ކޮޓަރިއަށް ވަދެވުނީ އުނދުން ނުނިއްވާ ކަން ހަނދާން ވުމުން ނަދާ ނިކުތް އިރަށް އަޔާޒް ދެއްކި ވާހަކަ އަޑު އިވިފައި ހުރި ފިޔަވަޅު މަތީ ނަދާއަށް ހުއްްޓެވުނެވެ. ގަބޫލު ނުކުރެވިފައި އަޔާޒްއާ ދިމާއަށް ބަލަން ނަދާއަށް ހުރެވުނެވެ. “އަޔާ، ބުނެބަލަ ދެން. ނަދާއަކަށް ނޭނގޭ އަޔާގެ ހިތުގަ އޮތް އެއްޗެއް. އޭނައަށް އަދިވެސް ހީވެފަ އޮންނާނީ އަޔާ އޭނައާ އެކީ އުޅެން ބޭނުން ނުވާ ކަމަށް. ދެ މީހުން ވާހަކަ ދައްކަބަލަ” މައިހާ އަޔާޒްއަށް ނަސޭހަތްތެރި ވިއެވެ. “ބުނާނެ ގޮތެއް ނުވިސްނޭ އަހަންނަކަށް. ވަރަށް ވިސްނަން އެކަމާ. މައި ބުނެބަލަ އަހަރެން ބުނަންވީ ކީކޭ ކަން” އަޔާޒް އެދުނެވެ. “އަހަރެން ބުނާ އެއްޗެށް ނޫން އަޔާ ބުނާނީކީ، އަޔާ ހިތުގަ އޮތް އެއްޗެއް ރީތިކޮށް […]
ޝައިމް….. ކަ.. ކަމެއް ނުވޭ. ****************** އިރު އޮއްސެނީ އެވެ. އަދިވެސް ޝައިމް އާއި މުނާ ތިބީ ވާހަކައިގައެވެ. އެހެން އިނދެފަ ކުއްލިއަކަށް މުނާ ބުންޏެވެ. ” އޭ ޝައިމް.. އަހަރެން ގެއަށް ދާ ގަޑި ޖެހިއްޖެ. ދެން އަހަރެން ދަނީ އިނގޭ. އެކަމް ދާހިތެއް ވެސް ނުވޭ.”… ޝައިމް އަށް މުނާ ދެކެ ލޯބި ވެވިއްޖެވެ. އެކަމް މުނާާ ދޭނި ޖަވާބެއް ނޭންގޭތި ލޯބި ހުށައަޅަންް ހިތް ބިރު ގަންނަނީއެވެ. މުނާ ވަކި ހިސާބަށް ދިޔަ […]
ޒައިނާއަށް އިނދެވުނީ ދޮރަށް ފުރަގަސް ދީގެން ކަމުން ތެޅިތެޅިއޮތް ހިތަކާއި އެކު މަޑުމަޑުން އެނބުރި ވަދެގެން އައި ޒުވާނާއަށް ބަލައިލީ އެއީ ހަަަަމަަ އޭނާ ހޯދަން ބޭނުންވާ ފަރާތް ބާއޭ ހިތަށް އަރަމުންނެވެ. ********************************** ޒައިނާ އަށް އެ ޒުވާނާ ފެނުމުން ހިތް އަވަސް ވިއެވެ. ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑެކެވެ. ހަމުގެ ކުލަ މާދޮން ނޫނަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. ގަޔަށް ފިޓްކޮށް ހުރި ކަޅުކުލައިގެ ގަމީހަަަަަކާއި ކަޅުކުލައިގެ ޖީންސް އެއްގައި ފެންނައިރު މޮޑެލް އެއް ފަދައެވެ. […]
އިއްބާންގެ ސޫރައާ އެނދުމަތީގައި މެޝިންތަކާ ގުޅުވާފައިއޮތް ސޫރައާ ތަފާތެއްނެތެވެ. “އައިޝަމް…..” އެ ކޮޓަރީގެ ދޮރުހުޅުވާލަމުން އިއްބާން ކައިރީ މަޑުކޮއްލި އައިރީން އެނދުމަތީގައި އޮތް ޒުވާނާއަށް ބަލާލަމުން ބުނެލީ ކަރުނުން ދެލޯ ފުރި ބަންޑުންވާ ހާލުގައެވެ. *************************** ހަމުގެ ކުލަ އަލިއިރު އައިރީންއަށް ލިބިފައިވަނީ ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ ފުރިހަމަ ރީތިކަމެކެވެ. ބޯއެސްފިޔަތަކުގެ ހިޔަނިން އެ ނޫކުލައިގެ ބޮޑު ލޮލަށް ހިޔަނި އެޅިފައިވާއިރު ނުހަނު ރީއްޗެވެ. އައިރީންއާ ދިމާލަށް ބަލާލާފައި އޭނައަކީ ހަތަރު ކުދިންގެ މަންމައެކޭވެސް މީހަކު […]
ނަރުސް ކުއްޖާ ގޮސް ވަނީ އެމަޖެންސީގައި ގެނެވޭ މީހުން ބައިތިއްބާފައި ތިބޭ ވޯޑުތަކުގެ ތެރެއިން ވޯޑަކަށެވެ. ޕްރައިވެޓް އެ ވޯޑުގެ ތެރެއިން އިވެމުން ދިޔައީ އެކި މެޝިންތަކުގެ އަޑެވެ. އެނދުމަތީގައި އަންހެން ކުއްޖަކު އޮތެވެ. މުޅި ހަށިގަނޑަށް ވަނީ އެއްޗެހިތަކެއް ގުޅާފައެވެ. ދެލޯ މެރިފައި އޮތް އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. ވިންދު ޖަހަމުން ދިޔައީ އެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ އެހީގައެވެ. ނަރުސްކުއްޖާގެ ފަހަތުން ވޯޑަށް ވަތް މީހާ މަޑުމަޑުން ހިނގާލާފައި […]
ޕާކިން އޭރިޔާގައި ކާރު ޕާކު ކޮށްލުމަށްފަހު ގެއަށް ވަދެގެން އައި ޒިޔާންގެ ތުންފަތް މަތީގައި ވަނީ ވިޔާނުދާ ހިނިތުންވުމެކެވެ. މިއޮތް ވީހާ ދުވަހު އޭނާއަށް ނުކުރެވިގެން އުޅުނު ކަންތައް ކާމިޔާބު ވީމާ އުފާ ނުވެ ހުންނާނެ ހެއްޔެވެ. އަނެކާގެ ދިރިއުޅުން ބަރުބާދުކޮށް އަނދަވަޅަކަށް ވައްޓާލާފައި ވެސް ޒިޔާން ބޭލީ އަމިއްލަ ބޭނުންތައް ފުއްދޭތޯއެވެ. ******************************************************* އަނެއްދުވަހު ޒާޔާއަށް އިރު އެރީ ގަޑިން ބާރަ ޖަހާ ބޮޑު ވީ ފަހުންނެވެ. އާ ފުރެމުން ކަންނެތްކަމާއި އެކު ޒާޔާ އެނދުން […]
ކޮޓަރީގެ ދޮރުގައި ރަނގަބީލު ވާއަޑު އިވިގެން ދެލޯ ހުޅުވާލުންވީ ލިވީއަށް އުނދަގޫ ކަމަކަށެވެ. އޭރު ކުޑަދޮރުން ހަމަ ރީތިކޮށް އިރުގެ އަލިއެޅިފައިވަނީ އޭނަގެ މޫނަށެވެ. ފޯނު ބަލާލަމުން ދެލޯ ބޮޑުކޮށްލެވުނީ ގަޑިން ހެނދުނު އެގާރަ ޖަހާފައި އޮއްވާ ފެނިގެނެވެ. ރޭގަ އެހާ ލަހުން ނިދުމުން ހޭލެވުނީ އެހާވެސް ލަހުންނެވެ. އަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ދޮރާދިމާއަށް ހިނގައިގަތީ ރޫމްބޯއީސް ސާފުކުރަން އައީ ކަމަށް ހިތައެވެ. އާފުރެމުން ދޮރު ހުޅުވާލިއިރު އަނގަމަތީ އަތް އަޅާލެވުނީ ކުރިމަތިން ފެނުނު […]
“އައި ހޭޓް ޔޫ…. ނައު އިޓްސް އޯވާ… އައި ކާންޓް ޑޫ ދިސް..” މި ބަސް ތަކަކީ މީގެ އެއްމަސް ކުރިން ހީގާދިޔަ ހާދިސާ އެއް ގައި އާކިފް އޭނާގެ ކުރީގެ ލޯބިވެރިޔާގެ ގާތު ބުނެފައި ވާ ބަސްކޮޅެކެވެ. އެ ދުވަހައްފަހު ދެން ދުވަހަކުވެސް ކުއްޖަކާ ރައްޓެހި ނުވަން އާކިފް ކަނޑައެޅި އަޒުމް މިވަނީ ފެނައް ގޮސްފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އޭގެ ދެ ހަފްތާ ފަހުން އާކިފް އޭނާގެ ކޮއްކޮ އައިރާ ގެ ރަހުމަތް ތެރި […]
މުނާ މަންމަ ކޮޓަރި އަށް ވަނެވެ. ************** މުނާ މަންމަ ކައިރީގަ އިށީ ނެވެ.. މަންމަ އަށް މުނާާ މޫނު މަތިން އުފާާ ވެރިކަން ފެނުނެވެ. މުނާ މަންމަ ކައިރީގަ ބުންޏެވެ”މަންމާ މިއަދު” މިި ހިސާބަށް ބުނެލާފަ މުނާ އަށް ލަދުން ބުނަން ނުކެރިގެން އިސްޖަހާލިއެވެ. މަންމަ….ދަރިފުޅާ ކީއްވެ ބުނަން އުޅުން ވާހަކަ ތިި ހުއްޓާލީ؟ އަވަހައް ބުނެބަލަ….މުނާ…..މަންމާ މިއަދު އަޅުގަނޑަށް އަތިރި މަތިން ޝައިމް ކިޔާ ކުއްޖަކު ވާހަކަ ދެއްކި.އެއީ ވަރަށް ރަނގަޅު ކުއްޖެއް. މަންމަ […]