Skip to content
އެސްފިޔަ

ނާއިންސާފް 32

އެ ކަށި ގަސްތަކުގެ ތެރެއިން ނިކުތް ދެވަނަ މީހާ، އަތަށް ފިސްތޯލު ހެޔޮވަރު ކޮށްލިއެވެ. ހަމަ ރިވަރޑޭލް ބްލެކްހުޑް ހެންނެވެ. ފިލްމެއްގެ ޝޫޓިންއެއް ނޫނެވެ. ލޯ ކުރިމަތީ ހިނގާ ހާދިސާއެވެ.

ވަޒަން އޭގެ މަޤާމް ދޫކޮށް،، ވައިގެ ތެރޭގައި އުދުހިގަތެވެ. ބާރު އަޑާއި އެކު، ގަސްގަހުން، ދިރޭ ސޫފިތައްވެސް ތެޅިގަތެވެ. ހުރި އެންމެ ބާރު އަޑުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ.

“ޝާން!!!” ފިލްމުތަކުގަހެން ސްލޯމޯ އެއް ނުވިއެވެ. ހީރޯއަކަށް ވީތީ، ސަލާމަތެއްވެސް ނުވިއެވެ. ފަހުގެ ވަސިއްޔަތެއްވެސް ނީއްވުނެވެ. ބުރައިގެން ދިޔަ ލޭތަކާއި އެކު، ޝަޔާން ބިމަށްވެއްޓެން ހިނދުކޮޅެއްވެސް ނުނެގިއެވެ.

“ޝާން.. ޝާން ނޫން…” ކައިރީ ތިބި މީހުންނަށް އަހަރެންނަކީ ކާކުކަން އެނގިދާނެކަމަށްވެސް ފަރުވާލެއް ނުބަހައްޓަމެވެ. އެންމެ ގާތް ކޮށް އުޅުނު އެއް އެކުވެރިޔާ ވަކިވެ ދިޔުމަށް ހިތް ނުރުހެނީއެވެ. އެހެންމީހުންވެސް، އަހަރެންނަށް ސަމާލުކަން ދޭކަށް ނޫޅުނެވެ. އިތުރަށް އައި ފުލުހުންގެ ތެރެއިން އެއްބަޔަކު، ބަޑި ޖެހި މީހާ އަތުލައިގަތުމަށް ދިޔަ އިރު، އަނެއް ބައި މީހުން އަހަރެން ކައިރީ، ޝަޔާން ވާށާލައިގެންނެވެ. އަޔާޒްވެސް، އަހަރެންގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުއްޓެވެ.

“އަޅެ ޝާން.. ޝާން އާ ރުޅި. އަށާރަ އަހަރުގެ އެކުވެރި ކަމަކީ މީތަ؟ ތިހެން ނުހަދާ..” އުޑަފައިން އިށީންދެ އިނދެ، އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ޝަކުވާ ކުރުމެވެ. ޝަޔާންގެ ހިތް މަތީ، އަތް އަޅައިލައިގެން އިނދެވުނު އިރު، އުންމީދު ކުރީ، ޝަޔާން އަދި އެއްފަހަރު ލޯ ހުޅުވާލާ، ބަލައިލަނެ ވަގުތެއް އަންނާނެ ކަމަށެވެ. ނަމަވެސް، އެ ކުޑަ ފަޅު ރަށަކީ ސްޓަރ ޕްލަސްއެއް ނޫނެވެ. ކަސިޔާރު ނުވެ ސީދާ، ހިތަށް އެރި ވަޒަން، ޝަޔާންގެ ފުރާނަ ދޫކޮށްފައި ދާނެ ހެއްޔެވެ؟

…………….

ކޯސްޓް ގާރޑާއި އެކު، އަހަރެމެން އެމްއެސްއޭގެ އެންމެންވެސް ދިޔައީ މާލެއަށެވެ. އަޔާޒް ނެތް ނަމަ، އަހަރެން މުޅިން ބޭޒާރު ވީހެވެ. ކިތަންމެ ފަހަރަކު، މޫނުމަތީ އޮތް މާސްކުގަނޑު ނަގަން ހިތަށް އެރިއެވެ. ނަމަވެސް، އަޔާޒްގެ ނަސޭހަތާއިއެކު، އެކަން ނުވެ ދިޔައީއެވެ.

ބަނދަރު މަތީ، އޮތް ދެވޭނަށް، އަރަން އެންމެން ދިޔުމުން، އަހަރެންވެސް ދިޔައީ އެދިމާއަށެވެ. ނަމަވެސް، އަޔާޒް އެކަން މަނާ ކުރިއެވެ. ރިފާޝާއާއި އެކު، އަހަރެމެން ދެމީހުން، އެއް ފަރާތަކަށް ޖެހިލުމާއި އެކު، ގޮތަކަށް، މާހިލް އިޝާރާތްކުރާތަން ފެނުނެވެ. ވަރަށް ހާލުން، މީސްމީހުންގެ ނަޒަރުތަކުން ސަލާމާތްވެގެން، އެ އިޝާރާތްކުރި ތަނަށް ދެވުނު އިރު މާހިލގެ ކާރު ސްޓަރޓްވެސް ކޮށްފައި އޮތެވެ.

އަހަރެމެން އަރާ ހަމަޖެހިލިތަނާހެން، މާހިލް އައިސް ކާރު ދުއްވާލިއެވެ.

“މަށެއްނު، ދަތުރު ފަތުރަށް ނަގާފަ ހުރީ..” އެއްލޯ މަރާލަމުން މާހިލް ބުނެލިއެވެ. ހަމައެއާއިއެކު، ކުރީ ސީޓގައި އިން ރިފާޝާ، ތޫނު ނަޒަރަކުން އަހަރެންނަށް ބަލައިލިއެވެ. އަހަރެން، ރަނގަޅު ޙާލަތެއްގައި ހުރި ނަމަ، އެ ނަޒަރުން ނަމަވެސް ކަތިލީހެވެ.

ކާރު ގޮސް ހުއްޓާލީ، އެގެޔަކަށް އަހަރެން އެވަގުތު ދިޔުން އެންމެ ނުބައި ގެޔަށެވެ. މިމީހުންނަށް ހީވަނީ އަހަރެންގެ ހުރިހާ މައްސަލައެއްގެ ހައްލަކީ އެލީނާއާއި ލުވެއިޒްކަމަށް ހެއްޔެވެ. އެއްކަލަ އީން، އެ ހަދާ ސިހުރެއް ހަދައިގެން، އަހަރެންގެ ހިތާ ސިކުނޑި ފަނާ ކޮށްލަފާނެއެވެ. ނަމަވެސް، ވީ ކަމެއް ނުވާ ކަމަކަށް، މިއިން މީހަކަށް ހެދޭނެ ހެއްޔެވެ.

“ކީއްވެ މިތަނަށް؟” އެހެން މީހުން ނިކުތުމާއި އެކު، އަހަރެންވެސް ނިކުމެ، އަތަށް ލެވުނުހާ ބާރެއް ލައި، ކާރުގެ ދޮރު ޖަހަމުން، ސުވާލު ކުރީމެވެ. އަހަރެން މި ގޮތަށް ހުއްޓާ ފެނުމުން، ލުވެއިޒްމެން ހިތަށް އަރާނީ ކީކޭ ހެއްޔެވެ. އަހަރެންގެ މުޅި ގައިގައި ލެޔެވެ. މި ގޯތި ފިނޑި އަންހެން ދެ މަންޖެ ހޭވެސް ނެތިދާނެއެވެ.

“އޯހް ހިލް… އޭހް؟ ކޮން ބައެއް..؟” ބެލް ޖެހީ މާހިލްއެވެ. އެހެންކަމުން، ލުވެއިޒްއަށް އަހަރެމެން ފެނުނީ ފަހުންނެވެ.

“އަންހެން ބެޓްމޭން އަކާ، ފިރިހެން ބެޓްމޭން އަކާ… ވާވާ.. ދެން މިހުރީ؟ ބްލެކް ޕެންތާ.؟” ލުވެއިޒް ވަކި ވަކިން އަހަރެމެން ތިން މީހންނަށް ބަލައިލުމަށްފަހު، މޮޔަގޮވަން ފެށިއެވެ.

“އަނގައޭ ކިޔާބަލަ…” ދޮރު ކަނީގައި އަތް އަޅައިގެން ހުރި ލުވެއިޒް އަތަށް މޫނުގައި އެޅި ކަޅު ފޮތި މާސްކުގަނޑު ޖަހާފައި، އަހަރެން އެތެރެއަށް ދެމިގަތީ، ލުވެއިޒް، ރަނގަޅަށް ކޮއްޕާލާފައެވެ.

“އޭތް.. މަގޭ މާޒިން.. ކައެމެންތަ؟ ތިތިބީ ކިހިނެއް..؟” ލުވެއިޒްއަށް ހީވަނީ އަދިވެސް މާވެލް މޫވީއެއް ބެލެނީހެންނެވެ. އަހަރެން ދިޔަގޮތަށް ވަނީ ޓީވީ ރޫމްއަށެވެ. މީހުން އުޅޭނީ އެތަނުގައި ކަން އިނގޭތީއެވެ. އަހަރެންގެ ފަހަތުން، ދެން ތިބި މީހުންވެސް އައީ އެތަނަށެވެ.

“މާޒިން! ކިހިނެއް ވެފަ ތިހިރީ..” އަހަރެން ފެނުމާއިއެކު އެލީނާ ފުންމައިގެން ތެދވިއެވެ. ވަގުތުން އެލީޒާގެ ހިނިގަނޑު ފެޅުނީއެވެ. ފަހަތުން އައި މީހުންވެސް އަދި އެ ހިނިގަނޑުގައި ބައިވެރިވާން ވެއްޖެއެވެ. އަހަރެންނަކަށް މަޖަލެއް ނޫނެވެ.

ހޭކިފައި ހުރި ލެޔަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ، އަހަރެން ގޮސް އިށީނީ ސޯފާ މެދުގައެވެ. ބާކީ މީހުންވެސް އައިސް ސޯފާގައި ޖައްސާލިއެވެ. ލުވެއިޒްގަނޑު އަހަރެންނާއި ދިމާއަށް ބްލެކް ޕެންތާއޭ، އޭއްޗެކޭ މީއްޗެކޭ ކީ ކީއްވެކަން އެނގުނީ އެހިސާބުންނެވެ. ޕޮޕްކޯން ހަދާލައިގެން، ނުހަނު ހަމަޖެހިލައިގެންް އެތިބީ އެވެންޖަރސް އެންޑްގޭމް އަޅވައިލައިގެންނެވެ. ކަމެއް ވެއްޖެކަންވެސް، ނުދަނެއެވެ. ކިހާ ދެރަކަމެއް ހެއްޔެވެ.

އެއްވެސް މީހެއްގެ ނަޒަރު ޓީވީއަށް ދެވިފައި ނެތެވެ. އެންމެންވެސް ބެލީ އަހަރެންނަށެވެ. އެލީޒާވެސް އަޔާޒްކުރެން އެހުމުގެ ބަދަލުގައި ދެލޯ ނިކުންނަންދެން އަހަރެންނާއި ދިމާއަށް ބަލަނީއެވެ. ލޭ ހުރީ އަހަރެންގެ ގައިގައި ވިއްޔާއެވެ.

އެލީނާ އަތުން ރިމޯޓު ޖަހައިގަނެގެންގޮސް އަހަރެން ޓީވީގެ ޗެނަލް ބަދަލު ކޮށްލީމެވެ. ޝަޔާންއާއި ރައުހާގެ ވާހަކަ ލައިވްކުރަމުުން ދިޔަ ޗެނަލްއެކެވ.ެ

ފުސްކޮށް، ޝަޔާންގެ ގަޔަށް ބަޑި ޖެހި މީހާ ދެއްކުމާއި އެކު، އަހަރެން، ޕޮޕްކޯން އެތިން ތިން ހަތަރު ޕޮޕް ކޯން ނަގާ ޓީވީއާއި ދިމާއަށް އެއްލައިލީމެވެ. އަހަރެންގެ ޝަޔާންއާ ކުޅިވަރު ކުޅެން އެއީ ކާކު ހެއްޔެވެ.

ޙާލު ގޯހީ އަހަރެންގެ އެކަންޏެއް ނޫނެވެ. ދެންތިބި މީހުންވެސް، ޚަބަރުއިވުމާއި އެކު، ބަޚަބަރު ވިއެވެ. އަހަރެން އެއްލީ ދެތިން ޕޮޕްކޯނެވެ. ހީކުރީ އާދައިގެ މަތިން ލުވެއިޒް ރުޅިއަންނާނެ ކަމަށެވެ. ނަމަވެސް، ލުވެއިޒް، އަތުގައި އޮތް ކޯން، އެއްކޮށް އެއްލައިލިއެވެ. މި އަންހެން ކުދިން، ސާފުކުރާއިރު ޙާލުގައި ޖެހޭނެއެވެ.

……………….

ދޫ ނުކުުމުން، އަޔާޒްއާއި ދެމީހުންވެގެން، ލުވެއިޒްއަށާއި އީންއަށް، އެމްއެސްއޭގެ ވާހަކަ ކިޔައިދިނީމެވެ. ގަމާރު ލުވެއިޒްގަނޑު އެއްފަހަރުން ޤަބޫލު ކުރި ނަމަވެސް އެލީނާ ބަލަން ހުރީ ޝައްކުގެ ނަޒަރަކުންނެވެ. އަހަރެން، އީންއަށް އެކަން ޔަޤީން ކޮށްދޭން، ކޮށްދެން ޖެހޭނީ ފަހެ ކީތްހެވެ. ބޯ ހަރު އަންހެން ކުއްޖާގަނޑެކެވެ.

ގެއަށް ދިޔުމުގެ ބަދަލުގައި، އަހަރެންގެ ކޮޓަރިގަނޑަށް ގޮސް، އަހަރެން ވަނީ ފެންވަރާލާށެވެ. ބޮލަށް ތަންކޮޅެއް ލުއި ވޭތޯއެވެ. ފިިރިހެނަކަސް، އަހަރެން ފާޚާނާއިން ނުކުތީ ގަޑިއިރެއް ކޮށްލާފައެވެ. ޝަޔާން ހުވަފެނުގައި، ހުރިހާކަމެއް ފިނިހަކަ ދުވެލީގައި ކުރީމާ ވާނީވެސް އެވަރެއް ނޫންހެވެ.

އަހަރެން ނިކުތީ ވަރަށް ހަމަޖެހިލައިގެންނެވެ. ދުވަހަކުވެސް، ކޮޓަރި ގަނޑުގައި އުޅޭ އިރު އަހަރެން ޓީޝާޓެއްް ނުލަމެވެ. އާދައިގެ މަތިން އަހަރެން ފާޚާނައިން ނިކުތީ ކުރު ސޯޓެއް ލައިގެންނެވެ. ތަންކޮޅެއް ދިގު އެއްޗެއް ލެވުނީހީވެސް މީހަކު ހުންނާނެކަން އެނގުނު ނަމަތައެވެ.

ދެން ހަމަ ނުވެސް ބުނެލާ އެލީނާއައިސް އަހަރެންގެ ކޮޓަރިޔަށް ވަންނާނެ ކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ. ގަތް ލަދުން އެލީނާ މޫނުގައި ދެއަތް އަޅާލުމާއިއެކު، ދުރަށް މޫނު އަނބުރާލިއެވެ. ހިނިގަނޑު ފަޅާނުލެވުނީ ހަމަ ކިރިޔާއެވެ.

“ހޭ.. ކިހިނެތް ވީ؟ ޒިން މަތިން މިސް ވގެންތަ ހަމަ ތިއައީ..؟ ހަމަ އެހާ ލޯބި ވޭތަ..؟” އެނދުގައި އިށިނުމަށް ފަހު އަހަރެން ވަރަށް މަސައްކަތުން އެލީނާ، އަހަރެންނާއި ދިމާއަށް އަނބުރާލީމެވެ. އެވަރުންވެސް، އެއަތް މޫނުން ނުނެގިއެވެ.

“އަތް ނަގާބަ..” އަހަރެން އެދުނީމެވެ. އެލީނާ ބޯހޫރުވާލިއެވެ. ބުނެބުނެވެސް، އެލީނާ ގޮތް ދޫ ނުކުރުމުން އަހަރެންނަށް ޖެހުނީ އެންމެ ފަހުން ދިގު ސޯޓަކަށް ބަދަލު ކުރާށެވެ. އަހަރެން އެލީނާއާ އިނދެފިއްޔާ ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟

“މީތަ ޒިން ބުނި މަޖާ ޖޮބަކީ؟ ބުނީމެއްނު ތީ ސްޕައިއެކޭ..” އެލީނާގެ ހަނދާން ހަމަ ގަދައިއެވެ. އަހަރެން އެ ބުނި ވާހަކައެއް ދެއްކީ ކުޑަ އީދުގައެވެ. މީހާރު އެވާހަކަ ދައްކަން މީ ކޮން ދުވަހެއް ހެއްޔެވެ؟

“ދެން ކީއްވެ ޒިންއަށް ނޭންގުނީ، ކާލިން މަރުވީ މަށާ..” އެލީނާ ބުނެބުނެ ހުއްޓާ އަހަރެން ޝަހާދަތް އިނގިލި ގެންގޮސް، އެލީނާގެ ތުންފަތުގައި ޖައްސާލީމެވެ.

“ނުބުނާތި އެހެން..” އަހަރެން މަޑުމަޑުން ބުނެލީމެވެ. ތިބެވުންލެއް ކައިރިކަމުން، އެލީނާ ފަހަތަށް ޖެހިލިއެވެ. ނަމަވެސް އެނދުގެ ފަޑީގައި ލައިގަތުމުން އެ ފަޅާފައި ނުދެވޭނެ ނޫންހެވެ. އެލީނާ ދަގަތްފާނަށް ވުރެވެސް ބާރު ގަދައީއެވެ. ކައިރިއަށް ޖެހިލުމާއި އެކު، އަހަރެން ފުންކޮށް އެލީނާގެ ދެލޮލަށް ބަލައިލީމެވެ. މީނަ އަހަރެންނަށް ހަދާފަ މިހުރީ ކޮންފަދަ ނުބައި ސިހުރެއް ހެއްޔެވެ.

ހޫނު ނޭވާ މޫނަށް އެޅެމުން ދިޔައެވެ. ވިންދު އަވަސްވެފައެވެ. ހިތުގެ މިސްރާބެއް ނެތެވެ. ސިކުނޑީގައި ވިހާ ހާސްކަމަކާއި އުދާހެއް ކުއްލިއަކަށް ދިޔަފަދައެވެ.

“އެލީން.. ދޮންބެ.!” އެހެން ފަހަރުތަކުގައި އަހަރެެމެންގެ ވަގުތުތައް ރޫޅާލަނީ އެލީޒާމެން މީހެކެވެ. ނަ މަވެސް މިފަހަރު…

މިޝްކާއަށް ފެނުމުން ހިތަށް ގޮތެއް ވެލިއެވެ. އެހެން ގޮތަކަށް ބުނާނަމަ ދުވަހަކު ނުވާ މީހަކު މާބޮޑަށް ކަޑަވީއެވެ.

އިސްޖަހާލަމުން އަހަރެން އެލީނާއާއި ދުރަށް ޖެހިލީމެވެ. އެލީނާވެސް އިސްޖަހާލަމުން ފަޑީގައި ލެނގިލިއެވެ. އެ ޖެހި ގޮތަށް ދެން އިސް ނަގާނެ ކަމެއްވެސް ނޭންގެއެވެ.

“ވަދެބަލަ.” ދޮރު މަތީ، ހުރި ފިޔަވަޅު މަތީ ހުރުމުން، އެންމެ ފަހުން އަހަރެން ބުނީމެވެ، މިޝްއާއި ދިމައަށް ބަލައިވެސް ނުލައެވެ. ދުނިޔެ އެންމެންނަށް އިނގުނަސް މިޝްކާއަށް އިނގެން ޖެހޭ ހެއްޔެވެ؟

މިޝް ގޮސް ސޯފާގައި އިށީނުމުން އަހަރެން އިސް އުފުލާ ބަލައިލީމެވެ. މިޝްކާ އިނީވެސް އެ ވަގުތަށް އިންތިޒާރު ކޮށްލަކޮށްލާ ކަންނޭންގެއެވެ.

“މަށަށް ދެންމެ ފެނުނީ ކޮން..”

“އެއީ މިޝް އާ ބެހޭ ކަމެއް ނޫނޭ..” މިޝްކާގެ ޖުމުލަ މެދުކަނޑާލަމުން އަހަރެން ބުނެލީމެވެ.

“މަށާ ނުބެހެންވީ ކީއްވެ.. މަގޭ ދޮންބެ. މަގޭ ބެސްޓީ…. މަ ތާކުން ހަމަ ބެސްޓީއެއް ހޯދާއިރަށް..”

“މިޝް…” މިފަހަރު މިޝްކާގެ ޖުމުލަ މެދު ކަނޑާލީ އެލީނާއެވެ. ބުނަން އެ އުޅުނީ، މިޝްކާ ހޯދި ބެސްޓް ފްރެންޑު އަހަރެން އަތުލީއޭއެވެ. ކިހާ ދެރަކަމެއްހެއްޔެވެ. ފުރަތަމަ އެލީނާ ފެނުނީ އަހަރެންނަށެވެ. މިޝް ކިތަންމެ ބޭނުންވިޔަސް އެއީ އަހަރެންގެ އީންއެކެވެ. ޝެއަރއެއްވެސް ނުކުރާނަމެވެ.

“އޯކޭ ފައިން.. އެހެންވީމަ މަގޭ ބެސްޓީ މިވީ މަގޭ ފަހަރިއަށް؟ ނޫނީ… މީ ހަމަ ގޭމެއްތަ؟ އެލީންވެސް ހަމަ މިހާ ޗީޕްއީ؟”

“މިޝްކާ!!” އައި ރުޅިން އަހަރެންނަށް ބުނެވުނީ ދުވަހަކު މިޝްކާއާއި މުޚާތަބު ނުކުރާހާ ބާރަށެވެ. އަހަރެން އެލީނާ ހޯދަން ނުފަތާ ކަނޑެއް ނޯންނާނެއެވެ. އެހާ ހާލުން ހޯދީމާވެސް އެބުނީ އަގެއް ނެތް މީހެކޭއެވެ. ގޮތް ކުޑަ ކޮއްކޮ ގަނޑެކެވެ.

“ދެން ކިޔައިދެން ވީނު މިތާ މި ވާ އެއްޗެއް..” މިޝްކާވެސް ފުރަތަމަ ފަހަރަށް ރުޅިވެރިކަން އިސްކުރިއެވެ. އަޅެ މި ވާކަމެއް ހަމަ މިޝްކާއަށް ނުފެންނަނީހެއްޔެވެ؟ އަހަރެންގެ ނުވިސްނޭ ކޮއްކޮގަނޑު، އެކާވީސް ވަނަ ޤަރުނަކަށް ނުފެތެއެވެ.

“ހިނގާ ޓެރަސްއަށް..” އިތުރަށް ކަމެއް ގޯސްވެ، މަންމައާ ހަމައަށް ދާން ނޭދޭތީ އަހަރެން ބުނީމެވެ. އެލީނާ، ކައިރީ ބަހައްޓައިގެން މިޝްއާ ވާހަކަ ދައްކަން ފަސޭހަ ނުވާނެތީއެވެ.

“އުހުން، ޒިން މަޑުކުރޭ..” އަހަރެން ތެދުވުމާއި އެކުހެން، އެލީނާ ބާރަށް ގޮސް، މިޝްގެ އަތުގައި ހިފައިގެން ނިކުތީއެވެ. ހަމަ ނަސީބެވެ. އެލީނާ ގޮސް މިޝްކާއަށް ކަންކަން ސާފުކޮށްދީފާނެއެވެ.

ނިދާލައިފައި ހޭލިއިރުވެސް، ދިޔަ ދެމީހުން ދިޔަތަނަކުން އައި ކަމަކަށް ނުވިއެވެ. އެންމެފަހުން އަހަރެން އެލީނާއަށް މެސެޖު ކުރީއެވެ.

“ކޮންތާކު ތި އުޅެނީ؟”

“ގޭގަ..” ކުރު ޖަވާބެކެވެ. އެހެންނޫނަސް އެލީނާއަކީ ދިވެހިން ޓެކްސްޓް ކޮށް އުޅޭ މީހެއް ނޫނެވެ.

“ކޮބާ މިޝް؟” އަހަރެން އަނެއްކާވެސް އަހާލީމެވެ.

“އޭނަވެސް ދިޔައީ ގެއަށް..” މި ފަހަރުވެސް އެލީނާ މެސެޖުކުރީ ދިވެހިންނެވެ. އެލީނާ މިޝްއާއި ދިމާއަށް ‘އޭނަ’ އޭ ކިޔާ ހެއްޔެވެ؟

ހިތަށް ވެރިވެގަތް ވަހުމާއި އެކު އަހަރެން މިޝްކާގެ ނަންބަރަށް ޑައިލްކޮށްލީމެވެ. ފޯނެއް ނުނެގިއެވެ. ދެވަނަ ފަހަރަށްވެސް ގުޅީމެވެ. ތިންވަނަ ފަހަރަށް ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ.

ލަސްކުރުމެއްނެތި، ބޮލަށް ކަޅު ޓީޝާޓެއް މަހަމުން އަހަރެން ނިކުމެ ދުއްވައިގަތީމެވެ. މަންމަ ގޭ ދޮށަށް ސައިކަލު ހުއްޓާލެވުނު އިރުވެސް، ހިތުގައި ނޭންގޭ ބާރު ވިންދެއް ޖަހަމުން ދިޔައެވެ.

“މިޝްޝް! މިޝްކާ!” ވަން ގޮތަށް އަހަރެން އަޑުގެ ނެތް ކޮޅަށް ގޮވާލީމެވެ. ޖަވާބެއް ނައެވެ. ގިނައިރެއް ނުވެ ތެޅެމުން ފޮޅެމުން ނިކުތީ މަންމައެވެ.

“މާޒިން.. ކިހިނެއް ވީތަ؟ ކީއްވެތަ ތި ހަޅޭއް ފަޅޭއް ލަވަނީ؟”

“ކޮބާ މިޝް..” އެހި އިރުވެސް އަހަރެންގެ ލޯ ހޯދަމުން ދިޔައީ މިޝްކާގެ ނިޝާނަކަށެވެ. މިޝްއަށް ކަމެއް ވިއްޔާ، ވީ ކަމެއް އެލީނާއަށްވެސް ވާނެއެވެ. ދެން އަހަރެންގެ ހިތް އޮބި އޮންނާނީ ކިހިނެތް ހެއްޔެވެ؟

“ކޮޓަރީގައެއްނު..” މަންމަ ޖުމުލަ ބުނެ ނިންމިތަނާހެން މިޝްކާގެ ކޮޓަރި ދޮރު ހުޅުވުނެވެ. ހާސްވެފައި ހުރެ މިޝްކާ ނިކުތުމުން އަހަރެންގެ ޝައްކު އިތުރަށް ބޮޑުވިއެވެ. އެލީނާއަށް ކިހިނެއް ވީބާއެވެ.

“ކީއްވެ ފޯނު ނުނަގަނީ؟” އަހަރެން އެހީމެވެ.

“ކަމެއް ނުވެ..”

“ކޮބާ އެލީނާ؟” ދެން އަހަރެންނަށް ސުވާލު ކުރެވުނީ ތަންކޮޅެއް ބާރަށެވެ. ހިތް އަވަސްވެފައި ހުރި ވަރުންނެވެ.

“ގެއަށް ދިޔައީ…” މިޝްކާ ޖަވާބު ދިނެވެ.

“ކިހިނެއްވީ؟” ގޮތަކަށް މިޝް އަހާލިއެވެ. ވީ ގޮތެއް އަހަރެންނަށް އިނގޭ ހެއްޔެވެ.

“ނޭންގެ.. މާ ގޮތަކަށް މެސެޖުކުރީމަ..” ތެދަށް ޖަވާބުދީފައި، އަހަރެން ހިނގައިގަތީ ބޭރަށް ދާށެވެ. އެލީނާ ނުފެނި ދެން ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

“މަޑުކޮށްބަ..” މިޝްކާ ބުނެ ބުނެ ހުއްޓާވެސް، އަހަރެން އެނބުރި ނުލާ ދިޔައީއެވެ.

“އެލީންގެ ފޯނު..” ނިކުންނަނިކޮށް އަނެއްކާވެސް މިޝްކާގޮވާލިއެވެ. އެނބުރުނު އިރު، މިޝްކާގެ އަތުގައި ފޯނެއް އޮތެވެ. ދެވަނަ އެހެން މީހެއްގެއެއް ނޫނެވެ. އެލީނާގެއެވެ. އަހަރެން ނިތް އަރުވާލީމެވެ.

“އޭރު ގޮއްސަ، ފޯނު އެކްސްޗޭންޖު ވީ… ސޯ އެލީން އަތުގަ ވީ މިޝްގެ ފޯނު.. ދެން ދޮންބެ މެސެޖުކޮށްލީމަ ހިތަށް އެރީ ރިޕްލައި ކޮށްލާނީއޭ..” އަނގަޔަށް ގޮތެއް ހަދަމުން ބުނެލިއެވެ. އަޅެ ކުރިން ބުނެލިނަމަ ނޫންހެވެ. މި މިޝްއަކާ ހެދިވެސް ދިރިއުޅެވޭވަރެއް ނޫނެވެ.

މިޝްކާ އަތުން އެލީނާގެ ފޯނު ނަގައިގެން އަހަރެން ދެން ދިޔައީ އެގެއަށެވެ. މި ނުލަފާ ދެމީހުން ފޯނު ބަދަލު ކުރުމަށް ގެންގުޅޭ އެޖެންޓަކަށް އަހަރެން ހަދައިފިއެވެ.

ގުޅާ ގުޅާވެސް އެލީނާ، މިޝްގެ ފޯނު ނުހުޅުވުމުން، އަހަރެން އެންމެ ފަހުން ލުވެއިޒްއަށް ގުޅީމެވެ. ނަމަވެސް ލުވެއިޒްވެސް ފޯނެއް ނުނެގިއެވެ. ދެން އަހަރެން ގުޅީ އެލީޒާއަށެވެ.

“އޭތް ދޮރު ހުޅުވަބަލަ..” ފޯނު ނެގުމާއި އެކު އަހަރެން ބުނީމެވެ. އިތުރު ސުވާލެއް ނުކޮށް އެލީޒާ އެކަން ކޮށްދިނެވެ.

އެއްކަލަ ފޮނި އެލީނާގަނޑެވެ. މިޝްގެ ފޯނު ނިއްވާލައިގެން، ނުލާހިކު ހަމަ ޖެހިލައިގެން، ޓީވީ ދޮށުގައި އެއިނީ ނޫންހެވެ. އަހަރެން ގޮސް، އެލީނާ ކައިރީ އިށީންދެލީމެވެ. އުނދަގޫ ކަމާއިއެކު އެލީނާ ހިންދިރުވާލިއެވެ. ވާން އުޅެނި ކީތްކަން އެނގުނީ ކަން ޔަގީނެވެ.

“ހަމަ މަ ގުޅީމަތަ ފޯނު ނިއްވާލީ؟” ރަނގަޅަށް ނޭހެނީސް އެލީނާ އަވަސްއަވަހަށް ދެފަރާތަށް ބޯހރާލިއެވެ. މޫނުމަތީ ހުރި މައުސޫމް ކުލަވަރާއި ކޮށްލި ހަރަކާތް ލޯބި ކަމުން، އަހަރެންނަށް ހެވެންވެސް ހެވުނެވެ.

“އަން..” އަހަރެން އެލީނާގެ ފޯނު ނަގާ އަތަށް ލައިދިނީމެވެ.

“މިޝް ބުނީދޯ” އެލީނާ ބުނެލިއެވެ. އަދި މިޝްގެ ފޯނު އަހަރެންނަށް ދިނެވެ.

“މިވަގުތު އަނެއްކާ ކީތްކުރަން ތި ވަޑައިގަތީ؟” ކޮފީ ހިފައިގެން އައި އެލީޒާ އަހާލިއެވެ. އަދި ހިނިގަނޑެއް ޖަހާލިއެވެ. އެލީޒާގެ ވިސްނުން ނުބައިކަމުންވެސް، ކިހާ ދެރަކަމެއްހެއްޔެވެ.

“ކޮބާ ލުވެއިޒް…” އަހަރެން އަހާލީމެވެ. އާންމުކޮށް މިދެީހން އެއްތަނަކު ތިބެންޏާ ބޮޑީ ގަރޑަކަށް، ނޫނީ ސުލްހަކުރުމަށް ލުވެއިޒް ނުހުރެ ނުދާނެއެވެ.

“ކޮންފެރެންސަކަށް ދިޔަގޮތަށް އަދި ނާދެ..” އެލީނާ ޖަވާބު ދީ ނިމުންތަނާހެން ޓީވީއިން ކުއްލި ޚަބަރެއް ދައްކަން ފެށިއެވެ.

“ޖަލުން ބައިވަރު ޤައިދީންތަކެއް ފިލައިފި.. މިކަން ހިނގިތާ މާ ގިނައިރެއް ނުވެ، ގޭންގުތައް މެދު މައްސަލަ ބޮޑުވެ، ދެމީހެއްގެ ގަޔަށް ވަޅި ހަރާ ޒަޚަމްވެސް ކޮށްލައިފި… ފުލުހުން އިލްތިމާޒް ކުރައްވަނީ، މި މައްސަލަ ފުލުހުންގެ އަތް ދަށަށް ގެނެވެންދެން، ބޭރުތެރޭގައި އުޅުން މަދު ކުރުމަށް..” އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ސާލެއް ދައުރުކޮށްލިއެވެ.

ލުވެއިޒް މިހާ ލަސްމިވަނީ ކީތްވެހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. jiji

    Eyye me first dhw monsta..will comment kiyaalaafa ingey??

    1. jiji
      jiji

      Monstaruu…mi part is habu as also alwayss❤❤❤?????????????..whn next dear..waiting ingey..ly

    2. Monsta
      jiji

      Thankyouuu jiji my buddy.. congra first reader.. next ep ge half nimifa othy.. but…big sorry; Monsta mi week ga schl kamaku rashun beyrah dhaan jeheythy, thayyaaru vumashaa eku, and test week ves veema, dhuvaskolhakah story medhuknaaalan mi nimmany… once again sorry

    3. jiji
      jiji

      Alhe its ok…Will be waiting buddy????

  2. Danger

    Alhey monstii.. luveiz ah gotheh nahadhaathi.. mi part v salhi.. nimmun haadha curious kohffa ey e othee

    1. Monsta
      Danger

      Thankss Danger… alhe sorry.. hyeh nuvey ehaa avahah dhn kiyaalan ibeyne heneh… Luveiz ah vaagothehh bunanvy dhw.. hehe. please wait ingey, Monsta free vihaa aahakh next ep libeyne, Insha Allah.. Once again sorry

  3. Girl

    Mi story v salhi.. when next

  4. Girl

    Mi story v salhi.. when next .. curiously waitinnn

    1. Monsta
      Girl

      Thank youu… exactly bunaakah neynge next ep libeyny kihaa dhuvahakun kamehh.. Schl kankamaa maa bodah busy vany midhuvaskolhu… Insha Allah, September 10 haa hisaabuga next ep… really sorry.. 🙁

  5. Shina

    Actually I want to tell you that you are my most favorite writer in this site….. ??❤️❤️❤️❤️??plus this is the only site that I read stories from…… ???and this part is also very very very nice…… It’s really nice…… When is the next part…..lm Just wordless ??????

    1. Monsta
      Shina

      Omg thanksss… ao I’m your favourite author tha??? Felt sooo excited to reaf this comment… ?? but sorry, next ep ehaa avahah liyeveykahh neii.. ???

  6. Xxx

    Mi part ves vvv salhi.???❤when is next part coming. I luv ur stories monsterrr.??????hope you will keep writing till the end.??

    1. Monsta
      Xxx

      Thanksss….. sorry, but neii dhn in episode ehaa avahah up kureveykahh… ? but Insha Allah story nimendhen hama up kohdheynan.. Olevel exams ge kurin nimmaalan mihaaru mi visnany… once again sorry and thank you for your support

  7. IsHa

    NOt ehaa

Comments are closed.