެ.މުނާ ގޮސް އަތިރި މަތީގަ ހުރި ޖޯލި ފަތީގަ އިޝީންދެ އިންދާ ފިރިހެން ކުއްޖަކު އައިސް މުނާ ކައިރީގަ ހުއްްޓިލާފަ މުނާާ ކައިރީގަ ބުންޏެވެ.”ހާދަ ރީތި ކުއްޖެކޭ..ވާއު ލަވްލީ”..އެވަގުތު ހުރީ ވަރަށް ލަަދުންނެވެ. އަހަރެން ކައިރީގަ އެ ފިރިހެން ކުއްޖާ ހުރީމަ އަހަރެން ގެއައް ދާން ހިނގައި ގަތީމެވެ.އެ ފިރިހެން ކުއްޖާ އަހަރެން ފަހަތުން ހަމަ އަންނަނީއެވެ.ވަކި ހިސާބަކުން އަހަރެން މަޑު ކޮއްލީމެވެ.އަހަރެން މަޑު […]
ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ލޯންޗުން ފައިބާ މާލޭ ފަސްގަނޑުގައި ފައި ޖެހުން ޒައިނާ ހުރީ ކުރިމަތިން ފެންނަން ހުރި އުސް އިމާރައިތައް ފެނި ހައިރާން ވެފައެވެ. ކުރިން ޓީވީން ވެސް ފެނިފައި ވީނަމަވެސް އޭނާ މާލެ އާދެވުން މީ ފުރަތަމަ ފަހަރެވެ. ކުރިމަތީއައިސް މަޑުކޮށްލި ޕުރައިވެޓް ކާރުން ފޭބި ޔޫސުފް އަތުން ހަނާއަޅާލުމާއި އެކު ޒުހެއިރު ފޮށި ހިފައިގެން އެދިމާއަށް ހިނގައިގަންނަމުން ޒައިނާ ކައިރީ އައުމަށް ބުންޏެވެ. ދެބަފައިން ކާރަށް އެރުމުން ޔޫސުފް ކާރު ދުއްވާލީ […]
ފައި ކަހާލައިގެން އަހަރެން ވެއްޓުނީ ސިޓިންރޫމް ސޯފާތަކާއި ހަމައިންނެވެ. ވީ ތަދުން ނުތެދުވެވިފައި އަހަންނަށް އޮވެވުނެވެ. އިމާދު ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ދެމީހުން ދޭތެރޭގައި އޮތް ދުރުމިން ކުޑަވަމުންދާތަން ފެނި، އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އިސާހިތަކު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އަހަންނަށް އެހީވެދޭން އަންނާނެ މީހަކުވެސް ނެތެވެ. މިފަހަރު މި ނުލަފާ މީހާގެ އަތްދަށުން ސަލާމަތް ނުވާނެކަން އެނގުމުން، ދެލޯ މަރާ ބާރުކޮށްލެވުނެވެ. ********************** އަހަރެން މިހާ ބަލިކަށިވެގެން […]
އެ ކަށި ގަސްތަކުގެ ތެރެއިން ނިކުތް ދެވަނަ މީހާ، އަތަށް ފިސްތޯލު ހެޔޮވަރު ކޮށްލިއެވެ. ހަމަ ރިވަރޑޭލް ބްލެކްހުޑް ހެންނެވެ. ފިލްމެއްގެ ޝޫޓިންއެއް ނޫނެވެ. ލޯ ކުރިމަތީ ހިނގާ ހާދިސާއެވެ. ވަޒަން އޭގެ މަޤާމް ދޫކޮށް،، ވައިގެ ތެރޭގައި އުދުހިގަތެވެ. ބާރު އަޑާއި އެކު، ގަސްގަހުން، ދިރޭ ސޫފިތައްވެސް ތެޅިގަތެވެ. ހުރި އެންމެ ބާރު އަޑުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. “ޝާން!!!” ފިލްމުތަކުގަހެން ސްލޯމޯ އެއް ނުވިއެވެ. ހީރޯއަކަށް ވީތީ، ސަލާމަތެއްވެސް ނުވިއެވެ. ފަހުގެ ވަސިއްޔަތެއްވެސް ނީއްވުނެވެ. ބުރައިގެން […]
އީވާ އެންމެންނާ އަރާ ހަމަވެފައި ހިނގާށޭ އެެތެރެއަށް ވަންނަން ބުނުމުން ޒޭބާ މަލްޝާ ކޮބައިތޯ އަހާލިއެވެ. ” އެހެރީ އެއްނު… ވަޓް؟! އޯ މައި ގޯޑް… ” ހައިރާންކަމުގެ ލިސާންތައް ރަޔަންގެ މޫނުމަތިން ފާޅުވަމުން ދިޔައިރު ހުރިހާ އެންމެންގެ ކަޅިތައް އެއްފަހަރާ އެ ދިމާލަށް ދަތުރު ކުރިއެވެ. އީވާވެސް އެ ދިމާލަށް ބަލާލުމަށްފަހު ޒޭބާގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަވަރުތައް ތަރުޖަމާކުރަން އެނބުރިލިއެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލެވުނުއިރު ވައި އަޑުން ޝިޓް އޭ ބުނެވުނީ ޒޭބާގެ އަމަލްތައް ހުންނާނެ ގޮތެއް ލަފާކޮށްލަންވެސް ނޭނގޭތީއެވެ. ޒޭބާގެ ހަށިގަނޑު ކޮންޓްރޯލުން ނެއްޓި ފަދައެވެ. އެ ދިޔަ ބާރުމިނުގައި މަލްޝާމެންނާ ދިމާލަށް މިސްރާބު ޖެހިއިރު އީވާ، ޒޭބާ ހުއްޓުވަންވެސް ނޭނގިފައި ހުރި ގޮތަށް ހުއްޓެވެ. އެހެން އެންމެންނަށް އެކަން އިނގޭ ވަރެއް ނުވިއެވެ. ލިބިފައިވީ ހައިރާންކަމުގައި އަދިވެސް އެދިމާލަށް ބަލަހައްޓައިގެން ބުދުތަކެއް ފަދައިން ތިއްބެވެ. ލޯގަނޑެއް ފަދައިން އެންމެންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ހާމައަށް ވީ ނަމަވެސް ރައުލްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހުރީއެވެ. ޒޭބާ އެ ދިޔަ ބާރުމިނުގައި މަލްޝާގެ އަތުގެ މުލައްދަނޑީގައި ހިފާ ދުރަށް ކޮއްޕާލުމުން މަލްޝާއަށް ބަލާލެވުނީ ހައިރާންވެފައެވެ. އަޒާންގެ މޫނުމައްޗަށްވެސް ހައިރާންކަމުގެ ކުލަވަރު ވެރިވިއެވެ. ނަމަވެސް ޒޭބާގެ މޫނު ފެނުމުން ރުޅިވެރިކަމުން މޫނުގެ ކުލަވަރު ބަދަލުކޮށްލައިފިއެވެ. ކަޅު ފޮއެ ރޭގަނޑެއް ފަދައެވެ. ޒޭބާ ހިނދުކޮޅަކުވެސް މަޑުޖެހިލުމެއްނެތި ވައިރޯޅިއެއްގެ ބާރުމިނުގައި ގޮސް މަލްޝާ ކޮއްޕާލުމަށް އަތް ހަރަކާތްކޮށްލިއެވެ. އަޒާން އެ ދެމެދަށް ވަދެ މަލްޝާގެ ކޮނޑުގައި ހިފާ ފަހަތަށް ޖައްސާލި ގޮތުން މަލްޝާގެ ހަށިގަނޑުގެ ބެލެންސް ގެއްލި ވެއްޓެން ދިޔަ ވަގުތު ހިފުނީ އަޒާންގެ ގަމީހުގައެވެ. ދެމީހުން އެއްކޮށް ބިންމައްޗަށް ވެއްޓުނުއިރު އަޒާން އޮތީ މަލްޝާގެ ގައި މަތީގައެވެ. ހަތަރުކަޅި ހަމަވި ވަގުތު ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. އެ ގޮތުގައި ވޭތުވި ހިމޭން ވަގުތުކޮޅަކަށްފަހު މަލްޝާއަށް ތިބުވުނު ގޮތް ރޭކާލުމުން ތެޅިގަނެވުނީ ތެދުވާށެވެ. މީހުންގެ ނަޒަރުތައް އެ ދިމާލަށް އަމާޒުވަމުން ދިޔަ ގޮތުން މަލްޝާ ލަދުން ވިރޭ ވަރުވިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޒޭބާގެ ހިތުގައި ރޯވަމުން ދިޔަ އަލިފާންގަނޑު އިތުރަށް ބޮޑުވެ ހުޅު ފަޅައިގެން ދިޔަ ފަދައެވެ. މަލްޝާ ތެދުވުމާއެކު މަލްޝާއާ ދިމާލަށް އައީ ނޮޅާ ކާލަންހެން ހީވިއެވެ. ކުރިމަތީގައި މަލްޝާގެ އައްޑަނައެއްގެ ގޮތުގައި ހުރި އަޒާންވެސް ބުރުވާލާފައެވެ. ޒޭބާއަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ފަދައެވެ. ޒޭބާ މަލްޝާގެ މޫނުމަތީގައި ޖަހަން މަޅާލި އަތް ވައިގެ ތެރޭގައި ހައްޔަރުވީ ބާރުގަދަ އަތެއްގެ ބާރުގައެވެ. ލޯމަރާ ތަގުޅިކޮށްލައިގެން ހުރި މަލްޝާއަށް ލޯ ހުޅުވާލެވުނީ ޒޭބާގެ އަތުގެ އިހްސާސެއް ނުވުމުންނެވެ. ކުރިމަތިން ފެނުނީ ޒޭބާގެ އަތް އެހެން އަތެއްގެ ބާރުން ހުއްޓިފައިވީ ތަނެވެ. އެ އަތުގެ ނާރުތައް ފުފިފައިވީއިރު އެއަތުގެ ބާރުގަދަކަމާ މެދު ޝައްކެއް އުފައްދާނެ ތަނެއް ނުދިނެވެ. މަލްޝާ އެއަތުން ނަޒަރު ވަކިކޮށްލުމަށް މަޑުމަޑުން މައްޗަށް ކަޅި ހިންގާލިއެވެ. އެމީހެއްގެ މޫނު ފެނުނު ވަގުތު މަލްޝާގެ ހިތަށް ސިހުން ލިބި ހައިރާންކަމުގެ ކުލަވަރުން މޫނުމަތި ފެންވެރުނެވެ. ޒޭބާ އަޒާން ކޮއްޕާލާފައި މަލްޝާއާ ދިމާލަށް ދާން ފެށުމުން ރައުލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެދިމާލަށް ދުއްވައިގަތީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. މަލްޝާއާ މެދު ކަންބޮޑުވެފައިވީކަންމޫނުމަތިންނާއި ރައުލްގެ ހަރަކާތްތަކުން ސާފުކޮށް ފެނެއެވެ. މަލްޝާއާ ރައުލްގެ ހަތަރުކަޅި ހަމަވުމާއެކު ވަށައިގެންވި ހުރިހާ މަންޒަރެއް ދެމީހުންގެ ލޮލަށް ފުސްވި ކަހަަލައެވެ. ސިކުންތު ކަށިވެސް އެ ދެމީހުންނަށް ތަން ދެމުން މަޑުޖެހިލި ކަހަލައެވެ. ބަސް މޮށުންތެރިކަމަކާ ނުލާ އެދެމެދުގައި އެތައް ވާޙަކައެއް ދެކެވުނެވެ. ޒޭބާ ރުޅިއައިސްގެން ރައުލްގެ އަތް ފޮޅުވާލުމަށްފަހު މަލްޝާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލާލާފައި ދުރަށް ހިނގައިގަތެވެ. މަލްޝާއަށާއި ރައުލްއަށް އަދިވެސް އެމީހުންގެ ޚިޔާލީ ދުނިޔެއިން ނުނިކުމެވޭ ފަދައެވެ. އެއްވެސް ހަރަކާތެއް ނުކޮށް ތިބި ގޮތަށް ތިބީއެވެ. ރައުލްގެ އަތް މަޑުމަޑުން ހަރަކާތްކޮށްލީ މަލްޝާގެ ތުންފަތާ ދިމާލަށެވެ. މަލްޝާގެ ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. ރަައުލް އެއް އަތުން މަލްޝާގެ މޫނުގައި ހިފަހައްޓާލަމުން އަނެއް އަތުން މަލްޝާގެ އޮމާން ތުންފަތުގައި އިނގިލި ބީއްސާލިއެވެ. އިޚްތިޔާރަކާ ނުލާ މަލްޝާގެ ދެލޯ މެރިގެން ދިޔައެވެ. ދެއަތުގެ ތެރެއަށް ރައުލްގެ ޓީޝާޓު ބޮނޑިކޮށްލެވުނުއިރު ހިތާ ހަށިގަނޑާ މުޅި ޖިސްމުވެސް އެކަމާ ރުހިފައިވިއެވެ. ރައުލްއާއި މަލްޝާގެ މޫނު ނުރައްކާތެރި ދަރަޖައަކަށްް ކައިރިވެގެން ދިޔައެވެ. ” މަލްޝާ… ” މަލްޝާއަށް ސިހިފައި ދުރަށް ޖެހެވުނީ އަޒާން ގޮވާލި އަޑަށެވެ. ކުރިމަތީގައި ހުރި ރައުލް ފެނުމުން ކުރެވެން އުޅުނު ކަންތައް ހަނދާންވިއެވެ. ވެދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ ރައުލް ކަމުގައި މަލްޝާ ދެކުނެވެ. ނަމަވެސް މަލްޝާގެ ހިތް އެކަމާ މުޅިން ދެކޮޅެވެ. މަލްޝާއަށްވެސް އެކަމުގައި ބައިވެރިވެވުނުކަން މަލްޝާގެ ހިތް ގަބޫލުކުރިއެވެ. މަލްޝާ އިސްއުފުލާ ރައުލްއަށް ބަލާލިއިރު ރައުލް އިސްތަށިގަނޑަށް އަތް މަހާލައިގެން، ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ. މަލްޝާ ބަލާލުމާއެކު އެ އަޅި ދެލޯ މަލްޝާއާ ސީދާކޮށްލިއެވެ. އަދި އަނެއް ފަރާތަށް އެނބުރި ހިނގައިގަތެވެ. އޭރު އަޒާން އައިސް މަލްޝާއާ ހަމަކުރަނީއެވެ. އަޒާންއާ އެކު މަލްޝާ ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. އަޒާން މަލްޝާއާ ދިމާލަށް ބޯ އަނބުރާ ބަލާލިއެވެ. މަލްޝާއަށް އެކަން އިނގުނު ނަމަވެސް ނޭނގޭ ކަމަށް ހަދައިގެން ހުރީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. * * * * * * * * * […]
ގަސްތަކުގެ ތެރެއިން ފުރޭނެމުން އައި ދޯދިތަކުން ހެނދުނު ގެ ހިތް ގައިމުކަން ހިތަށް ވެރި ކުރުވިއަސް އެ މާޙައުލު ގައި އެއްވެސް ދިރުމެއްނެތެވެ. ވަށައިގެން ނަޒަރު ހިން ގާލެވުނެވެ. އެވަގުތު ލޮލު ގައި އަޅައި ގަތީ ތަންކޮޅެއް ދުރުގައި ބަތްޕޮޅިއެއް ހިފައިގެން ހުރި ކުއްޖެކެވެ. އޭނާ ލައިގެން ހުރި ހެދުމު ގައި ވަނީ ބާކޮޅޮކޮޅު ހެދިފައެވެ. އޭނާ ގެ މޫނު ކިތަންމެ ރީތި ނަމަވެސް އޭނާ ބަރުދާސްތު ކުރަމުންދާ ހިތްދަތިކަން އެ މޫނުމަތިން ވަރަށް ރަން ގަޅަށް […]