Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާތީ 2

Sima Level 1
August 24, 2019 4 Mins Read
8 Comments

ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ލޯންޗުން ފައިބާ މާލޭ ފަސްގަނޑުގައި ފައި ޖެހުން ޒައިނާ ހުރީ ކުރިމަތިން ފެންނަން ހުރި އުސް އިމާރައިތައް ފެނި ހައިރާން ވެފައެވެ. ކުރިން ޓީވީން ވެސް ފެނިފައި ވީނަމަވެސް އޭނާ މާލެ އާދެވުން މީ ފުރަތަމަ ފަހަރެވެ. ކުރިމަތީއައިސް މަޑުކޮށްލި ޕުރައިވެޓް ކާރުން ފޭބި ޔޫސުފް އަތުން ހަނާއަޅާލުމާއި އެކު ޒުހެއިރު ފޮށި ހިފައިގެން އެދިމާއަށް ހިނގައިގަންނަމުން ޒައިނާ ކައިރީ އައުމަށް ބުންޏެވެ. ދެބަފައިން ކާރަށް އެރުމުން ޔޫސުފް ކާރު ދުއްވާލީ އެމީހުން ދާންބޭނުންވާ މަންޒިލަށް ދިއުމަށެވެ.

ކާރު މަޑުކޮށްލުމުން ކާރުން ފޭބި ޒައިނާ ކުރިމަތިން ފެންނަން ހުރި އުސް އިމާރާތައް ނަޒަރު ހުއްޓާލިއެވެ. ‘ކީއްވެ ނުވަދެ ތިހުންނަނީ ޒައި އާދޭ އެތެރެއަށް. މިހާރު ދޮންތަޔާ ޝީއްކޮ ތިބޭނެ އިންތިޒާރުގަ.’ ޔޫސުފް އަދި ޒުހެއިރު ހިނގައިގަތް އިރުވެސް ޒައިނާ ކުރިމަތިން ފެންނަ އިމާރާތައް ބަލަން ހުރުމުން ޔޫސުފް ޒައިނާއަށް ގޮވާލީ އެތެރެއަށް ވަންނަން ހިނގައިގަންނަމުންނެވެ. އިމާރާތުގެ ފަސްވަނަ ބަޔަށް ލިފްޓު ހުއްޓުމާއި އެކު ޔޫސުފް ކުރިން ހިނގައިގަތީ އެޕާރޓްމެންޓުގެ ދޮރުހުޅުވުމަށެވެ. ކުރިއަށް ގޮސް ދެވަނައަށް ޖެެހުުންް ދޮރު ހުޅުވާލަމުން ޔޫސުފް އެތެރެއަށް ވަންްނަަމުން ޒުހެއިރުމެން ދެބަފައިންނަށް ވަނުމަށް އިށާރައިތް ކޮށްލިއެވެ.

‘ވެލްކަމްމްމް ތިއްތޮން.” ޝީޒާ ހުރީ ޒައިނާމެެންްގެ އިންތިޒާރުގައެވެ. ޝީޒާ އަކީ ޔޫސުފް އާއި ޝިމާނާގެެ ހުރި ހަމައެކަނި ކުއްޖާއެވެ. ޝިމާނާއަކީ ނިހާދާގެ އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި ދައްތައެވެ. އެދެބެން ފިޔަވާ އެއާއިލާގައި އިތުރު ކުއްޖަކު ނުހުރެއެވެ. ޝިމާނާ ޔޫސުފް އާއި ކައިވެނިކުރުމަށްފަހު މާލެެ ބަދަލްވީ ޔޫސުފްގެ މަންމަގެ ބަލިހާލަތު ހުރިގޮތުންނާއި އެއާއިލާގައި އިތުރު ކުއްޖަކު ނެތުމުންނެވެ. ނަމަވެސް ބަލިހާލަތު ބޮޑުވެ ޔޫސުފްގެ މަންމަ ވަނީ ދެމަފިރިންގެ ދަރިފުޅަށް ދެއަހަރުގައި ނިޔާފެފައި އެވެ. ބައެއް ފަހަރު ބަންދުގައި އެދެމަފިރިންވެސް ދަރިފުޅު ގޮވައިގެން ޗުއްޓީހޭދަ ކޮށްލުމަށް ރަށަށް ގޮސް އުޅެއެވެ. ޝިމާނާ ކައިރިއަށް ނިހާދާ ލޯބިވާދަރިފުޅު ފޮނުވީ އެ ދައްތައަށް އޮންނަ އިތުބާރެއްގެ ބޮޑުކަމުން އެދަރިފުޅު ރަނގަޅު ގޮތުގައި ބަލާނެކަމުުގެެ ޔަގީންކަން އޮތުމުންނެވެ.

”ޝީއްކޯ ތިިއްތޮން ހުންނާނީ ވަރުބަލި ވެފައޭ  އިހައް ދޭބަ ތިއްތޮން ގޮވައިގެން ކޮޓަަރިިއަަށްް.” އަށް އަހަރުގެ ޝީޒާ ހުރީ ގެއަށް އާމެހެމާނަކު އައުމުން އުފަލުން ކުރަންވީކަންތަށްް ގިނަވެފައެވެ. ފުރަތަމަވެސް ބޭނުންވީ ޒައިނާގޮވައިގެން ކުޅެން ދާށެވެ. ނަމަވެސް ޝިމާނާ ބުނުމުން އަވަހަށް ޒައިނާ ގޮވައިގެން ދިއައީ ކޮޓަރިއަށެވެ.

ޒައިނާގެ ކިއެވުމުގެ ކަންތައް ހަމަޖެހި ހުރިހާކަމެއް ހަމައަކަށް އެޅުމުން ޒުހެއިރު އަލުން ރަށަށް ދިޔައީ ޒައިނާއައްް އެތަށް ނަސޭހަތެއް ދިނުމަށް ފަހު އެވެ. ޒައިނާވެސް ކޮންމެެސްް ވަރަކަަށްް އޭރު ހުރީ ހަމަޖެހިފައެވެ.

ކޮލެޖް ގެ ކިޔެވުން ފެށޭ ފުރަތަމަ ދުވަހެވެ. ޒައިނާ ތައްޔާރުވެ ނިމިގެެންް ލޯގަނޑު ކުރިމަތީ ހުއްޓި ބަލައިލީ ހުރިހާކަމެއް ރަނގަޅަށް ހުރިތޯއެވެ. ކަޅުކުލައިގެ އަބަޔާ ހެދުމުގައި ހުރި އިރު ގަދަ މުށި ކުލައެއްގެ ޝޯލް އަކުން ވަނީ ބޮލުގެެ އިސްތަށިގަނޑު ނިވާކޮށްލާފައެވެ. ލޮލަށް ވަނީ ކަޅުކުލައިގެ ލެންސްއެއް ލައްވާފައެވެ. ނަމަވެސް ލޮލުގެ ވިދުން ގަދައެވެ. އެއްވެސް މޭކަޕް އެއް ބޭނުން ކޮށްފައި ނެތްނަމަވެސް އޮމާން މޫނުމަތިން ވެސް  އުޖާލާވެފައި ވެއެވެ. ތުންފަތުގައި ވެސް ފިޔާތޮށި ކުލައިގެ ލިޕްސްޓިކްއެއް ޖައްސާފައި ވާފަދައެވެ. ހިތްހަމަ  ޖެހޭ ވަރަށް ތައްޔާރުވެވުމުން ބޭރަށް ނުކުތް ޒައިނާ އަށް ބަދިގޭގައި އުޅުން ޝިމާނާ ގޮވައިލީ ސައިބޯން އައުމަށެވެ. ސައިބޮއެ ނިމުމުން ޔޫސުފް ކައިރީ ބުނެގެން ޔޫސުފް އާއިއެކު ޒައިނާ ދިއައީ ކޮލެޖްއަށެވެ.

ކޮލެޖް ކައިރިއަށް މަޑުކޮށްލި ކާރުން ފައިބަގެން ކޮލެޖް އަށް ވަންނަން ހިނގައިގަތް އިރު ޒައިނާގެ ހިތުގައި ކޮންމެވެސް ވަރަކަށް ނުތަނަވަސް ކަމެއް ހިނގާލީ ކޮލެޖް އަށް ވަންނަ ކުދިން ފެނިއެވެ. ހުރިހާކުދިންގެ ނަޒަރުވެސް ހުއްޓެނީ އޭނާއަށް ހެން ހީވަނީއެވެ. މަޑުމަޑުން ހިނގާލާފައި ކޮލެެޖްް އަަށް ވަދެވުމާއި އެކު ގޮސް ނޯޓިސްބޯޑު ކައިރީ ޒައިނާ މަޑުކޮށްލީ ދާންވީ ކޮން ކުލާހަކަށް ތޯބެލުމަށެވެ. ދާންވީ ކުލާސް އެނގުމުން އަވަހަށް ކުލާހައް ދިއުމަށް ހިނގައި ގަތީ ކުދިންގެ ބެލުންތަކުން ސަލާމަތް ވުމުގެ ބޭނުމުގައެވެ. ދާންވީ ކުލާހާއި ހަމައަށް ދެވުމުން ވަދެެ ކުލާސްތެރެއަށް ނަޒަރު ހިންގައިލާ ބަލައިލިި ޒައިނާ އަށް ފަހަތުގައިބަރިި ހުސްކޮށް ހުރި ގޮނޑިތަށް ފެނުމުން ހިނގައިގަތީ އެތަނުން ގޮނޑިއެއް ގައި އިށީނުމަށެވެ. ނަމަވެެސްް ދެވަނަ ބަރި ހުރަސް ކޮށް ހިނގައިގަތް ޒައިނާ ސިހުނީ އޭނަގެ އަތުގައި ކޮންމެސް މީހަކު ހިފާ ފަހަތަށް ދަމާލުމުންނެވެ. ފަސް އެނބުރި ބަލައިލި ހިނދު ފެނުންް އަންހެން ކުއްޖާއަށް ޒައިނާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ކިހިނެތް ވީތޯ އަހާލާ ފަދައިންނެވެެ. ނަމަވެސް ފުރަތަމަވެެސްް އަޅައިގަތީ އެއަންހެން ކުއްޖާ ލައިގެން ހުރި ހެދުމެވެ. ކުރު ޓޮޕްކޮޅުން ބަނޑު ނިވާވަނީ ކިރިއައެވެ. ޓޮޕްކޮޅު ބާރުކަމުން ގައިގެ ހަންގަނޑުގައި ތަތްލާފައި ވާފަދައެވެ. މޫނުމަތީގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. މޫނުމަތީގައި ވާ ގުދުރަތީ ރީތިކަންް ގެއްލޭވަރަށް ވަނީ މޭކަޕް ކޮށްފައެވެ. ޒައިނާ ހިތްހެޔޮ ހިނޮތުންވުމެއް އެއަންހެެންް ކުއްޖާއައް ހަދިޔާ ކޮއްލިއެވެ. ނަމަވެސް އެކުއްޖާ ޒައިނާ އަތުގައި ހިފައިގެން ގެންގޮސް  ދެވަނަބަރީގައި ވަކިން އިން މޭޒެއް ގައި އިށީނުމަށް ބުނުމަށްފަހު ގޮސް ފަހަތުގައި އިށީނެވެ. އޭނާ ހައިރާން ވީނަމަވެސް އަޅައި ނުލާ މަޑުން އިިނދެ ކުލާސްތެރެއަށް ނަޒަރު ހިންގާލިިއެެެވެެ. އަދިވެސް ފަހަތުގައި ބައެއް ގޮނޑި ހުސކޮށް ހުރުމުން ބައެއް ކުދިން އަދި ނާންނަނީ ކަން އޭނައަަށް ވިސނުމުން ގަޑި ބަލައިލިިިއިރުު އަދި ގަޑި ނުޖެހި ފަސްވަރަކަށް މިނެޓްހުރުމުން ފޮތެއް ނަގަައިގެން ފޮތައް ބަލަހައްޓައިގެން  އިނީ ކުރާނެ އިތުރުކަމެއް ނުވިސްނުމުންނެވެ. ނަމަވެސް ފޮތައް ބަލަންއިން ޒައިނާ ފޮތުގެ ތެރެއަށް ވަދެވުނީ މާގަޔާވާ ޓޮޕިކް އެއްފެނުމުން ނެވެ.

ކުލާހުގައި އެއްކުއްޖަކު އަނެއް ކުއްޖަކާ ދައްކަމުން ދިޔަ ވަހަކައިގެ އަޑު މަޑުވުމުން ފޮތަށް ގެއްލިފައި އިން ޒައިނާ ބަލައިލީ ވީގޮތެއް ބެލުމަށެވެ. އެވަގުތު ކުލާހައް ވަދެގެން އައި ޓީޗަރު ފެނުމުން ޒައިނާ ހިފައިގެން އިން ފޮތް ލައްޕާލަމުން ސަމާލުކަން ދިނީ ވަދެގެން އައި ޓީޗަރަށެވެ. ނަމަވެސް ފަހަތައްއެނބުރި ބަލައި ލެވުނީ ހުސްކޮށް ހުރި ގޮނޑިތަކަށްވެސް ކުދިން ހަމަވީތޯބަލައި ލުމަށެވެ. ކުލާސްތެރޭގައި ހަމަ ހުރިހާ ގޮނޑިތަށް ވަނީ ފުރިފައެވެ.

”އައްސަލާމް ޢަލައިކުމް. އަޅުގަނޑަށް ކިއަނީ މުޙައްމަދު އައިމަން. އައިމަންް ސަރ. މީ ތިކުދިންގެ ބައޮލޮޖީ ޓީޗަރ އިނގޭ. ތިކުދިން ފަހަރަކު ކުއްޖަކު އެކުއްޖެއްގެ ނަން ބުނެލާ ތަޢާރަފް ވެލަންވީނުން.” އައިމަން އެހެން ބުނެެ އެންމެ ކުރީބަރީގެ ވާތްފަޅީގައި އިން ކުއްޖާއަށް އިޝާރާތް ކޮށްލީ އެކޮޅުން ފަށާށޭ ބުނާފަދައިންނެވެ. ފަހަރަކު ކުއްޖަކު އެކުއްޖެއްގެ ނަންބުނެ ތަޢާރަފު ވަމުން ގޮސް ޒައިނާ އަަށް ޖެހުމުން އޭނާގެ ފުރިހަމަ ނަން ބުނެލިއެވެ. ފަހަތުގައި ތިބި ކުދިންނާއި ހިސާބަށް ދިއުމުން ޒައިނާ ސަމާލުކަން ދިނީ މިއަދު ދިމާވިއަންހެން ކުއްޖާގެ ނަން އޮޅުން ފިލުވާލުމުގެ ބޭނުމުގަ އެވެ. ”ޝިއުނާ ޢާދިލް” އެ އަންހެންކުއްޖާ ނަން ބުނުުމުން ޒައިނާ އެނަން ކިއާލިިއެެެވެެ. ޝައުޤު ވެރިކަމާއި އެކު ކުލާހުގެ ހުރިހާ ގަޑިތަށް ގުނަމުން ދަަނިކޮށް އިނަޓަވަލް ގަޑި ޖެހުމުން ހުރިހާކުދިން ނުކުމެ ބައެއް ކުދިން ކެންޓީނާއި ދިމާއަށް ދިޔައިރު ބައެއްް ކުދިން ގުރޫޕް ތަކަށް ގޮސް ބެންޗު ތަކުގައި އިށީނެވެ. ޒައިނާ ހިނގައި ގަތީ ކެންޓީނަށް ދިއުމަށެވެ. ރަށްޓެހި ކުއްޖަކު އަދި ދަންނަ ކުއްޖަކުވެސް ނެތުމުން އެކަނި ދާން ކުޑަކޮށް ފޫހިވެފައި ހުރެވެސް ގޮސް ކެންޓީނަށް ވައިން ޒައިނާ ޖޫސްތަށްޓެއް ނަގައިގެން ގޮސް ހުސް މޭޒެއްގައި އިށީނެވެ. މާ އަޑުގަދަ ކޮށް ސަކަރާތް ޖަހާތީ އެމޭޒަށް ބަލައިލި ޒައިނާގެ ލޮލުގައި އެމޭޒުގައި އިން ޝިއުނާ އަޅައިގަތެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ސަމާލުކަން ދެވުނީ އެ ގުރޫޕްގައި އިން ކުއްޖަކު ގޮވާލި ނަމަކުން ނެވެ. ”ރާކިިންް. ރާކް.” އެކުއްޖާ ގޮވާލީ ކެންޓީނަށް ވަދެގެން އައި ޒުވާނަކަށެވެ. ޒައިނާ އަށް އިނދެވުނީ ދޮރަށް ފުރަގަސް ދީގެން ކަމުން ތެޅިތެޅިއޮތް ހިތަކާއި އެކު މަޑުމަޑުން އެނބުރި ވަދެގެން އައި ޒުވާނާއަށް ބަލައިލީ އެއީ ހަަަަމަަ އޭނާ ހޯދަން ބޭނުންވާ ފަރާތް ބާއޭ ހިތަށް އަރަމުންނެވެ.

ނުނިމޭ

*********************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sima

Level 1

Other Articles

Previous

ވީރާނާވެފައިވީ ޙަޔާތް މަގޭ 9

Next

ލޯބީގެ ނަސީބު…1…

Next
August 24, 2019

ލޯބީގެ ނަސީބު…1…

Previews
August 24, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 9

8 Comments!

  1. Maya says:
    August 24, 2019 at 9:52 pm

    Wow , very nice

  2. azker says:
    August 25, 2019 at 12:16 am

    omg….. this a very nice story looking forward to read it. ur very talented ???

  3. Sima says:
    August 25, 2019 at 6:10 am

    Thank you maya and azker. I am trying my best and its my first story.

  4. Kiddy says:
    August 25, 2019 at 8:55 am

    Thankolheh avahah up kohla dheynveenun.anehbai handhaan nethifa hunnanee up vaairu

  5. Sima says:
    August 25, 2019 at 9:31 am

    I will try ingey kiddy balaanan miadhu next part up kohleveytho

  6. Shahu says:
    August 25, 2019 at 9:42 am

    Woooooww varah salhi mi part ves ? ? ? ? love you sima

  7. Mal? says:
    August 25, 2019 at 2:09 pm

    Vara reethi mi part ves

  8. IsHa IsHa says:
    August 30, 2019 at 10:52 pm

    wow wow

Comments are closed.

Next Episodeލޯބިވާތީ 3←


All Right Reserved!